Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 22.. ފަހު ބައި

kamana Level 310 Stories500 Comments100 Comments
March 5, 2016 11 Mins Read
51 Comments

މައްސަލައެއްނެތެވެ.” ނާސިރާ އިންތިޒާރު ކުރަންޔާ އަހަރެންނަށް ވާނެ…” މަހުމޫދު ތަކުރާރު ކޮއްލިއެވެ.

********

ދުވަސްތައް ފާއިތުވަމަނުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމޭލިއާ އާއި މާޒިން އަންގާރަ ދުވަހަށް ތައްޔާރު ވަމުން ދިޔައިރު ރާސިލް ވެސް ދިޔައީ އެ ދުވަހަށް ތައްޔާރު ވަމުންނެވެ. ކޮންމެ ގޮތެއްވިޔަސް އެދުވަހަކީ ބޮޑު ދުވަހެކެވެ. އަމޭލިއާގެ އާއިލާގެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެކެވެ. ކޮންމެވެސް ގޮތަކަށް މައްސަލަ ނިމޭނެ ދުވަހެކެވެ.

“ދަރިފުޅާ… މާދަމާއަށް ތައްޔާރުވީތަ.. އިބްރާހިމް ގެ ހަބަރެއްނުވޭތަ” އަބްދުލް ރަހުމާނު އަމޭލިއާ ކުރެން އަހާލިއެވެ. “ޔެސް ބައްޕާ…. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ… ނުވޭ… އަޅުގަނޑު ހަމަ ނުގުޅީ… އިތުބާރު ނުކުރެވޭތީ….” އަމޭލިއާ މިފްޒާލް އާ ދިމާލަށް ބަލަމުން އެހެން ބުނެލީ ކުޑަކޮށް ފަސްޖެހެމުންނެވެ. “ހެހެހެ..ދޮންބެ އަށް އޯކޭ…. އެމީ މެން ކުރާކަމެއްނު… ދޮންމެ އެމީއަށް އިތުބާރު ކުރަން..” މިފްޒާލް އަމޭލިއާ އާއި ދިމާލަށް ބަލަމުން ކުޑަކޮށް ހީލިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން އެތަކެއް ވާހަކައެއް އަމޭލިއާގެ ކުޑަ އާއިލާ ހިއްސާ ކުރިއެވެ.

“އަހާ.. މިއޮށް އައީ މާޒިން… އާދޭ ކާން” އަބްދުލް ރަހުމާނަށް މާޒިން ފެނުމާއެކު ގޮވާލިއެވެ. “ނޫނޭ ބޭބޭ… މިއައީ ކައިގެން…”މަޒިން އަބްދުލް ރަހުމާނަށް ހިނިތުންވުމެއް ރައްދުކުރިއެވެ. “ބައްޕާ.. އަޅުގަނޑު ނިމުނީ….” އަމޭލިއާ އަބްދުލް ރަހުމާނު ކުރެން ހުއްދަ ހޯދުމައްފަހު މާޒިން ކައިރިއަށް ދިޔައެވެ. “ކޮފީ” މާޒިން އާ ދިމާލަށް ބަލާލަމުން އަމޭލިއާ އަހާލިއެވެ. “ޔެސް.. މީނީ ޓެރަހުގަ..” މާޒިން އެހެން ބުނެ ހިނގައިގަތީ ޓެރަހާ ދިމާލަށެވެ.

“އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއް އެއީ.. ކީކޭ އަމީނާ ބުނަނީ” މާޒިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަބްދުލް ރަހުމާނުގެ ހިތުގައި ވަނީ މާޒިންއަށް ހާއްސަ މަގާމެއް ދެވިފައެވެ. “ބައްޕާ.. އަޅުގަނޑަށް ހީނުވޭ އެމީ އަށް ކަމުދާހެން… އެމީއަށް ކަމުދާ ކުއްޖަކު ހުންނަހެން ހީވަނީ” މިފްޒާލް ދުރު ދުރުން ފެށިއެވެ. “ދަރިފުޅަށް އެނގޭތަ… އަމީނާއޯ… ” އަބްދުލް ރަހުމާނު ފަހަރަކު މީހަކު މޫނަށް ބަލަމުން އަހާލިއެވެ. ދެމީހުން ކުރެއް އެކަކުވެސް ޖަވާބެއް ނުދިނުމުން އަބްދުލް ރަހުމާނަށް ހީލެވުނީ އަމޭލިއާވެސް ބޮޑުވެއްޖޭ ހިތައްއެރުމުންނެވެ.

……..

ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުގައި ޖެހެމުން ދިޔައީ ހިތްގައިމު ވައިރޯޅިތަކެވެ. އުޑު މަތީގައި ތަރިތަކުގެ ޗާޓެއް ކުރަހާލައިފައި ވާއިރު ފެންނަމުންދިޔައީ ހަނދު ފަޅިއެވެ. “އަން… ނުވެސް އަންގާލަ ކޮން ދަތުރެއް” އަމޭލިއާ މޭޒުމަތީގައި ކޮފީ ތަށި ބަހައްޓަމުން މާޒިންއާ ޖެހިގެން އިން ގޮޑީގައި އިށީނެވެ. “މިހިސާބު ގަނޑުގައި އުޅޭތީވެ… އެމީ… ބިރުގަނޭތަ… މާދަމާއަށް ރެޑީތަ” މާޒިން އަހާލިއެވެ. “ތީދޯ ތިއައި ސަބަބަކީ… ސާބަސް.. އަހަރެން ރެޑީއޭ… ” އަމޭލިއާ ހީލަމުން ބުންޏެވެ. އަމޭލިއާއަށް ޔަގީނެވެ. މާޒިން އެއައީ ހަމަ އެގެއަށެވެ. އަމޭލިއާ އަމިއްލަ މީހާއާއި ދޭތެރޭ ނުވިސްނާވަރަށް މާޒިން އެބަ ވިސްނައެވެ. މާޒިންގެ އެ ރަނގަޅު ކަމުގެ ބަދަލު ދޭނީ ކިހިނެއް ހެއްޔެވެ. އަނެއްކާ މިކަމުގެ ބަދަލު ބޭނުންވާނެ ބާއެވެ. ނޫނެކެ. “އެމީ” އަމޭލިއާ ސިހުނީ މާޒިން ގޮވާލުމުންނެވެ. އަމޭލިއާ ހީލީ ދެފަރާތަށް ބޯ ތަޅުވަމުންނެވެ.

“މާޒިން…. ތެންކްޔޫ އިންގޭ…” އަމޭލިއާ މާޒިންގެ އަތްމަތީގައި އަތް ބާއްވާލަމުން ބުނެލީ މާޒިން އާ ދިމާލަށް ބަލަމުންނެވެ. ” ކޮންކަމަކަށް..” މާޒިން އަމޭލިއާގެ ލޮލަށް ބަލާލިއެވެ. “އެމީ” އަނެއްކާވެސް މާޒިން އަމޭލިއާއަށް ގޮވާލިއެވެ. އަމޭލިއާގެ މިޒާޖަށް ކުއްލިއަކަށް އެއި ބަދަލުން މާޒިން ހުރީ ކުރަން ވީ ކަމެއް ނޭނގިފައެވެ. އަމޭލިއާ މާޒިންއާ ދިމާލަށް ބަލަމުން ދިޔައީ މާޒިންގެ އަތުގައި ހިފައިގެން އިނދެއެވެ. އިރުކޮޅެއް ނުވެ އެދެލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ މާޒިންގެ އަތްތިލައިގައެވެ.

“އެމީ…” މާޒިން ހާސްވިއެވެ. ކުއްލިއަކަށް އަމޭލިއާއަށް އެވީ ކިހިނެއް ހެއްޔެވެ. “މާޒިން.. ރާސިލް އެދިޔައީ ބަލަން ހުރެފަ… އޭނަ ޖެލަސް ވާނެތަ.. ” އަމޭލިއާ މާޒިން އާ ސުވާލު ކޮއްލިއެވެ. މާޒިން ބޯ އަބުރަމުން ވަށާ ހޯދާ ބަލާލިއެވެ. ރާސިލް ފެނޭތޯއެވެ. އަމޭލިއާ ދެންމެ އަތުގައި ހިފީ ރާސިލްއަށް ދައްކަން ހެއްޔެވެ. ” އެމީ… ރާސިލްއާ ވާހަކަ ދައްކަބަލަ… އެމީ އަޅެ ކީއްވެތަ އަހަރެން ކައިރީގައި ތިހުރިހާ އެއްޗެއް ކިޔަނީ… އެމީ އަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އެމީ އާ ދޭތެރޭ ދެކޭގޮތް… ދެން ކީއްވެ އެމީ… ކީއްވެ…” އަމޭލިއާގެ އަތް ފޮޅުވާލަމުން މާޒިން ބުންޏެވެ. “ސޮރީ” އަމޭލިއާގެ ޖަވާބު އަޑުއަހައި މާޒިންގެ ރުޅިގަނޑުވީ ހައްތަހާ ގަދައެވެ. “އެމީ ބޭނުން ގޮތަކަށް ކަންތަށް ކޮއްފަ… ސޮރީ…. ހަހހަހ… އެމީ އަމިއްލަ ނަފްސައް ނޫންތަ ތި އަނިޔާ ކުރަނީ… މިބުނީ… އެމީގެ ތި ސިފަ އަހަރެންނަށް ނުދައްކާތި….” މާޒިން ބުނަން ބޭނުން އެއްޗެއް ކިޔުމައްފަހު އެތަނުން ދިޔައީ އަމޭލިއާ އާއި ދިމާލަށް ބަލާނުލައެވެ. އަމޭލިއާ އަމިއްލަ ނަފްސައް ވިސްނައިދިނެވެ. ދެނެއް ރާސިލްއެއް ނުލިބޭނެއެވެ. ރާސިލް ދެރަކުރެވޭތޯ ކިތައްމެ މަސައްކަތެއް ކުރިއަސް ދެރައެއް ނުވާނެއެވެ. ރާސިލް ނުވިސްނާނެވެ. އަމޭލިއާ ވިސްނި ވަރަކަށް ހައްތަހާ ރޮވެނީއެވެ. އަމޭލިއާ ޓެރަހުގައިމަޑުނުކޮށް ކޮޓަރިއަށް ވަނީ އަމޭލިއާ އެހެން ހުއްޓާ އިތުރު މީހަކަށް ފެނިދާނެތީއެވެ.

…………

ކޮޓަރީގެ ފާރަށް ގޮއްމުށުން އެތިފަހަރަކަށް ފަހު ފަހަރެއް ޖަހަމުން ރާސިލް ދިޔައީ އަމިއްލަ ނަފްސަށް އަނިޔާ ކުރަމުންނެވެ. އަމޭލިއާގެ ގައިގަ އިތުރު މީހަކު އަތް ލައިގެން ނުވާނެވެ. ރާސިލް ފާރަށް ޖަހާ ކޮންމެ ފަހަރަކު އަތުން ލޭގެ ކޯރެއް ދެމެއެވެ. “އެމީ” ރާސިލްގެ ދުލުން އަމޭލިއާގެ ނަން ތަކުރާރުވަމުން ދިޔައިރު އެހިތުގައި އަޅާ ވޭން ދިޔައީ ހައްތަހާ ގަދަވަމުންނެވެ. “ޔެސް އައި ޑިޒާވް ދިސް…” ރާސިލް އަމިއްލަ މީހާ ކުއްވެރި ކުރިއެވެ. ދެއަތުން ލޭ އަންނަމުން ދިޔައިރު އެތަދު އިހްސާސް ނުވާކަހަލައެވެ.

“ދަރިފުޅާ” ތަޅުން ގަނޑު މަތީގައި އޮށޯވެލައިގެން އޮތް ރާސިލްފެނި ނާސިރާ ގޮވާލިއެވެ. މުށިތަށް މަތީގައި ލޭ ހުރުމުން ނާސިރާ ރަނގަޅަށް ބަލާލިއެވެ. ދެއަތުގައި ޓިޝޫ އޮޅައިގެން އޮތް އޮރު ރާސިލްގެ ލޯ ވަނީ މެރިފައެވެ. “ދަރިފުޅާ.. މީ ކޮންކަމެއް” ނާސިރާ ރާސިލްއަށް ގޮވަމުން ދިޔައެވެ. “މަންމާ… ބޭނުމީ މާލޭން ދާން… މިތާ ހުންނާކަށް ބޭނުމެއް ނޫން” ރާސިލްގެ ލޮލު އަރިމަތިން ވެއްޓުނު ކަރުނަތިކި ގޮސް ކަންފަތަށް އޮބުނެވެ. “އެމީ… އެމީ ބޭނުމެއް ނުވާނެ ދެނެއް އަޅުގަނޑެއް… މަންމާ… ބޭނުމީ ދާން…” ރާސިލް ނާސިރާގެ އުނގުމަތީގައި އޮވެ ގިސްލަމުން ދިޔަ އިރު ހީވަނީ ކުޑަކުއްޖެއް ހެނެވެ. ނާސިރާއަށް ވެސް ވަނީ ރޮވިފައެވެ. އުމުރުން ސައްބީސް އަހަރު ވީއިރުވެސް ރާސިލް މިވަރަށް ރޯއަޑެއް ނާހަމެވެ. “ދަރިފުޅު ބޭނުންގޮތެއް… މާދަމާ ކޮންމެވެސް ގޮތަކަށް ނިމޭނެ… ރިއުފާވެސް ގޮވައިގެން ހިނގާ ދާން… މިތާ ހުންނާކަށް މަންމައެއްވެސް ބޭނުމެއްނޫން” ނާސިރާގެ އަޑުގައި މަޑު ތުރުތުރު ލުމެއް ވިއެވެ. ރާސިލްގެ ހިތްވަނީ ހަމަ ރަނގަޅަށްވެސް ކުދި ކުދި ވެފައެވެ. އެހެންޔާ ނުވާވަރަށް މިހާރު ތަދުއެބަވެއެވެ. ނާސިރާގެ އުނގުމަތީގައި ރޮއި ރޮއި އޮއްވާ ރާސިލްއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ރާސިލް ނުދުނުކަން ޔަގީންވުމުން ނާސިރާ ރާސިލްގެ ބޯދަށަށް ބާލީހެއް ލުމައްފަހު ދެއަތުގައި ބޭސް އަޅާދިނެވެ. ކޮތަރިން ނިކުތުމުގެ ކުރިން އެންމެ ފަހު ފަހަރަށް ރާސިލްގެ ބޮލުގައި ފިރުމާލީ މާފުކުރާށޭ ބުނަމުންނެވެ. މައިންގެ ސަބަބުން ދަރިންނަށް ކުރިމަތި މިވަނީ ކޮންކަހަލަ ކަންތައްތަކާ ހެއްޔެވެ. މިކަހަލަ މައިންބަފައިންނަށްވުރެއް މައިން ނެތުންވެސް ރަނގަޅެވެ.

*********

ދުވާލު އިރު އެރުމާއެކު ގޭތެރޭގައި ހަލަބޮލިވާން ފެށިއެވެ. “ދަރިފުޅާ… އަވަސްކުރޭ…. ކޯޓަށް ދާގަނޑި ގާތްވަނީ” އަމީނާގެ ހިތްވަނީ އަވަސްވެފައެވެ. ކަޅު ޖިލްބާބެއް ހެޔޮވަރު ކޮއްލުމައްފަހު ރަތް ޝީލްއެއް ބޮލަށް ހެޔޮވަރުކޮއްލިއެވެ. މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އެއް ޖެއްސުމައްފަހު ފަހު ފަހަރަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލާލިއެވެ. “ފައިނަލީ” އަމޭލިއާ އަމިއްލަ ސޫރައަށް ބަލަން އިނދެ ބުނެލިއެވެ. “ހިނގާދާން” އަތުން ކޯޓު ހިފުމައްފަހު އަމޭލިއާ އަމީނާއާ ދިމާލަށް ބަލާލަމުން ބުންޏެވެ. “ނޫނޭ ދަރިފުޅާ… މިއަދު ދަރިފުޅު އެކަނި ދޭ… މަންމަމެން މަޑު ކުރާނަން.. މިފްޒާލް އަމޭލިއާ އާއެކު ދާންވީނު” އަމިނާ އެހެން ބުނުމުން މިފްޒާލް ބޯޖަހާލިއެވެ.

“މަންމަ ބިރުންދޯ އެއުޅެނީ” އަމޭލިއާ ކާރަށް އަރާ ހަމަޖެހިލުމަށްފަހު މިފްޒާލްއާސުވާލުކޮއްލިއެވެ. “އެހެން ވާނެއެއްނު… އެމީ ކީއްކުރަން ގެންދާ ޖެކެޓެއް.. އެމީއެއް ނޫނެއްނު ވިކީލަކީ” މިފްޒާލް ސުވާލުކޮއްލިއެވެ. “މި އަތުގަ އޮތީމަ ހިތްވަރު ލިބެނީ… ލޯވް ކިޔެވީވެސް ކުޑޭއަށް ޓަކާ.. ކުޑޭ މަތިން ހަނދާން ކުރަމުން.. މި ހިފައިގެން ހުރީމަ ހީވަނީ ކުޑޭއާ ކައިރީގައި ހުރެވޭހެން…ހިހިހި” އަމޭލިއާ ހީލަމުން ބުންޏެވެ. މިފްޒާލްވެސް ހީލީ އަމޭލިއާގެ ހިތްވަރަށް ސާބަސް ދެމުންނެވެ. އަމިއްލަ މީހާއަށް ލިބިފައި ހުރި އަނިޔާތަކުގައި މަލަން އަޅަމުން ހިތަވަރުލައި މަސައްކަތް ކުރީތީ މިފްޒާލް ފަހުރުވެރިވެއެވެ.

………

ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަބްދުލް ރަހުމާނުގެ ހިތް ވިންދު ޖަހާލެއް ވަނީ އަވަސްވެފައެވެ. “އަމީނާ… ހާސް ނުވެބަލަ… ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް” ދުރުގައި ހުރި ސޯފާގައި އިން އަމީނާ ކައިރިއަށް ޖެހިލަމުން އަބްދުލް ރަހުމާނު ބުންޏެވެ. “ހާސްވެފައި ހުރި މީހެއް އެބަ ފެނެއެއްނު” އަމީނާވެސް ދުލެއް ނުދިނެވެ. ދެމަފިރިން އެބަހުސްގައި ހުއްޓައި ދޮރުން ވަދެގެން އައި އަމޭލިއާ ފެނި އަމީނާ ކުރިއަށް ޖެހިލިއެވެ. އެހެން ނަމަވެސް ހުރި ފިޔަވަޅު މަތީގައި ހުއްޓުނީ އަމޭލިއާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ފެނިއެވެ.

“ދަރިފުޅާ” ދޮރުން ވަދެގެން އައި މިފްޒާލް އާ ދިމާލަށް އަބްދުލް ރަހުމާނު ފިޔަވަޅު އަޅާލިއެވެ. “ރަނގަޅުވާނެ… ބައްޕަމެންނަށް މަސައްކަތް ކުރެވިއްޖެއެއްނު” އަބްދުލް ރަހުމާނު އެންމެ ފަހުން ބުންޏެވެ.

“ބައްޕާ……. ” އަމޭލިއާގެ ފުޅާ ހިނިތުންވުން ފެނި އަމީނާއަށްވެސް ހިނިތުންވެވުނެވެ. “ބައްޕާ.. މަންމާ….. އަޅުގަނޑުމެން މޮޅުވީ..” އަމޭލިއާގޮސް އަމީނާ ގައިގަ ބައްދައި ގަތެވެ. “ދަރިފުޅާ ކިހިނެއްވީ” އަބްދުލް ރަހުމާނު ހުރީ ކަންތައް ވީގޮތް އެނގެން ބޭނުން ވެފައެވެ. އަމޭލިއާ ހަމަޖެހުމުގެ ނޭވާއެއް ލުމައްފަހު ކިޔާދޭން ފެށިއެވެ.

******

“ދޮންބެ މަޑުކުރޭ… ހިނގާ މާޒިން” ކާރު މަޑުކޮއްލީ މާޒިން ކުރިމައްޗަށެވެ. އަމޭލިއާ މާޒިންއާއެކު ކޯޓާ ދިމާލަށް ހިނގަންފެށީ މިފްޒާލް ކައިރީގައި މަޑުކުރަން ބުނުމައްފަހުގައެވެ. “ރުޅިއައިސްފަތަ… ސޮރީ” މާޒިން އާ ދިމާލަށް ބަލާލަމުން އަމޭލިއާ ބުނެލިއެވެ. ” ރުޅި ނާންނާނެތަ… ހިނގާ ދާން… ޔޫ ރެޑީ” އަމޭލިއާގެ ނިއްކުރި މަތީގައި ކުޑަކޮށް ޖަހާލަމުން މާޒިން ބުންޏެވެ. އަމޭލިއާ މާޒިންއާ ދިމާލަށް ބަލާލަމުން ހިނިތުންވެލީ ބޯ ޖަހާލަމުންނެވެ.

ކޯޓަށް ގާޒީ ހާސިރުވުމާއެކު މައްސަލަ ބެލުމައިގެން ކުރިއަށް ދިޔައެވެ. މާޒިންގެ މޮޅު ހުނަރު އަމޭލިއާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ސުވާލުކުރުމަށް އުބައިދަށް ގޮވަލުމުން އުބައިދު ގޮސް ގޮނޑީގައި އިށީނެވެ. “އެންމެ ފުރަތަމަ އާތިފް ފެނުނީ ކޮންތާކުން” މާޒިންގެ އެ ސުވާލުން އުބައިދު ހަސްވިއެވެ. އެހެން ނަމަވެސް މޫނުމަތިން އެކަންތަށް ނުދެއްކޭތޯ ބެލިއެވެ. “ޖަލުން… ” އުބައިދުގެ ޖަވާބު ކުރެވެ. މާޒިން އެކި އެކި ސުވާލު ކުރުމުންވެސް އުބައިދު ދެމުން ދިޔައީ ކުރު ޖަވާބެވެ.

ދެވަނައަށް އަމޭލިއާއަށް ގޮވާލުމުން އަމޭލިއާ ގޮސް އިށީނެވެ. މާޒިން އުބައިދު ފެނުނީ ކޮންތާކުންތޯ އެހުމުން އަމޭލިއާ ފެއްޓިގެން ނިމެންދެން ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަމޭލިއާ ކިޔަމުން ދިޔަ ކޮންމެ އެއްޗަކީ އުބައިދު އާއި މަހުމޫދަށް ސިހުން ގެނުވި ކަމަކަށެވެ. ޑޮކްޓަރުގެ ރިޕޯޓުތަށް އަމޭލިއާ މާޒިން އަތަށް ދިނުމުން މާޒިން އެގޮސް ގާޒީއާ ހަވާލު ކުރިއެވެ.

މާޒިން ދައްކަމުން ދިޔަ ކޮންމެ ވާހަކައަކީ ކޭސްއަށް އިތުރު ބާރުގަދަ ކަމެއް ގެނުވަމުން ދިޔަ އެއްޗަކަށެވެ. މާޒިން މަހުމޫދަށް ގޮވާލުމުން މަހުމޫދު އައިސް އިށިންގޮތަށް ވަށާ ހޯދާލިއެވެ. ރާސިލް ފެނޭތޯއެވެ. އެހެން ނަމަވެސް ރާސިލްގެ ހިޔަނިވެސް ފެންނަން ނެތެވެ.

“އަމޭލިއާ ދައްކަމުން އެދިޔައީ ތެދުވާހަކައެއްތަ” އަމޭލިއާ އާއި ދިމާލަށް އިނގިލި ދިއްކުރުމައްފަހު މާޒިން އަހާލިއެވެ. މަހުމޫދަށް އެއްފަހރު އުބައިދަށް އަނެއްފަހު މާޒިންއަށް ބަލާލެވެއެވެ. އަގައިން ނުބުނު ފަސްމިނެޓް ވާނެއެވެ. އެހެން ނަމަވެސް ނާސިރާގެ ފަހުބަސް އަޑުއަހައި ދޫ ހަރަކާތް ކޮއްލިއެވެ.

“ތެދެއް… އެރޭ އެއީ އާތިފް އެންމެ ފުރަތަމަ ފެނުނު ރޭ” މަހުމޫދު ދެލޯ މަރާލުމައްފަހު ބުންޏެވެ. ” މަހުމޫދޫ މޮޔަވީތަ… އެއީ ހުސްދޮގު” އުބައިދު ހަޅޭލަވައިގަތެވެ. ގާޒީގެ އޯޑަރަށް އުބައިދު މައިތިރިވިއެވެ. “އާތިފް މަރާލީތަ… ނޫނީ މަރުވީތަ” އެންމެ މުހިންމު ސުވާލު މާޒިން ކޮއްލިއެވެ. މަހުމޫދު އުބައިދު އާ ދިމާލަށް ބަލާލުމައްފަހު ދެއަތް ދެއަތާ މޮޑެލިއެވެ. “އާތިފް މަރާލީ އުބައިދު…. އުބައިދު ހަމަ ހޭގަ ހުރެގެން ކުރި ކަމެއް ނޫން އެއީ” މާހުމޫދު ދައްކަމުން ދިޔަ ކޮންމެ ވާހަކައަކީ އުބައިދު އާ ދެކޮޅަށް ދެކެވޭ ވާހަކައެވެ. ހުރިހާ ގޮތަކުން ބެލިއަސް މައްސަލަ ނިމޭގޮތަށް އިނީ މާޒިން މެން ކޮޅަށެވެ. އުބައިދަށް ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ދެވަމަ ފަހަރަށް މާޒިން އުބައިދަށް ގޮވާލިއެވެ.

މާޒިންގެ ހަރުކަށި ބަސްތަށް އިވި އުބައިދު އަނގައިން އެންމެ ފަހުން ހުރިހާ ވާހަކައެއް ނިކުތެވެ. “އެރޭ.. އެރޭ ކުޑަކޮށް އަހަރެން ހުރީ ހޭގައެއްނޫން… އެރޭ އަހަރެން އާތިފް ކައިރިއަށް ދިޔައީ… އާތިފް ފެނުނީމަ އަހަރެންގެ ރުޅިގަނޑު ގަދަވީ… އަތުގައި އޮތް ދަނޑިބުރިން ތަޅަނިކޮށް މަރުވީ.. އހަރެންނަށް އިތުރު ގޮތެއް ނެތިގެން އޭނަގެ ކަރުގައި އެއްސީ ވާގަނޑެއް… ބޭރަށް ލާފަ… އަހަރެން ގަސްތަކު ނޫން… މާރާލާކަށް ނޫން އުޅުނީ… އަހަރެން އަހަރެން ވަރަށް ދެރަވި ފަހުން… އަހަރެން މީ މީހުން މަރާ މީހެއްނޫން… އަހަރެންނަށް މާފު ކުރޭ…. އަހަރެންނެއް މީހުން ނުމަރަން” އުބައިދު ހީވަނީ މޮޔަވެފައި ހުރި މީހެއް ހެނެވެ. އުބައިދު ރޮމުން ގޮސް ބިންމައްޗަށް ތިރިވީ ފުރަތަމަ ފަހަރަށް ކުރެވުނު ކަންތަކާ ދެރަވެގެންނެވެ.

ގާޒީ ހުރިހާ އަޑުއެހުންތަކެއް އަޑު އެހުމައްފަހު ނިންމީ އުބައިދު އުމުރަށް ޖަލަށް ލުމަށެވެ. އަދި އުބައިދު އާއެކު އެމަސައްކަތުގައި ބައިވެރިވި ދެމީހުންނަށް ބާރަ އަހަރުގެ ހުކުމެއް ކޮށް މަހުމޫދުއަށް ފަސްއަހަރުގެ ހުކުމަކަށެވެ. ނާސިރާއާ ވަކިވާން ޖެހުމުން މަހުމޫދު ވަރަށް ރުއެވެ. އަދި ރާސިލް އާއި ރިއުފާ މަތިން ހަނދާން ވުމުން އަމިއްލަ ކުއްތަށް މަތިން ހަނދާންވެ އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ.

“ޔޭސް.. ފައިނަލީ” މާޒިން އަމޭލިއާގެ އަތުގައި ހިފާލުމައްފހު ބުންޏެވެ. އަމޭލިއާގެ ދެލޮލުން ވަނީ ކަރުނައިގެ ރޮނގެއް ފޭދިފައެވެ. “އެމީ… އެ ނިނުނީއޭ… ދެން ހުއްޓާލަބަލަ… މާޒިން އަމޭލިއާގެ ކަރުނަތަށް ފޮހެލަދިނެވެ. އަމޭލިއާ މާޒިންގެ ގައިގަ ބައްދާލީ ޝުކުރު ކުރަމުންނެވެ.

******

“ދަރިފުޅާ.. ދެން މަންމައަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވޭނެ” އަމޭލިއާގެ ވާހަކަ އަޑުއަހައި އަމީނާއަށް ވަނީ ރޮވިފައެވެ. އަބްދުލް ރަހުމާނުގެ ހާލަކީވެސް އެއީއެވެ. “މަންމާ.. އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއްވެސް ދެން ރަނގަޅުވާނެ.. ” އަމޭލިއާ އަމީނާގެ ގައިގަ ބައްދައިގަނެގެން އޮވޭ ބުންޏެވެ. އަމީނާވެސް އަމޭލިއާގެ ގައިގަ ބައްދާލިއެވެ. ހަމަ އެކަނި އިން އަންހެން ދަރިއާ މެދު ފަހުރުވެރިވަމުންނެވެ.

………..

“އުހުމް…… މިއޮށް އަވިގަދަ ގަޑީގައި… މިތާގައި” ހެދި ގޮނޑު ދޮށުގައި ހުރި ރާސިލްއާ ޖެހިގެން ހުރި ގާބުރި މަތީގައި އިށިންނަމުން މާޒިން ބުންޏެވެ. ” ކިހިނެއްވެފަ.. ހާދަ ދެރަވެފަ” މާޒިންއަށް ރާސިލް ވިސްނާ ކަންތަށް އެނގިހުރެ އަހާލިއެވެ. “ކިހިނެއްވީ” ރާސިލް ރުންކުރުވިއެވެ. “މަޑުކޮއްބަލަ” ރާސިލް ތެދުވެ ދާން ހިނގައިގަތްތަނުން މާޒިން ގޮވާލިއެވެ. “ތިއައީ އެމީ އާ ދިމާލަށް ވަރަށް ބަލާފަ ދޯ” މާޒިން ކޮއްލީ ހަމަ އެކަނި އެސުވާލެވެ. “ސޮރީ.. ދެން ނުބަލާނަން.. މީހެއްގެ ވާން އުޅޭ އަންބަކަށް ނުބަލާނަން” ރާސިލް އެހެން ބުނުމުން މަޒިން ދެލޯ ބޮޑު ކޮއްލިއެވެ. ” ކާކުގެ.. ކޮބާ.. އެމީތަ…. ކާކުބުނީ” މާޒިން ފަހަރަކު ބަހެއް ބުނަމުން ދިޔައީ ހެމުންނެވެ. “އަހަރެންނަށް ބޭކާރު ވާހަކަ އަޑު އަހާކަށް ވަގުތެއް ނެތް… ޗެކިން ފެއްޓޭން އެއުޅެނީ… ” މާޒިން ހުނުން ހުއްޓާ ލުމައްފަހު ސީރިއަސް ވެލިއެވެ. “ކީކޭ…. އޭރުން އެމީއޯ” މާޒިންއަށް އަމޭލިއާ އާ ދޭތެރޭ ވިސްނާ ލެވުނެވެ. ” އެމީއޭ… މާޒިން ދެންމެއެއްނު ތިއައީ އެކަންތަށް ނިންމައި.. އެމީއަށް މިހާރު އެނގޭނެ އަހަރެންގެ ބައްޕައަކީ ކާކުކަން… މިހާރު އޭނަ އަހަރެންނަށް ނަފްރަތު ކުރާނެ… އެހެން ވީމަ މީގަ ނެތް ދެއްކޭނެ އިތުރު ވާހަކައެއް..” ރާސިލް އެހެން ބުނެ ހިނގައިގަތީ ބާރު ފިޔަވަޅުތަކެއް އަޅަމުންނެވެ. މާޒިން ވިސްނާލިއެވެ. ރާސިލްއަށް އެވަނީ އޮޅިފައެވެ.

………..

“އެމީ” ޓެރަހުގެ ރެއިލިންގައި އަތް އަޅުވައިގެން އިން އަމޭލިއާ ފަހަތް ބަލާލީ މާޒިންގެ އަޑު އިވުމުންނެވެ. ” އެމީ.. ރާސިލް އެއުޅެނީ ފުރަން…. ” މާޒިން އެހެން ބުނުމުން އަމޭލިއާގެ ދެލޯ ބޮޑުވިއެވެ. ” ދަނީދޯ.. އަހަރެންނަށް އެނގޭ އޭރުވެސް ރާސިލް ދާނެކަން” އަމޭލިއާގެ ދެލޯ ފެންކަޅިވިއެވެ. “އެމީ އަޑު އަހާބަލަ.. ރާސިލްއަށް ނޭނގެ އެމީއަށް އެނގޭކަމެއް ރާސިލްގެ ބައްޕަ އަކީ ކާކުކަމެއް.. ދެންމެ ބުނި އެހެން… އެމީއަށް މިހާރު އެނގޭނޭ… މިހަރު ނަފްރަތު ކުރާނޭ” މާޒިން ކިޔަމުން ދިޔަ އެއްޗެއް އަމޭލިއާއަށް ނުވިސްނުނެވެ. “ކީކޭ ތިކިޔަނީ” އަމޭލިއާގެ ހިތް ވަނީ އަވަސްވެފައެވެ. “މިބުނީ ރާސިލް އަށް ކޮންމެވެސް ގޮތަކުން ރާސިލްގެ ބައްޕަ ކުރިކަމެއް އެނގުނީއޭ… އަހަރެންނަށް ހަމަ ޔަގީން ރާސިލް އަދިވެސް އެމީ ބޭނުންވާކަން… އެމީއަށް އެނގޭތަ ކޮންމެ އަޑުއެހުމަކަށް ރާސިލް ދޭ… އެމީއާ ދިމާލަށް ބަލަ ބަލާފަ ދަނީ… އެމީ.. ރާސިލް ކައިރިއަށް ދޭބަލަ… އެހެން ނޫނީ އެމީ މުޅި ލައިފްގަ ރިގްރެޓް ކުރާނެ…” މާޒިން އަމޭލިއާ އަށް ވިސްނައި ދިނެވެ. ” މާޒިން ” އަމޭލިއާގެ ދެލޮލުން ފެނުނީ އާދޭހެވެ. ” ހިނގާ.. އަހަރެން ގެންގޮސް ދޭނަން” މާޒިން އަމޭލިއާގެ އަތުގައި ހިފުމައްފަހު ކުރިއަށް ހިނގަގެތެވެ.

*******

“މަންމާ…. ބަލައިގެން ފައިބައްޗޭ… ” ފެރީ އިން ފޭބުމާއެކު ރާސިލް ނާސިރާ އަދި ރިއުފާ ގޮވައިގެން މިސްރާބު ޖެހީ ޗެކިން އޭރިއާ އަށެވެ. ނާސިރާގެ މޫނުމަތި ވަނީ މިލާފައެވެ. ރުއުފާ ރޮއި ރޮއި ވަނީ ދެލޯ ދުޅަވެފައެވެ. މަހުމޫދު ޖަލަށް ލުމުން އާއިލާއަށް ވަނީ ހިތާމަތަކާ ކުރިމަތި ވެފައެވެ. “މަންމާ… އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް” ރާސިލް ނާސިރާއަށް ވިސްނައި ދިނެވެ. “ހިނގާ ދާން….. އެޖެހުނީ އަޅުގަނޑުމެން” ރާސިލް ކުރިއަށް ހިނގަގަންނަން ނެގި ފިޔަވަޅު ހުއްޓުނީ އިވުނު އަޑަކުންނެވެ. “ރާސިލް” އަމޭލިއާ ތަކުރާރު ކޮއްލިއެވެ. ރާސިލްއަށް ހުރެވުނީ އިވުނު އަޑާމެދު ޝައްކު ވެފައެވެ. ފަސް އެނބުރި ބަލާލީ ޔާގީން ކޮއްލުމަށެވެ. ނޫކުލައިގެ ޖިލްބާބެއްގައު ޑިޒައިން ޝޯލްއެއް އޮޅައިގެން އެއަންނަނީ ދެވަނަ މީހެއް ނޫނެވެ. އަމޭލިއާއެވެ. ރާސިލް ނާސިރާއަށް ބަލާލިއެވެ. “ދަރިފުޅާ.. މަންމަމެން މަޑުކުރާނަން… އަދި ގަޑިއެއް ނުޖެހެއެންނު” ރާސިލްގެ އަތުގައި ހިފާލަމުން ނާސިރާ ބުންޏެވެ.

ރާސިލްއާ އަމޭލިއާ މަޑުކޮއްލީ މީހުން މަދު ހިސާބެއްގައެވެ. “ޖޭހޭތަ.. ޖޭހެތަ ދާން” އަމޭލިއާގެ ފުރަތަމަ ބޮނޑި ރާސިލްގެ މެއަށް އައެވެ. ” ކާކު ކާކު ބުނެގެން… ސަބަބު ބުނޭ… ” އަމޭލިއާގެ ދެވަނަ ތިންވަނަ އަދި އެތަކެއް ހަމަލާއެއް އެއްފަހަރާ ރާސިލްގެ މެއާދިމާލަށް އައެވެ. “އެމީ” އަމޭލިއާ ތަޅަމުން ދިޔަ ދެއަތުގައި ރާސިލް ހިފަހައްޓަމުން ގޮވާލިއެވެ. ” ރާސިލް ދިޔާމަ އަހަރެންނަށް ވާނީ ކިހިނެއް.. ރާސިލް އަށް ނޭނގޭނެ އަހަރެން އުޅުނު ހާލެއް.. ތީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ” އަމޭލިއާ ރޮމުން ރޮމުން ގޮސް ރާސިލް މޭމަތީގައި ބޯ އަޅާލިއެވެ. “އެމީ… އަދިވެސް އެމީ އަށް ހަގީގަތް ނޭގެނީތަ” ރާސިލް އަމޭލިއާހެ ދެކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ބުންޏެވެ. “ކޮން ހަގީގަތެއް.. ރާސިލް… ރާސިލްއަށް ބުރެއް ކުރިން އަހަރެންނަށް އެނގޭ ރާސިލްގެ ބައްޕައަކީ ކާކުކަން… އަޅެ އަޅެ އެންމެ ފަހަރަކު ބުނެލިނަމަ… ވަރަށް ގޯސް މީހެއް.. ގޯސް މީހެއް” އަނެއްކާވެސް އަމޭލިއާ ރާސިލްގެ މޭމަތީގައި ބޯއަޅާލިއެވެ. “އެމީ ކީކޭތަ ތިކިޔަނީ… އަހަރެން ބައްޕައަކީ އެމީގެ އާއިލާއަށް ހިތާމަ ގެނައި މީހެއް… އެމީ.. އެމީ އަށް ނުވިސްނެނީ ކީއްވެތަ” ރާސިލް އަނެއްކާވެސް އަމޭލިއާ ދުރަށް ޖައްސާލިއެވެ. “ރާސިލް ރާސިލް އާ ގުޅެން އަހަރެން ނިންމި އިރު އަހަރެންނަށް އެނގޭ ރާސިލްގެ ބައްޕަ އަކީ ކާކުކަން… ރާސިލް… ކީއްވެ.. އަހަރެންނަށް އެހުރިހާ ވާހަކައެއް ކިޔާ ދެވުމުގެ ކުރިން އަހަރެންނާ ދުރަށް ދިޔައީ ކީއްވެ.. އަނެއްކާވެސް.. އަނެއްކާވެސް ތިއުޅެނީ ދުރަށްދާން…. ރާސިލް އައި ލަވަ ޔޫ.. ޕްލީޒް” އަމޭލިއާ އާދޭސް ކުރިއެވެ. އެހެން ނަމަވެސް ރާސިލް އަމޭލިއާ ފަސްދީ ދިޔައީ އަމޭލިއާގެ އަތް ނައްޓުވާލުމައްފަހުގައެވެ. އަމޭލިއާއަށް އިނދެވުނީ ކުރަން ވީ ކަމެއް ނޭނގިފައެވެ. ކުރިމަތިން ހިނގާފައި ދިޔަ ރާސިލް ފެނި ކަރުނަތަށް ފޮހެލީ ރުޅިއައިސް އެވެ. ފަސް އެނބުރުނީ ދުވަހަކު ރާސިލް ކުރިމައްޗަށް ނޭރުމަށެވެ. “ވަރަށް ފޫހިވޭ… ” އަމޭލިއާ ކުދި ކިޔާލިއެވެ.

“އަސްލުވެސްތަ.. ބަޓް އައި ލަވްޔޫ” އަމޭލިއާގެ ފުރަގަހުން ބައްދައި ގަންނަމުން ރާސިލް ބުނެލީ އަމޭލިއާ ކަންފަތް ދަށުގައެވެ. “ރާސިލް…” އަމޭލިއާވެސް ރާސިލް ގައިގަ ބައްދައިގަތީ ދެން ދުވަހަކުވެސް ދޫކޮއްފައި ނުދާނެމޭ ބުނަމުންނެވެ. ރާސިލް އާއި އަމޭލިއާ އައި ދެމީހުންނަށް ބަލަން ދުރުގައި ހުރި މާޒިން ހިނގަގަތީ މާލެ ދިޔުމަށެވެ. އަމޭލިއާގެ ލޯބި އަމޭލިއާއަށް ހޯދައި ދެވުމުން އުފާވިއެވެ.

**********

އަމޭލިއާ އާއި ރާސިލްގެ ގުޅުމައް އަބްދުލް ރަހުމާނު ފުރަތަމަ އެއްބަހެއް ނުވިއެވެ. އެހެން ނަމަވެސް އަމީނާ އާއި މިފްޒާލްގެ ބުރަ މަސައްކަތުން އަބްދުލް ރަހުމާނު އެގުޅުމައް އެއްބަސް ވިއެވެ. މަހެއް ފަހުން ކުލަ ގަދަ ހަފްލާއަކަށް ފަހު އަމޭލިއާ އާއި ރާސިލްގެ ކައިވެނި ކުރެވުނެވެ.

އެންމެ ފުރަތަމަ ފަހަރަށް އަމޭލިއާ ރާސިލްގެ ކޮޓަރިއަށް ފައި އަޅާލުމާއެކީ ދުވި ލުއި މީރުވަހުން ނޭފަތް ދަމާލެވުނެވެ. މުޅި ކޮތަރި ތެރޭގައި ވަނީ ފަނޑު އުއްބައްތީގެ އަލިކަމެވެ. އޮރެންޖް ކުލައިން ދިއްލިފައިވާ އެކޮޓަރި ވަރަށްވެސް ފުރިހަމައެވެ. އަމޭލިއާގެ ދޮން އެ ކޮލަށް އޮރެންޖް ލައިތް އެޅިފައިވުމުން ފެންނަނީ ވަރަށްވެސް ހިތްގައިމު ކޮށެވެ. ލައިގެން އިން ހުދު ކުލައިގެ ވެޑިން ޑްރެސްގެ ދެފަރާތު އަރިމަތިން ހިފަހައްޓާލުމައްފަހު ކުރިއަށް ހިނގައިގަތީ ކުރިއަށެވެ.

“ވައިފީ” އަމޭލިއާ ސިހުނީ ރާސިލްގެ އަޑަށެވެ. “ފައިނަލީ ވައިފީއަށް ވައްޖެ… އައި ލަވްޔޫ ސޯ މަޗް” ރާސިލް އަމޭލިއާގެ އުނަގަނޑުގައި ބައްދައި ގަންނަމުން ބުންޏެވެ. “ކީއްވެ ނޫރާ އާ މެރީ ކޮއްގެންނޭ ބުނީ” އަމޭލިއާ ބޮޑާހާކާލިއެވެ. “ނުބުނަން.. ބވައިފީ އަމިއްލަ އަށް ނިންމީ… އެހެން ނޫނަސް ނުރާގެ ވާހަކަ ދައްކަން  ބޭނުން ނުވީ.. އުބައިދުބެ ޖަލަށް ލީ އިރަށް ނޫރާ ޗައިނާއަށް ފުރައިފި.. އަހަރެންނާެވެސް ވާހަކަ ނުދައްކާ… ބަހައްޓާ… ތީވެސް މާޒިންއާ އިންނަން އުޅުނު މީހެއްނު… ހެހެހެހ” ރާސިލް އަމޭލިއާ އާ ދިލާކޮއްލިއެވެ. އަމޭލިއާގެ ގައިގަ ކުރިއަށް ވުރެއްވެސް ބޮޑަށް މާޒިން ބައްދާލިއެވެ. “ހޯހޯ… ހަހަހަހ އަހަރެންނާ ދިމާ ކުރީމަ…… ” ރާސިލްގެ އަތް ނައްޓުވާލުމައްފަހު އަމޭލިއާ ދުއްވައުގަތީ ހެދުން މައްޗަށް ހިއްލައިލަމުންނެވެ. “އަތުވެއްޖެއްޔާ ދުވަސް ދިޔައީ އެނގޭ” ރާސިލްވެސް އަމޭލިއާ ފަހަތުން ދުއްވައިގަތެވެ. އަމޭލިއާ ދިޔަ ބާރު މިނުގައި ގޮ ފާހަނައަށް ވަދދެ ދޮރު ތަޅުލިއެވެ.

“އެމީ… އެމީ.. ހުޅުވަބަލަ.. މިހާރު ތިރީސް މިނެޓް ވާނެ… އޯކޭ… އެމީ ގައިގަ އަހަރެން އަތް ނުލާނަން… ދެން ނިކުމެބަލަ” ރާސިލް ދޮރުފަތުގައި ޖަހަމުން ދިޔައެވެ. އެހެން ނަމަވެސް ޖަހަން ނެގި އަތް ތިރިކޮއްލެވުނީ ކުރިމަތިން ފެންނަން އިން އަމޭލިއާ ފެނިއެވެ. މެއާ ހިސާބަށް އޮޅާލައިފައިވާ ހުދު ތުވާލިކޮޅަށް ރާސިލްއަށް ބަލާލެވުނެވެ. އިސްތަށި ގަނޑު ހުޅިއެއް ޖަހާފައިވުމުން އަމޭލިއާގެ ދޮން ކަނޑުރާ ވަނީ ހާމައަށެވެ. ރާސިލް އަށް ހިތް ދިރުވައިލެވުނެވެ.

“ބުނީމެއްނު އަތް ނުލާނަމޭ… ސޯ ނޯ ނޯ” ރާސިލް އާމޭލިއާ އާ ދިމާލަށް ނެގި އަތުގައި ކުޑަކޮށް ޖަހާލަމުން އަމޭލިއާ ބުންޏެވެ. ” ސީރިއަސް ކޮއްތަ… އޯކޭ ފައިން” ރާސިލް ރުޅި މޫނު ހަދައިފައި ގޮސް އެނދުގައި އޮށޯތެވެ. އަމޭލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނީ ކުރެވުނީ ރަނގަޅު ކަމެއް ނޫނޭ އިހްސާސްވުމުންނެވެ.

” ރާސިލް… ސޮރީ” އަމޭލިއާ ރާސިލްގެ ގައިގަ ކޮއްޓައިލަމުން ގޮވާލިއެވެ. “ރާސިލް” މިފަހަރު އަމޭލިއާގެ އަޑުގައި ވަނީ ރިހުމެވެ. ” އޯ ޖާނޫ…. ސާބަސް.. ތިވަރު މީހަކާ ކިހިނެއް ސަމާސާ ކުރާނީ…. ” ރާސިލް އަމޭލިއާ ގައިގަ ބައްދައި ގަތެވެ. “ދޫކުރޭ.. ރުޅި” އަމޭލިއާ ގަދަ ދެއްކިއެވެ. “ނުކުރާނަން… މި ދުވަހަށް އިންތިޒާރު ކުރާތާ ކޮން ދުވަހެއް” ރާސިލްގެ އަޑުގައިވަނީ މަސްތީކަމެވެ. އަމޭލިއާއަށް ލޯ މަރާލެވުނީ ރާސިލްގެ ތުންފަތް ކަނދުރާގައި ބީހުމުންނެވެ. އެބީހުންތަށް ދިޔައީ ގިނަވަމުންނެވެ. ރާސިލް ކުރަމުން ދިޔަ ކުދި ކުދި ގޯނާތަކުން ދިޔައީ އަމޭލިއާގެ ހިތް ފުރެމުންނެވެ. އެ ލޯބީގައި އަރަގުވެގެން ދެމީހުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމޭލިއާގެ ދުލުން ލޯބިވެއޭ ބުނެވުނު އަދަދު ރާސިލްއަށް ނޭނގޭނެއެވެ.

******

“މާޒިން” ކެފޭގައި ކޮފީއެއް ހިފައިގުން ހުރި މާޒިންއަށް ޒީނާ ގޮވާލިއެވެ. ” މާޒިން ކިހިނެއްވެފަ” މަޒިންގެ މޫނުމަތިން ފެންނަމުން ދަނީ ހިތާމައެވެ. ވާނީވެސް އެހެނެއް ނޫންހެއްޔެވެ. މިރޭ އެއައީ އެންމެ ލޯބިޥާ މީހާގެ ކައިވެންޔަށް ހެކިވެރިއެއްގެ ގޮތުގައި ގޮއްސައެވެ. “މި ފީލިންގް ޒީއަށް އަންޑަސްޓޭންޑެއް ނުވާނެ” މާޒިން ޒީނާ އާއި ދިމާލަށް ބަލާނުލާ ބުންޏެވެ. “ވޭ…ކޯޒް އައި ލަވް ޔޫ… މާޒިން ތިއުޅޭ ވައްތަރުން އަހަރެންގެ ހިތައް ތަދުނުވެ ނުދާނެތަ.. އަބަދު އަންޑަސްޓޭންޑް ނުވޭ… ފައިން.. ބޭނުމެއް ނޫން އަންޑަސްޓޭންޑް ވާކަށް.. މާޒިން ހުރޭ މިތާގައި… އައި އެމް ގޮއިން” ޒީނާ ވަނީ ރުޅިއައިސްފައެވެ. ހިނގައިގަތް ޒީނާ ހުއްޓުނީ މާޒިން ޒީނާގެ އަތުގައި ހިފާ ހުއްޓުވުމުންނެވެ. ” އައެމް ސޮރީ” ޒީނާގެ ކޮނޑު މަތީގައި ބޯ އަޅާލަމުން މާޒިން ބުންޏެވެ. ޒީނާއަށް ވަނީ ހަމަ ރަނގަޅަށް ރޮވިފައެވެ. ” ސޮރީ… ޒީ ކީއްވެ ނުބުނީ… ޒީގެ ހިތައް ހާދަ ތަދުވާނެ….” މާޒިންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކށް ނިމުމެއް ނާދެއެވެ. މިއަދުން ފައްޓައިގެން އަމޭލިއާ އެއްކޮށް ގެއްލުނީއެވެ. “އަދިވެސް އެމީތަ… އަޅެ އެންމެ ފަހަރަކު އަހަރެންނާ ދިމާލަށް ބަލާބަލަ… މާޒިންގެ ޖާވާބުން އަހަރެންނަށް ފުދޭނެ” ޒީނާ މާޒިންއާ ދުރަށް ދަމުން ބުންޏެވެ. “ޒީ… ގިވް މީ އަ ޗާންސް… އައި ވިލް ޓްރައި” ފަސްދީ ހިނގައިގަތް ޒީނާގެ އަތުގައި ހިފަމުން މާޒިން ބުންޏެވެ.

********

ފަސް އަހަރު ފަސް

ބަނދަރަށް ގާތް ކުރި ލޯންޗުން ފޭބި މަހުމޫދު ދެކޮޅު ހޯދާ ބަލާލިއެވެ. ދުވަމުން ދުވަމުން އައި ކުޑަ ފިރިހެން ކުއްޖެއް ފެނި މަހުމޫދަށް ހުރެވުނީ އެދިމާލަށް ބަލަހައްޓައިގެންނެވެ. “ތީ ރާއްކޮގެ ކާފަތަ” ހަތަރު އަހަރުގެ ރާއިކްގެ އަޑުން ބުނެލިއެވެ. މަހުމޫދަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދުރުން އަންނަ ރާސިލް އާއި އަމޭލިއާ އަދި ނާސިރާ ފެނި މަހުމޫދަށް އެނގުނެވެ. ” އާން… މީ ރާއްކިގެ ކާފަ..” ކުޑަ ކުޑަ ރާއިކް ނާގާ އުރާލަމުން މަހުމޫދު ދޮންދެމުން ދިޔައެވެ. މަހުމޫދުގެ ދެލޮލުން ވަނީ ކަރުނަ ހިލިފައެވެ. “ދަރިފުޅާ.. ބައްޕައަށް މާފުކުރޭ” އެއްއަތުން ރާއިކް އުރައިލައިގެން ހުރެ މަހުމޫދު އަމޭލިއާ އާއި ދިމާލަށް ބުނެލިއެވެ. “ނޫނޭ… ބައްޕައަށް ހަމަ މާފު ކޮއްފިން…” އަމޭލިއާ ހީލަމުން މަހުމޫދަށް މާފު ކުރިއެވެ. “ތެދެއް… އެކަމަކު ހިތުން ފިލައިގެން ނުދާނެ އެނގޭ” އަބްދުލް ރަހުމާނު މަހުމޫދާ އަރާ ހަމަކުރަމުން ބުންޏެވެ. ” އަހަރެންނަށް މާފު ކުރީތީ ވަރަށް އުފާވެއްޖެ… ނާސިރާ….” މަހުމޫދު ނާސިރާ ކައިރިއަށް ގޮސް ހުއްޓުނެވެ. “ބައްޕާ…” ރިއުފާ މަހުމޫދު ގައިގަ ބައްދައި ގަތީ ވީ އުފަލުންނެވެ. ނާސިރާވެސް ބޯ ޖަހާލީ ހީލަމުންނެވެ.

“ހިނގާ ދާން.. ” އަމީނާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. “ދެން މީ އެއް އާއިލާ އެއްނު… ހިނގާ ކާން… އަހަރެން ހުންނެ ކައްކާފަ.. ރޯނީ ފަހުން” އަމިނާ އެހެން ބުނެ ކުރިއަށް ހިނގައި ގަތެވެ. “މާމާ.. މާމާ… ރާއްކޮގެ ފޭވަޔިޓް ހެދިންތަ… ސަބްމެއީން..” ރާއިކްގެ ކުޑަ ދަތްތަށް ދައްކައިލަމުން ބުންޏެވެ. “އޯހް… ބައްޕަގެ ދޮން ދޫނި… މާމަ ހެދިޔޭ ދޯ” ރާސިލް ރާއިކް އުރާލުމައްފަހު ކުރިއަށް ހިނގައިގަތެވެ. ރާއިކްގެ މައުސޫމު ކަމުން އެންމެންނަށް ހެވުނެވެ. އަމޭލިއާވެސް ރާސިލްގެ އެއް އަތުގައި ހިފަމުން ކުރިއަށް ހިނގައިގަތީ ހެމުންނެވެ. ޒަމާން ގަނޑަކަށްފަހު ދެއާއިލާ ގުޅި އުފާވެރި ދުވަސް ތަކަކާ ކުރިމަތި ލަނީއެވެ.

…..ނިމުނީ……

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފުންއަސަރު 08

Next

ހާދަ ލޯބިންނޭ (19)

Next
March 6, 2016

ހާދަ ލޯބިންނޭ (19)

Previews
March 5, 2016

ފުންއަސަރު 08

51 Comments!

  1. kamana says:
    March 5, 2016 at 9:52 pm

    Guyxx liyunu gothah mi up kury. Mistake hurun ekashygenveyy.
    N yaa thnk u so much readers for supprtin me. I lov yu guyxx biiig koh ingeyyy. Will miss u guyxxx ?????????????

  2. Ki says:
    March 5, 2016 at 9:54 pm

    V reethi

    1. kamana says:
      March 6, 2016 at 12:05 am

      Thnk u?

  3. twnkl str says:
    March 5, 2016 at 10:08 pm

    Yyyyyy me frst….woww habeys ingey kamaa…lurv it…

    1. kamana says:
      March 6, 2016 at 12:06 am

      Alheyy nt first eyy. Heheh anywayxx thnk u so much n thnk u for supprtn me ???? lov ya biiggg koh ingeyy

    2. twnkl str says:
      March 6, 2016 at 6:18 am

      Oh bo .m second dhw…hehe..lurv yu toooooo kamaaaaaa??????

    3. twnkl str says:
      March 6, 2016 at 6:32 am

      No*

  4. hunaa says:
    March 5, 2016 at 10:12 pm

    Oh I m first love the story gonna miss it a lot

    1. hunaa says:
      March 5, 2016 at 10:17 pm

      Oooops I m. WRong

    2. kamana says:
      March 6, 2016 at 12:07 am

      Alheyy. Itx okii ? Thnk u so much ? N ya i wll miss my readers too ?

  5. shuhoo says:
    March 5, 2016 at 10:24 pm

    Vrh salhi nimunn vx.. Love this storyyy ??

    1. kamana says:
      March 6, 2016 at 12:08 am

      Thnk u so much shuhoo. ?

  6. laimaan says:
    March 5, 2016 at 10:24 pm

    V v v v reethi. I mustsaykamana uur a awesom writer. I loved ur story. Nimuny ma vs dheravehje. I hope v avahah kamanage story eh kiyaalan libeyne kamah. All the best

    1. kamana says:
      March 6, 2016 at 12:09 am

      Thnk u so much maan. Thnk u for ur supprt ?

  7. Misty says:
    March 5, 2016 at 10:31 pm

    Wowwwwwwwww.. speechless.. Varah varah varah reethi… Hope 2 c another stwry of urs real sooooon.. Tc…

    1. kamana says:
      March 6, 2016 at 12:10 am

      Thnk u so much misty. N yaa ur one big reader kamanage furathama vaahakain fahtaingen ky. Thnk u so much ?

  8. Aisha says:
    March 5, 2016 at 10:44 pm

    Nimuny ta???? V reethi ingey ❤️❤️❤️❤️

    1. kamana says:
      March 6, 2016 at 12:11 am

      Yaa ninmaalii ingeyh heheh aslu ulhuny two parts ah hadhann bt hithah ery ehkoh up kuraany eyy. Thnk u so much ??

  9. raaz says:
    March 5, 2016 at 11:22 pm

    maa avahah thi nunmaaly 🙁 ekam vx nimuny goi vx reethi…. mie raaz v kiyaa hithun kee story eh…. story v v v v v reeeethi….

    1. kamana says:
      March 6, 2016 at 12:12 am

      Aslutha. Varah ufaa veheje. N yaa thnk u so much for all this time. ?Thnk u

  10. Appy says:
    March 5, 2016 at 11:36 pm

    Ohh nimuny dhw…….v v rythi hope adhi vx kamaa ge rythi vaahaka thah kiyan libeynekamahh

    1. kamana says:
      March 6, 2016 at 12:13 am

      Thnk u so much appy. ?

  11. Aimsithu says:
    March 5, 2016 at 11:45 pm

    Nimun ves varah habbu Ingye

    1. kamana says:
      March 6, 2016 at 12:13 am

      Awwwnn thnk u so much. ?

  12. munee says:
    March 5, 2016 at 11:49 pm

    vvv nice waiting …New story Kamana all the best

    1. kamana says:
      March 6, 2016 at 12:14 am

      Thnk u muneeee ?

  13. Shaafy says:
    March 6, 2016 at 12:27 am

    Alhey kyvetha ehaa avahah ninmaaly. Anyway i love this story dhen kamana ge vaahaka eh kiyan libeyny konirakun. U r one of my favorite writer.

    1. kamana says:
      March 6, 2016 at 6:34 am

      Thnk u so much shaafy. Insha allah fennaane kamah unmeedhu kuramaa. Thnk u onece again. ?

  14. Emy says:
    March 6, 2016 at 1:19 am

    Alhe maaa avhah ea nimuny.. Eakmves hama vvvvv salhi … This story is damn awsome.. ???

    1. kamana says:
      March 6, 2016 at 6:35 am

      Thnk so so so much emy. Hope yu guyx will wait for my strys. Thnk u?

  15. sheyn says:
    March 6, 2016 at 3:20 am

    kamana..haadha avahakah thr thi nimmaaly..ekamu v reethi..kurin emme hadi story ah hiyy jehijje..mi stry reethi vithaa maa gina dhuvahen nuve thi nimmaaly..ingey kurin kamana sheyn ehchihi kyma dhera vaane varu…ehenve v gilty feel vey..im so srry kamana..plx mi comment ah reply eh koh dhehchey…eyrun gabool kuraanan kamana 4Give kury kamah..????

    1. kamana says:
      March 6, 2016 at 6:36 am

      Itx okey sheyn. N thnk u ?

  16. Luyoona says:
    March 6, 2016 at 5:13 am

    reethi ekum story ge nan badal kureetha nuni mistake eh tha namaky

    1. kamana says:
      March 6, 2016 at 6:37 am

      Thnku so muvh luyooo. Ae mistake eh. Will correct it ingeyy. Thnk u ?

  17. Ninni says:
    March 6, 2016 at 8:28 am

    V foohivey..
    Maazin haadhr dheravaaneyey…
    Ekamakuvx vaahaka nimuneethaa dhw dhn..
    Raasil r emy gulhuveemr ninni yah ehr reehcheh noon..

    1. kamana says:
      March 6, 2016 at 8:33 am

      Ooooh so sorryyy ninniii. Bt she doesnt lov himm eyy. Ekuga ulhunas that will hurt him ehnu. N most imprtntly lwbivaa myheh libunym thatx bettr ehnu. ?? wht do u think. Anywayxx thnk u so much for reading ehvx part eh vahtaanulaa. Lov ya ???

    2. Ninni says:
      March 6, 2016 at 12:22 pm

      Dhn emy ah fahun lwbiveveyneehyey maazin dheke.. hehehhe..
      Love you toooo :-* ♡

  18. sheyn says:
    March 6, 2016 at 8:36 am

    thnx kamana

    1. kamana says:
      March 6, 2016 at 8:37 am

      ?

    2. twnkl str says:
      March 6, 2016 at 9:38 am

      Now okay dhw sheyn ??

  19. naax says:
    March 6, 2016 at 11:27 am

    Thanks kamana vaahaka varah reethi

    1. kamana says:
      March 6, 2016 at 4:18 pm

      Thnk u so much ?

  20. Ily says:
    March 6, 2016 at 12:30 pm

    ???????????v reethi

    1. kamana says:
      March 6, 2016 at 4:19 pm

      Thnkkk u ???

  21. III says:
    March 6, 2016 at 9:12 pm

    Mi story mi alhugadu esfiya site in key 1st story…enme part eh vex dhoonukoh kyn…enme hiy hama jehunu kamaki up kohdheyleh avas kan…..v nice sotry eh….luv it…ur v gud writer…

    1. kamana says:
      March 7, 2016 at 1:04 pm

      Awwwwn thnk u such lovely words. Thnk u so much much ????

  22. Eeamy says:
    March 7, 2016 at 7:54 pm

    Kahmaa adhi dhuvahaku ves nukiyan mivaruge rythi story eh… Alhe haadha eyrythy… Kahma kihineh tha mi Haa molhah vaahaka liyan dhaskury.. ?kahma vaane ee ah vaahaka liyan dhas koh dheyn ?alhe v dhera vehje mi vaahaka nimuny ma kon irakun the kahma ge new story eh fennaaney… I love this story huhmydh Kuran dhen liyaa vaahaka ves hama mihaa rythi vaane kamah good luck kahmaa ?
    Bye love you so much ?????

    1. kamana says:
      March 7, 2016 at 10:43 pm

      Alheyyy thnk u so much.?? actually m just a beginer so thnk u so much for supprtin. N i lov yu tooo. Hope u’ll wait for my new story. Thnk u so much ???

  23. T says:
    March 9, 2016 at 8:00 am

    Kamaa avahahh new story eh fashaaba….kamaa up kuraahaa avahakahh ehn writers up eh nukure ey

  24. shifa says:
    April 29, 2016 at 6:02 pm

    varah salhi?❤?

  25. emy says:
    May 7, 2016 at 2:05 pm

    wow..<3

Comments are closed.



All Right Reserved!