އެހަނދާންތައް…
އަރާމު ނިންޖަކުން ނިދާލާފައި އޮތް ޒައިނާއަށް ހޭލެވުނީ އޭނަގެ މަންމަ ޒޫނާ ގޮވުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުން ތެދުވިއެވެ. “ދަރިފުޅާ އަވަސްކުރައްޗޭ.. އެހެންނޫނީ ގަޑި ޖެހިދާނެ.. ދޮންބެ އެބައިން މިހާރު ސައިބޯން” ކޮޓަރިން ނިކުންނަމުން ޒޫނާ ބުނެލިއެވެ. އިތުރަށް މަޑުނުކޮށް ޒައިނާ ފާހަނައަށް ވަނެވެ.
ޒައިނާ އާއި ޒަލަފްއަކީ އެއްބަނޑު ދެކުދިންނެވެ. ޒަލަފްގެ ބައްޕަވަނީ ކެންސަރު ބަލީގައި ނިޔާވެފައެވެ. އޭރު ޒަލަފްގެ އުމުރަކީ ތިން އަހަރެވެ. ޒަލަފްގެ އުމުރުން ފަސްއަހަރުގައި ޒޫނާ އެހެން މީހަކާ ކައިވެނި ކުރިއެވެ. އެއީ މިހާރުގެ ފިރިމީހާ އަދި ޒައިނާގެ ބައްޕަ ވަސީމެވެ. ޒައިނާއަށް ވަސީމަކީ ޒަލަފްގެ އަސްލު ބައްޕަ ނޫން ކަމެއް ނޭނގެއެވެ. އެކަން އޭނާއަށް އަންގާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. ވަސީމަކީ ޒަލަފްގެ އަސްލު ބައްޕަ ނޫނަސް ޒައިނާއަކާ އެއްވެސް ތަފާތެއް ނުކުރެއެެވެ. އަމިއްލަ ދަރިއެއް ދެކެވާ ލޯބި ޒަލަފް ދެކެވެސް ވެއެވެ. މިކަމާ ޒޫނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހި އުފާވެފައެވެ.
ޒައިނާ ކޮލެޖްއަށް ދާން ތައްޔާރުވެލައިގެން ސައިބޯން އައެވެ. އޭރު ޒަލަފް ސައިބޮއެ ނިމިގެން ތެދުވަނީއެވެ. “ދޮންބެ ހަމަ ޒައީ އައީމަ ދަނީދޯ..ދެން އޯކޭ” ތުން އަނބުރާލަމުން ޒައިނާ ބުނެލިއެވެ. “ނޫނޭ.. ޒައީ ތިއައީ ދޮންބެ ސައިބޮއެ ނިމުނީމަ ވިއްޔާ.. އެކަމު ޒައީ ބޭނުމިއްޔާ ދޮންބެ ހުރެދާނަން މިތާ ޒައީ ނިމޭންދެން” ގޮނޑި ދަމާލަމުން ޒަލަފް ވާހަކަ ދެއްކިއެވެ. “ހޫމް މަޑުކުރޭ ޒައީ ނިމޭންދެން.. ދޮންބެ ހިނގާބަ ޒައީ ކޮލެޖްއަށް ލައިދެން.. މިއަދު ނެތް ހިނގާފަ ދާހިތެއް.. މަންމާ ކޮބާ ބައްޕަ މިއަދު؟” ވަސީމް ފެންނަން ނެތުމުން ޒައިނާ ސުވާލު ކޮށްލިއެވެ. “ބައްޕަ ރޭ ފަތިހު މިތާ ކައިރި ރަށަކަށް ގޮސްވީ.. އޮފީސް ދަތުރެއްގަ.. ދަރިފުޅު ވާހަކަ ގިނަ ނުކޮށް އަވަސްކޮށްބަލަ.. ދޮންބެ އޮފީސް ގަޑި ޖެހިދާނެ” ފުޅިއަށް ފެން އަޅަމުން ޒޫނާ ބުންޏެވެ. ޒައިނާ އަވަހަށް ސއިބޮއެ ނިންމާލިއެވެ.
ޒައިނާއަކީ އެހެން އަންހެން ކުދިންނާ ހިލާފަށް އަނގަ ގަދަ ކެރޭ ކުއްޖެކެވެ. ކޮނޑާ ހަމައަށް ކޮށާލެވިފައިވާ ބުޅި އިސްތަށި ގަނޑުން ޒައިނާގެ އެވަށްވަށް މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އުމުރުން 18 ގެ ޒައިނާއަކީ ހަމުގެ ކުލަ އެހާ ދޮން ނޫނަސް ފިރިހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި ކަމެއް ގުދުރަތުން ލިބިފައި ހުރި ކުއްޖެކެވެ. ޒައިނާއާ ހިލާފަށް ޒަލަފްއަކީ ބަސްމަދު ފިރެހެނެކެވެ. ބޭކާރު އަނގަ ތަޅާ ހެދުމަކީ ޒަލަފް އެންމެ ފޫހިވާ އެއްކަމެވެ. ނަމަވެސް ޒައިނާއާއެކު އަބަދުވެސް ސަކަރާތް ޖަހާ ދިމާކޮށް ހަދައެވެ. އުމުރުން 25 އަހަރުގެ ޒަލަފް ބަލާ ބެލުމަށް ހީވަނީ އެކާވީސް އަހަރުހެންނެވެ.
11 Comments!
Comments are closed.
helllo readers. mi shaffu ge kuru vaaahaka eh. furathama bai veema kurukoh mi genesdhinee. maadhama aneh bai dhiguko genesdheynan. tgc 🙂
Good luck story nyc
Wow
Nice starting. Best of luck
enmaabandu dekudin…. umutu thafaathukan
Manjey ranfalhah kiyaafa coment kohbala. Ehbandu 2 kudhin ney. Ehmaa bandekey noon. Enmaabandaa ehbandaa a ee 2cheh.
enmaabandekey nubuney..ehbandu ey buny
Good start… story unfold vamun dhaa varakah bodah like veveyne story eh kamah hykurann.. good luck shaffu ☺
Salhi feshumeh..gud luck..
Nyc story
gud