Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާރޭ (ހަތަރު ވަނަބައި)

Ninnu
March 14, 2016
4 Mins Read
38 Views
11 Comments

ފޯނުގައި ހުރި ފޮޓޯތަކަށް ބަލަންހުރި އީލާފްއަށް މިޑު ޖެހިލީ ޔަޒަން އައިސީޔޫ ގައި އޮތް ފޮޓޯއެއް ފެނުމުންނެވެ. އަދިވެސް އެހަނދާން އީލާފް އެބަހުއްޓެވެ.

**     **     **     **       **       **     **     **     **

ކޮލެޖު ނިންމާފައި އައި ޔުއާން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. ކާރު ޕާކުކުރުމަށް އެހާ އަވަސްވެ ގަތީވެސް އެހެން ވެއެވެ. މަޑުމަޑުން ކާރު ފަހަތަށް ގެންދަނިކޮށް ބާރު އަޑަކާއި އެކު ކާރަށް ގުޑުން އެރުމުން އޭނާ ފަހަތަށް ބާލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުމުން ކާރުން ފައިބައިގެން ތިރީގައި އެއްޗެއް އޮތްތޯ ބަލާލިއެވެ. ޔުއާން ގެ މެއަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލި ހެންނެވެ. ކުރިއަށް ދާން ނޭނގިފައި އިނދެފައި އޭނާއަށް ހޭވެރިކަންވީ ލޭތައް ފެނުމުންނެވެ.

“ޒޭން” ޔުއާން ހަޅޭލަވައި ގަންނަމުން ޔަޒަން އުނގުމަތީގައި ބާއްވާލިއެވެ. އޭރު ޔަޒަން ހުރީ ކަނދުރާމަތީގައި އަތް އަޅާލައިގެންނެވެ. ބަލާ ބެލުމަށް ހީވަނީ ވަޅިއެއް އަޅުވާފައި ހުރިހެންނެވެ. އުނަގަނޑުގައި ހިފައި ކޮޅަށް ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް ޔަޒަން އެއްޗެކޭ ބުނިހެން ހިވުމުން ޔުއާން އަހާލިއެވެ.

“ބައްޕަ..” ޔަޒަންއަށް ބުނެވުނި އެހާ ހިސާބަށެވެ. މީހާގެ ގައިން ބާރު ހިނގައްޖެއެވެ. ޔުއާންއަށް އިނގޭހާވެސް އެއްޗަކީ ކާރުން މަޑުމަޑުން ޖެހިގެން އެވަރެއް ނުވާނެ ކަމެވެ. ކާރަށް ޔަޒަން އެރުވުމަށްފަހު ވަރަށް ބާރަށް ކާރު ދުއްވާލީ ވަގުތު ފާއިތު ވުމުގެ ކުރިން ޔަޒަން ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. އޭރުވެސް އޭނާގެ ގައިގައާއި ފަހަތު ސީޓުގައި އޮތީ ހުސްލެއެވެ.

އަ.އި.ސީ.ޔޫގެ ދޮރުމަތީގައި ހުރި ޔުއާން ދޭތެރެއަކުން ބޮލުގައި އަތް ހާކާލައެވެ. ހީވަނީ ކަމެއް ގޯސްކޮށް ކުރެވިގެން އުޅޭހެންނެވެ. އާއިލާގެ އިތުރުމީހުންވެސް އެތަނަށްއައީ ޔުއާން އެތާނގައި ހުއްޓައެވެ. އާމިރާއަށް އަދިވެސް ވެގެން އުޅޭގޮތެއް ނޭނގެއެވެ.

“ކިހިނެއް ވީ؟” އާމިރާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

“ޔަޒަން… ” ޔުއާންއަކަށް ވާހަކައެއް ނުދެއްކުނެވެ.

ޑޮކްޓަރ އެދިމާލަށް އަންނަން ފެށުމުން ޔުއާން ދުއްވައިގަތީ ވެގެން އުޅޭގޮތް ބެލުމަށެވެ. ކޮއްކޮއަށް ގޮތެއް ވެއްޖެނަމަ އޭނާގެ މަރު ވުމެކޭ އެއްފަދަ ވާނެއެވެ.

“ފުއްބޮލުގައި ވަރަށް ބާރަށް އެއްޗަކުން ޖަހާފަ ހުރީ… ކަނދުރާމަތީގައިވެސް ދެއިންޗި ދިގުމިނަށް ތޫނު އެއްޗެއް އަޅުވާފައި އެބަހުރި.. އަތްވެސް ބިނދިފަ ހުރީ” ކުރު ގޮތަކަށް ޑޮކްޓަރ ބުނެލިއެވެ.

“އަޅުގަނޑުމެންނަށް ލަފާ ކުރެވުނީ ކާރުން ޖެހިގެން ކަމަށް އަތް ބިނދުނީ އެކަމް ބޮޑެތި އިންޖްރީ އެއީ ކުރިން ވެފައި ހުރި ކަމެއް.. ސަބަބަކީ އެހާ ވަރަށް ލޭ އައިސްފައި ހުރީމަ.. ” ޑޮކްޓަރ އެހެން ބުނަމުން ޔުއާންގެ ކޮނޑުގައި ޖަހާލިއެވެ. ވިޔަފާރި ދަތުރެއްގައި ގޮސް އުޅުނު މާހިރުއަށްވެސް ގުޅާކަށް އެކަކުވެސް ހަނދާނެއް ނެތެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ ޔަޒަން ހޭ އަރާނެ އިރަކަށެވެ.

24 ގަޑިއިރު ފާއިތު ވެގެން ދިޔައިރުވެސް ޔަޒަން ހޭ ނާރައެވެ. އެންމެފަހުން ޑޮކްޓަރުން ދިނީ މާ ހިތާމަވެރި ހަބަރެކެވެ. ބޮލަށް އަނިޔާ ވުމުގެ ސަބަބުން ޔަޒަން ކޯމާއަކަށް ދިޔަ ވާހަކައެވެ. އާމިރާއަށް ހީވީ ފައިދަށުން ބިންގަޑު ދެމިގަތް ހެންނެވެ. އަޑުކޮޅަށް ރޯންފެށުނީ އެކުއްޖާގެ އުފާވެރި މޫނު ހަނދާން ވުމުންނެވެ. ފަސްމަސް ދުވަސް ވީއިރުވެސް އެފަކީރު އޮތީ އެފަދަ ހާލެއްގައެވެ. މިހާރު މިހާ އަނަރޫފަވެ ދެލޯވެސް ވަޅު ވަދެއްޖެއެވެ. ދޮންކޮށް ހުންނަ ކުއްޖާގެ ދެލޯ ކައިރިވެސް ކަޅުކަމުން ހީވަނީ ބިރުވެރި އެއްޗެއް ހެންނެވެ.

އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު ޔަޒަން ކައިރީގައި އިނީ ޔުއާންއެވެ. އޭނާ ފޯނާ ކުޅެން އިނދެފައި އަޑެއް އިވޭހެން ހީވާތީ ވަށައިގެން ބަލައިލިއެވެ. އޭރު ޔަޒަން ނިދީގެ ތެރެއިން ކޮންމެވެސް އެއްޗެކޭ ކިޔަނީއެވެ. ޔުއާން ދެލޯ ބޮޑުކޮށްލަމުން ޑޮކްޓަރ ބަލައި ދުއްވައިގަތެވެ. އޭނާގެ ކޮއްކޮ ހޭ ނާރާނެ ކަމަށް އެންމެން ބުންޏެވެ. ނަމަވެސް މިއަދު ﷲގެ އިރާދަފުޅުން އެކަންވެސް ވެއްޖެއެވެ. ޑޮކްޓަރ އައި އިރުވެސް ޔަޒަން ކޮންމެވެސް އެއްޗެކޭ ކިޔަނީއެވެ. ނަމަވެސް މިހާރު އޭނާ އޮތީ ހޭލައެވެ.

“ބައްޕަ.. އާރިއާ…” ޔަޒަން ހުއްޓުމެއްނެތި ކިޔަމުން ދިޔައީ އެދެނަމެވެ. ޔުއާން ޒޭން އޭ ބުނުމުންވެސް އަޅައެއް ނުލިއެވެ.

“ކާކު ތީ؟؟ ކާކު ތީ” ދެލޯ ބޮޑުކޮށްލަމުން ޔަޒަން ބުނެލިއެވެ.

“މީ ދޮންބެ.. ބައްޕަ އެބަހުރި ގޭގަ.. އާރި” ޔުއާންއަށް އެހެން ނުބުނެވިގެން އުޅެނިކޮށް ޑޮކްތަރ އަތުގެ އިޝާރާތުން މަނާކޮށްލިއެވެ. އާމިރާމެން އައުމުންވެސް ޔަޒަން އެޙާވަރުން އެމީހުނަކާއި ނޫޅެއެވެ. ދަންނަ ބައެއްހެންވެސް ހިއެއް ނުވެއެވެ. ދެ ގަޑިއެއްވަރު އެހެން ހުރުމަށްފަހު އަނެއްކާވެސް ހޭނެތުނީއެވެ. މިފަހަރު ފިޓްވެސް ޖެހުނެވެ.

ބައިގަޑިއިރު ފަހުން އަނެއްކާވެސް ޔަޒަން ހޭ އަރައިފިއެވެ. މިފަހަރު ޔަޒަންއަށް އެންމެންވެސް ފާހަގަ ކުރަން އެނގުނެވެ. ހަނދާންނެތީ އޭނާއަށް އެދުވަހު ވީގޮތެވެ. އާރިއާގެ ވާހަކަ އަހާލުމުން ޔަޒަން ބުނީ އެންމެ އެއްޗެކެވެ.

“އެއީ ކާކޫ؟” އާމިރާއަށް އީލާފްގެ މޫނަށް ބަލާލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. ހީވީ ހަނދާން ނެތެން ނުޖެހޭ ވަރުގެ ނަމެއް ހެންނެވެ. އާރިއާއެއީ ކާކުހޭ އަހާލިތާ ގިނައިރެއް ނުވެ އަނެއްކާވެސް ޔަޒަން ފިޓް ޖެހިއްޖެއެވެ. މިފަހަރު ކުރިއަށް ވުރެ ބޮޑަށެވެ.

ޑޮކްޓަރ ލަފާދިނީ އެއްވެސް ވާހަކައެއް މިވަގުތު ޔަޒަންގެ ކައިރީގައި ނޭހުމަށެވެ. އަދި ބޮލުގެ އެކި ސްކޭންތައް ކުރުމަށްފަހު ޔަޒަން ހޭއެރުމުން އިތުރަށް އޭނާއާއިވެސް ވާހަކަ ދެއްކިއެވެ. އާއިލާގެ އެންމެން އެއްތަނަކަށް ގެނައުމަށްފަހު ސްކޭންތައް ދައްކަން ފެށިއެވެ. އޭރު ދެ ނަރުހުން އުޅެނީ ޔަޒަން ގޮވައިގެން އެކްސަސައިޒް ކުރުވައެވެ.

“އެދުވަހު ވީއެއްވެސް ކަމެއް ޔަޒަން ހަނދާނެއް ނެތް.. އަޅުގަނޑު ދެންމެ ވަރަށް އަހައިފިން.. ނަމަވެސް ޔަޒަންގެ ބޮލަށް ބާރު ކުރަނީ… އާރިއާއަކީ ކާކު ކަމެއްކަން ވެސް އެނާ ކުއްޖާއަކަށް ނޭނގޭ.. ބަލަން ބޭނުންނުވާ މަންޒަރެއް ނޫނީ މާބޮޑަށް ހިތްދަތި ވީމަވެސް އެހެން ވެދާނެ.. އެހެން ނޫނީ އެފުނުން މަންޒަރު ބަލައިގަންނާނޭހާ ހިތްވަރު ކުއްޖާގައިގައި ނެތީ.. އެހެންވެ އެ މެމޮރީ އެބްލޮކް ކުރަނީ.. އެއީ ހަމަ ކުއްޖާއަށް ރަނގަޅަކަށް..” ޑޮކްޓާރގެ ވާހަކަތައް އަޑުއަހަން ތިބި އެންމެންނަށް ތިބީ ރޮވިފައެވެ. މާހިރު ފިޔަވައެވެ. މާހިރުގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައި ހެވިލާފައި ހުރި ޔަޒަންއަށެވެ.އަދި އޭނާ ޔަޒަންއަށް ހަނާ އަޅާލަމުން ހީލިއެވެ. ބައްޕަ ދުރުން އެހެން ހަދާލުމުން ޔަޒަންވެސް ހުރީ ވަރަށް އުފަލުންނެވެ.

“ބައެއް ފަހަރު ބައެއް މީހުން ނުވަތަ އެއްޗެއްގެ ވަސް ދުވުމުން އެތި އެތިކޮޅުން ވެސް ހަނދާން ވެދާނެ.. ނޫނީ ހާދިސާއާއި ގުޅޭ އެއްޗެއް ފެނުމުންވެސް ހަނދާންވުން އެކަށީގެންވޭ.. ނަމަވެސް ފިޓްޖެހި ކަންތައް ވެދާނެ.. އަދި ބޮލުގައި ވަރަށް ތޫނު ތަދެއް ހުރުން އެކަށިގެންވޭ.. އެއީ ހަނދާންވާ ގަޑީގައި” ޑޮކްޓަރ ހުރިހާ ވާހަކައެއް ކިޔާ ދީ ނިމިގެން އެދުވަހު ގޭތެރެއޮތްގޮތް އަހާލީ ކަމަކަށް ޝައްކު ކޮށްގެންނެވެ.

“އެއްޗެހިތައް އުކާފަ ހުރީ.. ވައްކަން ކޮއްފައި އޮތްހެން ހީވަނީ… އަޅުގަނޑުގެ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރި ގަނޑުވެސް ހުރީ ތަޅާލާފަ” އާމިރާ ޑޮކަޓަރ ކައިރިގައި ބުނެލިއެވެ.

ޑޮކްޓަރވެސް ލަފާދިނީ ޔަޒަން ގޮވައިގެން އެހެން މާހައުލަކަށް ދިރިއުޅުން ބަދަލު ކުރާށެވެ. އޭރުންވެސް މިވަގުތަށް ރަނގަޅުވާނެ ކަމުގައެވެ. މާހިރު ޖެހިގެން އޮތް ފްލައިޓުން އެންމެންނަށް ޓިކެޓް ނަގައި މާލޭގެ ގެ ސާފު ކުރުމަށް ރާއްޖޭގައި ތިބި މީހުންނަށް އެންގިއެވެ.

**     **     **     **     **     **     ** **    **     **     **

އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން އީލާފް ދެލޯ ފުހެލަމުން ފޯނަށް ބަލާލިއެވެ. ޔުއާންގެ ނަން ފޯނުގެ ސްކްރީނަށް އަރާފައިވާތން ފެނުމުން އޭނާ އިތުރަށް ހިތުގަ ޖެހުނެވެ. ޔުއާން ހުރިހާ ވާހަކައެއް ހަމައެކަނި ހިއްސާކުރި މީހަކީ އީލާފްއެވެ. ކަންފަތުގައި ފޯނު ޖަހާލަމުން އީލާފް ތިރީބަޔަށް ދާން ހިނގައިގަތެވެ.

މާޒިންއާއި ޔަޒަން އޭރު ގޭމް ކުޅެކުޅެފައި އަނބު ގަހަށް އަރައިގެން އުޅެއެވެ. ޔަޒަން ދޭތެތެއަކުން އަރީޖްގެ ވާހަކަ އަހާލުމުން މާޒިން އޭނަގެ ގައިގައި ތަޅައިގަންނަ ތަން ފެނެއެވެ. ދެމީހުން ގަހުން ފައިބައިގެން ނިކުމެލީ ބޭރަށެވެ. ޔަޒަން ފޯނަށް ބަލާލަމުން ހީލިއެވެ. ހީވީ ކަމެއް ހަނދާންވެގެން ހީގަތް ހެންނެވެ.

“ކަލޭ ކޮންމެވެސް ކަމެއް ކޮއްފި ދޯ” މާޒިން ނުބައެއް އުޅޭހެން ހީވެގެން އަހާލިއެވެ. ޔަޒަން އޭނާގެ ފޯނުން އަރީޖްގެ ނަންބަރު ދައްކާލުމަށްފަހު އަތު ނުޖެހެން ދުއްވައިގަތެވެ. މާޒިން ފާހާނާއަށް ދިޔަ ވަގުތު ޔަޒަން އެކަމުގެ ފައިދާނެގި ގޮތަކީ އެއިއެވެ.

ނުނިމޭ

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ninnu

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 17

Next

ނިމިދާނެ ޖާނާ ހިތާ 18

Next
March 14, 2016

ނިމިދާނެ ޖާނާ ހިތާ 18

Previews
March 13, 2016

ނިމިދާނެ ޖާނާ ހިތާ 17

11 Comments

  1. shiw says:
    March 14, 2016 at 11:50 am

    v kuru

  2. Zu says:
    March 14, 2016 at 12:12 pm

    Warah fake.. maa kury.. Dhigukh geneba eyrun kiyaa hiyy waanywes.. Hope next part dhigu waane kamah.. ?

  3. saaaaa says:
    March 14, 2016 at 12:17 pm

    Haadha kurey

  4. some haa says:
    March 14, 2016 at 12:29 pm

    Ehaabodakah vaanuvaa eh neynge.,.,……..jumulathah hama nujehey gotheh hurwy…mikanthah rangakhu kuraane kamah hykuran

    1. SARA says:
      March 14, 2016 at 3:09 pm

      Agreed

  5. Reesha✔ says:
    March 14, 2016 at 1:20 pm

    Asluves mivaahakaiga vaagotheh neyge

  6. Zaanaa says:
    March 14, 2016 at 2:41 pm

    Me vaahaka keyaa nemay eruves vaanuvaa yeh nange

  7. princess says:
    March 14, 2016 at 3:47 pm

    Riiithi ekm kuru dhw

  8. Anonymous says:
    March 15, 2016 at 4:18 am

    maahiru maaleyga hunna ge saafu kuran raajjeyga thibi myhunnah engi ey…. v v bodu myhehtha mahir e ee.

  9. Ibbe says:
    March 15, 2016 at 7:33 am

    Very sad. Couldn’t relate part to part. More confusing names. The ideas in the story are interesting. Pls make each part longer.

  10. Booooo says:
    July 13, 2016 at 9:08 pm

    next part kobaaaaaa??????

Comments are closed.

All Right Reserved!