“އަރީޖް މިތާ ކީއްތި ކުރަނީ؟” މާޒިން އަނެއްކާވެސް ސުވާލުކޮށް ލިއެވެ. “ތުއް ތުއްތު… އަޅުގަނޑު މިތާ” އަރީޖްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެތިން މިނެޓް ހުރެލުމަށްފަހު ދުއްވައިގަތީއެވެ. ދެން މާޒިން އެނބުރިލީ ޔަޒަންއާއދި ދިމާއަށެވެ. ޔަޒަން އަވަހަށް ކޮނޑު އަރުވާލިއެވެ. “އޭނަ މި ޖޭމް ގަހަށް އަރާ އޮތީ.. އަސްލުކޮށް” މާޒިން ދެލޯ ކުޑަކޮށްލުމުން ޔަޒަން ޔަޤީން ކޮށްދޭ ކަހަލަ ރާގަކަށް ބުނެލިއެވެ. “އަރީޖް އެއީ ފިރިހެން ނަމެއް ނޫންތަ؟” މާޒިން އެއްޗެއް ނުބުނެ ގިނައިރު ވުމުން […]
ޒޯހަންއާއި ޝަޒަން އަދި ހާލާ ބައްދަލުކުރީ މާލޭގެ ހިތްގައިމު ރެސްޓޯރަންޓް ބްރޭކްވޯޓަރ ގައެވެ. ތިން މީހުން މަޝްވަރާ ކުރަން އުޅޭ ކަންތަކާއި ގޭތެރޭގައި ވާހަކަދެއްކުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ތިން މީހުނަށް ވެސް ފެންނާތީއެވެ. ޝަޒަންއާއި ޒޯހަން ކޮފީ ބޯއިރު ހާލާގެ ކުރިމަތީގައި ހުރީ ފްރެޝް އޮރެންޖް ޖޫސް ތައްޓެކެވެ. “ނޭނގެ ވީގޮތެއް. ފަހުން އުޅުނު ގޮތުން ދެންމެ ދެންމެ އާއެނކޭ ބުނެފާނޭ ވެސް ހީވި. ދިޔަ ތަނެއް ވެސް މާލޭގައި ހުރިކަމެއް ވެސް ނޭނގެ” ޒޯހަން […]
“ދެން ހެޔޮ!” އަސްމާ ކީ ހުރިހާ އެއްޗެއް އަޑު އަހަން އާސިމް އިން ނަމަވެސް އަސްމާ އެހިސާބަށް ބުނުމުން އާސިމްއަށް އިތުރަށް އަޑު ނޭހިގެން ބުނެލިއެވެ. އަސްމާ ވަގުތުން ހުއްޓާލިއެވެ. “އިތުރު މީހަކު ތިހުރިހާ ކަމެއް އަހަންނަށް ހަނދާން ކޮށްދޭކަށް ނުޖެހޭ. އަހަންނަށް އެނގޭ… ހަނދާން އެބަ ހުރި މީހަކު ކިޔާ ނުދިނަސް… ސިމީއަށް ހީވަނީތަ އަހަރެން މިހެން އުޅޭތީ މިއުޅެނީ ހިތްހަމަ ޖެހިގެންނޭ؟ އަހަންނަށްވެސް އިހުސާސް ކުރެވޭ ނަޒޫއަށް ވާނެ ގޮތް… އެނގޭ އެކަން. ގަބޫލު […]
ރީހާންއާ އާސިމް ތިބީ އެކަކު އަނެކަކުގެ ކުރިމަތީގައެވެ. އާސިމްގެ މޫނު ނަޒްލާއަށް ފެނުނު ނަމަވެސް ރީހާން ހުރީ ނަޒްލާއަށް ފުރަގަސް ދީގެންނެވެ. ރީހާންއާ ދިމާއަށް ބަލަން އާސިމް ހުރި އިރު އެ މޫނުމަތިން ނުރުހުމުގެ އަސަރު ނަޒްލާއަށް ފާހަގަ ކުރެވުނެވެ. ކުރިމަތިން އާސިމް ފެނުމުން ކާކުކަން ނޭނގުނު ނަމަވެސް ހީލާފައި ކުރިއަށް ދާން އުޅެފައިވެސް ދެވަނަ ފަހަރަށް ރީހާން އާސިމްގެ މޫނަށް ބަލާލީ އާސިމްގެ ލޮލުގެ ކުލަ ރީހާންއަށް ފާހަގަ ކުރެވުމުންނެވެ. އެއާއެކު އެއީ އާސިމް ކަމާ، […]
އަވީ ތެރޭގައި ކުޑަ ނަގައިގެން ވަރަށް ގިނަ މީހުން ތިއްބެވެ. އޭރު ލޯންޗުވެސް އައިސް ތޮށި ގަނޑާއި އަރައި ހަމަވެއްޖެއެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި ޔަޒަން ކޮނޑުގައި ދަބަސް އަޅުވާލައިގެން ލޯންޗުން ފައިބައިފިއެވެ. ކުޑަތައް ނަގައިގެން ތިބި އަންހެން ކުދިންތައް ޔަޒަން ފެނުމުން ތުއި ވެލާފައި ހީލިއެވެ. ނަމަވެސް ދެލޯ ހަދާލަމުން ޔަޒަން ފޯނުނަގައި އެނާގެ އެންމެ ކުޑަ ދުވަހުގެ އެކުވެރިޔާއަށް ގުޅާލިއެވެ. ރަށަށް އައުމުންވެސް ބަލާ އައިކީ ނޫނެވެ. 16 އަހަރަށްފަހު އައުމުން ޔަޒަންއަށް ހިނގަންވެސް […]
އަރާމު ނިންޖަކުން ނިދާލާފައި އޮތް ޒައިނާއަށް ހޭލެވުނީ އޭނަގެ މަންމަ ޒޫނާ ގޮވުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުން ތެދުވިއެވެ. “ދަރިފުޅާ އަވަސްކުރައްޗޭ.. އެހެންނޫނީ ގަޑި ޖެހިދާނެ.. ދޮންބެ އެބައިން މިހާރު ސައިބޯން” ކޮޓަރިން ނިކުންނަމުން ޒޫނާ ބުނެލިއެވެ. އިތުރަށް މަޑުނުކޮށް ޒައިނާ ފާހަނައަށް ވަނެވެ. ޒައިނާ އާއި ޒަލަފްއަކީ އެއްބަނޑު ދެކުދިންނެވެ. ޒަލަފްގެ ބައްޕަވަނީ ކެންސަރު ބަލީގައި ނިޔާވެފައެވެ. އޭރު ޒަލަފްގެ އުމުރަކީ ތިން އަހަރެވެ. ޒަލަފްގެ އުމުރުން ފަސްއަހަރުގައި ޒޫނާ އެހެން މީހަކާ ކައިވެނި […]
“ނަޒޫ.. ނުފައިބަންތަ ތީނީ؟” ރީހާންގެ އަޑަށް ނަޒްލާއަށް ސިހިފައި ހިޔާލުތަކުގެ ތެރޭން ނިކުމެވުނެވެ. އޭރު ރީހާން އިނީ ނަޒްލާމެން ގޭ ދޮރުމަތީކަން ނަޒްލާއަށް އެނގުނީވެސް ދެފަރާތަށް ބަލާލުމުންނެވެ. “ދަނީ، ތޭންކްސް އިނގޭ…” ނަޒްލާ ސައިކަލުން ފައިބާފައި ބުންޏެވެ. “ވަންނާކަށް ނުބުނާނަންތަ؟” ރީހާން އަހާލިއެވެ. “ވަންނާނަންތަ؟” ނަޒްލާ އަހާލިއެވެ. “ނޫނޭ… މިގަޑިއަކު ނުވަދެވޭނެ. އޮފީހުގަ އަދި ކުޑަ ކަމެއް އެބައޮތް، އެކަން ނިންމާލާފަ ގެޔަށް ދެވޭނީވެސް” ހީލާފައި ރީހާން ބުންޏެވެ. “އާރިޝްއަށް ސަލާން ބުނެދެއްޗޭ، ރީހާން މަންނައަށްވެސް” ނަޒްލާ […]
(ބާރަ ވަނަ ބައި) ކޮންމެ ނަމާދަކަށްފަހުވެސް މާނީ ދުޢާ ކުރެއެވެ. އޭނާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާ އުފާވެރި ދިރިއުޅުމެއް ދެއްވުމަށެވެ. އޭނާ މާލެ އައިސް އެއުޅޭ މަގްސަދު އޭނާއަށް ހާސިލްވުމަށް އެދިއެވެ. އައްސަދުގެ ހިތްހެޔޮކަން ދެއްވުން އެދިއެވެ. މާލޭގައި ދިރިއުޅުނު ނަމަވެސް އޭނާގެ ފިރިއެއް ހުންނަކަން އޭނާ ހަނދާނެއް ނުނެތެއެވެ. އިޔަންއަށްވެސް އޭނާ އަބަދުވެސް ހެޔޮ ދުޢާ ކުރެއެވެ. އިޔަންއަށް ހެޔޮ ވިސްނުން ދެއްވުމަށްއެދި ދަންނަވައެވެ. އިޔަން އޭނާ ހޯދާނެކަން އޭނާ ދަނެއެވެ. އިޔަންއަށް ކެތްތެރިކަން ދެއްވުން […]
ނަމަވެސް ޒޯހަން ކައިފިންތޯ އެހުމުން ޖަވާބުދެއެވެ. ހާލު ކިހިނެއްތޯ ސުވާލުކުރުމުން ރަނގަޅޭ ވެސް ބުނެލައެވެ. އެވަރުވެސް ޒޯހަން ހިތްހަމަޖެހެއެވެ. ޒޯހަންގެ އެންމެ ފަހު ނޭވާއާއި ހަމައަށް ވެސް ޝިޔާރާއަޓަކައި އިންތިޒާރުކުރާނެއެވެ. ބައެއް ފަހަރު ޒޯހަންއަށް ވެސް ޝިޔާރާ ޒޯހަންއާއި ގަޔާވާހެން ހީވޭއެވެ. ހާލާއާއި ޒޯހަންގެ ކައިވެނި ޕާރޓީއަށް ޝިޔާރާ ދިޔައީ ހާލާ ގުޅާފައި ކިޔާ ވަރުންނެވެ. އެކަހަލަ ތަންތަނަކީ ޝިޔާރާ މާގަޔާވާ ތަންތަނެއް ނޫނެވެ. އުފާ ފާޅުކުރާ ތަންތަން އެއީ ޝިޔާރާއަށް ބީރައްޓެހި ތަންތަނެވެ. ނަމަވެސް […]