Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ (19)

Ryn
March 6, 2016
7 Mins Read
77 Views
43 Comments

 

މުބާރާތުގެ ނަތީޖާ ފާޅުކުރި ދުވަސް ވެގެން ދިޔައީ ނީރާއާއި ޝާއިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. މުޅި މުބާރާތުންވެސް އެދެމީހުންނަށް އެއްވަނަ ލިބިގެން ދިޔައެވެ. އެކަމުގެ އުފަލުގައި ދެއާއިލާއިންވެސް ރެސްޓޯރަންޓަކަށް ގޮސް ކެއުމެއް ބާއްވާލިއެވެ. އުފަލުގައާއި މަޖަލުގައި އެހެން ދުވަސްތަށް ހޭދަވެގެން ދިޔައެއްކަމަކު ނީރާގެ ހިތަކަށް ހަމަޖެހުމެއްނުލިބުނެވެ. އެކިފަހަރު އެކި ވިންދު ޖަހަމުން ދާ ކަހަލަ އިހްސާސްތަކެއް ވަމުންދިޔައެވެ. ކިޔެވުން ފެށުމާއި އެކު އެކަމާއި މެދު ނުވިސްނަން މަސައްކަތް ކުރަމުން ދިޔަ ނީރާ އަށް ކިރިޔާވެސް ހަމަޖެހުމެއް ލިބެނީ ޑައިރީއަށް ބޭރުކުރަމުން ދިޔަ އޭނާގެ ހިތުގެ އުދާސްތަކުންނެވެ. އެ ވާހަކަތަކަކީ އެކަކު ކައިރިވެސް ބުނަން ބޭނުންނޫން ވާހަކަތަކެކެވެ. ރާބިޔަތު ވިހާދުވަސްވެސް ކައިރިވަމުން ދިޔުމާއި އެކު ނީރާއަށް ލިބޭ ހުސްވަގުތުތަކުގައި އެތަކެއް ތައްޔާރީތަކަކާއި ގެއަށް އެތަކެއް ބަދަލުތަކެއް ގެނައުމުގައި ދިޔައީ މަސްއޫލުވަމުންނެވެ. އެއިން ކޮންމެ ކަމެއްގައި ޝާއިންގެ އެހީ ނީރާއަށް ލިބެމުން ދިޔައެވެ.

————-

“އައްސަލާމް އަލައިކުމް” ޝާއިން ނީރާގެ ގޭގެ ދޮރުމަތީ ހުރެލާފައި ސަލާމް ގޮވާލިއެވެ. އެއާއި އެކު ސޯފައިގައި އިށީނދެ އިން އަސްފާގް އާއި ރާބިޔަތު ދާދި އެއްވަރަކަށް ވައަލައިކުމް ސަލާމް އޭ ބުުނެލިއެވެ. ޝާއިން އެތެރެއަށް ވަދެގެން އައިސް އެދެމީހުންގެ ކަނާތަށް ވާ ފަރާތުގައި ހުރި ސޯފާގައި އިށީނދެލިއެވެ. އަދި ރާބިޔަތު އާއި ދިމާ ބަލައިލިއެވެ. ރާބިޔަތުގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ވާ ކަމެވެ. އަދި މަޑުމަޑުން ލަމުން ދާ ނޭވައިގެ ސަބަބުން ރާބިޔަތުއަށް އުނދަގޫވާކަން ޝާއިންއަށް ނަގައިގަނެވުނެވެ. ނަމަވެސް އެފަދަ ވާހަކައެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އަސްފާގް އިރު އިިރުކޮޅާ ރާބިޔަތު އާއި ދިމާ ބަލާލާގޮތުން އޭނާއަށްވެސް އެކަން ފާހަގަވީކަން ޝާއިންއަށް އިނގުނެވެ. ޝާއިން ދައްކާނެ ވާހަކައެއް ނޭނގުނެވެ. މިހެން މިވީ މީ ފުރަތަމަ ފަހަރެވެ. ދައްކާނެ ވާހަކައެއް ނެތި އެ ދެމިހުުންގެ މޫނު ބަލާލަމުން އަޅުވާފައި ހުރި ޓީވީ ބަލަމުން ދިޔައެވެ. އެ ހިމޭންކަމުގެ ސަބަބުން އަސްފާގްއަށް އުނދަގޫވިއެވެ. އެހެން ކަމުން ޝާއިންގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. ރާބިޔަތުވެސް މަޑު މަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ޝާއިންވެސް ހަމަހިމޭންކަމާއި އެކު ޖަވާބުދެމުން ދިޔައެވެ.

“ކޮބާ ނީ؟؟” ވާހަކައިގެ ތެރެއިން ޝާއިން އެހެން އަހާލީ އެހެން ދުވަސް ދުވަހާއި ހިލާފަށް މިގަޑީގައި ނީރާ ފެންނަން ނެތުމުންނެވެ. ކޮންމެރެއަކުވެސް ޝާއިން ނީރާ ކްލާސް ނިމޭ ގަޑިއަށް އަންނަނީ އެގޮތަށް ކަން ކުރުމަށް ނީރާ ބުނުމުންނެވެ. “ދެންމެ ގުޅާފަ ބުނީ ދެވޭނީ ތަންކޮޅެއް ފަހުންނޯ….” އަސްފާގް ޖަވާބުދިނެވެ. “ޝާއިން ކައިރިއަކު ނުބުނޭތަ… ދައްތަ ހީކުރީ ބުނާނެ… ކަމަށް.. އެކަމު މިހާރު އެ 10 ޖަހަނީނު..” ރާބިޔަތު އަހާލިއެވެ. “އާދެ… ނުބުނެ… އަޅުގަނޑު ފޯނު….. ހެހެހެ.. ނިވިފަ އޭ މިއޮތީ އެހެންވީމަ ނޭނގޭނެނު..” ޝާއިން ވާހަކަ ދައްކަމުން ފޯނު ނަގާ ބަލާލިއިރު އޮތީ ނިވިފައެވެ. އެހެންކަމުން ފޯން އޮން ކޮށްލިއެވެ. “ކްލާހަށް ވަންނަންވެގެން އޮފްކޮށްލެވުނު ގޮތަށް އެ އޮތީ..” ޝާއިން އަނެއްކާވެސް ބުނެލިއެވެ.

އެކި ވާހަކަ ތަކުގައި ތިއްބާ ދެމީހުންނަށްވެސް އެއްފަހަރާ ރާބިޔަތު އާއި ދިމާ ބަލައިލެވުނީ ރާބިޔަތުއަށް “އަސްފާގް” އޭ ކިޔާ ގޮވާލެވުމުންނެވެ. އޭރު ރާބިޔަތު ދެލޯ މަރާ ތަގުޅިކޮށްލައިގެން އިން އިރު އޭނާގެ ބަނޑުގައި އަތް އަޅާލައިގެން އިނެވެ. “އާހް!!… އަސް…ފާގް… އަހަރެން…. ހޮސްޕިޓަލަށް…” ރާބިޔަތު އަސްފާގް ގެ އަތުގައި ހިފާލަމުން އެހެން ބުނެލިއެވެ. އަސްފާގް އަވަހަށް ކޮޅަށް ތެދުވިއެވެ. “ޝާއިން… ކާރު ނެރެދީބަލަ.. ބޭބެ ދައްތަ ގެންދާނަން…” ޝާއިން ތެޅި ތެޅި އޮތް ހިތަކާއި އެކު ނިކުމެގެން ދިޔައީ ކާރު ބަލައެވެ. އޭރު އަސްފާގް ރާބިޔަތު ގޮވައިގެން އާދެއެވެ. “އަސްފާގް… ބް..ރޭކް… އަސްފާގް އަވަސް…..” ރާބިޔަތު އަވަސް ނޭވާތަކަކާއި އެކު އޭނާގެ ބަނޑުގައި އަތްއަޅައިގެން ހުރެ ބުނަމުން ދިޔައެވެ. އަސްފާގް ބިރުން ހުރެ ރާބިޔަތު ނަގާ ކާރު ނެރޭ ދިމާލަށް ނިކުތްއިރު ޝާއިން ކާރުގެނައީއެވެ.

“ޝާއިންއަސް ދުއްވޭނެ ދޯ…. އަވަހަށް ހިނގާބަލަ ހޮސްޕިޓަލަށް…” ކާރުގެ ފަހަތު ސީޓަށް އަރާ ރާބިޔަތު އޭނަގެ އުނގުގައި ބާއްވާލަމުން އަސްފާގް އެހެން ބުނެލިއެވެ. އެއާއި އެކު ޝާއިން ކާރު ސްޓާރޓް ކޮށްލިއެވެ. އޭނާގެ ހިތްވެސް އޮބި ނޯންނަވަރަށް ދިޔައީ ތެޅެމުންނެވެ. ކާރު ދުއްވަމުން ދިޔައިރުވެސް އޭނާއަށް މަގަށްވުރެ ބޮޑަށް އިސްކަން ދެވުނީ ރާބިޔަތުގެ ބަނޑުގައި ރިއްސާލާވަގުތު ލައްވާ ވޭނީ އަޑެވެ. ކޮންމެ މަންމައަކުވެސް މި ހާލަތާ ކުރިމަތި ލައިގެން ނޫނީ ދަރިއަކު ނުލިބޭނެކަން ޝާއިންއަށް އިނގެއެވެ. ނަމަވެސް އެކަން އިހްސާސްވި މީ ފުރަތަމަ ފަހަރެވެ. ހިތުގެ ވިންދު އަވަސްވީ އެ ދެފުރާނަވެސް އޮތީ ޝާއިންގެ އަތުގައި ކަން ހީވުމުންނެވެ.

ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރު ހުއްޓަން މަޖުބޫރުވީ ބަޔަކު އެމީހުންގެ ކުރިމައްޗަށް އެރުމުންނެވެ. ޝާއިން އަވަސް އަވަހަށް ބަރުގަނު އަޅަމުން ދިޔައެވެ. “ގޯޑް. ޑޭމް..” ޝާއިން އެހެން އިނދެ ކިޔަމުން ދިޔައެވެ. އެބަޔަކު އައިސް ކާރުގެ ލޯގަނޑުގައި ޖަހާލިއެވެ. އަނދިރި ގޯޅިއަކަށް ވުމުގެ ސަބަބުން އެމީހުންގެ މޫނު ރަނގަޅަކަށް ނުފެނެއެވެ. ޝާއިން ކާރުގެ ބިއްލޫރި ގަނޑު ތިރިކޮށްލީ އަސްފާގް އެގޮތަށް ހަދަން ބުނުމުންނެވެ. “މިވަގުތު އިޓްސް އާރގެންޓް ޕްލީސް…. ވަރަށް އަވަހަށް ހޮސްޕިޓަލްއަށް ދާން މިދަނީ.. ކިހިނެއްވެގެން މިއުޅެނީ” އަސްފާގް ފަހަތުގައި އިނދެެގެން ވާހަކަދައްކަމުން ދިޔައެވެ. ކާރު ކައިރި ހުރި މީހާ އެއްވެސް އެއްޗެއް ނުބުނިއެވެ. “ޝާއިން ކާރު ދުއްވާ އެމީހުން ކުޅޭހާ ކުޅިއެއް ބަލާކަށް މަޑެއް ނުކުރެވޭނެ” ނުރުހުމަކާއި އެކު ޝާއިން އާއި ދިމާލަށް އަސްފާގް އެހެން ބުނެލިއެވެ. ޝާއިން ބިއްލޫރި ގަނޑު މަތިކޮށްލިއެވެ. އަދި ކާރު ސްޓާރޓް ކޮށްލީ ބަރުގަނު އަޅަމުންނެވެ. ކުރިމަތީ ތިބި މީހުން ދުރަށް ޖެހެމުން ދިޔައީ ކާރު އަންނަން ހެދީމައެވެ.

“ޝާއިން ތަންކޮޅެއް ބާރަށް ދުއްވާލަންވީނު…” އަސްފާގް ޝާއިން ދުއްވަމުން ދިޔަ ބާރުމިނާއިމެދު ހިތް ހަމަނުޖެހުނެވެ. ނަމަވެސް ޝާއިން ދުއްވަމުން ދިޔައީ ދުއްވުމަށް ކަނޑައަޅާފައިވާ އެންމެ ބާރުމިނަށެވެ. އެއަށްވުރެވެސް ބާރުކުރީ އެ ވަގުތުގެ ނާޒުކުކަން އޭނާއަށް އިނގިގެންނެވެ. ކުއްލިއަކަށް ބާރު އަޑުފަށްގަނޑަކާއި އެކު ކާރު ގޮސް ގޯޅި އަޅަނިކޮށް ގޯޅި ކުރިމަތީ ތިބި ސައިކަލުތަކެއްގައި ޖެހުނެވެ. ހީވާގޮތުންނަމަ އެ ސައިކަލުތަށް އެތާ ހުރީ ހަމަ ޝާއިންމެން އަންނަންދެނެވެ.

ބާރު އަޑަކާއި އެކު ކާރު އަރިއަޅާލިއެވެ. އިވިގެން ދިޔައީ ރާބިޔަތުގެ ވޭނީ ހަޅޭކުގެ އަޑެވެ. ޝާއިންއަށް ވެސް ވީނުވީ ނެނގުނެވެ. އޭނާ ކާރުން ނެރުނު އިހްސާސްވިއެވެ. އަދި ބަޔަކު އޭނާއަށް ހަމަލާތަކެއް ދޭކަން އިހްސާސްވިއެވެ. ބަޔަކު ވާހަކަދައްކާ އަޑުއިވުނެވެ. “އޭ… އެ ދެމީހުން އެ މަރުވީ.. ޝިޓް.. ކައެ މެން ކައިރި ބުނީމެއްނު މީނަ އެކަނި ވި ވަގުތެއް ބަލާށޭ…” އެކަކު ބުނި އަޑުއިވުނެވެ. “އަހަންނަށް އިނގޭތަ އޭނާ އުޅުނީ ބަނޑުބޮޑު މީހެއް ގޮވައިގެން ކަމެއް…” އެހެން މީހެއްގެ އަޑުއިވުނެވެ.  “އޭ އޭ…  ކިރިޔާ މެސެޖް އެއައީ އެމީހުންގެ.. މިވަގުތު ހަމަލާކުރުން ރަނގަޅެއް ނޫނޭ ކިޔާފަ… އޭ ވަރަށް ކަޑަ ކަމެއް މިވީ.. މީނަ ގެ ދުވަސް ދުއްވާލެވޭ ވަރަށް އަނިޔާ ކުރޭ…. މިމަގަށް އެހެން ބަޔަކު އައުން އެކަށީގެންވޭ އެހެންވީމަ ކުރާކަމެއް އަވަހަށް ކުރޭ.. މަރުވާވަރު ކޮށްލާ އަހަރެން ސަލާމަތުން ތިބެވޭނީ އޭރުން…” އެހެންމީހެއްގެ އަޑުއިވުނެވެ. އެއާއި އެކު ޝާއިންއަށް އިތުރު އަނިޔާތަކެއް ލިބެމުންދިޔައެވެ. ލޯމަރައިގެން އޮތެއް ކަމަކު އޭނާގެ ހިއްސުތަށް މަސައްކަތްކުރެއެވެ. ދައްކާ ވާހަކަ އަޑުއިވުނެވެ. ތަދުވެ ދިލަނަގައެވެ. ވާހަކަދައްކަން އުޅުނެއްކަމަކު އަޑެއް ނުނިކުތެެވެ.

“އޭ ކަލޭމެން ކީއްތިކުރީ..” އެ ގޯޅި އެޅައިގެން އައި ސައިކަލެއް އެތަނަށް ހުއްޓިއަޑު އިވުނެވެ. އެއާއިއެކު ބަންދުކޮށްގެން ތިބި ސައިކަލުތަކަށް އަރައިގެން އެބަޔަކު ފިލައި ދިޔައީ އެއީ ކޮންބައެއްކަންވެސް އެހެންމީހަކަށް ނޭންގުމަށެވެ. ނަމަވެސް އެ ފިރިހެން މީހާއަށް އެއީ ކޮންބައެއް ކަން ރަނގަޅަށްވެސް އިނގުނެވެ. އެމީހާ އައިގޮތަށް އައިސް ޝާއިން އަށް ގޮވަންފެށީ ޝާއިންގެ ހަރަކާތެއް ހުރުމުންނެވެ. “އޭ!!.. އޭ!!!” ޝާއިންގެ އެތަން މިތަނުގައި އެ ބަޔަކު ތަޅާފައިވާކަމުގެ ނިޝާންއޮތް އިރު ކާރު އަރިއަޅައިގެން ލިބުނު ޒަހަމުތަށްވެސް ހުއްޓެވެ. ޝާއިން އޮތްތަން އޮތީ ލޭގެ ކޯރު ދެމިފައެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ރާބިޔަތުމެންނަށެވެ. އެ ދެމީހުންގެ އެއްވެސް ހަރަކާތެއް ނެތެވެ. އެމީހާ ވަގުތުން އެމްބިޔުލަންސްއަށް ގުޅިއެވެ. އަދި އެމްބިޔުލަންސްގެ އެހީގައި އެމީހުން ހޮސްޕިޓަލަށް ގެންދިޔައެވެ.

އެހަބަރު ލިބުނު އިރު ނީރާ ހުރީ ގެއަށް އައުމުގެ މަގުމަތީގައެވެ. ނީރާ ހުރިތަނަށް އަނބުރައިގަނެގެން ވެއްޓުނީ އޭނާގެ ލޯބިވާ މަންމައާއި ބައްޕަ އަދި ދުނިޔޭގެ އަލިކަން ލިބުމުގެ ފުރުސަތު ނުލިބި ދުނިޔެއާއި އަލްވަދާއު ކީ ކޮއްކޮގެ ފުރާނަ ނެތް މަސްގަނޑު ހޮސްޕިޓަލުގައި އޮތް ހަބަރު ލިބި އެ ހިތަށް ކުޅަދާނަ ނުވެގެންނެެވެ. އޭނާއަށް އެވަރު ވީ އެންމެ ގާތް އެކުވެރިޔާ ފުރާނައާއި ހަނގުރާމަ ކުރަމުން ދާ ހަބަރު އިނގުނީމާވެސްމެއެވެ. ނީރާގެ އެކުވެރިން އެތާ ތިބިކަން އެއީ އެ ބަދުނަސީބު ކުއްޖާގެ ނަސީބެކެވެ. އެކުދިން އެހީގައި ނީރާ ހޭއަރުވާ ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު ނީރާގެ މަންމައާއި ބައްޕަ އަދި ވަކިން ކުޑަ އެނދެއްގައި ކަފުނުގައި އޮތް ކޮއްކޮ ފެނުނެވެ. ދޮރުމަތީ ހުރި ގޮތަށް ހުއްޓާ ނީރާއަށް ރޮއެ ގަނެވުނެވެ. އާޝިޔާއަށް އެވަގުތު އެތަނަށް އާދެވުނެވެ. ނީރާ ސިހިފައި ފަހަތަށް ބަލާލިއެވެ. އަދި ވޭނުންފުރިގެންވާ ގޮތަކަށް އާޝިޔާއަށް ބަލާލިއެވެ.

ނީރާ ކުރިއަށް ފިޔަވަޅެއް އަޅާލީ އާޝިޔާގެ ބާރުގައެވެ. “މަމް…!! ޑޭޑް… ކީއްވެ.. އަޅުގަނޑު…………… މަމް…!” ނީރާ ރާބިޔަތުގެ ގައިގައި އޮޅުލައިގަތެވެ. އެއަށްފަހު އަސްފާގް ގައިގައިވެސް އޮޅުލައިގަތެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ އޭނާގެ ކޮއްކޮގެ ފުރާނަ ނެތް މަސްގަނޑަށެވެ. “އޭންޖަލް… އެޓްލީސްޓް ޔޫ ކުޑް ސްޓޭ ވިތްމީ… ވައި ބޭބީ؟؟؟؟” ނީރާ އެ ކުއްޖާގެ ގައިގައި ފިރުމާލިއެވެ. އެގޮތަށް ނީރާ ރޮމުން ދިޔައިރު އެ ކުއްޖާގެ ގައިގައި ފިރުމަމުން ދިޔައެވެ. އެ ކުއްޖާގެ ނާޒުކު ކަމުން އަތްލަން ބިރުގަތަކަސް މީ އެންމެ ފަހުފަހަރެވެ. އެ ކުއްޖާ އޮތީ ފިޔާތޮށި ކުލާގައެވެ. އާޝިޔާ ރާބިޔަތުގެ ހަށިގަނޑާއި ދިމާ ބަލަން ހުރީ ޝަކުވާއިން ފުރިފައިވާ ނަޒަރަކުންނެވެ. އެ ދެލޮލުން އެތަކެއް ޝަކުވާތަކެއް ކުރަމުން ދިޔައެވެ.

“ޔޫ ނޯ ވަޓް ބޭބީ.. ޔޫ ޖަސްޓް ލުކް ލައިކް މަމް.. ހެހެ….” ނީރާއަށް އަނެއްކާވެސް ރޮވުނެވެ. އެތަނުގައި އޭނާއަކަށް މާ ގިނައިރު މަޑެއް ނުކުރެވުނެވެ. އެހެންކަމުން އާޝިޔާގެ އެހީގައި އޭނާ ނިކުމެެގެން ދިޔައެވެ.

އާޝިޔާ އޮޕެރޭޝަން ތިއޭޓަރ އަށް ގޮސް އެތާ ހުރި ގޮނޑި ބަރީގައި އިށީނީ އޭނާގެ ކަނާއަތަށް އިން އަކުރަމްގެ އަތުގައި ހިފާލަމުންނެވެ. ނީރާ އައިސް އާޝިޔާ ކައިރި  އިށީނދެލިއެވެ. އޭރު ޝާއިން އޮތީ އޮޕެރޭޝަން ތިއޭޓަރުގައެވެ. ނީރާ އެތަނުގެ ދޮރާއި ދިމާލަށް ބަލާލީ ހިތްދަތިގޮތަކަށެވެ. ނީރާ އަށް ރޮވެންފެށުނެވެ. އެންމެ ގާތް އަދި އެންމެ ލޯބިވާ މީހުން އޭނާއާއި ދުރުވަނީއޭ ހިތަށް އަރަމުން ދިޔައެވެ. އެންމެ ކުޑަމިނުން ޝާއިން އޭނާގެ ގަތުގައި ހުރުމަށް ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއަށް ދުޢާ ކުރެވުނެވެ. އާޝިޔާ ހިމޭންކަން އިހްތިޔާރުކުރިއެއްކަމަކު އެ ހިތުގައި އަޅާވޭން ދެނެ ވޮޑިގެންވާނީ ހަމައެކަނި މާތް ﷲ އަށެވެ. ޝާއިންގެ ހާލުވަރަށް ސީރިއަސްކަން ޑޮކްޓަރުންވަނީ ބުނެފައެވެ. އޭނާގެ އެތަން މިތަނަށް ޒަހަމްވެފައިވާއިރު ބޮލުގެ ނާށިގަނޑު ހަލާކުވެ ސިކުނޑިއަށް ލޭގެ އަސަރުވަނީކޮށްފައެވެ. ފުން ހިޔާލަކަށް ގެއްލި އިންދާ އެދެމީހުންނަށްވެސް ސިއްސައިގެން ދިޔައީ ދެ ފުލުހަކު އައިސް އަކުރަމް އާއި ވާހަކަ ދައްކަން ފެށި އަޑަށެވެ.

“އާދެ…! އެއީ އެ ސަހަރައްދުގައި މަސްތުވާތަކެތީގެ ބޭނުން ކުރާ އަދި އެ ވިއްކާ އުޅޭ ގޭންގެއް… އަދިވެސް އެހެނިހެން ނުބައި އަމަލުތަށް ހިންގަމުން ދާ ގުރޫޕެއް.. އެމީހުންނަކީ އާދައިގެ ބައެއްނޫން.. އެމީހުން……..” “އެސްކިއުޒް މީ..!!! އެއީ ކޮންބައެއްތަ؟؟؟؟ ކީއްވެ އެން  ކިހިނެއް ހިނގި ކަމެއްތަ މީ؟؟؟” ނީރާ ގޮނޑިން ތެދުވެ އެހެން ބުނި އިރު އޭނާގެ އަޑުގައި ހިތާމައިގެ އިތުރަށް ނުރުހުން އެކުލެވިގެން ވެއެވެ. އޭނާގެ ލޯބިވާ އާއިލާ މަރާލި އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަށް އެހާލު ޖެއްސި ބަޔަކު އޭނާ ދުލެއް ނުކުރާނެއެވެ. “ވަޓް އާރ ޔޫ ލުކިންގ އެޓް.. ކޮން ބައެއްހޭ އެއީ؟؟؟؟” އެ ދެމީހުންނަށް އަނގައިން ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ނީރާ ސުވާލުކުރިއެވެ. ކުރިއަށްވުރެ ބޮޑަށް ރުޅިވެރިކަން ދައްކަމުންނެވެ. “އެމީހުން އެންމެންވެސް ދަންނަނީ އަޝްރަފްގެ ގޭންގްގެ ނަމުން…. މިހާރު އެމީހުން ތިބީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި.. އެމީހުންގެ އެތަކެއް މައްސަލަތަކެއް އެބަހުރި ނަމަވެސް އެމީހުން ހައްޔަރު ނުކޮށް……” ފުލުހަކު އޮޅުން ފިލުވާލަދިނެވެ. ނަމަވެސް މިފަހަރުވެސް ނީރާ އެމީހުންގެ ބަސް މެދު ކަނޑާލިއެވެ.

“އެހާ މައްސަލަ ގިނަ ބައެއް ހައްޔަރު ނުކުރެވެނީ ކީއްވެ؟؟؟؟ އަޅުގަނޑަށް ޔަޤީން ގާނޫނާކު ލިޔެފައެއް ނޯންނާނެކަން ކުށްވެރިއަކު ހައްޔަރު ނުކޮށް އެގޮތަށް މަގުމަތީގައި ދޫކޮށްގެން އުޅޭކަށް.. ޖަލަށް ނުލިއެއް ކަމަކު އެމީހުންގެ މައްސަލަ ބެލުމަކީ ތިބޭފުޅުންގެ ޒިންމާއެއް ނޫންތޯ؟؟؟ ތިގޮތަށް ވަރިހަމަ ކިޔައިގެން ތިއްބެވެމުން އަޅުގަނޑުގެ އާއިލާ ފަދައިން ނިމިގެން ދަނީ ނުވަތަ ބޮޑު ބިރެއްގެ ތެރެއަށް ވެއްޓިގެން ދަނީ ކިތަށް މީހުން ކަމެއް ނޭނގޭތޯ؟؟؟ އަޅުގަނޑުމެން ރައްކާތެރިކުރުމަށް އެތަކެއް ހުވާތަކެއް ކުރި ބައެއްނު ތީ!! އެކަމު މިއަދު އޯ؟؟ އެމީހުން މާ ވަރުގަދަ ވީމަ އެމީހުންދެކެ ބިރުންތޯ އެމީހުން ޖަލަށް ނުލެވި ތިތިބެނީ…. ނޫނީ އެމީހުން ގެ އަތުގައި ފައިސާ ގިނަވީ ދޮއްތޯ؟؟ މިހާރަކަށް އައިސް މިކަން މިވަނީ އާންމުވެފަ.. ރިޝްވަތުގައި ހިފައި ލާރި ކާ މީހުން.. ތިބޭފުޅުން ލާރި ފޮއްޗެއް ފެންނައިރަށް ތިތިބެނީ ގައުމަށްޓަކައި ކުރިހާ ވައުދުތަށް ހަނދާންނެތި ގައުމަށް ބޭވަފާތެރިވެފަ.. އިސްލާމްދީނުގެ ރިވެތި އުސޫލުގެ މަތީ ގާއިމް ވުމަށް ބުނެ އުޅޭއިރު އެގޮތަށް ހަދައިގެން ލިބޭ ލާރި އެއީ ހަރާމް އެއްޗެއްކަމެއް ނޭނގޭތޯ؟؟ އަޅުގަނޑު މިހެން ބުނަނީކީ ނޭނގިގެނެއް ނޫން އިނގޭތޯ. ކިތަންމެ މަޑުން ތިއްބަސް ތިއިން ކޮންމެ ބޭފުޅަކީވެސް ހަމަ ކޮންމެވެސް ގޮތަކުން އެމީހުންގެ ބާރުގެ ދަށުގައި ތިބި މީހުން.. އެމީހުންގެ އެހީތެރިން…. ލާރިއާއި ހެދި މޮޔަވާ މީހުން.. ތިދެބޭފުޅުން ނޫނަސް ކޮންމެވެސް ބައެއް ތިބޭނެ ނޫންތޯ އެމީހުންގެ ނުފޫޒުގެ ދަށުގައި ތިބޭ މީހުން.. އަޅުގަނޑު……..” ނީރާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހުރިހާ ވާހައެއް އެނާ ދެއްކުނީ އައި ރުޅިއެއްގެ ސަބަބުންނެވެ. ނީރާއަށް އިސްޖަހާލެވުނެވެ. ކިޔުނު އެއްޗިއްސާމެދު ވިސްނާލެވި ލަދުވެތިކަން އިހްސާސްކުރެވުނެވެ. އަކުރަމްއަށާއި އާޝިޔާއަށް ހުރެވުނީ ހަމަ ނީރާއާއި ދިމާ ބަލާށެވެ. އޭނާ މުޅިއަކުން ގޯހެއްވެސް ނޫނެވެ. އެމީހުންގެ އެ ހިމޭންކަމުން ދޭހަވެގެން ދިޔައީ އެމީހުންވެސް ނީރާއާއި އެއްބަސްކަމެވެ. އެ ދެ ފުލުހުންނަށް އިސްޖަހާލެވުނެވެ. އެ ކުޑަ ކުއްޖާ ގެ ބަހުގައި ކުޑަ ނަމަވެސް ހަޤީޤަތެއް ވާނެކަން އެމީހުންނަށް އިނގެއެވެ.

“އައި… އައި އެމް ސޮރީ…. އަޅުގަނޑަށް އެހެން ބުނެވުނީ… އޮޅިގެން..” ނީރާ އިސްޖަހާލައިގެން ހުރެ މަޑުމައިތިރިކަމާއި އެކު އެހެން ބުނެލިއެވެ. “އިޓްސް އޯކޭ…” އެތަނުން އެއް އޮފިސަރަކު އެހެން ބުނީ ވަރަށް ގާތްގޮތަކަށެވެ. އެމީހުންގެ ހިތުގައި ނީރާއާއި މެދު ހަމްދަރުދީ އުފެދުނީކަންނޭނގެއެވެ. އަދި އެ ކުއްޖާގެ މާތް ރިވެތި އަހްލާގުގެ ސަބަބުން އެ ކުއްޖާއާއި ގާތްގޮތަކަށް ވާހަކަދައްކާލާ ހިތްވީއެވެ. ކިތަންމެ ނުރުހުމާއި އެކު އެހެން ބުނި ކަމުގައިވިޔަސް އޭނާ ވާހަކަ ދެއްކީ މާތްބަހުންތާއެވެ.

“އެކަމު އެމީހުން އެހެން ހަދަން ޖެހުނީ ކީއްވެ؟؟؟؟؟؟” ނީރާ ކެތްމަދުވެފައި އަހާލިއެވެ. “އަދި އަޅުގަނޑުމެން މިދަނީ މައްްސަލަ ތަހުޤީޤް ކުރަމުން.. މާ ބޮޑު މައުލޫމާތު ތަކެއް ދެވޭކަށެއް ނެތް……..” ފުލުހަކު ބުނެލީ ނީރާއާއި ދިމާ ބަލާލަމުންނެވެ. އެކުއްޖާގެ ލޮލުން ފެންނަމުން ދިޔައީ އަޒުމެކެވެ. އެބަޔަކު ހޯދުމުގެ ފޯރިއެވެ. ހިތާމައެވެ. ހިތްވަރެވެ. ” އަޅުގަނޑު އެމީހުންނާއި ބައްދަލު ކުރަން ބޭނުން.. ހަމަ މިހާރު…” ނީރާ ގޮށް މުއްކަވާލަމުން އެހެންބުނެލިއެވެ. އެއާއި އެކު އިށީނދެ އިން އާޝިޔާ ނީރާގެ އަތުގައި ހިފާލިއެވެ. އެއްޗެއް ނުބުނެ ހުރި އަކުރަމްވެސް ނީރާ އަށް ގޮވާލިއެވެ. މިއޮށް ދަންގަޑީގައި ދިޔުން ރަނގަޅެއް ނުވާނެކަން އެމީހުންނަށް ވިސްނޭތީއެވެ.

“ޕްލީސް ދައްތާ.. އަކޫބޭ.. އަޅުގަނޑު ބޭނުން އެމީހުން ކައިރިއަށް ދާން.. ޕްލީސް..” ނީރާއަށް އެދެމީހުންގެ އެ ހަރަކާތުން ބުނަން އުޅުނު އެތި ދޭހަވުމުން އެހެން ބުނެލިއެވެ. އެވަގުތު އޭނާގެ ހިތުގެ އަޑިން އަޒުމް ކަނޑަ އެޅީ އޭނާގެ ދިރިއުޅުން އެ ފުއް މިފުށަށް ޖެހި ބަޔަކު ހޯދައިގެން ނޫނީ އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުބޭލުމަށެވެ. އެހެންކަމުން ލޮލުން އައިހާ ކަރުނައެއް ފޮހެލިއެވެ.

އަކުރަމްއަށްވެސް އާޝިޔާއަށްވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. “ސަރ.. އަޅުގަނޑާއި އެމީހުން ބައްދަލު ކުރެވޭނެތޯ؟؟؟؟” ނީރާ އެހެން ބުނެލިއިރު ހީވީ ހިތާމައެއް ކުރިމަތި ނުވެ ހުރި ކުއްޖެއްހެންނެވެ. “ތިކަމަށް އަޅުގަނޑުމެންނަކަށް އެއްޗެއް ނުބުނެވޭނެ.. އެކަމުވެސް މަސައްކަތް ކުރެވިދާނެ.. އަޅުގަނޑުމެންނާއި އެކު ދުރުވާންވީ ނޫންތޯ…” ފުލުހަކު އެހެން ބުނެލުމުން ނީރާ އާޝިޔާގެ އަތް އޭނާގެ އަތުން ނެއްޓުވީ އެ އަތުގައި ތަންކޮޅެއް ބާރަށް ހިފާލަމުންނެވެ. އިތުބާރުކުރާށޭ ބުނާފަދަގޮތަކަށެވެ. ނީރާގެ އެ ކެރޭ ސޫރަ އަކީ އަލަށް ފެނުނު ސޫރައެއްކަމުން އެދެމީހުންނަށްވެސް ތިބެވުނީ ބަލަހައްޓައިގެންނެވެ. ނީރާ އެމީހުންނާއި އެކު ހިނގައިގަތީ ފަހަތްވެސް ބަލައި ނުލައެވެ.

 

ނުނިމޭ….

 

64
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 22.. ފަހު ބައި

Next

ލޯބިން އެކީގަ ވާނަމޭ.. (12)

Next
March 6, 2016

ލޯބިން އެކީގަ ވާނަމޭ.. (12)

Previews
March 5, 2016

ކުރަމުން ތިދާހާ ގޯނާ 22.. ފަހު ބައި

43 Comments

  1. Ryn says:
    March 6, 2016 at 2:49 pm

    hey guys… hre is the nxt prt hwp lyk vaane kamah… n sry fr late update… as i tld u ppl bfr stil my lap is nt fixd.. stil usin my bros one to write the prts.. n up kurany phn in… n ths days m nt fylin wel so m nt able write n cncntrate on the stry… ryn ah liyevuny vx mi prt r hamaalah… furthr prts r incmplt.. so m gonna take a brk fr one wyk eyrah vaairah my lap wil fixd plus in sha allah stry vx bodu bai liyevifa… hwp undrstnd vaane kamh.. thnkx fr readin.. enjoy…. tc…

  2. ina says:
    March 6, 2016 at 3:10 pm

    Wowwwwwwww rynnnnn….vrh nyc mi prt vx…Alheyyyyyyyy vrh deravejje ….angel vx maruv..:-(:-S..alheyyy….kyvethr abadhu nee ah sad knthahthah dhimaavany…:-(….poor neee…hehehe…hop nee emyhun fnd kuranekmh..hehehe…vvrh nyc….waiting fr nxt prt…miss u rynnnn..t c

    1. Ryn says:
      March 6, 2016 at 3:16 pm

      hehehe sryy ina… may b happy kameh dhimaavaan kamah sad kanthah e dhimaavany dhw hehe… thnkxx ina.. miss u mre.. tc ?

  3. twnkl str says:
    March 6, 2016 at 3:15 pm

    Nyc

    1. Ryn says:
      March 6, 2016 at 3:17 pm

      thnkx ?

  4. Aimsithu says:
    March 6, 2016 at 3:15 pm

    But story is nice

    1. Ryn says:
      March 6, 2016 at 3:19 pm

      thnkyw ?

  5. laimaan says:
    March 6, 2016 at 3:16 pm

    V reethi.

    1. Ryn says:
      March 6, 2016 at 3:20 pm

      thnkyw ?

  6. Yash says:
    March 6, 2016 at 3:24 pm

    Nice story .ekam haada kuray

    1. Ryn says:
      March 6, 2016 at 3:28 pm

      thnkyw.. ? owwh bt its 1600+ wrds.. hehe anyways enjoy…

  7. naaanu says:
    March 6, 2016 at 3:29 pm

    eyh…varah salhi ingey mi prt ves..waiting for next part ❤❤❤❤

    1. Ryn says:
      March 6, 2016 at 3:40 pm

      thnkyw.. ?

  8. Maalu says:
    March 6, 2016 at 4:22 pm

    wowwwwww wowww wowwww ♥♥♥♥♥ vrh vrh vrh vrh reethi……. 🙂 🙂 🙂 love this story alotttttttttttttt…. ♥♥♥♥
    ryyn u r the best 😀 😀
    waiting for next part…..
    ryyn miss u alotttttttttttttttt…… tvgc…. 🙂 🙂

    1. Ryn says:
      March 6, 2016 at 9:18 pm

      awww thnkxx mal…. i miss u mre mal… tc ???❤

  9. Mari says:
    March 6, 2016 at 4:43 pm

    Wowwwwwwwr…buny dhn neygey haa vs reethi..thanxxx..keep it up …ryn…waiting for the next part…

    1. Ryn says:
      March 6, 2016 at 9:20 pm

      awww thnkx mari… n my plsure…. tc ???❤

  10. sheyn says:
    March 6, 2016 at 5:03 pm

    v reethi

    1. grl says:
      March 6, 2016 at 6:02 pm

      Sheyn mihaaru writers ah ehcheh nubunany kyhvve kaaku vissnai dhinee

    2. Misty says:
      March 6, 2016 at 6:32 pm

      I was also thinking da same.. Hehe

    3. Ryn says:
      March 6, 2016 at 9:21 pm

      thnkxx sheyn ?

  11. nukko says:
    March 6, 2016 at 6:07 pm

    Woww thuths…. hama obi… n I luv the lecture nee ge… omg Angel vs :'( dhnnnnn Angel behetti nama ryn 🙁 🙁 🙁
    Anekka aee nee ge ex ge kameh tha? Pathaa lagaao daya kuch toh gad bad hain 😉 😛 hehehe miss u n tvgc… can’t waitaneh part ah.. Aftr 1 wyk dw.. will wait 😀

    1. Ryn says:
      March 6, 2016 at 9:23 pm

      thnkx nukxx… hehe lts see dhw.. ? hehehe.. miss u mre tc… yrh kyp waitin ????❤

  12. Misty says:
    March 6, 2016 at 6:28 pm

    Varah salhi.. Eagerly waiting for nxt prt…

    1. Ryn says:
      March 6, 2016 at 9:24 pm

      thnkxx misty.. kyp waitin.. ??❤

  13. Appy says:
    March 6, 2016 at 7:34 pm

    V salhi

    1. Ryn says:
      March 6, 2016 at 9:26 pm

      thnkx ?

  14. Sim says:
    March 6, 2016 at 7:45 pm

    Wow vvv salhi thankolheh dhigukoh genesdheeba

    1. Ryn says:
      March 6, 2016 at 9:27 pm

      thnkxx.. in sha allah wil try to make it lng.. ??

  15. lai says:
    March 6, 2016 at 8:40 pm

    wowwww ryn .. varaaaaaaaaaaaaaaaah rythi ..bt hama rovihje .. 🙁 .. asluvess … alheyy dhn past ninmaalaa avahah ryn hehehehehe ..v rythi mi bai vess …. will wait eagerly fr the nxt part .. gud luck ryn . tgc .. miss u 🙂 😉 😀

    1. Ryn says:
      March 6, 2016 at 9:30 pm

      alheyy thnkxx laithu… aww sry fr makin u sad… hehehe dhn nimeyne vrh avahah.. thnkyw.. kyp waitin.. luv n miss… tc ????❤?

  16. shim says:
    March 7, 2016 at 11:10 am

    Varahhh loabi..next plx%

    1. Ryn says:
      March 8, 2016 at 9:31 am

      thnkxx… ?

  17. mish says:
    March 7, 2016 at 4:47 pm

    ryn ….. mi bai vess varah varah rythi ….. all the best ryb ….. miss u alot 🙂

    1. Ryn says:
      March 8, 2016 at 9:33 am

      omgg mosshhhh.. alhey thnkxx moshuuu hhehehe rybge moshh.. ryb misses u alt mosh.. n thnkx fr the cmmnt… n do tc of urslf n eat well.. luv u.. ????❤

  18. zau says:
    March 14, 2016 at 8:41 pm

    Next part up kurany kon irakun thoa?

  19. zaa says:
    March 15, 2016 at 8:11 pm

    Adhives lap nuhedheytha ryn…next part up kolladhybala plx…

  20. zaa says:
    March 15, 2016 at 8:11 pm

    Adhives lap nuhedheytha ryn…next part up kolladhybala plx…

  21. just a a advice says:
    March 19, 2016 at 12:31 pm

    Lap halaaku vyma kiyun therinnah ekamuge udhagoo vegen nuvaa e… Vaahaka liyaa meeheh viyya jeheyne ehn votheh up kohdheyn hoadhan….

  22. Maahaa says:
    March 19, 2016 at 1:54 pm

    Run haadha lahey up vaaaleh. Am eagerly waiting for the next part..

  23. Naira says:
    March 21, 2016 at 4:31 pm

    ryn.. haadha lahey up vaaleh… i cant wait for the next part…

  24. bella says:
    March 21, 2016 at 5:04 pm

    its not so beautiful

  25. M says:
    May 9, 2016 at 3:24 am

    Nice

Comments are closed.

All Right Reserved!