Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 08

Ushaali Level 810 Stories100 Comments100 Stories500 Comments
March 5, 2016 7 Mins Read
11 Comments

ެ. އަދި ޝަހާދަތާއި ކުރުސި ކިޔައިގެން ދެލޯ މެރުމަށެވެ. ޒޯހަން އެންމެ ހައިރާންވީ ފަތިސް ނަމާދަށް ގޮވަންދެން މަންމަ އޮންނާނީ ޒޯންގެ ކޮޓަރީގައޭ ބުނުމުންނެވެ. ވެގެން އުޅޭ ގޮތެއް ޒޯހަންއަށް ވިސްނުމުން ހިނިގަނޑު ފަޅައިގެންދާ ވަރުވިއެވެ.

އެންމެ ފަހުން ކެތް ނުކުރެވިގެން ޒޯހަންގެ ހިނިގަނޑުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމާލިއެވެ. ސާފާގައި ތުންތަޅުވަން އޮތް ލަތާއަށް ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ގޮސް ކޮޓަރީގެ ލައިޓްތައް ޖައްސާލިއެވެ. އެނދުމަތީގައި ހޭންއިން ޒޯހަން ކައިރިއަށް ލަތާއަށް އާދެވުނު އިރު ލަތާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ލަތާ ހީކުރީ ޖިންނި ޒޯހަން މޮޔަކޮށްލީ ކަމަށެވެ. “މަގޭ ދަރިފުޅާ… ނޫރީ…..” އަޑުގެ ނެތްތަނަށް ނޫރީއަށް ގޮވާލެވުނު އިރު ނޫރީ ހުރީ ޒޯހަންގެ ކޮޓަރީގައެވެ. އޭރު ޒޯހަންގެ ހިނިގަނޑު ވަނީ ކޮންމެސް ވަރަކަށް މައިތިރިވެފައެވެ. ނޫރީއަށް ހޭލެވުނު އިރު ލަތާ ކައިރީގައި ނެތުމުން ހޯދަމުން ބޭރަށް ނިކުތްއިރު ޒޯހަންގެ ކޮޓަރީ ލައިޓްތައް ޖައްސާފައި ހުރުމުން އެކޮޓަރިއަށް ވަނީ ކަމުގައި ނޫރީ ބުންޏެވެ. ވެގެން އުޅޭ ގޮތް ިލަތާ ނޫރީއަށް ކިޔާ ދިނުމުން ނޫރީ ވެސް ކޮންމެސް ވަރަކަށް ހާސްވިއެވެ. “ބައްޕާ އަޅުގަނޑަށް އެއްވެސް ކަމެއް ނުވޭ. މަންމަ އުޅުނު ގޮތުން އަޅުގަނޑު ކައިރިއަށް ހިނިއައީ. ސޮރީ މަންމާ. މަންމަ ދެރަކޮށްލެވުނީމަ” ލަތާ އެނދުގައި އިށިނުމުން ޒޯހަން ބޯއަޅާލީ ލަތާގެ އުނގުގައެވެ. ޒޯހަންއަށް ނިދެންދެން ލަތާ ޒޯހަންގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލަ އިނެވެ. އެންމެ ފަހުން ނޫރީއާއެކު ޒޯހަންގެ ކޮޓަރިން ނިކުތް އިރު ވެސް ލަތާ ހުރީ ބިރުގަނެފައެވެ. ޒޯހަން އެހެން ބުންޏަސް ލަތާ ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ. ކަމެއް ނުވާނަމަ ޒޯހަންގެ އަމަލުތައް އެގޮތަށް ނުހުންނާނެއޭ ލަތާގެ ހިތަށް އަރަމުން ދިޔައެވެ. ކޮޓަރިން ނިކުމެ ދޮރު ކައިރި ކުރުމުގެ ކުރިން އަދި އެއްފަހަރު ނިދިފައި އޮތް ޒޯހަންއަށް ބަލާލިއެވެ.

 

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މެކާހިޔާގެ ގޯތި ތެރޭގައި ހުރި ކޮފީ މޭޒު ކައިީގައި އާރިކް ، ރާކީ ، އަރުހަމް ، ޔަޝްމީ ، ޝިފްނީ ، ޝަޒަން އިތުރުން ޒޯހަން އިނެވެ. މައިގަނޑު ގޮތެއްގައި ދެކެވޭ ވާހަކައަކީ ރޭގައި ލަތާ އުޅުނު ގޮތުގެ ވާހަކައެވެ. ތަކުރާރުކޮށް ޒޯހަން އޭނާއަށް އެއްވެސް ކަމެއް ނުވެއޭ ބުނުމުން ވެސް ލަތާ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ޒޯހަން އެންމެ ހިނި އަންނަނީ ރޭގެ އެވަގުތުން ފެށިގެން ޒޯހަންގެ ކޮޓަރީގައި ޤުރުޢާން މެދުކެނޑުމެއް ނެތި ޖަހާފައި ހުރުމުގެ ސަބަބުންނެވެ. އެންމެން ވާހަކައިގާ ތިބިއިރު ހުނުމުގެ އަޑު ހިފާލާފައި ހުއްޓެވެ. ޒޯހަން އަޑުވީއްލާ ނުހުނެއް ކަމަކު އެމީހުން ދައްކާ ވާހަކަތަކުގައި ބައިވެރިވިއެވެ. އިރުއެރިފަހުން ޒޯހަންއަށް އަދި އޭނާގެ ހިތުގެ ރާނީ ފެނިނުލާތީ އިނީ ނުހަނު ކަންބޮޑުވެފައެވެ. އިރުކޮޅަކުން އެންމެންނަށް ވާވަރަށް ކޮފީ ހިފައިގެން ފަރި ހިނގުމުގައި އައިސް އެހުއްޓުނީ ދެވަނަ މީހެއް ނޫނެވެ. ޒޯހަންގެ ހިތުގެ ރާނީއެވެ. ޝިޔާރާ ފެނިފައި ޒޯހަން އިނީ އެހެންދިމާލަކަށް އެނބުރެން ހަނދާންނެތިފައެވެ. ވާނީވެސް އެހެންނެވެ. އަބަދުވެސް ބޮޑެތި ހެދުމުން ހަށިގަނޑު ފޮރުވައިގެން އުޅޭ ޝިޔާރާ މިއަދު ހުރީ ހަރުވާޅު ހެދުމެއްގައެވެ. އިސްތަށިގަނޑުވެސް ގަތާލާފައި އޮލާލުމަށްފަހު އޮތީ ދައްޗަކުން ހަރުކޮށްފައެވެ. އެކަމުން ވެސް ޝިޔާރާ އިސްތަށިގަނޑު ދޫކޮށްލާފައި ބާއްވަން ބޭނުން ނުވާކަން ހާމަވެއެވެ. އެ ހެދުމަކީ ގަޔަށް ހިފާލާފައި ހުރި ހެދުމަކަށް ނުވިޔަސް ދޫ ހެދުމެއް ވެސް ނޫނެވެ. ޒޯހަންއަށް އެނގެނީ އެހެދުމުގައި ޝިޔާރާ ވަރުގެ އެހެންމީހަކު ނެތްކަމެވެ. ސާރާއާއި ޝިފްނީ އަޅައިގަތީ ޝިޔާރާގެ ތުންފަތް ކައިރީގައި އިން ބޮޑު ކަޅުތިލައެވެ. ޝިފްނީގެ ވެސް ހަމަ އެތަނުގައި ކަޅުތިލައެއް އިނދޭއެވެ. ހިނދުކޮޅަކަށް ނަމަވެސް ޝިޔާރާގެ މޫނުމަތިން ސާރާއަށް ފެނުނީ ޝިފްނީގެ މޫނެވެ. އެއްވެސް މީހަކާއި އަނގައިން ބުނެލުމަކާއި ނުލާ ޝިޔާރާ ތަބަށް މޭޒުމަތީގައި ބެހެއްޓުމަށްފަހު އެނބުރި ދަމުން ވަށްކަޅިމް ޒޯހަންއަށް ބަލާލިއެވެ. އޭރުވެސް ޒޯހަން އިނީ ޝިޔާރާއަށް ބަލަހައްޓައިގެންނެވެ. ޒޯހަންއަށް އެނގުންވީ ކައިރީގައި އިން ޝަޒަން ފައިގާ ވިކާލުމުންނެވެ. “މިގެއިން އަދި އެކުއްޖާ ނުދެކެން. އެއީ ކޮންކުއްޖެއް؟” ސާރާ އަހާލީ ރާކީ ކުރެންނެވެ.
“އެއީ ޝިޔާރާ. މަންމަ ގެންގުޅޭ ކުއްޖެއް. ފުދޭ ވަރަކަށް ދުވަސްވެއްޖެ މިގޭ މަސައްކަތްކުރާތާ. ވަރަށް ނިކަމެތި ކުއްޖެއް. ހުންނަނީ ބޭބެއެއް ކައިރީގަ. ބޭބެ ރަށުގަ ނޫޅޭތީ ގިނަ ވަގުތު ތަކުގައި މިގޭގައި ހުންނަނީ” ސާރާ ދެވަނަ ސުވާލެއް ނުކުރާ ވަރަށް ރާކީ އޮޅުންފިލުވަދިނެވެ. ޒޯހަން އިނީ ރާކީގެ ވާހަކަތަކަށް އެއް ކަންފަތްދީގެންނެވެ. “އެހެންތަ؟ ވަރަށް ދެރަވެފައި ކަންނޭނގެ ހުންނަނީ. މޫނުމަތީގަ އެއްވެސް އުފާވެރިކަމެއް އުޖާލާކަމެއް ނެތް. ވަރަށް ބޮޑު ހިތާމަތަކެއް ކުރާ ކުއްޖެއްހެން ހީވަނީ. އެކަމު ވަރަށް ބަސްމަދު ކުއްޖެއް ކަންނޭނގެ” ސާރާ ހިޔާލީ ގޮތަކަށް އިނދެ ބުނެލިއެވެ. “އާނ. އެވަރުގެ ނިކަމެތި އިންސާނެއް މިދުނިޔެ މަތީގަ ވާނީ. އެނގޭތަ އެއީ ވާހަކަނުދެއްކޭ ނުކުޅެދޭ ކުއްޖެއް” ކުއްލިއަކަށް ޒޯހަން ބޯން އިން ކޮފީތަށި ތިރިއަށް ވެއްޓި ވަރަށް ބޮޑަށް ކޮށިއެރިއެވެ. އެއީ ޒޯހަންގެ ކަންފަތަށް އިވުނު ގޮތް ބާއޭ ހިތަށް އެރިއެވެ. އެދެލޯ ކަރުނުން ފުރެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. ޒޯހަންގެ ހިތް ހީވީ މީހަކު ހިފާފައި ވަރަށް ބާރަށް އަނބުރާލިހެންނެވެ. ޒޯހަންގެ އުމުރުން އަދި މިހާ ދުވަސްވީއިރު މިހާ ހިތަށް އަސަރުކުރި ދުވަހެއް ނުދޭއެވެ. މިހާރު ޒޯހަންއަށް އެރޮވެނީ ހިތަށް ކުރި އަސަރުންނެވެ. ބާކީ ތިބި މީހުން ހީކުރަނީ ޒޯހަން ކޮށިއެރުމުން ދެލޮލުން ފެން އަންނަނީ ކަމަށެވެ. ހަގީގަތް އެނގެނީ ޒޯހަންއާއި ޝަޒަންއަށް އެކަންޏެވެ. “ސާބަސް ޒޯންއަށް. އެހެއްނުވާނީ ކޮފީ ވެސް ބޯނީ ސްޓައިލްގަ” ޒޯހަންގެ މޭގައި ފިރުމަމުން ރާކީ ވާހަކަދެއްކިއެވެ. ޒޯހަންއާއި ދިމާލުން ކުރިމަތީގައި އިން ޝިފްނީ އިނީ ލަދުގަނެފައެވެ. ޝިފްނީ ހީކުރީ ޒޯހަން ކޮށިއެރީ އޭނާ ޒޯހަންއަށް ބަލާކަން އެނގުމުން ކަމަށެވެ. އެންމެފަހުން ޒޯހަން އިންތަނުން ތެދުވެގެން ޓީޝާޓް މަތިން މޭގައި ފިރުމަމުން ގޭތެރެއަށް ވަންނަން ހިނގައިގަތީ ހިތަށް ކެއްނުވުމުންނެވެ. އަޑު ފަޅައިގެން ގޮސް ބޭޒާރުވެދާނެތީއެވެ. މިއަށް ވުރެ ހިތާމަވެރި ހަބަރެއް އިވެން ބޭނުންނުވާތީއެވެ. މޫނުމަތިން ހަމަޖެހޭކަން ދައްކަމުން ޝަޒަން ވެސް ޒޯހަން ފަހަތުން ހިނގައިގަތެވެ.

 

“ކުރިން ކީއްވެ ނުބުނީ ޝިޔާރާ އެއީ ވާހަކަނުދެއްކޭ ކުއްޖެކޭ” ޝަޒަން ވާހަކަދެއްކީ ކައިރީގައި ވެނީލާ މިލްކް ޝެކް ތަށީގެ ހޮޅީގައި ދެތުންފަތުން ހިފާލައިގެން އިން ހާލާއާއެވެ. ޝަޒަންގެ ސުވާލާއެކު ހާލާގެ ދެލޯ ބޮޑުވިއެވެ. ޝިޔާރާއަކީ ވާހަނުދެއްކޭ ކުއްޖެއްކަން އެނގުނީބާއޭ ހާލާގެ ހިތަށް އެރިއެވެ. އިރުކޮޅަކު ބަހެއް ނުބުނެ އިނދެވުނީ ޝަޒަން އިނީ ހާލާދެކެ ހިތްހަމަނުޖެހިފައި ކަމުގައި ހީކޮށެވެ. “ޒޯން އަށް ވެސް މިއަދު އެނގުނީ. ކޮންމެސް ކަންތައްގަނޑެއް އެބައުޅޭދޯ” ހާލާގެ ބޮޑުވެފައި ހުރި ދެލޮލަށް ބަލަން އިނދެ ޝަޒަން ސުވާލުކުރިއެވެ. “ޝިޔާއަކީ ވާހަކަނުދެއްކޭ ކުއްޖެއްކަން މިހާރު ޒެންއަށް އަދި ޒޯން އަށް ވެސް ތިއޮތީ އެނގިފައި. މަށަށް އެނގޭ އެއްޗަކީ ޝިޔާއަކީ ވަރަށް އަޚްލާގް ރަނގަޅު ކިޔަމަންތެރި ކުއްޖެއްކަން. މީހެއްގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ވަރުގެ ކުއްޖެއް ނޫން އެއީ. ޝިޔާ ކަހަލަ ބައިވެރިއެއް ލިބޭނީ ނަސީބުވެރިއަކަށް.އޭނައަށް ވާހަކަނުދެއްކުނަސް ނުކުރެވޭނެ ކަމެއް ނޯންނާނެ. ފިރިއެއްގެ ވާޖިބުތައް އޭނައަށް އަދާކޮށްދެވޭނެ. ޝިޔާގެ މާޒީއާއި ބެހޭ ގޮތުން އެންމެ ރަނގަޅަށް އޮޅުންފިލުވަ ދެވޭނީ އެކަނި ޝިޔާއަށް. މިއަށް ވުރެ ބޮޑަށް ހާލީއަށް ނެތް ކިޔާދެވޭކަށް. އަދި އެކަތި ބުނެފާނަން. ޝިޔާއަކީ ނުކުޅެދޭ ކުއްޖެއްކަން ތިމީހުންނަށް ސިއްރުކޮށްދޭން އެދުނީ އޭނަ އަމިއްލައަށް. ސަބަބަކީ އޭނަ އެއީ އެކަހަލަ ކުއްޖެއްކަން އެނގި ޒޯން ހިތްހަލާކުވާން ޝިޔާ ނޭދޭތީ. ކޯޒް ޝީ ލައިކްސް ހިމް” ހާލާ ވާހަކަދައްކާ ނިންމާލުމަށްފަހު އިސްޖަހާލިއެވެ. ހާލާ ދެރަވީކަން އެނގުމުން ޝަޒަން ވެސް ވަރަށް ދެރަވިއެވެ. މޭޒުމަތީގައި ބާއްވާލެވިފައި އޮތް ހާލާގެ އަތް ތިލައިގައި ޝަޒަން ހިފާލުމުން ހާލާ އިސް އުފުލާ ޝަޒަންއަށް ބަލާލިއެވެ. އެވަގުތު ޝަޒަން ހީލުމުން ހާލާގެ ހިތުގައިވި ހުރިހާ ޝައްކެއް ފިލައިގެން ދިޔައެވެ.

ޝިޔާރާގެ ލޯބި ކާމިޔާބު ކުރުމަށްޓަކައި ޒޯހަން އަތުކުރި އޮޅާލާފައި ހުރިއިރު ފަރުދާގެ ފުރަގަހުގައި ރޭވެމުންދާ ކަންތައްތަކުގެ ހިލަމެއް ވެސް ޒޯހަންއަށް ނުވެއެވެ. ޒޯހަންގެ މައިންބަފައިން ޒޯހަންގެ މުސްތަގުބަލަށްޓަކައި ވިސްނާ ފިކުރު ކުރުމަށްފަހު ޒޯހަންގެ ހަޔާތުގެ ބައިވެރިޔާ މިވަނީ ހޮވާފައެވެ. ދެފަރާތުގެ މައިންބަފައިން ވާހަކަދެއްކުމަށްފަހު މިހާރު އޮތީ ދެކުދިންގެ ބައްދަލުކުރުވުމެވެ. ވަޒީފާއިން އަމިއްލައަށް މުސްކުޅިވެގެން އިން ނޫރީގެ މިހާރު އެންމެ އިސްކަމެއް ދީގެން މިހާރު ކުރާ ކަމަކީ މިއީއެވެ. އެދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދަ ދެވިއްޖެނަމަ މިދުނިޔޭން  ލޯމަރާލާނީ ހިނިތުންވެ ހުރެއެވެ. ” އެމަންޖެގެ ގޮތެއް އަދި ނޭނގޭ. ގައިމުން ވެސް ޝާމަތާއި ތިހާމީ މިކަމާއި ވަރަށް ގަބޫލު. ޒޯހަން ވެސް މިވީހާތާކަށް ނެތެއްނު އަހަރެމެން ބުނި ބަހަކަށް ނޫންބަހެއް ބުނެފައެއް. މިފަހާރުވެސް ރަނގަޅުވާނެ” ނިދާ ހެދުން ބަދަލުކޮށްގެން އައިސް ނޫރީ ކައިރީގައި ޖައްސާލި ލަތާއާއި ވާހަކަދައްކަން ނޫރީ އޮތީ އެއް އަތްމައްޗަށެވެ. ” އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކަު އަހަރެމެންގެ އަރުހަމް އަށް ވެސް އަދި ރާކީއަށް ވެސް ހަޔާތުގެ ބައިވެރިޔާ އިހުތިޔާރު ކުރުމުގެ ފުރުސަތު ދިނިން. އެކުދިން އިނދެގެން އެއުޅެނީ އިންނަން ވެގެން އަހަރެމެން ކައިރީގައި ހުއްދަ ހޯދި މީހުންނާއި. ބުނަން މިއުޅޭ އެއްޗަކީ އެފުރުސަތު ޒޯންއަށް ވެސް ދޭން ހިނގާބަލާށޭ މަޑުކޮށްލަމާ. އެއީ ޒޯންވެސް މިކަހަލަ ކަމަކާއި އުޅޭހެން އެބަހީވޭ މިހާރު. އޭނަގެ ހޮވުން ވެސް ގޯސްވާނަހެނެއް ހިއެއް ނުވޭ” ލަތާ އޭނާގެ ހިޔާލު ވެސް ފާޅުކޮށްލިއެވެ. “މިހުރިހާ ވާހަކަދެއްކި އިރުވެސް ލަތާ ތިވާހަކައެއް ނުބުނަމެއްނު. އަހަރެން ތިހާމީ ކައިރީގައި ބުނެގެން އަދި މަޑުކޮށްލާނަން. ޒޯންގެ ހޮވުން ބަލާލަން މަވެސް ބޭނުމީ. އަހަރެންގެ ޒޯންގެ ހޮވުން އެއްބުރުން އަހަރެމެންނަށް ކަމުދާނެކަން ޔަގީން” ހިނިގަނޑަކުން ވާހަކަ ނިންމާލުމަށްފަހު ނޫރީގެ ދެމަފިރިން ނިދުމަށް ތައްޔާރުވެލިއެވެ.

 

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ޒޯހަން ތެދުވެލީ ދެހިޔާލެއްގައި ހުރެއެވެ. ޝިޔާރާއާއި ބައްދަލުކޮށްލާހިތުން އެހިތް ތެޅިފޮޅެނީއެވެ. ޝިޔާރާގެ އެހިތި ހަގީގަތް އެނގުނު ފަހުން ބޭނުމީ ހިނދުކޮޅަކަށް ނަމަވެސް އެހަށިގަނޑު ޒޯހަންގެ މޭގެ ތެރޭގައި ފޮރުވާލާށެވެ. ޝިޔާރާ ވާހަކަނުދެއްކުނަސް އެފުރުސަތު ދޭނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ މަޑު ހިނގުމެއްގައި ގޮސް ޒޯހަން މަޑުޖެހިލީ ޝިޔާރާގެ ކޮޓަރީ ދޮރުމަތީގައެވެ. ދެތިން ފަހަރަކު ކޮޓަރީ ތަޅުގައި މަޑުމަޑުން ޖަހާލުމުން ވެސް ހަބަރެއް ނުވިއެވެ. ޒޯހަން މާޔޫސްވިއެވެ. ހަމައެހާ މަޑުހިނގުމެއްގައި ޒޯހަން ގޮސް ވަނީ މަންމައާއި ބައްޕަގެ ކޮޓަރިއަށެވެ. ޑްރެސިންޓޭބަލް މަތީގައި އޮތް ތަޅުދަނޑިފަތި ނަގާ ނަންބަރ ހަތަރެއް ޖަހާފައި އިން ތަޅުދަނޑި ބާކީ ތަޅުދަނޑިތަކާއި ވަކިކޮށްލުމަށްފަހު ހަރު ނިދީގައި ތިބި ލަތާއާއި ނޫރީއަށް ބަލާލުމަށްފަހު މަޑުމަޑުން ކޮޓަރިން ނިކުތެވެ. އަދި ފިޔަވަޅުތަކަށް ބާރު ލުމަށްފަހު ކުރިއަށް ގޮސް ޝިޔާރާގެ ކޮޓަރީގެ ދޮރަށް ތަޅުދަނޑި ކޮށްޕާލުމަށްފަހު އަނބުރާލުމާއެކު ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ހަމަހިމޭން ކޮޓަރިތެރެ އޮތީ ހުސްކޮށެވެ. ފާހާނައިގެ ދޮރު ދަށުން ފާޅުވާން ހުރި ހުދުއަލި ދޭހަ ކޮށްދެނީ ޝިޔާރާވީ ފާހާނާއިގާ ކަމެވެ. ކޮޓަރި މެދުގައި ހުއްޓި ލައިގެން ހުރި ޒޯހަން ކެތްތެރިކަމެއް ނެތި އިންތިޒާރު އެކުރަނީ ޝިޔާރާ ފާހާނާ އިން ނިކުންނާނެ އިރަކަށެވެ. ޒޯހަން މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ފާހާނާއިގެ ދޮރު މަޑުމަޑުން ހުޅުވުމާއެކު ބޭރަށް އެނިކުތީ ޒޯހަންގެ ހިތުގެ ހަމަޖެހުމެވެ. ޒޯހަންގެ މޭގެ އެތިކޮޅެވެ. ރަތްކުލައިގެ ކުދި މާތަކެއް ޖެހި ދިގު ހަރުވާޅަކާއި ހުސް ރައްކުލައިޖެ އަތްދިގު ޓީޝާޓެއް ގައި ހުރި ޝިޔާރާގެ އިސްތަށިގަނޑު ވެސް ހުރީ ތުވާއްޔަކުން އޮޅާލާފައެވެ. އެކަމުން އަންގައިދެނީ ޝިޔާރާ ގަދައަަށް ފެންވަރާލާފައި ހުރި ކަމެވެ. ޝިޔާރާގެ އެ ހިތްގައިމު ސޫރަ ފެނުމާއެކު ޒޯހަންގެ މޭގެ ތެރޭގައި މިހުރިހާ އިރު ތާށިވެފައި ހުރި ނޭވާތަކަށް ވެސް ލުޔެއް ލިބިގެން ދިޔައެވެ. އެވަގުތު ކޮޓަރިން ޒޯހަން ފެނުމާއެކު ދެލޯ ބޮޑުވެފައި ހުރި ޝިޔާރާ ހުރި ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. ޒޯހަން ކުރިއަށް ފިޔަވަޅެއް އަޅާލީ ހިތަށް ކެއްނުކުރެވިގެން އެއަތުގެ ތެރެއަށް ޝިޔާރާ ހައްޔަރުކޮށްލަން ވެގެންނެވެ. ޒޯހަން އެންމެ ފިޔަވަޅެއް އެޅިޔަސް ޝިޔާރާގެ ގައިގާ ޖެހޭހާ ވަރު  ވުމާއެކު ޝިޔާރާ ޒޯހަންއަށް ފުރަގަސް ދިނެވެ. ކުރިއަށް އަޅަން ނެގި ފައި ޒޯހަން ޖެހުނީ އެހުރި ހިސާބުގައި މަޑުޖައްސާލާށެވެ. ” މަށަށް ހުރިހާ އެއްޗެއް ވެސް އެނގިއްޖެ. އަހަންނަށް މާފްކުރޭ. އެނގޭ ވަރަށް ގިނައިން ޕްރިންސަސް ހިތުގައި ޖެއްސުނުކަން. ދެން އެހެން ނުވާނެ” ދެލޯ މަރާލައިގެން ޒޯހަންގެ ވާހަކަތައް އަޑުއަހަން ހުރި ޝިޔާރާއަށް ކުރަމުން ދިޔައީ ފުން އަސަރުތަކެކެވެ. ދެލޮލުގެ އެސްފިޔަ ދަށުންވެއްޓުނު ކަރުނަތިކި ކޮތާފަތއް ހުރަސްކޮށް ދަތްދޮޅީކޮޅުން ދެކަރުނަތިކި ފުންމާލީ ތިރިއަށެވެ. ފުލުފުލުގައި ފޭބި ކަރުނަތިކިތައް ހީވަނީ ބައިވެރިން މަދުވެގެން ފަހަތުން އަތުކުރާން ދާން އުޅޭހެންނެވެ. “މަށަށް ތިހެން ނުހަދާ ޝިޔާ. އެންމެ ފަހަރަކު މިފަރާތަށް އެނބުރިލާބަލަ. މަށަށް ބަލާލަބަލަ. މިހިތް އެދި ގޮވަނީ ތިލޯތްބަށް. އެހަގީގަތް އެނގުމަށްފަހު ޝިޔާއަށްޓަކައި އަހަރެންގެ ހިތުގައި އުފެދި އާރުލާ ކުރިފަޅަމުން އަންނަ ލޯތްބަށް ކުޑަވެސް ހީނަރުކަމެއް ނާދޭ. ލޯބި އިތުރުވީ. ކޮބާތަ ޝިޔާއަށް އޮތް ހުރަހަކީ. ޕްލީޒް ބުނެދީބަލަ. ކުއްލިއަކަށް ޒޯހަން ވާހަކަދެއްކުން ހުއްޓާލީ އެހިތަށް އެރި އެއްޗަކުންނެވެ. “އެންމެ ސުވާލަކަށް ޖަވާބުދީބަލަ. ހެޔޮނުވާނެ. އޭރުންވެސް މިހިތަށް ތަސައްލީއެއް ލިބިދާނެ. އަހަރެން ދައްކާ ވާހަކަ ޝިޔާއަށް އަޑު އިވޭތަ؟ އިވެންޏާ ބޮލުން ނަމަވެސް އާއެނކޭ ބުނެބަލަ” ފުރަގަހަށް އެނބުރި ހުރި ޝިޔާރާ މަޑުމަޑުން ބޯޖަހާލުމާއެކު ޒޯހަންއަށް ދެލޯ މަރާލެވުނީ ހިތަށް ލިބުނު ހަމަޖެހުމެއްގެ ސަބަބުންނެވެ. “ތެންކިއު. ދިއުމުގެ ކުރިން އަދި އެއްވާހަކަ ބުނަންތަ. މިހެން ހުރެ މުސްކުޅި ވިޔަސް މިހަޔާތަށް ޝިޔާ ނޫން އެހެން އަންހެންކުއްޖެއް ނުގެންނާނަން. އައި ލަވް ޔޫ ސޯ މަޗް ޕްރިންސަސް. އަބަދުވެސް އިންތިޒާރު ކުރާނަން. އަހަރެންގެ ފުށުން ކުށެއް ކުރެވިފައިވާނަމަ މާފުކޮށްދެއްޗެ” ޒޯހަންގެ އަޑު ބެދުނެވެ. ޒޯހަން ވާހަކަދައްކާއިރު އަޑު އަންނަ ގޮތުން ވެސް ރޯކަން ޝިޔާރާއަށް އެނގެއެވެ. ޝިޔާރާގެ ހިތް ހީވަނީ ފޮތިފޮތިވެގެން ފައިބަނީހެންނެވެ. ޒޯހަން ކައިރިވާހެން ހީވުމާއެކު ޝިޔާރާ އަނެއްކާވެސް ސައިޑަކަށް ޖެހިލާ ބޮލުގައި އޮޅާލާފައި އޮތް ތުވާލި ނެގުމަށްފަހު ހަރުގައި އަޅުވާލިއެވެ. ޝިޔާރާގެ އިސްތަށިގަނޑަށް މިނިވަންކަން ލިބުމާއެކު ފޫކޮޅުން ތިރިއަށް ހުރި ބޯ އިސްތަށިގަނޑަށް ޒޯހަން އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އިސްތަށިގަނޑުގައި ހިފާލާފައި ހުރި މީރުވަސް ކޮޓަރި ތެރެއަށް ފެތުރުނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަދިވެސް ޝިޔާރާ ހުރީ ފަހަތަށް އެނބުރިގެންނެވެ. ހީވާ ގޮތުގައި އެމޫނު ޒޯހަންއަށް ދައްކަން ބޭނުން ނުވަނީ ކަންނޭނގެއެވެ. “މިދަނީ އަހަރެން. އެންމެ ފަހަރަކު ނަމަވެސް ތިމޫނު ދައްކާ ނުލާނީތަ؟ އެވަރުވެސް މަށަށް ކޮށްނުދޭނަންތަ؟” ޝިޔާރާގެ ފަރާތުން ކުޑަވެސް ޖަވާބެއް ނުލިބުމުން ޒޯހަން ކުރިއަށް ޖެހިލާ ފޫކޮޅާއި ހަމައަށް އޮތް ޝިޔާރާގެ ދިގު އިސްތަށިގަނޑުން އެއްބައި އަތަށް ނަގާލުމަށްފަހު އެބައިގާ ތުންފަތް ޖައްސާލިއެވެ. އެއަށްފަހު އެކޮޓަރިން ނިކުމެގެން ދިޔައެވެ. ޒޯހަން ނިކުތްކަން ޝިޔާރާއަށް ޔަގީންވުމާއެކު މަޑުމަޑުން ގޮސް ދޮރު ލައްޕާ ތަޅުލުމަށްފަހު އެނދަށް ވެއްޓިގަތެވެ. ޝިޔާރާގެ އަޑު ފަޅައިގެން ދިޔައީ އެހިސާބުންނެވެ. އެއަޑު އިވުނު މީހަކުގެ ހިތް ފަޅައިގެންދާނެކަން ޔަގީނެވެ. ޝިޔާރާ ބޭނުންވަނީ ހިތްފުރޭ ވަރަށް ރޯލާށެވެ.

 

ޝިޔާރާ އުއްމީދުނުކޮށް ހުއްޓާ ހާލާ ހަދިޔާއަކަށް ފޯނެއް ދިނުމުން ޝިޔާރާ އެންމެ ފުރަތަމަ އިންކާރު ކުރިއެވ. އެންމެ މިޒަމާނުގެ ފޯނެއް ދިނުމުން ޝިޔާރާ ހައިރާންވިއެވެ. މިވަރުގެ ފޯނެއް ނޫނަސް އެންމެ ރަނގަޅޭ ބުންޏެވެ. ފޯނު ހިފައިގެުން މެކާހިޔާއަށް ދާން ޝިޔާރާ ހިނގައިގަތުމުން ހާލާ ޝިޔާރާ ހުއްޓުވިއެވެ. އޮޅުމެއްގެ ތެރޭގައި އެކުވެރިޔާ ބަހައްޓާކަށް ހާލާ ބޭނުމެއް ނުވޭއެވެ. އެހެންކަމުން އެއީ ޒޯހަން ޝިޔާރާއަށް ހަދިޔާއަކަށް ދިން ފޯނެއް ކަމުގައި ބުނުމުން ޝިޔާރާ ހުރީ ގަބޫލުނުކުރެވިފައެވެ. ޒޯހަން ބޭނުންވަނީ ހަމައެކަނި ިޝިޔާރާއާއި ވާހަކކަދެއްކުމަށް ކަމުގައި ބުނުމުން ޝިޔާރާގެ ހިތަށް ގޮތެއްވިއެވެ. ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ހިތަށް ވެރިވިއެވެ. ހާލާ ގައިގާ ޝިޔާރާ ބައްދާލީ ލޯބިންނެވެ. ފޯނުި ހިފައިގެން ގެއަށް ދިޔައީ ވެސް ހިތްހަމަޖެހިފައިވާ ހިތަކައިގެންނެވެ. ޝިޔާރާއަށް ނޭނގުނީ ޝިޔާރާ އަށް ބަލަން ދުރުގައި ޒޯހަން ހުރި ކަމެވެ. ކުރީގައި ލާން ގެންގުޅުނު ބޮޑު ހެދުންތައް ވެސް ޝިޔާރާ ދޫކޮށްލީ އެކުވެރި ހާލާ ބުނެގެންނެވެ. އެހެދުންތައް ޝިޔާރާ ލީ ވެސް ފިރިހެނަކު އޭނާއާއި ގަޔާނުވޭތޯއެވެ. ނަސީބުދެރަކަމުން އެކްސިޑެންޓަކުން ކަންތައް މުޅިން ބަދަލުވީއެވެ. ދެން މިހާރު އެހެދުންތައް ލައިގެން އުޅުމުގެ ބޭނުމެއް އޮތް ކަމަކަށް ޝިޔާރާގެ ޒަމީރު ގަބޫލެއް ނުކުރެއެވެ.

 

ދުވަސްތައް މާޒީގެ ސޮފްހާތަކާއި އެކުވެގެން ގޮސް ދެމަސް ދުވަސް ފާއިތުވީ ވަރަށް ހަލުވި ކަމާއެކުގައެވެ. ފެށޭ ހަފްތާގެ ތެރޭގައި ޝަޒަންއާއި ހާލާގެ ކައިވެނި ކުރެވޭތީ އެކަމާއި އެންމެ އުފަލުން ހުރީ ޝިޔާރާއެވެ. ޝިޔާރާ އެންމެ އުފާވަނީ ދެން އަބަދުވެސް ހާލާ ހުންނާނީ ޝިޔާރާއާއި ވަރަށް ކައިރީގައި ކަމަށްވާތީއެވެ. ރާކީ ވިހައިގެން ގެއަށް ބަދަލު ކުރި ދުވަސް އެއީ މެކާހިޔާއަށް އިތުރު އުފާވެރިކަމެއް ގެނެސްދިން ދުވަހަކަށެވެ. ޔަޝްމީ ބަނޑުބޮޑުކަން އެނގުނު ހިސާބުން ފެށިގެން ލަތާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ނުދޭއެވެ. ރާކީގެ ކުޑަދަރިފުޅު ރިވާން އަށް ނަންކިޔުމުގެ ހަފްލާއަށް ތައްޔާރުވުމުގެ ގޮތުން ބޮނޑިބަތް ކައްކަނީ ސާރާއެވެ. ބަކަރި މަސް ހަދަން ހަވާލުވީ ލަތާގެ އެދުމުގެ މަތިން ޝިޔާރާއެވެ. ޝިޔާރާއަކީ ރީތިކަމުގެ އިތުރުން ކެއްކުމުގެ ހުނަރު ވެސް ލިބިފައިވާ ކުއްޖަކަށް ވާތީ ކިތައްމެ ބޮޑު އެއްޗެއް ވެސް ކައްކަން ޝިޔާރާއާއި ހަވާލުކުރާކަށް ލަތާ ފަހެއް ނުޖެހޭއެވެ. ލިސްޓްތައް ތައްޔާުރު ކުރުމުގައި ޒޯހަންއާއި އަރުހަމް އުޅުނު އިރު ސޯފާގޮނޑީގައި ޖައްސާލައިގެން ޝިފްނީ އޮތީ ކަންފަތަށް ހެޑްސެޓް ޖަހާލައިގެންނެވެ. ޕާކިސްތާނު ހެދުމުގައި ބަދިގޭގައި ހުރި ޝިޔާރާ ހުރީ ދޯޕައްޓާ ހުރަހަށް ގެނެސް އެއްފަރާތަކަށް ގޮށެއް ޖަހާލައިގެންނެވެ. އިސްތަށިގަނޑުގައި ހުރީ ހުޅިއެއް ޖަހާލާފައެވެ. ޒޯހަން ނޫން އެއްވެސް މީހަކަށް ޝިޔާރާގެ އިސްތަށިގަނޑު ފެނިފައެއް ނުވޭއެވެ. ދޭތެރެއަކުން ޝިޔާރާގެ މަސައްކަތަށް ހުއްޓުމެއް އަންނަނީ ޒޯހަންގެ ދެލޯ ޝިޔާރާއަށް އަމާޒުވެފައިވާތަން ފެނުމުންނެވެ. ދެމަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޒޯހަންއަށް ޝިޔާރާއާއި އެންމެ ހިތްހަމަޖެހޭ ގޮތުގައި ވާހަކަދެއްކިފައެއް ނުވޭއެވެ. ވައިބާއިން ވާހަކަދައްކާ އިރުވެސް ޒޯހަންކުރާ ބައެއް ކަހަލަ ސުވާލުތަކުން ޝިޔާރާ އިހުތިޔާރުކުރަނީ ހިމޭންކަމެވެ. ނަމަވެސް ޒޯހަން ކައިފިންތޯ އެހުމުން ޖަވާބުދެއެވެ. ހާލު ކިހިނެއްތޯ ސުވާލުކުރުމުން ރަނގަޅޭ ވެސް ބުނެލައެވެ. އެވަރުވެސް ޒޯހަން ހިތްހަމަޖެހެއެވެ. ޒޯހަންގެ އެންމެ ފަހު ނޭވާއާއި ހަމައަށް ވެސް ޝިޔާރާއަޓަކައި އިންތިޒާރުކުރާނެއެވެ. ބައެއް ފަހަރު ޒޯހަންއަށް ވެސް ޝިޔާރާ ޒޯހަންއާއި ގަޔާވާހެން ހީވޭއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 11

Next

ކުރަމުން ތިދާހާ ގޯނާ 22.. ފަހު ބައި

Next
March 5, 2016

ކުރަމުން ތިދާހާ ގޯނާ 22.. ފަހު ބައި

Previews
March 5, 2016

ނިމިދާނެ ޖާނާ ހިތާ 11

11 Comments!

  1. zau says:
    March 5, 2016 at 9:10 pm

    Wow! V nice. Next part avahah up kollachchey…

  2. princess says:
    March 5, 2016 at 9:12 pm

    Wow… mi part vx v reethi.. waiting 4 the next part☺

  3. Pppppp says:
    March 5, 2016 at 9:14 pm

    Yeh ma first mi part ves v v reethi kn iraku next part

  4. naax says:
    March 5, 2016 at 9:22 pm

    Pmi part ves varah salhi

  5. Aimsithu says:
    March 5, 2016 at 11:26 pm

    Vaaau

  6. Appy says:
    March 5, 2016 at 11:52 pm

    Salhi

  7. Ily says:
    March 6, 2016 at 3:16 am

    Omg v salhi????

  8. Aliyah Mikael says:
    March 6, 2016 at 3:51 am

    Aw zohan is so sweet.

  9. Mar Sha Marsha says:
    March 6, 2016 at 7:29 am

    Mee varah rythi vaahaka eh… i like thisss… zohan haadha lowbi veyey dho shiya dheke

  10. ammmmmday says:
    March 6, 2016 at 10:05 am

    adhi mihaa interest vahhakaeh nukiyaan.. mihaaru aharennah v v v v v gina vaahaka kiyiyyje.. v salhi…

  11. Zaanaa says:
    March 6, 2016 at 9:29 pm

    Avahah up koh deeba story v nice

Comments are closed.

Next Episodeފުންއަސަރު 09←


All Right Reserved!