Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 15

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 10, 2016 8 Mins Read
20 Comments

“ދެން ހެޔޮ!” އަސްމާ ކީ ހުރިހާ އެއްޗެއް އަޑު އަހަން އާސިމް އިން ނަމަވެސް އަސްމާ އެހިސާބަށް ބުނުމުން އާސިމްއަށް އިތުރަށް އަޑު ނޭހިގެން ބުނެލިއެވެ. އަސްމާ ވަގުތުން ހުއްޓާލިއެވެ.

“އިތުރު މީހަކު ތިހުރިހާ ކަމެއް އަހަންނަށް ހަނދާން ކޮށްދޭކަށް ނުޖެހޭ. އަހަންނަށް އެނގޭ… ހަނދާން އެބަ ހުރި މީހަކު ކިޔާ ނުދިނަސް… ސިމީއަށް ހީވަނީތަ އަހަރެން މިހެން އުޅޭތީ މިއުޅެނީ ހިތްހަމަ ޖެހިގެންނޭ؟ އަހަންނަށްވެސް އިހުސާސް ކުރެވޭ ނަޒޫއަށް ވާނެ ގޮތް… އެނގޭ އެކަން. ގަބޫލު ކުރަން އެހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހެނީ އަހަރެން ކަން… ބަޓް ދެޓް ޑަޒްންޓް މީން ދެޓް އައި އޭމް ނޮޓް ސަފަރިންގ…” ބުނަން ބޭނުން ވި ހުރިހާ އެއްޗެއް އާސިމްއަކަށްވެސް ނުބުނެވުނެވެ. ބާރަށް ހިނގާފައި ގޮސް އެގޭން ނިކުތެވެ.

ގެޔަށް ވަދެގެން ދިޔަ ގޮތަށް ނަޒްލާ މަޑުވެސް ކޮށްނުލާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ޒައިން ގަޔާލާ ބޮނޑި ކޮށްލަމުން ބާރަށް ރޯން ފެށިއެވެ. ނަޒްލާ އެގޮތަށް ރޯން ފެށުމުން ޒައިންވެސް ބިރުން ރޯން ފެށިއެވެ.

ނައީމާ އެކޮޓަރިއަށް ވަނީ ޒައިން ރޯއަޑު އިވިގެންނެވެ. އޭރު ނަޒްލާވެސް އެގޮތަށް ރޯތަން ފެނުމުން ނައީމާ ހާސްވިއެވެ.

“ދަރިފުޅާ، ކިހިނެއްތަވީ؟” ނަޒްލާ އަތުން ޒައިން ނަގާ އުރާލާފައި ނައީމާ ނަޒްލާގެ ބުރަކަށިގައި ފިރުމާލަމުން ސުވާލު ކުރިއެވެ.

ނަޒްލާ ޖަވާބެއް ނުދީ އެނދުގައި އޮށޯވެ ބާލީހުން މޫނު ފޮރުވާލިއެވެ.

“ނަޒޫ، ދަރިފުޅާ… ވީގޮތެއް ބުނެބަލަ…” ނައީމާ ނަޒްލާ ކައިރީ އިށީނދެފައި އަނެއްކާވެސް އެހިއެވެ. ނަމަވެސް ނަޒްލާ ޖަވާބެއް ނުދީ އޮވެ ރުއީއެވެ. އޭރު ޒައިން ރުއިން ހުއްޓާލައިފިއެވެ.

ނަދީމްއާ ޔުމްނާ ގެޔަށް ވަނީ އެވަގުތުއެވެ. ނަދީމް ދިޔަ ގޮތަށް ގޮސް ނަޒްލާގެ ކޮޓަރިއަށް ވަނެވެ. ޔުމްނާވެސް ނަދީމްގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.

“ނަޒޫ… ދެން ހުއްޓާލަބަލަ… މަންމަ ކައިރީގަ ވީގޮތެއް ބުނެބަލަ…” ނަޒްލާއަށް ވީގޮތެއް ނޭނގިގެން ނައީމާ ހާސްވިއެވެ.

“ނަޒޫ ތިރޮނީ ކިޔުނު އެއްޗެއްސާ މެދު ދެރަ ވެގެން ކަމަށް ވަންޏާ ރަނގަޅު!” ނައީމާ ނަޒްލާއާ ކުރަމުން ދިޔަ ސުވާލު އަޑު އިވުމުން ނަދީމް ބުނެލިއެވެ.

ނަޒްލާ ރޯތީ ނަޒްލާ ކައިރިއަށް ގޮސްގޮސް ހުރި ޔުމްނާއަށް އެއަޑު އިވުމުން އެނބުރި ނަދީމްއާ ދިމާއަށް ބަލާލެވުނެވެ. ޝާއިރުމެން ގެއިން ނަދީމް ނިކުމެގެން އައީ ރުޅި އައިސްގެން ކަން ޔުމްނާއަށް އެނގެއެވެ. ނަމަވެސް ނަދީމް ރުޅި އައީ ނަޒްލާ ދެކެ ކަމަކަށް ޔުމްނާ ހިއެއް ނުކުރެއެވެ.

“ނަޒޫ ކީކޭތަ ކީ؟ ކާކު ކައިރީގަތަ؟” ނައީމާވެސް ނަދީމްއަށް ބަލާލިއެވެ.

“އޭނަ ކައިރީގަ މަންމަ އަހާބަލަ ކީކޭތޯކީ؟ ކާކު ކައިރީގަތޯ؟” ނަދީމް ބުންޏެވެ.

“ނަޒޫ ނުބުނެގެނެއްނުންތަ މިއުޅެނީ؟ ނަދީމް ބުނެބަލަ” ނައީމާ ރުޅިއައީ ނަދީމް ދެކެއެވެ.

“ނަޒޫއަކަށް ނޭނގޭ މިހާރު މީހުން ތެރޭގަ ވާހަކަ ދައްކާނެ ގޮތެއް، ކިޔާނެ އެއްޗެއް… ވަރިހަމަ ކޮންމެ މީހަކު ހުއްޓަސް، ދުލަށް އައިހާ އެއްޗެއް ކިޔަންވީ. ނަޒޫ ލަދެއްވެސް ނުގަތްތަ އެންމެންގެ ތެރޭގަ އެހެން ބުނަން؟ އެހެން މީހުންވެސް އެތާ އެބަ ތިއްބޭ ހިތަށް އަރުވާލިނަމަ—” ނަދީމް ރުޅި އައި ވަރުން ނަޒްލާއާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. ނަމަވެސް ނަޒްލާއަކަށް އެއަޑެއް ނޭހުނެވެ.

“ދޮންބެއަކަށް ނޭނގޭނެ އެރޭ އޭނަ މަށާ ދިމާލަށް ކީ އެއްޗިއްސެއް. ދޮންބެއަކަށް ނޫނޭ އަޑު އިވުނީކީ އެގޭ އެންމެން ތިއްބާ އޭނަ މަގޭ ބޮލުގަ އެޅުވި ކަންތައް… ދޮންބެ ހަނދާން ނެތަސް އޭނަ ހެދި ގޮތް އަހަރެން ހަނދާން އެބަ ހުއްޓޭ. އަހަންނަށް އެނގޭނީ އެދުވަސް މަތިން ހަނދާން ވީމަ އަހަރެން ހިތަށް އަރާ އެއްޗެހި… އަހަރެން ދެރަވާ ވަރު… އެކަމަކު ދޮންބެއަށް ކޮން ކަމެއް؟ މަށަށް ވުރެ ދޮންބެއަށް މުހިންމު ވީ އޭނަ ވިއްޔަ…” ނަޒްލާ އެނދުން ތެދުވެ ނަދީމްއާ ދިމާއަށް ބަލާލިއެވެ.

“މިއަދަކު މަށެއް ބޭނުމެއް ނޫން އޭނަ ޒައިންއާ ކައިރި ވާކަށް. ދޮންބެ ބުނެބަލަ! އޭނައަށް ޒައިން ނުފެނުނު ނަމަ އޭނަ އަދިވެސް އެއްބަސް ވާނެތަ؟ އެހެން ވެގެން އަހަރެން އެހެން ބުނީ… ޒައިންގެ ލޯ ފެނުނެކޭ ކިޔާފަ އެއީ އޭނަގެ ދަރިއެއް ކަމުގެ ހެއްކަކަށް ނުފުދޭނެ… އެކަހަލަ އެހެން—” ނަޒްލާއަށް ބުނެވުނީ އެވަރަށެވެ.

“ހުއްޓާލާ! މިކަން މިހާރު ނަޒޫ ތިގެންދަނީ މާ މައްޗަށް!” ނަޒްލާއާ ދިމާއަށް އަތް ދިއްކޮށްލަމުން ނަދީމް ބާރަކަށް ބުނެލިއެވެ.

“ނަޒޫއޭ މިކަން މައްޗަށްވެސް ގެންދާނީ، ނަދީމްއެއް ނޫނޭ. ނަޒޫ ގަބޫލު ނޫނިއްޔާ މިއަދު އާސިމްއަށް ޒައިން ގައިގަ އަތްވެސް ޖައްސައެއް ނުލެވޭނެ. އެކަމެއް ނަދީމްއަކަށް ނޭނގޭތަ؟” އެވަގުތު ޔުމްނާ ވާހަކަ ދެއްކީ ނަޒްލާއާ އެއްކޮޅަށެވެ.

“ކޮންމެ އެއްޗެއް ކިޔަސް ޒައިންއަކީ އާސިމްގެ ދަރިއަކަށް ވާނީ، އެކަން ބަދަލެއް ނުކުރެވޭނެ” ނަދީމް ޔުމްނާ ދެކެވެސް ރުޅި އައެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭ ނަދީމް އާސިމްއާ އެއްކޮޅަށް ދާނެ ކަމަކަށް” ނަދީމްއާ ދިމާއަށް ބަލަން ހުރެ ޔުމްނާ ބުނެލިއެވެ.

“އަހަރެން ވަކި ކޮޅަކަށް ހުރީކީ ނޫން. މިހާރު ނަޒޫ މިކަން މާ މައްޗަށް ގެންދާތީ… މިމައްސަލަގަނޑު ކޮންމެސް އެއްގޮތަކަށް ނިންމަން ވެއްޖެނުން މިހާރު؟” ނަދީމް ބުންޏެވެ.

“ވަކި ކޮޅަކަށް ނުހުންނަ ނަމަ ނަދީމް ތިހެން ނުބުނީސް… ކޮން ކަމެއްތަ ނިންމަން ދެން އޮތީ؟ އޭރު އާސިމް ކަންތައް ކުރި ގޮތުން ޒައިންގެ މައްޗަށް އާސިމްގެ އެއްވެސް ބާރެއް ނޯންނާނެ. ނަޒޫ ނޭދެންޏާ އާސިމްއަށް ޒައިން ގައިގަ އިނގިލިކުރި ޖައްސާލުމުގެ ހައްގެއްވެސް ނެތް. އެއީ ނިމިފަ އޮތް ގޮތް. ކީއްވެތަ އެކަން ގަބޫލު ނުކުރެވިގެން ނަދީމް ތިއުޅެނީ؟” ޔުމްނާ ވާހަކަ ދެއްކީ ކަން އޮތް ގޮތަށެވެ.

“އެއީތަ ނަޒޫ ބޭނުންވާ ގޮތަކީ؟” ނަދީމް ނަޒްލާއާ ސުވާލު ކޮށްލިއެވެ.

“އާނ! ދޮންބެއަކަށް ނޭނގޭތަ އެކަމެއް؟” ނަޒްލާ އަދިވެސް ރުޅި މަޑެއް ނުވެއެވެ.

“ތިނިންމުން ބަދަލެއް ނުކުރާނަން؟” ނަދީމް އަދިވެސް ޔަގީން ކުރަން ބޭނުން ވިއެވެ.

“ނަދީމް، ދެން ހެޔޮ… ނަޒޫ ބޭނުންވާ ގޮތް އެބުނީނު؟ ދެން އިތުރަށް ތިވާހަކަ ދައްކާނެ ކަމެއް ނެތް” އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރެފައި ނައީމާ ބުންޏެވެ.

ރުޅި އައިސްގެން އެއްފަހަރު ޔުމްނާއަށް، އަނެއް ފަހަރު ނަޒްލާއަށް ބަލާލާފައި ނަދީމް ނިކުތެވެ.

ނަދީމް ދިޔަތަން ބަލަން ހުރެފައި ނައީމާ ޒައިން ނަޒްލާ އަތަށް ދިނެވެ.

“ޔުމް، ހިނގާ މިރެއަށް ލައިގެން ކާނެ އެއްޗެއް ހަދަން…” ނައީމާ ޔުމްނާގެ އަތުގައި ހިފައިގެން ކައްކާނެ އެއްޗަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިކުތެވެ.

ނަޒްލާ ޒައިން ގައިގައި ބައްދާލާފައި ޒައިންގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.

“މަންމިގެ ސްވީޓްހާޓްއަށް މަންމި އެކަނިވެސް ފުދޭނެ، ދޯ ދޫނީ…؟” ނަޒްލާ ޒައިން ގަޔާލާ ބޮނޑި ކޮށްލަމުން ބުންޏެވެ.

ފޯން ރިންގ ވީ އަޑަށް ނަޒްލާ ޒައިން އެނދުގައި ބައިންދާފައި ދަބަސް ތެރޭން ފޯން ނެގިއެވެ. އަސްމާގެ ނަން އަރާފައި އިންތަން ފެނުމުން ނަޒްލާ ފޯން ބިޒީ ކޮށްލީ އަސްމާ ދެކެވެސް ރުޅި އައިސްފައި ހުރުމުންނެވެ. އޭގެ ފަހުން ހަތަރު ފަހަރު އަސްމާ ގުޅުމުންވެސް ނަޒްލާ ހެދީ އެހެންނެވެ.

 

ނަޒްލާ ފޯން ނުނެގުމުން އަސްމާ ފޯން ބާއްވާފައި ޝާއިރުއަށް ބަލާލިއެވެ.

“ނަޒޫ ނުނެގި ފޯނެއް” އަސްމާ ބުންޏެވެ.

“އިހަށް ދެން އަޅާނުލާ، ނަޒޫ އަދިވެސް ރުޅި މަޑު ނުވަނީ ކަންނޭނގެ. ތަންކޮޅެއް ފަހުން ގުޅާނީ ދެން” ޝާއިރު އަސްމާ ކައިރީގައި އިށިނެވެ.

“އަހަންނަށްވެސް އޭރު ރުޅި އާދެވުނީ ނަޒޫ ދެކެ ވިއްޔަ… އެގޮތަށް ތުއްތުބޭ ޒައިން ގޮވައިގެން މިގޭގަ އިންދާ ފެނުނީމަ އޭނަ ރުޅި އަންނާނެކަން އެނގޭ އަހަންނަށްވެސް، އެކަމަކު… މިކަމާ ވިސްނާ ވިސްނާ މިހާރު އަހަރެންގެ ބޯ ގޮވަން ކައިރި ވެއްޖެ…” އަސްމާ ނިތްކުރީގައި އަތް ހާކާލިއެވެ.

“އެވަރަށް ދެން ނުވިސްނަބަލަ… އަދި ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ” އަސްމާ ގައިގައި ބައްދާލަމުން ޝާއިރު ބުންޏެވެ.

“ކިހިނެއް…؟ ކޮން އިރަކުން…؟ ނުވިސްނާވެސް ނުހުރެވޭނެ، ތުއްތުބޭ އުޅޭ ގޮތުން ދެރަވެސް ވޭ… އެކަމަކު އޭނަވެސް އަމިއްލައަށް ވިއްޔަ ހުރިހާ ކަމެއް ކުރީ… ދެން އަހަރެން ކިހިނެއް ތުއްތުބޭއާ އެއްކޮޅަށް ހުންނާނީ؟” އަސްމާއަށް އަދިވެސް ވިސްނެނީ އެކަމާއެވެ.

“މިވަގުތަށް ތިހުރިހާ ކަމެއް ހަނދާން ނައްތާލަބަލަ… ފަހުން ވިސްނާނީ…” ޝާއިރު އަސްމާ ގެނެސް އުނގުގައި ބައިންދަމުން ބުނެލިއެވެ.

 

އާސިމް ގެޔަށް ދިޔަ ގޮތަށް އައިސްފައި ހުރި ރުޅި ބޭލީ ކޮޓަރީގައި ހުރި އެއްޗިއްސަށެވެ. ފުރަތަމަ ކޮޓަރިއަށް ވަން ގޮތަށް ބާރަކަށް ދޮރު ޖެހިއެވެ. އޭގެ ފަހުން ޑްރެސިންގ ޓޭބަލްމަތީ ހުރި ހުރިހާ އެއްޗެއް އަތުން ޖަހާ އުކާލިއެވެ. އެވަރުންވެސް ހިތްހަމަ ނުޖެހިގެން އަމިއްލަ ސޫރަ ފެންނަން ހުރި ލޯގަނޑު ތަޅާލިއެވެ.

އާސިމްގެ ކޮޓަރިން އަޑު ގަދަވެގެން ވަސީމާއާ އާޒިމާ އައިސް ވަންއިރު އެކޮޓަރި އޮތީ އެފުށް މިފުށަށް ޖަހާފައެވެ. ލޯގަނޑު ތަޅާލާފައި ހުރި ޑްރެސިންގ ޓޭބަލްމަތީ ހުރި އެއްޗެހިތައް މުޅި ކޮޓަރީގެ އެކި ހިސާބުގައި ހުރިތަން ފެނުމުން އާޒިމާ އާސިމްއަށް ބަލާލާފައި ދެފަރާތަށް ބޯހަލުވާލިއެވެ. އެނދުގައި ހުރި ބާލީސްތަކާ ބެޑްޝީޓްވެސް އޮތީ މުށިތައް މަތީގައެވެ.

ކުޑަދޮރު ކައިރީ ހުރި އާސިމް ކައިރިއަށް ވަސީމާ ދިޔައެވެ.

“އާސިމް…” ވަސީމާ ގޮވާލިއެވެ.

“މަންމަ އިހަށް ދޭ… އަހަރެން މިވަގުތު އެކަކާވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން” ވަސީމާއަށް ބަލާވެސް ނުލާ އާސިމް ބުންޏެވެ. އެއަޑު އަހާފައި އާޒިމާ ނިކުތެވެ.

“ވީގޮތެއް ބުނެބަލަ! އޭރުން ހިނގައިދާނަމޭ” ވަސީމާ ބޭނުންވީ އާސިމް އެހާ ރުޅި އައި ސަބަބެއް ހޯދާށެވެ.

ނަޒްލާ ބުނި ބަސްތައް އޭރުވެސް އާސިމްގެ ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މިއަދު ނަޒްލާ އަމިއްލައަށްވެސް އެހެން ބުނުމުން އެއަޑު އަހަން އާސިމްއަށް އުނދަގޫ ވިވަރު އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ހަމަ އެފަދަ ބަސްތަކެއް އެރޭ ނަޒްލާއާ ދިމާއަށް އާސިމްއަށް ބުނެވުނީ ކިހިނެއް ހެއްޔެވެ. އެއަޑު އަހާފައި ނަޒްލާއަށް ކުރާނެ އަސަރު އާސިމްއަށް އޭރު ނުވިސްނުނީ ކީށްވެ ހެއްޔެވެ.

އެއްވެސް ކުށެއް ނެތި ނަޒްލާގެ ބޮލުގައި އާސިމް އެޅުވީ ކިހާ ބޮޑު ކަމެއް ހެއްޔެވެ. ނަޒްލާ އެވަރަށް ރޮމުން ކުރި އާދޭސް އެދުވަހު އާސިމް އަޑު ނޭހީ ކީއްވެ ހެއްޔެވެ.

އެދުވަހު އާސިމް ނަޒްލާ ކުށްވެރި ކުރީ، އާސިމް ނުކުރާ ކަމެއް އާސިމްގެ ބޮލުގައި އަޅުވަން ނަޒްލާ މަސައްކަތް ކުރަނީއޭ ބުނެފައެވެ. ނަމަވެސް ކަންތައް ވީ މުޅިން އިދިކޮޅަށެވެ. އާސިމް ނުކުރާ ކަމެއް ނަޒްލާ އާސިމްގެ ބޮލަކު ނާޅުވައެވެ. ނަޒްލާ ނުކުރާ ކަމެއް ނަޒްލާގެ ބޮލުގަ އެޅުވީ އާސިމްއެވެ. ކަން ކުރީވެސް އާސިމްއެވެ. އަދި އެކަމާ އެއްބަސް ވުމުގެ ބަދަލުގައި އެހެން މީހެއްގެ ބޮލުގައި އެޅުވީވެސް އާސިމްއެވެ. ނަޒްލާގެ އެއްވެސް ކުށެއް ނެތިއެވެ.

އެހެން ހިތަށް އެރުމާ އެކު އާސިމްއަށް ފާރުގައި ޖަހާލެވުނެވެ.

“އާސިމް…!” ވަސީމާ ސިހިފައި އާސިމްގެ އަތުގައި ހިފެހެއްޓިއެވެ.

“ކިހިނެއްތަ ވެގެން ތިއުޅެނީ؟ އާސިމް ތީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްތަ؟ އަމިއްލަ ހަށިގަނޑަށް އަނިޔާ ކޮށްގެން ކޮން ކަމެއްތަ ސާބިތު ކުރަން ތިއުޅެނީ؟ ހުރިހާ ކަމެއްގެ ހައްލަކީ ތީތަ؟” ވަސީމާ އާސިމްއާ ދިމާއަށް ހަޅޭ ލަވަމުން އާސިމްގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުމެ ސިޑިން ތިރިއަށް ފޭބިއެވެ.

“މިތާ ހުރޭ… އެބަ އަންނަން…” ސިޑިން ފައިބާފައި ވަސީމާ އާސިމް އަތުން ދޫކޮށްލިއެވެ. އަދި ބަދިގެޔަށް ގޮސް އައިސް ފެން ފުޅިއަކާ ތުވާއްޔެއް ހިފައިގެން އައިސް ތުވާއްޔަށް ފެން އަޅާފައި އާސިމް އަތުގައި އޮޅާލިއެވެ.

“ދަނީ އިނގޭ ތުއްތާ… ފަހުން އަންނާނަން…”

އެއަޑު އިވުނު އިރަށް އާސިމްއަށް މައްޗަށް ބަލާލެވުނެވެ. އޭރު ރަޝްފާގެ ކޮޓަރިން ނިކުމެގެން ރީޝާ ތިރިއަށް ފައިބަނީއެވެ.

އާސިމް މާލެއަށް އައުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން ރީޝާވީ ކިޔަވަން ބޭރަށް ގޮހެވެ. ޒައިން ފެނި އާސިމްއަށް ހުރިހާ ކަމެއް އެނގުނު ފަހުން އާސިމް ރަޝްފާ ގާތު ރީޝާ ކޮބާތޯ ސުވާލު ކުރުމުން ރީޝާ ކިޔަވަން ދިޔަ ވާހަކަ ރަޝްފާ ބުންޏެވެ.

ފޯނުން ނުވަތަ އިންޓަރނެޓް މެދުވެރިކޮށްވެސް ރީޝާއާ ސުވާލު ކުރެވިދާނެކަން އާސިމްއަށް އެނގެއެވެ. ނަމަވެސް އާސިމް ބޭނުންވީ ކުރިމަތީ ހުރެ ރީޝާއާ ވާހަކަ ދައްކާށެވެ. ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާ އެހާ ބޮޑު ދޮގެއް ރީޝާ އާސިމް ގާތު ހަދަން ޖެހުނު ސަބަބު އޮޅުން ފިލުވަން ބޭނުންވީ އާސިމްގެ ކުރިމަތީގައި ރީޝާ ބަހައްޓައިގެންނެވެ.

މިއަދު އާސިމްއަށް އެފުރުސަތު ލިބިއްޖެއެވެ.

“ރީޝާ…!” ރީޝާ އެގޭން ނިކުމެ ނިކުމެ ހުއްޓާ އާސިމް ގޮވާލިއެވެ.

އެއަޑަށް ރީޝާ އެނބުރި ބަލާލިއެވެ. އާސިމް ފެނުމާ އެކު ރީޝާގެ މޫނަށް ވެރިވި ހާސްކަން އާސިމްއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭ ރީޝާ ހަމަ ޖެހިލާފައި އާސިމްއާ ދިމާއަށް ހީލިއެވެ.

އާސިމް އައިސް ރީޝާގެ ކުރިމަތީ ހުއްޓުނެވެ.

“ކީއްވެ؟” އާސިމް ކޮށްލީ އެންމެ ސުވާލެކެވެ.

ރީޝާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

“ރީޝާ، ކީއްވެހޭ؟” އާސިމް ދެވަނަ ފަހަރަށް އަހާލިއެވެ.

“ކީކޭތަ ތި ކިޔަނީ؟ ކޯޗެއްތަ ކީއްވީ؟ އާސިމް ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު” ރީޝާ އާސިމް ބުނި އެއްޗެއް ނޭނގޭ ކަމަށް ހެދިއެވެ.

“ކީއްވެހޭ އަހަރެން ކައިރީގަ އެހާ ބޮޑު ދޮގެއް ހެދީ؟” އާސިމް އެހިއެވެ.

އާސިމްއަށް ޒައިން ފެނުނު ވާހަކަޔާ އޭގެ ފަހުން ކަންތައް ވީގޮތް ރަޝްފާގެ ފަރާތުން ރީޝާއަށް ވަނީ އެނގިފައެވެ. ރީޝާ އޭރު އާސިމް ކައިރީ ދެއްކީ ކޮން ވާހަކައެއް ކަން ނޭނގުނު ނަމަވެސް އާސިމްއާ ނަޒްލާއާ ދެމެދު ޖެހުނު މައްސަލައިގެ އަޑީގައި ރީޝާގެ އަތެއް ވާކަން ރަޝްފާއަށްވެސް އެނގެއެވެ.

“އަހަރެން ހެދީ ކޮން ދޮގެއްތަ؟” ރީޝާ އެއްބަހެއް ނުވިއެވެ.

“އާނ، ރީޝާ ހެދީ ދޮގު. ސަބަބު ބުނޭ” އާސިމް ގާތަށް ރުޅި އައެވެ.

“އަހަރެން ދޮގު ހެދި ބޭނުން މިހާރު ފުދިއްޖެ. ތިދެމީހުން ދުރު ކުރަން އަހަރެން ދޮގު ހެދީ” ރީޝާ ޖެހިލުމެއް ނެތި ބުންޏެވެ.

އެވަގުތު އާސިމްއަކަށް އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އައި ރުޅީގައި ރީޝާގެ ކޯމަތީ އަތްތިލައިން ޖަހާލެވުނެވެ.

“އާސިމް!” އެވަގުތު ގެޔަށް ވަދެގެން އައި އާޒިމް ގޮވާލިއެވެ. އެއަޑަށް ބަދިގޭގައި ހުރި ވަސީމާއާ ކޮޓަރީގައި އިން ރަޝްފާވެސް އެތަނަށް އައެވެ.

“އަހަރެން ހިތަކަށް ނާރާ ދުވަހަކުވެސް އަންހެނެއް ގައިގަ އަހަރެން ޖަހާނަމެކޭ، އެކަމަކު…” އާސިމް ރީޝާއާ ދިމާއަށް ބަލާލީ ރުޅި އައިސް ހުރެއެވެ.

ތަދުވި ވަރުން ކޯމަތީ އަތް އަޅައިގެން ހުރި ރީޝާގެ ކޮނޑުގައި ރަޝްފާ ހިފާލިއެވެ.

“އާސިމްއަށް ކިހިނެއްތަ ވެގެން ތިއުޅެނީ؟ މީހަކަށް ކަމެއް ދިމާ ވިޔަސް ތީދެން ބޮޑު ވަރެއް. ތިކަމާ އާސިމް އަންނަ ރުޅި ޖެހޭތަ ފެންނަ ކޮންމެ މީހަކަށް ބާލަން؟” ވީގޮތް ނޭނގޭތީ އާޒިމް ރުޅި އައީ އާސިމް ދެކެއެވެ.

“ދޮންބެ ފުރަތަމަ އަހާބަލަ އަހަރެން ރީޝާ ގައިގަ ޖެހީ ކީށްވެތޯ… މިހުރިހާ ކަމެއް ދިމާވީ ރީޝާއާ ހެދި، މީ ހުރިހާ ދޭތެރެއެއް ޖެއްސި މީހަކީ” އާސިމް ރީޝާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ.

އާޒިމްއަކަށް ގަބޫލެއް ނުކުރެވުނެވެ. އާޒިމްއާ ރަޝްފާގެ ކައިވެނި ކުރެވުނީއްސުރެން އަބަދުހެން އެގޭގައި އުޅޭ ރީޝާ އެކަހަލަ ކަމެއް ކޮށްފާނެހެން ހީނުވަނީއެވެ. އާޒިމް ކޮއްކޮއެއް ކަމަށް ދެކެމުން އައި ރީޝާއާ އާސިމްއާ ދެމެދު އުފެދުނު ރަހުމަތްތެރިކަމުގެ ސަބަބުންވެސް ރީޝާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަން އާޒިމްއަށް އުނދަގޫ ވިއެވެ.

“ކާކު އާސިމް ކައިރީގަ ތިހެން ބުނީ؟” އާޒިމްއަށް އަހާލެވުނީ އެވާހަކަ ގަބޫލު ނުކުރެވޭތީއެވެ.

“އަހަރެން ކައިރީގައޭ ރީޝާ އެހުރިހާ ދޮގެއް ހެދީ… އަހަރެން މޮޔަ ކަމުން ރީޝާގެ ވާހަކަ ގަބޫލު ކުރީ، އަހަރެން ހިއެއް ނުކުރަން އަހަރެންގެ ރައްޓެއްސަކަށް ވެހުރެ ރީޝާ އެވަރުގެ ދޮގުތަކެއް އަހަރެން ކައިރީގަ ހަދާފާނެ ކަމަކަށް” އާސިމް ރުޅިވެރިކަމާ އެކީ ރީޝާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ވަސީމާ އާސިމް ގައިގައި ހިފެހެއްޓިއެވެ.

“ތެދެއްތަ ރީޝާ؟” އާޒިމް އެހިއެވެ. ރީޝާ ޖަވާބެއް ނުދީ ހުއްޓެވެ.

“އަދިވެސް އޭނައާ ސުވާލު ކުރަން ޖެހޭތަ؟ އަހަރެން ކައިރީގަ އަހާބަލަ…” އާސިމް އެރޭ ރީޝާ ދެއްކި ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“އަހަރެން ހިއެއް ނުކުރަން ތީ ތިކަހަލަ ކުއްޖެއް ކަމަކަށް… ބައެއްގެ ދިރިއުޅުމާ ތިގޮތަށް ނުވާނެއެއްނު؟ މިއަދު ރީޝާގެ ސަބަބުން އާސިމްގެ ދިރިއުޅުން މިއޮތީ އެފުށް މިފުށަށް ޖެހިފަ” ވަސީމާ ރީޝާއަށް ބަލާލަމުން ބުނެލިއެވެ.

“ރަޝްފާއަށް މީގެން އެއްވެސް ކަމެއް އެނގޭތަ؟” އާޒިމް ރަޝްފާއާ ދިމާއަށް އެނބުރުނެވެ.

ރީޝާ ކުރީ ކީއްކަން ނޭނގުނު ނަމަވެސް އާސިމްއާ ނަޒްލާގެ މެދުގައި ޖެހުނު މައްސަލައިގައި ރީޝާގެ އަތެއް ވާކަން ރަޝްފާއަށް އެނގެޔޭ އެވަގުތު ބުނެފި ނަމަ އާޒިމް ރުޅި އަންނާނެ ވަރު ހިތަށް އެރުމުން ރަޝްފާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“އަހަރެން މިއަހަނީ ރަޝްފާ ކައިރީގައޭ” ރަޝްފާ ޖަވާބެއް ނުދިނުމުން އާޒިމް ރަޝްފާގެ އަތުގަ ހިފާ އާޒިމްއާ ކުރިމަތި ވާގޮތަށް އަނބުރާލިއެވެ. ނަމަވެސް ދެންވެސް ރަޝްފާ އެއްޗެއް ނުބުނުމުން އާޒިމް ޔަގީން ކުރީ ހުރިހާ ކަމެއް ވީ ރަޝްފާއަށްވެސް އެނގިގެން ކަމަށެވެ.

“އެހުރިހާ ކަމެއް އެނގި ހުރެ ރަޝްފާ އެއްވެސް އެއްޗެއް ނުބުނެ ހުރި އިރު އެއްފަހަރުވެސް ހިތަކަށް ނާރާތަ ތިކުޅެވެނީ އާސިމްގެ ދިރިއުޅުމާ ކަމެއް؟ އެހެން ހިތަށް ނޭރި އިރު އަންހެން ކުއްޖެއް މުޅި ރަށަށް ބަދުނާމު ވާން ދޫކޮށްލި އިރުވެސް ރަޝްފާ އެއްޗެއް ހިތަށް ނޭރިތަ؟” އާޒިމް ރުޅި އައިސްގެން ރަޝްފާއާ ދިމާއަށް ހަޅޭލަވައިގަތެވެ.

“އަހަންނަކަށް ނޭނގެ ރީޝާ—” ރަޝްފާ އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އާޒިމް ރަޝްފާ އެއްޗެއް ބުނާކަށް ފުރުސަތެއް ނުދިނެވެ.

“ސިމީއާ ދޭތެރޭވެސް ރަޝްފާ ވިސްނާ ނުލި… އަހަރެންގެ އާއިލާއާ މެދު އެއްވެސް ވަރަކަށް ނުވިސްނި މީހަކު އަހަރެންގެ އަނތްބެއްގެ ގޮތުގަ ބައިންދާކަށް ބޭނުމެއް ނޫން…” އާޒިމް ބުނެލިއެވެ. ނަމަވެސް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ވަސީމާ އާޒިމް ހުއްޓުވިއެވެ.

“އާޒިމް، ރުޅި އައިސްގެން އެއްވެސް ކަމެއް ނުނިންމާތި… ފަހުން ދެރަ ވާނެ!” ވަސީމާ ބުންޏެވެ.

“ތުއްތަބޭ… ތުއްތައަކަށް ނޭނގޭނެ އަހަރެން ކުރި އެއްވެސް ކަމެއް… ތުއްތައަށް އެނގޭނީ ހަމަ އެކަނި ނަޒޫ ބަނޑުބޮޑުކަން، އަހަރެން ކަމެއް ކުރަން އުޅުނު ކަން، އެހެން އެއްވެސް ކަމެއް ނޭނގޭނެ، އަހަރެން ނުބުނަން ތުއްތަ ކައިރިއަކު… ޕްލީޒް، އަހަރެން ކުރި ކަމެއްގަ ތުއްތަ ކުށްވެރި ނުކުރޭ، އޭނައަށް ދެރަ ގޮތެއް ނުހަދާ…” އެވަގުތު ރީޝާ އާޒިމްއަށް ބުންޏެވެ.

“އެކަން އެނގުނީމަ ރަޝްފާ ޖެހޭނެއެއްނު ރީޝާއަށް ވިސްނައިދޭން؟ އެކަންވެސް ސިއްރު ކުރީމަ އޭގެ މާނައަކީ ރަޝްފާއަށްވެސް އެކަމުގަ ބައިވެރި ވެވުނޭ…” ހިތްހަމަ ނުޖެހިފައި ވަސީމާ ރަޝްފާއާ ދިމާއަށް ބަލާލިއެވެ.

“އަހަރެން ހިއެއް ނުކުރަން ރީޝާ އެގޮތަށް ހަދާފާނެ ކަމަކަށް، ހަމަ ތެދެއް މިބުނީ މަންމާ…” ރަޝްފާ ރޮވިފައި ހުރެ ބުންޏެވެ.

“އަހަރެން ނަޒޫއަށް ވުރެ ބޮޑަށް ރީޝާއަށް ޓްރަސްޓް ކުރީ… ފްރެންޑަކަށް ވީތީ… އެއީ މުޅި އުމުރުގަވެސް މަށަށް ކުރެވުނު އެންމެ މޮޔަ ކަންތައް” އާސިމް ބުނެލިއެވެ.

ރީޝާ އެއްޗެއް ނުބުނެ އިސް ޖަހައިގެން ހުއްޓެވެ.

“އަދިވެސް އަހަރެންގެ ސުވާލަކީ ތިހުރިހާ ކަމެއް ކޮށްގެން ރީޝާއަށް ވީ ފައިދާއަކީ ކޮބާހޭ؟” އާސިމް އަހާލިއެވެ.

ދެންވެސް ރީޝާ އެއްޗެއް ނުބުނެ ހުރުމުން އާސިމް ހައްތަހާ ރުޅި ގަދަވިއެވެ.

“ޖަވާބު ދީބަލަ! އެދުވަހު އެހުރިހާ ދޮގެއް ހަދާފަ މިއަދު އަނގައިން ނުބުނެ ތިހުންނަނީ ކީއްވެތަ؟” އާސިމް ހަޅޭ ލަވައިގަތެވެ.

“މަށަށް އާސިމް ނުލިބުނީތީ ނަޒޫއަށްވެސް އާސިމް ލިބުނަ ނުދޭން ވެގެން… ނަޒޫއާ ހެދި އާސިމް އަހަރެން—” ރީޝާއަށް އެހިސާބަށް ބުނެވުނު އިރަށް އާސިމް ދެވަނަ ފަހަރަށް ރީޝާ ގައިގައި ޖަހަން އުޅުނެވެ. ރީޝާއަށް ފަހަތަށް ޖެހިލެވުނެވެ. އާސިމް ރީޝާ ގައިގައި ޖެހުމުގެ ކުރިން އާޒިމް އާސިމްގެ އަތުގައި ހިފެހެއްޓިއެވެ.

“މިއަދުގެ ފަހުން މަގޭ ކުރިމައްޗަށް ނާރައްޗޭ!” ރީޝާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އާސިމް ބުނެލިއެވެ. އަދި އާޒިމްގެ އަތް ފޮޅުވާލާފައި ސިޑިން އަރާ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ.

 

ކާން ހަދާފައި ޔުމްނާ ކޮޓަރިއަށް ވަނީ ނަދީމްއަށް ކާން ގޮވާށެވެ. އޭރު ނަދީމް ޓީވީ ހުޅުވައިގެން އެނދުގައި އޮތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 14

Next

ފުންއަސަރު 10

Next
March 10, 2016

ފުންއަސަރު 10

Previews
March 9, 2016

ނިމިދާނެ ޖާނާ ހިތާ 14

20 Comments!

  1. Yash says:
    March 10, 2016 at 2:55 pm

    Nice story thankolheh avahah genesdhy bala

  2. Zeena says:
    March 10, 2016 at 3:06 pm

    Mashaa thanks… Asim n naxoo gulhuvaathi… Asim bakyy koh nulaathi.

  3. fairy princess says:
    March 10, 2016 at 3:08 pm

    Nyccccc?

  4. Misty says:
    March 10, 2016 at 3:31 pm

    V salhi

  5. Kidy says:
    March 10, 2016 at 4:06 pm

    Haadha kurey mi part…. bt v v v salhi ingey

  6. ޙުޔާ says:
    March 10, 2016 at 4:11 pm

    Dhen asim accidenteh kollanvy.dhen asim koama akah gos hey araairu naxoo aa zain kairyga thibenvy

  7. Appy says:
    March 10, 2016 at 4:48 pm

    Salhi ….thi gothah knme dhuvahaaku ves up kohdhehcheyy☺

  8. princess lily says:
    March 10, 2016 at 5:20 pm

    naxoo n reehaan gulhuvaathi plzzz.. e aasim baakykollaa.. eyna dhenves ehen hadhaany

    1. sumone says:
      March 10, 2016 at 5:52 pm

      no no no naxoo aasim aa gulhuvaany … .. reehaan ey beykaaru myheh …

  9. Aliyah Mikael says:
    March 10, 2016 at 6:39 pm

    Nazu and reehan gulhuvahchey. Asim treated nazu like a piece of trash so he doesn’t deserve her.

  10. twnkl str says:
    March 10, 2016 at 6:51 pm

    sheyn i luv u

  11. Aimsithu says:
    March 10, 2016 at 7:18 pm

    Yeyyy.. mihaaru emme fahun hoadhan ulhun reesha gandu ves fenijje. … bodu kathuru fani meeee hama…
    Thanx marsha.. reesha gandu hoadha dhinythyve…

  12. noo says:
    March 11, 2016 at 12:59 pm

    Aslu vaahaka haadha reechey. Vaahaka kiyamun dhaairu aslu dheravey aasim Aa dheythere. Ekamaku aslu life ga nama kaakubaa evaru meehakah maafukoh alun gulheyni.nugulheyne dhow ekaku ves..ehen v ma reehaan n naxooo gulhuvaaa

  13. marsh says:
    March 11, 2016 at 2:57 pm

    Kn iraku thr aneh part up kurany..?

  14. marsh says:
    March 11, 2016 at 2:59 pm

    Kn iraku thr aneh part up kurany..? Asslu vaahaka v reethi..

  15. princess shaal says:
    March 11, 2016 at 5:38 pm

    v.nice mi part vs kon irakutha next part up koh dheyny. plz avas koh next part up koh dhyba…..

  16. Thaathu says:
    March 11, 2016 at 11:00 pm

    Aneh part avahah up koh dheebala… mihaaru kiyaahithun ketheh nukurevey

  17. Mar Sha Marsha says:
    March 12, 2016 at 9:39 am

    Hi all.. thnx for reading n commenting… miadhu 16 up kohdheynan InshaAllah… hurihaa comments ah vakivakin reply nukurevunas ehcheh hynukurahchey… mee vas baru… baeh faharu enme reply ehves koh nulevey.. but vv happy vey readers ah story kamudhaathy… hope u will be with me thihen abadhuvesss.. thnx..

  18. Thaathu says:
    March 12, 2016 at 10:11 am

    Thanks marsha… ehvess habareh nuvegen v dheravefa indha thi reply kohly

  19. Ninnu says:
    March 12, 2016 at 2:03 pm

    Reethi story

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 16←


All Right Reserved!