Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 10

Ushaali Level 810 Stories100 Comments100 Stories500 Comments
March 10, 2016 7 Mins Read
18 Comments

ޒޯހަންއާއި ޝަޒަން އަދި ހާލާ ބައްދަލުކުރީ މާލޭގެ ހިތްގައިމު ރެސްޓޯރަންޓް ބްރޭކްވޯޓަރ ގައެވެ. ތިން މީހުން މަޝްވަރާ ކުރަން އުޅޭ ކަންތަކާއި ގޭތެރޭގައި ވާހަކަދެއްކުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ތިން މީހުނަށް ވެސް ފެންނާތީއެވެ. ޝަޒަންއާއި ޒޯހަން ކޮފީ ބޯއިރު ހާލާގެ ކުރިމަތީގައި ހުރީ ފްރެޝް އޮރެންޖް ޖޫސް ތައްޓެކެވެ. “ނޭނގެ ވީގޮތެއް. ފަހުން އުޅުނު ގޮތުން ދެންމެ ދެންމެ އާއެނކޭ ބުނެފާނޭ ވެސް ހީވި. ދިޔަ ތަނެއް ވެސް މާލޭގައި ހުރިކަމެއް ވެސް ނޭނގެ” ޒޯހަން ދެރަވެފައި ވާހަކަދެއްކިއެވެ. “ޝިޔާ މާލޭގާ ވެސް އަދި  ރާއްޖެތެރޭގައި ވެސް ދާނެ ތަނެއް ނުހުންނާނެ. އެކަމަކު ޝިޔާ ގަދަބާރުން ގެންގޮސްދާނެ ފަރާތެއް ހުރެދާނެ” ހާލާ އިތުރަށް ވާހަކަ ނުދެއްކީ ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވިދާނެތީއެވެ. އެންމެ ފަހު ނޭވާއާއި ހަމައަށް ވެސް އެކުވެރިޔާގެ ސިއްރު ސިއްރެއް ގޮތަށް ބާއްވަން ހާލާ ބޭނުމެވެ. “އޯކޭ. ޒޯން ބުނީމެއްނު ލަތާދައްތަ ބުންޏޭ ޝިޔާ އުޅޭ ގެއެއްގެ ވާހަކަ. އެގެ ބަލާލަމާ ހިނގާބަލަ އަޅެ. އުޅެވެސްފާނެއްނު. ހާލީއަށް އެނގޭނެ ދޯ އެގެ” ޝަޒަން ހާލާއަށް ބަލާލަމުން ވާހަކަދެއްކުމުން ހާލާ ވެސް ބޯޖަހާލިއެވެ. “އެގެއަށް ވެސް ދެވިދާނެ. އެކަމު އެންމެ ފަހުން މަންމައާއި ބައްދަލުކުރި ދުވަހު ބުނި އެކޮޓަރީގައި އުޅެނީ ޕާޓޭއެކޭ. އެގެ ކައިރިން ވެސް ޝިޔާއެއް ނުދެކެމޭ” ހާލާ ވާހަކަދެއްކިއެވެ. ޒޯހަން ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު ގޮނޑީގައި ލެގިލާ ފުން ނޭވައެއް ދޫކޮށްލިއެވެ. “އެދުވަހު ޝިޔާ ދިޔައީ މީހަކު ބަލާ އައިމަތަ؟ މިބުނީ މުސްކުޅި ފުރާގެ ފިރިހެނެއްތަ އައީ ޝިޔާބަލާ. ޒޯން ދެކުނިންތަ އެއްވެސް މީހަކު” ހާލާ ހީކުރީ ބަކުރު އަނެއްކާ ޝިޔާރާގެ މައްޗަށް ގަދަވެގަތީ ކަމަށެވެ. “ނޫން ތިބުނާ ކަހަލަ ޕާޓޭ ފިރިހެނެއް ހުރީ. އެކުއްޖާއާއި ޝިޔާ ސަލާން ވެސް ކުރިތަން ދެކުނިން. ދެން ހިނގަމުން ދިޔައީ. އެދިޔަ ގޮތަށް ހަބަރެއްނުވޭ. އޭގެ ހަފްތާއެއްވަރު ފަހުން ސިޓީ ލިބުނީ” ޒޯހަންގެ ޖަވާބު ލިބުމުން ހާލާ ދެން އިތުރަށް އޮޅުންފިލުވަންޖެހޭ އެއްވެސް ކަމެއް ނެތެވެ. ހާލާގެ ވިސްނުނތޫނު ސިކުނޑިއަށް ހުރިހާ އެއްޗެއް ިނަގަން ސިކުންތެއް ވެސް ނުނެގިއެވެ. ހާލާގެ މަންމަ އެބުނާ ޕާޓޭއަކީ އެދުވަހު އެގެއަށް ޝިޔާރާ ބަލާ އައި މީހާ ކަމުގައި ހާލާއަށް ޔަގީންވިއެވެ. އެމީހާ އެކޮޓަރީގައި ޝިޔާރާ ބަންދުކޮށްގެން އުޅެނީއޭ ހާލާގެ ސިކުނޑީގެ ކަނަކުން ބުނެލިއެވެ. ހާލާ ދެން އެންމެ ނޭވައެއް ލާނީވެސް ޝިޔާރާގެ ހަބަރެއް ބަލާފައެވެ. އެކުވެރިޔާއާއި ބައްދަލުނުކޮށް ހާލާއަށް ދެން ރަނގަޅަށް އެއްކަމެއް ވެސް ނުކުރެވޭނެއެވެ.

 

އަނެއްދުވަހުގެ ހެނދުނު ވަގުތެވެ. ހެނދުނު ނާސްތާ ނިންމާލުމަށްފަހު ޝަޒަން ވަޒީފާއަށް ދިޔުމުން ހާލާ އުޅުނީ ޝިފްނީ ކޮލެޖަށް ދާންވާއިރަށް ޝިފްނީގެ ހެދުން އިސްތިރިކޮށްދިނުމަށެވެ. އަތްމަތި ވަރަށް އަވަސްކޮށްލުމަށްފަހު ހާލާ ތައްޔާރުވެގެން އައިސް ސާރާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިބްރާހީމް ކޮޓަރި ހުޅުވާލުމާއެކު ހާލާ ހީލިއެވެ. “ދަރިފުޅު ކަމަކުތަ؟” އިބްރާހީމް ހީލަމުން ހާލާ ކުރެން އަހާލިއެވެ. “ލައްބަ. ބައްޕާ… މަންމަ ކޮބާ؟” ދޮރުމަތީގައި ހުރި އިބްރާހީމް ކައިރީގައި ހާލާ އަހާލިއެވެ. “މަންމަ ފާހާނާއިގަ. ދަރިފުޅު ކޮޓަރި ތެރޭގަ މަޑުކުރަންވީނުް. ބައްޕަ މިދަނީ ބޭރަށް ފިހާރަ ދޮށަށް ދާންވެގެން” ހާލާގެ ބޮލުގައި ފިރުމާލަމުން އިބްރާހީމް ނިކުތުމުން ހާލާ ކޮޓަރިއަށް ވަދެ އެެނދުގައި އިށީނދެލިއެވެ. ސާރާ ފާހާނައިން ނިކުތުމާއެކު ހާލާ ބޭރަށް ދިޔުމުގެ ހުއްދައަކަށް އެދުމުން ހީލަމުން ސާރާ ހުއްދަ ދިނެވެ. ސާރާ ހީކުރި ގޮތަށް ހާލާވީ ވަރަށް އަހުލާގް ރަނގަޅު ކުއްޖަކަށެވެ. އެއްވެސް ތަނަކަށް ދާންޖެހިއްޖެނަމަ ޝަޒަންއަށް ގުޅުމަށް ހާލާ ކައިރީގައި ބުނެފައި ވިޔަސް މިފަހަރު ހާލާ ބުނާ ހިސާބަކަށް ގެންގޮސްދިނީ ޝަޒަންގެ ޑްރައިވަރ އެވެ. ހިމަ ގޯޅިގަނޑުތެރެއަށް ވަދެގެން ދިޔަ ހާލާ ހިތް ބާރަށް ތެޅެމުންދިޔައެވެ. ޝިޔާރާއާއި ބައްދަލުވާނެ ކަމުގެ ނޭނގޭ ޔަގީންކަމެއް އެހިތުގައިވިއެވެ. ކޮޓަރިއާއި އަރާ ހަމަވުމުން ހާލާ ފުންނަޒަރަކުން ކޮޓަރީގެ ދޮރަށް ބަލާލިއެވެ. އެކޮޓަރި ތެރޭގައި ޝިޔާރާ އުޅޭނަމަ އުޅޭނެ ހާލު ހިތަށް އެރުމާއެކު ހާލާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖެހި އަޑު އިވުމާއެކު ހާލާ ބާރަށް ދުވެލާފައި ގޮސް ޖެހިގެން ހުރި ގޭ ދޮރާއްޓަށް ވަނެވެ. ވަގުވަގަށް ބޯދިއްކޮށް ބަލާލިއިރު ކަޅު ޓީޝާޓެއްގައި ހުރި ޕާޓޭއެއް ކޮޓަރި ބޭރުން ތަޅުލުމަށްފަހު ނުކުމެގެން ދަނީއެވެ. ޕާޓޭ ދިޔަކަން ޔަގީންވުމާއެކު ހާލާ އެކޮޓަރީގެ ދޮރުގައި ޖަހާލިއެވެ. އެތެރޭގައި ފާރުގައި ލެގިގެން އިން ޝިޔާރާ އަށް ސިހުމެއް ލިބުނެވެ. އެއީ ކާކުބާއެވެ؟ މޯޑް ނަމަ ޓައްކެއް ނުޖަހާނެއެވެ. ހުޅުވާނީއެވެ. ވިިއިރު އެދޮރުފަތުގެ ބޭރުގައި އެއީ ކާކުބާއެވެ؟ ޝިޔާރާ ސިއްސައިގެން ދިޔައީ މިފަހަރު ކުރިއަށް ވުރެ ބާރަށް ޓަކި ޖެހުމުންނެވެ. މިފަހަރު ޝިޔާރާ ދުވެފައި ގޮސް ހުއްޓުނީ ދޮރުފަތް ކައިރީގައެވެ. ނަމަވެސް ޝިޔާރާއަށް ދޮރު ހުޅުވޭނޭ އެއްގޮތެއް ވެސް ނެތެވެ. ދޮރުފަތުގައި ކަންފަތް ޖަހައިގެން ހުރި ޝިޔާރާގެ ދެލޮލުން ވިދުމެއް ފެނުނީ ދޮރުން ބޭރުގައި ހުރި ހާލާ ޝިޔާރާގެ ނަމުން ގޮވާލީމައެވެ.

ހާލާ ދެވަނަ ފަހަރަށް ޝިޔާރާއަށް ގޮވާލުމާއެކު ޝިޔާރާ އަތުގައި ހުރި ބާރެއް ލާފައި ދޮރުފަތުގައި  ތަޅައިގަތެވެ. ޝިޔާރާގެ އެއަމަލުން ހާލާއަށް އެއީ ޝިޔާރާ ކަމުގައި ޔަގީން ކުރެވިގެން ދިޔައެވެ. ލިބުނު އުފަލަކުން ހާލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ޝިޔާރާއަށް ދެވަނަ ފަހަރަށް ގޮވާލިއެވެ. “ޝިޔާ މިކިޔާ އެއްޗެއް ރަނގަޅަށް އަޑު އަހައްޗެ. އެހާ ވަގުތެއް ވެސް ނެތް. ކުޑަދޮރާއި ދިމާލުން މަތީގަ ވަރަށް ތިރިން އެހުރީނުން ފެންލައިޓެއް. އެތަން ކުޑަކޮށް ހުޅުވާލަބަލަ. މަގޭ ފޯނު އެއްލާނަން އެތަންކޮޅު ތެރެއިން. އަތުގަ ފޯނު ބާއްވާލަ. ގެއަށް ގޮށްސަ މަންމަގެ ފޯނުން މެސެޖް ކުރާނަން. ޝިޔާ ރިޕްލައި ކުރަންވާނެ. އިރާދަކުރެއްވިއްޔާ މިރޭގެ ވަގުތެއްގައި ތިތަނުން ޝިޔާ ނެރެދޭނަން. ޕްރޮމިސް. ދެން ހުޅުވާ ކުޑަކޮށް” ޝިޔާރާ ފެންލައިޓް ހުޅުވާލުމާއެކު ހާލާ ދަބަސްތެރޭގައި އޮތް ފޯނު ކުޑަތަންކޮޅުގެ ތެރެއިން އެއްލިއެވެ. އެއަށްފަހު ގޯޅިގަނޑުން ނިކުންނަން ދުއްވައިގަތެވެ. ހާލާގެ މިސްރާބަކަށްވީ އެންމެ ކައިރީގައި ހުރި ހާލާގެ މަންމަމެގެ ގެއެވެ. ބަދިގޭގައި އުޅުނު އަރޫޝާ ގައިގާ ބައްދާލުމަށްފަހު ހާލާ ވާހަކައެއް ހަދާލާ އަރޫޝާގެ ފޯނު ހިފައިގެން ގޮސް ވަނީ ހާލާ އުޅުނު ކޮޓަރިއަށެވެ.

 

ހާލާގެ ފޯނު ހިފައިގެން އިން ޝިޔާރާ އިނީ މެސެޖަކަށް އިބްތިޒާރުކުރާށެވެ. އެހިނދު ހާލާގެ މެސެޖް ޝިޔާރާއަށް ލިބުމާއެކު އެތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ހާލާ ކުރި ސުވާލުތަކަށް ޝިޔާރާ ޖަވާބުދެމުން ދިޔައެވެ. ޝިޔާރާ ބުނި ގޮތުގައި މޯޑް އެނބުރި އަންނާނީ މިރޭ ދަންވަރު ބާރަ ޖަހާލާހާ އިރުއެވެ. ހުރިހާ ވާހަކަތަކެއް ހާލާއަށް ކިޔާދީ ނިމުމަށްފަހު ޝިޔާރާ ޒޯހަންގެ ހާލު އޮޅުންފިލުވުމަށް ބޭނުންވާ ކަމުގައި ލިޔެ ހާލާއަށް މެސެޖް ފޮނުވާލިއެވެ. ޒޯހަން އުޅުނު ހާލު މެސެޖަކުން ހާލާ ޝިޔާރާއާއި ހަމައަށް ފޮނުވާލުމުން ޝިޔާރާއަށް ރޮވުނެވެ. ޝިޔާރާގެ ހަށިގަނޑުގައި އެތަންމިތާ އެޅި ވޭނަށް ވުރެ ބޮޑަށް އެހިތުގައި އެޅި ވޭން މާބޮޑެވެ. ޒޯހަން ޝިޔާރާ ދެކެ އެހާ ލޯބިވަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ދެން ޝިޔާރާ ހާލާއަށް މެސެޖް ފޮނުވާލީ ވަރަށް ވިސްނާފައެވެ. މިތަނުން ޝިޔާރާ ސަލާމަތްވި ކަމުގައި ވިޔަސް ޒޯހަންގެ ހަޔާތަށް ޝިޔާރާ ނުދާނެ ކަމުގައި ބުންޏެވެ. ޝިޔާރާ ބޭނުންވަނީ ޒޯހަންގެ ހަޔާތަށް ޒޯހަންއާއި ގުޅޭ ކުއްޖެއް ގެނައުމަށްކަމުގައި ބުންޏެވެ. ވަގުތުން ހާލާ ދެކޮޅު ހެދިއެވެ. ޝިޔާރާގެ ހާލަތު ޒޯހަންއަށް ސިއްރުކޮށްގެން ވަރަށް ގިނަ ދުވަހު ހާލާއަށް އުޅެވިއްޖެ ކަމަށާއި ދެން ޝިޔާގެ އެއްވެސް ކަމެއް ޒޯހަންއަށް ސިއްރު ނުކުރާނެ ކަމުގައި ވަރުގަދަ ކަމާއެކު ހާލާ ބުނެލިއެވެ. ޝިޔާރާއަށްޓަކައި ހުރިހާ ކަމެއް ސިއްރުކޮށްގެން ލައްކަ ދުވަހު އުޅެވިއްޖެ ކަމުގައި ބުނެ ދެން ހާލާ މަޑުން ނުހުންނާނެ ކަމުގައި ބުންޏެވެ. މިހާރުވެސް މިހުރިހާ ދުވަހު ހަގީގަތް ފޮރުވައިގެން ހާލާއަށް ވަރަށް ބޭއިންސާފުން ކަންތައް ކުރެވިއްޖެ ކަމުގައި ބުންޏެވެ. ހާލާގެ ވަރުގަދަ ބަސްތަކުން ޝިޔާރާއަށް އެކައްޗެއް ވެސް އިތުރަށް ނުލިޔެވުނެވެ. ސާބިތު ކަމާއެކު ހާލާ ބުނެފި ކަމެއް އޭނާ ކުރާނެކަން ޝިޔާރާއަށް އެނގެއެވެ. މިރޭގެ ހުރިހާ ކަމެއް ޕްލޭންކޮށް ރާވާ ޝިޔާރާ ގުޅުމަށް ޝަޒަންގެ ފޯނު ނަންބަރު ވެސް ދީފައެވެ.

 

ކުރީގެ ހާލަތަށް ޒޯހަން އިއާދަވާން ފެށުމުން ލަތާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޔަޝްމީ ވެސް މަންމަ ގެއަށް ބަދަލުވިތާ ދެވަނައަށްވި ދުވަހު އެނބުރި އައުމުން އެކަމާއި ވެސް ލަތާ ވަރަށް ހިތްހަމަޖެހޭއެވެ. ޝިޔާރާ ދިޔަ ފަހުން އެގެއަށް މަސައްކަތްކުރާކަށް ކުއްޖަކު ގެންނާކަށް ލަތާ ބޭނުމެއްނުވެއެވެ. އެބޮޑުގޭ ހުރިހާ މަސައްކަތެއް ލަތާ އެކަނި ކުރާއިރު އަތްގާތް ކޮށްދެނީ ރާކީއެވެ. ޔަޝްމީ އެނބުރި އައުމުން ލަތާއަށް ލައްކަ މަސައްކަތް ކުއިވާނެ ކަމުގައި ލަތާ ގަބޫލުކުރެއެވެ. ހަވީރު ހުރިހާ މީހުން ކޮފީ ބޯންތިބިއިރު ޝަޒަންގެ ފޯނު އޮތީ ހާލާގެ އަތުގައެވެ. ކަމެއް ޖެހިގެން ނުވަތަ އެއްޗެއް އަހާލަން ވެސް ޝިޔާރާ ގުޅާފާނެތީ ހާލާ ހުންނަން ޖެހެނީ ތައްޔާރީ ހާލަތުގައެވެ. ޝަޒަން ވެސް މިއަދު ހުރީ އަޖައިބު ވެފައެވެ. ހާލާ ކައިރީގައި ފޯނު ކޮބާތޯ އެހުމުން ބުނީ މަންމަ ގޭގައި ބޭއްވުނީ ކަމަށާއި މިރޭ ވަގުތެއްގައި އެގެއިން ނަގާނީ ކަމުގައެވެ. ޒޯހަންގެ ތުންފަތުން ހިނިތުންވުން ފިލާ ނުގޮސް ހުރީ މިރޭގެ ވަގުތެއްގައި ޝިޔާރާއާއި ބައްދަލުކޮށްދޭނެ ކަމުގައި ހާލާ ބުނެފައި ވުމުންނެވެ. ކެތްތެރިކަމެއް ނެތި ޒޯހަން އިންތިޒާރު އެކުރަނީ އެވަގުތަށެވެ. ހާލާ ދެރަވަނީ ޝިޔާރާގެ ހާލު އެނގި ޒޯހަންއަށް ވާނެ ގޮތް ހިތަށް އަރާފައެވެ.

ގަޑިން އެގާރަ ޖެހިއިރު މޯޑް ގެއަށް ވަދެއްޖެއެވެ. ފާރުގައި ލެގިލައިގެން އިން ޝިޔާރާ ނޫން ގޮތަކަށް މޯޑަށް ބަލާލުމަށްފަހު ފޯނު ޖިންސުގެ ޖީބަށް ކޮށްޕާލިއެވެ. މޯޑް ވަންގޮތަށް ޝިޔާރާ ކައިރީގައި ކެއިންހޭ އަހާލުމުން ޝިޔާރާ އަވަސް އަވަހަށް ބޯޖަހާލިއެވެ. “އެހެންތަ؟ އެހެންވިއްޔާ ތިގަމީސްކޮޅު ބަލާފަ އާދެބަލަ މަގޭ ކައިރިއަށް. ގަމީސް އެކަންޏެއް ނޫން. ހުރިހާ އެއްޗެއް ބާލާފަ އާދޭ” ވަރަށް ހަމަޖެހިލާފައި މޮޑް އެހެންބުނީ ގައިގަ ހުރި ޓީޝާޓާއި ޖިންސު ބާލާ ހުސް ބޮކްސާ ކޮޅަށް ހަދަމުންނެވެ. “އަޑު ނީވުނީތަ މަ ބުނި އެއްޗެއް. އަހަރެން ބާލުވަން ވެއްޖިއްޔާ ތިހަށިގަނޑަށް އިތުރު ވޭނެއް ލިބޭނީ” މޯޑްގެ އިންޒާރުން ޝިޔާރާ ބިރުގަތެވެ. ފާހާނާއި ދިމާލަށް ޝިޔާރާ އިނގިލި ދިއްކޮށްލުމުން މޯޑް ތިރީގައި އޮށޯވެލީ ޝިޔާރާ ފާހާނާއިން ނިކުންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. ޖީބުން ފޯނު ނަގާ ޝިޔާރާ ވަރަށް ހަލުވިކަމާއެކު ހާލާ ދިން ނަންބަރަށް މެސެޖް ކޮށްލިއެވެ. އެއަށްފަހު ފޯން ޖީބަށް ލުމަށްފަހު ގިނަ އިރުތަކެއް ވަންދެން ހުއްޓި ހުރީއެވެ. މޯޑް ބާރަކަށް ގޮވާލުމާއެކު ޝިޔާރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަތުގެ އިޝާރާތުން ޝިޔާރާ މޯޑް ކައިރީގައި ޕީރިއަޑްވީއޭ ބުނުމުން ވެސް މޯޑަށް ބުނި އެއްޗެއް ނޭނގުނެވެ. އަތްދަނޑިމައްޗަށް ޝިޔާރާ އުފުލާލައިގެން ގޮސް ގޮދަޑި މައްޗަށް ވައްޓާލަމުން މޯޑް ޖެހިގަތީ ޝިޔާރާގެ ގައި މައްޗަށެވެ. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ޝިޔާރާ ގަދަ ދައްކަމުން ދިޔައެވެ. ޝިޔާރާގެ ގަމީހުގެ މަތިން ދެގޮށް ނައްޓާލަމުން މޯޑް މަސައްކަތް ކާމިޔާބު ކުރެވޭތޯ އުޅުނެވެ. މިއިން ދުވަހަކު ޝިޔާރާ ބާރު ނުލާ ވަރަށް މޯޑްގެ އަތް ދަށުން ސަލާމަތްވޭތޯ ތެޅެމުން ދިޔައެވެ. މޯޑްގެ ކުރިމަތީގައި ޝިޔާރާ އެއްވެސް އެއްޗަކަށް ނުވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ޝިޔާރާގެ ގަމީސްކޮޅު ގަޔާ ވަކިކޮށް މާދުރަށް ހޫރާލިއެވެ. ގަދަ ދެއްކީތީ ޝިޔާރާގެ މޫނުމަތީގައި ގޮށްމުށްކަވާފައި ޖެހުމުން ޝިޔާރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މޯޑަށް އުނދަގޫވީ ޝިޔާރާގެ ޖީންސުގައި އަޅާފައި އިން ބެލްޓް ނައްޓުވާށެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނަގާ ހޫރާލިއެވެ. އެވަގުތު ޝިޔާރާ ގޮސް ޖެހުނީ ލަކުޑިފޮށިގަނޑު މަތީގައެވެ. އުނަގަނޑަށްވި ތަދާއެކު ޝިޔާރާއަށް އޮތީ ހިންދެމިނުލެވިފައެވެ. “،ބުނީމެއްނު އޭރުވެސް މިހެން ވާނޭ” އަނެއްކާ ޝިޔާރާ ކޮޅަށްނަގާ ތުންފަތުގައި ކިސްކޮށްލުމަށްފަހު ޝިޔާރާ ކައިރީގައި ޖިންސުގައިވާ ބެލްޓް ނެއްޓުމަށް ބުންޏެވެ. ޝިޔާރާ ބޮލުން ނޫނެކޭ ބުނުމާއެކު ދެވަނަ ފަހަރަށް މޫނު މަތީގައި އަޅާލި ބޮނޑިއާއެކު ޝިޔާރާގެ ނޭފަތުން ލޭތައް އޮހޮރިގަތެވެ. ޓައިލްސް މައްޗަށް ވެއްޓިފައި އޮތް ޝިޔާރާގެ ބުރަކަށީގައި ފައިން ޖެހުމަށްފަހު ބުރަކަށި މައްޗަށް އަރަން ދިމާކުރި މޯޑަށް ހުއްޓުމެއް އައީ ދޮރުފަތުގައި ޓަކިޖަހާ އަޑަށެވެ. އެތައް އިރަކު މޯޑް މަޑުކޮށްގެން ހުރުމަށްފަހު ދޮރު ކުޑަކޮށް ހުޅުވާލުމާއެކު ބޭރުގައި ހުރި ޒޯހަން ދޮރު ފަހަތަށް ކޮށްޕާލިއެވެ. އެވަގުތު ދޮރު ގޮސް މޯޑްގެ ނޭފަތުގައި ޖެހުނެވެ. އައްދޯތްއޭ ބުނެ މޯޑް ކުރިއަށް ޖެހުމާއެކު މޯޑްގެ މޭގައި އަތްއަޅާ ފަހަތަށް ކޮށްޕާލިއެވެ. ޒޯހަންގެ ފަހަތުގައި ހުރި ހާލާއަށް ވެއްޓިފައި އޮތް ޝިޔާރާ ފެނުމާއެކު ހަޅެއްލަވާގަތެވެ. ޝިޔާއޭ ގޮވާލާ ވަރަށް ބާރަށް އެދިމާލަށް ދުއްވައިގަތެވެ. މޯޑްގެ ޓީޝާޓްގެ ކަރުވަޅުގައި ހިފައިގެން ހުރި ޒޯހަންއަށް ސިހުން ލިބި އެދިމާލަށް ބަލާލުމާއެކު ފެނުނު މަންޒަރުން ދެއަތް ހުރަސްކޮށްލެވުނީ ލޯމަތީގައެވެ. އެންމެ ކައިރީގައި އޮތް ބެޑްޝީޓުން ޝިޔާރާގެ ހަށިގަނޑު ނިވާކޮށްލުމަށްފަހު ޝިޔާރާ ބާއްވާލީ ހާލާގެ އުނގުމަތީގައެވެ. މޫނުމަތީގައިވާ ލޭތައް ފެނި ހާލާގެ ހެއަށް ވެސް ގޮތް ނުވީ ކިރިޔާއެވެ. ޒޯހަންއައިސް ހުރި ރުޅީގައި ކޯތާފަތުގެ ދެ މަސްގަނޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ. ދެއަތް މުށްކަވާލެވިފައިވާ ހާލު ބަލާލީ ބިރުން ކުޑަވެފައި ހުރި މޯޑަށެވެ. ރުޅިއައިސްގެން ރަތްވެފައިވާ ޒޯހަންގެ ދެލޯ ފެނި މޯޑް ދުއްވައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. އެވަގުތު ބޭރުގައި ފާރައަށް ހުރި ޝަޒަން މޯޑް ހިފެހެއްޓިއެވެ. ތިރީގައި އެއްލާލާފައި އޮތް އާދައިގެ ތޫނު ވަޅިއެއް ޒޯހަންއަށް ފެނުމާއެކު އެނަގައިގެން ގޮސް އަމާޒުކުރީ މޯޑްގެ މެއަށެވެ. އެވަގުތު ޝަޒަން މޯޑް ތިރިއަށް ވައްޓާނުލާ ޝަޒަން ސައިޑަކަށް ނުޖެހުނު ނަމަ ކޮންމެސް އެކެއްގެ މަރު ޒޯހަން އަތުން ވީހެވެ. ވެއްޓުނު ބާރު މިނުގައި ނުތެދުވިފައި އޮތް މޯޑް ޒޯހަން ކައިރީގައި ތީއޭނާގެ ކާކުހޭ އަހާލުމާއެކު ޒޯހަން ބާރު އަޑަކުން އެއީ ތިމަންނަގެ ލޯބިވެރިޔާއޭ ބުނެލިއެވެ. އެވަގުތު ހާލާގެ އުނގުގައި އޮތް ޝިޔާރާ އެސްފިޔަ ތަޅުވާލިއެވެ. “އެއީ މަގޭ ދޮންމަންމަ. އާނ. މަގޭ ބައްޕަގެ އަންބެއް އެއީ އަދިވެސް. ކަލޭމެން ނުޖެހޭދޯ މިދޭތެރެއަށް ވަންނާކަށް. އެހެންނޫނަސް އަހަރެން ހުންނާނީ އެހެން މީހަކަށް އޭނާގެ ބޭނުން ނުކުރެވޭވަރު ކޮށްފަ” މޯޑް ބުނި އެއްޗަކުން ޝޮކެއްގައި ހުރި ޒޯހަންގެ ރުޅިގަނޑަށް ޕެޓްރޯލު އަޅާލިކަހަލައެވެ. ތިރީގައި އޮތް މޯޑްގެ ދިގު އިސްތަށިގަނޑުގައި ހިފާ ދަމަމުން ބޭރަށް ނެރެ ކަރުގައި ހިފީ ހަމަ މަރާލުމުގެ ބޭނުމުގައެވެ. މޯޑް މަރަށް ތެޅެން ފެށުމުން ޒޯހަން ދުރުކުރެވޭތޯ މަސަކަތްކުރަމުން ދިޔަ ޝަޒަން ވެސް މުޅިން ބަލިވިއެވެ. ޒޯހަންގެ ހަށިގަނޑުގައި ޖިންނި ބާރެއް ހުރި ކަހަލައެވެ. “ޒެން. އެމްބިއުލާންސަށް ގުޅާ” ހާލާގެ އަޑު ޒޯހަންގެ ކަންފަތުގައި ޖެހުމާއެކު މޯޑްގެ ކަރުން ދޫކޮށްލިއެވެ. އަދި އެތެރެއަށް ވަންނަން ދުއްވައިގަތީ ފައިގާ ލެވުނުހާ ބާރެއް ލާފައެވެ. އެވަގުތު އެތަނަށް ފުލުހުން އައިސް މޯޑް ނަގައިގެން ގެންގޮސް ބަހަށް އެރުވިއެވެ. ގެއާއި ކައިރިކޮށްލި  އެމްބިއުލާންސްއަށް ޝިޔާރާގެ ހަށިގަނޑު އެރުވީ ޒޯހަންގެ އަތް މަތީގައެވެ.

ހަތްމިނިޓްގެ ކުރު ދަތުރަކަށްފަހު އޭޑީކޭގެ އެމަރޖެންސީ ރޫމުގައި ޝިޔާރާއަށް ފަރުވާދޭން ފެށިއެވެ. ދޮރުމަތީގައި ޒޯހަން ހިނގާލަ ހިނގާލަ ހުއްޓެވެ. ނިއްކުރި މަތީގައި މޯޑްގެ ދިގު ނިޔަފައްޗެއް އެޅިފައި ހުރި ތަނުން ލޭއައިސަ ހުއްޓެވެ. ގަމީހުގެ މަތިން ދެގޮށް އުފުރައިގެން ގޮސްފައި ހުރިއިރު ލޮލުން ފައިބާ ކަރުނަތަކަށް ހުއްޓުމެއް ނާދޭއެވެ. ގޮނޑީގައި ހާލާ ކައިރީގައި އިށީނދެއިން ޝަޒަން ޒޯހަން ކައިރިއަށް ޖެހިލާ އެއްކައިރިއަށް ޖެހިލީ ޒޯހަން އުޅޭ ގޮތުން އެހިސާބުގައި ތިބި ބައެއް މީހުން ބަލާވަރުންނެވެ. ޒޯހަންއަށް ގޮނޑިގައި އިނދެވުނީ އިރުކޮޅަކުއެވެ. ހަބަރެއް ބަލާލުމަށްޓަކައި ޒޯހަން އެތެރެއަށް ވަނީ ހިތަށް ކެއްނުކުރެވުނީމައެވެ. ޝިޔާރާ ކައިރީައި އުޅުނު ޑޮކްޓަރުންތައް ފެނި ޒޯހަން ހިތުގައި ބިރުވެރިކަމުގެ ރާޅެއް ހިނގާލިއެވެ. ފަހަތުން ޝަޒަން ވެސް ވަދެ ޒޯހަންގެކޮނޑުގައި އަތް ބާއްވާލިއެވެ. ޒޯހަން ކައިރިއަށް ޑޮކްޓަރެއް ކައިރިވެލާ ވާހަކަދެއްކިއެވެ. ޝިޔާރާގެ ހާލު ސީރިއަސް ކަމަށް ބުނެ މިހާރުން މިހާރަށް އައިސީޔޫއަށް ބަދަލު ކުރަނީ ކަމުގައި ބުނުމުން ޒޯހަންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަވަސްއަވަހަށް ޝިޔާރާގެ މައްސަލައަކީ ކޮބާތޯ އޮޅުންފިލުވާލިއެވެ. ޖަވާބުގައި އެއްޗެއް ބުނަން އަދި މާއަވަހޭ ޑޮކްޓަރުން ބުނުމުން ޒޯހަން މާޔޫސްވާ ގޮތްވިއެވެ.

އެއްގަޑިރު ތެރޭގައި ރާއްޖޭގެ ހަބަރު ފަތުރާ ހުރިހާ ވަސީލަތްތަކުން ހަބަރުތައް ފެތުރެން ފަށައިފިއެވެ. އަވަސް ހަބަރެއްގެ ގޮތުގައި މަންމަން އަންހެންކުއްޖެއް ކިޑްނެޕްކޮށްގެން ގެންގުޅުނު ޒުވާން ފިރިހެންކުއްޖަކު ހައްޔަރު ކުރެވުނު ވާހަކަ ހުރިހާ މީހުންގެ ތުންތުން މަތިން އިވެން ފަށިއިފިއެވެ. މެކާހިޔާގައި ސިޓިންގްރޫމުގައި ތިބި މީހުން ވެސް ތިބީ އެކަން ކުރި މީހަކު ވަރަށް ބޮޑަށް ކުށްވެރި ކޮށްގެންނެވެ. އަންހެންކުއްޖާގެ މައުލޫމާތު އެނގުމުން ލަތާއާއި ނޫރީ ތިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ރާކީއާއި ޔަޝްމީ ތިބީ ފެންކަޅިވެފައެވެ. ޓީވީ ނިއްވާލުމަށްފަހު ނޫރީ ހުރިހާ މީހުންނަށް ނިދަންދާން އެންގީ ތަން މާބޮޑަށް ހަމަހިމޭންވެ ނޭފަތް ދަމާ އަޑު އިވެން ފެށުމުންނެވެ.

ޝިޔާރާގެ ރަހިމަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން އޭގެ އަސަރު ސިކުނޑިއަށް ކޮށްފައިވާތީ އޮޕްރޭޝަނެއް ކުރަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ރާއްޖޭން ބޭރަށް ފުރަންވީ ކަމުގައި ޑޮކްޓަރ ބުނީ އެވަގުތު އެތަނުގައި ހުރި ހާލާ ކައިރީގައެވެ. ލަސްކޮށްފިނަމަ ފުރާނާ ގެއްލިދާނެ ކަމުގެ ބިރުވެރި އިންޒާރުން ހާލާގެ މޭ ކެކިގަތެވެ. ބަލިމީހާ ބާއްވަން ޖެހެނީ ނިންދަވާފައި ކަމުގައިއާއި ހޭލެވިއްޖެނަމަ ޝޮކެއް ޖެހިދާނެތީވެ އެކުގައި ޑޮކްޓަރަކާއި ނަރުހެއް ގެންދާގޮތަށް ވެސް ހަމަޖެހުނެވެ.

ޝިޔާރާ ގޮވައިގެން ފުރަން ހަމަޖެހުނީ އަނެއް ދުވަހުގެ ހެނދުނެވެ. އެކުގައި ދާގޮތަށް ހަމަޖެހުނީ ހާލާ އެވެ. ހާލާ ބޭނުންވަނީ ހާލާގެ އަމިއްލަ ފައިސާއިން އެކުވެރިޔާއަށް ހަރަދު ކުރުމަށެވެ. ގޭ އެންމެން ކުރިމަތީގައި ހާލާ އެވާހަކަ ވެސް ބުނެލީ ރޮވިފައިވާ އަޑަކުންނެވެ. ސާރާ ވީ އުފަލުން ހާލާގެ ބުރަކަށީގައި ފިރުމާވެސް ލިއެވެ. ދެވަނަ ފަހަރަށް ޗުއްޓީއެއް ހޯދުމަށް ޝަޒަންއަށް ފަސޭހަކަމަކަށް ނުވުމުގެ ސަބަބުން ހާލާއާއި އެކީގައި ފުރާ ގޮތަށް ނިންމީ ޒޯހަންއެވެ. އެނިންމުން ނިންމީ ހުދު ނޫރީއެވެ. ޝިޔާރާއަކީ އެގޭގައި މަދު ދުވަސްކޮޅަކަށް ނަމަވެސް ޒިއްމާދާރު ކަމާއެކު މަސައްކަތްކޮށްފައިވާ ކުއްޖަކަށްވާތީ އެވެ. އަދި މިވަގުތު ދިއުމަށް އެއްވެސް ހުރަހެއް ވެސް ނެތީ ޒޯހަންއަށް ކަމަށް ވާތީއެވެ. ލެއްވި ރަހްމަތަށްޓަކައި ޒޯހަންއަށް ހިތާހިތުން މާތްﷲ އަށް ޝުކުރު ކުރެވުނެވެ. ޒޯހަންއާއި ނުލާ ޝިޔާރާ ފުރައިގެން ދިޔަނަމަ ޒޯހަންގެ ފުރާނަ އާއި ހަށިގަނޑު ދެތަންވާނެ ކަމުގައި އެއްވެސް ޝައްކެއްނެތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 15

Next

ވާރޭ ( ދެވަނަބައި)

Next
March 11, 2016

ވާރޭ ( ދެވަނަބައި)

Previews
March 10, 2016

ނިމިދާނެ ޖާނާ ހިތާ 15

18 Comments!

  1. Rora says:
    March 10, 2016 at 7:44 pm

    Yayyy!! M first.. v salhi. Xohan n shiyaaraa gulhuvaba awahah

  2. Rinxy says:
    March 10, 2016 at 7:58 pm

    Wow v nice

  3. Zaanaa says:
    March 10, 2016 at 8:10 pm

    Vvvvv avahah next part up kohdeeba haada reethi vaahakayekay me vaahaka keyaafa rovehje

  4. zeee says:
    March 10, 2016 at 8:11 pm

    WoW mi part vx varah reethi…waiting for the next part…..

  5. Anonymous says:
    March 10, 2016 at 8:22 pm

    V v rythi….waiting for next part alhe avaskohlahchey

  6. Appy says:
    March 10, 2016 at 8:24 pm

    Waiting for next part….

  7. laimaan says:
    March 10, 2016 at 8:35 pm

    V reethi

  8. Zaanaa says:
    March 10, 2016 at 8:55 pm

    Kohme duvahaku up kohdeeba pls pls

  9. sumone says:
    March 10, 2016 at 9:03 pm

    mashaallah vrh furihama… thikuraa hihvarah saabas …. stroy is soooooo nice…

    1. sumone says:
      March 10, 2016 at 9:04 pm

      story* masha allah **

  10. fairy princess says:
    March 10, 2016 at 9:10 pm

    Nyc…daily kh up khdhyba

  11. naax says:
    March 10, 2016 at 10:46 pm

    Varah reethi next part avas kohlahchey plx plx

  12. Mar Sha Marsha says:
    March 10, 2016 at 10:48 pm

    ?????☝??
    ????????
    Soooooo nice

  13. Zeena says:
    March 11, 2016 at 1:57 am

    OMG

  14. blue says:
    March 11, 2016 at 2:19 am

    nxy prt avahah up kohdhehchey 😀 v reethiii

  15. Shaai says:
    March 11, 2016 at 6:38 am

    V reethi… Aslu enme reethi ve shiyaara a Johan dhimaaveefa. ? keep it up…..???

  16. Hooo says:
    March 11, 2016 at 9:31 am

    Varah salhi. Avahah next part.

  17. princess says:
    March 11, 2016 at 12:17 pm

    Wowww nyc….waiting for nxt prt

Comments are closed.

Next Episodeފުންއަސަރު 11←


All Right Reserved!