Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 16

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
March 12, 2016 8 Mins Read
17 Comments

“މިއަދުގެ ފަހުން މަގޭ ކުރިމައްޗަށް ނާރައްޗޭ!” ރީޝާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އާސިމް ބުނެލިއެވެ. އަދި އާޒިމްގެ އަތް ފޮޅުވާލާފައި ސިޑިން އަރާ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ.

 

ކާން ހަދާފައި ޔުމްނާ ކޮޓަރިއަށް ވަނީ ނަދީމްއަށް ކާން ގޮވާށެވެ. އޭރު ނަދީމް ޓީވީ ހުޅުވައިގެން އެނދުގައި އޮތެވެ.

“ހިނގާ ކާން” އެނދުގައި އިށީނދެފައި ޔުމްނާ ބުންޏެވެ.

“ނުކާނަން” ޔުމްނާއާ ދިމާއަށް ބަލާވެސް ނުލާ ނަދީމް ބުނެލިއެވެ.

“އަހަރެން ދެކެ ރުޅި އައިއްސަތަ؟” ޔުމްނާ ނަދީމްއާ ކައިރިއަށް ޖެހިލިއެވެ.

ނަދީމް ޖަވާބެއް ނުދީ ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. އަދި ރިމޯޓް ނަގާ ޓީވީގެ ޗެނަލް ބަދަލު ކޮށްލިއެވެ.

ޔުމްނާ ނަދީމްގެ އަތުން ރިމޯޓް ނަގާ ޓީވީ ނިވާލިއެވެ.

“ވާހަކަ ދައްކަބަލަ! އޭރުން ރުޅި މަޑުވާނެ… މައްސަލަވެސް ހައްލު ވާނެ. މިހެން ވާހަކަ ނުދައްކާ ތިބެންޏާ ކުދިކުދި ކަންތައްވެސް ވާނީ ބޮޑެތި ކަންތަކަށް” ޔުމްނާ ނަދީމްއަށް ބަލާލާފައި ބުންޏެވެ.

“އަހަރެން ބޭނުން ވަނީ ނަޒޫ އާސިމްއަށް މާފު ކުރަން” ނަދީމް ޔުމްނާއަށް ބަލާލިއެވެ.

“އެއީ ނަދީމްގެ ބެސްޓް ފްރެންޑަށް ވީމަތަ؟” ޔުމްނާ އަހާލިއެވެ.

“ނަޒޫއަކީ އަހަރެންގެ ކޮއްކޮއަށް ވާތީ، ނަޒޫ އަދިވެސް ލޯބިވަނީ އާސިމް ދެކެ ކަމަށް ވާތީ، އާސިމްވެސް މިހާރުވެސް ލޯބިވަނީ ނަޒޫ ދެކެކަން އެނގޭތީ. އަހަންނަށް ޔަގީން އާސިމް ނަޒޫ ދެކެ ލޯބިވާ ވަރަށް އެހެން މީހަކު ނުވާނެ ލޯތްބެއް، އެހެންވެ…” ޔުމްނާ ކުރި ސުވާލުގެ ޖަވާބު ނަދީމް ދިނެވެ.

“ރީހާން އެހެރީނު؟” ޔުމްނާ ބުންނެވެ.

“އަހަންނަކަށް ރީހާންއެއް މާ ރަނގަޅަކަށް ނޭނގެ، ވެދާނެ އޭނަ ނަޒޫ ދެކެ ވަރަށް ލޯބި ވާކަމަށް… އެކަމަކު ނަޒޫ ނުވޭ އޭނަ ދެކެ ލޯތްބެއް، އާސިމް ނޫން މީހަކާ ދޭތެރޭ ވިސްނާލުންވެސް އެއީ ނަޒޫއަށް ކުރެވޭނެ ކަމެއް ނޫން… ނަޒޫއަށް ރީހާންއާ މެދު ކުޑަކޮށްވެސް ތަފާތު ގޮތަކަށް ދެކެވެނީ އޭނަގެ އަޑު އާސިމްގެ އަޑާ ވައްތަރު ވީމަ… އެކަމުންވެސް އެނގެނީ ނަޒޫގެ ހިތުގަ އަދިވެސް ވަނީ އާސިމް ކަން…

ރީހާންއަށް ނަޒޫގެ ހިތުން ޖާގައެއް ހޯދުމުގަ ކާމިޔާބު ވީނަމަ މިވީ ހައެއްކަ މަސްތެރޭ އޭނަ އެދޭ ޖަވާބެއް ނަޒޫ އޭނައަށް ދިނީސް… މިއަދުވެސް ނަޒޫ ރީހާންއާ އިންނަން ބޭނުން ވެއްޖެއްޔާ އަހަރެން ދެކޮޅެއް ނަހަދާނަން، އެކަމަކު އަހަންނަށް ޔަގީން އެހެންނެއް ނުވާނެކަން…

ނަޒޫއަށް ނުވިސްނުނަސް އަހަރެން އެދެނީ ނަޒޫ އަބަދުވެސް އުފަލުގަ އުޅުން. ނަޒޫ ބޭނުން ހުރިހާ އުފަލެއް ނަޒުއަށް ހޯދާދެވޭނީ އާސިމްއަށް. މިއަދުވެސް އަހަރެން ނަޒޫދެކެ ރުޅިއައީ އޭނަ ޒައިންއާ އާސިމް ދުރު ކުރަން އުޅޭތީކީ ނޫނޭ، މިއަދު ނަޒޫ ވާހަކަ ދެއްކި ގޮތުން… އެކަހަލަ އެއްޗެއް ބުނި އިރު ނަޒޫ ހިތަށް ނޭރި އަހަރެން އެތާ އެބަހުއްޓޭވެސް…” ނަދީމް އެހިސާބަށް ބުނެފައި ދެއަތުން މޫނު ފޮހެލިއެވެ.

ނަދީމް އެދެއްކީ ރަނގަޅު ވާހަކަ ކަމަށް ޔުމްނާވެސް އެއްބަސް ވިއެވެ. ނަމަވެސް ނަދީމްއާ ޔުމްނާ އަދި އެހެން އެއްވެސް މީހަކު އެދޭ ގޮތެއް މިއަދު މުހިންމެއް ނޫނެވެ. މިއަދު ބަލަން ޖެހޭނީ ނަޒްލާ ބޭނުމީ ކޮން ގޮތެއްތޯއެވެ.

“ނަޒޫއަށް އެހެން ބުނެވުނީ އޭނަ ރުޅި އައިއްސަ ހުރި ވަރުންނޭ ނަދީމް. ނަދީމް ތިދެއްކި ހުރިހާ ވާހަކައެއްވެސް އަހަރެން ގަބޫލު ކުރަން. އެކަމަކު އާސިމްއަށް މާފު ކުރާކަށް ނަޒޫއަކަށް މަޖުބޫރެއް ނުކުރެވޭނެއެއްނު؟ އެކަން ކުރަން ޖެހޭނީ ނަޒޫ އަމިއްލައަށް ފެނިގެން… އެދުވަސް އަންނަން ދެން އަހަރުމެން ޖެހޭނީ އިންތިޒާރު ކުރަން” ޔުމްނާ ނަދީމްގެ ދެއަތުގައި ހިފާލިއެވެ.

“ސޮރީ…” ނަދީމް ޔުމްނާގެ މޫނުގައި ދެއަތުން ހިފާލިއެވެ.

“ނޯ ސޮރީސް…” ޔުމްނާ ނަދީމްގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ.

 

ނަޒްލާއަށް އަސްމާއާ މެދު ވިސްނާލެވުނީ އެރޭ ނިދަން އޮށޯވެފައެވެ. އާސިމްގެ އުނގުގައި ޒައިން އިންތަން ފެނުމުން ނަޒްލާއަށް ރުޅި އާދެވުނީއެވެ. ނަމަވެސް އެކަމުގައި އޭގެން އެކަކުގެވެސް ކުށެއް ނެތްކަން ނަޒްލާއަށް އެނގެއެވެ.

ނަޒްލާ ފޯން ނަގާ އަސްމާއަށް ގުޅާލަން އުޅުނެވެ. ނަމަވެސް އެގެޔަށް ގޮސް އަސްމާ ގާތުން މާފަށް އެދުން މާރަނގަޅު ވާނެޔޭ ހިތަށް އަރާ ނަޒްލާ އެރޭ ނިދީ އަނެއް ދުވަހު އަސްމާމެން ގެޔަށް ދާން ނިންމައިގެންނެވެ.

 

ހެނދުނު ނަޒްލާ އޮފީހަށް ދިޔައިރު ރީހާން ނަޒްލާގެ މޭޒު ކައިރީ ނަޒްލާގެ އިންތިޒާރުގައި އިނެވެ.

“ހާދަ ހެނދުނަކާ؟ ކަމެއް އޮތީތަ؟” ކޮނޑުގައި އޮތް ދަބަސް ނަގާ ގޮނޑީގައި އަޅުވާލަމުން ނަޒްލާ އަހާލިއެވެ.

އޮފީހުގައި ރީހާންއަކީ ނަޒްލާގެ ވެރިއެއް ނަމަވެސް އެދެމެދުގައި ވާ ނަމެއް ނެތް ގުޅުން އެއޮފީހުގެ އެންމެންނަށްވެސް އެނގެއެވެ.

“ކަމެއް އެބައޮތް… ވަރަށް މުހިންމު ކަމެއް… އެކަމަކު ނުރަސްމީ ކަމެއް” ރީހާން ޖަވާބު ދިނެވެ.

ރީހާން ދައްކަން އުޅޭ ވާހަކަ ނަޒްލާއަށް ވިސްނުނެވެ.

“މިގަޑީގަތަ ހަމަ؟” ނަޒްލާ އަހާލިއެވެ.

“މިގަޑި ކަމު ނުދަންޏާ ހިނގާ ބްރޭކްގަ ލަންޗަށް” ރީހާން ބުންޏެވެ.

“އަޅެ، ސޮރީ، މިއަދު މެންދުރު ފްރެންޑަކާ މީޓް ކޮށްލަން ދާން މިއުޅެނީ…” އެދުވަހު އަސްމާއާ ބައްދަލު ނުކޮށް ދޫކޮށްލާކަށް ނަޒްލާ ބޭނުމެއް ނުވިއެވެ.

ރީހާން އެއްޗެއް ނުބުނެ ނަޒްލާއަށް ބަލަން އިނެވެ.

“ރީހާން، އެއްޗެކޭ ހީނުކުރައްޗޭ… އަހަރެން ރީހާންގެ ވާހަކަ އަޑު ނާހާކަށްނޫން، ރީހާން އެހެން ގަޑިއެއް ބުނޭ، އަހަރެން އޯކޭ” ނަޒްލާ އަވަސްއަވަހަށް ބުންޏެވެ.

“އެންމެ ރަނގަޅު، މިރޭ ޑިނަރއަށް ދެވޭނެތަ؟” ރީހާން ސުވާލު ކޮށްލިއެވެ.

“އާނ، އޯކޭ… ދާނަން” ނަޒްލާ އެއްބަސް ވިއެވެ.

ބާރަ ޖެހުމުން ނަޒްލާ ޝާއިރުމެން އޮފީހަށް ގުޅާލިއެވެ. އަސްމާ ކޮބާތޯ އެހުމުން ޝާއިރުއާ ދެމީހުންވެސް ދިޔައީ ގެޔަށް ކަމަށް ރިސެޕްޝަނިސްޓް ބުނުމުން ނަޒްލާ ދަބަސް ހިފައިގެން ބޭރަށް ނިކުމެ ދޮރު ކައިރީ މަޑުކޮށްލި އިރަށް ރީހާން އައިސް ނަޒްލާ ކައިރީ ހުއްޓުނެވެ.

“ހިނގާ، އަހަރެން ގެންގޮސް ދޭނަން…” ރީހާން ބުންޏެވެ.

ނަޒްލާ ބޯޖަހާލާފައި ރީހާންއާ އެކީ ހިނގައިގަތެވެ.

“ދާން ވީމަ ގުޅާލާ އިނގޭ، އަހަރެން އަންނާނަން ބަލާ” އަސްމާމެން ގޭ ކައިރިއަށް މަޑު ކޮށްލާފައި ރީހާން ބުންޏެވެ. ނަޒްލާ ބޯޖަހާލާފައި އެތެރެއަށް ވަނެވެ.

ނަޒްލާ ވަން އިރު ސިޓިންގރޫމްގައި އެކަކުވެސް ނެތެވެ. ކަނާތް ފަރާތުގައި ހުރި އަސްމާއާ ޝާއިރުގެ ކޮޓަރި ދޮރު ހުޅުވާލި އިރު އެތާވެސް މީހަކު ނެތެވެ. އަސްމާ ވާނީ ބަދިގޭގައޭ ހިތަށް އަރާ ނަޒްލާ ބަދިގެއާ ދިމާއަށް ދިޔައެވެ. ދޮރާ ހަމައަށް އަރާފައި ނަޒްލާ ހުއްޓުނީ ޝާއިރު ނަޒްލާގެ ނަން ބުނި އަޑު އިވުމުންނެވެ. އެދެމީހުން އެދައްކަނީ އިއްޔެ ނަޒްލާ ރުޅި އައިސްގެން ދިޔަ ވާހަކައޭ ހިތަށް އަރާ ނަޒްލާ ބަދިގެއަށް ވަންނަން ދިޔައެވެ. ނަމަވެސް ނަޒްލާ ކުރިއަށް ނެގި ފިޔަވަޅުވެސް ހުއްޓުނީ ދެން އިވުނު އަޑަކުންނެވެ.

“އަހަންނަށްވެސް އެނގެޔޭ ނަޒޫ ރުޅި އަންނާނެކަން. އަހަރެން ގަބޫލު ކުރަމޭ އެކަން… އެކަމަކު އަހަރެންގެ ހިތަށް ވިސްނައިދޭނީ ކިހިނެއްތަ؟ ޒައިންއަކީ އަހަރެންގެ ދަރިއެއް ކަން ހަނދާން ނައްތާލާނީ ކިހިނެއްތަ؟ އޭނަޔާ ދުރުގަ ހުންނާނީ ކިހިނެއްތަ؟

ނަޒޫވެސް އަހަންނަށް ގެއްލުނީ… ދެން އަހަރެންގެ ލައިފްގަ އެންމެ މުހިންމީ ޒައިން، އޭނަޔާވެސް ވަކިން ދުރުގަ އަހަރެން ދިރި ހުންނާނީ ކިހިނެއް؟ މިހެން އުޅުމަށް ވުރެ ރަނގަޅު ވާނެ މަރުވިޔަސް!” އާސިމް ވާހަކަ ދެއްކި އަޑު ނަޒްލާއަށް އިވުނެވެ.

“ތުއްތުބޭ! ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެ” ރޮވިފައި އަސްމާ ބުނި އަޑު އިވުނެވެ.

“އެންމެ ފަހަރަކު ޒައިން ގައިގަ އަތް ޖައްސާލަން ލިބޭނަމަ އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން… ނަޒޫ ބުނި ކޮންމެ ގޮތެއްވެސް ހަދަން ތައްޔާރަށް އަހަރެން މިހިރީ އޭނަ އަހަންނަށް މާފު ކުރަންޏާ… އެކަމަކު ނަޒޫ ނުކުރާނެ މާފެއް… ނުކުރާނެ” އާސިމް އެހެން ބުނުމާއެކު އެއްޗެއް ތެޅުނު އަޑު އިވުނެވެ.

“ތުއްތުބޭ…” އަސްމާއަށް ބުނެވުނެވެ.

“އެހަނދާން ތަކާ ދުރު ވެވޭނެ ގޮތެއް އޮތް ނަމަ…” އާސިމް ބުނެލިއެވެ.

“އާސިމް! ދެން އެކަހަލަ ކަމެއް ނުކުރާތި! އެހެން ހިތަށްވެސް އަރުވައިގެން ނުވާނެ، ދެވަނަ ފަހަރަށް ތިކަން ކޮށްގެން ނަދީމްވެސް އާސިމްއަށް މާފެއް ދެން ނުކުރާނެ” ޝާއިރު ބުންޏެވެ.

“ދެން އެކަމެއް ނުކުރާނަން… އަހަރެން ހުވާ ކުރިކަން ހަނދާން އެބަ ހުއްޓޭ. އެހެން ނޫނަސް ޒައިންއަށް ދެރަވެދާނެ ކަހަލަ ކަމެއް ދެން އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ނުކުރާނަން. އެކަމަކުވެސް… އަހަރެން ހިތަށް އަރާ މިވޭން ލުއިވާނެ ގޮތެއް އޮންނާނެ ނަމައޭ…” މޭގައި އަތް ޖައްސާލަމުން އާސިމް ބުންޏެވެ.

“ކެތް ކުރޭ އާސިމް…” ޝާއިރު އާސިމްގެ ކޮނޑުގައި ހިފާލިއެވެ.

“ހާދަ އުނދަގުލޭ… ޝާއިރުއަކަށް ނޭނގޭނެ… ހިތަށް އަރަނީ މިވޭނުގަ އުޅުމަށް ވުރެން ރަނގަޅު ވާނެޔޭ—”

“ތުއްތުބޭއަށް އަހަރުމެން އެއްވެސް އެއްޗަކަށް ނުވަނީތަ؟ ތިކަހަލަ ވާހަކަ ދެއްކީމަ އަހަރުމެންނަށް ވާނެ ގޮތް ތުއްތުބޭއަކަށް ނުވިސްނޭތަ؟ ތުއްތުބޭ ތިކަހަލަ އެއްޗެއް ބުނާ އަޑު މަންމައަށް އިވިއްޖެއްޔާ މަންމަ ހިތަށް އަރާނީ ކީކޭ؟” އަސްމާ އާސިމް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަ ނުދީ ސުވާލުތަކެއް ކޮށްލިއެވެ.

“އަހަރެން ވަރަށް ލޯބިވޭ އަހަރެންގެ ފެމިލީ ދެކެ. ސިމީ ކައިރީގަ ނުބުނެވުނަސް ސިމީދެކެވެސް ވަރަށް ލޯބިވޭ… އެކަމަކު… ސިމީއަކަށް ނުވިސްނޭނެ އަހަރެންގެ ހިތަށް އަރާ އެއްޗިއްސެއް… އަހަންނަށް ވާ ގޮތެއް…

ޝާއިރު، އިއްޔެވެސް ނަޒޫ އެބުނީ އަހަރެން އޭނައާ ދިމާލަށް ބުނި ބަހޭ ހަމަ، އަހަންނަށް އޭނައަށް އިތުބާރު ނުކުރެވުނީ… ނަޒޫ އަހަރެން ދެކެ ލޯބިވާ ވަރަށް އަހަންނަށް ނަޒޫ ދެކެ ލޯބި ނުވެވެނީ ކަންނޭނގެ… ގައިމުވެސް އޭނަ އަހަންނަށް ކުރި އިތުބާރު އަހަންނަށް އެނގޭ، އޭރު އެއިތުބާރުވެސް އަހަންނަށް އެއްވެސް އެއްޗަކަށް ނުވީ…”

އާސިމް ދެއްކި ވާހަކަ އަޑު އަހާފައި އެކަކުވެސް އެއްޗެއް ނުބުނެއެވެ.

“އަހަންނަކީ ކޮން ކަހަލަ މީހެއް؟ އަހަރެން ދެކެ ނަޒޫ އެހާ ލޯބިވި އިރު، އަހަންނަށް އެހާ އިތުބާރު ކުރި އިރު އަހަރެން އޭނައަށް ޝައްކު ކުރީ… އެވެސް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއޭ ކިޔާފަ… އައި ޑިޒަރވް ދިސް!” އާސިމް ބުނެލިއެވެ.

އެއާއެކު ނަޒްލާ ނުވެސް ވިސްނާ ހުއްޓާ އާސިމް ނިކުތެވެ. ދޮރުކައިރީ ހުރި ނަޒްލާ ފެނުމާ އެކު އާސިމް ހުއްޓުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

އެހުރިހާ ވާހަކައެއް އާސިމް ދެއްކި އަޑު އިވުމުން އެހާ ދުވަސް ވަންދެން ނަޒްލާގެ ހިތުގައި އާސިމްއާ މެދު އޮތް ރުޅިވެރިކަން ފިލިއެވެ. ދަރިއަކާ ބައްޕައަކު ދުރު ކުރަން އުޅެވުނީތީ ދެރަވިއެވެ. ޒައިންދެކެ އާސިމް ލޯބިވާވަރު އާސިމްގެ ވާހަކައިން ނަޒްލާއަށް އެނގުނެވެ. އިއްޔެ އާސިމް ބުނިހެން ނަޒްލާވެސް މިއަދު ކަންތައް އެކުރަނީ ރަނގަޅަކަށް ނޫންކަން ގަބޫލު ކުރެވުނެވެ.

ކުއްޖަކު ބޮޑުވެގެން އަންނަ އިރު ބައްޕައެއްގެ މުހިންމުކަން ނަޒްލާއަށްވެސް އެނގެއެވެ. އާސިމްއާ ޒައިން ދުރުކުރަން ނަޒްލާ ކުރި މަސައްކަތުން ދެރަ ވާނީ އާސިމްއަށް އެކަންޏެއް ނޫނެވެ. އެކަމުން ޒައިންއަށް ހައްގު ލޯތްބަކުން ޒައިންވެސް މަހުރޫމް ކުރެވެނީއެވެ.

އެވަގުތު، އެތާ ހުރެ ނަޒްލާ އާސިމްއަށް މާފު ކުރިއެވެ. ޒައިންއަށް ޓަކައެވެ.

އާސިމް ދެއްކި ވާހަކަ އަޑު އިވުމުން ނަޒްލާގެ ހިތުން ހުރިހާ ޝަކުވާއެއް ފޮހެވުނު ނަމަވެސް އެހިތުގައިވާ ރިހުމެއް ނުފިލައެވެ. އެހަނދާން ތަކުން އެހިތުގައި އަދިވެސް ވޭން އަޅަމުން ދިޔައެވެ. ނަމަވެސް އެވޭނުގެ ސަބަބުން ޒައިންއާ އާސިމްގެ މެދަށް ހުރަހެއްގެ ގޮތުގައި ނަޒްލާ ދެން ނުވާން އަޒުމް ކަނޑައެޅިއެވެ.

އާސިމްއާ ދިމާއަށް ބަލަން ހުރި ނަޒްލާގެ ލޮލުން އައި ކަރުނަ ފެނުމުން އާސިމް އެތަނުން ދުރަށް ދާން ހިނގައިގަތެވެ.

“އާސިމް…” އެވަގުތު ނަޒްލާ ގޮވާލިއެވެ.

ވަގުތުން އާސިމްގެ ފިޔަވަޅު ހުއްޓުނެވެ. އާސިމްގެ ނަމުން އެގޮވާލީ ނަޒްލާ ކަމާމެދު ޝައްކެއްގައި ހުރެ އާސިމް އެނބުރި ބަލާލިއެވެ.

އާސިމްގެ ފަހަތުން ބަދިގޭން ނިކުތް އަސްމާއާ ޝާއިރުއަށްވެސް ވީ ހަމައެވަރެވެ. ހައިރާން ވެފައި އެދެމީހުންވެސް ނަޒްލާއާ ދިމާއަށް ބަލަން ތިއްބެވެ.

“އަހަރެން ބޭނުން… ވާހަކަ ދައްކާލަން…” ނަޒްލާ ބުންނެވެ. އަދި ޖަވާބަކަށް އިންތިޒާރު ނުކޮށް ގޮސް އަސްމާމެންގެ ކޮޓަރިއަށް ވަނެވެ.

ދެންމެ އެވީ ކަންތަކަކީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރެވިފައި އާސިމް އަސްމާއަށާ ޝާއިރުއަށް ބަލާލިއެވެ.

“ދޭބަލަ…” ޝާއިރު އާސިމްގެ ކޮނޑުގައި ޖަހާލިއެވެ.

އާސިމް މަޑުމަޑުން ހިނގާލާފައި ކޮޓަރީ ދޮރާ ހަމައަށް އަރާފައި މަޑުކޮށްލިއެވެ. އަދި ހަމަޖެހިލުމަށް ނޭވައެއް ބޭރަށް ލާފައި ކޮޓަރިއަށް ވަނެވެ.

ކޮޓަރީގައި ހުރި ބޮޑު ސޯފާގެ އެއްކޮޅުގައި ނަޒްލާ އިނެވެ. އާސިމް ގޮސް ސޯފާގެ އަނެއް ކޮޅުގައި އިށީނެވެ. އެއް އަހަރާ ނުވަމަސް ކުރިން ނަޒްލާ ރޮއްވާލާފައި އާސިމް ނަޒްލާގެ އަތުގައި ހިފާ ކޮޓަރިން ނެރުނު ފަހުން ދެމީހުން އެކަނިވި މީ ފުރަތަމަ ފަހަރެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ހިނގަމުން ދިޔައީ އެހިޔާލެވެ. އޭގެ ކުރިން ދެމީހުން އެކަނިވި ރޭގެ މަތިން ހަނދާން ކުރަން ބޭނުން ނުވި ނަމަވެސް އެރޭގެ ހަނދާންތައްވެސް ދެމީހުންނަށް އުނދަގޫ ކުރަމުން ދިޔައެވެ.

“ނަޒޫ…” އާސިމް އެއްޗެއް ބުނަން އުޅުނެވެ.

“އަހަރެން އާސިމްއަށް މާފު ކޮށްފިން…” ހަމަ އެވަގުތު ނަޒްލާވެސް ބުންޏެވެ.

އާސިމްއަށް އަޑު އިވުނެވެ. ނަމަވެސް ގަބޫލެއް ނުކުރެވުނެވެ.

“ކީކޭ…؟” އާސިމްއަށް އަހާލެވުނެވެ.

“އަހަރެން އާސިމްއަށް މާފު ކޮށްފީމޭ” ނަޒްލާ އާސިމްއަށް ބަލާލަމުން ދެވަނަ ފަހަރަށް ބުންޏެވެ.

“އަހަރެން… ނަޒޫ…” އާސިމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަޒްލާ އެބުނީ ނަޒްލާ ފަރާތުން އަޑު އިވިދާނެ ކަމަށް އާސިމް އެއްގޮތަކަށްވެސް ހީކޮށްގެން ހުރި އެއްޗެއް ނޫނެވެ.

“ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ތީ ޒައިންގެ ބައްޕަ. ކިތަންމެ ރުޅި އައިއްސަ އޭރު ހުއްޓަސް، އަހަރެން ދުލުން ކޮންމެ އެއްޗެއް ބުންޏަސް އަހަރެންގެ ދަރިފުޅުގެ ނަމުގެ ފަހަތަށް އާސިމްގެ ނަން ލީ އެކަން އަހަރެން ގަބޫލު ކުރާތީ. އަހަންނަށް އެނގޭ އާސިމް ޒައިން ދެކެ ލޯބިވާ ކަން… އަދި ޒައިންވެސް އާސިމްއާ ހެދި އުޅޭ ގޮތް އަހަރެން ދެކެން، އެނގޭ…” ނަޒްލާ އެއް އަތުން އަނެއް އަތުގެ އިނގިލިތައް މޮޑެމުން ވާހަކަ ދެއްކިއެވެ.

“ނަޒޫ…” އާސިމް ގޮވާލިއެވެ.

“އަދި އަހަރެން ބުނަން މިއުޅޭ އެއްޗެއް ބުނެ ނުނިމޭ…” ނަޒްލާ ބުންޏެވެ. އަދި އާސިމްއަށް ބަލާލިއެވެ.

ނަޒްލާ ދެން ބުނާނެ އެއްޗެއް އަޑު އަހަން ނަޒްލާއަށް ބަލަން އާސިމް ކެތް މަދުވެފައި އިނެވެ. އަމިއްލަ ހިތުގެ ހާލު ނަޒްލާއަށް އަންގާ ހިތުންނެވެ. އާސިމްގެ ދެއަތުގެ ތެރެއަށް ނަޒްލާ ގެންނަ ހިތުންނެވެ.

“އަހަރެން ދެން ދުވަހަކުވެސް އާސިމްއާ ޒައިން ދުރެއް ނުކުރާނަން، އަހަރެން އެދެނީ އޭނައަށް އޭނަގެ ބައްޕަގެ ލޯތްބާ އަޅާލުން ލިބިގެން ބޮޑުވާން…” ނަޒްލާ ބުންނެވެ.

“ނަޒޫ، އަހަރެން—” ނަޒްލާގެ ވާހަކައިން އާސިމްއަށް ލިބުނު އުންމީދުގެ އެހީގައި އާސިމް ފެށިއެވެ. ނަމަވެސް އެވަގުތު ނަޒްލާއަށް އާސިމް ބުނަން އުޅޭ އެއްޗެއް ވިސްނުނެވެ.

“އާސިމް!” ނަޒްލާ އާސިމްއާ ދިމާއަށް އަތް ދިއްކޮށްލަމުން ގޮވާލިއެވެ.

ތެދުވަން އުޅެފައި އާސިމް އަނެއްކާވެސް އިށީނދެފައި ނަޒްލާއަށް ބަލާލިއެވެ.

“އެނގޭ ތި ބުނަން އުޅޭ އެއްޗެއް… އަހަންނަށް ރަނގަޅީ ތިހެން ނުބުނިއްޔާ” އާސިމްއާ ދިމާއަށް ބަލާލާފައި ނަޒްލާ އިސް ޖަހާލިއެވެ. “އަހަރެން އަދިވެސް ހަނދާނެއް ނުނެތޭ… އެކަމަކުވެސް އަހަރެން އާސިމްއަށް މާފު ކޮށްފިން، ހަމަ އެކަނި ޒައިންއަށް ޓަކާ… އޭނައަށް އާސިމްގެ ފަރާތުން ލޯތްބާ އަޅާލުން ލިބުން އަހަރެން އެދެނީ… އެކަމަކު އަހަރުމެން ދުރުގަ ތިބެގެން…” ނަޒްލާ ބުންޏެވެ.

އާސިމްއަށް ނަޒްލާއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުޑަ އިރުކޮޅެއް ކުރިން ހިތުގައި އާވެގެން ދިޔަ އުންމީދުގެ ހުޅުކޮޅު ނިވިގެން ދިޔައެވެ.

“ތީ ނަޒޫ ބޭނުން ގޮތް ވިއްޔާ ތިގޮތްވެސް ރަނގަޅު…” އާސިމް ހިތާ ދެކޮޅަށް ބުންޏެވެ. އާސިމް އެދެނީ އެގޮތް ނޫން ނަމަވެސް ނަޒްލާ އެދޭ ގޮތާ ދެކޮޅު ހަދާނެ ހިތްވަރެއް އާސިމްގެ ނެތެވެ. އެހެން ނޫނަސް އާސިމް ކިތަންމެ ބޭނުން ވިޔަސް ނަޒްލާ ނޭދޭ ނަމަ ނަޒްލާ އަލުން އާސިމްގެ ހަޔާތަކަށް ނުގެނެވޭނެއެވެ.

އާސިމް ދެރަވިއެވެ. ނަމަވެސް ޒައިންއަށް ޓަކާ ނަޒްލާ އާސިމްއަށް މާފު ކުރީތީ އާސިމް ޝުކުރު ކުރިއެވެ. އަދި އެވަރުން އާސިމްއަށް ފުދޭނެ ކަމަށް އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ނަޒްލާ ކޮޓަރިން ނިކުތް އިރު ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އަސްމާ ނަޒްލާ ފެނުމުން ހުއްޓުނެވެ. ކަކުލުގައި އުޅަނބޮށި ވިއްދާލައިގެން ދެއަތް ގުޅުވާލައިގެން އަތްމަތީ ދަތްދޮޅި ޖައްސާލައިގެން ޝާއިރު ސޯފާގައި އިނެވެ.

“ސިމީ، ސޮރީ… އިއްޔެ މާބޮޑަށް ރުޅި އާދެވުނީ… އެކަމަކު ދެން ނުވާނެ އެހެންނެއް” އަސްމާގެ އަތުގައި ހިފާލާފައި ނަޒްލާ ބުންޏެވެ.

“އަސްލު އަހަންނަށް ނޭނގި ޝާއިރު ތުއްތުބޭމެން ގޮވައިގެން އައީ، ތުއްތުބޭ ފެނުނު އިރަށް ޒައިން… އަހަންނަށް ނުކެރުނީ ދެން…” އަސްމާ ކަންތައް ވީގޮތް ކިޔާދިނެވެ.

“ހެވޭ ދެން، އަޅާ ނުލާ، ދެން އަހަރެން އާސިމްއާ ޒައިން ދުރު ކުރާކަށް ނޫޅޭނަން، ސިމީ ބުނިހެން އާސިމްއަކީ ޒައިންގެ ބައްޕަ” ނަޒްލާ ބުންޏެވެ.

ނަޒްލާ އެހެން ބުނުމުން އަސްމާއާ ޝާއިރުއަށްވެސް ކޮޓަރި ދޮރުމަތީ ހުރި އާސިމްއަށް ބަލާލެވުނެވެ.

“އަހަރެން އާސިމްއަށް މާފު ކޮށްފިން…” ނަޒްލާ ބުންޏެވެ.

“އަސްލުތަ؟” އަސްމާއަށް އަހާލެވުނެވެ. ޖަވާބުގައި ނަޒްލާ ބޯޖަހާލުމާ އެކު އަސްމާ ނަޒްލާ ގައިގައި ބައްދައިގަތެވެ.

“ދެން ހުރިހާ ކަމެއް އޯކޭވީ… ނަޒޫއާ ތުއްތުބޭ—”

“ސިމީ!” އަސްމާ އެހިސާބަށް ބުނުމާ އެކީ ނަޒްލާ އަސްމާގެ ކޮނޑުގަ ހިފާ ދުރުކޮށްލަމުން ގޮވާލިއެވެ. އަސްމައަށް ހީކުރެވުނީ ރަނގަޅަށް ނޫން ވީމައެވެ.

“ފޮގިވަން… ބަޓް ނޮޓް ފޮގޮޓްން…” ނަޒްލާ އަސްމާއަށް ބުންޏެވެ.

އަސްމާއަށް ވިސްނުނެވެ. އެއްފަހަރު ނަޒްލާއަށް އަނެއް ފަހަރު އާސިމްއަށް އަސްމާ ބަލާލިއެވެ.

“އޯހ!” އަސްމާއަށް ބުނެވުނެވެ.

ދެން ދިޔައީ ހިމޭން ވަގުތު ކޮޅެކެވެ.

“ސިމީ، ބަނޑުހައި ވެއްޖެ. މިއަދު ކޮންމެހެންވެސް އެއްގަޑި ބަޔަށް އޮފީހަށް ދާން ޖެހޭނެ، ކޯޗެއް ކާން ހުރީ؟” އެހިމޭންކަން ނަގާލީ ޝާއިރުއެވެ.

“އާނ، މިހަދަނީ. ނަޒޫ ކައިގެން ދޯ ދާނީ؟ ތުއްތުބޭވެސް ދޯ؟” އަސްމާ އަހާލިއެވެ.

“އިހަށް ކޯޗެއްތޯ ހުރީ ބުނެބަލަ…” ނަޒްލާ ބުންޏެވެ.

“ތުއްތުބޭއަށް ކޮފީއެއް” އާސިމް ބުންނެވެ.

ބަނޑުހައި ވެފައި އިން ނަމަވެސް ނަޒްލާއަކަށް ނުކެވުނެވެ. އެކެއް ޖެހިތަނާ ރީހާން ގުޅުމުން ބަލާ އަންނާށޭ ބުނެފައި ނަޒްލާ އަސްމާއާ އެކީ ބޭރަށް ނިކުތެވެ.

ރީހާން އައުމުން ނަޒްލާ ދިޔައީއެވެ. އާސިމްއާ އަސްމާއާ ޝާއިރު ނިކުތީ އެވަގުތުއެވެ. ނަޒްލާއަށާ ރީހާންއަށް އާސިމް ނުފެނުނު ނަމަވެސް އާސިމްއަށް އެދެމީހުން ފެނުނެވެ.

“ސިމީ، އެއީ ކާކުތަ؟” ނަޒްލާމެން ގޮސް އަނެއް މަގަށް އަޅާލަން ދެން ބަލަން ހުރެފައި އާސިމް އަހާލިއެވެ.

އަސްމާ ޝާއިރުއަށް ބަލާލީ އެސުވާލަށް ޖަވާބު ދޭން އަސްމާ ބޭނުން ނުވާތީއެވެ. ޝާއިރު އަސްމާއާ ދިމާއަށް ބުމަ އަރުވާލިއެވެ.

“އެއީ ނަޒޫމެން އޮފީސް މީހެއް، ރީހާން” އަސްމާ ޖަވާބުގައި އެހެން ބުނެފައި އެބަ އަންނަމޭ ބުނަމުން ދަބަސް ހާވަމުން އެތެރެއަށް ވަނީ އާސިމް އިތުރު ސުވާލެއް ކޮށްފާނެތީއެވެ. އަދި އެސުވާލަށް ޖަވާބު ދޭން އަސްމާ ޖެހިލުން ވާތީއެވެ.

“އޮފީސް މީހެއް… ނަދީމްވެސް ބުނީ އެހެން… އެދެމީހުން… އެދެމީހުންގެ މެދުގަ ކޮންމެސް ގުޅުމެއް އެބަ އޮތް ދޯ؟” ސުވާލެއް ގޮތަށް އަހާލި ނަމަވެސް އެއީ އާސިމްއަށް ޔަގީނާ ގާތް ކަމެކެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވާރޭ (ތިންވަނަ ބައި)

Next

އަހަރެންގެ ވާހަކަ (ތިންވަނަ ބައި)

Next
March 13, 2016

އަހަރެންގެ ވާހަކަ (ތިންވަނަ ބައި)

Previews
March 12, 2016

ވާރޭ (ތިންވަނަ ބައި)

17 Comments!

  1. afoo says:
    March 12, 2016 at 2:29 pm

    finally kiyaalan libihje .. iyye in sureh inthixaaru kurany mi ..

  2. afoo says:
    March 12, 2016 at 2:30 pm

    me first yayyy … wow vrh habbu

  3. afoo says:
    March 12, 2016 at 2:30 pm

    me first yayyy … wow vrh habbu ingey

  4. Appy says:
    March 12, 2016 at 2:38 pm

    Woww nycc….dhn ….avaha up kohdhehchey

  5. twnkl str says:
    March 12, 2016 at 2:42 pm

    Nyc…waiting for nxt prt

  6. princess says:
    March 12, 2016 at 3:22 pm

    Nycccc

  7. Anonymous says:
    March 12, 2016 at 3:45 pm

    Haadha las v mi part up kuran.. reyga ves nunidhun vaahaka nukiyey thyve..
    Thanx marsha…

  8. Misty says:
    March 12, 2016 at 3:58 pm

    Varah salhi.. Naxoo aa reehaan gulhuvachey..

  9. Hooo says:
    March 12, 2016 at 5:06 pm

    Noo.. Nazu and Asim. Varah gulhey.

  10. naax says:
    March 12, 2016 at 8:02 pm

    Varah nice naxoo nreehaan gulhuvaathi

  11. No name says:
    March 12, 2016 at 8:55 pm

    Naxoo n reehaan v v gulhay

  12. noo says:
    March 12, 2016 at 10:20 pm

    Naxoo n reehaan . vvv salhi

  13. nike says:
    March 12, 2016 at 10:28 pm

    Nazoo n asim gulhu vachey pls pls

  14. Aleena says:
    March 12, 2016 at 11:18 pm

    E Hus dhogu Marsha. Naxu n asim gulhuvaane kameh neh. Ithubaareh neh meeheh. Hama meehak bunelaa irah visnaalumeh nethi ngaboolu kohgen. Naxu reehaan aa gulheni.

  15. Aliyah Mikael says:
    March 13, 2016 at 6:27 am

    Varah reethi mi part ves. Reehan and nazu gulhuvahchey 🙂

  16. saee says:
    March 13, 2016 at 2:02 pm

    Vaahaka v v v reethi.. nd Naxoo nd asim gulhuvahchey ingey

  17. princess shaal says:
    March 13, 2016 at 3:04 pm

    plz avahah up koh dhyba…

Comments are closed.


All Right Reserved!