އެކި ހިޔާލުތަކަށް ގެއްލިފައި އިން ރީމާ ސިހުނީ ރީމާގެ ފިރިމީހާ ޝާމް އައިސް ރީމާ ގެ ގާތުގައި އިށީނދެލުމުންނެވެ. ފެންކަޅި ވެފައިއިން ރީމާ ފެނުމުން ޝާމް ސުވާލު ކުރިއެވެ. ރީމާ ފެންކަޅި ވެފައި އިން ސަބަބު ޝާމް އަށް ނޭނގޭތީކީ ނޫނެވެ. ރީމާގެ އަމިއްލަ އަނގައިން އެ ސަބަބު ބުނޭތޯ އެވެ. ރީމާ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. ހިމޭން ވަގުތުކޮޅަކަށް ފަހު އެއްޗެކޭ ބުނުމަށްޓަކައި ރީމާގެ ތުންފަތް ހަރަކާތް ކުރިއެވެ. ޝާމް […]