
ވާރޭ (އެއް ވަނަބައި)
އަވީ ތެރޭގައި ކުޑަ ނަގައިގެން ވަރަށް ގިނަ މީހުން ތިއްބެވެ. އޭރު ލޯންޗުވެސް އައިސް ތޮށި ގަނޑާއި އަރައި ހަމަވެއްޖެއެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި ޔަޒަން ކޮނޑުގައި ދަބަސް އަޅުވާލައިގެން ލޯންޗުން ފައިބައިފިއެވެ. ކުޑަތައް ނަގައިގެން ތިބި އަންހެން ކުދިންތައް ޔަޒަން ފެނުމުން ތުއި ވެލާފައި ހީލިއެވެ. ނަމަވެސް ދެލޯ ހަދާލަމުން ޔަޒަން ފޯނުނަގައި އެނާގެ އެންމެ ކުޑަ ދުވަހުގެ އެކުވެރިޔާއަށް ގުޅާލިއެވެ. ރަށަށް އައުމުންވެސް ބަލާ އައިކީ ނޫނެވެ. 16 އަހަރަށްފަހު އައުމުން ޔަޒަންއަށް ހިނގަންވެސް ނޭނގުނެވެ. ސުނާމީގެ ފަހުން ވިލުފުއްޓަށްވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އަތުވެފައެވެ. ފޯން ރިންގްވާން ފެށުމުން ޔަޒަން އަވަހަށް ފޯނުނެގިއެވެ.
“އޭ މަށަށް ނިދުނީ އޭ؟” މާޒިންގެ އަޑު އިވުމުން ޔަޒަން ހިނިތުން ވެލިއެވެ. ޔަޒަން ގެއަށް ދާން ނޭނގޭނެއޭ ބުނަމުން ފޯނު ކަނޑާލިއެވެ. ފަސް ވަރަކަށް މިނެޓް ތެރޭގައި މާޒިން ސައިކަލުގައި އަތުވެއްޖެއެވެ. މުނި ރަށުގައި ތާރު އަޅާފައި އޮތުމުން ޔަޒަން ވަރަށް އުފާވިއެވެ. ނަމަވެސް ހިތާމައަކީ ހޫނުކަމުންނެވެ. ރަށް ކިތަންމެ ތަރައްޤީވީ ކަމުގައި ވިއަސް ވަރަށް ގަސްމަދެވެ. މާޒިން ސައިކަލު މަޑުކޮށްލީ ގްރީންބީޗްގޭގެ ދޮރުމައްޗަށެވެ. ދެބުރިއަށް ނަގާފައިވާ ބޮޑުގެ ބޭރުން ފެންނަ އިރުވެސް އޭހާ ފުރިހަމައެވެ.
ގޭގެ އެތެރެއަށް ވަނުމާއެކީ ދުވަންފެށީ ފިނިފެންމަލުގެ މީރުވަހެވެ. ހުދުކުލައާއި ރަތް ފިނިފެންމާތަކުން މުނި ސަރަހައްދުވަނީ ފުރިފައެވެ. ޔަޒަން އެންމެ ހައިރާންވީ އަދިވެސް އަނބު ގަސްތައް ފެންނަން ހުރުމުންނެވެ. އޭނާ ހީކޮށްގެން ހުރީ ސުނާމީގައި ގަސްތައް މަރުވާނެ ކަމަށެވެ.
“ޔަޒަން.. ” އީލާފް ޔަޤީން ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ޢީ ދޮން..” ޔަޒަން ގޮސް އީލާފް ގައިގައި ބައްދާލަމުން ބުނެލިއެވެ.
“ތީ މިހާރު ކުޑަކުއްޖެއް ނޫނޭ ހަގް ކުރަން” އީލާފް ހިނިތުން ވަމުން ބުނެލިއެވެ. އީލާފްއަކީ ޔަޒަންއާއި އެއްބަފައި ހުރި ހަމައެކަނި ކުއްޖާއެވެ. ހުރި ހަމައެކަނި އަންހެން ކުއްޖާވެސް މެއެވެ. އާމިރާއަކީ މާލޭ މީހަކަށް ވުމުން މާހިރުވެސް އީލާފް ގޮވައިގެން މާލެ ބަދަލުވީއެވެ.
“މަންމަ ގުޅި މިއަދު” އީލާފް ޔަޒަން އަތުން ދަބަސް އަތުލަމުން ބުނެލިއެވެ. އާމިރާގެ އަންހެން ކުއްޖެއް ނެތުމުން އާމިރާ އޭނާގެ ހުރި ދެ ފިރިހެން ދަރިންނަށް ވުރެ ބޮޑަށް އީލާފެ ދެކެ ލޯބިވެއެވެ.
“ކީއްވެ ޔުއާން ނައީ…” އީލާފް ޝަކުވާ ރާގަކަށް ބުނެލިއެވެ.
“ދޮންއަށް އެނގެ އެއްނު ދޮންބެ ގެ ގޮތް” ޔަޒަން އެހެން ބުނަމުން ދުއްވައުގަތީ އަނބު ގަސްތަކާއި ދިމާއަށެވެ. ދޮންވެ ފައްކާވެފައިވާ އަނބުތައް ފެނުމުން ކެއްވާނީ ކާކުއަށް ހެއްޔެވެ؟ މާޒިންވެސް ޔަޒަންގެ ފަހަތުން ދުއްވައިގަތީ އީލާފްއަށް ޖެއްސުން ކޮށްލަމުންނެވެ.
ހަވީރު ފިނިޖެހުމުން މާޒިންޢާއި ޔަޒަން ދިޔައީ އަތިރިއާއި ދިމާއަށެވެ. ރަށުގެ ދެކުނު ކޮޅުގައި އޮތް ބޮޑު ތުނޑި ފެނުމުން ޔަޒަންއަށް ލައިގެން ހުރި ޖިންސް ފައިކުރި އޮޅާލަމުން ގާތަކުގައި ހިފަހައްޓަމުން ތިރިއަށް ފައިބަން ފެށިއެވެ. ޔަޒަންގެ ދޮން ހަށިގަނޑާއި އޭނާ ލައިގެންހުރި ކަޅު އަތްދިގު ގަމީސް ވަރަށް ގުޅެއެވެ. މާޒިން ކޯކު ފުޅިއެއް ހިފައިގެން އަންނާނެ ކަމުގައި ބުނަމުން ސައިކަލަށް އަރާ ދުއްވާލިއެވެ.
ދޮންވެލިގަނޑު މަތީގައި ފައިޖެހުމުން ބުނަން ނޭނގޭ ކަހަލަ ގޮތެއް ޔަޒަންއަށް ވެގެން ދިޔައެވެ. ކުދި ވިނަ ގަސްތައް ފަޅާ ތުނޑިގެ ދެބައިކުޅަ އެއްބައި އޮތީ ފޮރުވާލާފައެވެ. ދުރުދުރުން އެއްވެސް މީހަކު ފެންނަން ނެތުމުން ޔަޒަން އިތުރަށް ހިތްހަމަ ޖެހުނެވެ. އޭނާ ވިލުފުއްޓަށް އައި ފަހުން މަގުމަތިން ކޮންމެ މީހަކުވެސް އެހާ ބަލައެވެ. ފިރިހެނެއް ވިއަސް އެހާމެ ބަލައެވެ.
އެކި ހިޔާލު ތަކުގައި ހުއްޓައި ޔަޒަން ސިއްސައިގެން ދިޔައީ އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. ދުރުދުރުން އެއްވެސް މީހަކު ފެންނަން ނެތުމުން ޔަޒަން އިތުރަށް ބިރުގަންނަ ގޮތްވިއެވެ.
“ހެލޯ ކޮބާ؟ ޔަޤީނޭ ފިލީކަން” އެހެން ބުނި އަޑު އިވުމުން ޔަޒަން ވަށައިގެން ހޯދާލިއެވެ. އެކި ދިމަދިމާއަށް ބަލަނިކޮށް ދުރުގައި ހުރި ޖޭމު ގަހަކުން އެއްޗެއް ވެއްޓުނުތަން ޔަޒަންއަށް ފެނިއްޖެއެވެ. އަވަސް އަވަހާއި ގޮސް ބަލާލިއިރު ގަހުގައި އޮތް އަންހެން ކުއްޖާ އަރައިގެން އޮތް ބޫޓެވެ. ޔަޒަން ބޯ އަރިކޮށްލަމުން އެއަންހެން ކުއްޖާ ފެނޭތޯ ބަލާލިއެވެ. ނަމަވެސް ޔަޒަންއަށް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ.
“ދުވާލު ގަޑީގަވެސް ވާ އުޅޭތަ؟” ޔަޒަން އެހެން ބުނުމުން އެކުއްޖާ ސިހުނުކަން އޭނާއަށް ރަނގަޅަށް ފެނުނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން ޔަޒަން އޭނާގެ އަތް ދިއްކޮށްކަމުން ހިފާށޭ ބުނެލިއެވެ.
“ވެއްޓުނިއްޔާ؟” އެކުއްޖާ ބުނެލިއެވެ. ޔަޒަން އަނެއްކާވެސް އެކުއްޖާގެ މޫނު ފެނޭތޯ އުޅެލިއެވެ. ނަމަވެސް ގަހުގެ ގޮފިތައް ހުރިގޮތުން އަނެއްވާވެސް އެކަންވީ ނާކާމިޔާބެވެ. ޔަޒަން ދިއްކޮށްލައިގެން ހުރި އަތުގައި ހިފާލުމާއެކު ޔަޒަން ލަތްކެއް ޖަހާލިއެވެ. އެއާއުކު އަންހެން ކުއްޖާ ވެއްޓުނީ ޔަޒަންގެ އަތުތެރެއަށެވެ. ދެލޯ މަރާ ތަގުޅި ކޮށްލައިގެން އޮތްއިރު ހީވާނީ ކުޑަ ކުއްޖެއް ހެންނެވެ. ޔަޒަން އެކުއްޖާގެ ގައިން ދޫކޮށްލުމުން އަވަސް އަވަހާ ގައި ފޮޅާލަމުން އަޅައިގެން ހުރި ބުރުގާ ރީތިކޮށްލިއެވެ. އަދި ޔަޒަންއާއި ދިމާއަށް ބަލާލިއެވެ. ޔަޒަންއަށް ހީވީ ބިރުވެރި އެއްޗެއް ފެނުނު ހެންނެވެ. އިންސާނެއް ބާއޭ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނީ އެކުއްޖާގެ ފެހި ކުލައިގެ ބޮޑު ދެލޯ ފެނުމުންނެވެ. އެމޫނާއި އެންމެ ގުޅޭ ދެލޮލޭ ޔަޒަންގެ ހިތް ބުނެލިއެވެ.
“އާރ ޔު އެ ހިއުމަން؟؟” ޔަޒަން އެއަންހެން ކުއްޖާގެ ނިއްކުރީގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ. ބުރުގަލުގެ ތެރެއިން އެމޫނުކޮޅު ފެންނައިރު ވަރަށްވެސް ފުރިހަމައެވެ. ހަންގަނޑުގައި އަލިކަމެއް ހުރި ނަމަވެސް އެއީ ދޮންކުއްޖަކަށް ނުކިޔާއެވެ.
“އަރީޖް…” ދުރުން އިވިގެން ދިޔަ މާޒިންގެ އަޑާއިއެކު ޔަޒަންއާއި އަރީޖް ދިޔައީ ސިއްސައިގެންނެވެ.
ނުނިމޭ
9 Comments!
Comments are closed.
Haadha kuray
Stry nyc..bt v kuru genes dhyfa inleh..next part avahah genesdheyne kamah hykuran..daily koh up kohdhehyaa v happy vaane…knme dhuvahaku vex up kohdhehchey ingey…wish yu all the best..☺☺☺
Nyc feshun….knme dhuvahaku vx up koh dhehchey…gd luck
Haadha kurey but nice
starting varah interesting..waiting for the next part….
Feshun varah salhi.. Daily koh update kohdayney kamah hie kuran.
Salhi..BT maa kury… Daily kh up khdhichey..
Waiting for the next part
comment kuraa kudhin vahaka hama ekani vahaka reechey bunyma kamaku nudhaane. mistake ineema ekan ves fahaga kolladhee. misaalaka “kaaku ah” ge badahaluga “kaakah”. vahaka reethivaany mikahala kuhthah rangalhu kollaigen. ol da best liyuntheriya ah
Thank you.. ☺?