Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 14, 2016 11 Mins Read
39 Comments

“ނަޒޫ އުޅެނީ ރީހާންއާ އިންނަން… އޭނަ އާއެކޭ ބުނެފި” ނަދީމް އިތުރަށް މަޑު ކުރަން ނަހަދާ ސީދަލަށް ބުންޏެވެ.

އާސިމްއަށް އެއްޗެއް ނުބުނެވުނެވެ. އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ. އެއަޑު އަހާފައި މެއަށް ވީތަދުން ކޮޅަށް ހުރެވެނީ ކިހިނެއް ބާއޭ އާސިމް ހިތަށް އެރިއެވެ. ދެންމެ ދެންމެ ހިތް ފަޅައިގެން ހިނގާއިދާނެޔޭ އާސިމްއަށް ހީވިއެވެ. އަޑުގެ ކޮޅަށް ހަޅޭ ލަވާފައި އެކަން ދޮގު ކުރަން ބޭނުން ވިއެވެ. ނަޒްލާ ކައިރިއަށް ގޮސް އެހެން ނަހަދާށޭ ބުނެ އާދޭސް ކުރަން ބޭނުން ވިއެވެ. ނަދީމް ގާތު އެކަން ހުއްޓުވާށޭ ބުނަން ބޭނުން ވިއެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް އާސިމް ނުކުރެއެވެ. އިސްޖަހާލައިގެން އެއްވެސް އެއްޗެއް ނުބުނެ ހުރެފައި އާސިމް ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ.

 

ކުޑަ ޕާޓީއެއް ނަމަވެސް މީހުން މަދެއް ނޫނެވެ. ރީހާންގެ އާއިލާއާ ދީމާގެ އާއިލާގެ އިތުރުން ބައެއް ރައްޓެހިން އައިސް ރީހާންމެން ގޭތެރެ އޮތީ މުޅިން ހަލަބޮލި ވެފައެވެ. އިރު އޮއްސުނު އިރުވެސް ރީހާންއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނަޒްލާއަކަށް ނުލިބުނެވެ.

އިރު އޮއްސި މީހުން މަދުވާން ފެށިތަނާ ނަޒްލާގެ އުނގުގައި އިނދެ ޒައިންއަށް ނިދުނެވެ. ހޭލައްވަން އުޅެއުޅެވެސް ޒައިންއަށް ހޭނުލެވުމުން ރީހާންގެ އެދުމަށް ނަޒްލާ ޒައިން ގޮވައިގެން ގޮސް ރީހާންގެ ކޮޓަރީގައި ބޭއްވިއެވެ.

ހަގަޑި ބައި ވުމުން އެންމެންވެސް ގެޔަށް ނުދެވިގެން ލަސްވާތީ އުޅެން ފެށުމުން ނަޒްލާ އެންމެން ގާތު ގެޔަށް ދާން ބުނީ ޒައިން ހޭލުމުން ނަޒްލާ ގެޔަށް ދާނެކަމަށް ބުނަމުންނެވެ. އަދި ރީހާންއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދުމުގެ ބޭނުމުގަވެސް މެއެވެ.

ނަޒްލާމެންގޭ އެންމެން ދިޔުމުން ރީހާންވެސް މިސްކިތަށް ގޮސްފައި އައި އިރު ރަޝީދާ އިނީ އާރިޝްއަށް ކާންދޭށެވެ. ރީހާން އާރިޝް ކައިރީ އިށީނދެފައި އާރިޝްއާ ސަކަރާތް ޖަހަން ފެށިއެވެ.

“މިއަދު ޕާޓީ ރަނގަޅުތަ ދަރިފުޅު؟” ރީހާން އާރިޝްގެ އިސްތަށިގަނޑާ ކުޅެލަމުން އަހާލިއެވެ. އާރިޝް އަތުގައި އޮތް ބޯޅައާ ކުޅެމުން ބޯޖަހާލިއެވެ.

“ކާކު ދިން ގިފްޓެއް އެންމެ ރީތީ؟” ރީހާން އަހާލިއެވެ.

“ނައްދައްތަ… ބޯލް…” އާރިޝް އަތުގައި އޮތް ބޯޅަ ދައްކާލިއެވެ.

“ތީ މިއަދު ނައްދައްތަ ދިން އެއްޗެއް ނޫނެއްނު؟” ހީލާފައި ރީހާން ބުންޏެވެ.

“މިއަދު ދިން އެއްޗަކަށް ނުވިޔަސް ނައްދައްތަ ދިން އެބޯޅަ ވިއްޔަ އާރިޝްއަށް އެންމެ ކަމުދަނީ، ދޯ ދަރިފުޅާ؟” ރަޝީދާވެސް ހީލާފައި ސަމާސާ ކޮށްލިއެވެ.

“މަންމާ، ނަޒޫ ދިޔައީތަ؟” ރީހާން އަހާލިއެވެ.

“އުހުނ، އަދި ނުދޭ. މިތާ އިނދެފަ ދެންމެ ކޮޓަރިއަށް އެވަނީ” ރަޝީދާ ޖަވާބު ދިނެވެ.

“އެބަ އަންނަން އިނގޭ…” އާރިޝްގެ ބޮލުގައި ފިރުމާލާފައި ރީހާން ތެދުވިއެވެ.

 

ކޮޓަރިއަށް ވަދެ ނިދާފަ އޮތް ޒައިން ކައިރީ އިރުކޮޅަކު އިނދެލާފައި ނަޒްލާ ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން ހުރީ ދިރިއުޅުމާ މެދު ވިސްނާށެވެ. ފޮތިގަނޑު ދުރުކޮށްލައިގެން ބޭރު ބަލަން ހުރި އިރު ނަޒްލާއަށް އަދިވެސް ވިސްނެނީ ނިންމި ނިންމުމާ މެދުގައެވެ. އާސިމް މަތިން ހަނދާން ވުމުން ނަޒްލާގެ ހިތަށް އެވާ ގޮތްތައް ރީހާން މަތިން ހަނދާން ވުމުން ވާނެ ދުވަހަކަށް ނަޒްލާއަށް އިންތިޒާރު ކުރެވެއެވެ. އެދުވަސް އަންނާނެ ބާއެވެ. އެއީ ބޮޑު ސުވާލެކެވެ. ނަމަވެސް ވަގުތާއެކު ނޫނީ ޖަވާބު ނުލިބޭނެ ސުވާލެކެވެ. ކޮންމެ ގޮތެއް ވިޔަސް ނަޒްލާ އެވަނީ ރީހާންއަށް ޖަވާބެއް ދީފައެވެ. އެޖަވާބު ބަދަލު ކުރާކަށް ނަޒްލާ ދެން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

ރީހާންއަކީ ރަނގަޅު މީހެކެވެ. ނަޒްލާ ދެކެ ލޯބިވެއެވެ. ޒައިންއާ އަޅާލައެވެ. އެއަށް ވުރެން އިތުރަށް ނަޒްލާއަށް ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ. އިތުރަށް އެކަމާ ނުވިސްނަން ނަޒްލާ އެވަގުތު އަޒުމް ކަނޑައެޅިއެވެ.

 

ރީހާން އެތެރެއަށް ވަން އިރު ނަޒްލާ ކުޑަދޮރު ކައިރީ ހުރި ތަން ފެނުމުން ރީހާން އިރުކޮޅަކަށް ނަޒްލާއަށް ބަލަން ހުރެފައި ދޮރު ލައްޕާލިއެވެ.

“ކޮން ކަމަކާ ތިވަރަށް ތިވިސްނަނީ؟” ނަޒްލާގެ ފަހަތުން ހުއްޓިފައި ރީހާން އަހާލިއެވެ.

އެއަޑު އެހާ ކައިރިން ކުއްލިއަކަށް އިވުމާއެކު ނަޒްލާ ސިހިފައި އެނބުރި ބަލާލިއެވެ.

“އޭއި… ބިރުގަތީތަ؟” ނަޒްލާގެ ކޮނޑުގައި އަތް ޖައްސާލާފައި ރީހާން ކަންބޮޑުވެފައި އަހާލިއެވެ. ރީހާންގެ އަޑު އިވުމުން ނަޒްލާއަށް ބައެއް ފަހަރަށް ކުރާ އަސަރު ނޭނގި ހުރެއެވެ.

“އުހުނ… ރީހާން އައިކަން ނޭނގޭތީ އަހަރެން ސިހުނީ…” ހަމަ ޖެހިލަން މަސައްކަތް ކުރަމުން ނަޒްލާ އަވަސް އަވަހަށް ޖަވާބު ދިނެވެ.

“ލަސްވަނީ ދޯ؟” ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ރީހާން އެހިއެވެ.

“ނޫނޭ، އަދި ލަހެއް ނުވޭ. އަދި ލަސް ވިޔަސް ގެޔަށް ދެވޭނީ ޒައިން ހޭލީމައެއްނު؟ އެހެން ނޫނަސް އަހަރެން ބޭނުން މިރޭ ރީހާންއާ ވާހަކައެއް ދައްކާލަން” ނަޒްލާ ރީހާންއާ ދިމާއަށް އެނބުރުނެވެ.

ރީހާން ނަޒްލާގެ މޫނަށް ބަލާލިއެވެ. މިދިޔަ ތިން ހަފްތާއެއްހާ ދުވަހު ނަޒްލާއަށް އައިސްފައިވާ ބަދަލު ވަނީ ރީހާންއަށް ފާހަގަ ވެފައެވެ. އެބަދަލަކީ ނަޒްލާ ރީހާންއަށް ދިން ޖަވާބަށް ވުރެން ބޮޑަށް އާސިމްއަށް ނަޒްލާ މާފު ކުރުމުން އައިސްފައިވާ ބަދަލެއްކަން ރީހާންއަށް އެނގެއެވެ. ކުރިން އަބަދު ކޮންމެވެސް ކަމަކާ ހާސްވެ، ކަން ބޮޑުވެފައި ހުންނަ ނަޒްލާ މިހާރު ހުންނަނީ ހިތްހަމަ ޖެހިފައެވެ. އަދި އެންމެ ފަހުން މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އޮފީހުގައިވެސް ރީހާންއާ އެއްވެސް ވާހަކައެއް ދައްކާކަށް ފަހެއް ނުޖެހެއެވެ. ރީހާންއާ ނަޒްލާގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރަން ނަޒްލާ މަސައްކަތް ކުރާކަންވެސް ރީހާންއަށް އެނގެއެވެ.

“ކޮން ވާހަކައެއް؟ އަނެއްކާ އަހަރެންވެސް ދައްކަން ބޭނުން ވާނެ ވާހަކައެއްތަ؟” ހީލަމުން ރީހާން އަހާލިއެވެ.

“އާނ… ރީހާންވެސް ދައްކަން ބޭނުން ވާނެ ވާހަކައެއް. އަހަރެން ބުނީ—” ނަޒްލާ ބުނަން އުޅުނެވެ.

“ޝްޝްޝް…” ރީހާން ނަޒްލާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ނަޒްލާގެ ވާހަކަ ހުއްޓުވިއެވެ. ނަޒްލާ ރީހާންއާ ދިމާއަށް ބަލަން ހުއްޓެވެ.

ރީހާން ނަޒްލާގެ އުނަގަނޑުގައި ދެއަތުން ހިފާ ރީހާންއާ ކައިރި ކޮށްލާފައި ނަޒްލާ ގައިގައި ބައްދާލިއެވެ.

އެއީ އާސިމް ނޫން މީހަކު ނަޒްލާގެ ހަށިގަނޑުގައި އެގޮތަށް ބީހިލި ފުރަތަމަ ފަހަރެވެ.

ނަޒްލާ އެހިޔާލު ހިތުން ނެރެލަން މަސައްކަތް ކުރަމުން ލޯމަރާލާފައި ރީހާންގެ ކޮނޑުގައި ބޯޖައްސާލާފައި ރީހާން ގައިގައި ބައްދާލިއެވެ. ރީހާން ބޯތިރިކޮށްލަމުން ނަޒްލާގެ ކަނދުރާގައި ބޮސްދިނެވެ.

ނަޒްލާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ރީހާންގެ އެބީހުން ތަކުގެ ސަބަބުންނެއް ނޫނެވެ. އެވަގުތު ނަޒްލާގެ ހިތް އެދުނު ކަމެއްގެ ސަބަބުންނެވެ. ލޯމަރާ ބާރުކޮށްލަމުން ނަޒްލާ އެހިޔާލާ ދެކޮޅު ހަދަން މަސައްކަތް ކުރިއެވެ. ނަމަވެސް ރީހާންގެ ކޮންމެ ހަރަކާތަކާއެކު ނަޒްލާގެ ހިތް ދިޔައީ ނަޒްލާގެ އަމުރަށް ނުކިޔަމަންތެރި ވަމުންނެވެ.

ނަޒްލާގެ ހިތް އެދެމުން ދިޔައީ ނަޒްލާގެ ހަށިގަނޑުގައި ވަށާލެވިފައިވާ ދެއަތަކީ އާސިމްގެ އަތަށް ވުމަށެވެ. ނަޒްލާގެ ކަނދުރާއަށް އެޅެމުން ދިޔަ ހޫނު ނެވާއަކީ އާސިމްގެ ނޭވައަށް ވުމަށެވެ. އެތުންފަތަކީ އާސިމްގެ ތުންފަތަށް ވުމަށެވެ.

އެހިޔާލުތައް ފޮހެލަން ނަޒްލާ ކާމިޔާބެއް ނެތި މަސައްކަތް ކުރިއެވެ. އެއީ ރީހާން ކަން އަމިއްލަ ހިތަށާ ސިކުނޑިއަށް ޔަގީން ކޮށްދިނުމަށްޓަކާ ނަޒްލާ ލޯހުޅުވާލަމުން އިސް އުފުލާ ރީހާންގެ މޫނަށް ބަލާލިއެވެ. އެވަގުތު މެރިފައިވާ ރިހާންގެ ލޯވެސް ހުޅުވުނެވެ. ރީހާން ނަޒްލާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ވީކީއްތޯ އަހާލާ ކަހަލަ ގޮތަކަށް ބުމަ އަރުވާލިއެވެ. ނަޒްލާ މަޑުމަޑުން ދެފަރާތަށް ބޯހަލުވާލީ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުންނެވެ.

ހީލާފައި ރިހާން ނަޒްލާގެ މޫނުގައި ހިފަހައްޓާލަމުން ރީހާންގެ މޫނު ނަޒްލާއާ ކައިރިކޮށްލިއެވެ. ނަޒްލާގެ މޫނަށް ރީހާންގެ ނޭވާ އެޅުމާއެކު ނަޒްލާ އިސްޖަހާލަން އުޅުނެވެ.

“ނަޒޫ…” ރީހާން ނަޒްލާގެ ދަތްދޮޅީގައި ހިފަހައްޓާލީ އެކަން މަނާ ކުރާށެވެ.

ރީހާންގެ އަޑު އިވުމާއެކު ނަޒްލާގެ ހިތުގެ ތެޅުން ކުރިއަށް ވުރެން އަވަސް ވިއެވެ. ހިތުގައި ހިނގަމުން ދާ ހިޔާލުތަކާ ދެކޮޅަށް މަސައްކަތް ކުރަމުން ނަޒްލާ އެހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަޒްލާގެ ކައިވެނި ކުރެވޭނީ އާސިމްއާ ނޫން ކަމަށާ ނަޒްލާ ކައިވެނި ކުރާނީ ރީހާންއާއޭ ހިތާހިތާ ބުނަމުން ދިޔައެވެ. ހިތުގައި އެޖުމްލަ ތަކުރާރު ކުރަމުން ދިޔައެވެ.

ނަޒްލާގެ ތުންފަތުގައި ރީހާންގެ ތުންފަތް ޖެހުމާއެކު ނަޒްލާ ލޯމަރާލިއެވެ. ނަމަވެސް އެވަގުތުވެސް ހިޔާލަށް ސިފަވީ އާސިމްގެ މޫނެވެ. އެމޫނުގެ ބަދަލުގައި ރީހާންގެ މޫނު ސިފަވޭތޯ ނަޒްލާ ކުރި މަސައްކަތް ވީ ބޭކާރެވެ.

ނަޒްލާއަށް ވިސްނުނެވެ. އާސިމްއަށް ނަޒްލާގެ ހިތުން ދެވިފައިވާ މަގާމް ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެއެވެ. އެހިތުން ކުޑަ މިންވަރެއްވެސް އެހެން ފަރާތަކަށް ނުދެވޭނެއެވެ. އެހިތުގެ ވެރިއަކީ މިއަދުވެސް އާސިމްއެވެ. އަދި ނަޒްލާގެ ހަށިގަނޑުގައި އެހެން މިހަކު ބީހިލުމަކަށްވެސް ނަޒްލާއަކަށް ނުރުހެވޭނެއެވެ. ނަޒްލާގެ ހިތާ ހަށިގަނޑު އަބަދުވެސް އެދޭނީ އާސިމްއަށެވެ. އެހިތުން އެހެން މީހަކަށް ޖާގައެއް ދެވޭނެ ނަމަ މިއަދު ރީހާންއަށް އެހިތް ކާމިޔާބު ކުރެވުނީހެވެ.

ރީހާންއާ ކައިވެނި ކުރިޔަސް ނަޒްލާގެ ހިތް އެދޭނީ އާސިމްއަށެވެ. އެހެން ނޫންނަމަ ރީހާންގެ އަތުތެރޭ ހުރިއިރު ނަޒްލާއަށް އާސިމްގެ މޫނު ސިފައެއް ނުވީހެވެ. އެކަން އެނގިހުރެ ނަޒްލާ ރީހާންއާ ކައިވެނި ކުރުމަކީ ރީހާންއަށް އިންސާފަކަށް ނުވާނެކަން ޔަގީނެވެ. ނަޒްލާގެ ހަށިގަނޑުގައި ރީހާން ބީހިލާ ކޮންމެ ފަހަރަކު އެއީ އާސިމްއަށް ވުމަށް ހިތް އެދޭނަމަ އެއީ ރީހާންއަށް ވެވޭ ބޭވަފާތެރިކަމަކަށް ނޫނީ ނުވާނެކަން ޔަގީނެވެ.

އެކަން ވިސްނުމާ އެކީ ނަޒްލާ ރީހާންގެ މޭގައި އަތް އަޅާ ދުރުކޮށްލިއެވެ. އަދި އިސްޖަހާލަމުން ރީހާންއަށް ފުރަގަސް ދީފައި އެނބުރުނެވެ.

“ނަޒޫ… ކިހިނެއްވީ؟” ނަޒްލާއަށް ވީ ގޮތެއް ނުވިސްނިފައި ރީހާން އަހާލިއެވެ.

ނަޒްލާ ޖަވާބެއް ނުދީ ހުރީ ރޮވުމުންނެވެ.

“ނަޒޫ…؟” ނަޒްލާ ޖަވާބެއް ނުދިނުމުން ރީހާން ނަޒްލާގެ ކޮނޑުގައި ހިފާ ރީހާންއާ ކުރިމަތިވާ ގޮތަށް ނަޒްލާ އަނބުރާލިއެވެ. ނަޒްލާ ރޯތަން ފެނުމުން ރީހާންއަށް ބުނާނެ އެއްޗެއް ނޭނގި ހައިރާން ވެފައި ހުރެވުނީއެވެ.

“ނަޒޫ، ބުނެބަލަ ވީ ގޮތެއް… ހިތްހަމަ ނުޖެހުނީތަ؟” ރީހާން ހިތުގައިވާ ސުވާލު ކޮށްލިއެވެ.

“ނޫން…” ނަޒްލާ އަވަސް އަވަހަށް ބޯހަލުވާލިއެވެ.

“ދެން ކިހިނެއްތަ ވީ؟ ބުނެބަލަ، ޕްލީޒް!” ދެއަތުން ނަޒްލާގެ ދެކޮނޑުގައި ހިފާލާފައި ރީހާން އެހިއެވެ.

“އައިމް ސޮރީ…! އެކަމަކު… ރީހާން، އައި ކާންޓް… އައި ޖަސްޓް ކާންޓް…” ރުއިމުގެ ތެރޭން ނަޒްލާ ބުންޏެވެ.

ރީހާންއަށް ވިސްނުނެވެ. އެގުޅުމަށް ފުރުސަތެއް ދޭން ނަޒްލާ މަސައްކަތް ކުރިކަން ރީހާންއަށް އެނގެއެވެ. ނަމަވެސް އެކަން ނުވާނެތީ ނަޒްލާ ތެދަށް އެބުނީއެވެ. އެކަން ރީހާންއަށް ގަބޫލު ކުރެވެއެވެ.

ރީހާން ދެރަވިއެވެ. އަދިވެސް ނަޒްލާއަށް ވިސްނައިދޭން މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް ނަޒްލާގެ އަމިއްލަ އިޚްތިޔާރުގައި ނޫން ގޮތަކަށް ރީހާންއާ ގުޅިއްޖެ ނަމަ އެގުޅުމުން ނަޒްލާއަށްވެސް އަދި ރީހާންއަށްވެސް އުފަލެއް ނެތް ކަން ރީހާންއަށް އެނގެއެވެ. އެހެން ކަމުން ރީހާން އެވަގުތު ބޭނުން ވީ ނަޒްލާއަށް ހިތްވަރު ދޭށެވެ. ނަޒްލާގެ ނިންމުން ބަދަލު ކުރާކަށް ނޫނެވެ. އެނިންމުމާ ރީހާން ދެކޮޅު ނޫންކަން ނަޒްލާއަށް ބުނެދީ، ނަޒްލާ ބޭނުން ގޮތަކަށް ދިރިއުޅުން ކުރިޔަށް ގެންދިޔުމުގައި ރީހާންގެ އެއްވެސް މައްސަލައެއް ނެތްކަން ނަޒްލާއަށް އަންގާށެވެ. އަދި ނަޒްލާގެ ނިންމުމާ ރީހާން އެއްބަސް ވާކަން ނަޒްލާއަށް ބުނެދޭށެވެ.

“އޯކޭއޭ، މައްސަލައެއް ނޫނޭ ތީ… ހުއްޓާލަބަލަ! މީ ރޯވަރުގެ ކަމެއް ނޫނެއްނު؟ އައި ކޭން އަންޑަރސްޓޭންޑް… ދެން ހުއްޓާލާ، ޕްލީޒް!” ރީހާން ދެއަތުން ނަޒްލާގެ މޫނު ފޮހެދިނެވެ.

އެވަގުތު ރީހާންގެ މޫނަށް ބަލާލާފައި ނަޒްލާއަށް ރީހާން ގައިގައި ބައްދައިގަނެވުނީ އެހެން އަތެއްގެ އޯގާތެރިކަމާ ހިމާޔަތް ބޭނުން ވެފައި ހުރި ވަރުންނެވެ.

ރީހާންގެ ކަނދުރާގައި ދެއަތް އަޅުވާ ބާރުކޮށްލައިގެން އެމޭގައި މޫނު ޖައްސާލައިގެން ހުރެ ނަޒްލާ ހިތް ފުރެންދެން ރުޔެވެ. އެހާ އިރު ވަންދެން ރީހާންވެސް ނަޒްލާ ގައިގައި ބައްދާލައިގެން އެއްޗެއް ނުބުނެ ހުއްޓެވެ.

ހިތްހަމަ ޖެހޭ ވަރަށް ރޯލެވުމުން ނަޒްލާ ދުރަށް ޖެހިލާފައި މޫނު ފޮހެލިއެވެ.

“ނަޒޫ އަދިވެސް ލޯބިވަނީ އާސިމް ދެކެދޯ؟” ރީހާން އަހާލިއެވެ. ޖަވާބު ނޭނގޭތީކީ ނޫނެވެ. ނަޒްލާގެ ޖަވާބު އަޑުއަހާލާށެވެ.

ނަޒްލާ ހަމަ އެކަނި ބޯޖަހާލިއެވެ.

“އެއީ ނަޒޫގެ އުފާ ކަމަށް ވަންޏާ އަހަރެންގެ އެދުމަކީ ނަޒޫ އާސިމްއާ ގުޅުން” އެހެން ބުނި އިރުވެސް ހިތަށް ކުރަމުން ދިޔަ އަސަރު ނަޒްލާއަށް ނުދައްކާ ވޭތޯ ރީހާން މަސައްކަތް ކުރިއެވެ.

“ނޫން…” ބޯހަލުވާލަމުން ނަޒްލާ ބުންޏެވެ.

ނުވިސްނިފައި ރީހާން ނަޒްލާއަށް ބަލަން ހުއްޓެވެ.

“އަހަރެން ލޯބިވޭ އާސިމް ދެކެ… އެކަމަކު އޭނަޔާ ގުޅޭކަށް ބޭނުމެއް ނޫން. އެހަނދާންތައް އަހަރެންގެ ހިތަކުން ނުފިލާ އަދިވެސް… އޭނަޔާ ގުޅެން ބޭނުން ވެގެނެއް ނޫން ރީހާންއާ ނީނދެވޭނެޔޭ މިބުނީކީ…

މިއަދު މިގެޔަށް އައީވެސް ރީހާން ކައިރީގަ ކައިވެނި ކުރާނެ ދުވަހެއް ހަމަޖައްސަން ބުނަން ވެގެން… އެކަމަކު ދެންމެ…” ނަޒްލާ އިސް ޖަހާލިއެވެ. “އެވަގުތުވެސް އަހަރެންގެ ހިތް އެދުނީ އާސިމްއަށް… ހިތަށް އެރި ތީ އާސިމްއަށް ވީނަމައޭ…”

އެއަޑު އިވުމުން ރީހާން ވަކިން ދެރަވިއެވެ. ނަމަވެސް ނަޒްލާގެ ތެދުވެރި ކަމާމެދު ހިތާހިތުން ތައުރީފް ކުރެވުނެވެ.

“އެވަގުތު އަހަންނަށް ވިސްނުނީ އަހަރެން ރީހާންއާ އިނަސް ކަންތައް ވާނީ އެހެން ކަން… އެއީ ރީހާންއަށް އިންސާފަކަށް ނުވާނެ… އެގޮތަށް ރީހާންއަށް އޮޅުވާލާކަށް އަހަންނަކަށް ނުކެރޭނެ…

އަސްލު އަހަރެންގެ ހިތުގަ ރީހާންއަށް ހާއްސަ މަގާމެއް އުފެދުނީވެސް އޭނަޔާ ހެދި، ރީހާންގެ އަޑު އާސިމްގެ އަޑާ ވަރަށް ވައްތަރު” ނަޒްލާ ރީހާންގެ މޫނަށް ބަލާލިއެވެ.

“އަހަރެން އެހެން މީހެއް ދެކެ ލޯބިވާނެ ނަމަ އެމީހަކީ ރީހާން. އެކަމަކު… މާ ކުރިއްސުރެ އަހަރެންގެ ހިތް އޮތީ އެކަން ނިންމާފަ. އަހަރެން އެންމެ ފުރަތަމަވެސް ލޯބިވީ އާސިމް ދެކެ، އެނޫން މީހަކު ދެކެ ދެން ލޯތްބެއް ނުވެސް ވެވޭނެ. އަހަރެން ހިކުރީ އާސިމްއަށް މާފު ކުރީމަ އަހަންނަށް ދިރިއުޅުމާއިގެން ކުރިޔަށް ދެވިދާނެ ކަމަށް… އެކަމަކު އެހެންނެއް ނުވި…

އައިމް ރިއަލީ ސޮރީ…” ނަޒްލާ އަނެއްކާވެސް އިސްޖަހާލަމުން މާފަށް އެދުނެވެ.

“އާސިމް އިޒް ވަން ލަކީ ގައި!!!” ރީހާން ބުނެލިއެވެ.

ނަޒްލާ އެއްޗެއް ނުބުނެއެވެ.

“މީ ނަޒޫގެ ލައިފް، ނަޒޫ ގޮތެއް ނިންމާނީ. އަދި މީ ނަޒޫ މާފަށް އެދެން ޖެހޭ ވަރުގެ ކަމެއްވެސް ނޫން. ނަޒޫ އަމިއްލަ ނަފްސަށް މަޖުބޫރު ނުކުރީތީ އަހަރެން ވަރަށް އުފާ ވެއްޖެ. މިހިތުގަ ނަޒޫއާ މެދު އެއްވެސް ޝަކުވާއެއް ނެތް” މޭގައި އަތް ޖައްސާލަމުން ރީހާން ބުންޏެވެ.

“ތެންކްޔޫ!” ނަޒްލާ ބުންނެވެ.

“އެކަމަކު އެގޮތުން ނުވިއްޔާ އެހެން ގޮތަކުން ވިޔަސް އަހަރެން ބޭނުން ނަޒޫގެ ލައިފްއިން ކޮންމެސް ޕްލޭސްއެއް” ދުރަށް ޖެހިލާފައި ހަމަ ޖެހިލަމުން ރީހާން ބުންޏެވެ.

ރީހާން ބުނި އެއްޗެއް ނުވިސްނިފައި ނަޒްލާ ރީހާންއަށް ބަލަން ހުއްޓެވެ.

“ހަޒްބަންޑްއަށް ނުވެވުނަސް ފްރެންޑެއް ގޮތަށް އަހަންނަށް ހުރެވިދާނެއެއްނު؟” ރީހާން ނަޒްލާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ސާބަސް!” ނަޒްލާ ރީހާންގެ އަތުގައި ޖަހާލަމުން ބުންޏެވެ.

“ނުވާނެތަ؟” ހީލާފައި ރީހާން އަހާލިއެވެ.

ނަޒްލާ ރީހާންގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

“އަސްލުވެސް ރީހާން ހާދަ ރަނގަޅޭ. އަހަރެން ހިތަށް އަރާ އަހަރެންނަށް ރީހާން އެދޭ ގޮތަށް ހެދޭނެ ނަމައޭ” ރީހާންގެ ރަނގަޅު ކަން ހިތަށް އަރާފައި ނަޒްލާ ދެރަވިއެވެ.

“ހޭ… ކަމްއޯން… މައްސަލައެއް ނޫނޭ…” ރީހާން ނަޒްލާގެ ދެއަތުގައި ހިފާލަމުން ބުންޏެވެ. އަދި ނަޒްލާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެދިނެވެ.

“ތެންކްޔޫ ސޯ މަޗް…” ނަޒްލާ ބުންނެވެ.

ރީހާން ނަޒްލާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ނަޒްލާގެ މޫނަށް ބަލާލިއެވެ.

“ނަޒޫ ތިބުނާހާ އަހަރެން ރަނގަޅިއްޔާ ނަޒޫ ކަހަލަ ކުއްޖަކު އަދި އަހަންނަށް ލިބިދާނެއެއްނު…؟” ރީހާން ސަމާސާ ރާގަކަށް ބުންޏެވެ.

“ހްމްމް… އިރާދަ ކުރެއްވިއްޔާ އަދި ލިބޭނެ” ނަޒްލާ ބޯޖަހާލިއެވެ.

އެވަގުތު ޒައިން ހޭލައިގެން ނަޒްލާއަށް ގޮވާލިއެވެ.

 

ފަނަރަ މިނެޓް ފަހުން ނަޒްލާ ހުރީ ޒައިން ގޮވައިގެން ރީހާންއާ އެކު އެގޭ ދޮރުމަތީގައެވެ.

“ނަޒޫ، ބީ ހެޕީ އިނގޭ” ރީހާން ނަޒްލާގެ ކަންފަތް ކައިރީ އަތް ޖައްސާލިއެވެ.

“ރީހާންވެސް ވާނެ އަހަރެން ބުނާ ކަމެއް ކޮށްދޭން” ނަޒްލާ ބުންޏެވެ.

“ކޮން ކަމެއް؟” ނަޒްލާ ބުނާނީ ކީކޭ ބާއޭ ރީހާން ހިތަށް އެރިއެވެ.

“ޕްރޮމިސް ކުރޭ ސްމޯކް ކުރުން ހުއްޓާލާނެ ކަމަށް…” ނަޒްލާ އެދުނެވެ.

“ޓްރައި ކުރާނަން” ރީހާން ބުންޏެވެ.

“ޓްރައިއެއް ނޫން، ޕްރޮމިސް ކުރޭ… އަހަންނަށް ޓަކާ ނޫނިއްޔާ އާރިޝްއަށް ޓަކާ، ޕްލީޒް” ނަޒްލާ ބޭނުންވީ ޔަގީން ކަމެވެ.

“އޯކޭ، ޕްރޮމިސް… މިވަގުތުން ފެށިގެން ހުއްޓާލީ” ރީހާން އެއްބަސް ވިއެވެ.

 

ނަޒްލާ ދިޔުމުން ރީހާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ގޮސް އެނދުގައި އިށީނެވެ. ކަންތައް ވެގެން ދިޔައި ރީހާން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އެހާ ދުވަސް ފަހުން ނަޒްލާ އާނބަސް ބުނުމުން ދެން ރީހާންގެ މީހަކަށް ނަޒްލާ ވުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރިހާން ހީކުރިއެވެ.

ނަމަވެސް… ދީމާ ގެއްލުނު ހެން ރީހާންއަށް ނަޒްލާވެސް ގެއްލުނީއެވެ. ކޮންމެ ފަހަރަކުވެސް ރީހާންއަށް އެކަނި ވާން ޖެހެނީ ކީއްވެ ހެއްޔެވެ. ދީމާ ދެކެ ލޯބި ވީވަރަށް ނަޒްލާ ދެކެވެސް ލޯބި ވެވުނީ ކީށްވެ ހެއްޔެވެ. ލޯބިވާ ކޮންމެ މީހަކާ ވަކިވާން ޖެހުމަކީ ރީހާންގެ ނަސީބުގައި ހުރި ގޮތް ހެއްޔެވެ.

އަމިއްލަ ހިތަށް ކިތަންމެ ތަދުވީ ނަމަވެސް ރީހާން ހިތުގެ އަޑިން އެދެނީ ނަޒްލާގެ އުފަލެވެ. ދުޢާ ކުރެވެނީ ނަޒްލާގެ ލޯބި ކާމިޔާބު ވުމަށެވެ. ނަޒްލާއަށް ނުވިސްނުނު ނަމަވެސް ނަޒްލާއަށް އުފާވެރި ދިރިއުޅުމެއް ހޯދާ ދެވޭނީ އާސިމްއަށް ކަން މިއަދު ރީހާންއަށްވެސް ގަބޫލު ކުރެވިއްޖެއެވެ.

 

އޮފީސް ނިންމާފައި ނަޒްލާ ގެޔަށް އައި އިރު ޒައިން ގޮވައިގެން ސިޓިންގރޫމްގައި އާސިމް އިނެވެ.

“މަންމީ…” ނަޒްލާ ފެނުމާއެކު ޒައިން ގޮވާލިއެވެ. އަދި ދުއްވަން އިން ކުޅޭ މަތިންދާ ބޯޓު ހިފައިގެން އައިސް ނަޒްލާއަށް ދައްކާލިއެވެ.

“އާޗާ، ހާދަ ތިއްތިއޭ ދޯ؟ ކާކު ދިން އެރޯޕްލޭންއެއް؟” ޒައިން އުރާލަމުން ނަޒްލާ އަހާލިއެވެ.

“ބައްޕަ…” ޒައިން އާސިމްއަށް އިނގިލި ދިއްކޮށްލަމުން ޖަވާބު ދިނެވެ.

“ސްވީޓްހާޓް ބައްޕައަށް ތޭންކްސް ބުނިންތަ؟” ޒައިންގެ ކޮލުގައި ބޮސްދީފައި ނަޒްލާ އެހިއެވެ.

ނަޒްލާ އެހެން ބުނުމާއެކު ޒައިން އަވަހަށް އާސިމް ކައިރިއަށް ދާން އުޅުނެވެ. ނަޒްލާ ހީލާފައި ޒައިން ބެހެއްޓުމާއެކު ޒައިން ދުވެފައި ދިޔަ ގޮތަށް ގޮސް އާސިމް ގައިގަ ބައްދައިގަތެވެ.

“ތެއްނިއު…” ޒައިން އޭނަގެ ޅަބަހުން އާސިމްއަށް ޝުކުރު އަދާކުރިއެވެ. އެއާއެކު އެތާ ތިބި ނައީމާއާ ނިހާއާ އެކު އާސިމްއާ ނަޒްލާވެސް ހީގަތެވެ.

“ޔޫ އާރ ވެލްކަމް…” އާސިމް ޒައިން ގެނެސް އުނގުގައި ބޭންދިއެވެ.

“އެބަ އަންނަން…” ނަޒްލާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

އާސިމް ނަޒްލާ ދިޔަ ދިމާއަށް ބަލަން އިނެވެ.

މަހެއްހާ ދުވަސް ކުރިން ނަޒްލާއާ ރީހާން ކައިވެނި ކުރަން އުޅޭ ހަބަރު ލިބުމުން އާސިމް ދިރިއުޅުން މަތިން މުޅިން ފޫހިވިއެވެ. ނަޒްލާ އާސިމްއަށް މާފު ކުރުމުންނާ، ޒައިން ކައިރިއަށް އައުމަށް ހުއްދަ ދިނުމުން އާސިމް ހީކުރީ އެވަރުން ފުދޭނެ ކަމަށެވެ. ދުރު ދުރުން ނަޒްލާއަށް ބަލާލުމުން ހިތްހަމަ ޖެހޭނެ ކަމަށެވެ.

ނަމަވެސް ހަމައެކަނި ނަޒްލާ ފެނިލުމަކުން އާސިމްގެ ހިތެއް ނުފުރޭނެކަން އާސިމްއަށް ޔަގީން ވިއެވެ. ނަޒްލާ އެހެން މީހެއްގެ ހައްގަކަށް ވާތަން ދެކެން އާސިމްއަށް ކެތެއް ނުވާނެއެވެ. އެހުރިހާ ދުވަސް އާސިމް ހޭދަ ކުރީ ރީހާންގެ އަނތްބަކަށް ނަޒްލާ ވުމުން އެކަމަށް ރުހެވޭނެތޯ ވިސްނުމުގައެވެ. ނަމަވެސް އާސިމްގެ ރުހުމަށް ބަލާނީ ކާކު ހެއްޔެވެ. އަމިއްލަ ދިރިއުޅުމާ މެދު ގޮތެއް ނިންމާކަށް ނަޒްލާއަކަށް އާސިމްގެ ރުހުމެއް، އަދި ހިޔާލެއްވެސް ބޭނުމެއް ނުވާނެއެވެ.

އެދުވަހަކުން ހަދާނެ ގޮތަކާ މެދު ގޮތެއް ނުނިންމިގެން އުޅެނިކޮށް ނަޒްލާއާ ރީހާން ކައިވެނީގެ ހިޔާލު ދޫކޮށްލިކަން އެނގުމުން އާސިމްގެ ހިތް އަލުން ވިންދު ޖަހަން ފެށިއެވެ. ހަމަ ނޭވާ ލެވުނެވެ.

ނަމަވެސް ދެންވެސް އޮތީ ހަމަ ކުރީގެ ނުތަނަވަސް ކަމެވެ. އެހާ ކައިރިން ނަޒްލާ ފެނި، ނަޒްލާއާ ދުރުން އުޅެން ޖެހުން ވަނީ އާސިމްއަށް ކެތް ނުވާ ވަރުގެ ކަމަކަށް ވެފައެވެ. ދުވަހެއް ދުވަހަކަށް އާސިމްއަށް ނަޒްލާ ފެންނަ ހިސާބުގައި ނަޒްލާއާ އެހާ ދުރުން އުޅެން އުނދަގޫ ވިއެވެ. އެދުރުކަމާ ހެދި އާސިމްގެ ހިތް ޝަކުވާ ކުރަން ފެށިއެވެ. އަމިއްލަ ހިތަށް ވިސްނައިދޭން އާސިމް މަސައްކަތް ކުރެއެވެ. ނަމަވެސް އާސިމްގެ އެބަސް ނާހާ ހިތް އާސިމްގެ ބަސް ގަބޫލެއް ނުކުރެއެވެ.

އާސމް ނަޒްލާމެން ގެޔަށް އައުން ނަޒްލާ މަނައެއް ނުކުރެއެވެ. ނަމަވެސް އާސިމް ގެޔަށް އައިސް އުޅޭ ވަގުތެއްގައި ނަމަ ނަޒްލާ ކޮޓަރިން ނުނިކުމެ ވޭތޯ ބަލައެވެ. އެކަންވެސް ނަޒްލާއަށް ފަސޭހަ ކަމަކަށް ނުވަނީ ޔުމްނާއަ ނައީމާއާ ނިހާގެ ސަބަބުންނެވެ.

ގޭއެންމެންވެސް އެދެނީ ނަޒްލާ އާސިމްއާ ގުޅުން ކަން ނަޒްލާއަށް އެނގެއެވެ. އެމީހުން އަހާއަހާވެސް ރީހާންއާ ކައިވެނި ނުކުރަން ނިންމި ސަބަބު ނަޒްލާ ޔުމްނާއާ އަސްމާ ނޫން މީހެއް ކައިރިއަކު ނުބުނެއެވެ. އަދި އެނިންމުމުގެ ފަހުން ސީދާ ނުބުނި ނަމަވެސް ގޭ މީހުން އެދޭ ގޮތް ނަޒްލާއަށް އެމީހުން ވަނީ އަންގާފައެވެ. އަދި ނަޒްލާއާ އާސިމް ގުޅުވަން އެމީހުން ކުރާ މަސައްކަތްވެސް ނަޒްލާއަށް ސިއްރެއް ނުވެއެވެ.

އާސިމް އެގެޔަށް އައިއްސިއްޔާ އެންމެންވެސް މަސައްކަތް ކުރާނީ ނަޒްލާ ކޮޓަރިން ނެރެވޭތޯއެވެ. އެކަން މަނާ ކުރަން ނަޒްލާ ދައްކާ އެއްވެސް ބަހަނާއެއް އެކަކުވެސް އަޑެއް ނާހައެވެ.

ނަޒްލާ ރީހާންއާ ކައިވެނި ނުކުރާނެ ވާހަކަ ބުނިތާ ދެހަފްތާ ފަހުން އާސިމްއާ ކައިވެނި ކުރުމަށް ނައީމާ ނަޒްލާ ގާތުން އެދުނެވެ. އެދުވަހަކީ ޒައިން ވިހޭ ފަހުން ނައީމާ ނަޒްލާ ދެކެ ފުރަތަމަ ފަހަރަށް ރުޅި އައި ދުވަހެވެ.

“އަހަރެން ނޫޅެން މީހަކާ އިންނާކަށް” ނައީމާގެ އެދުމަށް ނަޒްލާ ދިން ޖަވާބަކީ އެއީއެވެ.

“އެކަމަކު ނަޒޫއަށްވެސް ތިހެން މުޅި އުމުރުގަ ހުރެވޭނެތަ؟ އެކަނި ހުރެ ދިރިއުޅުން ހެދަ ކޮށްލެވޭނެތަ؟” ނައީމާ ހިތްހަމަ ނުޖެހިފައި ސުވާލު ކުރިއެވެ.

“އަހަރެން އެކަނި ވެފަ ކޮބާތަ މަންމާ؟ ޒައިން އެހެރީ، މަންމަ ތިހިރީ، ޔުމްއާ ދޮންބެއާ ނިނީވެސް އެތިބީ… ދެން އިތުރު މީހަކު އަހަންނެއް ބޭނުމެއް ނޫން” ނަޒްލާ ބުންޏެވެ.

“ނަޒްލާ ގޮތް ދޫނުކުރާތި އިނގޭ! މިހާރު ކިތަންމެ ރަނގަޅު އެއްޗެއް ބުންޏަސް ގަބޫލެއް ނުކުރާނެ، އެކަމަކު އަދި ފަހުން ވިސްނޭނެ…” ނައީމާ ރުޅި އައިސްގެން ކޮޓަރިއަށް ވަނެވެ.

ގޭއެންމެންނެކޭ އެއްގޮތަށް އާސިމްމެންގޭ މީހުންވެސް އެދެނީ ނަޒްލާއާ އާސިމްގެ ކައިވެނި ކުރެވުމެވެ. ޒައިން ގޮވައިގެން ނަޒްލާ އާސިމްމެން ގެޔަށް ދާ މަދު ފަހަރުގައި އާސިމްއާ ނަޒްލާ އެކީ ފެނުމުން ވަސީމާގެ މޫނަށް ވެރިވާ ހިތާމައިގެ ކުލަ ފެނުމުން ނަޒްލާވެސް ދެރަ ވެއެވެ.

ކޮންމެވެސް ދުވަހަކުން އާސިމް ކައިވެނި ކުރަން ވަސީމާ އެދެއެވެ. ނަމަވެސް ނަޒްލާ ނޫން ކުއްޖަކާ އާސިމް ކައިވެނި ނުކުރާނެ ކަން ވަސީމާއަށްވެސް އަދި ނަޒްލާއަށްވެސް އެނގެއެވެ. ނަޒްލާ ދެރަ ވަނީ ވަސީމާގެ އެއެދުން ފުރިހަމަ ނުވަނީ ނުސީދާ ގޮތުން ވިޔަސް ނަޒްލާގެ ސަބަބުން ކަމަށް ވާތީއެވެ.

އާސިމްއެކޭ އެއްގޮތަށް އާސިމް ފެންނަ ކޮންމެ ފަހަރަކު ނަޒްލާއަށްވެސް އަމިއްލަ ހިތަށް ވިސްނައިދޭން މަޖުބޫރު ވެއެވެ. އާސިމް ފެނުމުން ނަޒްލާގެ ހިތް އެދެނީ އާސިމްއާ އެކުގައި ވުމަށެވެ. ނަމަވެސް ހަމަ އެއާއެކު ނަޒްލާ ހަނދާން ވަނީ އާސިމްގެ ސަބަބުން ނަޒްލާއަށް ކުރިމަތިވި ހިތާމައެވެ. އާސިމްއަށް މާފު ކުރި ނަމަވެސް އެހަނދާންތައް ނަޒްލާގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އެހިތުގައި އާސިމްގެ ލޯތްބާއެކު އެހިތި ހަނދާންތައް އަބަދުވެސް ވާނެއެވެ.

އާނއެކެވެ. އާސިމް ދެކެ މިއަދުވެސް ލޯބި ވާކަމާ މެދު ނަޒްލާ ދެކޮޅެއް ނަހަދައެވެ. އަމިއްލައަށް އެކަން ގަބޫލުވެސް ކުރެއެވެ. ނަމަވެސް މިއަދު އެލޯތްބަށް ވުރެން އެހިތި ހަނދާންތައް ނަޒްލާގެ ހިތުގައި ފެވިފައި ވަނީ މާ ފުންކޮށެވެ.

ނައީމާއާ ނިހާއާ އަސްމާ އެތައް ފަހަރަކު ނަޒްލާ ގާތު އާސިމްގެ ވާހަކަ ދެއްކި ނަމަވެސް އެއް ފަހަރުވެސް ޔުމްނާ އެވާހަކައެއް ނުދައްކައެވެ. ނުބުނި ނަމަވެސް ނަޒްލާގެ ހިތުގެ ހާލު ޔުމްނާއަށް ރަނގަޅަށް އެނގެއެވެ. ޔުމްނާ އެވާހަކަ ނުދައްކާ ހުންނަ ހަމަ އެކަނި ސަބަބަކީ ނަޒްލާ ގަބޫލު ނުކުރާނެތީއެވެ. ކިތަންމެ ވަރަކަށް ބުންޏަސް އެއްބަސް ނުވާނެތީއެވެ. ނަމަވެސް ނަޒްލާގެ ހިތުގެ ހާލު ނަޒްލާގެ މޫނުން ކުޑަކޮށް ނަމަވެސް ފާޅު ވާނެ ދުވަހަކީ ޔުމްނާ ނަޒްލާ ގާތު އެވާހަކަ ދައްކާނެ ދުވަސް ކަމުގައި ޔުމްނާ ވަނީ އަމިއްލަ ނަފްސަށް ވައުދު ވެފައެވެ.

އެދުވަސް މާލަހެއް ނުވެ އައެވެ. އާޒިމްގެ ދަރިފުޅު ރައުނާއަށް 10 އަހަރު ފުރިގެން އެގޭގައި ބޭއްވި ޕާޓީއަށް ނަޒްލާމެން ގޭ އެންމެންވެސް ދިޔައެވެ. ޓެރެސްގައި އޮތް އެޕާޓީގައި ހުރިހާ ކުޑަ ކުދިންނާ އެކީ ޒައިންވެސް އުޅުނީ ކުޅޭށެވެ. އެހުރިހާ ކުދިންގެ ތެރޭންވެސް އެންމެ ކުޑައީ 2 އަހަރުގެ ޒައިންއަށް ވުމުން ހުރިހާ ކުދިންވެސް އުޅުނީ ޒައިން އުރާށެވެ. އޭރު ނަޒްލާ ހުރީ ތަންކޮޅެއް ދުރުގައި އަސްމާއާ ޔުމްނާއާ ވާހަކަ ދައްކާށެވެ. އާސިމް އެތާކު ނެތެވެ.

ވާހަކައިގަ ހުރި އިރުވެސް ނަޒްލާ އިރުއިރުކޮޅާ ޒައިންއަށް ބަލާލައެވެ. ޒައިން އުރާލަން އުޅެނިކޮށް ރަނާ އަތުން ޒައިން ވެއްޓެން ދިޔަތަން ނަޒްލާއަށް ފެނުނެވެ. އެއާއެކު ޒައިންގެ ނަމުން ގޮވާލަމުން ނަޒްލާ ޒައިންއާ ދިމާއަށް ދުއްވައިގަތެވެ.

އެވަގުތު ޓެރެސްއަށް ނިކުތް އާސިމްއަށް ނަޒްލާ ހަޅޭލަވައިގަތް އަޑު އިވުމުން ޒައިން ހުރި ދިމާއަށް ބަލާލެވުނެވެ. ޒައިން ވެއްޓުމާ އެކު ރޯން ފެށިތަން ފެނުމުން އާސިމްއަށްވެސް އެދިމާއަށް ދުއްވައިގަނެވުނެވެ. ނަޒްލާއަށް ވުރެން ކުރިން އައިސް ޒައިން ނަގާ އުރާލީ އާސިމްއެވެ.

ޒައިންގެ އަނގައިން ލޭ އަންނަ ތަން ފެނުމާއެކު ނަޒްލާ އާސިމް އަތުން ޒައިން ނަގާ އުރާލިއެވެ. އަދި ވީ ގޮތެއް ބަލާލިއެވެ.

“ތުންފަތް ފަޅައިގެން ގޮއްސަ އޭނީ… އައިސް ފެން ފޮދެއް ޖައްސާލަނިކޮށް ލޭމަނާ ވެދާނެ…” ކައިރިއަށް އައިސް ވަސީމާ ބުންޏެވެ.

“އާސިމް، ޒައިން ގޮވައިގެން ދޭ ކޮޓަރިއަށް، ދޮންތަ އެބަ އަންނަން އައިސް ފެން ފުޅިއެއް ހިފައިގެން” ސިޑިއާ ދިމާއަށް ދަމުން އާޒިމާ ބުންޏެވެ.

ނަޒްލާ ޒައިން ގޮވައިގެން އާސިމްއާ އެކީ ތިރިއަށް ދިޔައެވެ. ޒައިންއާ މެދު ހާސްވެ ބިރުގެންފައި ހުރި ވަރުން ދެވޭ ތަނަކާ މެދުވެސް ނަޒްލާއަށް ވިސްނާ ނުލެވެއެވެ. ނަމަވެސް އާސިމް ކޮޓަރީގެ ދޮރު ހުޅުވާލުމުން ނަޒްލާ މަޑު ކޮށްލިއެވެ. ހާސްވެ ދެރަވެފަ ހުރި ނަމަވެސް އެވަގުތު ނަޒްލާއަށް ކުރީގެ ހަނދާންތައް އުނދަގޫ ކޮށްލިއެވެ.

ޖެހިގެން ހުރި އަސްމާ އުޅުނު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނަޒްލާ ވަނެވެ. ނަޒްލާއަށް ވީގޮތް އާސިމްއަށް ވިސްނުނީ ދެނެވެ. ހުޅުވާލައިގެން ހުރި ދޮރުން އެތެރެ ބަލާލުމާއެކު ނަޒްލާއަށް ގޯނާ ކޮށްލި ހަނދާންތައް އާސިމްގެ ހިތުގައިވެސް އެނބުރިގަތެވެ. އަވަސް އަވަހަށް ދޮރު ލައްޕާލާފައި އާސިމް ނަޒްލާގެ ފަހަތުން އަސްމާގެ ކޮޓަރިއަށް ވަނެވެ.

އާޒިމާ ފެންފުޅި ގެނެސް ދީފައި ދިޔުމުން ނަޒްލާ އާސިމް އަތަށް ޒައިން ދީފައި ރުމާލަށް ފެން އަޅާފައި ޒައިންގެ ތުންފަތުގައި ޖައްސާލިއެވެ. އޭރުވެސް ޒައިންއަށް ރޮވެނީއެވެ. ނަޒްލާ ފިނި ރުމާ ޖައްސާލުމުން އަތުން ރުމާ ދުރު ކުރަން މަސައްކަތް ކުރަމުން ޒައިންގެ ރުއިން ހައްތަހާ ބާރުވިއެވެ. ނަޒްލާ އަނެއްކާވެސް ޒައިން އުރާލިއެވެ. އަދި ޒައިން ގަޔާ ކައިރި ކޮށްލައިގެން ބުރަކަށީގަ ފިރުމަމުން ދެކޮޅަށް ހިނގަން ފެށއެވެ.

އިރުކޮޅެއް ފަހުން ޒައިން ރުއިން ހުއްޓާލިއެވެ. ނަމަވެސް އޭރުވެސް ގިސް ލެވެއެވެ. ނަޒްލާ އެގޮތަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން ޒައިންއަށް ނިދުނެވެ. އެކަން ޔަގީން ވުމުން ނަޒްލާ ހިނގުން ހުއްޓާލާފައި އަތުގައި ނިދާފައި އޮތް ދަރިފުޅަށް ބަލަން ހުއްޓެވެ.

އެހުރިހާ އިރު ވަންދެން ބަލަން ހުރި އާސިމް އައިސް ނަޒްލާ އަތުން ޒައިން ނަގަން އުޅުނެވެ. ދެކޮޅު ނުހަދާ ނަޒްލާ އާސިމް އަތަށް ޒައިން ދިނެވެ. ޒައިން އެނދުގައި ބާއްވާފައި ކައިރީގައި ބާލީސްތައް ޖައްސާލާފައި އާސިމް އެނބުރި ބަލާލި އިރު ނަޒްލާ ހުރީ ޒައިންއާ ދިމާއަށް ބަލަހައްޓައިގެން ރޯށެވެ. ޒައިންއަށް ކުޑަވެސް އަނިޔާއެއް ވެއްޖެ ނަމަ ނަޒްލާއަށް ކެތް ކުރަން ދަތި ވާވަރު އެވަގުތު އާސިމްއަށް ވިސްނުނެވެ.

ނަޒްލާ ރޯތަން ބަލާކަށް އާސިމްއަކަށް ނުހުރެވުނެވެ. އެހުރިހާ ދުވަސް ވަންދެން ނަޒްލާއާ ދުރުގައި ހުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރަމުން އެކަން ކާމިޔާބު ކުރަމުން ދިޔަ ނަމަވެސް އެވަގުތު އާސިމްއަކަށް ނަޒްލާއާ ދުރަކު ނުހުރެވުނެވެ.

“ނަޒޫ…” އާސިމްއަށް ގޮވާލެވުނެވެ. ދެތިން ފިޔަވަޅު އަލާލަމުން ނަޒްލާ ކައިރިއަށް ހުއްޓި ނަޒްލާގެ މޫނުގައި ދެއަތުން ހިފާލިއެވެ.

ނަޒްލާ އާސިމްއާ ދިމާއަށް ބަލާލިއެވެ.

“ޝްޝްޝް…” އާސިމް މަޑުމަޑުން ބުންޏެވެ.

ނަޒްލާއަށްވެސް އެވަގުތު އާސިމްއާ ދުރަކަށް ނުދެވުނެވެ. އިސް ޖަހާލައިގެން ރޮވިފައި ހުރީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވާރޭ (ހަތަރު ވަނަބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 46

Next
March 14, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 46

Previews
March 14, 2016

ވާރޭ (ހަތަރު ވަނަބައި)

39 Comments!

  1. Mar Sha Marsha says:
    March 14, 2016 at 5:02 pm

    މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން.. މާޝާ ހީކުރަން ކުދިން މިހިސާބަށް ކިޔާފައި ވާހަކަ ނިމެން ދެން ކިޔާނެ ކަމަށް…

  2. shima says:
    March 14, 2016 at 5:22 pm

    Me first….Yay…..btw story warah obi…. waiting for next part

  3. Luyoona says:
    March 14, 2016 at 5:29 pm

    me 2nd wow nice and even adhi dhigu khohlaathi next part

  4. Zaanaa says:
    March 14, 2016 at 5:39 pm

    Yageenehnu keyaanekan haada ay reethi vaahaka

  5. princess says:
    March 14, 2016 at 6:03 pm

    Yeah kiyaanehnnu vaahaka vrh vrh salhi….

  6. kamana says:
    March 14, 2016 at 6:19 pm

    Wow. Just lov this one ???

  7. Zeena says:
    March 14, 2016 at 6:32 pm

    Yageen thi vaahaka kiyaa nan kan.. Maru nuve gadhaveh salaamathun dhuniye ga huriyaa

  8. Zeena says:
    March 14, 2016 at 6:34 pm

    Allah ge iraadha fulhu dhuniye ga huriyaa..
    .Varah reethi vaahaka.. Thank u Marsha

  9. Shaai says:
    March 14, 2016 at 6:41 pm

    V reythi Inge.

  10. aleena says:
    March 14, 2016 at 6:46 pm

    Marsha kihineh thi hedheee. Hw can naxoo forget what he did. Ekam dhen ehentha dhw vaani. Naxoo vs beynun vegen kuri kameh viyyaa. Foohi ddhen ekam. Reehaan n ninee dhw gulheyni.

  11. Thaathu says:
    March 14, 2016 at 6:46 pm

    Vaahaka v v reethi… heevany hama filmeh balaileveyhen… haadha furihamaey sifakuruntha

  12. mary says:
    March 14, 2016 at 7:12 pm

    Vaahaka vara reethi ekm vara adheravey reehaan ah ehen vaathee…

  13. laimaan says:
    March 14, 2016 at 7:49 pm

    Alhey mioh nimunu hisaabeh dhw. Bt v v v reethi. Maadhan next part up vaane kamah unmeedh kuran

  14. Aayaa says:
    March 14, 2016 at 8:14 pm

    Wow wow wow. Heskiyaafa rythi.

  15. nih@@ says:
    March 14, 2016 at 8:16 pm

    varah rythi…waitn for nxt part

  16. Eliisha says:
    March 14, 2016 at 8:33 pm

    Marsha…v avahah up kohdheeba… haadha rychchey…. adhi eoh nimmaali hisaabeh… cnt wait for the next part

  17. ANS says:
    March 14, 2016 at 8:37 pm

    Vvvvv shalhi

  18. sadh says:
    March 14, 2016 at 9:27 pm

    Thank you so much dear. I have never commented on here before but i would like to thank you from all my heart for uploading the story always on time and for bringing the story as long as possible. This is a very rare case and we dont see from many writers. Appreciate all your hard work. This story is a beauty. Keep it up ♥️

  19. een says:
    March 14, 2016 at 9:57 pm

    Woow. .. I just really love to read this story. Plx upload soon

  20. naax says:
    March 14, 2016 at 10:54 pm

    Wowwwwww varah varah reethi mi story

  21. Anonymous says:
    March 14, 2016 at 11:22 pm

    Woww woww mi part v v v rythi….avahahh up kurahchey next part

  22. Appy says:
    March 14, 2016 at 11:23 pm

    Wow …v salhi

  23. Aimsithu says:
    March 14, 2016 at 11:42 pm

    Mirey ge baii varah furihama

  24. Şhàhä says:
    March 15, 2016 at 12:08 am

    Wow varah salhi avaha next part up kurahchey

  25. Anonymous says:
    March 15, 2016 at 2:02 am

    vaahaka reethi but asim ah naxoo libihjehyaa varah hadhi.dhenves hadhaanee hama ehen .reehaan a naxoo gulhuvaa love fahun veveyne.

  26. inaa says:
    March 15, 2016 at 8:59 am

    reehaan aai naxoo nugulhenya mivaahaka nukiyaanan dhen. aasim i hate u

  27. eyna says:
    March 15, 2016 at 11:33 am

    Gavaaidhun up kohlaathee varah ufaa vey… heekuran vaahakka nimendhen ehn vaane kamah… varah reethi vaahaka best of luck.. 🙂

  28. Aliyah Mikael says:
    March 15, 2016 at 12:03 pm

    Alhe poor reehan. I’m still hoping nazu ends up with reehan. He is so sweet and loves nazu so much.

  29. alaa says:
    March 15, 2016 at 2:11 pm

    marry kura emmennakee lowbi vegen kuraa meehunneh nun. marry kureema lowbi ves veveyne. dhn lowbi blah blah ey kiyaafa e beyvafaatheriyaa aa gulhuneema vvvvvv hadi!!! rangalhu meehunna kaiveni kuan angavaafa vanee ves. reehaan aa gulhu v ma aslu vaahaka furihama vaanee. ehen noony point eh nethennu. feshunu oru ves edhemeehun. eha bodu aniyaa eh dhineema ves edhemeehun. mi ee mihaaru plf concept ekey. old hindi concept. I dnt thnkbi will like d ending part of d story even though have been reading from d beginning

    1. kim says:
      March 15, 2016 at 2:14 pm

      true alaa. this is nw an old concept. lowbi ey kiyaafa ehnu e faafa kureeves. anekka ves lowbi ey kiyaafa eha rangalhu propsal eh dhookollee. that too who made ur life hell naxoo. if I were in ur place I will never marry asim even thought I still love him. I hate u naxoo nd asim

  30. aish says:
    March 15, 2016 at 2:16 pm

    marsh kihineh thi hedhy. asim aa naxoo gulhuvanee? poor reehaan. me hama mi zamaanuga ulhey anhenunge vattharu. faafa koffa filaavalheh libuneema ves rangalhu meehaka gulheykah nuvey. mihaaru mi vaahaka mathin foohi vejje

  31. lai says:
    March 15, 2016 at 2:18 pm

    whatt??? mioh reethi story ah marsha kihineh thi hedhy. reehan aa nazoo vaki koffa? dhn foohi vejje mivaahaka kiyan ekam ves kiyan feshuneema nimmaanan

  32. ninni says:
    March 15, 2016 at 2:19 pm

    aan lai. mee too ves kiyan feshuneema nimmey tho balaanan. but I too dnt like asim nd naxoo gulhey part.

  33. aru says:
    March 15, 2016 at 2:21 pm

    vaahaka huttaeh nulaanan marsha. ekam m vvv disappointed sorry!!

  34. shame says:
    March 15, 2016 at 2:23 pm

    huh. hus like nuvaa kudhin tha miulhenee hehe. marsha ah dhw dhn ingeynee hadhaane ehcheh. ekam aslu kada dhw ehen hedheema.

  35. opinion says:
    March 15, 2016 at 5:54 pm

    but in my opinion aslu nazoo libenjeheyny asim ah hama. i feel sorry for ryhaan. ekams aslu dhnbahpayakah vuren bby ah ves rangalhuvaany aslu bahpa.. everyone should get a second chance

    1. Anonymous says:
      March 15, 2016 at 8:07 pm

      good point.. ??? knme meehakah vx kusheh kurevi dhaane nd kuh gabool koh e fadha kusheh nukurumah azum kandai alhai rangalhah ulhunyma rangalhu vaane dhww nd NO ONE IS PERFECT dhww

    2. Anonymous says:
      March 15, 2016 at 8:08 pm

      good point.. ?? knme meehakah vx kusheh kurevi dhaane nd kuh gabool koh e fadha kusheh nukurumah azum kandai alhai rangalhah ulhunyma rangalhu vaane dhww nd NO ONE IS PERFECT dhww

  36. Zaanaa says:
    March 15, 2016 at 8:04 pm

    Avahah up kohdeeba vvvvv keyaa hethun me thibee keh maduvefa

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 19←


All Right Reserved!