Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
March 9, 2016 9 Mins Read
34 Comments

ރީހާންއާ އާސިމް ތިބީ އެކަކު އަނެކަކުގެ ކުރިމަތީގައެވެ. އާސިމްގެ މޫނު ނަޒްލާއަށް ފެނުނު ނަމަވެސް ރީހާން ހުރީ ނަޒްލާއަށް ފުރަގަސް ދީގެންނެވެ. ރީހާންއާ ދިމާއަށް ބަލަން އާސިމް ހުރި އިރު އެ މޫނުމަތިން ނުރުހުމުގެ އަސަރު ނަޒްލާއަށް ފާހަގަ ކުރެވުނެވެ.

ކުރިމަތިން އާސިމް ފެނުމުން ކާކުކަން ނޭނގުނު ނަމަވެސް ހީލާފައި ކުރިއަށް ދާން އުޅެފައިވެސް ދެވަނަ ފަހަރަށް ރީހާން އާސިމްގެ މޫނަށް ބަލާލީ އާސިމްގެ ލޮލުގެ ކުލަ ރީހާންއަށް ފާހަގަ ކުރެވުމުންނެވެ. އެއާއެކު އެއީ އާސިމް ކަމާ، އެއީ ޒައިންގެ ބައްޕަކަން ރީހާންއަށް ޔަގީން ވިއެވެ.

ރީހާން ހީކޮށްގެން ހުރީ އާސިމް އަދިވެސް ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އާސިމް މާލެ އައި ވާހަކައެއް ނަޒްލާ ރީހާން ގާތަކު ނުބުނެއެވެ.

އެގޮތަށް ރީހާންއާ އާސިމް ފެނުމުން ނަޒްލާވެސް އެކަން ހަނދާން ވިއެވެ. ހާސް ވެފައި ބަލަން ހުރެވުނީ އެކަން ސިއްރު ކުރުމުން ރީހާން ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ.

ނަޒްލާ ބަލަން ހުއްޓާ ރީހާން އެނބުރިފައި ނަޒްލާއާ ދިމާއަށް ބަލާލިއެވެ. ރީހާންގެ ހިތުގައި ވާ ސުވާލު އެލޮލުން ނަޒްލާ ދެނެގަތެވެ. އަދި އެއީ އާސިމްކަމާ ޒައިންގެ ބައްޕަ ކަން ރީހާންއަށް އެނގިއްޖެ ކަންވެސް ނަޒްލާއަށް އެނގުނެވެ.

“ރީހާން!” ނަޒްލާއަށް ބަލަން ހުރެފައި ރީހާން ސިހުނީ ޔުމްނާގެ އަޑަށެވެ.

“ޔުމް، ކިހިނެއް؟” ޔުމްނާއާ ދިމާއަށް އެނބުރެމުން ރީހާން ހީލާފައި އަހާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ނަދީމް ކައިރީގައި އާސިމް ހުއްޓެވެ.

“ރަނގަޅޭ ހަމަ… އާރިޝް، އާދޭ ޔުމް ދައްތައާ އެކީ” ޔުމްނާ ރީހާންގެ އަތުން އާރިޝް ނަގާ އުރާލިއެވެ.

ނަޒްލާގެ އާއިލާ އެންމެންވެސް ރީހާން ދަންނަކަން އެމަންޒަރު ބަލަން ހުރި އާސިމްއަށް އެނގުނެވެ.

“ނަދީމް، ކާކު އެއީ؟” އާސިމް ނަދީމްއާ ސުވާލު ކޮށްލިއެވެ.

ނަދީމް ރީހާންއަށް ބަލާލިއެވެ. އާސިމް ކުރި ސުވާލުގެ ޖަވާބު ދޭން ނަދީމްއަށް އުނދަގޫ ވިއެވެ. ބުނާނެ އެއްޗެއް ވިސްނާލަން ނަދީމްއަށް އިރުކޮޅެއް ބޭނުން ވިއެވެ.

“އެއީ ނަޒޫގެ އޮފީސްމޭޓެއް” ނަދީމް ޖަވާބު ދިނެވެ.

ނަދީމް ޖަވާބު ދިން ގޮތުންނާ، އެޖަވާބު ދޭން ނެގި ވަގުތުގެ ސަބަބުން ނަދީމް އެދިނީ މުޅިން ތެދު ޖަވާބެއް ކަމަކަށް އާސިމްއަކަށް ގަބޫލެއް ނުކުރެވުނެވެ. ނަޒްލާއާ އެ ރީހާންއަކާ މެދު ކޮންމެވެސް ގުޅުމެއް ވާކަމަށް އާސިމްގެ ހިތް ބުނަމުން ދިޔައެވެ. އެހެން ހިތަށް އެރުމާއެކު އިރުކޮޅަކަށް އާސިމްގެ ހިތް ހުއްޓުނު ހެން ހީވިއެވެ. ނަޒްލާއާ ދިމާއަށް ބަލާލެވުނެވެ.

އެވަގުތު ޝާއިރު ގޮވާލުމުން ނަދީމް ދިޔައެވެ. އާސިމް ނަޒްލާއަށް ބަލަން ހުއްޓާ ރީހާން ގޮސް ނަޒްލާ ކައިރީ މަޑުކޮށްލިއެވެ. އެއް އަތުން ޒައިންގެ އަތުގައި ހިފަހައްޓައިގެން ހުރެފައި ނަޒްލާ ޒައިން ނަގާ އުރާލިއެވެ. އަދި އެވަގުތު ރީހާން ބުނި އެއްޗަކުން ރީހާންއާ ދިމާއަށް ބަލާލުމާއެކު ނަޒްލާ ވަށައިގެން ހޯދާލިއެވެ. އާސިމް ފެނުމުން އަނެއްކާވެސް އިސް ޖަހާލާފައި ނަޒްލާ ރީހާންއަށް ކޮންމެވެސް އެއްޗެއް ބުނެލިއެވެ.

އެދެމީހުން އެދައްކަނީ އާސިމްގެ ވާހަކަ ކަން އާސިމްއަށް ޔަގީން ވީ ނަޒްލާ ދެވަނަ ފަހަރަށްވެސް އާސިމްއާ ދިމާއަށް ބަލާލުމުންނެވެ.

 

“ޒައިންގެ ބައްޕަ އައި ވާހަކަ ކީއްވެ ނަޒޫ ނުބުނީ؟ ކޮން އިރަކު އޭނަ އައީ؟” ނަޒްލާ ކައިރީގައި މަޑު ކޮށްލާފައި ރީހާން އަހާލިއެވެ.

އެސުވާލުގެ އަޑު އިވުމާ އެކު ނަޒްލާއަށް ރީހާންއާ ދިމާއަށް ބަލާވުނެވެ. އަދި ހަމަ އެއާއެކު އާސިމް ކޮބާތޯވެސް ބަލާލެވުނެވެ.

“ކާކު ބުނީ އެއީ ޒައިންގެ ބައްޕައޭ؟” އާސިމް ފެނުމުން ރީހާންއަށް ހުރިހާ އެއްޗެއް އެނގިއްޖެ ކަން އެނގި ހުރެވެސް ނަޒްލާ އަހާލިއެވެ.

“މީހަކު ނުބުންޏަސް އަހަންނަށް އެނގިއްޖެ” ރީހާން ބުންޏެވެ. ދެންވެސް ނަޒްލާއަށް ބަލާލެވުނީ އާސިމްއާ ދިމާއަށެވެ.

“ޒައިންއަކީ އަހަރެންގެ ކުއްޖެއް. އަހަރެން ހުރިހާ އެއްޗެއް ރީހާންއަށް ކިޔާ ދިނީމެއްނު؟ އޭނަގެ އަނގައިން އަހަރެން ބަލިވެ އިނީ އޭނަގެ ދަރިއަކަށް ނޫނޭ ބުނި ދުވަހުން ފެށިގެން ޒައިންއަކީ އަހަރެންގެ އެކަނި ކުއްޖެއް. އެހެން ވީމަ މާލެއަށް މީހަކު އަޔެކޭ ކިޔާފަ އަހަރެން ރީހާން ކައިރީގަ އެމީހެއްގެ ވާހަކަ ބުނަންވީ ކީއްކުރަން؟” ނަޒްލާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ.

“އެހެން ވިއްޔާ އޭނަ މިއަދު މިތާ ކީއް އެކުރަނީ؟” ރީހާން އެހިއެވެ.

“އެއީ ދޮންބެގެ ބެސްޓް ފްރެންޑް ވީމަ އޭނަ މިތަނަށް އައީ، ކޮންމެހެން ޒައިންއަކާ ގުޅުމެއް އޮވެގެނެއް ނޫން…” ކުރިން ރީހާންއަށް ނާންގާ އޮތް ކަމެއް ނަޒްލާ އެވަގުތު އަންގާލިއެވެ. “އެހެން ނޫނަސް ހުރިހާ ކަމެއްގެ އެކްސްޕްލެނޭޝަން އަހަރެން ޖެހޭތަ ރީހާންއަށް ދޭން؟ ތިހުރިހާ ސުވާލެއް އަހަންނާ ކުރުމުގެ ކޮން ހައްގެއް ރިހާންއަށް އޮތީ؟ އަހަރެން ނުޖެހޭ އެއްވެސް މީހެއްގެ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް” އެވަގުތު ނަޒްލާ އާސިމް ދެކެ އައި ރުޅި އަމާޒުވީ ރީހާންއަށެވެ.

ރީހާން ނަޒްލާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި އެއްވެސް އެއްޗެއް ނުބުނެ ދިޔައެވެ.

ރުޅި އާދެވުނީ މާގަދައަށް ކަމާ، އާސިމް ދެކެ އާދެވުނު ރުޅި އެވަގުތު އަމާޒު ކުރެވުނީ އެކަމުގައި ކުށެއް ނެތް މީހަކަށް ކަން ނަޒްލާއަށް އިހުސާސް ކުރެވުނީ ރީހާން ދިޔުމުންނެވެ. ރީހާން ކުރި ސުވާލަށް އެހާ ހަރުކަށިކޮށް ޖަވާބު ދެވުނީތީ ނަޒްލާ ދެރަވިއެވެ.

ރީހާން ނަޒްލާއާ މެދު ދެކޭ ގޮތާ، ނަޒްލާގެ ފަރާތުން ރީހާން އެދެނީ ކޮން ކަމެއް ކަންވެސް ނަޒްލައަށް އެނގޭ އިރު ރީހާން އެސުވާލު ކުރާނެ ކަން ނަޒްލާއަށް ވިސްނެއެވެ. ރީހާންގެ އެސުވާލަށް ޖަވާބު ދޭން ނަޒްލާއަށް މަޖުބޫރު ކަމަކަށް ނުވި ނަމަވެސް އެއަށް ވުރެ ރީތިކޮށްވެސް ނަޒްލާއަށް ރީހާން ގާތު އެހެން ބުނެވުނީހެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން ރީހާން އާރިޝް ގޮވައިގެން އައެވެ.

“ދަނީ…” ރީހާން ބުންޏެވެ.

ނަޒްލާ ރީހާންއަށް ބަލާލިއެވެ.

“ރީހާން…” ނަޒްލާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރީހާން އެފުރުސަތެއް ނުދިނެވެ.

“އާރިޝް، ނަޒްދައްތަ ކައިރީގަ ބުނޭ ދަނީއޭ” ރީހާން އާރިޝްއަށް ބުންޏެވެ.

“ދަނީ…” ރީހާންގެ އަޑުގައި ވި ހަރުކަށިކަން އާރިޝްއަށްވެސް ފާހަގަ ކުރެވުނީ ކަންނޭނގެއެވެ. އާރިޝް އަވަހަށް ބުނެލިއެވެ.

ރުޅި އައިސްގެން ހުރެ ރީހާން ދިޔުމުން ނަޒްލާ ދެރަވިއެވެ. ރީހާން ކުރި ސުވާލަށް ތަންކޮޅެއް މަޑުމައިތިރިކޮށް ޖަވާބު ދެވުނު ނަމައޭ ނަޒްލާ އަނެއްކާވެސް ހިތަށް އެރިއެވެ.

ހުރިހާ ކަމަކީވެސް އާސިމްގެ ކަންތަކެވެ. އަމިއްލަ އިހުސާސްތައް ހިފަހައްޓަން ނަޒްލާއަށް އުނދަގޫ ވަނީ އާސިމްގެ ސަބަބުންނެވެ. އަދިވެސް ނަޒްލާގެ ހިތާ، އިހުސާސްތަކާ ކުޅެލުމުގެ ބާރު އޮތީ އާސިމްގެ އަތުގައެވެ.

ނަޒްލާއަށް ވަށައިގެން ހޯދާލެވުނެވެ. އަސްމާއާ ކޮންމެވެސް ވާހަކައެއް ދައްކަން ހުރެފައި އާސިމް އެވަގުތު ނަޒްލާއަށް ބަލާލިއެވެ. ހީވީ ނަޒްލާ ބަލަން ހުރިކަން އެނގިގެން ބަލާލިހެންނެވެ. ނަޒްލާ އަވަސް އަވަހަށް އަނެއް ފަރާތަށް ބަލާލިއެވެ.

ހައެއް ޖަހާ އިރަށް ނިމެން އޮތް ޕާޓީ ހަގަޑި ބައިވީ އިރުވެސް ނުނިމެއެވެ. ނަޒްލާވެސް ހުރީ ގެޔަށް ނުދެވިފައެވެ. އަސްމާއާ ޝާއިރުގެ ކައިވެނި ކުރަން އޮތީ އަށެއް ޖަހާއިރު ކަމަށް ވާތީ އާސިމް ނޫނީ އަސްމާމެންގޭ އެހެން އެންމެންނާ ޝާއިރުވެސް ހަގަޑި ބައި ވުމުން ގެޔަށް ދިޔައެވެ.

ނަޒްލާމެންނާ އެކީ އާސިމްވެސް ގެޔަށް ދާން ނިކުތް އިރު ހަތެއް ޖަހާ ބޮޑު ވެއްޖެއެވެ. ގެޔަށް ދިޔަ ގޮތަށް ނަޒްލާ ފުރަތަމަވެސް ޒައިން ނިންދެވީއެވެ. ޒައިން ނިދުމުން ނަޒްލާ ފޯން ހިފައިގެން ކުޑަދޮރު ކައިރިއަށް ގޮސް ރީހާންއަށް ގުޅާލިއެވެ.

“ހަލޯ؟” ރީހާން ފޯން ނެގިއެވެ.

“ސޮރީ!” ފުރަތަމަވެސް ނަޒްލާ މާފަށް އެދުނެވެ.

ރިހާން އެއްޗެއް ނުބުނެ ޓީވީ ނިވާލާފައި ފޯން ހިފައިގެން ކޮޓަރިއަށް ވަނެވެ.

“ރީހާން…؟” ރީހާން އެއްޗެއް ނުބުނުމުން ނަޒްލާ ގޮވާލިއެވެ.

“ޒައިން ކޮބާ؟ ނިދީތަ؟” އެނދުގައި އިށީނދެފައި ރީހާން އަހާލިއެވެ.

“އާނ، ނިދައިފި” ޒައިންއަށް ބަލާލަމުން ނަޒްލާ ޖަވާބު ދިނެވެ.

“ރުޅި އައިއްސަތަ؟” ދެންވެސް ރިހާން އެއްޗެއް ނުބުނުމުން ނަޒްލާ އެހިއެވެ.

“ނޫން، ރުޅިއެއް ނާދޭ” ރީހާން ބުންޏެވެ.

“ދެން ކީއްވެ އެހާ އަވަހަށް ދިޔައީ؟ ރުޅި ނާންނަ ނަމަ މަޑު ކުރާނެއެއްނު؟” ނަޒްލާ ބުންނެވެ.

“ނަޒޫ ކުރާ ކަމަކާ، ނޫނީ ނުކުރާ ކަމަކާވެސް އަހަރެން ރުޅި އައުމުގެ ހައްގެއް ނަޒޫ ނުދެމެއްނު؟” ރީހާން ބުންޏެވެ.

“ސޮރީއޭ، އަހަންނަށް އެވަގުތު މާބޮޑަށް ރުޅި އާދެވުނީ” ނަޒްލާ އަނެއްކާވެސް މާފަށް އެދުނެވެ.

“އަސްލު އަހަންނަށްވެސް އެވަގުތު މާގިނަ ސުވާލު ކުރެވުނީ… އެކަމަކު… ދެން އަޅާނުލާ، ނަޒޫ ހިތްހަމަ ނުޖެހޭ ވާހަކަ ނުދައްކަމާ ދޯ؟” ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވި ނަމަވެސް ރީހާން އެވަގުތު އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

“ރީހާން ރުޅި އައިސްގެން ދިޔައިމަ އަހަރެން ގުޅާލީ” ނަޒްލާ ބުންޏެވެ.

“ތިބުނީ އަހަރެން ރުޅި އައިސްގެން ނޫނީ ނުގުޅާނަމޭތަ؟” ރީހާން ސަމާސާ ކޮށްލިއެވެ.

“ނޫނޭ…” ނަޒްލާއަށް ހެވުނެވެ.

“ގެޔަށް އައިއްސަ އާރިޝް ވަރަށް ބޮޑާވެސް ހޭކި އަވަހަށް އައިމަ” ރީހާން ބުންޏެވެ.

“އެހެންނޭ ވާނީ. ބައްޕަވެސް އެހާ ބޮޑާ ހާކަންޏާ އޭނަވެސް ދަސްކުރާނެއެއްނު؟ އަންނަ ހުކުރު ދުވަހުން އާރިޝް މިގެޔަށް ގެނެސްދޭން ވާނެ ތިވީ ގޮތުން” ނަޒްލާ ރީހާންއާ ދިމާކޮށްލަމުން ބުންޏެވެ.

“އާނ، ގެންދާނަން” ރީހާން އެއްބަސް ވިއެވެ.

“ދެން ބޭއްވީ އިނގޭ، އާރިޝްއަށް ސަލާން ބުނައްޗޭ” ނަޒްލާ ފޯން ކަނޑާލުމުގެ ކުރިން ބުންޏެވެ.

ނަޒްލާ އެނދުމަތީ ފޯން ބާއްވާފައި އަލަމާރި ކައިރިއަށް ގޮސް އެރޭ ލާން ފަހާފައިވާ ހެދުން ނަގާ އެއަށް ބަލަން ހުއްޓެވެ.

އެދުވަހު ކަންތައް ވަމުން ދަނީ މުޅިންވެސް ނަޒްލާ އެދޭ ގޮތާ ޚިލާފަށެވެ. ފުރަތަމަ ޕާޓީގައި ކަންތައް ވީގޮތެވެ. އަނެއް ކޮޅުން އާސިމްއާ ނަޒްލާ ޒުވާބު ކުރި ފަހުން އެރެއަކީ ނަޒްލާ އާސިމްމެން ގެޔަށް ދާ ފުރަތަމަ ރެއެވެ. އެއީ ނަޒްލާ އެއްގޮތަކަށްވެސް ކުރަން ބޭނުން ކަމެއް ނޫނެވެ.

އަސްމާ ކައިވެނި ކުރާ ވަގުތު އާއިލާގެ އެންމެންނާ، އެންމެ ގާތް އައްޓެހިން އަސްމާ ކައިރީ ތިބުމަކީ އަސްމާގެ އެދުމެކެވެ. ކައިވެނި ކުރެވެނީ އަސްމާގެ ގޭގައެވެ. ނަޒްލާ އެރޭ އެގެޔަށް ދާން އެއްބަސްވީވެސް އަސްމާ އާދޭސް ކުރި ވަރުންނެވެ.

ޔުމްނާ ތައްޔާރު ވެގެން އައިސް ނަޒްލާގެ ކޮޓަރީ ދޮރު ހުޅުވާލާފައި ވަން އިރުވެސް ނަޒްލާ ހުރީ ހެދުމަށް ބަލަހައްޓައިގެންނެވެ.

“ނަޒޫ، ހަތްގަޑި ބައިވީ… ރެޑީ ނުވަންތަ؟” ޔުމްނާ އަހާލިއެވެ.

“އުހުނ… މިތައްޔާރު ވަނީ… ޓެން މިނެޓްސް” ނަޒްލާ އަވަސް އަވަހަށް ބުންޏެވެ.

 

ނަޒްލާއާ ޔުމްނާ ނަދީމްއާ އެކީ އަސްމާމެން ގެޔަށް ވަން އިރު ހުރިހާ ކަމެއްވެސް ހުރީ ތައްޔާރުކޮށް ނިމިފައެވެ. ނަދީމް ގޮސް ޝާއިރު ކައިރީ މަޑުކޮށްލުމުން ނަޒްލާއާ ޔުމްނާ އެރީ މައްޗަށެވެ.

އަސްމާގެ ކޮޓަރިއަށް ވަން އިރު އަސްމާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އަމިއްލަ ކައިވެނި ކުރެވޭތީ އިންތިހާއަށް އުފާވި ނަމަވެސް އަސްމާ ހުރީ ކޮންމެވެސް ވަރަކަށް ބިރުވެސް ގަނެފައެވެ. ނަމަވެސް ޔުމްނާއާ އެކު ނަޒްލާ އައި ތަން ފެނުމުން ވަގުތުން އަމިއްލަ ހާސްކަން ހަނދާން ނެތި ނަޒްލާއާ މެދު އަސްމާ ކަންބޮޑު ވިއެވެ.

އާސިމް ފެންނަން ނެތް ނަމަވެސް އެގެޔަށް ވަނުމުން އެހުރިހާ ދުވަސް ވަންދެން ނަޒްލާ ހަނދާން ކުރަން އެންމެ ބޭނުން ނުވި ދެރޭގެ ހަނދާންތައް އައިސް ނަޒްލާ ވަށާލިއެވެ. އެގެޔަށް ވަނީއްސުރެ ނަޒްލާ ހިފަހައްޓައިގެން ހުރި ކަރުނަތައް އިތުރަށް ނުހިފެހެއްޓުމުން އޮހެން ދޫކޮށްލެވުނީ އަސްމާގެ ކޮޓަރިއަށް ވަދެވުމުންނެވެ.

“އައިމް ސޮރީ ނަޒޫ…” އަސްމާ ގޮސް ރޮވިފައި ހުރި ނަޒްލާ ގައިގަ ބައްދާލިއެވެ.

އިރުކޮޅެއް ފަހުން ނަޒްލާ ދުރަށް ޖެހިލާފައ ލޯ ފޮހެލިއެވެ.

“ސިމީގެ ސްޕެޝަލްޑޭ އަހަރެން ސްޕޮއިލް ކޮށްލީ ދޯ؟” ނަޒްލާ ހިލާފައި އަހާލިއެވެ.

“ނޫން… އަސްލު އަހަރެންގެ މޮޔަކަން… މިރޭ މިގެޔަށް އަންނަން އަހަރެން ނަޒޫއަށް ފޯސް ކޮށްގެން ނުވާނެ… އަސްލުވެސް، ވަރަށް ބޮޑަށް ސޮރީ” އަސްމާ ދެވަނަ ފަހަރަށްވެސް މާފަށް އެދުނެވެ.

“އުހުނ… އަހަރެން ބޭނުން މިދުވަސް ހުރިހާ ގޮތަކުންވެސް ސިމީއަށް ސްޕެޝަލް ވާން… ސިމީ ބޭނުން ކޮންމެ ކަމެއްވެސް އަހަންނަށް ވާން އޮތިއްޔާ މިއަދު ކޮށްދޭނަން. އަޅާނުލާ… މިހާރު އޯކޭ” ނަޒްލާ އަސްމާގެ އަތުގައި ހިފާލަމުން ބުންޏެވެ.

ޔުމްނާއާ އަސްމާ ނަޒްލާގެ ދެއަތުގައި ހިފާލިއެވެ.

“އެއިޓްވީ، ހިނގާ ތިރިއަށް ދާން…” ޔުމްނާ ފާރުގައި ހުރި ގަޑިއަށް ބަލާލާފައި ބުންޏެވެ.

ތިން މީހުން އެކީ ތިރިއަށް ފޭބި އިރު އާސިމްވެސް ތިރީގައި ހުއްޓެވެ.

އެއެންމެން ތެރޭގަވެސް އެދެމީހުންނަށް ހީވީ އެތާ ތިބީ އެދެމީހުން އެކަނި ހެންނެވެ. އެހެން ބަޔަކު އެތާ ތިބި ކަމުގެ އިހުސާސެއް އެކަކަށްވެސް ނުކުރެވެއެވެ. އެންމެންގެ ތެރޭގައި ނަޒްލާ ކައިރިއަށް ގޮސް ނަޒްލާ ކައިރިން މާފަށް އެދެން އެތައް ފަހަރަކު އާސިމް ހިތަށް އެރިއެވެ. ނަމަވެސް އެހިތްވަރު ކުރާކަށް ނުކެރުނެވެ.

ކައިވެނިކޮށް ނިމުމުން ނަދީމްއާ ޔުމްނާއާ ނަޒްލާ ދިޔައީ ގެޔަށެވެ. ގޭއެންމެންނާ އެކީ ޒައިންވެސް ގޮވައިގެން ޕާޓީއަށް ދާށެވެ.

ޕާޓީގައިވެސް ކަންތައް ވީ ނަޒްލާ އެދޭ ގޮތަކަށް ނޫނެވެ. އެންމެ އިރުކޮޅަކަށްވެސް އާސިމް ނަޒްލާ ނުފެންނަ ހިސާބަކަށް ނުދެއެވެ. ނަޒްލާ ވަށައިގެން ބަލާލާ ކޮންމެ ފަހަރަކު ފެންނަ ހިސާބުގައި އާސިމް ހުރެއެވެ.

އާއިލާގެ އެންމެން ޒައިން ގޮވައިގެން އުޅުމުން، އާސިމްވެސް އެތައް އިރަކު ޒައިން ގެންގުޅުނެވެ. އެތައް ފަހަރަކު އާސިމް އަތުން ޒައިން ނަގަން ހިތަށް އެރި ނަމަވެސް ނަޒްލާއަކަށް އެހެން ހަދާކަށް ނުކެރުނެވެ. ޒައިން އާސިމްއާ ހެދި ހުންނަ ވަރު ނަޒްލާއަށް އެނގުނީ އެރެއެވެ. އާސިމް ޒައިން އުރައިގެން ޒައިންއާ ސަކަރާތް ޖަހަން ފެށުމުން ޒައިން މަޖާ ވެގެން އުޅޭ ތަން ފެނުމުންވެސް ނަޒްލާ ކައިރިއަށް އަންނަނީ ރުޅިއެވެ.

ނަޒްލާ އެންމެ ރުޅި އައީ ޒައިން އާސިމްއަށް ބައްޕަ ކިޔާކަން އެނގުމުންނެވެ. އެކަން ނަޒްލާއަށް އެނގުނީ އެރެއެވެ. އާސިމްއަށް ޒައިން ލައްވާ ބައްޕް ކިޔުއްވީ ކޮން އިރަކު ކާކު ބާއޭ ނަޒްލާ ހިތަށް އެރިއެވެ. އެއީ ނައީމާ ކުރި ކަމެއް ކަން ނަޒްލާއަށް ގާތް ގަނޑަކަށް ޔަގީން ވިއެވެ.

އެހުރިހާ ކަމެއްގެ ރުޅި، ޖެހުގެން އައި ދެތިން ދުވަހު ނަޒްލާ ބޭލީ ގޭ މީހުންނަށެވެ. އެއްވެސް މީހަކާ ރީއްޗަށް ވާހަކައެއް ނުދައްކައެވެ. ކާ ގަޑިއަކަށް ކާކަށް ނުނިކުމެއެވެ. އެއްވެސް މީހަކު ސުވާލެއް ކުރާއިރަށް ރުޅި އައިސްގެން އެމީހަކާ ދިމާއަށް ހަޅޭ ލަވައި ގަނެއެވެ. ނަޒްލާ އެންމެ ރުޅިއައީ ގޭ މީހުން ޒައިން ލައްވާ އާސިމްއަށް ބައްޕަ ކިޔުއްވުމުންނެވެ. އެކަމާ ނައީމާއާ ސުވާލު ކުރަން އުޅެފައިވެސް ނަޒްލާ އަޅާނުލީ ނައީމާ ޖަވާބު ދޭނެ ގޮތް އެނގޭތީއެވެ. ނައީމާ ބުނާ ގޮތުން ވިއްޔާ އާސިމްއަށް ހުރިހާ ކަމެއް އެނގި ކުށް ގަބޫލު ކުރުމުން އާސިމްއަށް މާފު ނުކުރަންވީ ސަބަބެއް ނެތެވެ.

 

އާސިމް ޒައިން ކައިރިއަށް އަންނަ ކަން އެނގުނު ފަހުން ގެއިން ބޭރުގައި އާސިމް ޒައިން އުރާ ހަދާ ކަމެއް ނަޒްލާއަކަށް ނޭނގެއެވެ. އެކަން އޮތީ އަސްމާއަށްވެސް ނޭނގިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ނަޒްލާއަށް އެމަންޒަރު ފެނުނީ އަސްމާއާ ޝާއިރުގެ ކައިވެންޏަށް މަހެއް ވާން އުޅެނިކޮށް އެގޭންނެވެ.

އެދުވަހު ހަވީރު އަސްމާ އައިސް ޒައިން ގެންދިޔައީ އިރު އޮއްސެން ވާއިރަށް ޒައިން ގެނެސްދޭނަމޭ ބުނެފައެވެ. ނަޒްލާވެސް ދެކޮޅު ނުހަދާ ޒައިންއަށް ބޭނުން ވާނެ އެއްޗެހި ދަބަހަށް އަޅާފައި އަސްމާ އަތަށް ދިނެވެ. އަސްމާގެ ކައިވެނީގެ ފަހުން އެގޮތަށް ދެތިން ފަހަރު އަސްމާމެން ގެޔަށް ޒައިން ގެންގޮސްފައި ވެއެވެ.

ގަންނަން ވެފައި ހުރި ބައެއް އެއްޗެހި ހުރުމާއެކު އަސްމާ ޒައިން ގޮވައިގެން ދިޔުމުން ނަޒްލާ ޔުމްނާއާ އެކީ ބާޒާރު ކޮށްލަން ނިކުތެވެ. އެކަން ނިމުނު އިރު އިރު އޮއްސެން ކައިރިވެފައި ހުރުމުން ދެމީހުން ޒައިން ބަލާ ދިޔައީ އަސްމާ ކައިރިއަށް ގޮސްލާފައި ގެޔަށް ދާށެވެ.

ޒައިން ވީ ޝާއިރުމެން ގޭގައި ކަން ނޭނގި އެދުވަހު ހަވީރު ކޮފީ ބޯށޭ ކިޔާފައި ނަދީމްއާ އާސިމްވެސް ގޮވައިގެން ޝާއިރު އައީ ގެޔަށެވެ. އެންމެން އެކީ ގެޔަށް ވަން އިރު އަސްމާ ޒައިންއާ އެކީ ކުޅެން އިންތަން ފެނުމުން ތިން މީހުންވެސް ގޮސް ޒައިން ވަށައިގެން އިށީނދެ ޒައިންއާ ސަކަރާތް ޖަހަން ފެށިއެވެ. އާސިމް ފެނުމާ އެކީ ޒައިންވެސް ބައްޕާއޭ ކިޔާފައި ގޮސް އާސިމް ގައިގައި ބައްދައިގަތެވެ.

ނަޒްލާ ޔުމްނާއާ އެކީ ގޭތެރެއަށް ވަން އިރު ސިޓިންގރޫމްގައި ޝާއިރުއާ ނަދީމް ކޮފީ ބޯން ތިއްބެވެ. ކުޑަ އިރުކޮޅެއް ކުރިން ޒައިންގެ އަތުން ޖެހި އާސިމްގެ ކޮފީތަށި ބަންޑުން ވިތަން ސާފު ކުރަން އަސްމާ ހުއްޓެވެ. އުނގުގައި ޒައިން ބައިންދައިގެން އާސިމް ނަޒްލާގެ ކުރިމަތީ ހުރި ސޯފާގައި އިނެވެ.

އެމަންޒަރު ފެނުމާއެކު ނަޒްލާއާ ޔުމްނާގެ ފިޔަވަޅުވެސް ހުއްޓުނެވެ. ޔުމްނާއަށް އަނގަމަތީ އަތް އަޅާލެވުނީ ނަޒްލާ ރުޅި އަންނާނެ ވަރު ހިތަށް އަރާފައެވެ. ޝާއިރުއާ ނަދީމް ބަލަހައްޓައިގެން ތިއްބެވެ. އަސްމާވެސް އެމީހުން ފެނުމުން ބަލާލިއެވެ.

“ނަޒޫ…” އަސްމާ ގޮވާލިއެވެ. ނަމަވެސް އަސްމާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ނަޒްލާ ގޮސް އާސިމްގެ އުނގުން ޒައިން ނަގާ އުރާލިއެވެ.

“ނަޒޫ، އަހަންނަށް ނޭނގި ތުއްތުބޭ އައީ—” އަނެއްކާވެސް އަސްމާ ވީގޮތް ބުނެދޭން އުޅުނެވެ. ނަމަވެސް ދެންވެސް ނަޒްލާ އަސްމާ ބުނާ އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނުވިއެވެ.

“އަހަރެން ބޭނުމެއް ނޫން ސިމީ ދައްކާ ބަހަނާއެއް އަޑު އަހާކަށް… ހިއެއް ނުކުރަން ސިމީ މިގެޔަށް ޒައިން ގެންނަނީ މިބޭނުމުގަ ކަމަކަށް” ނަޒްލާ އަސްމާއަށް ބަލާލީ ރުޅި އައިސްގެން ހުރެއެވެ.

“އަހަރެން ނޫޅެން ކޮންމެހެން ނަޒޫ އަޑު އަހަން ބޭނުން ނޫން އެއްޗެއް އަޑު އިއްވާކަށްވެސް. އެކަމަކު ނަޒޫ ކިތަންމެ ރުޅި އަޔަސް ޒައިންގެ ބައްޕައަކީ ތުއްތުބޭ ނޫން މީހަކަށް ނުވާނެ” އަސްމާ ދެއްކި ވާހަކަ ނަޒްލާ އަޑު ނޭހުމުން އަސްމާ ކައިރިއަށްވެސް އައީ ރުޅިއެވެ.

“ސިމީ!” އެވަގުތު އާސިމްއާ ޝާއިރު އެއްފަހަރާ ގޮވާލިއެވެ.

“މަށަށް އެނގޭނީ މަގޭ ދަރިއެއްގެ ބައްޕައަކީ ކާކުކަން… މަ ނުބުނަންޏާ އެކަކަށްވެސް ނޭނގޭނެ” އަސްމާ އެހެން ބުނުމުން ނަޒްލާ ހައްތަހާ ރުޅި ގަދަ ވިއެވެ.

“ނަޒޫ ނުބުންޏަސް ބަލާލި ކޮންމެ މީހަކަށް އެގޭނެ އެކަން” އަސްމާވެސް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

“ކިހިނެއް އެނގޭނީ؟” ނަޒްލާ އަހާލިއެވެ.

“ނަޒޫ…” ޔުމްނާ ނަޒްލާގެ ކޮނޑުގައި އަތް ޖައްސާލާފަ ގޮވާލީ އެޒުވާބު ހުއްޓުވާށެވެ. ނަމަވެސް ނަޒްލާއަށް އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ.

“ނަޒްލާއާ ތުއްތުބޭ ދަންނަ ކޮންމެ މީހަކުވެސް ޒައިންގެ ލޮލަށް ބަލާފަ—”

“މިދުނިޔޭގަ އެގޮތަށް ލޯ ހުންނަނީ އެންމެ މީހެއްގެތަ؟ މީ ދިވެހި ރާއްޖެއޭ، މިތަނަށް ދުނިޔޭގެ އެތަން މިތަނުން މީހުން އާދޭ… ކާކަށް އެނގެނީ އެކަހަލަ ކިތައް މީހުން ކަމެއް އަހަރެން ކައިރިއަށް އައީ؟ ކާކަށް އެނގެނީ އެތަނުން ކާކުގެ ދަރިއެއް ކަމެއް މީ؟” އަސްމާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަ ނުދީ ނަޒްލާ ސުވާލު ތަކެއް ކޮށްލި އިރު ނަޒްލާގެ ލޮލުން ކަރުނަ އާދެއެވެ.

ނަޒްލާ އެހެން ބުނުމާއެކު މުޅި ތަން ހިމޭން ވިއެވެ. ނޭވާ ލާންވެސް އެކަކުވެސް ހަނދާން ނެތް ކަހަލައެވެ.

އެފަދަ އެއްޗެއް ބުނި އިރު އެތާ އިތުރު ބަޔަކު ތިބި ކަން ނަޒްލާ ހަނދާން ނެތީ ކަންނޭނގެއެވެ. އެވާހަކަ އަޑު އިވުމުން ނަދީމް ހައިރާން ވެފައި ނަޒްލާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އަސްމާއާ ޝާއިރުގެ ހާލަކީވެސް އެއެވެ. ޔުމްނާ ހުރީ އިސްޖަހާލައިގެންނެވެ.

ނަޒްލާގެ ބަސްތަކުން އެންމެ އަސަރު ކުރީ އާސިމްއަށެވެ. އެންމެން ސިހުނީ ކުރިމަތީ ހުރި ކޮފީޓޭބަލްގެ މަތީ އޮތް ބިއްލޫރިގަނޑުގައި އާސިމް ޖެހި އަޑަށެވެ. އާސިމް ތެދުވެ ނަޒްލާއާ ދިމާއަށް ބަލާލިއެވެ.

“އަހަރެން ގަބޫލު ކުރަމޭ އަހަރެން ކުރީ ކުށެއް ކަމަށް. ފުރަތަމަ ކުށަކީ އަހަރެން ނަޒޫއަށް މަޖުބޫރު ކުރިކަން… އޭގެ ފަހުން އެކަން އެހެން މީހެއްގެ ބޮލުގަ އަޅުވާފަ ނަޒޫއަށް އެހީ ނުވިކަން… ގަބޫލު ކުރަމޭ އެކަން… އެކަމަކު ނަޒޫ މިހާރު ކަންތައް ތިކުރަނީ ވަކި ރަނގަޅަށްތަ؟ ޒައިންއާ އަހަންނާ ދުރު ކުރުން އެއީތަ ޒައިންއަށް އެންމެ ރަނގަޅު ގޮތް؟ އޭނައަށް އޭނަގެ ބައްޕައެއް ބޭނުމެއް ނުވާނެތަ؟” ދެއަހަރެއްހާ ދުވަސް ފަހުން އާސިމް ނަޒްލާއާ ވާހަކަ ދެއްކިއެވެ.

އާސިމްގެ ކޮންމެ ސުވާލަކަށް ދޭނެ ކިތަންމެ ޖަވާބެއް ނަޒްލާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް ދުލާ ހަމައަށް އެންމެ ބަހެއްވެސް ނައެވެ. ޖަވާބު ދޭން ކިތަންމެ ބޭނުން ވީ ނަމަވެސް ނަޒްލާގެ ލޮލުން ކަރުނަ އައުން ފިޔަވާ އެހެން އެއްވެސް ކަމެއް ނުވެއެވެ.

އިރުކޮޅަކު އާސިމްއާ ދިމާއަށް ބަލަން ހުރެފައި ނަޒްލާ އެއްޗެއް ނުބުނެ ދާން އެނބުރުނެވެ. ނަމަވެސް ކުރިޔަށް ނެގި ފިޔަވަޅުވެސް ހުއްޓުނީ އާސިމްގެ އަޑަށެވެ.

“ނަޒޫ… އައިމް ސޮރީ… ޕްލީޒް، އަހަންނަށް މާފު ކޮށްދީ…” އާސިމް ނަޒްލާ ކައިރިން މާފަށް އެދުނެވެ.

“އެރޭ އަހަންނާ ދިމާލަށް ކީ އެއްޗިއްސެއް އަދި އަހަރެންގެ ހިތަކުން ނުފިލާ… އަހަރެން ހަނދާނެއް ނުނެތޭ…” ފަހަތަށް ބަލާވެސް ނުލާ ނަޒްލާ ބުންޏެވެ. އަދި އިތުރަށް މަޑު ނުކޮށް ނިކުމެގެން ދިޔައެވެ.

އާސިމް ސޯފާގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ. އެހެން އިނދެފައި ކުއްލިއަކަށް އަތް ނަގާ ދެވަނަ ފަހަރަށް ކޮފީ ޓޭބަލް މަތީ ޖެހިއެވެ.

ނަދީމް އެވަގުތު އެގޭން ނިކުތެވެ. އަސްމާއަށް ބަލާލާފައި ޔުމްނާވެސް ނަދީމްގެ ފަހަތުން ދިޔައެވެ.

“މަށަކަށް ނޭނގެ ދެން މަ ހަދަންވީ ގޮތެއް… ތުއްތުބޭއާ ނަޒޫއާ ދެމީހުން ރުހޭ ގޮތަކަށް އަހަރެން ކަމެއް ކުރާނީ ކިހިނެއް؟” ބޮލުގައި އަތް ހާކާލަމުން ރޮވިފައި އަސްމާ ބުންޏެވެ. އެދުވަހު ރުޅި އައިސްގެން ވިޔަސް ނަޒްލާއާ ވާހަކަ ދެއްކުނު ގޮތުން އަސްމާ ހުރީ ދެރަ ވެފައެވެ.

އަސްމާގެ ސުވާލަށް އާސިމްވެސް އަދި ޝާއިރުވެސް ޖަވާބެއް ނުދެއެވެ.

“އަހަރެން މިއަދާ ހަމައަށްވެސް ތުއްތުބޭއާ ދިމާއަށް އެއްޗެއް ނުބުނަން… އެއްޗެއް ނުބުނަން ހުރީވެސް، އެކަމަކު… ތުއްތުބޭގެ ސަބަބުން ކަންތައް ވާގޮތް އެބަ ފެނޭތަ؟ ހަމަ އެކަނި ނަޒޫގެ ދިރިއުޅުމެއް ނޫނޭ ތުއްތުބޭއާ ހެދި އެފުށް މިފުށަށް މިޖެހުނީކީ… ނަޒޫއާ ޒައިން، އަހަރެންނާ ޝާއިރުއާ، އަދި ޔުމްއާ ނަދީމްވެސް… ވިސްނާ ނުލާ ކީށްވެތަ އެގޮތަށް ނަޒޫގެ ލައިފްއާ ކުޅެލީ؟ ކީށްވެގެންތަ ނަޒޫއާ މެދު އެކަހަލަ ވާހަކައެއް ތުއްތުބޭ ގަބޫލު ކުރީ؟ ކާކު ދެއްކި ވާހަކައެއްތަ އެއީ؟

އަހަރެން ހިއެއް ނުކުރަން ތުއްތުބޭ އެވަރަށް ނަޒޫއަށް ޓްރަސްޓް ނުކުރާނެ ކަމަކަށް… އަހަރެންވެސް މޮޔަ ކަމުން ކުޑަ ވަގުތު ކޮޅަކަށް ވިޔަސް އެރޭ ތުއްތުބޭގެ ވާހަކަ ގަބޫލު ކުރީ. ފެނޭތަ މިއަދު ނަޒޫ އެއުޅޭ ގޮތް؟ ޒައިންއަށް ބައްޕައެއް ބޭނުމެއް ނުވާނެހޭ އެހި އިރު ނަޒޫ ބުނިހެން މިއަދުތަ ތުއްތުބޭއަށް އެކަން އިހުސާސް ކުރެވުނީ؟ ނަޒޫ އެވަރަށް އާދޭސް ކުރި އިރު—”

“ދެން ހެޔޮ!” އަސްމާ ކީ ހުރިހާ އެއްޗެއް އަޑު އަހަން އާސިމް އިން ނަމަވެސް އަސްމާ އެހިސާބަށް ބުނުމުން އާސިމްއަށް އިތުރަށް އަޑު ނޭހިގެން ބުނެލިއެވެ. އަސްމާ ވަގުތުން ހުއްޓާލިއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވާރޭ (އެއް ވަނަބައި)

Next

ނިމިދާނެ ޖާނާ ހިތާ 15

Next
March 10, 2016

ނިމިދާނެ ޖާނާ ހިތާ 15

Previews
March 9, 2016

ވާރޭ (އެއް ވަނަބައި)

34 Comments!

  1. Aimsithu says:
    March 9, 2016 at 3:06 pm

    Waaau.. hama inthixaaaruga hutta thi up kohlly.. thanx marsha

  2. Misty says:
    March 9, 2016 at 3:11 pm

    Nyc

  3. yumna says:
    March 9, 2016 at 3:22 pm

    Wooow vvvvv reethi..cant wait to read next part…..

  4. Mari says:
    March 9, 2016 at 3:22 pm

    Vvvv reethi..thanxxx..waiting for the next part.keep it up..

  5. Aisha says:
    March 9, 2016 at 3:46 pm

    Waawaaawaaa v reethi…. Ma bashus vefamyni bunaane ehceh vx neygifa????haadha ey reethy… Loving this one ❤️❤️❤️❤️

  6. Shamy says:
    March 9, 2016 at 4:08 pm

    Very nice. Pls avah up kurahche.

  7. anee says:
    March 9, 2016 at 4:41 pm

    Wow….haadha reehchey mi story ?????

  8. twnkl str says:
    March 9, 2016 at 5:55 pm

    Wowww nthn to say….vvvv nyc??

  9. Zeena says:
    March 9, 2016 at 6:36 pm

    Varah reethi vaahaka.. Thank u…

    Marsha

  10. naax says:
    March 9, 2016 at 6:55 pm

    Wow vvvvv nice hama miinee bus huhtifa vara reethi igay thanks marsha

  11. twnkl str says:
    March 10, 2016 at 9:21 am

    sheyn i lov u..kobaa thr sheyn???

    1. twnkl str says:
      March 10, 2016 at 9:54 am

      Kihaa bodu kameh tha mi….mi twnkl str ge namuga comment nukhbbala..mi twnkl str vx ehn kudhin ge namaku comment eh nukuran dhw…twnkl str ah hyvanii sheyn dheke thi myhaku loabi vegen bunan nukerigen hen mi twnkl str ge namuga thi kiyanii

  12. sheyn says:
    March 10, 2016 at 12:46 pm

    thedekey ebuny kyvvegen ukhey myheh thr ey..amilla name in buna bala..n dnt dstrrb her

  13. twnkl str says:
    March 10, 2016 at 1:18 pm

    i luv u sheyn

    1. twnkl str says:
      March 10, 2016 at 3:03 pm

      Aslu baeh faharu hyvey mi myhaku sheyn dheke loabi ve ey anehkkaa twnkl str nan vrh ryhchey..sheyn mi twnkl atr eh nubunaane ehnnneh

    2. twnkl str says:
      March 10, 2016 at 3:05 pm

      Str*

  14. Sheyn says:
    March 10, 2016 at 3:22 pm

    Aaaa igey nubunaanekanves.
    .my mihaaru frnds ehnu.e distirb kuraa myhaku huredhaanenehnu

    1. twnkl str says:
      March 10, 2016 at 3:23 pm

      Ehnneh nuvaane dhw..nujehe dhw adhi e faadah vaahaka dhahkkaakah

  15. sheyn says:
    March 10, 2016 at 4:17 pm

    hmm yhikan vx ingey

  16. Twnkl str says:
    March 11, 2016 at 8:22 am

    Sheyn thi kon rashehge kuhjehja.adhi grade 10ves nunimey dhoii.mi hen mi buny 16 years ey bunymaaa.

  17. sheyn says:
    March 11, 2016 at 3:07 pm

    noon aslu mihaa ru ulheny 12 ga

  18. Twnkl str says:
    March 11, 2016 at 3:41 pm

    Sheyn ge number dheebala

  19. Sheyn says:
    March 11, 2016 at 7:28 pm

    9980034

    1. Twnkl str says:
      March 11, 2016 at 7:45 pm

      Thi ehaa rangalhu kuhjjeh heneh hiyeh nuve..bunelaa irah number viya thi dhinii

  20. sheyn says:
    March 12, 2016 at 8:16 am

    my ehaa moya kuhjen noon my nubaa numbrr eh

  21. sheyn says:
    March 12, 2016 at 8:19 am

    twnkle str ge numbrr dheyn v nu..plxx aharemen dhemyhun vaaahaka dhahkaa lan..my goas kameh noon dhw..plx plx dheebala..

    1. twnkl str says:
      March 12, 2016 at 8:25 am

      Hey sheyn mi aslu twnkl str…sheyn ge numbr dhy..i will txt yu

  22. sheyn says:
    March 12, 2016 at 10:51 am

    9543129

  23. sheyn says:
    March 12, 2016 at 10:54 am

    avax koh haba reh velaathi…avax..mi numbrr ehen myhunnah ingeyne ehen ve

    1. twnkl str says:
      March 12, 2016 at 10:59 am

      Okay

  24. understand says:
    March 12, 2016 at 11:09 am

    Haha i got your number innaane msg khffa

  25. sheyn says:
    March 13, 2016 at 7:14 am

    sheyn gulhiyakas theena gone ehnnunagaa..e kyvve yhr..emme fahara ku vx vaaahaka dhahkaabala..dhn fahun ehwn numbrr akun gulhaafa helo eu buni irah kandaaly..vaahaka dhhka bala..ey runningey nwe thee anhan kuhjeh kan bx

    1. understand says:
      March 13, 2016 at 9:09 pm

      Kihineh phn nagaany..ehaa hadi ehchehi kiyaa myheh sheyn aky….thikahala myhun myhunnaa frnd vaan noolhe

  26. sheyn says:
    March 13, 2016 at 7:14 am

    *fone*

Comments are closed.


All Right Reserved!