Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާރޭ ( ދެވަނަބައި)

Ninnu
March 11, 2016
3 Mins Read
36 Views
14 Comments

“އަރީޖް މިތާ ކީއްތި ކުރަނީ؟” މާޒިން އަނެއްކާވެސް ސުވާލުކޮށް ލިއެވެ.

“ތުއް ތުއްތު… އަޅުގަނޑު މިތާ” އަރީޖްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެތިން މިނެޓް ހުރެލުމަށްފަހު ދުއްވައިގަތީއެވެ. ދެން މާޒިން އެނބުރިލީ ޔަޒަންއާއދި ދިމާއަށެވެ. ޔަޒަން އަވަހަށް ކޮނޑު އަރުވާލިއެވެ.

“އޭނަ މި ޖޭމް ގަހަށް އަރާ އޮތީ.. އަސްލުކޮށް” މާޒިން ދެލޯ ކުޑަކޮށްލުމުން ޔަޒަން ޔަޤީން ކޮށްދޭ ކަހަލަ ރާގަކަށް ބުނެލިއެވެ.

“އަރީޖް އެއީ ފިރިހެން ނަމެއް ނޫންތަ؟” މާޒިން އެއްޗެއް ނުބުނެ ގިނައިރު ވުމުން ޔަޒަން ބުނެލިއެވެ.

“ކާކު ބުނީ؟” މާޒިން ހީލަމުން ބުނެލިއެވެ.

“އޭނަ ލެންސް ލައްވާފަތަ އެއީ.. މާ ޝާ ﷲ ހާދަ ރީތި ދެ ލޮލޭ” ޔަޒަންއަށް ނީނދެވިގެން ބުނެލިއެވެ.

“އެ މަގޭ ކޮއްކޮ އިނގޭ.. ލެންސް އެއް ނޫން އެއީ.. މަންމަ ޖޫ ކުޑައިރު ޑޮކްޓަރުންނަށްވެސް ދެއްކި ބައްޔެއް ކަމަށް ހީކޮށްފަ… އެކަމް ހަމަ ކަޅީ އަސްލު ކުލަ އެއީ…” މާޒިން ތަފުސީލު ކޮށްދޭ ގޮތަކަށް ބުނެލިއެވެ.

“ޖޫ.. އަރީޖް.. ޖޫ” ޔަޒަން ދެފަހަރަކަށް ތަކުރާރު ކޮށްލުމުން މާޒިން އޭނާގެ ކޮނޑުގައި ޖަހާލިއެވެ.

“އޭނާ ވަރަށް ދަންނަ ވައްތަރު ޖަހާ.. އޮސްޓްރޭލިއަރ ގަ އުޅުނުތަ ކުރިން… މަށަށް އޭނަ ހުވަފެނުންވެސް ފެނޭ” ޔަޒަން ވަރަށް ސީރިއަސް ކޮށް ބުނެލިއެވެ. މާޒިން މޫނު ހަދާލުމުން ޔަޒަން އަސްލު ކަމުގައި ބުނެލިއެވެ.

“ޝީ އިޒް އޮންލީ 19… ދުވަހަކުވެސް ނުދޭ އަދި ރާއްޖެއިން ބޭރަކަށް..” މާޒިން އެހެން ބުނުމުން ޔަޒަންއަށް ޤަބޫލެއް ނުކުރިއެވެ.

އަރީޖްއަށް ގެއަށް ވަދެވުނީ ހަވީރު ހައެއް ޖަހަން އުޅެނިކޮށެވެ. ބޮޑެތި މީހުން އުޅޭހެން އަދިވެސް އަރިޖްއަކަށް ދަހެއް ނުވެއެވެ. 19 އަހަރު ވިއިރު ދުވަހަކުވެސް ފިރިހެން ކުއްޖަކާއި ރައްޓެހިވެސް ނުވެއެވެ. އެކުވެރި ރައްޓެހިކުދިން ފިރިހެނުންނާހެދި ރޯތަން އޭނާއަށް ފެނެއެވެ. ނަމަވެސް އޭނާވަނި ކިޔަވާ ހިތެވެ. މަންމަ ފެންނަން ހުރިތޯ ބަލާލުމަށްފަހު އަވަހަށް އެތެރެއަށް ދެމިގަތެވެ. އޭރު ޔަޝްފާ ސިޓިން ރޫމްގައި ހުރިކަމެއް އަރީޖްއަކަށް ނޭނގެއެވެ. ޔަޝްފާ ހުރީ ނުރުހިފަކަން އޭނާ ގޮވާލި ގޮތުންވެސް އިނގުނެވެ.

މާޒިންއާއި ޔަޒަންވެސް އައިސް އެގެއަށްވަނީ އެވަގުތުގައެވެ. އަރީޖްއަށް ޔަޒަން ފެނުމުން އެހެންނާ ނުވާ ގޮތްތަކެއް ވިއެވެ. ޔަޒަންއަކީ ރާއްޖޭ މީހެއްބާއޭވެސް އޭނާގެ ހިތް ބުނެއެވެ. ދޮންކަމުން ހީވަނީ ޔޫރަޕު ހިސާބު މީހެއް ހެންނެވެ. ޔަޝްފާއަސް އަރީޖްގެ މޫނަށް ވިގޮތްތައް ފެނުނެވެ.

އަރީޖް ސިޑިން މައްޗަށް ދިއުމުން މާޒިންވެސް އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ދެމީހުންނަށް މައްޗަށް ދެވުމުން ދެމީހުންބެލީ ފިލްމެއް ބެލޭތޯއެވެ. އޭރު އަރީޖް ޖެހިގެން ހުރި ކޮޓަރީގައި ނަމާދު ކުރުމަށް ތައްޔާރު ވެ އުޅެއެވެ. ނަމަވެސް އަޑުބާރު ވުމުން އަރިޖް ދޮޅި އަޅާލައިގެން ގޮސް މާޒިންގެ ކޮތަރީގެ ދޮރުގައި ޖަހާލިއެވެ. ފިނުގައި މެސެޖެއް އިނުމުން އޭގެއަށް ބަލަމުން އިނދެ ދޮރު ހުޅުވާލުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“ތުއްތު މި ގަޑީގަ ތި ބަލަނީ އޯ؟ ނަމާދު ކުރަން ދޭ” އަރީޖް އެހެން ބުނެލަމުން ބަލާލިއިރު ދޮރު ކަިރީގައި ހުރީ ޔަޒަންއެވެ. މި ނަން ނޭނގޭ ޒުވާނާ މިއަދު ކޮންމެ ތަނަކުން އެބަ ފެނެއެވެ. ވަގުތުން އަރީޖްގެ މުނު ރަތް ވެއްޖެއެވެ. އަވަހަށް އެތަނުން ދާން ހިނގައި ގަނެވުނީވެސް އެހެންވެއެވެ.

ޔަޒަން ގެއަށް އައުމުގެ ކުރިން އީލާފް އުޅުނީ ކޮޓަރި ސާފުކޮށްލެވޭތޯއެވެ. ނަމަވެސް ފޮށީގެ ތެރެއިން ފެނުނު އެއްޗަކުން އީލާފްގެ ހިތް އަވަސްވިއެވެ. އެ ކެވެލި ކޮޅު ޔަޒަންގެ އަތުގައި އޮންނަންވީ ކީއްވެ ހެއްޔެވެ؟ ހިތް އަވަސްވިލެއް ބޮޑުކަމުން އަވަހަށް މަންމައަށް ގުޅާލިއެވެ.

“މަންމާ.. ޔަޒަން ހަނދާން އެބަހުރިތާ؟” އީލާފް އަވަސް އަވަހަށް އަހާލިއެވެ.

“ނޫން… ކިހިނެއްވީ؟ އެކޮޅުން އާމިރާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.

“މި ކެވެލި ކޮޅު” އީލާފްއަށް ނުބުނެވިގެން އުލެނިކޮށް އާމިރާ ވާހަކަ ދައްކަން ފަށައިފިއެވެ.

“މަންމަ ބުނީ އެއީ މަންމަގެ އެއްޗެކޭ..” އެހެން ބުނުމަށްފަހު އެއޮތް ތަނަކަށް ލުމަށް އާމިރާ ބުނެލިއެވެ.

އީލާފްވެސް ކަންތައް ކުރި އެހެންނެވެ.

 

އަރައިގެން އައި އިރާއެކު އަރީޖް ސުކުލަށްދާން ތައްޔާރު ވެލިއެވެ. އޭ ލެ ވެލްގެ އެންމެ ފަހު ސެމެސްޓަރ ކަމުން އަރީޖް ހުރީ ވަރަށް އުފާވެފައެވެ. އަވަހށް މާލެ ބަދަލު ވެވޭނެކަން އެނގޭތިއެވެ. ނަމަވެސް މަންމައާއި ދުރަށް ދާކަށް އެނާ ބޭނުމެއް ނުވެއެވެ. ކުޑަކޮށް ވާރޭ ވެހޭތީވެ ކުޑަ ނަގައިގެން ރަށުގެ ބޮޑުމަގުން ސުކޫލާ ދިމާއަށް އަރީޖެ ހިނގައިގަތެވެ. އޭރު އެހެން ކުދިންތައްވެސް ދެއެވެ. އެހެން ކުދިންނާއި ވަކިން މަޑުމަޑުންނެވެ. ސުކޫލަށް ވަދެވުމާއެކު ކުދިންނަށް ފޮތްތަކާއި އެއްޗެހި ނަގައިގެން ތައްޔާރު ވެއްޖެއެވެ.

އެއްގަޑި ބައިވިއިރު ވާރޭ ބޯކަމުން ސުކޫލުން ކުދިންތައް ގެއަށް ނުދެވިފައިވެސް ތިއްބެވެ. މާޒިން އަރީޖް ބަލައި އައުމުން ދަބަސް ދީފައި އާރިޖް ނިކުތީ ވާރެ ތެރެއަށެވެ. ކުޑައިރުން ފަށައިގެނެވެސް ވާރޭ ވެހެން ތަނަށް ނިކުންނަން ރޯނެއެވެ. އަޅާފައިވާ ނޫކުލައިގެ ބުރުގާއާއި ސްޕޯޓްސް ޔުނިފޯމްގައި އަރީޖް ވަރަށްވެސް މައުސޫމެވެ.

“ޖޫ… ބަލި ވެދާނެ އިނގެ” ދުވަމުން ދިޔަ އަރީޖްއަށް ގޮވާލަމުން މާޒިން ބުނެލިއެވެ.

“އޯ.ކޭ ވާނެ” ބަރަށް ދުވެފައި ދަމުން އާރިޖް ބުނެލިއެވެ. މާޒިން ސައިކަލުގައި އައުމުގެ ކުރިން އަރީޖް ބެލީ އަވަހަށް ފިލޭތޯއެވެ. އަތިރިއާއި ދިމާއަށް ވީ މަގަށް އެޅުނުތަނުން މީހެއްގެ ގައިގައި އަޅައިގަނެފައި އޭނާ ވެއްޓުނީ ފެންގަނޑަކަށެވެ. އަނގައަށް ފެންވަނުމުން އަވަހަށް ދޫބޭރަށްލުމަށްފަހު ތެދުވެލިއެވެ.

ތިރީގައި އިށީދެލައިގެން ހުރި ޔަޒަން ފެނުމުން އަރީޖް ހިތްތެޅިލިއެވެ. ޔަޒަން ބޮލުގައި އަތްޖައްސާލައިގެން ހުރި ގޮތުން ހީވަނީ ކަމެއް ވެފައި ހުރި ހެނެވެ. ލޯހުޅުވާލުމާއެކު ޔަޒަންއަށް ކުރިމަތިން އެއްވެސް ތަނެއް ނުފެނުނެވެ. ފުސްވެފައި ހުރިލެއް ބޮޑުކަމުންނެވެ.

“ޒޭން.. ޒޭން” ޔަޒަން ދެލޯ ހުޅުވާލީ އެނަމުން މީހަކު ގޮވާލި އަޑުއިވުމުންނެވެ. ވިލުފުށީ އެއްވެސް މީހަކަށް އެނާގެ އެ ނަމެއް ނޭނގޭނެއެވެ. ކުޑަމިނުން މާޒިންއަށްވެސް ނޭނގޭނެއެވެ. އޭނާއަށް ހަމައެކަނި އެހެން ކިޔަނީ އޭނާގެ މަންމައާއި ބައްޕައެވެ. ނަމަވެސް މީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެއިން ޔަޒަން ތަނެއް ފާސުކޮށް ފެނޭތޯ ލޯ އުނގުޅާލިއެވެ. ނަމަވެސް އަދިވެސް ސާފެއް ނުވެއެވެ.

“ޒޭން.. ހިނގާ ދާން..” ޔަޒަންއަށް މިފަހަރު ސާފުކޮށް ފެނިއްޖެއެވެ. ނަމަވެސް އަންހެން ކުއްޖާގެ މޫނެއް ސާފުވާ ގޮތެއް ނުވިއެވެ. އެކުއްޖާ ޔަޒަންއާއި ވާހަކަ ދައްކަމުން ގެންދިޔައީ އިނގިރޭސިންނެވެ. ދިގު އިސްތަށިގަނޑެއްގެ ވެރި މިކުއްޖާއަކީ ފަހެ ކާކު ހެއްޔެވެ؟

“ކާކު؟ ތީކާކު؟” އަތް ހޫރާލަމުން ޔަޒަން އެހެން ބުނުމުން އަރީޖް ފަހަތަށް ޖެހިލިއެވެ. ޔަޒަން އުޅޭގޮތް ފެނުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. ހީވަނީ އެހެން މީހަކާއި ވާހަކަ ދައްކަމުން ގެންދާހެނެވެ.

ކުރިމަތީގައި ހުރި ކުއްޖާ ޔަޒަންއާއި ކައިރިވެލުމުން އޭނާ ފަހަތަށް ޖެހިލިއެވެ. ފެންގަނޑު ތެރޭގައި ހުރިއިރު އެ ކުއްޛާގެ ދޮންފައި ފާޅުވެފައި ހުއްޓެވެ. ޔަޒަން އަނެއްކާވެސް ބަލާލިއެވެ. ފުސްވެފައިވާ އޭމޫނުން ފެހި ކުލައިގެ ދެލޯ ފާޅުވުމުން ޔަޒަންއަށް ހަޅޭލަވައި ގަނެވުނެވެ. ހީވަނީ ބިރެއް ފެނުނު ހެންނެވެ. އެއާއެކު ފެންގަނޑުތެރެއަށް އޭނާގެ ހަށިގަނޑު ވެއްޓުނީ އެއްވެސް ބާރެއް ނެތިއެވެ.

ނުނިމޭ

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ninnu

Other Articles

Previous

ފުންއަސަރު 10

Next

ނޭނގިޔާރު ވަކިވީ…

Next
March 12, 2016

ނޭނގިޔާރު ވަކިވީ…

Previews
March 10, 2016

ފުންއަސަރު 10

14 Comments

  1. noo says:
    March 11, 2016 at 12:52 pm

    Me fist v habeys vaahaka eh thifalhaali

  2. princess says:
    March 11, 2016 at 12:56 pm

    Nyc..bt maa kuru dhw

    1. Ninnu says:
      March 11, 2016 at 1:09 pm

      Dhen faharakun dhigu kohlaanan

  3. Ninnu says:
    March 11, 2016 at 1:08 pm

    Sorry guys mistakes ebahuri dho.. next time rangalhu kuraanan in shaa allah

  4. nathu says:
    March 11, 2016 at 1:10 pm

    Hey nice vaahakaeh ekam maa kuru dhw

  5. nathu says:
    March 11, 2016 at 1:11 pm

    Good luck ninnoo

  6. princess says:
    March 11, 2016 at 1:19 pm

    Kn irakun nxt prt up kuranii

    1. Ninnu says:
      March 12, 2016 at 11:33 am

      ސޫން

  7. laimaan says:
    March 11, 2016 at 2:06 pm

    Story v salhi.

  8. Hooo says:
    March 11, 2016 at 2:07 pm

    Nice. Adi hie vanie varah different vaahakaeyhen. Avahaa update kohdey chey.

  9. shima says:
    March 11, 2016 at 2:08 pm

    Is this a horror story??????

    1. Ninnu says:
      March 12, 2016 at 11:05 am

      No it’s not 🙂

  10. yoyo says:
    March 12, 2016 at 11:55 am

    Soo short. When next part? I m dying to read it.

    1. Ninnu says:
      March 12, 2016 at 12:09 pm

      trying to upload today

Comments are closed.

All Right Reserved!