ރީމްއަށް ދެން އިތުރަކަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އީމަންއަށް ރީމްގެ މޫނުމަތިން ހުރިހާކަމެއް އެނގިސާފު ވެގެން ދިޔައެވެ. އިތުރު އެއްޗެއް ބުނުމެއް ނެތި ފާހާނާއިން ނިކުމެގެން ގޮސް ކޮޓާރީގައި މަޑުކޮށްލިއެވެ. ރީމްވެސް ފަހަތުން ގޮސް އީމަން ކައިރީގައި ހުއްޓުނެވެ. “މާން.. އަހަރެން.” ރީމް ވާހަކަ ދައްކަންފެށި ނަމަވެސް އިމަން އެކަން ހުއްޓުވިއެވެ. “އަހަރެންނަކަށް ހިޔެއް ނުވޭ ރީމްއަށް މިގޮތަށް ކަންތައް ކުރަން ޖެހުނު އެއްވެސް ސަބަބެއް އޮތް ހެނެއް. އެހެންވީމަ ރީމްގެ ފަރާތުން އެއްވެސް ކަހަލަ ‘ޖަސްޓިފިކޭޝަނެއް’ […]
“މިހާރު ނުވެ އޮތް ކަންތައްވެސް ވީނު…؟ ދެން އަވަހަށް ޑޭޓެއް ސެޓް ކުރަން އުޅޭ” ތިން މީހުން އިށީނދެ ހަމަޖެހިލުމުން ނަދީމް ޝާއިރުގެ ކޮނޑުގައި ޖަހާލިއެވެ. “ކޮން ޑޭޓެއް؟” ޝާއިރުއަށް ނަދީމް ބުނި އެއްޗެއް ނުވިސްނުނެވެ. “ބުނީމެއްނު މެރީ ކުރާނީ އާސިމް ގަބޫލުވި ދުވަހަކުންނޭ؟ މިއޮތީ އެދުވަސް އައިއްސަ، ދެން އަވަސް ކުރަން އުޅޭ” ނަދީމް ހަނދާން ކޮށްދިނެވެ. “އާނ… ތިކަމާވެސް އުޅެންވީ ދެން…” ޝާއިރު ހިނި އައިސްފައި ބުންޏެވެ. “އަހަރެން ގަބޫލު ނުވެގެންތަ މިހުރިހާ ދުވަހު […]
” މެޑަމް .. ” އައިރީން ބަލައިލީ ކައިރިން މީހަކު ގޮވާލުމުންނެވެ. އޭރު ކޯކު ތައްޓެއް ތަބަކަކަށް ލައިގެން ހުރި ވެއިޓަރު މީހާ އައިރީން އާއި ދިމާއަށް އެ ތަބަށް ދިއްކޮއްލުމުން އައިރީން ހިނިތުން ވެލަމުން އެއްވެސް ވިސްނުމަކާއިނުލާ އެ ކޯކު ތަށީގައި ހިފީ ކޮންމެހެން އެއަށް އެއްޗެއް އަޅާފަ ހުންނާނެ ކަމަކަށް ނޫނެވެ. ސިކުނޑި ހަމަ ޖައްސާލުމަށްޓަކައި ކޯކު ތަށިން ކޯވަރަކަށް ފަހު ކޯ ވަރެއް ބޮމުން ދިޔަ އައިރީން އަށް ކުއްލިއަކަށް އެތާ ކައިރީގާ […]
މުބާރާތުގެ ނަތީޖާ ފާޅުކުރި ދުވަސް ވެގެން ދިޔައީ ނީރާއާއި ޝާއިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. މުޅި މުބާރާތުންވެސް އެދެމީހުންނަށް އެއްވަނަ ލިބިގެން ދިޔައެވެ. އެކަމުގެ އުފަލުގައި ދެއާއިލާއިންވެސް ރެސްޓޯރަންޓަކަށް ގޮސް ކެއުމެއް ބާއްވާލިއެވެ. އުފަލުގައާއި މަޖަލުގައި އެހެން ދުވަސްތަށް ހޭދަވެގެން ދިޔައެއްކަމަކު ނީރާގެ ހިތަކަށް ހަމަޖެހުމެއްނުލިބުނެވެ. އެކިފަހަރު އެކި ވިންދު ޖަހަމުން ދާ ކަހަލަ އިހްސާސްތަކެއް ވަމުންދިޔައެވެ. ކިޔެވުން ފެށުމާއި އެކު އެކަމާއި މެދު ނުވިސްނަން މަސައްކަތް ކުރަމުން ދިޔަ ނީރާ އަށް […]
މައްސަލައެއްނެތެވެ.” ނާސިރާ އިންތިޒާރު ކުރަންޔާ އަހަރެންނަށް ވާނެ…” މަހުމޫދު ތަކުރާރު ކޮއްލިއެވެ. ******** ދުވަސްތައް ފާއިތުވަމަނުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމޭލިއާ އާއި މާޒިން އަންގާރަ ދުވަހަށް ތައްޔާރު ވަމުން ދިޔައިރު ރާސިލް ވެސް ދިޔައީ އެ ދުވަހަށް ތައްޔާރު ވަމުންނެވެ. ކޮންމެ ގޮތެއްވިޔަސް އެދުވަހަކީ ބޮޑު ދުވަހެކެވެ. އަމޭލިއާގެ އާއިލާގެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެކެވެ. ކޮންމެވެސް ގޮތަކަށް މައްސަލަ ނިމޭނެ ދުވަހެކެވެ. “ދަރިފުޅާ… މާދަމާއަށް ތައްޔާރުވީތަ.. އިބްރާހިމް ގެ ހަބަރެއްނުވޭތަ” އަބްދުލް ރަހުމާނު […]
ެ. އަދި ޝަހާދަތާއި ކުރުސި ކިޔައިގެން ދެލޯ މެރުމަށެވެ. ޒޯހަން އެންމެ ހައިރާންވީ ފަތިސް ނަމާދަށް ގޮވަންދެން މަންމަ އޮންނާނީ ޒޯންގެ ކޮޓަރީގައޭ ބުނުމުންނެވެ. ވެގެން އުޅޭ ގޮތެއް ޒޯހަންއަށް ވިސްނުމުން ހިނިގަނޑު ފަޅައިގެންދާ ވަރުވިއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ޒޯހަންގެ ހިނިގަނޑުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމާލިއެވެ. ސާފާގައި ތުންތަޅުވަން އޮތް ލަތާއަށް ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ގޮސް ކޮޓަރީގެ ލައިޓްތައް ޖައްސާލިއެވެ. އެނދުމަތީގައި ހޭންއިން ޒޯހަން ކައިރިއަށް ލަތާއަށް އާދެވުނު އިރު ލަތާއަށް […]
އެރޭ ދޭއް ޖެހި އިރުވެސް ނަޒްލާއަކަށް ނުނިދެއެވެ. ކުރީގެ ހަނދާންތައް ނިންޖަށް ހުރަސް އަޅަނީއެވެ. އެހަނދާންތަކާ ދުރުވާން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ނަޒްލާއަށް ނިދުނު އިރު ތިނެއް ޖަހައިފިއެވެ. އިރު އެރީވެސް އާސިމް ހޭލާ އޮއްވައެވެ. ރޭ ހަތަރުދަމު ވިސްނުމާ، ނުނިދުމުގެ ސަބަބުން ފަތިސް ވީއިރު އާސިމްގެ ބޮލުގަވެސް ރިއްސަން ފަށައިފިއެވެ. ނަމަވެސް ބޮލުގެ ރިހުމަށް ވުރެން ބޮޑު ވޭނެއް އާސިމްއަށް ލިބެމުން ދިޔައީ ކުރީގެ ހަނދާން ތަކުގެ ސަބަބުންނެވެ. […]
މަޑުމަޑުން އަތް ހަރަކާތް ކޮއްލީ މާޒިންގެ އެ ފުޅާ ބުރަކައްޓާ ދިމާލަށެވެ. މާޒިންގެ ގައިން ދުވަމުން ދިޔައީ މީރުވަހެވެ. އެވަހުގެ ތެރެއަށް ފީނައިގަންނަން އަމޭލިއާ ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. “ރާސިލް” އަމޭލިއާ މާޒިންގެ ހަށިގަނޑުގައި އައްވަށާލަމުން ލޯމަރާލީ ރާސިލްގެ ސޫރަ ސިފަވުމުންނެވެ. މާޒިން ގައިން އެދުވި ލުއި މީރުވަހަކީ ރާސިލްގެ ވަހެވެ. ދެލޯ މަރާލެވުނީ ކުރެވުނު ފުން އިހްސާސްއަކުންނެވެ. “އެމީ” މާޒިން އަމޭލިއާގެ ދެކޮނޑުގައި ހިފައި ދުރުކޮއްލި އިރު އެދެލޮލުން ކަރުނައިގެ ވިދުންވިއެވެ. އަމޭލިއާއަށް ހޭވެރިކަންވީ […]