އަރާމު ނިންޖަކުން ނިދާލާފައި އޮތް ޒައިނާއަށް ހޭލެވުނީ އޭނަގެ މަންމަ ޒޫނާ ގޮވުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުން ތެދުވިއެވެ. “ދަރިފުޅާ އަވަސްކުރައްޗޭ.. އެހެންނޫނީ ގަޑި ޖެހިދާނެ.. ދޮންބެ އެބައިން މިހާރު ސައިބޯން” ކޮޓަރިން ނިކުންނަމުން ޒޫނާ ބުނެލިއެވެ. އިތުރަށް މަޑުނުކޮށް ޒައިނާ ފާހަނައަށް ވަނެވެ. ޒައިނާ އާއި ޒަލަފްއަކީ އެއްބަނޑު ދެކުދިންނެވެ. ޒަލަފްގެ ބައްޕަވަނީ ކެންސަރު ބަލީގައި ނިޔާވެފައެވެ. އޭރު ޒަލަފްގެ އުމުރަކީ ތިން އަހަރެވެ. ޒަލަފްގެ އުމުރުން ފަސްއަހަރުގައި ޒޫނާ އެހެން މީހަކާ ކައިވެނި […]