
ކުރަމުން ތިދާހާ ގޯނާ 21..
މަޑުމަޑުން އަތް ހަރަކާތް ކޮއްލީ މާޒިންގެ އެ ފުޅާ ބުރަކައްޓާ ދިމާލަށެވެ. މާޒިންގެ ގައިން ދުވަމުން ދިޔައީ މީރުވަހެވެ. އެވަހުގެ ތެރެއަށް ފީނައިގަންނަން އަމޭލިއާ ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.
“ރާސިލް” އަމޭލިއާ މާޒިންގެ ހަށިގަނޑުގައި އައްވަށާލަމުން ލޯމަރާލީ ރާސިލްގެ ސޫރަ ސިފަވުމުންނެވެ. މާޒިން ގައިން އެދުވި ލުއި މީރުވަހަކީ ރާސިލްގެ ވަހެވެ. ދެލޯ މަރާލެވުނީ ކުރެވުނު ފުން އިހްސާސްއަކުންނެވެ. “އެމީ” މާޒިން އަމޭލިއާގެ ދެކޮނޑުގައި ހިފައި ދުރުކޮއްލި އިރު އެދެލޮލުން ކަރުނައިގެ ވިދުންވިއެވެ. އަމޭލިއާއަށް ހޭވެރިކަންވީ މާޒިންގެ އެތޫނު ދެލޮލުން އެތަކެއް ޝަކުވާއެއް ފެނުމުންނެވެ. “ސޮރީ” އަމޭލިއާގެ އަޑު ކިރިޔާ ނިކުންނަ ކަހަލައެވެ. މާޒިން އަމޭލިއާގެ ގައިން އަތް ދޫކޮއްލުމައްފަހު ފުރަގަސްދިނީ ކަރުނަތަށް ފޮރުވުމަށެވެ. “މާޒިން” އަމޭލިއާ ކުރިއަށް ޖެހިލީ މާޒިންއާ އިތުރަށް ވާހަކަ ދެއްކުމަށެވެ. އެހިތުގައި ވަނީ ހަމަ އެންމެ ނަމެއްކަމަށް ބުނުމަށެވެ. ހިތުން ޖާގައެއް އެހެން މީހަކަށް ދެވޭވަރަށް ވުރެއް މިހާރު ހިތް ބަލިކަށިވެއްޖޭ ބުނުމަށެވެ. ރާސިލް ނޫން އެހެން މީހަކަށް ނުދެވޭނެ ވާހަކަ ބުނުމަށެވެ.
“އެމީ… ސްޓޮޕް އިޓް… އަހަރެން ނޫޅެން އެމީ ބޭނުންވެގެންނެއް.. އައި ނޯ އައި ޑޯންޓް ހޭވް އަ ޗާންސް.. ސޯ އައެމް އޯކޭ…. އެމީއަށް އެނގޭތަ… މިހާރު ހީވަނީ ހިތުން ބޮޑު ބަރެއް އުފުލުނުހެން… ހާ….. ސޯ އޯކޭ.. އޯކޭ.. ކޭސް ދޯ… އައިވިލް ޑޫއިޓް…..” މާޒިން އަމޭލިއާ އާއި ދިމާލަށް އެނބުރިލަމުން އަވަސް އަވަހަށް ބުންޏެވެ. އަމޭލިއާގެ އަގައިން އެހެން މީހެއް ދެކެ ލޯބިވެއޭ ބުނެފާނެތީ ކަންނޭގެއެވެ. އަމިއްލަ އަމިއްލަ އަށް މާޒިން ހުރިހާއެއްޗެއް ކިޔާ ނިންމާލިއެވެ.
“ތެންކްޔޫ މާޒިން….” އަމޭލިއާ މާޒިންގެ އަތުގައި ހިފާލީ ހީލަމުންނެވެ. އެހެން ނަމަވެސް ހިތުގެ އެއް ކަނަކުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. މާޒިން ކަހަލަ ރަނގަޅު މީހެއްގެ ހިތުގައި ޖެއްސުމުގެ ހައްގު އެއްވެސް މީހަކަށް ނުލިބޭނެއެވެ. އަމޭލިއާ ދެރަވެސް ވިއެވެ. އެހެން ނަމަވެސް އެގަޑީގައި އެވާހަކަ ނުދެއްކީ އިތުރަށް މާޒިންގެ ފާރުގަނޑު ބޮޑު ނުކުރުމަށެވެ.
*********
ދިއްލަމުން ދިޔަ ކުދި ކުދި ތަރިތަށް ރާސިލްއާ ވާހަކަ ދައްކާ ކަހަލައެވެ. ހަނދުގެ އަލި މަޑުވެފައި ރުޅިގަދަ ވެފައި ހުރިކަހަލައެވެ. “އަހަރެންނަށްވެސް އެނގޭ… އައި ލަވް ހާރ ޓޫ… އެނގޭ ވައުދު ވެވުނުކަން.. އެކަމަކު މިހާރު އޭނައަށް ހުރިހާ އެއްޗެއް އެނގޭނެ… މިހާރު އެދެލޮލުން ފެންނާނީ ލޯތްބެއް ނޫން… ހަމައެކަނި ނަފްރަތު” ރާސިލް ރެއިލިންގައި އަތް އަޅުވާލަމުން ކިޔަމުން ދިޔައެވެ. ރާސިލްއަށް ކުރިމަތިން ފެންނަމުންދާ ޓެރަހަށް ބަލާލެވުނެވެ. އެތަކެއް ހަނދާންތަކެއް އެ ޓެރަހުގައި ރައްކާކުރެވިފައިވާކަހަލައެވެ. ލޯބިން އަމޭލިއާ ގެންގުޅުތަން ލޮލު ކުރިމަތިން ސިފަވާކަހަލައެވެ. އެހިނިތުންވުން ފުންކަމުން ދަތްތަށް ފެންނަވަރުވެއެވެ. ރާސިލް އަށް ހީލެވުނީ އަމޭލިއާ ރާސިލްގެ އަތުތެރޭގައި ހޭދަކުރަމުން ދިޔަ އުފާވެރި ވަގުތުކޮޅު ސިފަވުމުންނެވެ.
މާޒިން ސައިކަލުގައި އަމޭލިއާ ގެއަށް ލައިދިނުމާއެކު އަމޭލިއާ މިސްރާބު ޖެހީ ޓެރަހަށެވެ. މާޒިން ލޯބިވާ ވާހަކަ ހާމަކުރުމުން އެކަމާ ދޭތެރޭގައި ވިސްނެނީއެވެ. މާޒިން އަކީ ރަނގަޅު ކުއްޖެކެވެ. އަމޭލިއާ އަށް މާޒިން ދެރައެއް ނުދޭނެކަމުގެ ގެރެންޓީ އެބައޮތެވެ. ފުން ވިސްނުމެއްގައި އަމޭލިއާ ދެކޮޅަށް ހިނގާލަ ހިނގާލަ އިންދާ ރާސިލް ފެނުނެވެ. ރާސިލް ހުރިގޮތުން ސީދާ އަމޭލިއާ އާ ދިމާލަށް ބަލަނީ ކަމުގެ އިހްސާސް ކުރެވުނެވެ. ތިން ދުވަސް ފަހުން އެ ސޫރަ ފެނުމުން އަމޭލިއާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. އެ ސޫރަ ދެކިލުމަށް ބޭގަރާރުވި ވަރު އެނގޭނީ އެންމެ ފަރާތަކަށެވެ. އަމޭލިއާ ރާސިލް އާ ދިމާލަށް ބަލަހައްޓައިގެން އިނީ ފޫހިކަމެއް ނެތިއެވެ. އެ ހަށިގަނޑު ތެރޭގައި ފޮރުވާލަދޭށޭ ބުނަން އަމޭލިއާގެ ދޫ ހަރަކާތް ކޮއްލިއެވެ. އެހެން ނަމަވެސް ރާސިލް އެންމެ ފަހުން ބުނި ބަސްތަށް ސިކުނޑީ ތެރޭގައި ތަކުރާރުވީ ކުއްލިއަކަށެވެ.
“ރާސިލް” ރާސިލްއަށް ހަމަ ބިމަށް ތިރިވެވުނީ އަމޭލިއާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ކުރިމަތީގައި އަމޭލިއާ އިންތަން ފެނުމުން ރާސިލްއަށް ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. އެއީ ހަމަ އަމޭލިއާ ބާއެވެ. “ރާސިލް…” އަނެއްކާވެސް އަމޭލިއާގެ އަޑު ކަންފަތުގައި ޖެހުނެވެ. “މިއުޅެނީ މާޒިން އާ އިންނަން ވެގެން… ޕާޓީ އަށް ކިޔާނަން އެނގޭ… މާޒިން މިރޭ އެބުނީ ލޯބިވާ ވާހަކަ.. މާޒިން ކުރިން ބުނިނަމަ ރާސިލްއާ ދިމާލަށް އަހަރެންނަށް ނުދެވުނީސް ކަންނޭގެ.. އެނގޭތަ.. މާޒިން އަހަރެން ދެކެ ލޯބިވާން ފަށައިފި ގްރޭޑް އަށަކުން ފައްޓައިގެން.. އެހެން ވީމަ އެއީ ތެދުވެރި ލޯބިކަމަށް އެއްވެސް ޝައްކެއް ނެތެއްނު… ވަރަށް އުފާވާނެ އަހަރެންގެ އުފާވެރިކަމުގައި ބައިވެރި ވެއްޖެއްޔާ.. ރާސިލްގެ ކައިވެންޏަށް ނުދެވުނީ ނުކީމަ… އެކަމަކު އަހަރެން ކީމަ އަންނަން ވާނީ” އަމޭލިއާ އަށް ކިޔޭ ނުކިޔޭ އެއް ނޭނގުނެވެ. ރާސިލް ކައިރީގައި މާޒިންގެ ވާހަކަ ބުނެވުނީ ކީއްވެ ހެއްޔެވެ. ރާސިލް ދެރަ ކުރުމަށް ހެއްޔެވެ. ރާސިލް ދެރަވުމަކީ ނުވާނެ ކަމެކެވެ. އެއީ ހިލަ ހިތެއްގެ ވެރިއެކެވެ. އެހެން ނޫނަސް މީހެއްގެ ފިރިއެކެވެ. އަމޭލިއާ އަމިއްލަ މޮޔަކަމާމެދު ބޯ ހޫރާލެވުނެވެ.
” ބާއްޖަވެރި ހަޔާތަކަށް އެދެން….” ރާސިލް ހަމަ އެކަނި އެހެން ބުނެ އެތަނުން ދިޔައީއެވެ. އަމޭލިއާ އަށް އިނދެވުނީ އަނގަ ހުޅުވައިގެންނެވެ. “ބާއްޖަ ވެރި ހަޔާތެކޭ… ނުވެސް އަހާ.. އަހަރެން ލޯބި ވޭތޯވެސް ނާހާ.. އަހަރެން އޯކޭތޯވެސް ނާހާ….” އަމޭލިއާ މުށިތައްމަތީ އިށިންނަމުން ދެކަކޫ މަތީގައި ބޯ އަޅާލީ ހިތަށް ކެއްނުވުމުންނެވެ.
“އެމީ” މިފްޒާލް އަށް އަމޭލިއާ އިންގޮތުން ދުވެފައި އައިސް އަމޭލިއާ އާއި އެއް ހަމައަކަށް ތިރިވަމުން ގޮވާލިއެވެ. “ދޮންބޭ” އަމޭލިއާގެ އަޑުގައި ވަނީ ވޭނެވެ. ދެލޮލުން ފައިބަމުން ދިޔައީ ހޫނު ކަރުނައެވެ. “ކިހިނެއް ވީ” އަމޭލިއާއަށް ވެގެން އުޅޭގޮތެއް ނޭނގުމުން މިފްޒާލް ކަންބޮޑުވިއެވެ. “ރާސިލް ކީއްވެތަ އެހެން އެ ހަދަނީ…” އަމޭލިއާ ބުނެލި ހަމަ އެކަނި ޖުމްލައިން މިފްޒާލްއަށް ވެގެން އުޅޭގޮތެއް ރޭކާލިއެވެ. އެހެން ނަމަވެސް އިތުރު ސުވާލެއް ނުކުރީ އަމޭލިއާގެ ހާލަތާ މެދު ވިސްނައެވެ. މިފްޒާލް އަމޭލިއާ ހުއްޓާލަންދެން ކައިރީގައި އިނެވެ. އެތައް އިރަކު ރުއިމައްފަހު އަމޭލިއާ ހަމައަކަށް އެޅުނެވެ. އަމޭލިއާ މިފްޒާލް އާއި ދިމާލަށް ބަލާލީ ތުން ފިއްތާލަމުންނެވެ. މިފްޒާލް ހީލާފައި ދެން އެތެރަށް ވަންނާށޭ ބުނީ ފަހުން އެވާހަކަ ދެއްކުމަށެވެ. އަމޭލިއާ ބޯޖަހާލުމަށްފަހު ދިޔައީ މިފްޒާލް ކައިރީގައި ބުނެވުނު މޮޔަ ހީވެގެންނެވެ.
………….
ރާސިލްއަށް ނުނިދި ދެފަރާތަށް ފޮރޮޅި ފޮރޮޅި އޮވެވުނީ އަމޭލިއާ ދެއްކި ވާހަކަތަކާ މެދު ވިސްނަމުންނެވެ. “މިއުޅެނީ މެރީ ކުރަން.. މެރީ ކުރަން” ރާސިލްގެ ކަންފަތަށް އެ އަޑު އިވި އިވި ހުއްޓެވެ. “އާ” ރާސިލް ބޮލުގެ އިސްތަށިގަނޑުގައި ހިފަމުން ތެދުވީ ބޮލަށް ތަދުވާތީއެވެ.
“ދަރިފުޅާ” ނާސިރާ ރާސިލްގެ ކޮޓަރީގައި ޓަކި ދިނުމަށްފަހު ވަނީ ރާސިލް ދޮރު ހުޅުވާލުމުންނެވެ. “މަންމާ… ނުނިދައި ތިއުޅެނީ… އެގާރަ ޖަހަނީ އެއޮށް” ރާސިލް ގަޑިއަށް ބަލާލަމުން ބުނެލީ ކަންބޮޑުވެ ހުރެއެވެ. “ނުނިދިގެން… ދަރިފުޅާ… މަންމައަށް އެކުއްޖާ ދައްކާލަފާނަންތަ.” ނާސިރާ އެހެން ބުނުމުން ރާސިލް ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. ފޯނުގައި އަމޭލިއާގެ އިނީ އެންމެ ތިން ފޮޓޯ އެވެ. އެއީވެސް ދެމީހުން އެކީގައި ނަގަފައިވާ ލޯބީގެ ވަގުތު ކޮޅުތަކެވެ. ރާސިލް އެނދުމަތިން ފޯނު ނެގުމައްފަހު އަމޭލިއާ އާއި ރާސިލްގެ ފޮޓޯއެއް ދައްކާލިއެވެ. ރާސިލްގެ ދެއަތުން އަމޭލިއާގެ އުނަގަނޑުވަށާ ލައިފައި ވާއިރު އަމޭލިއާގެ ހިނިތުންވުން ވަރަށްވެސް ފުރިހަމައެވެ. “ދަރިފުޅާ.. މީ ކުރިމަތީގައި…” ނާސިރާ އަތް ދިއްކޮއްލީ އަމޭލިއާ މެންގެއާ ދިމާލަށެވެ. ރާސިލް ނާސިރާގެ ސުވާލަށް ބޯ ޖަހާލީ އާއެކޭ ބުނުމަށެވެ. “ވަރަށް ރީތި ކުއްޖެއް.. މަންމައަށް ވަރަށް ކަމުދޭ… ދަރިފުޅު ވަރަށް ލޯބިވޭ ދޯ… ކޮބާ މިހާރު މިކުއްޖާ” ނާސިރާ އަމޭލިއާގެ މައުލޫމާތު ހޯދަން ބޭނުންވިއެވެ. “އޭނަ އުޅެނީ މީހަކާ އިންނަން.” ރާސިލް މޫނުގައި ދެއަތް އެޅެނީ މޫނު ފޮރުވާލުމަށެވެ. “މަންމަ އަށް މާފުކުރޭ.. ބައްޕަގެ ސަބަބުން” ނާސިރާގެ ގިސްލުމުގެ އަޑު އިވި ރާސިލް ނާސިރާގެ އަތުގައި ހިފީ ނުރޯށޭ ބުނަމުންނެވެ. “މަންމާ.. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް” ރާސިލް ނާސިރާގެ އުނގުމަތީގައި ބޯ އަޅާލުމުން ނާސިރާ އެބޮލުގައި ފިރުމާލިއެވެ. ނާސިރާއަށް ދެލޯ މަރާލެވުނީ ފުރަތަމަ ފަހަރަށް މައިބަފައިންގެ ހޮވުމާ މެދު ޝައްކުވުމުންނެވެ.
ނާސިރާ އާއި ރާސިލް ދެއްކި ވާހަކަ އަޑުއަހަން ބޭރުގައި މަހުމޫދު އިނީ އަތަށް ފެންފުޅިއެއް ލައިގެންނެވެ. އެންމެ ލޯބިވާ އަނބިމީހާ އާއި ދަރިފުޅުގެ ހިތުގައި މިޖެއްސުނީ ހާދަ ވަރަކަށެވެ. އެއްބަސް ވާންވީހެއްޔެވެ. ނޫނެކެވެ. އުބައިދަކީ އެންމެ ކުޑައިރުން ފަށައިގެން އެކީގައި އުޅުނު ހަމައެކަނި ރަހުމަތްތެރިޔާއެވެ. މަހުމޫދު އަވަސް އަވަހަށް ކޮޓަރިއަށް ވަނީ އިތުރަށް ނުވިސްނުމަށެވެ. ވިސްނައިފިއްޔާ ޅަ އެއްޗެއް އެޅިދާނެއެވެ. މިހާރުވެސް ކިޔާދޭން ނުޖެހޭވަރަށް ކިޔާދެވިއްޖެއެވެ.
*******
ފަންސޫރެއް އަތަށް ލައިގެން އެ އަނބުރަމުން ދެކޮޅަށް ހިނގާލަ ހިނގާލަ އިން އަމޭލިއާ އިނީ ފުން ވިސްނުމެއްގައެވެ. “ޕޮއް” މާޒިން އައިސް އަމޭލިއާ ސިއްސުވާލުމުން އަތުގައި އޮތް ފަންސޫރު ދިޔައީ އުދުއްސައިގެންނެވެ. “މާޒިން… ބިރުން ހަލާކު ވެއްޖެ” މޭމަތީގައި އަތް އަޅާލަމުން އަމޭލިއާ ބުންޏެވެ. “ހިހިހިހ ސޮރީ.. އެހެންނޭ ވާނީ.. ކޮން ކަމަކާ ގެއްލިފަ ތީނީ…” މާޒިން ހުނުން ހުއްޓަމުން އަހާލިއެވެ. ” އަލުން ކުޑޭގެ ފައިލް ކިޔަމާ… މާޒިންއަށް އެނގޭނެއެއްނު ފައްޓާނީ ކިހިނެއްކަން… އެކަމަކު އަނެއްކާ އެމީހުން އެއްބަސް ނުވެއްޖެއްޔާ” އަމޭލިއާ ވިސްނަމުން ދިޔަ ކަންތަން އެނގުމުން މާޒިން އަމޭލިއާގެ ކޮޑުގައި ހިފުމަށްފަހު ގޮނޑީގައި ބޭންދީ ހިތްހަމަ ނުޖެހިއެވެ. “އެމީ ތިވަރަށް ވިސްނަންޏާ ބޮލުން ފަތް ހުސްވެދާނެ.. ނުވިސްނަބަލަ.. ޕްލީޒް… ހުރިހާ ކަމެއް ވާނީ ރަނގަޅަށް.. އިތުބާރު ކުރެވޭ މީހެއްގެ އަތްމައްޗަކަށްނު ތި ދޫކޮއްލީ.. އެހެން ވީމަ އިތުބާރު ކުރޭ” މާޒިން އަމޭލިއާގެ އަތުގައި ހިފަމުން ބުނެލީ ހިނިތުންވަމުންނެވެ. “ތެންކްޔޫ” އަމޭލިއާ އަބަދުވެސް މާޒިންއަށް ޝުކުރުވެރިވެއެވެ.
……………..
“ކޮބާތަ… ކޮބާތަ” ޖެލީ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ޒީނާގެ މޫނު ހީވަނީ ރަތްކަމުން އަލިފާން ގަނޑެއް ހެނެވެ. ” ހާދަ ލަސްވީ.. ފަނަރަ މިނެޓް ވެއްޖެ” މާޒިން އާ ދިމާލަށް ލޯ އަޅާލަމުން ޒީނާ ބުނެލީ ތުން އަނބުރާލަމުންނެވެ. “ސާބަހޭ،… ދެންމެ އޭ ނިމުނީ.. ބަލާބަލަ ފެންވެސް ނުވަރާ މިހުރީ.. ހަވީރު މީހުން ބޭރަށް ނިކުމެ އުޅޭނީ ރީތިވެގެން” މާޒިން ލައިގެން ހުރި ގަމީހަށް ކުޑަކޮށް ދަމާލަމުން ބުނެލީ ޒީނާއާއި ދިމަލަށް ވައްތަރު ޖައްސަމުންނެވެ. މާޒިން އަނގަޔަށް ހަދާލިގޮތުން ޒީނާއަށް ނުހީ ނުހުރެވުނެވެ. “މާޒިން ގަނޑު… ” ޒީނާ މާޒިންގެ ގައިގަ ކުޑަކޮށް ޖަހާލަމުން ބުނެލީ ހެމުންނެވެ.
މާޒިން އާއެކު ޒީނާއަށް ވިލިގިއްޔަށް ދެވުނު އިރު ހަޔެއް ޖަހާނެވެ. މަޑު ހިނގުމެއްގައި ދެމީހުން ހިނގަމުން ދިޔައީ ބީޗްއާ ދިމާލަށެވެ. “ހޫން.. ދެން ކިޔާބަލަ،…. މަހީކުރީ ބޮޑު ކަމެއް ޖެހުނީކަމަށް” ދޮންވެލިގަނޑު މަތީގައި އިށިންނަމުން ޒީނާ އަހާލިއެވެ. “އެމީ ކައިރީގައި ބުނެފިން ލޯބި ވެއޭ… ހިހިހި އެއީ ކުޑަ ކަމެއްތަ” މާޒިން ބުނެލި އެއްޗަކުން ޒީނާއަށް ހިނދުކޮޅަކު ނަމަވެސް ނޭވާލާން ނޭނގުނެވެ. “ދެން… އެމީ ބުނީ” ޒީނާގެ ހިތް ޑަން ޑަން ލާފައި ޖެހެއެވެ. “އެމީ ބުނީ ކީކޭހެން ހީވަނީ” މާޒިން ޒީނާއާ ދިމާލަށް ބަލާލަމުން ބުނެލީ ވަރަށް ސީރިއަސް ކޮށެވެ. “އޯކޭ ވީތަ… އަޅޭ ސޯ ހެޕީ… ފައިނަލީ ދޯ” ޒީނާ ހާސްވިއެވެ. ހުރިހާ ބަސްތަކެއް އަވަސް އަވަހަށް އަމުނާލިއެވެ. “ހެހެހެހ.. ނޫން… އަހަރެންނަށް އެނގޭ އެމީ ބުނާނީ ކީކޭކަން.. އެހެންވެ އެމީއަށް ވުރެއް ކުރިން އަހަރެން ބުނީ އެމީ ބުނާނެ އެއްޗެހި… ޒީ… ޒީއަށް ނޭނގޭނެ.. އެމީ ކައިރީގައި އެހެން ބުނެވުނީމަ ވަރަށް އެހެންކަހަލަ.. އައި މީން ކުރިން ހީވި މޭ ފިތިފަ ހުންނަހެން.. ނޭވާ ނުލެވޭހެން… އެކަމަކު މިހާރު ވަރަށް ފަސޭހަ… ޒީއަށްވެސް ލޯބި ވާ މީހަކާ ދިމާ ވީމަ އެނގޭނީ ކުރެވޭ އިހްސާސް” މާޒިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމެވެ. “މާޒިންއަށް ކިހިނެއް އެނގެނީ އަހަރެން ލޯބިވާ މީހެއް ނެތްކަމެއް… ހިހިހިހ ނަސީބެއް… މާޒިން އޯކޭދޯ” ޒީނާ މާޒިންއާ ދިމާލަށް ބަލާލަމުން ބުންޏެވެ. މާޒިންވެސް ޒީނާއާއި ދިމާލަށް ބަލާލެވުނީ އެއީ ނޭނގޭ ވާހަކަ އެއްކަމުންނެވެ. ޒީނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ ކީއްވެގެންކަމެއް މާޒިންއަށް ނޭނގުނެވެ. ޒީނާގެ ލޯ ހާދަ ބޮޑެވެ. ވަށްމޫނު ކޮޅު ލޯބިކަމުން މޮޑެލާހިތްވެއެވެ. މާޒިން ހިތައްއެރި އެއްޗަކުން އަވަހަށް މޫނު އަނބުރާލިއެވެ. މާޒިން ތެދުވެ ހިނގައިގަތީ ޒީނާ ކައިރީގައި ދާން ހިނގާށޭ ބުނަމުންނެވެ.
********
“ނާސިރާ… ނާސިރާ… އަހަރެން މާފަށް އެދެންވީ ކިހާވަރަކައްތަ” މަހުމޫދު ނާސިރާ ކައިރީގައި ހުރެގެން ކިޔަމުން ދިޔައެވެ. “މަހުމޫދު އަހަރެންގެ މާފު ބޭނުންވެގެން އެބަ އުޅެންތަ” ވަރަށް ރުންކުރު ގޮތަކަށް ނާސިރާ އަހާލިއެވެ. “ބޭނުން… ވަރަށް ބޭނުން…. ނާސިރާގެ މާފު ލިބޭންޏާ ކޮންމެ ކަމެއްވެސް ކޮއްފާނަން” މަހުމޫދު ދިޔައީ އާދޭސް ކުރަމުންނެވެ. “އެންމެ ރަނގަޅު.. އަންނަ އަނގާރަ ދުވަހުން މަހުމޫދު ކޮއްފަ ހުރި ކުށެއްވިއްޔާ އެއަށް އިއުތިރާފުވޭ.. މަހުމޫދު ޖަލަށް ލިޔަސް އަހަރެން މަހުމޫދަށް އިންތިޒާރު ކުރާނަން… އަދި ވަފާތެރި އަންބެއްގެ ގޮތުގައި މިދުނިޔޭން ވަކިވެގެން ދަންޏާ ދާނީ… މަހުމޫދަށް ވާނެތަ…” ނާސިރާ ބޭނުންވާ ގޮތް ހާމަކުރީ މަހުމޫދާ ކުރިމަތިލަމުންނެވެ. ދެމަފިރިން އެއްކޮޓަރިއެއްގައި އުޅުނަސް ދެބީރައްޓެހިން ކަހަލައެވެ. “އެންމެ ރަނގަޅު.. ނާސިރާއައްޓަކާ… އަހަރެން އިއުތިރާފް ވާނަން… ނާސިރާ ދެކެ އަހަރެން ވަރަށް ލޯބިވޭ” މަހުމޫދު ނާސިރާގެ އަތުގައި ހިފަމުން ބުންޏެވެ. އެހެން ނަމަވެސް ނާސިރާ މަހުމޫދު ދެއްކި ވާހަކަ ގަބޫލު ނުކުރާކަން އެނގެއެވެ. މައްސަލައެއްނެތެވެ.” ނާސިރާ އިންތިޒާރު ކުރަންޔާ އަހަރެންނަށް ވާނެ…” މަހުމޫދު ތަކުރާރު ކޮއްލިއެވެ.
ނުނިމޭ…..
77 Comments!
Comments are closed.
Guyxx mi part thankkolheh kuru dhw. Sorryy for tht. Insha allah maadhama rey part eh up koh dhynan. Thnk u guyxx for supprtn n readin thx one. Lov yu guyxx ??????
Woww salhi ingwy..yey me frst..lurv yu mr kamaaaaa
Heheh. Yes ur alwayx first ehnu? Thnk u so much lov ??
Hehe dhwww?????
Wow..vvv reethi..thanxxx..keep it up..kamana
Thnks mari ?
really nice…
Thnk u ?
Wow.. I luv this story.. Wen next part.. ☺???
Insha allah tonyt thnk u?
Kahmaa dhen bunaane ehcheh ves ney mi mihaathanah kiyunu ehme rythi vaahaka… Vvvvvvvvvvvv reethi.. I love it.. Btw sorry kahmaa comment eh koh nuleveythy bxy kamun ney ekamu story hama perfect igey
Love you tvgc
Alheyyyy. Still so happii to knw tht u read it regularly. Thnk u so much ?
alhey… emy n maaxin nugulhuvahchey…. eyrun v hadi vaane…. anyways story v v v reethi! just love this story
Heheh. Alhe balamaa dhw. Thnk u?
V reethi mi part ves. Maaxin n zeena gulhuvan v dhen. So happy maadhan rey part eh up vaanethin. Good luck n waitin for the next part
Thnk u maan ?
V v rythi …kamaa haadha molhey. ..
Maaxin aa emy aa gulhen vx beynun vey ekam rasil ge vx kushehneh dhw…..dhn zee ekam lwbi vey dhw maxin dheke
Dhemyhun vx okey dhw. Maaxin n raasil. Heheh anywayxx thnk u ?
vvv reethi keep it up kamana…
Thnk u munee ?
jux lov3 this story.. tks kamanaa
Thnk u sikko?
acheedi
v v v v v vvv v hadi mihaa hadi vaahaka eh nukiyan adhi dhuvahaku vx
Hahaha …vaahaka kiyaane ehn kiyaafa knme dhuvahaku…mashah mahssala aky sheyn ehaa ready ga hunna iru vx kamana las vaathyve…haha sheyn aslu vx haadha jealous ve ey dhw…mahssala aky sheyn ah aharemen nah rythi vaane kahala vaahaka eh nuliyevun..sheyn ah hadiyey kiyaafa nuhurwvw mi vaahaka nukiya eh..boa goas vefa kanneynge thi hury..doc ah dhahkkaalan vynu…adhi bunan tha …kamana kalhey bunaa iru sheyn dhaanvynu kamana huri soora eh balaalan..plx eyah fahu kalhey kiyas okay
Adhi thikahala hadi gotheh neih sheyn eh nudheken…chyyyy furathama gd manners dhaskuran feney
Dhn anehkkaa sheyn akah nukere kamana dhoney bunaakah vx..aslu sheyn ehnvegen e ulhenii…. Sheyn thihen ladhun nuhure bunelaba kamana dhoney….mashah hyvey sheyn vx thi vrh kalhu myhekey amihlla myhaa kalhu vyma ehn myhun vx e grup ah laan ulhenihyyey….aharemen e dhenii kamana gina ginain vaahaka liyefa sheyn ah e vaahaka thah kiyeyne goiyy hama jehssun..sheyn mihaaru vx e hunnanik maadhan rey up kuraanamey buniima vx e varu vx las vefa..kamanaa sheyn ah ehennahadhaga..sheyn mihaaru nxt prt up veythw e hunnanii inthizaaruga…hahahahahaaaa????
v v v v reethi….. keep it up kamana ????????????
Thnk u xee ?
Story v v v v v nice, keep it up kamanaa!
Thnk u shaan ?
ma noolhen moya vegeneh
aslu my sheyn majalakah kiyaa ehcheh..kamanage stwry hama habys
I dnt knw if u really mean tht. Still thnk u ?
srry everyone plx 4give me
hahahahaha lol
Its ok…dhn ekahala ehvx ehcheh ehvx liyun theriyakaa dhimaalah nubunaathi…..??
Haadha reechey. Emy n raasil gulhuvaa avahah v salhi . n shyen maafu kohfin ekamaku dhn ekahala kameh nukuraathi. Raasil n emy loabin ulhey Iru salhi..
Aslutha. Ehnvihyaa adhivx ekahala scene thah gennan vy dhw ? Hehheh thnk u so much ?
V reethi ma favourite ingey kamana… :*
Awwn aslutha. So happiii. Thnk u?
aan dhen dhuvahaku vx nukiyaanan ekahala ehcheh evves myhakaa dhimaalakah…understant..adhivx thi kiyany kalhu sheyn.. v foohi..anehkaa vx kiyaany handi ganduvaru kalu kamana
Emy r maazin dhw salhivrnee. Edhemeehun gulhuvabr..
Aslu. Emy n maaxin gulheytha. Anywayx thnk u?
Hmmmm.. e dhemeehun asluvx gulhenee…
Okay…so kamana ah swry bunahvhey…tc??
Hahaha…srrry dhon kamanaa…lol
Kamana ekani kiyas okeyy. N itx okey sheyn. ??
Thuhaa understanding kujjeh ge name balaalan beynun..plx name bunefaanan thr..can we be friends
Numbrr vx bunefaanan thr
Hehe aslu beynun vy sheyn kamana aa dhimaalah ehaa hadikh ehchehi kyma e rangalhu noon kameh kan angan..nd e gothah vaahaka dhehkkyma sheyn vx kada vaa kan angan..thanks ekan understand vyma???
Kamana aslu namaky kibatha. N hw old r u. I really wanted to ask bfr.
Dhn faharakun okiii aashi ?
Thee kaaku thr..kaaku ge age balan bey nun vany.
Twnklstr thr sheyn aa dhimaalah kalhu sheyn kiyany
Haha hmm ehnnehnnu vaany sheyn kamana ah kalhu kamana ey buniima..
Haha sheyn kamana ah kalhu kamana ey buniima bunaane dhw ehn myhun vx
I want ute numbrrrrr plx dheefaanan thr
Haha
Plx dwefanan thr
9877654
Plx plx..beynun thy nayaa v gina vaahaka dhahkan
Kitheh tha twnkl str ge age
65??
Hehe i can’t give my number
Why???
Yu knw..ehn adhi bunelaahaa faseyha akun number nudheveyne dhww??
Sheyn ge num berr dhwynan gey vibre in angaala..ok shw
plx dheebala..sheyn mee thi heekuraa kahala kujjeh noon
Sheyn thi anheneh tha noony firihenwhtha thihaa varah thi aadheys kurany
hahaha.im a boy…lm 16 years old
Misty hykury thi girl eh kamah. ???
aslu furihama namaky shaahaan..gey myhun loabinmkiyany sheyn
So adhi sheyn ah rangalhu gotheh bune dhinumakun iy means nan bunumeh noin dhw ???
Thikonkameh mihaaru. Concentrate this story. Hama bunaa Iran number dheyn me raaje FM tha . ohh kamanaa haadha reechey mivaahaka. Furathama emy ah raasil bokusa ga hutaa fenunu dhuvahu faadakah ulhuneh nun dhow . aslu Ethan than raasil mihaaru handhaan v ma salhivaani. Emy ah eyru ehen Evy emee rape kohlaafa hurimakan. Chen raasil n emygulhuvaa adhi emy ge masahkathah raasil ves help vegen e case nimey Iru salhi vaani.. Me hama hiyaaleh. Thanks kamanaa v v habeys. Salhi vaahaka eh this falhaali..
Varah salhi