Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާރޭ (ތިންވަނަ ބައި)

Ninnu Level 210 Stories
March 12, 2016 3 Mins Read
13 Comments

ހަދާނެ ގޮތެއް ނޭނގިފައި އިން އަރީޖްއަށް ފުރަތަމަ ރޮވުނީއެވެ. ދެން ދެތިން މީހަކުއަށް ގޮވައިގެން ޔަޒަން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަން ފެށިއެވެ. ހޮސްޕިޓަލްއަށް ގެންދިޔައިރު މުނިމީހާ އެއްކޮށް ތުރުތުރު އަޅައެވެ. ޑޮކްޓަރ ބުނީ ޔަޒަން ފިޓް ޖެހެނީ ކަމުގައެވެ. ޔަޒަންގެ އަނގަ ހުޅުވާލުމަށްފަހު ފޮތި ގަނޑެއް ހެޔޮވަރުކޮށްލީ ދޫ ހަލާކުވެދާނެ ކަމުގެ ބިރު ހީވެފައި އޮތީމައެވެ. އޭރުވެސް އެފަކީރު ތުރުތުރު އަޅައެވެ. އަރީޖް ދުވަމުން އެންމެ ފުރަތަމަ ދިޔައީ މާޒިން ފެނޭތޯއެވެ. އެއަށްފަހު އޭނާ ބެލީ އެތަނުން ދުރަށް ދެވޭތޯއެވެ.

ޔަޒަންއަށް ހޭވެރިކަމެއްވީ ނަރުސް ކުއްޖާ އައިވީގެ ކަށި ނައްޓާލުމުންވެ. އޭރު ކައިރީގައި މާޒިންއާއި އީލާފް ހުއްޓެވެ. އީލާފްގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. މާޒިން ހުރީ އިލާފްއަށް ބަލަހައްޓައި ގެންނެވެ. ދެމީހުންގެ މޫނަށް ބަލާލުމަށްފަހު ޔަޒަން ބުމަ އަރުވާލިއެވެ. ކިހިނެއްވީ ހޭ ބުނާ ކަހަލަ ގޮތަކަށެވެ. އީލާފް ބޭރަށް ދިޔައީ ފޯނެއް އައުމުންނެވެ. މާޒިން އަދިވެސް ހުރީ ނިކުމެގެން ދިޔަ އިލާފް އަށް ބަލާށެވެ.

“އޯ.ކޭ.. ކަލޭ ވާރޭގަ ކީއްކުރީ؟” މާޒިން ވަރަށް ސީރިއަސް ވެލާފައި އަހާލިއެވެ.

“އެކޮޅު އުޅުންއިރު ވަރަށް ވާރޭއާ ތެމި ނުލެވޭނެ..” ޔަޒަން ވާރޑްގެ ދޮރާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ޖޫ އަހަރެން ކައިރިއަށް އައިއިރު ހަމަ ރޮނީ.. ބުނީ ތިމަންނަ ގައިގަ ޖެހިފަ އެމީހާ ވެއްޓިއްޖެޔޭ” މާޒިން ހީގަންނަމުން ބުނެލިއެވެ.

“ޔަޒަންގެ ނަން ނޭނގިގެން.. ދެން ބުނީ ތުއްތުގެ ބެސްޓްފްރެންޑްއޭ” މާޒިން އެހެން ބުނުމުން ޔަޒަންއަށް އަރީޖްގެ ލޯމަތިން ހަނދާންވިއެވެ. އެއީ ހަމަ އެ ފެހި ދެލޮލެވެ. ނަމަވެސް އަރީޖްއަކީ އެހާ ދޮންކުއްޖެއް ނޫނެވެ. ޔަޒަންއަށް ފެނުނީ ވަރަށް ދޮން ކުއްޖެކެވެ. އުޅެ އުޅެ އެކުއްޖާގެ މޫނު ހަނދާންވާ ގޮތެއް ނުވެއެވެ. މީގެ ދެއަހަރު ކުރިންވެސް ޔަޒަންއަށް ހުވަފެނުން ހަމަ އެދެލޯ ފެނެއެވެ. އެހާމެ ފެއްސެވެ. އެހާމެ ފުރިހަމައެވެ.

“ހެލޯ.. މަމިހުރީ އަދި މިތާނގައޭ” މާޒިން އަތް ހޫރާލަމުން ބުނެލިއެވެ.

“ޖޫ ހުރީ އެދުވަހު ކޯއްޗެއް ލައިގެން” ޔަޒަން ކޮއްލި ސުވާލަކުން މާޒިން ދެލޯ ބޮޑުކޮށްލިއެވެ.

“ހޫމް އޯކޭ.. ޖު ބުރުގާ އަޅާދޯ” ޔަޒަންއަށް އަރީޖްގެ ފައި ނުފެންނާނެކަން ޔަޤީންވުމުން ބުނެލިއެވެ. މާޒިން މޫނު ހަދާލަމުން ޔަޒަންގެ ބޮލުގައި ޖަހާލިއެވެ. އެއާއެކު ދިލަތަދެއް ޔަޒަންގެ ބޮލަށް އަރައިގެން ދިޔައެވެ. ކުޑަކޮށް އައްދޯއޭ ބުނެލުމުން މާޒިން އަވަހަށް މާފަށް އެދެލިއެވެ.

އީލާފް އެއްވެސް ވާހަކައެއް ނުދައްކާ ހުރުމުން ޔަޒަން ދޭތެރެއަކުން ދޮންއޭ ބުނެލައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އީލާފްހުރީ ބިރުންނެވެ. ޔަޒަން ކަމެއް ހަނދާން ވެއްޖެނަމަ ދެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ އޮސްޓްރޭލިއާއިން ރާއްޖެ ބަ ދަލުވީވެސް އެ ހިޔާލު ތަކާއި ޔަޒަން ދުރުކުރުމުގެ ބޭނުމުގައެވެ. މާޒިންވެސް ދިޔައީ ގެއާއި ދިމާލަށެވެ. ޔަޒަން ކައިރީގައި ފަހުން އަންނާނެ ވާހަކަ ބުނެލަމުންނެވެ.

ޔަޒަން ކޮޓަރިއަށް ވަނުމަށްފަހު ދޮރު ލައްޕާލިއެވެ. އަރީޖް ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް ދަންނަ ކުއްޖެކޭ ހިތައް އެރީ ފަހެ ކީއްވެ ހެއްޔެވެ؟ އަރީޖްގެ ހިޔާލުތަކާއި ދުރަށް ނުދެވިގެން އުޅެނިކޮށް އޭނާއަށް ނިދިއްޖެއެވެ. ވަރަށް ދުވަސްކޮށްލާފައި މިރޭ ޔަޒަންއަށް އަރާމްކޮށް ނިދާލެވިއްޖެއެވެ.

ނުނިދުނީ އަރީޖްއަށެވެ. މީގެ ކުރިން ނުވާ ގޮތްތަކެއް މިއަދު ވާންވި ކީއްވެ ހެއްޔެވެ؟ މިއަދު ޔަޒަން އުޅުނީ އަރީޖްދެކެ ބިރުންނެވެ. މީހަކު ފުރޭތައެއް ފެނުނަސް އެހާ ބިރު ނުގަންނާނެއެވެ. ލޮލަށް ކަރުނަ ޖަމާވީ ކުޑައިރުގެ ހަނދާންތައް އާވުމުންނެވެ. ކުޑައިރު ކުދިން އޭނާއައި ދިމާއަށް ޖިންނިއެކޭ ކިޔާހަނދާން އަދިވެސް އެބަހުއްޓެވެ. އަރީޖްގެ ފެހި ކަޅިއެއް ހުންނާތީ ވަރަށް ގިނަ ބޮޑެތި މީހުން އެމީހުންގެ ދަރިން އޭނާއާއިއެކު ކުޅެން ނުފޮނުވާނެއެވެ. ހުރިހާ ހިޔާލެއް އާވުމުން އޭނާ ބާލީހުގައި މޫނު ފޮރުވާލިއެވެ. ދެން ދުވަހަކުވެސް ޔަޒަންގެ ކުރިމައްޗަށް އޭނާއެއް ނާރާނެއެވެ.

އަދިވެސް ވާރޭގެ އަސަރު ހުރުމުން އަރީޖް ދިޔައީ ކުޑައެއް ހިފައިގެނެވެ. ކުޑަކޮށް ވާރޭ ވެހެން ފެށުމުން އަރީޖް ކުޑަ ނަގައިގެން މަޑުކޮށްލީ ފޯނެއް އައުމުންނެވެ. ކައިރީގައި ހުރި ފިހާރައިން ޓައިގަރ ފުޅިއެއް ހިފައިގެން ނިކުތް ޔަޒަން މަޑުކޮށްލީ ވާރޭ އެއްކޮށް ހުއްޓާލާނޭ އިރަކަށެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ދުރުން އަންނަ އަރީޖް ފެނުމުން ޔަޒަންއަށް ހީލެވުނެވެ. ނަމަވެސް މޫޑު ސަކަރާތްވީ އަރީޖް ފަހަތުގައި ހުރި ފިރިހެން ކުއްޖާ ފެނުމުންވެ.  އަރީޖްއަށް ބަލަމުން އައިގޮތުން ކޮންމެ މީހަކަށްވެސް އެކުއްޖާ އަރީޖެދެކެ ލޯބިވާކަން އެނގޭނެއެވެ. ނަމަވެސް އެކަމާ ޔަޒަން ނުރުހެންވީ ކީއްވެ ހެއްޔެވެ؟

“ޖޫ.. އަރީޖް” ފަހަތުން ދުވަމުން އައި ޒަޔާން ފެނުމުން އަރީޖް މަޑުކޮށްލިއެވެ. ޔަޒަން އެމީހުންނަށް ފެނިދާނެތީ ފިހާރަތެރެއަށް ވަދެ ނިވާވެލިއެވެ. ނަމަވެސް އެދެމީހުން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ޔަޒަންއަށް އަޑުއިވެމުން ދިޔައެވެ.

“ކީއްވެ ފޯނު ނުނަގަނީ؟ ރޭގަވެސް ގުޅިން” ޒަޔާން އެހެން ބުނުމުން އަރީޖްއަށް ދެލޯ ބޮޑުކޮށްލެވުނީއެވެ.

“އަޅުގަނޑު ރޭގަ ވަރަށް އަވަހަށް ނިދައިފިން” މައުސޫމު ގޮތަކަށް އެހެން ބުނެލަމުން އަރީޖް ހީލިއެވެ. އެވަގުތު އޭނާގެ ކޮލަށް އެޅިގެންދިޔަ އަޑި ކޮޅު ފެނުމުން ޔަޒަންގެ ގައިން ހީބިހި ނަގައިގަތެވެ. ބޭއިޙްތިޔާރުގައި މާ ޝާ ﷲ އޭ ބުނެވުނީ ކުރިމަތިން ފެންނަމުން ގިޔަ އަންހެން ކުއްޖާ ރީތިކަމުންނެވެ.

“ކޮންމެ ދުވަހަކުވެސް ނިދާފަ ދޯ… ހިތައް އަރާ ޖު ގޮވައިގެން ފިލާނީއޭ” އެހެން ބުނަމުން ޒަޔާން އަރީޖްގެ އަޑިކޮޅުގައި އިނގިލި ޖައްސާލުމުން ޔަޒަން ފިހާރައިން ނިކުމެއްޖެއެވެ.

ފިހާރައިން ނިކުތް ޔަޒަން ފެނުމުން އަރީޖްގެ ތަބީއަތް ބަދަލު ވެއްޖެއެވެ. މީހާ އެއްކޮށް ސީރިއަސްވެ އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތެވެ. ޔަޒަންއަށް ހަމަ ރަނގަޅަށް އަރީޖްއަށް އައި ބަދަލު ފެންނާނެ އެވެ. އަރީޖް އެހެން ހެދުމުން ޔަޒަންގެ ހިތުގައި ސުވާލު އުފެދުނެވެ. އަރީޖް ޔަޒަންއަށް ފިލަންޖެހޭ ވަރުގެ ކަމެއް ޔަޒަން ނުކުރެއެވެ.

އީލާފް ސުކޫލުން ނިކުމެގެން އައީ ވަރަށް ބާރަށް ހިނގައިފައެވެ. ސައިކަލުގައި އަންނަ މާޒިން ފެނުމުން އީލާފް މަޑުކޮށްލަމުން ހީލިއެވެ. އީލާފް ވިސްނަމުން ދިޔައީ އެންމެ ކަމަކާއެވެ. ޔަޒަންއާއި މެދުގައެވެ. ދެހިޔާލެއްގައި ހުރެ އޭނާ ޔުއާންއަށް ގުޅާލިއެވެ. ނަމަވެސް ޔުއާން ފޯނެއް ނުނެގިއެވެ. ޔަޒަންއާއި ޔުއާން އެހާ ތަފާތުވާންވީ އެއްވެސް ސަބަބެއް އީލާފް އަކަށް ނުވިސްނުނެވެ. ގެއަށް ދެވުނު އިރު ޔަޒަން ހުރި އޭނާ ކޮޓަރީގައި އީލާފްގެ ފަހަތުން ސިޑިން މާޒިންވެސް އަރައިގެން އައެވެ. މާޒިން ޔަޒަންގެ ކޮޓަރިއަށް ވަންނަމުން ދޮރު ލައްޕާލިއެވެ.

ޔަޒަން ގޭމް ކުޅެން ހިނގާށޭ ބުނުމުން މާޒިންވެސް އެކަމާ އެއްބަސް ވެލިއެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުންގޮސް ޔަޒަން އަރީޖްގެ ވާހަކަ އަހާލިއެވެ.

“ކަލޭ އަހަރެންގެ ކޮއްކޮއަށް ހިތް ނުކިޔައްޗޭ” މާޒިން ހީލަމުން ބުނެލިއެވެ.

“އެއީ ޒިންގެ”

“ނޫން.. އަސްލު ކޮއްކޮއެއް ނޫން ކަޒިންސް..” މާޒިން އިސްޖަހާލަމުން ބުނެލިއެވެ.

“އެއީ އެކަމް ޒިންގެވެސް މަންމައެއް ނޫންތަ؟” ޔަޒަން ގޮނޑީގައި ރީތިކޮށް އިނށީދެލަމުން ބުނެލިއެވެ.

“އަސްލު ޖޫގެ މަންމައަކީ އަހަރެންގެ ދޮންތަ.. އަހަރެންގެ މަންމަ ކުޑައިރުގަ މަރުވީ.. އޭގެ ފަހުން ދޮންތަ ބަލަނީ.. ދޮންތަ ބުނީ މަންމަ ކިޔާށޭވެސް.. އޭރު އަހަންނަށް 6 އަހަރު.. އޭރު ޖޫއަށް 3 އަހަރު.. ޖޫއަށް ނޭނގޭނެ” މާޒިން ހީލަމުން ބުނެލިއެވެ.

“ދެން ޖޫ” ޔަޒަން އަނެއްކާވެސް އަރީޖްގެ ވާހަކަ އަހާލަންއުޅުނެވެ.

“މަގެ ކޮއްކޮ ވާހަކަ ނުދައްކާ” މާޒިން އަނގަ ހަދާލަމުން ބުނެލިއެވެ. އަދި ޔަޒަންގެ ކޮނޑުގައި ޖަހާލިއެވެ.

ދެމީހުންވެސް ދިރިއުޅުމުގެ އެކި ވާހަކަތައް ކިޔައިދެމުން ދިޔައިރު އީލާފް ފަހަތުގައި އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުއްޓެވެ. މާޒިންއާއި ދިމާއަށް ބަލާލަމުން އީލާފް ހީލިއެވެ. އެއީ އޭނާގެ ހިތުގެ ވެރިޔާއެވެ. ނަމަވެސް ޔަޒަންއާއި މާޒިންއާއި މައްސަލައެއް ޖެހިދާނެތީ އީލާފްއަށް އިސްނަގަން ނުކެރެނީއެވެ. އީލާފް މާޒިންއަށް ވުރެ ބޮޑުވުމުން މީހުން ކިޔާނެ އެއްޗެއްސަށްވެސް އޭނާ ވިސްނައެވެ. އެތަނުން އީލާފް ދިޔައީ އެދެމީހުންނަށް ފެނިދާނެތީއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ފުންއަސަރު 11

Next

ނިމިދާނެ ޖާނާ ހިތާ 16

Next
March 12, 2016

ނިމިދާނެ ޖާނާ ހިތާ 16

Previews
March 12, 2016

ފުންއަސަރު 11

13 Comments!

  1. Kidy says:
    March 12, 2016 at 1:31 pm

    Wow me first

  2. T says:
    March 12, 2016 at 1:53 pm

    Kn yaxaan eh ….kihineh mi vany. …….

    1. Ninnu says:
      March 12, 2016 at 2:00 pm

      Yazaan eh nun.. zayaan jahaafa innaany.. ?

  3. princess says:
    March 12, 2016 at 1:54 pm

    Nyc….

  4. Thaathu says:
    March 12, 2016 at 2:03 pm

    Thibunaahen… nanthah kiyaa kiyaavess boa halaaku

    1. Ninnu says:
      March 12, 2016 at 2:06 pm

      Will look into that ☺

  5. Thaathu says:
    March 12, 2016 at 2:05 pm

    Ekam vess vaahaka v reethi… kudakoh mi vaanuvaa olhun filuvaala dheebala

    1. Ninnu says:
      March 12, 2016 at 2:07 pm

      Next part ga dhigu koh genes dheynan.. eyrun okay vaane
      Thank you thaathu

  6. Appy says:
    March 12, 2016 at 2:17 pm

    Nice story Bt adhi ehaa bodah vaanuvaaeh neynge .?

  7. T says:
    March 12, 2016 at 2:19 pm

    Sorry ninnu?maa eh goeh v ma neynguny

  8. Rasiy says:
    March 12, 2016 at 2:23 pm

    V nyc

  9. mariyam says:
    March 12, 2016 at 8:57 pm

    Nyce… Waiting for nextpart…

  10. Ninnu says:
    March 13, 2016 at 11:02 am

    Maadhama ga up kohlaanan next part In shaa allah

Comments are closed.

Next Episodeވާރޭ (ހަތަރު ވަނަބައި)←


All Right Reserved!