Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (12)

lai
March 6, 2016
6 Mins Read
67 Views
36 Comments

” މެޑަމް .. ” އައިރީން ބަލައިލީ ކައިރިން މީހަކު ގޮވާލުމުންނެވެ. އޭރު ކޯކު ތައްޓެއް ތަބަކަކަށް ލައިގެން ހުރި ވެއިޓަރު މީހާ އައިރީން އާއި ދިމާއަށް އެ ތަބަށް ދިއްކޮއްލުމުން އައިރީން ހިނިތުން ވެލަމުން އެއްވެސް ވިސްނުމަކާއިނުލާ އެ ކޯކު ތަށީގައި ހިފީ ކޮންމެހެން އެއަށް އެއްޗެއް އަޅާފަ ހުންނާނެ ކަމަކަށް ނޫނެވެ.

ސިކުނޑި ހަމަ ޖައްސާލުމަށްޓަކައި ކޯކު ތަށިން ކޯވަރަކަށް ފަހު ކޯ ވަރެއް ބޮމުން ދިޔަ އައިރީން އަށް ކުއްލިއަކަށް އެތާ ކައިރީގާ ހުރި މީހާގެ އަތުގައި ހިފާލެވުނީ ބޮލަށް ފާޑެއްގެ ގޮތެއް ވާން ފެށުމުންނެވެ. ދެލޯ މަރާ ފިއްތާލަމުން ބޮލުގަ ހިފަހައްޓާލެވުނު ވަގުތު އައިރީން އަށް ނީމް އަށް ގޮވާލެވުނެވެ. އެކަމަކު ނީމް ހުރީ އައިރީން އާއި ތަންކޮޅެއް ކުރީގަ ފުރަގަސްވާގޮތަށް ސްޓޭޖް މަތީގައި ހިނގަމުން ދިޔަ ހަރަކާތްތަކަށް ގެއްލިފައި ކަމުން އައިރީން ގޮވި އަޑެއް ނީމް އަކަށް ނީވުނެވެ.

މީހަކު އަތުގައި ހިފަހައްޓާލުމުން ބަލައިލިއިރު އަތުގައި ހިފަހައްޓާލައިގެން ހުރި އަންހެން ކުއްޖާގެ މޫނު ފެނުމުން އިޒްޔަން ގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ” ރީން ” އައިރީން ހުރި ގޮތުން އިޒްޔަން އަވަސް އަވަހަށް އައިރީން ގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އައިރީން އަށް ކޮންމެވެސް ކަމެއްވެއްޖެ ކަން އިނގުމުން އިޒްޔަން ގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ” ރީން .. ރީން އޯކޭތަ؟ .. ރީން ބަލީތަ .. ” އެއްފަހަރާ އެތަށް ސުވާލެއް ކުރުމުންވެސް އައިރީން ގެ ފަރާތުން ޖަވާބެއް ނުލިބުމުން އިޒްޔަން އައިރީން ގޮވައިގެން ގޭތެރެއަށް ވަނެވެ. އޭރު ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރި މިޝަލް ގެ ލޭ ކެކިގެން ދިޔައެވެ. އެ ދެމީހުން ފަހަތުން ދާން ކިތަންމެ ބޭނުންވިޔަސް ޒާކިރު ހުރުމުން މިޝަލް އަކަށް ދާކަށް ނުކެރުނެވެ.

ކޮޓަރިއަށް އައިސް ވަދެވުމާއިއެކު އައިރީން ކުއްލިއަކަށް އޭނާގެ އުނަގަނޑުގައި ވަށާލެވިފައިވާ އިޒްޔަން ގެ އަތް ނައްޓުވާލުމަށްފަހު ދުރަށް ޖެހިލިއެވެ. އަދި އައިރީން އައިސް އިޒްޔަން އާއި ކުރިމައްޗަށް ވާ ގޮތަށް ހުއްޓިލިއެވެ.” އިޒް ” އައިރީން ގެ މި ހަރަކާތުން ހައިރާން ވެފައި ހުރި އިޒްޔަން ހުރީ އަގައިން ބަހެއްވެސް ބުނަން ނޭނގިފައެވެ. އައިރީން އެހެރީ ހަމައިގަ ނޫން ކަން  އިޒްޔަން އަށް އިނގުނެވެ. ނަމަވެސް ހުއްޓުން އަރާފަ ހުރެވުނީ އައިރީން ބުނެލި އެއްޗަކުންނެވެ. ” އިޒް  .. އައި ލަވް ޔޫ .. ޔެސް އައި ލަވް ޔޫ އިޒް ..އައި ލަވްޔޫ ސޯ މަޗް..  މިއަށް ވުރެވެސް ބޮޑަށް ލޯބިވޭ ” ދެއަތް ފުޅާ ކޮއްލަމުން އައިރީން އެހެން ބުނެލި ގޮތުން އިޒްޔަން ގެ ތުންފަތުގައި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މީހާ ހަމައަކަށް އަޅުވާލަމުން އިޒްޔަން އައިރީން ގެ އަތުގާ ހިފާލިއެވެ. ” ރީން .. މިވަގުތު ރީން ތިހިރީ ހަމާއިގައެއްނޫން .. ” އިޒްޔަން އައިރީން ގެ އަތުގައި ހިފައިގެން އެނދާއި ދިމާއަށް ގެންދަން ފެށުމުން އައިރީން އެ އަތް ފޮޅުވާލިއެވެ. ” އިޒް ކީއްވެތަ އަބަދުވެސް ތިހެން ތި ހަދަނީ …އިޒް ރީން ދެކެ ލޯތްބެއް ނުވޭތަ .. ހަމަ ކުޑަކޮއްވެސް ނުވޭތަ؟ .. ކިތަށް އަހަރު މިވީ .. އަދިވެސް ރީން މިހިރީ ތި ލޯބީގެ އިންތިޒާރުގަ .. އިޒްއަށް އިނގޭތަ ރީން ރޮއުނު ވަރު .. ނޭނގެ ދޯ .. ހެހެހެ .. ނޭނގޭނެ ..  .. ހެހެހެހެ ..  .. އިޒް .. މިހިތަށް ހާދަ ތަދެއް ވެޔޭ .. އިޒް ގެ ހަނދާނުގަ ކިތައް ރޭ ރޮއުނިން .. ކިތައް ރޭ ..އެންޑް އެއީ ކޮން އަންހެން ކުއްޖެއްތަ ؟ .. އެއީ ދޯ އިޒް ގެ ގާލްފްރެންޑް އަކީ. އިޒް ވަރަށް ލޯބިވޭތަ އޭނަ ދެކެ؟ ޝީ އިޒް ސޯ ލަކީ ހެހެހެ ..ރީން ވެސް އިޒް ދެކެ ވަރަށް ލޯބިވޭ ..  ޕްލީޒް އިޒް .. އައި ކާޓް ލިވް ވިތައުޓް ޔޫ.. ރީން މަރުވެދާނެ ..” އެއްފަހަރު ރޮމުން އަނެއްބައި ފަހަރު ހެމުން ވާހަކަ ދައްކަމުން ދިޔަ އައިރީން އަށް ކިޔޭ ނުކިޔޭ އެއްވެސް ނޭނގެއެވެ. އެ ހިސާބަށް ބުނެވުނު ތަނާ ދެން ފެނުނީ އައިރީން އަރިއަޅާލައިގެން ވެއްޓެން ދިޔަ ތަނެވެ. ” ރީން ” އިޒްޔަން ހުޝިޔާރު ކަމާއިއެކު އެ ހަށިގަނޑު ތަށިމުށިތަށް މަތީ ނުޖެހެނީސް ހިފަހައްޓާލިއެވެ. އަދި އުފުލާލައިގެން ގެންގޮސް އެނދުގައި ބާއްވާލަމުން ވަރަށް ފުންކޮށް އިޒްޔަން އެ ރީތި މޫނަށް ބަލައިލިއެވެ.އިރުކޮޅަކު އެ މޫނަށް ބަލަން އިނދެފައި އިޒްޔަން އައިރީން ހިފަހައްޓާލައިގެން އޮތް އޭނާގެ އަތަށް ބަލައިލިއެވެ. އެވަގުތު އައިރީން ދެންމެ ދެއްކި ވާހަކަ ތަށް އެ ސިކުނޑީގައި އެނބުރި ގަތެވެ. އިޒްޔަން އަށް އަދި އެއްކަމެއް ފާހަގަ ވިއެވެ. އޭނާ އައިރީން ގެ އަތުގައި އަޅުވަދިން  ކެވެލިކޮޅު އަދިވެސް އެ އަތުގައި އޮތް ކަމަވެ. އައިރީން އޭނާ ދެކެ ލޯބިވާކަން އިނގުމުން އިޒްޔަން އަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.” އައި ލަވްޔޫ ޓޫ ރީން ” ހިނިތުންވެލަމުން އިޒްޔަން އައިރީން ގެ ކޯތާފަތުގައި މަޑު މަޑުން ފިރުމާލިއެވެ.

– – – – – –

ކޮޓަރިއަށް ވަދެގެން އައި މިޝަލް ހުއްޓުން އެރީ އިޒްޔަން އިން ގޮތުންނެވެ. ” ޔާން ” މިޝަލް ގެ އަޑަށް އެނދުގައި ބޯ އަޅާލައިގެން އޮތް އިޒްޔަން އިސްއުފުލާ ބަލާލުމުން މިޝަލް އަށް ހައިރާން ކަން ލިބިގެން ދިޔައެވެ. އެ ބަލައިލުމުގައި ވި މާނައެއް މިޝަލް އަކަށް ނޭނގުނެވެ. ” ޔާން .. މީ .. ” ” ރީން ” މިޝަލް އަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިޒްޔަން އެ ސުވާލަށް ޖަވާބު ދެމުން ތެދުވެގެން އައިސް މިޝަލް ކުރިމައްޗަށް ހުއްޓިލިއެވެ. ” މިޝް.. ” އިޒްޔަން ޖުމްލަ ފުރިހަމަ ނުކުރަނީސް އޭނާ ބުނަން އެ އުޅެނީ ކީކޭ ކަން މިޝަލް ބޯ ޖަހާލީ ހިތާ ދެކޮޅަށްށެވެ. ” ތޭންކްސް މިޝް .. ” އިޒްޔަން މިޝަލް ގައިގަ ބައްދާލުމުން ދެންމެ ވިސްނަމުން ދިޔަ ހުރިހާ ކަމެއް މަތިން މިޝަލް ހަނދާން ނެތިގެން ދިޔައެވެ. ހިތް އުފަލުން ނަށާލިއިރު ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލެވުނެވެ.

_ _ _ _ _ _

މަޑު މަޑުން ދެލޯ ހުޅުވާލި އައިރީން އަށް ތަންތަން ފުރަތަމަ ފެނުނީވެސް ފުސްކޮށެވެ. ބޮލުގައި ގަދަ އަށް ރިހެމުން ދިޔުމުގެ ސަބަބުން އައިރީން އަށް ދެއަތުން ބޮލުގަ ހިފަހައްޓާލަމުން ދެލޯ މަރާ ބާރު ކޮއްލެވުނެވެ. ތަން ތަނަ ސާފު ވާން ފެށުމުން އައިރީން މަޑު މަޑުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލި އިރު މި އިނދެވުނީ އަމިއްލަ ގޭގައި ނޫންކަން ރެއަކާލީ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުމުންނެވެ. ކުއްލިއަކަށް ރޭގަ ވީ ކަންތައް ހަނދާންވުމުން އައިރީން ގެ މޫނުމަތީގައި ދާ ތިކިތައް ވިދަން ފެށިއެވެ. މަޑު މަޑުން ދެ ފަރާތައް ބޯ ހޫރުވާލީ އެއީ ހަގީގަތެއް ނޫނޭ ހިތަށް ވިސްނަ ދެމުންނެވެ. ހަގީގަތަކަށް ވެއްޖެނަމަ އިޒްޔަން އަށް މިހާރު އޮންނާނީ ހުރިހާ ކަމެއް އިނގިފައޭ ހިތައް އެރުމުން އައިރީން އަވަސް އަވަހަށް އެނދުން ތެދުވެގެން އަޅާލެވުނީ ދެ ފިޔަވަޅެވެ. ބޮލަށް އެރި ތަދަކުން މަޖުބޫރުވީ އަނެއްކާވެސް އެނދުގައި އިށީންނާށެވެ. އެވަގުތު ކޮޓަރިތެރެއަށް ވަދެގެން އައި އިޒްޔަން ފެނުމުން އައިރީން އަށް ދެލޯ ބޮޑުކޮއްލަމުން އެ ދިމާއަށް ބަލާލެވުނެވެ. ނަމަވެސް ހަމަ ޖެހލީ އިޒްޔަން ގެ ފަހަތުން ކަހަލަ ގޮތަކަށް ވަދެގެން އައި މިޝަލް ފެނުމުންނެވެ.

” ރީން .. ހިނގާ .. އަހަރެން ރީން ގެއަށް ގެންގޮސްދޭނަން .. މިހާރު އެންމެން ތިބޭނެ ރީން ނުފެނިގެން ކަންބޮޑު ވެފަ .. ” އިޒްޔަން އޭނައާއި ދިމާއަށް އަތް ދިއްކޮއްލުމުން އެ އަތަށް ބަލަން އިނުމައްފަހު އެ އަތުގައި ހިފީ ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެތަން ބަލަން ހުރި މިޝަލް ހިތާ ހިތުން އައިރީން އަށް ކުދި ކިޔައިގަތެވެ.

އެ ދެމީހުން ގޮސް ކާރައް އަރާ ނައްޓާލަންދެން މިޝަލް ބަލަން ހުރުމައްފަހު ކޮޓަރިތެރެއަށް ވަނީ ދަތްކުނޑި ވިކާލައިގެން ހުރެއެވެ. އޭރު މިޝަލް ހުރީ ރުޅިއައިސް ގޮސް ރަތްވެފައެވެ. ރޭގަ އޭނަގެ ޕްލޭން ކާބިޔާބު ނުވުމުންނެވެ. ” ދެޓް ސްޓުޕިޓް ވެއިޓަރ .. ” މިޝަލް ދިޔަ ގޮތައް ގޮސް ފާހަނައަށް ވެދެ ބަންލާފަ ދޮރު ޖެހިއެވެ.

– – – – – – –

ކާރު ތެރޭގަ އިން އައިރީން ގެ ހިތް ތެޅޭވަރުން ހީވަނީ ހިތްވެސް ފުންމާލަން އުޅޭހެންނެވެ. އިޒްޔަން ކާރު ގޮސް ރާޅުގަނޑު ސަރަހައްދުގައި ހުއްޓާލުމުން އައިރީން އަށް ހިންދިރުވާލެވުނެވެ. އެވަގުތަކީ ފަތިހުގެ ވަގުތު ކަމުން އެތަނުން ފެންނަނީ ވަރަށް މަދު މީހެކެވެ. ކާރު ހުއްޓާލަމުން އިޒްޔަން ލޯ ގަނޑުން ބޭރު ބަލަން އިން އައިރީން އަށް ބަލައިލަމުން ގޮވާލިއެވެ. އިޒްޔަން ގޮވާލުމުންވެސް އައިރީން އަޅާނުލާ އިނުމުން މަޑު މަޑުން އެ އުނގުގައި ބާއްވާލެވިފައިވާ އެ އަތުގައި ހިފަހައްޓާލިއެވެ. އެވަގުތު ކުއްލިއަކަށް އައިރީން އިޒްޔަން އާޢި ދިމާއަށް މޫނު އަނބުރާލިއެވެ. ކާރު ތެރެ އެހާ ފިނި އިރުވެސް އައިރީން ގެ މޫނުމަތީގައި ދާ ތިކިތައް ވިދަމުން ދިޔައެވެ. ” ކީ .. ކޭ ” . އައިރީން އަށް ވާހަކަ ދެއްކުނީ ވެސް ފާޑަކައްށެވެ. ” ކީއްވެ ނުބުނީ ؟ ” ސީދާ އައިރީން ގެ މޫނަށް ބަލަން އިނދެ އިޒްޔަން އެ ސުވާލު ކޮއްލުމުން އައިރީން ނޭނގޭ ކަމަށް ހެދީ ހަމަ ގަސްތުގައެވެ. ” ކޯއްޗެއް؟ “. ” ރީން ހަމަ އެނގި ހުރެ ނޭނގޭ ކަމަށް ކީއްވެތަ ތި ހަދަނީ .. ” އިޒްޔަން އެހެން ބުނެލުމުން އައިރީން ކުއްލިއަކަށް އިޒްޔަން ގެ އަތުތެރޭގައިވާ އޭނާގެ އަތް ދަމައިގަތެވެ. ” ރީން އަކަށް ނޭނގެ އިޒްޔަން ތި ކިޔާ އެއްޗެއް”  އައިރީން އިޒްޔަން އޭ ކިޔާފަ ވާހަކަ ދެއްކީ މިހާރު އެ ދެމީހުންގެ ދެމެދުގަ ގުޅުމެއް ނެތޭ ބުނާ ފަދައަކުންނެވެ. ދެން އެ ދެމެދަށް ވެރިވެގެން ދިޔަ ހަމަހިމޭން ކަމުގެ ވަގުތު ކޮޅަށް ފަހު އިޒްޔަން ބުނެލި އެއްޗަކުން އައިރީން އޭނާގެ ދެލޯ މަރާލިއެވެ. ” ރީން .. ޔޫ ލަވް މީ ރައިޓް ؟ ” އިޒްޔަން ދެވަނަ ފަހަރަށް ވެސް ސުވާލު ކުރުމުން އައިރީން އެއްވެސް ޖަވާބެއް ނުދީ އިސްޖަހާލައިގެން އެ އިންގޮތަށް އިނީއެވެ. ” ރީން .. ލުކް އެޓް މީ ” އައިރީން އެއްވެސް އެއްޗެކޭ ނުބުނުމުން އިޒްޔަން އެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އޭނާއާއި ދިމާއަށް އެ މޫނު އަނބުރާލިއެވެ. އޭރު އައިރީން ގެ ދެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނުމުން އިޒްޔަން ބޯ ހޫރުވާލުމަށް ފަހު އެ ނިއްކުރީގައި ބޮސްދިނެވެ. އައިރީން އަށް ބޭ އިޙްތިޔާރުގައި ލޯ މަރާލެވުނު އިރު ކަރުނައިގެ ރޮނގެއް އެ ކޯތާފަތްމަތީގައި ދެމިގެން ދިޔައެވެ.

” އައި ލަވް ޔޫ ޓޫ ރީން ” އައިރީން ގެ ނިއްކުރީގައި ނިއްކުރި ޖައްސާލައިގެން އިނދެ އިޒްޔަން މަޑު މަޑުން ބުނެލުމާއިއެކު އައިރީން އިޒްޔަން ގެ އެ ފުޅާ ހަށިގަނޑުގައި ބައްދާލިއެވެ. އޭރު އެ ދެލޮލުން ހޯސް ލާފަ ކަރުނަތައް ފައިބަމުން ދިޔައެވެ. އިޒްޔަން ވެސް އައިރީން ގެ ގައިގާ ބައްދާލިއިރު ދެން ދުވަހަކުވެސް ދޫކޮއްނުލާނަމޭ ބުނާ ކަހަލައެވެ. ދެމީހުން އެ ގޮތުގައި އެތައް އިރަކު ތިބުމަށްފަހު ދުރުވެލިއެވެ. އިޒްޔަން އައިރީން ގެ ކަރުނަތައް ފޮހެލަދެމުން ދެން ނުރޯށޭ ބުނެލިއެވެ. ” އިޒް ބުނީމެންނު ކީއްވެހޭ ނުބުނީ .. އިޒް ރީން އަށް ބުނާނެ ފުރުސަތެއްވެސް ނުދެމެންނު .. އިޒް ރީން އާ ގުޅުން ކަނޑާލި ދުވަހު ރީން އަށް އިހްސާސް ވީ އިޒް ދެކެ ލޯބިވާކަން .. ރީން ތި ގެއަށް ދާން ވެސް އުޅުނިން .. އެކަމަކު ތަގްދީރު އެކަމަކަސް ތަނެއް ނުދިން .. ” ހަމަ އަކަށް އެޅުމުން އައިރީން އިޒްޔަން ގެ މޭގައި ބޯ އަޅާލައިގެން އޮވެ ހުރިހާ ވާހަކަ ތަކެއް ކިޔައި ދިން އިރު އިޒްޔަން އަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައެވެ. އިޒްޔަން އައިރީން ގެ ވާހަކަތައް އަޑު އަހާފައި އިޒްޔަން އެތައް ފަހަރަކު މައާފަށް އެދުނެވެ. އިތުރަށް ބުނާނެ އެއްޗެއްވެސް ނެތީއެވެ. ވެދިޔަ ކަމެއް ދެން ބަދަލެއް ނުކުރެވޭނެކަން އޭނައަށް އިނގެއެވެ. އިޒްޔަން ވެސް އައިރީން އާއި ގުޅުން ކަނޑާލި ސަބަބު ހާމަ ކުރުމުން އައިރީން އިޒްޔަން ގެ ގައިގަ ބޮނޑިއެއް އަޅާލިއެވެ. ” އެންމެ ފަހަރަކު ނަމަވެސް ރީން ކައިރީގައި އަހާލިނަމަ .. އިޒްވެސް ހަމަ ރީން ދެކެ ލޯބިވާއިރުވެސް ނުބުނެ ހުރީނު .. ވަރަށް ގޯސް ” އައިރީން ހިތްހަމަ ނުޖެހިފައި އެހެން ބުނެލުމުން އިޒްޔަން އަނެއްކާވެސް މައާފަށް އެދުނެވެ. ” އައި ލަވް ޔޫ ރީން .. ” އިޒްޔަން އެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެހެން ބުނެލުމުން އައިރީން ވެސް އައި ލަވް ޔޫ ޓޫ އޭ ބުނެލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އިޒްޔަން މަޑުން މަޑުން އޭނާގެ މޫނު އައިރީން ގެ މޫނާ ގާތް ކޮއްލިއެވެ. ނަމަވެސް ސިހިފައި ދުރައްޖެހިލީ އައިރީން ގެ ފޯނު ރިންގުވާން ފެށުމުންނެވެ. ހީލަމުން އައިރީން ފޯނު ނެގުމާއިއެކު އެކޮޅުން އިވިގެން ދިޔައީ ކަންބޮޑުވެފާވައި މިފްޒާލް ގެ އަޑެވެ. ” ހަލޯ .. ރީން .. ކޮންތާކު ތި އުޅެނީ .. ” ” ސާބަސް ދޮންބޭ .. ރީން މިދަނީ ގެއަށް ” އެހެން ބުނެލުމައްފަހު މިފްޒާލް އަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އައިރީން ފޯނު ކަނޑާލިއެވެ. ” އިޒް .. ރީން ގެއަށް ދާން .” ފޯނު ދަބަހަށް ލުމައްފަހު އައިރީން އިޒްޔަން އާއި ދިމާއަށް ބަލައިލިއެވެ. އޭރު ދެމީހުންގެ ތުންފަތް މަތީގަވެސް ވަނީ އުފާވެރި ހިނިތުންވުމެކެވެ.

– – – – – – –

ގެއަށް ވަދެގެން އައި އައިރީން ފެނުމުން ގޭތެރޭގަ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ނަޖުމާ އަވަސް އަވަހައް އައިސް އައިރީން ގެ ގައިގާ ބައްދާލިއެވެ. ” ދަރިފުޅާ ކޮންތާކުން ތިއައީ .. ” އޭރު ސޯފާގައި އިށީނދެ ތިބި އެންމެންވެސް ތިބީ ކޮޅަށެވެ. އެވަގުތު އައިރީން ކައިރިއަށް އައިސް ހުއްޓިލި އިޒްޔަން ފެނުމުން އެންމެން ގެ މޫނުމަތިން ވެސް ހައިރާން ކަން ފެނިގެން ދިޔައެވެ. ހާއްސަކޮށް ނީމް ގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާން ކަން ފެންނަމުން ދިޔައެވެ. ” މަންމާ .. ހާސް ނުވެބަލަ .. އަޅުގަނޑު މިއައީ އެންނު .. ” އައިރީން ނަޖުމާގެ އަތުގާ ހިފާލަމުން ސޯފައިގާ އިށީނދެލިއެވެ. އަދި އިޒްޔަން ކައިރީވެސް އިށީނުމަށް އެދުނެވެ. ހަމަ ޖެހިލަމުން އައިރީން ވީ ގޮތް ފެށިގެން ކިޔައިދިނެވެ. ” އެއީ ކާކު .. ތީ ކޮން ވެއިޓަރެއްތޯ ބަލަން ޖެހޭނެ .. ރީން ނުފެނުނީމަ އަހަރުމެން ހީކުރީ ރީން ގެއަށް ދިޔައީ ކަމަށް .. ގެއަށް އައިސް ބެލިއިރު ރީން ކޮޓަރީގަ ނެތީމަ އިނގޭތަ ހާސްވި ވަރު..  ވަރަށް ހޯދިން .. ” މިފްޒާލް ބޮލުގަ ހިފަހައްޓާލައިގެން އިނދެ ވާހަކަ ދެއްކުމުން އައިރީން ދެން އެކަމާ ނުވިސްނުމަށް ބުނެލިއެވެ. އަދި އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް ހެޔޮ ކަމުގައި ބުނެލިއެވެ.

( ނުނިމޭ )

 

 

41
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lai

Other Articles

Previous

ހާދަ ލޯބިންނޭ (19)

Next

ނިމިދާނެ ޖާނާ ހިތާ 12

Next
March 7, 2016

ނިމިދާނެ ޖާނާ ހިތާ 12

Previews
March 6, 2016

ހާދަ ލޯބިންނޭ (19)

36 Comments

  1. Maalu says:
    March 6, 2016 at 9:07 pm

    wowww wowww wowww wowww wowww….. varaaaaaaaaah reethiiii…… 😀
    laiiiii u r the best … when is the next part???? waiting for the next part……

  2. Maalu says:
    March 6, 2016 at 9:09 pm

    wowww wowww wowww wowww wowww….. varaaaaaaaaah reethiiii…… 😀
    laiiiii u r the best … when is the next part???? waiting for the next part…… miss u alot tvgc… 🙂

    1. Maalu says:
      March 6, 2016 at 9:10 pm

      pis pis hehehehe

    2. Maalu says:
      March 6, 2016 at 10:05 pm

      yayyyyy me first 😀 😀 😀 😀 😀 😀 😀 😀 😀

  3. laimaan says:
    March 6, 2016 at 9:13 pm

    Nice

  4. Ryn says:
    March 6, 2016 at 9:14 pm

    awwwww….. finally… ixx n ryn… ?? alhey vrh salhi ingey mi prt… n waitin fr anthr prt…. lai!! thnkyw ixx n ryn gulhuvai dhinyma… gud lck.. luv n miss.. tc ???❤

  5. Aimsithu says:
    March 6, 2016 at 9:15 pm

    Yeyyy..im first..
    Mi part ves varah nalla

  6. Aimsithu says:
    March 6, 2016 at 9:17 pm

    Hahha.. first kamah heekuree.. comment stuck v ma v goii. .lol

  7. Aisha says:
    March 6, 2016 at 9:24 pm

    Hehe v sweet hama hyvany hakuru basthaa ehtherey ulhevun hn??? waitin waitin for next part ❤️❤️

  8. ina says:
    March 6, 2016 at 9:26 pm

    Va va va va…wowww….lailathuuuu haadha rythi rythi rythi ey mi part..hehehe..alheyyyy hama mi part kiyaafa rovijje ufalun goss.:-P:-P:-P.yayyy finaly e dhe cpls vx gulhunydhw..hehehe..anekka dhn e dhemyhun seprate nukurahchey:-P..hehehe…asluvx mi prt hama vrh salhi….waiting fr nxt prt…hehe…miss u n luv u bodu kuda bodukoh….tc

  9. Mari says:
    March 6, 2016 at 9:32 pm

    Vvvv salhi..its beautiful… Thanxxx.keep it up ryn

  10. Mari says:
    March 6, 2016 at 9:34 pm

    Vvvv salhi..its beautiful… Thanxxx.keep it up

  11. nukko says:
    March 6, 2016 at 9:59 pm

    Wowwww lai .. hama bunaani ehcheh vs neyngunu heheh thnks ryyn men gulhu vyma… wen nxt part… avahah up kohdhechey miss u ntvgc 🙂 😉

    1. sheyn says:
      March 7, 2016 at 1:26 pm

      hey mia dhu twnkl str kobaa thr

    2. twnkl str says:
      March 7, 2016 at 6:12 pm

      Sheyn thats not me…

  12. Ninni says:
    March 6, 2016 at 11:07 pm

    Mashaa Allah.. finally ryn n iz gulhuneehyo.. dhn e dhekudhinnah dherayeh nudhehchey..
    N tht mishal.. i hate you much..
    Kithahme varakah ulhunas iz aee hama ekani ryn ge meeheh.. get lost ????

  13. Twnkl str says:
    March 7, 2016 at 1:43 pm

    Mihiry nu…i luv u sheyn

    1. Sheyn says:
      March 7, 2016 at 2:06 pm

      I luv u too Twnkl str??

    2. Sweet girl? says:
      March 7, 2016 at 2:08 pm

      Lai hadha lahakun thi up kuryyy btw vaahaka hama habeys.kobaatha inaaa?♡???????

    3. twnkl str says:
      March 7, 2016 at 3:33 pm

      Hey guys…ehn kudhin ge namuga comment nukurun edhen..ingey mihen bunaairu mi twnkl str noon kudhin ulheyne kan..bt enmen vx hykuranii mi twwnkl str kamah..plx mi twnkl str ge namuga comment nukurun edhen

  14. Inaash says:
    March 7, 2016 at 2:14 pm

    Mihirynu

  15. Sweat girl says:
    March 7, 2016 at 7:33 pm

    Kyve kudhin kudhin sweet girlge namuga comment kurany.vvvvvv foooli.vaaahaka v reethi. Ven next part?…….

  16. Zeena says:
    March 8, 2016 at 8:15 pm

    Kudhin story update kuranyy Haadhahaa lahun ney.. Varah avaha update koh dheebala.. Kehmadhuvefa mihureee

  17. Zamzam says:
    March 9, 2016 at 11:16 pm

    Dhn mi vaahaka ves mi v stuck dhw..dhn hiyeh nuvey vaahakaaga v goi hadhaanuga huhta mi stry ge part eh kiyaalan libeyne heneh..asl vrh kada dhw ehen vaathy..

  18. anju says:
    March 12, 2016 at 9:03 pm

    Kobaatha story up nuvany kyve??

  19. foohi says:
    March 13, 2016 at 7:59 pm

    haadha lahey up kuraa goiy, mihen v ma kiyan ves foohivany

  20. aish says:
    April 16, 2016 at 10:03 pm

    ane part plx

  21. firoo says:
    May 7, 2016 at 2:33 am

    Adhivx geah ai myhn nudhanii??…

  22. Rifaa says:
    May 10, 2016 at 9:52 pm

    Haadhalahey up kuraaleh

  23. Cupcake says:
    June 17, 2016 at 12:58 am

    Kobaa anehbai? ?

  24. Akki says:
    July 14, 2016 at 11:21 pm

    HeLlOo. Laii mi vaahakai ge ithuru bai thah nellanee kon irakun?????????????????????????????????????????????????????????????????

  25. Cupcake says:
    July 23, 2016 at 10:33 am

    Bala kobaahey myge update??? ????

  26. shara says:
    October 16, 2016 at 9:51 pm

    sis. kobaa tha esfiya chat??

    1. Sumone .. says:
      December 3, 2016 at 10:18 pm

      shara .. esfiya cht close kohlaaafa .. i asked admin n he said he is wrking on to make a new one .. n sorry fr late reply shara .. miss yuh .. tvgc ingeyy .. hope u get my message

  27. Navya says:
    October 23, 2016 at 9:08 pm

    Kobaa anehbai…up kohdhyba avahah…pls lai

  28. Kalhu handi says:
    December 12, 2016 at 3:58 am

    Kihineh vefa tha miothy kyvetha update nuvany

Comments are closed.

All Right Reserved!