Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 8..

kamana Level 310 Stories500 Comments100 Comments
February 9, 2016 5 Mins Read
8 Comments

އަމޭލިއާ ދިޔުމަށް އަންގާފައިވާ ފަންގިފިލާއަށް އެރުމައްފަހު ދޮރު ހުޅުވާލީ އުންމީދާ އެކުއެވެ. އެހެން ނަމަވެސް ކުރިމަތިން ފެންނަން ހުރި މީހާ ފެނި ސިހުނީ ހަގީގަތެއްބާއޭ ހިތައް އަރަމުންނެވެ. ހިނިތުންވާ ނޭނގި އިން އަމޭލިއާ ފަހަތައް ޖެހެވުނީ ކުރިއަށް ހިނގައިފައި އަންނަ ޒުވާނާ ފެނިއެވެ.

ރީތި ފަން އިސްތަށި ގަނޑު ކުޑަކޮއް ސްޕައިކެއް ޖައްސާފައިވާއިރު އަމޭލިއާ ނޭފަތް ދަމާލި ދުވި ލުއި މީރު ސެންޓް ވަހުންނެވެ. ބާމަތި ފުޅާ ހަށިގަނޑަށް މަޑު ފެހި ގަމީހެއް ހެޔޮވަރު ކޮއްލާފައިވާއިރު ގަމީހުގެ މަތިން ކޯޓުލައިފައި ހުރުމުން މީހާގެ ޝަހުސިއްޔަތު ވަރުގަދަ ކަން ހާމަ ކޮއްދެއެވެ.

“އެމީ” އަމޭލިއާ ސިހުނީ މާޒިން ތަންކޮޅެއް ކައިރިއަށް އައިސް ގޮވާލުމުންނެވެ. އެސްފިޔަތައް އަވަސް އަވަހަށް ތަޅުވާލަމުން ހަމަޖެހެން އަމޭލިއާ މަސައްކަތް ކުރިއެވެ. “މާޒިން… ނުވެސް ބުނަމެއްނު މިތާގަ އުޅޭވަހާކައެއް.. ކިރިއާ ހާޓް އެޓޭކް އެއް ނުޖެހުނީ” އަމޭލިއާ އަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އަމޭލިއާ އަނގަޔައް ވައްތަރެއް ޖައްސާލެވުނީ ކައުންޓަރުގައި އިން އަންހެން ކުއްޖާ ހީލިތަން ފެނިއެވެ. “އަހަރެން ހަމަ ނުބުނީ… އެހެން ނޫނަސް އެމީ ތީ އަހަރެންނަށް ވުރެއް މާގާމުން މަތީ މީހެއް.. އެހެން ވީމަ ދެން އޮފީސް ތެރޭގައި އޮންނާނީ ރެސްޕެކްޓް އިނގޭ މޭމް” މާޒިންގެ އެސިފަ އަމޭލިއާ އަށް ވަރަށް ކަމުދިޔައެވެ. “އަދިވެސް ބޭރުގަ.. ދެން ވަދެބަލަ އެތެރެއަށް.. އަޅުގަނޑު އަންނާނަން ބޭރަށް ގޮސްލާފަ.. އަޅުގަނޑުގެ ކޭސް އެއް މިއަދު އޮވޭ.. ސޯ ސީޔޫ ސޫން މޭމް..” މާޒިން ދަމުން އަމޭލިއާ ދާންވި ދިމާ ދައްކާދިނެވެ.

މާޒިން ދަމުން ދަމުން ފަސް އެނބުރި ބަލާލިއެވެ. ފުންނޭވާއެއް ބޭރުކޮއްލީ އުފާވެ ހުރެއެވެ. މާޒިން ލޯވ ކިޔަވަންފެށީވެސް އަމޭލިއާ އާ ބައްދަލުވެ އެކީގައި މަސައްކަތް ކުރުމުގެ އުންމީދުގައެވެ. އުންމީދުގެ ނިމުން ފޮނިކަމުގެ ރަހަ އަރުތެރޭގައި ލައިފި ކަމަށް މާޒިން ގަބޫލު ކުރިއެވެ.

މުޅި ދުވަސް އަމޭލިއާ ވޭތުކުރީ އެކަކު އަނެކަކު ދަސްކޮއް ކުރާ މަސައްކަތްތައް ބެލުމުގައެވެ. އެކި ކަންކަމުގައި ވަގުތު ހޭދަކުރަމުން ގޮސް ދުވަސް ނިމުނުގޮތްވެސް އަމޭލިއާ އަށް ނޭނގުނެވެ. އަމޭލިއާ ދަބަހުން ފޯނުނަގާ މިފްޒާލްއަށް ގުޅާލީ ބަލާއަންނަން ބުނުމަށެވެ. ތިރިއަށް ނުފައިބާ މަޑުކުރީ މިފްޒާލުގެ އަމުރަށެވެ. ހަވީރު ހަޔެއްޖަހަން ކައިރިވެފައި ވުމުން ބޭރު ފެންނަނީ ކުޑަކޮއް އަނދިރިކޮށެވެ. އަމޭލިއާ ކުޑަދޮރާ ގާތްވެލީ ދޮރު ހުޅުވުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް ސިހުނީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ. “އެމީ އަދިވެސް ނުދަންތަ..” އަމޭލިއާ އެކަނި އޮފީސް ތެރެއިން ފެނުމުން މާޒިން އަހާލީ ކަންބޮޑުވެ ހުރެއެވެ. “އުހުން.. އެބަ އާދޭ ބަލާ.. މާޒިން ނޫޅެންތަ ދާކައް.. އެންމެން ހިނގައްޖެ” އަމޭލިއާ ގޮޑީގައި އިށީދެ ހަމަޖެހިލީ މާޒިންއާ އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. “ނޫނޭ ހަމަ ދާންވީ.. ވަރަށް ވަރުބަލިވެފަ މީނީ.. އެމީ ބަލާ އައިމަ އަހަރެންވެސް ދާނަން.. ކިހިނެއް ވަނީ ފުރަތަމަ ދުވަސް.. ހިތްހަމަ ޖެހޭތަ..” ލައިގެން އިން ކޯޓުބާލަމުން މާޒިން އަމޭލިއާ އާއި ސުވާލުކުރީ އަމޭލިއާގެ ދުވަސް ނިމުނުގޮތް ބެލުމަށެވެ. “ނޫނޭ ވަރަށް ސަޅި.. އެންމެންވެސް ވަރަށް ފުރެންޑްލީ..ކީޔާދީބަލަ.. ކާކު މޮޅުވީ… ކިހިނެއް ކޭސް ދިޔައީ” އަމޭލިއާ ކުރަން ބޭނުންވެފައި އިން ސުވާލު އަވަސް އަވަހަށް ބޭރުކޮއްލިއެވެ. “އެމީހުން.. ދެން އެނގެ އެއްނު ވާނެ ގޮތް.. ބާރު ގަދަ މީހުން މިހާރު އުޅޭނީ.. ޑްރަގްސް ކޭސް އެއް.. ހެކި ދެއްކީ.. އަހަރެންނަކަށް ނޭގެ އެމީހުން އެހާ ބައިވަރު ހެކި ނެރުނީ ކިހިނެއް ކަމެއް.. ” މާޒިން ކޮޑިއަށް ހަށިގަނޑު ދަމާލަމުން އެހެން ބުނީ ބޯމަތީގައި އެއްއަތް ބާވަމުންނެވެ. އަމޭލިއަ މާޒިންއާ ދިމާލަށް ބަލާލީ މާޔޫސްވެ އިނދެއެވެ. “އާން މިފައިބަނީ” އަމޭލިއާ ފޯނުނެގި ގޮތަށް ތެދުވީ ގެއަށް ދިޔުމަށެވެ. “ދެން ނުވިސްނާ.. ދޭ ގެއަށްގޮސް ފްރެޝްވެލަން.. ހުރިހާ ކަމެއް ވާނީ ރަނގަޅަށް” މާޒިންގެ ފަން އިސްތަށި ކޮޅުގައި ކުޑަކޮށް އަތުން ކުޅެލުމައްފަހު އަމޭލިއާ މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. އަމޭލިއާގެ އެއަމަލުން މާޒިން އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނުކަހަލައެވެ. އަމޭލިއާގެ އެ ހިނިތުންވެފައިވާ ސޫރަ ފެނިވެސް ހިތައް ހަމަޖެހުން ލިބުނީ ދުވަހަކު ނުލިބޭހާ ވަރަށެވެ.

………..

އުޑުމަތިން ފެންނަމުންދާ ކުދި ކުދި ތަރިތަކަށް ބަލަހައްޓައިގެން އޮތް މިފްޒާލް ސިހުނީ އަމޭލިއާ ގޮވާލުމުންނެވެ. “އެމީ މިތާ” މިފްޒާލް އޮތް ގޮޑި ނޫން ޖެހިގެން އޮތް ގޮޑީގައި އަމޭލިއާ ހަމަޖެހިލީ އުޑުމައްޗަށް ބަލާލަމުންނެވެ. “އާހް…. މިކަހަލަ ގޮޑިކޮޅެއް ހުރީމަ ވާ އެންމެ ބޮޑު ފަސޭހަ ދޯ..” އަމޭލިއާ އުޑުމައްޗައް ބަލަހައްޓައިގެން އޮވެ މިފްޒާލްއާ ވާހަކަ ދައްކަމުން ދިޔައިރު ތުންފަތް މަތީގައިވަނީ ހިނިތުންވުމެވެ. “އެމީ ހާދަ އުފާވެފަ.. ކަމެއްވީތަ” މިފްޒާލް އަށް ނުހުރެވުގެން އެންމެ ފަހުން އަހާލެވުނެވެ. “ހޫމް… ވަޒީފާއާ ދޭތެރޭ ވަރަށް ހިތް ހަމަޖެހޭ.. އަދި ރައްޓެހި ކުއްޖެއްވެސް އުޅޭ… އެކަނި ވެފަ ހުންނަންވެސް ނުޖެހޭނެ.. އިރާދަ ކުރެއްވިއްޔާ މިގޮތަށް ދުވަސްތައްދާނީ” ދިއްލާފައިވާ ބޮޑު ހަނދާ ދިމާލަށް ބަލަހައްޓައިގެން އަމޭލިއަ ވާހަކަ ދައްކަމުން ދިޔައިއެވެ. “ކޮބާ މަންމަ.. ފިހާރައިގަތަ.. އަންނާނަން އިނގޭ” އަމީނާ ނުފެންނަތާ އިރުގަނޑެއް ވުމުން އަމޭލިއާ އަވަސް އަވަހަށް ހިނގައިގަތީ ތިރިއަށް ފޭބުމަށެވެ.

ފިހާރައިގެ ދޮރު ހުޅުވާލުމާއެކީ އަމޭލިއާ ދެލޯ ބޮޑުވިއެވެ. އެކި ޒާތް ޒާތުގެ މަލުގައި އެކި ކުލަ ކުލައިން ފެވިފައި ހުރި އިރު ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއް ހެނެވެ. “މަންމާ.. ރީތިކަން” އަމޭލިއާ އަތަށް ބޮޑު ފިނިފެންމަލެއް ހެޔޮވަރު ކޮއްލަމުން އަމީނާ ކައިރިއަށް ދިޔައެވެ. “ދަރިފުޅާ ތީ ވިއްކަން ހުންނަ އެއްޗެއްސޭ.. ދަރިފުޅު މިތަނަށް ކުއްޖަކު ނަގަން ވީނު.. މަންމައަށް ނުހުރެވޭނު މިތާގައި އަބަދުއެއް.. ޒީ ކައިރީގައި ވިޔަސް ބުނަންވީނު ދުވަސް ކޮޅަކަށް އަންނާށޭ މިތަން ހަމަޖެހެންދެން” އަމީނާގެ އެދުމަށް އަމޭލިއާ ބޯ ޖަހާލީ އާއެކޭ ބުނުމަށެވެ. އަމީނާއާއި އަމޭލިއާ އޮލަ ވާހަކައެއްގައި ތިއްބައި ދޮރުން ވަދެގެން އައި ރާސިލް ފެނި އަމޭލިއާ އަތުގައިވާ ފިނިގެންމަލަށް ވަރުކޮއްލިއެވެ.

ރާސިލްގެ އަތާއަތް ގުޅާލެވިފައިވާ ނޫރާގެ އަތަށް އަމޭލިއާ ބަލާލިއެވެ. ލައިގެން އިން ޓީޝާޓު ކޮޅާ ލެގިންސް ނުލައި ހުއްޓަސް ރަނގަޅުވާނޭ އަމޭލިއާގެ ހިތައް އެރިއެވެ. ” އެކްސްކިޔުސް.. މި މާ ކިހާވަރަކަށް” ލިލީ މަލެއް ނަގަމުން ރާސިލް އަހާލީ އަމޭލިއާ އާ ދިމާލަށް ބަލަމުންނެވެ. “ދަރިފުޅާ ދޭބަލަ.. އޭގެ ތިރީގައި އަގު ޖަހާފަ އިންނާނެ” ލޮލުން އިޝާރަތް ކުރަމުން އަމީނާ ބުންޏެވެ.

“އަޅޭ.. ބޭބީ ބަލާބަލަ.. އެހެރީ ސަން ފްލާވާރސް ތަ.. ހާދަ ބޮޑޭ” ނޫރާ މާތަކާ ދިމާލަށް ދަމުން އެހެން ބުނި އިރު އަމޭލިއާގެ އަނގަ ހުރީ ހުޅުވިފައެވެ. “ތުއިކަމާއެވެ” އަމޭލިއާ ސިއްރުން އެހެން ބުނީ އިތުރު މީހަކަށް އަޑު އިވި ދާނެތީއެވެ.

“މީނީ ތީގެ އަގު.. ނުފެނޭތަ” އަމޭލިއާ ވާހަކަ ދެއްކީ އަމީނާއަށް ނީވޭ ވަރަށެވެ. ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދެއްކިއަސް ތުންފަތް މަތީގައިވި ހިނިތުންވުމުން އަމީނާއަށް އެއްޗެއް ދޭހައެއް ނުވާނެއެވެ. ” ކަސްޓަމަރުން ބުނާ ކޮންމެ ކަމެއް ކޮއްދޭން ޖެހޭ ކަމެއް ނޭނގޭތަ.. ލޮލު ކުރިމަތީ ހުރި އެއްޗެއް ފެނުނަސް އެދައްކާށޭ ބުނެފިއްޔާ ޖެހޭނީ ދައްކަން…” ރާސިލް އާ ވާހަކަ ދެއްކިއަސް އަމޭލިއާގެ ލޭ ކެކެއެވެ. އަތުގައިވާ ފިނިފެންމާ ބޮޑިކޮއްލެވުނީ އައި ރުޅިމަތިގައެވެ. “އައުޗް އައުޗް” ފިނިފެންމަލުގެ ކައްޓެއް އަތައް ހެރުމުން އަމޭލިއާ ހަޅޭލަވައިގަތެވެ. “ހަހަހަހަ އެހެންނޭ ވާނީ.. އަދިވެސް އުޅޭތީ މީހުންނާ ޖައްސާލައިގެން” ރާސިލް ހުއްޓުމެއް ނެތި ހެމުން ދިޔައީ އަމޭލިއާ އަށް މަލާމަތް ކުރުމަށެވެ. ރާސިލްގެ އެހިނިތުންވުމަށް ބަލަހައްޓައިގެން އަމޭލިއާއަށް ހުރެވުނީ ގަނޑުވެފައެވެ. ވަގުތު ކޮޅަކަށް ނަމަވެސް ވަގުތު ހުއްޓުނު ކަހަލައެވެ. ރާސިލްގެ މޫނު ދިއްލިގެން ދިޔައީ ހުވަފެނެއް ހެންނެވެ. އަމޭލިއާއަށް ހިނިތުންވެވުނީ ރާސިލްގެ ހިނިތުންވުން ފެނިފައެވެ.

“ކިހިނެއްވީ” އަމޭލިއާ އަމިއްލަ ދުނިޔެއިން ބޭރުވެވުނީ ނޫރާއިސް ރާސިލްގެ އަތުގައި ހިފުމުންނެވެ. އަމޭލިއާ ތުންދަމާލުމައްފަހު ފިހާރައިން ނިކުތީ ހިތްހަމަ ނުޖެހި ހުރެއެވެ. “ވަރަށް ފޫހިވޭ.. އެއީ ކާކުތަ…” އަމޭލިއާ ކުދި ކިޔަމުން ލިފްޓަށް އެރިއިރުވެސް އަތުގައި ފިނިފެންމާ އޮތެވެ. ލިފްޓްގެ ލޯގަނޑާ ވީފަރާތައް އެބުރުނީ މީހާ ހަމައަކަށް އެޅުމަށެވެ. އެވަގުތު އަތުގައިވާ ފިނިފެންމާ އަމޭލިއާގެ ލޮލުގައި އަޅައިގަތެވެ. ބޭއިހްތިޔާރުގައި ހިނިތުންވެވުނީ ރާސިލް މަތިން ހަނދާން ވުމުންނެވެ. “އޯ ނޯ.. އަހަރެން ކޯޗެއް މި ވިސްނަނީ.. އޭނަ މަތިން މި ވިސްނެނީ ކީއްވެ..” އަމޭލިއާ ހިތުގައި އަތް އެޅީ ހިތް ބާރަށް ތެޅެމުންދާ ކަމުގެ އިހްސާސް ވުމުންނެވެ. ދެފަރާތައް ބޯތަޅުވަމުން ލިފްޓުން ނިކުތީ ބޭކާރު ހިޔާލުތަކާ ދުރުވުމަށެވެ. “އެމީ.. އެމީ” މިފްޒާލް އަމޭލިއާއަށް ގޮވީ އަމޭލިއާ ހުރި ގޮތް ފެނިފައެވެ. އަމޭލިއާ ކޮޓަރިއާ ހިސާބައް ދިޔައީ ބޮލުގައި ދެއަތުން ހިފައި ބޯ ތަލުވަމުންނެވެ. އަމޭލިއާ އާއި ދިމާލަށް ބަލަހައްތައިގެން މިފްޒާލް ހުރީ ވާނުވާގައެވެ.

……….

މޫދުގެ ލޮނުގަނޑުން އަރަމުންދާ ފޮނުތައް ގެއްލެމުންދާ މަންޒަރަށް ބަލަހައްޓައިގެން އަމޭލިއަ ހުރީ ފުން ވިސްނުމަކަށް ގެއްލި އިނދެވެ. ސިޓްރޮންގެ މަތީ ފަންގިފިލާގައި އަމޭލިއާ އާއި ޒީނާ އިންސާފު ކުރަމުން ދިޔައީ މެންދުރުގެ ކެއުމެވެ. އެއްފަރާތު އަރިމަތިން ފެންނަމުންދިޔަ ސާފު މަންޒަރަށް އަމޭލިއާ ގެއްލިފައި އިންދާ ޒީނާ ގޮވާލިއެވެ. “އެމީ.. އެމީ.. ކޮން ކަމަކަށް ގެއްލިފަ” އަމޭލިއަ ދެފަރާތަށް ބޯތަޅުވާލީ ކަމެއް ނޫނޭ ބުނަމުންނެވެ. “ޒީ… ރިލޭޝަން އަކަށް ދާކަށް ނުވިސްނަންތަ.. މިހެން މިއެހީ ކުޑޭ ނިޔާވިތާވެސް އައް އަހަރު ވެއްޖެ..މިހާރު ސައުވީހައް މި އަޅަނީ.. ލައިފެއް ފައްޓާކަށް ބޭނުމެއް ނެއްތަ” އަމޭލިއާ ވަރަށް ވިސްނަން އިނދެ އެހެން އެހީ ޒީނާ އާ ދޭތެރޭގައި ވިސްނަމުންނެވެ. މަރުވެފައިވާ މީހަކަށްޓަކާ އުމުރުގެ ބާކީ އޮތްބައި ހޭދަކޮއް ދުއްވާލުމަކީ ރަނގަޅު ކަމެއް ނޫނެވެ. ” ނޫން.. އެހެނެއް ނޫން.. ރަނގަޅު ކުއްޖެއް ލިބެންދެން މިހުންނަނީ” ޒީނާ އަޅައިގަންނަމުން އެހެން ބުނީ އަމޭލިއާގެ ސުވާލުތަކާ ކުރިމަތި ލާން ޖެހޭތީއެވެ.

“ޒީ.. ރަނގަޅު ކުއްޖެކޭ ބުނީމަ އެނގޭ.. މާޒިންއޯ.. އައި މީން.. އޭނަ ވަރަށް ނައިސް.. ހީވޭ ރަނގަޅު ހަޒްބެންޑް ޓައިޕް އެއްހެން” އަމޭލިއާ ހީލަމުން އެހެން ބުނީ ޒީނާވެސް އެކަމުގައި ބައިވެރި ވާނެކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް ޒީނާގެ ސީރިއަސް މޫނު ފެނި އަމޭލިއާ ހުނުން މަޑު ކޮއްލިއެވެ. “ޒީ ކިހިނެއްވީ” އަމޭލިއާ ޒީނަގެ އަތުގައި ހިފާލަމުން އެހެން ބުނީ ޒީނާ މަޑުން އިނުމުންނެވެ. “މާޒިން ހަޒްބެންޑް ޓައިޕް ވިއްޔާ އެމީ ކީއްވެ ތި ހުންނަނީ.. އެމީ ޓްރައި ކޮއްބަލަ” ޒީނާ އެހެން ބުނުމުން އަމޭލިއާ ނޯނޯ އޭ ބުނެލީ ހީލަމުންނެވެ. “ދެން އެހެންވީރު އަހަރެންނަށްވެސް އޯކޭ ވަންޔާ އެއްނު އުޅޭނީ” ޒީނާ އަމޭލިއާ އާއި ވާހަކަ ދައްކަމުން ދިޔައިރު ދިޔައީ އަމިއްލަ ހިތައް ވިސްނާ ދެމުންނެވެ. މާޒިން އަކީ އަމޭލިއާގެ ހައްގެންކަން ސަތޭކަ ފަހަރު ވިސްނަދީފިއެވެ. އެހެން ނަމަވެސް ބަސްނާހާ ހިތައް ނުވިސްނެނީ ކީއްވެބާއޭ ޒިނާ ހިތައް އަރައެވެ.

“އޯކޭ.. އެމީ ބުނެބަލަ.. އެމީއަށް ކަމުދަނީ ކޮން ކަހަލަ ކުދިންނެއް… ބުނެބަލަ ބުނެބަލަ” ޒީނާ އަމޭލިއާގެ އަތުގައި ކޮއްޓަމުންދިޔައީ އަމޭލިއާއަށް ޖެއްސުން ކުރުމަށެވެ. “އަހަރެންނަށް ކަމުދަނީ…..” އަމޭލިއާ އިސްއުފުލާ ބަލާލީ ކުރިމަތިން މީހަކު ޗުސް ތަޅާލުމުންނެވެ. “ރާސިލް” އަމޭލިއާ ރާސިލްއާ ދިމާލަށް ލޯ އަޅާލީ ނުރުހުންވެ ހުރެއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ކަޅު ސަފުހާ – 7

Next

ހާދަ ލޯބިންނޭ (12)

Next
February 10, 2016

ހާދަ ލޯބިންނޭ (12)

Previews
February 9, 2016

ކަޅު ސަފުހާ – 7

8 Comments!

  1. Shix says:
    February 9, 2016 at 7:40 pm

    Mee first very nice mi partves next part avahah up kohdhehchey

  2. lam says:
    February 9, 2016 at 7:51 pm

    V nice mi part vx. Kn irakn next part up kurany? Noora eiy kaaku tha

    1. Anonymous says:
      February 9, 2016 at 8:14 pm

      Lan alhe vaahaka nukiyanytha. Kurin part ga bunedheefa ibenn noora aa raasil ge vaahaka. Ae rahtehi vegen ulhey dhemeehun

  3. Zeena says:
    February 9, 2016 at 8:06 pm

    Varah nice

  4. twnkl str says:
    February 9, 2016 at 8:26 pm

    Stwry vrh nyccc ingey…noora e raasil ge gf ehnnu

  5. munee says:
    February 9, 2016 at 9:43 pm

    vvv nice kn irakun next part..

  6. sham says:
    February 9, 2016 at 11:29 pm

    Story v nice… Next part koniraku…

  7. kamana says:
    February 10, 2016 at 3:15 pm

    Thank u guyxxxx. Nxt part avahah up kohdheynan ingeyy. ???

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 9..←


All Right Reserved!