Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 09

Ushaali Level 810 Stories100 Comments100 Stories500 Comments
March 8, 2016 8 Mins Read
18 Comments

ނަމަވެސް ޒޯހަން ކައިފިންތޯ އެހުމުން ޖަވާބުދެއެވެ. ހާލު ކިހިނެއްތޯ ސުވާލުކުރުމުން ރަނގަޅޭ ވެސް ބުނެލައެވެ. އެވަރުވެސް ޒޯހަން ހިތްހަމަޖެހެއެވެ. ޒޯހަންގެ އެންމެ ފަހު ނޭވާއާއި ހަމައަށް ވެސް ޝިޔާރާއަޓަކައި އިންތިޒާރުކުރާނެއެވެ. ބައެއް ފަހަރު ޒޯހަންއަށް ވެސް ޝިޔާރާ ޒޯހަންއާއި ގަޔާވާހެން ހީވޭއެވެ.

 

ހާލާއާއި ޒޯހަންގެ ކައިވެނި ޕާރޓީއަށް ޝިޔާރާ ދިޔައީ ހާލާ ގުޅާފައި ކިޔާ ވަރުންނެވެ. އެކަހަލަ ތަންތަނަކީ ޝިޔާރާ މާގަޔާވާ ތަންތަނެއް ނޫނެވެ. އުފާ ފާޅުކުރާ ތަންތަން އެއީ ޝިޔާރާއަށް ބީރައްޓެހި ތަންތަނެވެ. ނަމަވެސް އެކުވެރިޔާގެ އުފަލަށްޓަކައި ޝިޔާރާ ދާން ނިންމީ ހިތާއި ދެކޮޅަށް ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ. ހާއްސަކޮށް މިރެއަށް ޝިޔާރާއަށް ހާލާ ފަހާދިން ދިގު ހެދުމުގައި އެފައިވާނަށް އެރެން ޖެހުމުން ވެސް ޝިޔާރާއަށް އުނދަގޫތަކެއް ވިއެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހުގައި ގަދަ ޕިންކު ކުލައިގެ ހާރޓްތަކެއް ޖަހާފައި ހުރިއިރު ދަށުން ލާފައި ހުރި ހަމައެކުލައިގެ ރޫޖެއްސި ދިގު ސްކާރޓެކެވެ. ބެގީކޮށްލާފައި ހުރިއިރު އިސްތަށިގަނޑު އެއްފަރާތަކުން މައްޗަށް ނަގާ އަށް ފަށަށް ގަތާލާފައި ކުރިމައްޗަށް ގެނެސްފައި ހުރިއިރު އިސްތަށިގަނޑު އެހާ ދިގު ކަމަށް ނުދައްކައެވެ. މޭކަޕެއް ޝިޔާރާއަށް ބޭނުމެއް ނުވޭއެވެ. ދަރުބާރުގެއަށް ޝިޔާރާ ވަންނަން އައިރު ދޮރުމަތީގައި ހުރި ޒޯހަން ހުރީ ތަލިން ކުޅުހިކިފައެވެ. މިއީ ދުނިޔެމަތީގެ ކަމެއްބާއޭ ހިތަށް އެރިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ. މާޝާﷲ. އިންސާނުންގެ ދަހިވެތި ލޯތަކުން މިއަޅާގެ ފުރާނަ ސަލާމަތްކޮށްދެއްވާ ފާނދޭވެ… މޫނު މަތީގައި ހަމްދުއަޅާލުމަށްފަހު އަތް ނެގިއިރު ޝިޔާރާ ހުރީ ދާދި ކައިރީގައި ޒޯހަންއަށް ބަލަހައްޓައިގެންނެވެ. “ޔޫ ލުކް ބިއުޓިފުލް ޕްރިންސަސް. މަޑުކުރައްޗެ” ޒޯހަން މޯބައިލް ފޯނު ނަގާ ޝިޔާރާގެ ތިން ހަތަރު ފޮޓޯ ނަގާ ފޯނުގާ ރައްކާ ކޮށްލިއެވެ. ޝިޔާރާ އެނބުރި ގެއަށްދާން ހިނގައިގަތީ އެތެރެއަށް ވަންނަން ހިތް އެއްބަސް ނުވުމުންނެވެ. ވާހަކަނުދެއްކުނެއް ކަމަކު މިރޭ ޝިޔާރާ އެދިޔައީ ޒޯހަންއަށް ވަރަށް ބޮޑު ހަދިޔާއެއް ދީފައެވެ. އަދިވެސް ޒޯހަންގެ ހިތް ހަމައަކަށް ނޭޅޭއެވެ. ޒޯހަން ބުނި ބުނުމަކަށް ޝިޔާރާ އެވަރު ކޮށްދިންކަމަށްޓަކައި ވެސް ޒޯހަން ހުރީ އެހާ ހިތްހަމަޖެހިފައެވެ. ޝިޔާރާގެ ކައިރީގައި ޒޯހަން އެދުނީ އެންމެ ފަހަރަކު ހިނިތުންވެލުމަށެވެ. ބަދަލުގައި ޝިޔާރާ ހިނިތުންވެލީ ޒޯހަންއާއި ހަރަތުކަޅި ހަމަކޮށްލަމުންނެވެ. އެވަގުތު ޝިޔާރާގެ ދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅު އެރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފިއެވެ. އެހިނިތުންވުމަށްޓަކައި ޒޯހަން ޖާނުން ގުރުބާންވެސް ވެދާނެއެވެ. އެތަނުގައި ހުރެފައި ޒޯހަން ޝިޔާރާއަށް ކުރި މެސެޖްގެ ޖަވާބެއްގެ ގޮތުން ގެއަށް ވަދެވުނުކަން ޔަގީން ވުމާއެކު ޒޯހަން މިސްރާބުޖެހީ ޝަޒަންއާއި ހާލާގެ ކައިރިއަށް ދިއުމަށެވެ. އަދި ޝިޔާރާ ޕާރޓީއަށް އައި ކަމުގައި ހާލާއަށް ހެކި ދައްކަންވެސް ޖެހޭތީއެވެ.

ހަނީމޫން ދަތުރުގައި ހާލާ ޔޫކޭއަށް ފުރުމުން ޝިޔާރާ ވަރަށް އެކަނިވެރިވިއެވެ. ކިރިޔާ ވެސް ހިތަށް ހަމަޖެހުމެއް ލިބެނީ ޒޯހަންގެ ހިތްގައިމު މެސެޖް ތަކުންނެވެ. ދުވާލަކު އެތައް ސަތޭކަ ފަހަރަކު އެތައް ގޮތަކަށް ޒޯހަން ޝިޔާރާ ދެކެ ލޯބިވާކަން ހާމަކޮށްދެމުން ދާއިރު ވެސް ޝިޔާރާ ޖަވާބެއްދޭކަށް ނޫޅުނެވެ. ހަގީގަތުގައި ޝިޔާރާ ބިރުގަންނަނީއެވެ. މާދަމާ ވެސް ބަކުރު އައިސްދާނެއެވެ. އަދިވެސް ޝިޔާރާ އަކީ ބަކުރުގެ އަނބިމީހާއެވެ. އަނެއްކޮޅުން ޒޯހަންގެ ހަޔާތުގެ ބައިވެރިއަކަށް ޝިޔާރާ ހަދައިފިނަމަ މުޅި އާއިލާ ބޮށްސުންލާނެކަން ޝިޔާރާއަށް ކަށަވަރުވެއެވެ.ޒޯހަންގެ ލޯބި ގަބޫލުކުރަން ޝިޔާރާ އިންތިހާއަށް ބޭނުމެވެ. އެފަދަ ތެދުވެރި ލޯތްބަކަށް ޝިޔާރާ އިންތިޒާރުކުރާތާ ކިތައްމެ ދުވަހެކެވެ.

 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެނދުގެ ހެޑްބޯޑުގައި ލެގިގެން އިން ޝިޔާރާ އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒޯހަން ވައިބަރ ކުރަމުންދާތީވެ ފުރަގަސް ދީފައި ނިދަން ނުކެރުމުން އެގޮތުގައި އިނީއެވެ. މިހާރު ވެސް ޝިޔާރާގެ ފަރާތުން ޒޯހަންގެ ހިތަށް ހަމަޖެހުމެއް ހޯދާ ދެވިފައި ނުވާއިރު އިތުރަށް ދެރަކޮށްލަން ނުކެރުނީއެވެ. “ޝިޔާ ކުރިން ހަމަ އެކައްޗެކޭ ވެސް ނުބުނާނީތަ؟” ޒޯހަންގެ މެސެޖް ޝިޔާރާ ކިޔާލިއެވެ. “ނޫން” ޝިޔާރާގެ މެސެޖް ވަރަށް ކުރެވެ. ޒޯހަން ހިނިގަނޑެއް ޖަހާލިއެވެ. ބައެއް ކަހަލަ މެސެޖް ތަކުން ޒޯހަން ޝިޔާރާ ހެއްވާލަން މަސައްކަތް ކުރާހެން ވެސް ޝިޔާރާއަށް ހީވޭއެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެފައި ވެސް ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެންދޭއެވެ.

 

ޝިފްނީ ކޮޓަރި ތެރޭގައި ހުރީ ލަވަ ޖަހާލައިގެންނެވެ. ހިތްގައިމު ހިންދީ ލަވައެއް ޖަހާލައިގެން އެނދުައި ހުރަހަށް އޮށޯވެގެން އޮތް ޝިފްނީގެ ސިކުނޑީގައި އެނބުރެމުންދަނީ ޒޯހަންގެ ލޯބިވެތި ހިޔާލުތަކެވެ. ކޮލެޖުން ލިބުނު ބްރޭކްގައި ޝިފްނީ ގެއަށް އައީ ކޮންމެހެން ވެސް އަންނަން ޖެހިގެންނެވެ. އަނބުރާ ދާހިޔާލެއް ނުކުރީ މާބޮޑަށް ބަނޑުގައި ރިއްސާތީއެވެ. ކާންވެސް ޝިފްނީ ތިރިއަށް ނުފޭބުމުން ސާރާ އެކޮޓަރިއަށް ދިޔައިރު ޝިފްނީ އޮތް ގޮތުން ހައިރާންވިއެވެ. އަނެއްކާ އަހަރެންގެ ދަރިފުޅަށް ބަދަލުތަކެއް އަންނަނީބާއޭ ސާރާގެ ހިތަށް އެރީ ސީލިންގަށް ކަޅި ހުއްޓާލައިގެން އޮތް ޝިފްނީއަށް ކައިރީގައި އިން ސާރާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ.  އެންމެފަހުން ސާރާ ޝިފްނީގެ ލެޕްޓޮޕް ވާތައް ނައްޓުވާލީ ހިތްހަމަނުޖެހިގެންނެވެ. ފުންމައިގެން ތެދުވި ޝިފްނީއަށް ކައިރީގައި އިން ސާރާ ފެނުމުން ކުޑަކޮށް ޖެހިލުންވިއެވެ. “މަންމަތަ؟” ހަމަޖެހިލަމުން ޝިފްނީ ބުނެލިއެވެ. “ކޮލެޖަށް ދާން ފެށިފަހުން ޝިނީ މިހާރު ހާދަ ތަފާތޭ. މަންމަގެ ޝިނީ ބޭބީ ބޮޑުވަނީތަ އަނެއްކާ” ޝިފްނީގެ މޫނަށް ބަލަން އިނދެ ސާރާ ސުވާލުކުރި ގޮތުން ޝިފްނީގެ ތުންފަތް މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. “ނޫން. އަޅެ މަންމާ. ބޭބީއޭ ނުކިޔަބަލަ ޝިނީއަށް” ޝިފްނީ ކަންބޮޑުވީ ސާރާ ބޭބީއޭ ބުނީމައެވެ. ” އާނ ދެން ބޮޑު ވަންޏާ ބޭބީ ކިޔާނެ ކަމެއް ނެތްތާދޯ. އެކަމު އެއީ ކާކުކަން ބުނެދީފާނަންތަ މަންމައަށް” އަނެއްކާ ވެސް ސާރާ އަހާލުމުން ޝިފްނީ ކައިރިއަށް ހިނިއައެވެ. “ކޮބާތަ މަންމާ. ތިކަހަލަ އެއްވެސް ކަމެއް ނޫޅޭ” ކަމަކަށް ނުހަދާ ސާރާ ދިޔައީ ޝިފްނީ ކައިރީގައި އަވަހަށް ކާން އަންނަން ބުނެފައެވެ.

މެންދުރުގެ ކެއުމަށް މެކާހިޔާގައި އިންސާފުކުރަމުން ދިޔަ ވަގުތެވެ. ގޭ ހުރިހާ މެންބަރުން ހަމައަށް ތިބިއިރު މަދުވަނީ ހަމައެކަނި ޔަޝްމީއެވެ. ޔަޝްމީގެ ހާލަތު ހުރި ގޮތުން ކާއެއްޗެހިން މާބޮޑަށް ނުބައި ވަސްދުވަނީއެވެ. ކުޑަކުޑަ ރިވާން އަތްމައްޗަށް ލައިގެން  ތަޅުވަމުން އެތަނަށް ނިކުތް ރާކީވެސް ވަކިން ހުރި ގޮނޑިއެއްގައި ޖައްސާލިއެވެ. ލަތާ މަސައްކަތް ކުރަމުން ދިޔައީ ލައިލްއަށް ކާންދެވޭތޯއެވެ. ޒޯހަން ވެސް ހިމޭންކަމާއެކު ކަމުން ދިޔައެވެ. އިރުއިރުކޮޅުން އެދިމާލުން ފެނިފަ ގެއްލޭ ޝިޔާރާއަށް ބަލާލަނީ ވަރަށް ލޯބިންނެވެ. ހަލުވިކަމާއެކު ބަދިގެ އިން ރިހަ ބޯތަށި ހިފައިގެން ނިކުތް ޝިޔާރާއަށް ލަތާ ގޮވާލުމަށްފަހު މީހަކު ހޯދަން އައިސް ހުރި ވާހަކަ ބޭރުގައި ހުރި ގާރޑް ބުނެފައި ދިޔަ ވާހަކަ ބުނުމުން އެހިތް ތެޅިލީ ބިރުންނެވެ. ޝިޔާރާގެ މޫނުމައްޗަށް ވެރިވި ކުލަވަރު ޒޯހަންއަށް ވަރަށް ރަނގަޅަށް ފެނުނެވެ. ހިތާހިތާ ދުޢާ ކުރަމުން ދިޔައީ އެއީ ބަކުރަށް ނުވޭތޯއެވެ. ބޭރަށް ނިކުތް ޝިޔާރާއަށް ފެނުނީ ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ފިރިހެން ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑު ބުޅިކޮށް ދިގު ކޮށް އޮތްއިރު ކަންފަތުގައި ވެސް ފާޑެއްގެ ބޮޅެއް އިނެވެ. އަތުގައި ވެސް ޗޭނު އަޅާފައި ހުއްޓެވެ. ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓްގައި ބޮޑުމޫނެއް ކުރަހާފައި ހުރިއިރު އެޓީޝާޓްވެސް ބަލާބެލުމަށް ހީވަނީ ހަށިގަނޑަށް ވުރެ ބޮޑު ހެންނެވެ. އަނެއްކާ މިއީ ކާކުބާ ޝާިޔާރާގެ ހިތަށް އެރިއެވެ. ޝިޔާރާގެ ފެނުމާއެކު އެކުއްޖާ ފާޑަކަށް ހީލަމުން ޝިޔާރާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ޝިޔާރާގެ މޭމައްޗާއި ހަމައިގާ އެކުއްޖާގެ ނަޒަރު ހުއްޓާލުމާއެކު ކަރުގައި އިން ދޯޕައްޓާ އިން ވީހާވެސް ބޮޑަށް ނިވާ ކޮށްލިއެވެ. އެކުއްޖާ ޝިޔާރާގެ ކައިރިއަށް ޖެހިލާ ސަލާމަށް އަތް ދިއްކޮށްލުމުން ޖެހިލުންވެފައި ވެސް ސަލާންކޮށްލިއެވެ. “މީ މޯޑް. ބަކުރުގެ ދެވަނަ ދަރިފުޅު. ބައްޕަ ވަރަށް ބަލި. އެހެންވެ ޖޮބެއް ހޯދަން މާލެއަށް މިއައީ. އަހަރެން ހުންނާނީ ބައްޕަ ކުއްޔަށް ހިފާފައި ހުންނަ ކޮޓަރީގައި. ޝިޔާރާއަކީ ކާކުކަން ބައްޕަ ވަރަށް ރަނގަޅަށް މަށަށް ބުނެދިން. ތަޅުދަނޑި ދީފާނަންތަ. ނޫނީ އެތަން ދައްކަން މަށާއެކު ދާންވީނުން ޝިޔާރާ” ޝިޔާރާގެ ލޯކުރިމަތީގައި އެނބުރެފެށީ ދެވަނަ ބަކުރެވެ. އެނުބައި ޝައިތާނާގެ އަސަރު މިހަޔާތުން ދުވަހަކުވެސް ނުފިލާނީ ހެއްޔެވެ؟ އެތަނުގެ ތަޅުދަނޑިއެއް ޝިޔާރާގެ އަތުގައި ނޯވޭއެވެ. ނަމަވެސް މޯޑްއާއެކު ހިނގައިގަތީ އެކޮޓަރި ދެއްކުމުގެ ބޭނުމުގައެވެ. މަންޒަރު ބަލަން ދުރުގައި ހުރި ޒޯހަން ހިތަށް ނުބައި ގޮތެއްވެގެން ދިޔައީ ހީކުރެވުނު އެއްޗެއްގެ ސަބަބުންނެވެ. ކޮޓަރިއާއި ހަމަވުމާއެކު ޝިޔާރާއަށް މޯޑް ބަލާލީ ނުލަފާ ވައްތަރަކަށެވެ. ޖީބުން ތަޅުދަނޑިނަގާ ޝިޔާރާއަށް ދައްކާލުމަށްފަހު ތަޅަށް ތަޅުދަނޑި ޖަހާ އަނބުރާލިއެވެ. މޯޑް ކޮޓަރިއަށް ދެމިގަތުމުގެ ކުރިން ކުއްލިއަކަށް ޝިޔާރާ އެއްއަތުގައި ހިފާ އެތެރެއަށް ކޮށްޕާލިއެވެ. ވަގުތުން ޝިޔާރާއަށް ރޯން ފެށުނެވެ. އަނެއްކާ އެދުވަސްތައް އިއާދަ ވަނީ ހެއްޔެވެ؟ މާތްކަލާކޯއެވެ. މިއަޅާ އަށް މިނޫން ގޮތެއް ދުވަހަކުވެސް ނެތީ ހެއްޔެވެ؟ “ކަލޭ ކީކޭ ހީކުރަނީ. މަގޭ ބައްޕައަށް އެހާލު ޖެއްސީ ހަމަ ކަލޭ. މަންމަ ބައްޕައާއި ވަރިވީ ހަމަ ކަލޭގެ ސަބަބުން. އަހަރެންގެ ބައްޕަ ކަލެއާއި އިނީ ލޯބިން. އެކަމަކު ކަލޭހިލޭ ފިރިހެނުން ގޮވައިގެން މަގޭ ބައްޕަ ކުރިމަތީގައި ގޮތްގޮތަށް އުޅުނު އިރު މިކަހަލަ ދުވަހެއް އައިސްދާނޭ ހީނުކުރީ ކީއްވެ؟ އަހަރެން ކަލެއަށް ދެދުނިޔެ ދައްކާލާނަން. ބައްޕަ ބުންޏަކަސް މަހިއެއް ނުކުރަން ތިހާ ލޯބި ބިޓެއް ކަމަކަށް. މީގެ ފަހުން ކަލޭ އެއްވެސް ފިރިހެނަކާއި ބައްދަލުކޮށްގެން ނުވާނެ. ކަލޭ ވާނީ މިކޮޓަރީ ހަތަރަުފާރުން އެތެރެ މަގޭ އަޅަކަށް ވެގެން އޮންނަން. މަޖެއްސި ހާލަކައިގެން އުޅެން. އެއްވެސް މީހެއް ކައިރީގައި މަގޭ ވާހަކައެއް ދައްކައިފިނަމަ ހަނދާންކުރައްޗެ ނަތީޖާ މާރަނގަޅެއް ނުވާނެ” ކުއްލިއަކަށް ޝިޔާރާގެ ގައިގާ ވަށާލާފައި އޮތް ދޯޕައްޓާ ދަމައިގަތެވެ. ދަހިވެތި ނަޒަރަކުން ޝިާޔާރާއަށް ބަލަން ހުރި މޯޑް ފެނުމުން ޝިޔާރާގެ ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. ދެއަތް މޭމަތީގައި ހުރަސްކޮށްލެވުނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. މޯޑް ޝިޔާރާގެ ހަށިގަނޑުގައި ބައްދާލުމަށްފަހު އެހެދުމުގެ ފަހަތުގައި އިން ޒިޕް ތިރިއަށް ކަހާލިއެވެ. ޝިޔާރާއަށް ހޭވެރިކަމެއްވީ ކަންނޭނގެއެވެ. މޯޑްގެ މޭގައި ބާރަށް އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. މޯޑްގެ ހުޝިޔާރު ކަމުން ޝިޔާރާއަށް ސަލާމަތެއް ނުވެވުނެވެ. އެއަތުގެ ތެރެއަށް ޝިޔާރާ ގެނައުމަށްފަހު ގަދަކަމުން ތިރީގައި ބޭއްވުމަށްފަހު ދެއަތް ވެސް ވާގަނޑަކުން ބަދެލީ ޝިޔާރާއަށް ގުޑިވެސް ނުލެވޭނެ ވަރަށެވެ. ދެއަތް ދެފަރާތަށް ވާންކޮށް ދަމާފައި އައްސާފައި ހުރިލެއް ބާރުކަމުން އަތުގައި ވެސް ވޭން އަޅަމުން ދިޔައެވެ. ރޮމުން ގިސްލަމުން ދިޔަ ނިކަމެތި ޝިޔާރާއަށް މިއަދު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޒޯހަން މަތިން ހަނދާންވުމާއެކު ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޝިޔާރާގެ އަންނައުނުތައް ގަޔާ ވަކިކޮށްލުމަށްފަހު މޯޑްގެ ވަހުޝީ އަމަލު ހިންގުމުގެ އެންމެ ފަހުގެ ތައްޔާރީވުމަށްފަހު ފުންމާލީ އެ ނިކަމެތި ހަށިގަނޑު މައްޗަށެވެ. ދަރިއޭ ބަފައޭ ވަކި ތަފާތެއް ނެތެވެ. ރޮއެރޮއެ އަރު ބެދުމުން ޝިޔާރާ އޮތީ ހިމޭނުންނެވެ. ލޮލުގައި އިތުރަށް ކަރުނަ ނެތް ކަހަލައެވެ. އިތުރަށް ގަދަކަމެއް ވެސް ނުދެއްކީ ހުރިހާ ކަމެއްވެ ނިމުނީމައެވެ. މޯޑް ވެސް ހިތްހަމަޖެހޭ ވަރު ވުމާއެކު ޝިޔާރާގެ ދެއަތް މޮހާލުމަށްފަހު ކޮޅަށް ނަގާ ޝިޔާރާގެ ތުންފަތުގައި ކިސްކޮށްލި އިރު ވެސް ހީވީ ޖެހި ބުދެއް ހެންނެވެ. ޓީޝާޓާއި ސޯޓްބުރި ލުމަށްފަހު ކޮޓަރި މެދުގައި ހުއްޓި ހުރި ޝިޔާރާގެ ކަންފަތްދަށުގައި ތީ ވަރަށް ތަފާތު ކުއްޖެކޭ ބުނެލިއެވެ. ބޭރަށް ގޮސްލާފައި އެބަ އަންނަމޭ ބުނެ މޯޑް ދިޔައީ ވެސް ޝިޔާރާގެ ކޯތާފަތުގައި ފިރުމާލާފައެވެ. ހިތަށް ކުރި އަސަރުންނާއި ބޮލަށް އެރި އެނބުރުމާއެކު ހުރި ދިމާލުން ތިރިއަށް ޝިޔާރާ ވެއްޓުނު އިރު ހީވީ ބިމުން ކަނޑާވައްޓާލި ރުކެއް ހެންނެވެ.

ދުވަހުގެ ބާކީއޮތް ވަގުތު ތަކުގައި ޒޯހަން ޝިޔާރާއަށް ކުރި އެއްވެސް މެސެޖަކަށް ޖަވާބެއް ނުލިބުމުން ކަންބޮޑުވިއެވެ. ޝިޔާރާއަށް ކަމެއްވީބާއޭ ހިތަށް އެރުމުން އޮފީހުގައި ވެސް ރަނގަޅަށް މަސައްކަތް ކުރެވޭ ގޮތެއް ނުވިއެވެ. ގެއަށް އައިސް ވެސް ތަންތަން ހޯދުމުން ޝިޔާރާ ނުފެނުނެވެ. އެކޮޓަރިއަށް ވަންނަން ނުކެރުނީ ލަތާ ފެންނަ ހިސާބުގައި ހުންނާތީއެވެ. މީހެއް ކައިރީގައި އަހާލާކަށް ވެސް ޒޯހަންއަށް ނުކެރުނެވެ. މާޔޫސްވެފައިވާ ހިތަކާއި އެކު ޒޯހަން ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދު ބުޑަށް ތިރިވިއެވެ. މިއަދު އެކުއްޖާއެކު ދިޔަ ފަހުން ޝިޔާރާގެ އެއްވެސް ހަބަރެއް ނުވޭއެވެ. އަނެއްކާ އެއީ ޝިޔާރާގެ ބޯއީފްރެންޑް ނޫންބާއޭ ޒޯހަންގެ ހިތަށް އެރުމާއެކު ހިތުގައި ރިއްސާލިއެވެ.

 

ޒޯހަންގެ ހަޔާތަށް ގެނައުމަށް ނިންމާފައިވާ އަންހެންކުއްޖާގެ ވާހަކަ މިއަދާއި ހަމައަށް ވެސް މައިންބަފައިންގެ ކައިރީގައި ދައްކާފައި ނުވާތީ ނޫރީ ނިންމީ އިސްވެ ޒޯހަން ކައިރީގައި އެހުމަށެވެ. ރޭގަނޑުގެ ކެއުމަށްފަހު ޒޯހަން ކޮޓަރިއަށް ވަނުމުން ފަހަތުން ލަތާ އަދި ނޫރީ ވެސް ވަނެވެ. އެންމެ ފުރަތަމަ ލަތާގެ ޝަކުވާ އަކަށްވީ މިހާރަކަށް އައިސް ޒޯހަން ރަނގަޅަށް ނުކާ ވާހަކައެވެ. ކަމަކާއި ވިސްނަނީ ހެއްޔޭ ލަތާ އަހާލުމާއެކު ޒޯހަން ހިތް ތެޅިލިއެވެ. ޒޯހަންގެ ހިތުގެ ހާލަތު އަނެއްކާ މަންމައަށް އެނގުނީބާއޭ ހިތަށް އަރާ ޖެހިލުންވާގޮތް ވިއެވެ. ދަނޑިވަޅު ބަލާ ނޫރީ ހުރިހާ ސުވާލުތަކެއް ޒޯހަންއާއި ކުރުމަށްފަހު އެކޮޓަރިން ނިކުތީ ހިތްހަމަޖެހިފައިވާ ހިތަކައިގެންނެވެ. ކޮޓަރިން ނިކުންނަމުން ޒޯހަން ކައިރީގައި ލަތާ އަހާލި އެއްޗަކުން ޒޯހަން މޭގައި ވަރަށް ބޮޑަށް ރިއްސާގަތެވެ. އެތަދު ހުރި ވަރަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑުވި ނަމަވެސް ޒޯހަންއަށް ހާރޓްއެޓޭކެއް އަންނާނެ ކަން ކަށަވަރެވެ. ލަތާ ޒޯހަންއަށް އެދިނީ މިހާތަނަށް ޒޯހަންއަށް ލިބުނު އެންމެ ހިތްދަތި ހަބަރެވެ. ޝިޔާރާ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ސިޓީއެއް ލިބިފައިވާ ކަމަށާއި އޭނައަށް ގޮތެއް ފެނިއްޖެކަމަށް ބުނެފައިވާތީ ލަތާ ޒޯހަން ކައިރީގައި އެދުނީ ސިޓީގެ ޖަވާބު ލަތާ ބުނާ ގޮތަކަށް ތައްޔާރުކޮށްދިނުމަށެވެ. ލަތާ ކޮޓަރިން ނިކުތުމުން ޒޯހަންގެ ކަރުނަތައް ކޮންޓްރޯލްނުވެ ކޯތާފަތް ހުރަސްކޮށް ތިރިއަށް ވެއްޓިގަތުމުން ޒޯހަން ކުޑަކުއްޖެއް ގޮތަށް ދެއަތުން ކަރުނަތައް ފޮހެލިއެވެ. އެގޮތުގައި ކިތަންމެ އިރަކު އަތް ހޭކިއަސް ކަރުނަތައް ހުސްވާގޮތެއް ނުވެއެވެ. ލަތާ އެދިން ހަބަރަކުން ޒޯހަންގެ މުޅި ދިރިއުޅުން ދިޔަ ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. ހަތަރު އުދަރެސް ފެނުޖެހި ކޮޓަރީގެ ހަތަރު ފާރު އައިސް ޒޯހަން ފިއްތާލަން އުޅޭހެން ހީވުމުން ހުރަހަށް އެނދަށް ވެއްޓިގަތެވެ. ޝިޔާރާ ކީއްވެ އަހަރެން ދޫކޮށް ދިޔައީ. ހެވޭ ދުވަހަކު އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ނުވިޔަސް. ކުރިމަތީގައި ފެންނަ ހިސާބުގައި ހުރުން ވެސް އެއީ މިހިތަށް ލިބޭނެ ފަރުވާއެއް. ކީއްވެ ބުނެވެސް ނުލާ ދިޔައީ؟ ތިމޫނު ދައްކާލަން އަލުން ކޮންއިރަކުން އަންނާނީ ޕްރިންސަސް؟ ޕްރިންސަސް ހޯދަން ކޮންތާކަށް ދާނީ؟” ހިތާ ހިތާ ޒޯހަން ވާހަކަދައްކަމުން ދިޔައިރު އެހިތަށް ކޮށްފައިވާ ފުން އަސަރުތައް މޫނުމަތިން ކިތަންމެހާ ވެސް ރީއްޗަށް ހާމަވާން ހުއްޓެވެ. ޝިޔާރާ ނުފެނި މިވީ ހަފްތާއެއްހާ ދުުވަސްތަކުގައި  މެކާހިޔާގައި ޝިޔާރާ އުޅުނު ކޮޓަރީގައި ހުރި ޝިޔާރާގެ އަންނައުނު ތަކާއި ހޭންޑްބޭގް އަދި ޝިޔާރާއަށް ޒޯހަން ދިން މޯބައިލް ފޯން  ޒޯހަން ވަނީ ރައްކާ ކޮށްފައެވެ. މޫނުމަތީގައި ބާލީސް އަޅައިގެން ޒޯހަން އޮތްއިރު އަޑު ބޭރު ވަމުން ގޮސް މަޑުމަޑު ރުޔުމެއްގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.

 

މޯޑްގެ އަތް ދަށުގައި ޝިޔާރާ ހައްޔަރުވިތާ މަހަކާއި ހަތް ދުވަސްވީއެވެ. ފަސްވޯޓް ބޮތްކެއްގެ އަލި އޮތް ކޮޓަރީގެ ކަނުގައި ފާރުގައި ލެގިގެން އިން ޝިޔާރާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ޝިޔާރާގެ ކުރިމަތީގައި ހުރި މޯޑް ތިރީގައި އޮތް ޓީޝާޓް ލުމަށްފަހު ޖީންސް ލަމުން ޒިޕް އަޅުވާލިއެވެ. އަދި ނުލަފާ ހިނިތުންވުމެއް ޝިޔާރާއަށް ރައްދު ކުރުމަށްފަހު ކޮޓަރިން ނިކުމެ ތަޅުލި އަޑު އިވުނެވެ. ޝިޔާރާގެ މޫނު މަތީގައި އެއްވެސް ދިރުމެއް ނެތެވެ. މަރުވެފައިވާ މައްޔިތެކޭ ޝިޔާރާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ބަކުރު ޝިޔާރާއަށް ނުކުރާ ވަރު މޯޑް ކުރޭއެވެ. ދެމަފިރިންނަށް ވެސް ހަރާމް ކުރައްވާފައިވާ ކަންތަކަށް މޯޑްގެ ހިތް ޖެހިފާވާލެއް މާބޮޑެވެ. ޝިޔާރާގެ ނިކަމެތި ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަން ތަކުގައި އަޅާ ވޭނަށް ކެތް ކުރެވޭ ވަރެއް ނޫނެވެ. އޮރިޔާންވެފައިވާ ހަށިގަނޑު ފޮތި ކޮޅަކުން ނިވާކޮށްލާނެހާ ހިއްވަރެއް ވެސް ޝިޔާރާގެ ނެތެވެ. ޒޯހަން މަތިން ހިތަށް އެރުމާއެކު ޝިޔާރާގެ ތުންފިއްތާލެވުނެވެ. ފާރުގައި އަތްހާކަމުން ކޮޅަށް ތެދުވެ ފާހާނާއާއި ދިމާލަށް ކޮރަމުން ޝިޔާރާއަށް ދެވުނީ ވަރަށް ހާލުގައެވެ. މޯޑް ދީފައިވާ އިންޒާރުމަތިން ހަނދާންވުމާއެކު އަތްމަތި ތަންކޮޅެއް އަވަސްކޮށްލަން އުޅުނެއް ކަމަކު އަތުގައި ތުރުތުރު ލުމެއް ހުންނާތީ އެކަން ވެސް ނުކުރެވުނެވެ. ފާހާނާއިން ފެންވަރާލައިގެން ނިކުމެ ހެދުމެއްލުމަށްފަހު ދާވެފައިވާ ހެދުމެއް ހިފައިގެން ގޮސް ތަންތަން ފުހެން ފެށީ މޯޑް އެކަންތައް ކުރުމަށް އަންގާފައިވާތީއެވެ. ކޮޓަރީގެ އެއްކައިރީގައި ހުރި ލަކުޑި ބޮޑު ފޮށްޓެއް ދަމާ ގެނައުމަށްފަހު އޭގެ މައްޗަށް އަރާ މަތީގައި ހުރި ފެންލައިޓާއި ހަމައަށް މޫނު ފޯރުމާއެކު ކުޑަކޮށް ހިއްލިލާ މަގުމަތި ބަލާލިއެވެ. މަގުމަތީގައި މިނިވަންކަމާއެކު އުޅޭ އަންހެން ކުދިންތައް ފެނުމާއެކު ޝިޔާރާއަށް ރޮވުނެވެ. އެފަދައިން އުޅެން ޝިޔާރާ ވެސް އންތިހާއަށް ބޭނުމެވެ. އެކަމަކު ޝިޔާރާގެ ހަޔާތަށް އެދުވަސް ދުވަހަކުވެސް ނާންނާނޭ ހިތަށް އެރުމާއެކު ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ކުއްލިއަކަށް ޝިޔާރާއަށް ފެނުނު މަންޒަރަކުން އިހުތިޔާރަކާއި ނުލާ އަޑުގަދަކޮށްލެވުނެވެ. އާދައިގެ ދުވެއްޔެއްގައި ޝިޔާރާގެ ލޯކުރިމަތިން ސައިކަލުގައި ދުއްވާފައި އެދިޔައީ ޒޯހަން ނޫން ދެވަނަ އިންސާނެއްނޫނެވެ. ޒޯހަންގެ މޫނުމަތި މިލާފައިވާ ތަން ކިތަންމެހާ ވެސް ރީއްޗަށް ޝިޔާރާއަށް ފެނުނެވެ.  ނުކުޅަދާނަވާ ވަރަށް ޝިޔާރާގެ ހިތަށް އަސަރުކޮށްފިނަމަ އިހުތިޔާރަކާއި ނުލާ އަޑުގަދަކުރާ ވައްތަރަށް ރޮވުމަކީ ޝިޔާރާގެ އަޑު ގެއްލުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ކުރިމަތިވާ ކަމެކެވެ. ބައެއް ފަހަރު އެއީ ޝިޔާރާ އަށް ދުވަހަކު ވެސް އަޑު ނުލިބޭނޭ ކަމުގެ އިޝާރާތެއް ކަމުގައި ވެސް  ހީކުރެވޭ ފަހަރު އާދޭއެވެ. ޒޯހަން ފެނުމުން ޝިޔާރާ އަށް ލިބުނު ޝޮކްގައި ދެލޯ ފުރިގެން އައިސް މަންޒަރު ވެސް ފުސްވާން ފެށިއެވެ. ހަށިގަނޑުގެ ބާރު ގޮސް ހުރި ދިމާލަށް ތިރިވާން ފެށުމުން ލަކުޑިފޮށި ކައްސާލައިގެން ގޮސް ޝިޔާރާ ޓައިލްސް މައްޗައް ވެއްޓުމާއެކު ބުމަ މަތިން ފަޅައިގެން ގޮސް ލޭތައް މާދުރަށް ބުރައިގެން ދިޔައެވެ.

 

ހަނީމޫން ދަތުރަށްފަހު ގެއަށް އައިސް ވަން ޝަޒަންއާއި ހާލާއަށް ލިބުނު ހަބަރަކުން ކޮޓަރިއަށް ނުވަދެ އެންމެ ފުރަތަމަ ވެސް ދިޔައީ ހޮސްޕިޓަލަށެވެ. އެއްއަތަށް އައިވީ އެއް ގުޅާފައި އޮތް ޒޯހަން ފެނުމުން ޝަޒަންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޝަޒަންއާއި ހާލާ ގޮސް ލަތާ ކައިރިގައި ހުއްޓުމުން ދެރަވެފައި ހުރި ލަތާ ހާލާ ގައިގާ ބައްދާލިއެވެ. ހާލާ ލަތާ ގޮވައިގެން ރޫމުން ބޭރަށް ނިކުމެލީ ޝަޒަންއާއި ޒޯހަން އެކަނި ބައްދަލުކޮށް ވީ ކަމެއް އޮޅުންފިލުވުމަށް ފަސޭހަވާނެތީ އެފުރުސަތު ޝަޒަންއަށް ދިނުމަށެވެ. ލޯމެރިފައި އޮތް ޒޯހަން ނިދިން ހޭލެވުމާއެކު ކައިރީގައި ހުރި ޝަޒަން ފެނުމުން ރޮވުނެވެ. އެކުވެރިޔާގެ ކަރުނަތައް ފޮހެދިނުމަށްފަހު ޝަޒަން ޒޯހަންއަށް ނަސޭހަތްތެރވީ ފިރިހެނުންނަކީ ހިތްވަރުގަދައޭ ބުނެއެވެ. ޝަޒަން ޒޯހަން ކައިރީގައި ވީގޮތް ކިޔާދޭށޭ ބުނުމުން ޒޯހަން ހުރިހާ ވާހަކަތަކެއް ކިޔާދިނެވެ. ޒޯހަންގެ ވާހަތަކުން މިގޮތަށް ޒޯހަން ހޮސްޕިޓަލަށް ގެންނަން ޖެހުނު މީ ދެވަނަ ފަހަރެވެ. ޝިޔާރާގެ ލޯތްބަށްޓަކައި ޒޯހަން ވަނީ ދީވާނާ ވެފައެވެ. ޝިޔާރާގެ ކުއްލި ވަކުވުން ޒޯހަން އަށް ބަލާނުގަނެވެނީއެވެ. އެކުވެރިޔާގެ ވާހަކަތަކަށް ދޭނެ ޖަވާބެއް ޝަޒަންއަށް ނޭނގުނެވެ. ނަމަވެސް ޒޯހަންއަށް ޝަޒަން ބުނެދިނީ ދެން ކުރިއަށް އޮތްތާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށްކަމުގައެވެ. ހާލާ މެދުވެރިކޮށް ޝިޔާރާ ވީތަނެއް އޮޅުންފިލުވާކަށް އުނދަގުލެއް ނުވާނޭ ބުނުމުން ޒޯހަންގެ ނިވެމުންދާ ބައްތީގެ ހުޅުކޮޅަށް ކުޑަކުޑަ ހިއްވަރެއް ލިބިގެން ދިޔައެވެ.

އަނެއް ދުވަހު ޒޯހަންގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ހާސްވެފައިވާ ލަތާއަށް ޒޯހަން ގެއަށް އެނބުރި އައުމުން އުފަލެއް ނުލިބުނެވެ. ޔަޝްމީގެ ދަރިފުޅު ބައިގެންދިޔަ ހަބަރުން ޒޯހަން ވެސް ދެރަވިއެވެ. ލަތާ ދެރަވެފައި ހުރުމުން ރާކީއާއި ހާލާ ވެގެން ލަތާއަށް ވިސްނާދިނެވެ. ޔަޝްމީ ރޯވަރުން އެއްވެސް މީހަކަށް ނުހުއްޓުވުމުން އެންމެ ފަހަށް ޖެހުނީ ޔަޝްމީގެ މަންމަ އެގެއަށް ގެންނާށެވެ. ޒޯހަންއަށް ވީގޮތެއް ނޭނގި ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދަން ޖެހުމުން މިލާފައިވާ ލަތާގެ މޫނަށް އިތުރު ހިއްދަތިކަމެއް ވެރިވީ ލިބެން އުޅުނު ތިންވަނަ މާމަ ދަރިފުޅު ވެއްޓުމުންނެވެ. އެހެންކަމުން އަރުހަމް ވެސް މޫނުމަތިން ހަމަޖެހޭކަން ދައްކަމުން ދިޔައީ މަންމަ އިތުރަށް ދެރަ ނުކުރަންވެގެންނެވެ. ޔަޝްމީގެ މަންމަ ލަތާއާއި ނުރީ އަދި އަރުހަމްއާއި ވާހަކަދެއްކުމަށްފަހު ކުޑަ ދުވަސްކޮޅަކަށް އެގެއަށް ޔަޝްމީ ބަދަލު ކުރީ މަންމައަށް އެންމެ ބޭނުންވި ވަގުތު ދަރިފުޅު ކުޑަ ވަގުތު ކޮޅަކަށް ވެސް ލޯމަތިން ގެއްލެން ބޭނުންނުވާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 45

Next

އެދެނީ މަޢާފް

Next
March 8, 2016

އެދެނީ މަޢާފް

Previews
March 7, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 45

18 Comments!

  1. Ushaali says:
    March 8, 2016 at 12:45 am

    here is a new episode… enjoy…

  2. naax says:
    March 8, 2016 at 1:38 am

    Wowwwww wpw varah reethi.nthanks ushaali

  3. Ninni says:
    March 8, 2016 at 6:33 am

    Alhey.. varugadhr lwbekey dhww.. hehhe.. dhn edhekudhin gulhuvr .. i mean zohan n shiya

  4. Shaai says:
    March 8, 2016 at 7:42 am

    Johan n shiyaa gulhuniyma v reethi vaanehen hivany me story . v reethi me story

  5. Appy says:
    March 8, 2016 at 7:43 am

    Mi part vx v rythi. ..ekam shiyaa ah ehn nuhadhabala alhe….

  6. shima says:
    March 8, 2016 at 7:53 am

    It’s a really nice story….. I love it….

  7. Zaanaa says:
    March 8, 2016 at 7:54 am

    Shiyaa ah ahan nahadaa dhan. V deravay a gothah hadaathe zohan aa 2kudhin gulhuvaba

  8. Ily says:
    March 8, 2016 at 8:15 am

    V reethi?????

  9. Anonymous says:
    March 8, 2016 at 8:30 am

    alhey…. shiyaa ah dhn ehn nuhadhabala….. btw story is awsm…. luv it..

  10. Zeena says:
    March 8, 2016 at 8:08 pm

    Kudhin Kudhin Haadha lahuney story update koh dheny thiya. Inthizaaru ga fehi jehyma next episode up kuranyy thiya. Haadhahaa hitha thadhuveyeee

  11. Zeena says:
    March 8, 2016 at 8:09 pm

    So please next episode soon plz plz

  12. lyn says:
    March 9, 2016 at 3:02 am

    Alhey v reethi..ehn nuhadhabala shiyaa ah v dheravey..waiting for the next part..

  13. mariyam says:
    March 9, 2016 at 3:48 pm

    V salhi…Waiting for next part..???

  14. zeee says:
    March 9, 2016 at 9:05 pm

    varah reethi…. plx avas date eh ga next part genes dhehcheyyy..

  15. Zaanaa says:
    March 9, 2016 at 9:18 pm

    Avahah up kohdeeba pls

  16. Shaai says:
    March 10, 2016 at 12:28 am

    Haadha lahey update vaaleh

  17. Sana says:
    March 10, 2016 at 9:51 am

    Plz update sooon… its soo hard to wait

  18. Zaanaa says:
    March 10, 2016 at 7:07 pm

    Avas kohdeeba keyaa hethun hureveneh yeh noon

Comments are closed.

Next Episodeފުންއަސަރު 10←


All Right Reserved!