Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 17

Marsha
March 13, 2016
9 Mins Read
67 Views
38 Comments

އަސްމާ ޝާއިރުއަށް ބަލާލީ އެސުވާލަށް ޖަވާބު ދޭން އަސްމާ ބޭނުން ނުވާތީއެވެ. ޝާއިރު އަސްމާއާ ދިމާއަށް ބުމަ އަރުވާލިއެވެ.

“އެއީ ނަޒޫމެން އޮފީސް މީހެއް، ރީހާން” އަސްމާ ޖަވާބުގައި އެހެން ބުނެފައި އެބަ އަންނަމޭ ބުނަމުން ދަބަސް ހާވަމުން އެތެރެއަށް ވަނީ އާސިމް އިތުރު ސުވާލެއް ކޮށްފާނެތީއެވެ. އަދި އެސުވާލަށް ޖަވާބު ދޭން އަސްމާ ޖެހިލުން ވާތީއެވެ.

“އޮފީސް މީހެއް… ނަދީމްވެސް ބުނީ އެހެން… އެދެމީހުން… އެދެމީހުންގެ މެދުގަ ކޮންމެސް ގުޅުމެއް އެބަ އޮތް ދޯ؟” ސުވާލެއް ގޮތަށް އަހާލި ނަމަވެސް އެއީ އާސިމްއަށް ޔަގީނާ ގާތް ކަމެކެވެ.

“ގުޅުމެއް ދޯ…؟ އަސްލު އެއީ ނަމެއް ނެތް ގުޅުމެއް. ރީހާންގެ އަޑު އިވުނީމަ އާސިމްއަށްވެސް އެނގޭނެ އޭނަގެ ހާއްސަ ކަމަކީ ކޮބާކަން” ބުނަން ނުބުނަން ހުރެފައި ޝާއިރު ބުނީ އެވަރަށެވެ.

“އޭނަގެ އަޑު އަހާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމީ އެދެމެދުގަ އޮންނަނީ ކޮން ގުޅުމެއްތޯ ބަލަން” ޝާއިރު ދިން ޖަވާބާ މެދު އާސިމް ހިތްހަމައެއް ނުޖެހުނެވެ.

“ކޮންމެ ގުޅުމެއް އޮތަސް ބުނެބަލަ! އަހަރެން ބޭނުމޭ އެނގެން” ޝާއިރު އެއްޗެއް ނުބުނެ ހުރުމުން އާސިމް ބުންޏެވެ.

“ރީހާން ނަޒޫ ކައިރީގަ އިންނަން އެހީ…” ޝާއިރު ތެދަށް ބުންޏެވެ.

އެއަޑު އިވުމާ އެކީ އާސިމްގެ މެއަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. ނަޒްލާއާ ރީހާންގެ މެދުގައި އެފަދަ ގުޅުމެއް ވާކަމަށް އާސިމްގެ ހިތް ބުނަމުން ދިޔަ ނަމަވެސް އެކަން ޔަގީން ވުމުން އާސިމްގެ ހިތުގެ ހިނގުން ލަސްވެގެން ދިޔައެވެ.

“ދެން…؟” ނޭވާ ހިފަހައްޓާލައިގެން ހުރެ އާސިމް އަހާލިއެވެ.

“ނަޒޫ އަދި ޖަވާބެއް ނުދޭ” ޝާއިރު ޖަވާބު ދިނެވެ.

އާސިމްގެ ހިތް އަލުން ވިންދު ޖަހަން ފެށިއެވެ.

“އާސިމް…” ޝާއިރު ގޮވާލިއެވެ.

“ހްމްމް…” އަދިވެސް އާސިމް ހުރީ ނަޒްލާމެން ދިޔަ ދިމާއަށް ބަލާށެވެ.

“އަހަރެންވެސް ނަޒޫ ކައިރީ އިންނަން އެހިން…” އިރުކޮޅެއް ފަހުން ޝާއިރު ބުންޏެވެ.

އާސިމް އެނބުރިފައި ޝާއިރުއާ ދިމާއަށް ބަލާލިއެވެ.

އެވަގުތު ބޭރަށް ނިކުމެނިކުމެ ހުރި އަސްމާއަށްވެސް ޝާއިރު އެހެން ބުނި އަޑު އިވުނެވެ. އެއީ އަސްމާއަށް އާ ހަބަރެއް ނޫނެވެ. ނަޒްލާ އެވާހަކަ ބުނި ފަހުން އެހުރިހާ ވާހަކައެއް ޝާއިރުވެސް ވަނީ އަސްމާއަށް ކިޔާ ދީފައެވެ. އެވަގުތު ނުނިކުމެ އަސްމާ މަޑު ކޮށްލީ އާސިމް ބުނާ އެއްޗެއް އަޑު އަހާށެވެ.

“އޭރު އާސިމް ދިޔައިމަ… ނަޒޫއަށް އެހީ ވެދޭން ވެގެން އަހަރެން ނަޒޫއާ މެރީ ކުރަން ބުނީ. ސިމީވެސް ރުޅި އައީމަ… އާފްޓަރ އޯލް، ޔޫ ބްލޭމްޑް އިޓް އޮން މީ…! ސޯ.. އެކަމަކު ނަޒޫ ގަބޫލެއް ނުވި…

އަސްލު ތެދަށް ބުނަންތަ އާސިމް؟ ސިމީއާ ރައްޓެހި ވުމުގެ ކުރިން އަހަރެން ނަޒޫ ކައިރީ ރައްޓެހިވާން އެހިން، އެކަމަކު ރައްޓެއްސެއް ނުވަން، ނަޒޫ ނޫނެކޭ ބުނީ، އޭރުވެސް އޭނަ ލޯބިވަނީ އާސިމް ދެކެ. ސިމީ އަހަރެން ދެކެ ލޯބި ވާކަން އަހަންނަށް އެނގުނީވެސް ނަޒޫގެ ފަރާތުން، އަހަންނަށް ސިމީ ދެކެ ލޯބި ވެވުނީވެސް ނަޒޫގެ ސަބަބުން، އަދި ފަހުން އަހަރުމެން ގުޅުމުގެ ކްރެޑިޓްވެސް އޮތީ ހަމަ ނަޒޫއަށް.

އަހަރެން ނަޒޫ ކައިރީގަ އިންނަން އެހިކަން ސިމީއަށް އެނގޭނެ، މިހާރު ސިމީއަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ، އަހަރެން ހުރިހާ އެއްޗެއް ކިޔާދީފިން… މިއަދު މިހުރިހާ ވާހަކައެއް އާސިމް ކައިރީގަ މިދެއްކީވެސް އާސިމްގެ ހިތުގަ ޝައްކެއް އޮވެދާނެތީ”

ޝާއިރު ވާހަކަ ދައްކާ ނިމުނުތާ އިރުކޮޅެއް ވީއިރުވެސް އާސިމް އެއްޗެއް ނުބުނެއެވެ.

“ކޮންމެސް އެއްޗެއް ބުނެބަލަ އާސިމް…” އާސިމް އެއްޗެއް ނުބުނެ ހުރުމުން ޝާއިރު ބުންޏެވެ.

“ތޭންކްސް… އަހަރެން ނަޒޫއާ މެދު ނުވިސްނި ވަރަށް ޝާއިރުވެސް ވިސްނި… އަހަންނަށް ބުނެވޭނީ ތޭންކްސްއޭ…” އާސިމް ޝާއިރުއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ޝާއިރު އާސިމްގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

“ކޮން ޑީލްއެއް ތި ފައިނަލް ކޮށްލީ؟” ބޭރަށް ނިކުންނަމުން އަސްމާ އަހާލީ ހެވިފައި ހުރެއެވެ.

“ޑީލްއެއް ނޫން…” ޝާއިރު ބުންނެވެ.

 

އެދުވަހު ހަވީރު ނަޒްލާ ގެޔަށް ދިޔަ އިރު އަސްމާ އިނީ އެގޭގައެވެ. ނަޒްލާއަށް ވުރެން ކުރިން ޔުމްނާ ގާތު ނަޒްލާ އާސިމްއަށް މާފު ކުރި ވާހަކަ ބުނީ އަސްމާއެވެ. އެދެމީހުން ފެނުމާ އެކު އަސްމާ އެވާހަކަ ޔުމްނާ ގާތު ބުނެފި ކަން ނަޒްލާއަށް އެނގުނެވެ.

“އަހަރެން ވަރަށް އުފާ ވެއްޖެ، ޔަގީން މިހާރު ނަޒޫގެ ހިތަށްވެސް ލުއި ވާނެކަން” ޔުމްނާ ނަޒްލާގެ އަތުގަ ހިފާލިއެވެ.

“އަހަރެންގެ ހިތަކަށް ބަލާނެ ކަމެއް ނެތް. އަހަރެން ބޭނުމީ ހަމަ އެކަނި ޒައިންގެ އުފާ. އޭނައަށް އެއްވެސް ކަމެއް އުނި ވާކަށް އަހަރެން ނޭދެން، އެހެންވެ، ހަމަ އެކަނި އެހެންވެ އެގޮތަށް ނިންމީ. އާސިމް ދެއްކި ވާހަކަ އަޑު އިވުނީމަ އަހަންނަށް އެނގިއްޖެ އޭނަ ޒައިން ދެކެ ލޯބިވާކަން…” ނަޒްލާ ބުންނެވެ.

އެހާ ދުވަސް ފަހުން ނަޒްލާގެ ދުލުން އާސިމްގެ ނަން އަޑު އިވުމުން ނަޒްލާގެ ހިތުގައި އާސިމްއާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތްކަން ޔުމްނާއަށާ އަސްމާއަށް ޔަގީން ވިއެވެ.

“މަންމައަށް އެނގޭ މަންމަގެ ނަޒޫއަކީވެސް ދަރިފުޅުމެންގެ ބައްޕަހެން ދީލަތި ހިތެއްގެ ވެރިއެއްކަން. ދަރިފުޅަށް އެނގޭތަ؟ އަސްލުގަ މާފު ލިބޭ މީހާއަށް ވުރެ ބޮޑަށް މާފު ދޭމީހާގެ ހިތަށް ލުއިވާނީ” ނަޒްލާމެން ދެއްކި ވާހަކަ އަޑު އަހަން ހުރި ނައީމާ އައިސް ނަޒްލާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“އެކަމަކު އެންމެންވެސް ހަނދާން ކުރާތި! އަހަރެންގެ ދަރިފުޅަށް އޭނަގެ ބައްޕަ އަހަރެން މިހޯދާދިނީ، އިތުރު އެހެން އެއްވެސް އެއްޗެއް އަހަރެންގެ ހިތަކު ނެތް… އެނޫން އެހެން ކަމަކަށް ކަމަކަށް އެކަކުވެސް އުންމީދު ނުކުރާތި” ނަޒްލާ ހިތުގައިވާ ގޮތް ސާފުކޮށް އެންމެންނަށް ބުނެދިނެވެ.

“ނަޒޫ ބޭނުން ގޮތެއް، މަންމަމެން ނަޒޫ ނުރުހޭ ކަމަކަށް ނަޒޫއަކަށް މަޖުބޫރެއް ނުކުރާނަން” ނައީމާ އެއްބަސް ވިއެވެ.

“ކޮބާތަ މަގޭ ސްވީޓް ހާޓް؟” ނަޒްލާ އަހާލިއެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ދޮރު ހުޅުވާލާފަ ނަޒްލާ އެތެރެއަށް ވަން އިރު ޒައިންއާ ނިހާ ނަޒްލާގެ އެނދުގައި ނިދާފައި ތިއްބެވެ. ނަޒްލާ އެނދު ކައިރިއަށް ގޮސް އިރުކޮޅަކު ޒައިންއާ ދިމާއަށް ބަލަން ހުއްޓެވެ.

“މެންދުރު ޒައިންއަށް ނިދުނުތަނާ ކަރަންޓު ގޮސްގެން އޭނައަށް ހޭލެވުނީ، އެހެންވެ އެނިދުނީ” ނަޒްލާގެ ފަހަތުން ވަދެ ޔުމްނާ ބުންޏެވެ.

“ކިހާ އިރަކު ނިދީ؟” ނަޒްލާ އަހާލިއެވެ.

“ދެ ގަޑިއެއްހާ އިރު ވަނީ މިހާރު، ދެން ހޭލަފާނެ ކަންނޭނގެ، ކިހިނެއްވީ؟” ޔުމްނާ އެހިއެވެ.

“ހިތަށް އެރީ ޒައިން ގޮވައިގެން މިއަދު އޭނަގެ ކާފައާ މާމަ ކައިރިއަށް ގޮސްލަން ވިއްޔޭ…” ނަޒްލާ ހިތަށް އެރި އެއްޗެއް ފާޅު ކޮށްލިއެވެ.

“ހަމަ އަސްލުތަ؟” ޔުމްނާއަށް ގަބޫލު ކުރަން ދަތިވިއެވެ.

“އާނ! މިއަދުގެ ފަހުން ޒައިންއަށް އެގެޔަށް ދިޔުން މަނައެއް ނޫން” އެނދުގައި އިށީންނަމުން ނަޒްލާ ބުންޏެވެ.

“އެކަމަކު ނަޒޫ…” ޔުމްނާ އެއްޗެއް ބުނަން އުޅެފަވެސް ނުބުނެ ދޫކޮށްލިއެވެ.

“އިރާދަ ކުރެއްވިއްޔާ ދެން އަހަރެންވެސް ލައިފްއާ މެދު ވިސްނާނީ. މިހުރިހާ ދުވަހު އެހެން ކަމަކާ ވިސްނާ ވަރަށްވުރެ މާ ގަދަ ރުޅިއެއް ވިއްޔަ އަހަރެންގެ ހިތުގަ އޮތީ… އެކަމަކު މިއަދު އެކަން ބަދަލު ވެއްޖެ” ނަޒްލާ ޔުމްނާއަށް ބަލާލާފައި ބުންޏެވެ.

“ކީކޭ ތިބުނީ؟” ނަޒްލާ ބުނީ ކީކޭކަން ޔުމްނާއަށް އެނގުނެވެ. ނަމަވެސް އަދިވެސް ބޮޑަށް ޔަގީން ކޮށްލަން ބޭނުންވީއެވެ.

“މިރޭ ރީހާންއާ އެކީ ޑިނަރއަށް ދާން މިއުޅެނީ، އަހަރެން ހިތަށް އަރަނީ… އޭނައަށް ޖަވާބެއް ދޭންވިއްޔޭ…” ނަޒްލާ ބުންޏެވެ.

 

ހަވީރު ފަހެއް ޖެހިތަނާ ނަޒްލާ ޒައިން ގޮވައިގެން ޔުމްނާއާ އަސްމާއާ އެކީ އާސިމްމެން ގެޔަށް ވަން އިރު ސިޓިންގރޫމްގައި ވަސީމާއާ ޖަމީލުއާ އާޒިމާ އަދި ރަޝްފާ ތިއްބެވެ. ނަޒްލާ ފެނުމުން ވަސީމާއަށް އިން ތަނުން ތެދުވެވުނެވެ. ލޮލަށް ފެންނަ މަންޒަރާ މެދު ޔަގީން ނުކުރެވި ހުރެ މަޑުމަޑުން ހިނގާލާފައ ގޮސް ވަސީމާ ނަޒްލާގެ ކުރިމަތީ ހުއްޓިފައި ނަޒްލާގެ މޫނުގައި އަތް ޖައްސާލިއެވެ.

“އަހަންނަށް ގަބޫލެއް ނުކުރެވޭ ނަޒޫ ތިހިރީ މިގޭގަ ކަމަކަށް…” ވަސީމާ ބުނެލިއެވެ.

“އަތް ލާފަވެސް މަންމައަށް ގަބޫލެއް ނުކުރެވުނުތަ؟ މީ ހުވަފެނެއް ނޫނޭ، ހަގީގަތެއް މީހަމަ…” ވަސީމާގެ ކޮނޑުގަ އަތް އަޅުވާލަމުން އަސްމާ ސަމާސާ ކޮށްލިއެވެ.

ވަސީމާ ނަޒްލާ އަތުން ޒައިން ނަގާ އުރާލިއެވެ.

“އާޒީ، އަވަހަށް ނަޒޫމެންނަށް ސައި ހަދާބަލަ ދަރިފުޅާ” ޖަމީލު އާޒިމާއަށް ގޮވާލިއެވެ.

“ނޫން، ސައެއް ނުބޯނަން…” ނަޒްލާ ދެކޮޅު ހެދިއެވެ.

“އުހުނ، އެހެން ކަމަކު ނުދާނެ. ބައްޕަގެ ކާފަ ދަރިފުޅު ގޮވައިގެން ނަޒޫ މިގެޔަށް އައި ފުރަތަމަ ފަހަރު ސައިވެސް ބޮއެގެން ދާން ވާނީ” ވަސީމާ އަތުން ޒައިން ނަގަމުން ޖަމީލު ބުންޏެވެ.

އިރު އޮއްސުނު އިރަށް ގެޔަށް އައި އިރު ވަސީމާމެން ކައިރީގައި ނަޒްލާއާ ޔުމްނާ ޒައިން ގޮވައިގެން ތިއްބާ ފެނުމުން އާސިމްއަށްވެސް ވީ ވަސީމާއަށް ވީވަރެވެ. ހައިރާން ވެފައި ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ.

“ބައްޕާ… ބައްޕާ…” އާސިމް ފެނުމުން ޒައިން ދުވެފައި އައިސް އާސިމްގެ ފައިގައި ހިފައިގަތުމުން އާސިމް ހީލާފައި ޒައިން ނަގާ އުރާލިއެވެ. އެވަގުތު ޒައިން ފެނުމުން އާސިމްގެ މޫނުމަތިން ފެނުނު އުފާވެރިކަމާ، އާސިމް އުރާލުމުން ޒައިން ހީގަތް މަންޒަރު ފެނުމުން ނަޒްލާގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލަކާ ހިތްހަމަ ޖެހުމެކެވެ. އާސިމްއަށް މާފުކުރުން އެއީ ނަޒްލާއަށް ކުރެވުނު ރަނގަޅު ކަމެއްކަން އެވަގުތު ނަޒްލާއަށް ޔަގީން ވިއެވެ.

 

“ނަޒޫއަށް އެނގޭ ދޯ އަހަރެން ދައްކަން މިއުޅޭ ވާހަކަ؟” އިށީނދެ ހަމަ ޖެހިލާފައި ރީހާން އަހާލިއެވެ. ނަޒްލާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އެކަމަކު ފުރަތަމަ އަހަރެން އެހެން ސުވާލެއް ކޮށްލަންތަ؟” ރީހާން އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. މިފަހަރުވެސް ނަޒްލާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.

“ކީށްވެ ޒައިންގެ ބައްޕަ އައި ވާހަކަ އަހަރެން ކައިރީގަ ނުބުނީ؟ އޭނައަށް ޒައިން ފެނުނު ވާހަކަ ކީށްވެ ނުބުނީ؟” ރީހާން އެހިއެވެ.

ނަޒްލާ އިރުކޮޅަކު ވިސްނަން އިނެވެ.

“އަސްލުގަ އަހަރެން އެވާހަކަ ދައްކަން ބޭނުން ނުވީ… ވީ ގޮތަކީ… މަގުމަތިން އާސިމްއަށް ފެނުނީ” ނަޒްލާ ރީހާންއަށް ބަލާލިއެވެ. “އެއީ ދޮންބެގެ ބެސްޓް ފްރެންޑް، އެހެންވެ އެދުވަހު ޕާޓީއަށް އައީވެސް… ދެން އަނެއްކާ ރީހާންއަށް އެނގޭނެ ސިމީއަކީ އާސިމްގެ ކޮއްކޮކަން… އޭރުގަ އެވާހަކަ ދައްކަން ހަމަ ބޭނުން ނުވީ…”

“ނަޒޫ… އެނގޭ އަހަރެން ބެހެން ޖެހޭ ކަމެއް ނޫންކަން މީކީ، އެކަމަކުވެސް… ނަޒޫ ރުޅި އަޔަސް އެއީ ޒައިންގެ ބައްޕަ، ޒައިންއަށްވެސް ރަނގަޅު ވާނެ އޭނަގެ ބައްޕަގެ އަޅާލުން އޭނައަށް ލިބުނިއްޔާ. ޒައިންއާ އާސިމް ދުރު ކުރުން އެއީ ރަނގަޅު ކަމެއް ނޫން ނަޒޫ…” ރީހާން ޖެހިލުންވެ އިނދެ ބުންޏެވެ.

ރީހާން އެހެން ބުނުމުން ނަޒްލާ ހީލިއެވެ. އެވީ ރީހާން ހީކޮށްގެން ހުރި ގޮތެއް ނޫނެވެ. ހައިރާން ވެފައި ރީހާން ނަޒްލާއަށް ބަލަން އިނެވެ.

“ދެން ނުހަދާނަން އެހެންނެއް” ނަޒްލާ ބުންނެވެ.

“އަހަންނަށް ގަބޫލެއް ނުކުރެވޭ ނަޒޫ ތިހެން ބުނި ކަމަކަށް… އަދި ތިހާ ހިނި އައިއްސަ…” ރީހާންއަށް ބުނެވުނެވެ. އެއާ އެކު ރީހާންއަށް ނޭނގޭ ބިރެއް އިހުސާސް ކުރެވުނެވެ.

“އަސްލު ވީގޮތަކީ…” އެދުވަހު ކަންތައް ވީގޮތް ނަޒްލާ ރީހާންއަށް ކިޔާދިނެވެ.

“ނަޒޫއަށް ހަމަ ޔަގީންތަ ތީ އެންމެ ރަނގަޅު ނިންމުން ކަން؟” ރީހާން އަހާލިއެވެ.

އާސިމްއާ އަލުން ގުޅެން ބޭނުން ނުވާ ވާހަކަ ނަޒްލާ އާސިމް ގާތު ބުނިކަން އެނގުމުން ރީހާންގެ ހިތަށް ވެރިވި ބިރުވެރިކަން ފިލިއެވެ. ނަމަވެސް އަދިވެސް ސުވާލު ކޮށްލީ އިތުރަށް ޔަގީން ކޮށްލަން ވެގެންނެވެ.

“އާނ… ރަނގަޅަށް އަހަރެން ނިންމީ…” ނަޒްލާ ބުންޏެވެ.

“ސޯ… ދެން އަހަރެން ދައްކަން ބޭނުން ވާހަކަ… ނަޒޫ، މިހާރު ހަމަސް ވެއްޖެ… އަހަރެން އަދިވެސް މިހިރީ ނަޒޫގެ ޖަވާބެއްގެ އިންތިޒާރުގަ” ރީހާން ބުންޏެވެ.

“ޖަވާބަކީ…” ނަޒްލާ ވަގުތުން އާއެކޭ ބުނަން އުޅުނެވެ. ނަމަވެސް އެވަގުތުވެސް ހިތުގައި ސުވާލު އުފެދުނެވެ. ‘ހަމަ ޔަގީން ހެއްޔެވެ؟’

ނަޒްލާގެ ހިތުގައި އަނެއްކާވެސް ސުވާލުތައް އެނބުރިގަތެވެ. ނަޒްލާ ރީހާންގެ އެދުމަށް އާނ ބަސް ބުނުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ބާއެވެ. ރީހާންއާ މެދު ނަޒްލާގެ ހިތުގައި އެވާ އިހުސާސްތައް، ދެމީހުން އެކީ ދިރިއުޅުން ބިނާ ކުރަން ފުދޭބާއެވެ. އެވަރުން ދިރިއުޅުމެއް ފެށިދާނެބާއެވެ.

ހަމަ ގައިމުވެސް އާރިޝްއަށް ނަޒްލާގެ ފަރާތުން އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނެއެވެ. ޒައިންއާ އާރިޝްއާ ދެމެދު ތަފާތެއް ނުކޮށް ވޭތޯ ނަޒްލާ ބަލާނެއެވެ. އަމިއްލަ ދަރިއަކާ އެހެން މީހެއްގެ ދަރިއަކާ މެދު ކޮންމެވެސް ވަރެއްގެ ތަފާތެއް ހިތުގައި ވާ ނަމަވެސް އަމަލުން ނަޒްލާ އެކަން ނުދައްކާނެއެވެ. އަމިއްލަ ނަފްސާ މެދު އެވަރުގެ ޔަގީންކަން ނަޒްލާއަށް އެބަ އޮތެވެ. އަދި ހަމަ އެހެން ޒައިންއަށް ރީހާންގެ ފަރާތުން ލޯބި ލިބޭނެ ކަމުގެ ޔަގީންކަންވެސް ނަޒްލާއަށް ރީހާން ވަނީ ދީފައެވެ.

ނަމަވެސް ސުވާލަކީ ނަޒްލާގެ ފަރާތުން ރީހާން އެދޭ ލޯތްބާ އަޅާލުން ނަޒްލާއަށް ދެވިދާނެ ތޯއެވެ.

ހައްތަހާވެސް ޖަވާބު ނޭނގޭ ސުވާލެވެ.

ނަޒްލާ ރީހާންއަށް ބަލާލިއެވެ.

“އަހަރެން އަދިވެސް ވަގުތު ބޭނުމޭ ބުނެފިއްޔާ…؟” ނަޒްލާ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.

މޭޒުމަތީ އޮތް ނަޒްލާގެ އަތުގައި ރީހާން ހިފާލިއެވެ.

“ނަޒޫއަށް ޔަގީން ނުވަންޏާ އަދިވެސް ވަގުތު ދީފާނަން…” ރީހާން ބުންޏެވެ.

އެއީވެސް ރީހާންގެ ރަނގަޅު ކަމެވެ. ކެތްތެރި ކަމެވެ. ނަމަވެސް ދެންވެސް ނަޒްލާގެ ހިތުގައި ވަނީ ސުވާލެވެ.

“ނަޒޫ… އަހަރެން ވަރަށް ލޯބިވޭ ނަޒޫ ދެކެ. ކޮންމެ ގޮތަކަށް ނަޒޫ ނިންމިއަސް އެކަން ހަނދާން ކުރައްޗޭ…” ރީހާން ނަޒްލާ ދެކެ ލޯބިވާކަން ފުރަތަމަ ފަހަރަށް ދުލުން ފާޅު ކުރިއެވެ.

ނަޒްލާ ގޮތެއް ނިންމީ އެވަގުތުއެވެ. އެ ނިންމުމާ މެދު ހިތުގައި ސުވާލު އުފެދުނު ނަމަވެސް ނަޒްލާ އެސުވާލު އެއްފަރާތަށް ޖައްސާލިއެވެ. ދިރި އުޅުމެއް ފަށާއިރު ތިމާ ލޯބިވާ މީހާއަށް ވުރެ ތިމާ ދެކެ ލޯބިވާ މީހަކު އިޚްތިޔާރު ކުރުމަކީ ބުއްދިވެރި ކަމެކޭ މީހުން ބުނެއެވެ. އެއީ ތެދަކަށް ވާނަމަ މިފަހަރު ނަޒްލާގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެވެ. ރީހާން ނަޒްލާ ދެކެ ލޯބި ވާކަން ނަޒްލާއަށް ޔަގީންވެއެވެ.

ނަޒްލާ ރީހާންގެ އަތް މަތީ ނަޒްލާގެ އަތްތިލަ ބާއްވާލިއެވެ.

“އަހަރެންގެ ޖަވާބަކީ އާއެކޭ” ނަޒްލާ ބުންޏެވެ.

ނުވެސް އެނގި ހިފަހައްޓައިގެން އިން ނޭވާ ރީހާން ދޫކޮށްލިއެވެ. އަދި ހީލާފައި ވައަތް ނަގާ މޭގައި ޖައްސާލިއެވެ.

“ހާދަ ދުވަހެއް ފަހުންނޭ ހިތަށް ހަމަ ޖެހުމެއް މިލިބުނީ…” ރީހާން ބުންޏެވެ.

“އިންތިޒާރަކީ ވަރަށް ފާޑެއްގެ އެއްޗެއް ދޯ؟” ނަޒްލާ އަހާލީ އެތައް އަހަރެއް ކުރިން ނަޒްލާ އާސިމްއަށް އިންތިޒާރު ކުރުމުގައި ހޭދަ ކުރި ތިން އަހަރެއްހާ ދުވަސް މަތިން ހަނދާން ކުރަމުންނެވެ.

“އާނ، ތިމާ ހިތް އެދޭ ކަމެއްގެ އިންތިޒާރުގަ ހުރި މީހަކަށް އެކަން އިހުސާސް ވާނީ” ރީހާން ބުންޏެވެ.

“މަންމައަށް އެނގިއްޖެއްޔާ ކަންތައް ހުންނާނެ… ކިތަންމެ ދުވަހެއް އަހަރެން ކައިރީގަ މީހަކާ އިންނަން އުޅޭށޭ ކިޔާތާ. އަސްލުވެސް ވަރަށް އުފާ ވާނެ” ނައީމާއަށް ވާނެ ގޮތް ހިތަށް އެރުމުން ނަޒްލާ ހީލިއެވެ.

“މަންމައެއް ވިއްޔާ ދަރިންނަށް ރަނގަޅު ގޮތެއް ނޫނީ ނޭދޭނެ… އަހަރެންގެ މަންމަވެސް ވަރަށް އުފާ ވާނެ މިހަބަރު ދިނީމަ” ރީހާންވެސް ހީލަމުން ބުންނެވެ.

 

އެގާރަ ޖަހަން އުޅެނިކޮށް ނަޒްލާއާ ރީހާން އެކީ ނަޒްލާމެން ގެޔަށް ވަން އިރު ނައީމާއާ ޔުމްނާ އަދި ނަދީމް ގޭތެރޭގައި ތިއްބެވެ. އެދެމީހުން އެކީ އެގަޑީގައި ފެނުމުން އެންމެންނަށްވެސް ކޮންމެވެސް ވަރަކަށް ވީގޮތް ވިސްނުނެވެ.

“މަންމާ…” އެތެރެއަށް ވަދެ އިށީނދެފައި ރީހާންއަށް ބަލާލާފައި ނަޒްލާ ނައީމާއަށް ގޮވާލިއެވެ.

“ބުނެބަލަ…” ނަޒްލާ އެއްޗެއް ބުނަން އުޅޭކަން ނައީމާއަށް ވިސްނުނެވެ.

“އަހަރެން ރީހާންއަށް… އާއެކޭ ބުނެފިން…” ނަޒްލާ ބުންޏެވެ.

“އެންމެ ފަހުން މިދުވަސްވެސް ފެނިއްޖެ އިރާދަ ކުރެއްވީތީ… ނަޒޫ މީހަކާ ނީނދެފާނެތީ ބިރުން މަންމަ މިހުންނަނީ” ނައިމާ ބުނެލިއެވެ.

“ދެން މަންމާ…!” ނަޒްލާ ހިތްހަމަ ނުޖެހިފައި ގޮވާލިއެވެ.

“މަންމަ އަސްލުގަވެސް ވަރަށް އުފާ ވެއްޖެ…” ނައީމާ ނަޒްލާގެ އަތުގަ ހިފާލިއެވެ.

“ހޭ… ކޮންގްރެޗުލޭޝަންސް! ރީހާން، އިނުމުގެ ކުރިން ސައި ދޭން ޖެހޭނެ އިނގޭ!” ޔުމްނާވެސް ހީލާފައި ނަޒްލާއަށާ ރީހާންއަށް މަރުހަބާ ކިޔެވެ.

“މައްސަލައެއް ނެތް” ރީހާން އެއްބަސް ވިއެވެ.

ނަދީމް އެއްވެސް އެއްޗެއް ނުބުނެ އިނެވެ. ނަޒްލާ ނަދީމްއަށް ބަލާލާފައި ރީހާންއަށް ބަލާލިއެވެ.

“ނަދީމް، ކޮންމެސް އެއްޗެއް ބުނެބަލަ” ރީހާން ނަދީމްއަށް ގޮވާލަމުން ބުންޏެވެ.

“ނަޒޫގެ އުފަލަކީ ތީ ވިއްޔާ އެނިމުނީ، އެހެން ވީމަ އަހަރެންގެ ޅިޔަނަކަށް ރީހާން ވީތާ!” ނަދީމް ރީހާންގެ ކޮނޑުގައި ޖަހާލިއެވެ.

ނަޒްލާއަށާ ޔުމްނާއަށް ހަމަ ޖެހިލެވުނީ ނަދީމް އެހެން ބުނުމުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ.

 

އޭގެ ފަހުން ހަފްތާއެއް ވީއިރުވެސް ނަޒްލާ ރީހާން ގާތު ނަޒްލާމެން ގެޔަށް އަންނާކަށް ނުބުނެއެވެ. ރީހާންވެސް އެކަމަކަށް ނޭދެއެވެ. ދެމީހުން ދައްކަން ބޭނުން ވާހަކައެއް އޮފީހުގައި ދެކެވޭތީ ކަންނޭނގެއެވެ.

އަދިވެސް ނަޒްލާ އަމިއްލަ ހުރިހާ ވާހަކައެއް ރީހާންއާ ހިއްސާއެއް ނުކުރެއެވެ. ރީހާންގެ އަމިއްލަ އެއްވެސް ކަމަކާ ނަޒްލާ ސުވާލެއްވެސް ނުކުރެއެވެ. އެދެމެދުގައި އަދިވެސް ދުރުމިނެއް ވާކަން ރީހާންއަށް އެނގެއެވެ. ކައިވެނި ކުރަން ތައްޔާރު ވެގެން ތިބި ދެމީހެއްގެ ދެމެދުގައި އޮންނަ ކަހަލަ ގާތްކަމެއް އެދެމީހުންގެ މެދުގައި ނޯވެއެވެ.

ނަމަވެސް ރީހާން އެއްވެސް ކަމަކަށް ނަޒްލާއަކަށް މަޖުބޫރެއް ނުކުރާނެއެވެ. ނަޒްލާއަށް އެހެން މީހަކަށް އަމިއްލަ ދިރިއުޅުން ހަވާލު ކުރަން އުނދަގޫ ވާނެ ކަން ރީހާންއަށް ވިސްނެއެވެ. ނަޒްލާ ރީހާންއާ ކައިވެނި ކުރަން އެއްބަސް ވީ ނަމަވެސް އަދިވެސް އެކަމަށް ތައްޔާރު ވާން ނަޒްލާއަށް ވަގުތު ބޭނުން ވާނެ ކަން ރީހާންއަށް އެނގެއެވެ. ނަޒްލާ ރީހާންއާ މެދު އެބަހައްޓާ ދުރުކަމަކީ ނަޒްލާ ގަސްތުގައި ކުރާ ކަމެއް ނޫން ކަން ރީހާން ދަނެއެވެ. ނަޒްލާގެ ހިތުގައި ރީހާންއަށް ޓަކާ ލޯބި ނުވި ނަމަވެސް އެހިތުގައި ރީހާންއާ މެދު ކޮންމެވެސް އިހުސާސް ތަކެއް ވާކަން ރީހާންއަށް އެނގެއެވެ. ރީހާންގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ރީހާންގެ ލޯބިން ނަޒްލާގެ ހިތް ފަތަޙަ ކުރުމެވެ.

 

ރީހާންއާ ނަޒްލާ ކައިވެނި ކުރަން އުޅޭކަން އެނގުނު ނަމަވެސް ނަދީމް އެވާހަކަ އާސިމް ކައިރިއަކު ނުބުނެއެވެ. އަސްމާ ގާތު އެވާހަކަ ނަޒްލާ ބުނުމުން ޝާއިރުއަށް އެނގުނީ އަސްމާގެ ފަރާތުންނެވެ. ޝާއިރުއާ އަސްމާއަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކަށްވީ އިހަށް އާސިމްއަށް އެކަން ނޭންގުމެވެ. އާސިމްމެން ގޭ އެއްވެސް މީހަކަށްވެސް އަދި އެކަން ނޭނގޭތީ އާސިމްއަށް އަދިވެސް ނޭނގި އޮތީއެވެ.

 

ބުރާސްފަތި ދުވަހެއް ނަމަވެސް ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުން ނަޒްލާ އެދުވަހު އަސުރު ވަންދެން އުޅުނީ ޒައިންއާ އެކީގައެވެ. އަސުރުގެ ފަހުން އާސިމް ޒައިން ބަލާ އަންނާނެ ވާހަކަ ބުނުމުން ނަޒްލާ ފެންވަރައިގެން ނަމާދުވެސް ކޮށްލައިގެން ޒައިން ރީތިކޮށްގެން ނިކުތް އިރު ނައީމާއާ ޔުމްނާ ކައިރީގައި ރީހާން އިނެވެ.

“ރީހާން…” ރީހާން ފެނުމުން ނަޒްލާ ގޮވާލިއެވެ.

“އައްދޭ، ހާދަ ފާޑަކަށް ތި ގޮވާލީ؟ ބޭރަށް ދާން އުޅެނިކޮށްތަ މިއާދެވުނީ؟” ނަޒްލާ ގޮވާލި ގޮތުން ނަޒްލާއާ ޒައިންއަށް ބަލާލާފައި ހީލަމުން ރީހާން އަހާލިއެވެ.

“އަންގާވެސް ނުލާ ރީހާން އައިމަ ސަޕްރައިޒްވީ… އަހަރެން ނޫޅެން ބޭރަށް ދާކަށް، މަންމިގެ ސްވީޓްހާޓް އުޅެނީ ދާން ދޯ؟” ނަޒްލާ ހީލިއެވެ. އަދި ތިރި ވެލާފައި ރީހާންގެ އުނގުގައި އިން އާރިޝް ގައިގައި އެއް އަތުން ބައްދާލިއެވެ.

“ނައްދައްތަގެ އާރިޝްވެސް އެބަ އިނޭދޯ؟” ނަޒްލާ ބުންޏެވެ.

އެވަގުތު ޒައިން ރީހާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ހިނގާ ޒައިން އުރާލަމާ ދޯ ދަރިފުޅު؟” ޒައިން އުރާލަމުން ރީހާން އާރިޝްއަށް ބުންޏެވެ.

“ބައްޕައަށް ޒައިން ދީފަ އާރިޝް އާދޭ ނައްދައްތަ ކައިރިއަށް” ނަޒްލާ އާރިޝް އުރާލިއެވެ.

“ޒައިން ކޮންތާކަށް ދާންތަ ތިއުޅެނީ؟” ޒައިންގެ ކޮލުގައި ބޮސްދެމުން ރީހާން އަހާލިއެވެ.

އެކަކަށްވެސް ޖަވާބު ނުދެވިގެން އުޅެނިކޮށް ނަދީމްއާ އާސިމް އައިސް ވަނެވެ.

ޒައިން އުރައިގެން ރީހާން އިންދާ ފެނުމުން އާސިމް ރީހާންއަށް ބަލާލާފައި ނަދީމްއަށް ބަލާލިއެވެ.

“ރީހާން؟ ކޮން އިރަކު އައީ؟” ހަދާނެ ގޮތެއް ނުވިސްނިފައި އިރުކޮޅަކު ހުރެފައި ނަދީމް ރީހާންއަށް ގޮވާލިއެވެ.

“އަދި މާގިނަ އިރެއް ނުވޭ” އާސިމްއަށް ބަލަން އިނދެފައި ރީހާން ނަދީމްއަށް ޖަވާބު ދިނެވެ.

“ބައްޕާ…” ޒައިން އާސިމްއަށް ގޮވާލާފައި ރީހާންގެ އުނގުން ފައިބައިގެން ގޮސް އާސިމްގެ ފައިގައި ހިފައިގަތެވެ.

“ބަޑީ ރެޑީ ވެގެން ދޯ ތިހިރީ؟” ޒައިން އުރާލަމުން އާސިމް އަހާލިއެވެ.

“ބޫން ބޫން…” އާސިމް ޒައިން ގެންދާނީ ސައިކަލުގައި ކަން އެނގޭތީ ޒައިން ބުނެލިއެވެ.

“އިރު އޮއްސެން ވާއިރަށް ގެންނާނަން އިނގޭ” އާސިމް ނަޒްލާއަށް ބަލާލަމުން ބުންޏެވެ. ނަޒްލާ ބޯޖަހާލުމުން އާސިމް ނިކުތެވެ.

އިރުކޮޅަކަށް އެކަކުވެސް ވާހަކަ ނުދައްކާ ތިއްބެވެ. ނަމަވެސް އެއީ ނިހާ ނިކުންނަން ދެނެވެ.

“ރީހާން! އާރިޝް!” ކޮޓަރިން ނިކުތް ނިހާއަށް ރީހާންއާ އާރިޝް ފެނުމާ އެކު ގޮވާލިއެވެ.

“ނިހާ!” ރީހާންއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ނަޒްލާއާ ނައީމާ އެއްފަހަރާ ގޮވާލިއެވެ.

“ރީހާންބޭ!” ހަމަ ކުރިންވެސް ގޮވާލި ރާގުގައި ނިހާ އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. އަދި ނަޒްލާ އަތުން އާރިޝް ނަގާ އުރާލިއެވެ.

“ނިނީ…” ނިހާ އާރިޝް ގޮވައިގެން އެނބުރިގަތުމުން އާރިޝް ހީގަތެވެ.

“ނޮޓް ނިނީ، ތިއްތަ ކިޔަން ވާނީ އިނގޭ” ނިހާ ހެމުން ބުންޏެވެ.

“ނިނީ، ދެން ހެވޭ… އޭނަ އަނބުރައިގެންފާނެ” ނަޒްލާ ނިހާ ހުއްޓުވިއެވެ.

“ސޮރީ އާރިޝް، މިމުސްކުޅިންނާ ހެދި އެއްކަމެއްވެސް ނުވާނެ!” ހުއްޓެމުން ނިހާ ބުނެލިއެވެ. އެއާ އެކު އެންމެން ހޭން ފެށިއެވެ. އެއާއެކު ތަނުގައި އޮތް ހާސްކަން ކެނޑި މާހައުލު ބަދަލު ވިއެވެ.

“އެންމެންނަށް އެނގޭތަ؟ މާދަމާއަކީ އާރިޝްގެ ސެކަންޑް ބަރތްޑޭއޭ، ދޯ އާރިޝް؟” ނިހާގެ އަތުގައި އިން އާރިޝްގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ނަޒްލާ ބުންނެވެ.

“އަސްލު މިއައީވެސް އެކަމާ. އާރިޝްގެ ބަރތްޑޭ ޕާޓީއަށް އިންވައިޓް ކުރަން ވެގެން” ޖީބުން ސިޓިއުރައެއް ނަގަމުން ރީހާން ބުންނެވެ.

“ޕާޓީ…” ނިހާ ދުވެފައި ގޮސް ރީހާން އަތުން ސިޓީއުރަ އަތުލިއެވެ. އަދި އެތެރޭގައި އޮތް ކާޑު ނަގާ ބަލާލިއެވެ.

“ގޭގަތަ؟” ކާޑު ބަލާލާފައި ނިހާ އެހިއެވެ.

“އާނ، މާ ބޮޑުކޮށެއް ނޫން…” ރީހާން ބުންޏެވެ.

ނަޒްލާ ހަނދާން ވީ ދެނެވެ. އާރިޝްގެ އުފަން ދުވަހަކީ ރިހާންއަށް ލިބޭ އުފަލާ އެއްވަރަށް އޭނަ ހިތާމަވެސް ކުރާނެ ދުވަހެކެވެ. މާދަމާއަކީ ދީމާ ނިޔާވިތާވެސް ދެއަހަރު ވާ ދުވަހެވެ.

އެދުވަހުން ރީހާން އުފާވާނެ ކަމެއް ކުރަން ނަޒްލާ އެވަގުތު ހިތާހިތުން ނިންމިއެވެ. ކައިވެނި ކުރަން ތާރީހެއް ކަނޑައަޅަން ރީހާން ގާތު ބުނުމަކީ ރަނގަޅު ކަމެއް ކަމަށް ނަޒްލާއަށް ވިސްނުނެވެ.

 

އާސިމް ޒައިން ގޮވައިގެން ނަޒްލާމެން ގެޔަށް ދިޔަ އިރު މަޣްރިބް ނަމާދަށް ބަންގި ގޮވަނީއެވެ. އާސިމްއަށް ފުރަތަމަވެސް ބަލާލެވުނީ ރީހާން އިންތޯއެވެ. ހަވީރު ޒައިން ގޮވައިގެން ނިކުތް ފަހުން އާސިމްއަށް އެހެން ކަމަކާ ވިސްނޭ ވަރެއް ނުވިއެވެ. ރީހާން އެގޭގައި ކުރަނީ ކީށްތޯ ހިތުގައި ސުވާލު އުފެދުނު ނަމަވެސް އެސުވާލުގެ ޖަވާބު އެނގޭކަށް އާސިމް ބޭނުން ނުވެއެވެ.

ރީހާން ފެންނަން ނެތުމުން ޒައިން ގޮވައިގެން އެތެރެއަށް ވަދެފައި އާސިމް ނަދީމްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.

“ނަދީމް ވީ ފާހާނާގަ، އިށީނދޭ، މާލަހެއް ނުވާނެ” ދޮރު ހުޅުވާލި ޔުމްނާ އާސިމް އަތުން ޒައިން ނަގާފައި ބުންޏެވެ. އަދި ޒައިން ގޮވައިގެން ނަޒްލާގެ ކޮޓަރިއަށް ވަނެވެ. އާސިމް ނިކުމެ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ.

“ނަދީމް…” ނަދީމް ބޭރަށް ނިކުތުމާ އެކީ އާސިމް ގޮވާލިއެވެ.

“އެނގޭ ކުރަން ތިއުޅޭ ސުވާލު…” އާސިމްއަށް އެއްޗެއް ނުބުނެވެނީސް ނަދީމް ބުންޏެވެ.

“އެހެން ވިއްޔާ ޖަވާބު ދީބަލަ” އާސިމް އެދުނެވެ.

“ނަޒޫ އުޅެނީ ރީހާންއާ އިންނަން… އޭނަ އާއެކޭ ބުނެފި” ނަދީމް އިތުރަށް މަޑު ކުރަން ނަހަދާ ސީދަލަށް ބުންޏެވެ.

ނުނިމޭ

52
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އެދެނީ މަޢާފް

Next

ވާރޭ (ހަތަރު ވަނަބައި)

Next
March 14, 2016

ވާރޭ (ހަތަރު ވަނަބައި)

Previews
March 13, 2016

އެދެނީ މަޢާފް

38 Comments

  1. Marsha says:
    March 13, 2016 at 5:16 pm

    Heres part 17… hope u like thiss…

  2. sumone says:
    March 13, 2016 at 5:45 pm

    🙁 🙁 🙁 🙁 🙁 :'( :'( :'( :'( 🙁 🙁 :'( :'( 🙁 :'( :'( omg omg naxoo I hate u rihaan aa marry nukuraathy……aasim sooo sad for u… plx mivaahaka kiyaafa in kujjaku bunebaa naxoo libeyny kaakahkan ….. anyways story reethi but so sad :'( 🙁 :'( 🙁 :'( 🙁

  3. Appy says:
    March 13, 2016 at 5:52 pm

    Vaahaka rythi….b

  4. Appy says:
    March 13, 2016 at 5:53 pm

    Asluvx ehaa salhi eh noon ryhaan aa naxoo v ma …

  5. laimaan says:
    March 13, 2016 at 6:00 pm

    Laaa alhey nazoo reehaan aa nugulhuvaa. Mi part vs v reethi.

  6. afu says:
    March 13, 2016 at 6:02 pm

    naxoo libeyny ahannnah :p .. story vrh salhi .. naxxoo n asim gulheynyyy

  7. TJ says:
    March 13, 2016 at 6:25 pm

    nazoo libeyny asimah sumone

    1. sumone says:
      March 13, 2016 at 6:32 pm

      hehehe yayyyyyy thanks for telling me that ….

  8. princess lily says:
    March 13, 2016 at 6:53 pm

    nooooooon…! naxoo libenjeheyny e foni aasimakah noon..! plx dhen reehaan aaeku happy kon ulhen bahahtabala…! aasim..! i hate uuuu….!! loabi aguvaxan kuran neyngey myhaku kairiah naxoo nudhaane plz..

    1. sumone says:
      March 13, 2016 at 7:53 pm

      thee stry liyaa princess lilly tha ?? if yes waiting for ur second stry 🙂 … good luck… 😉

    2. SL says:
      March 14, 2016 at 12:23 am

      Bt loabi nuvaa myhakaa ehkn ulheynyvx kihineiy???? Still she love aasim, eyna nubunyyas engey dhw.. nd, marryge kanthah ingunyma neiynge dhn aasim kuraany kyhkamehvx… dhn eyna naxoo akah dheraeh nudheyne….

  9. xee xee says:
    March 13, 2016 at 7:12 pm

    Mivaahaka nimeyny naxoo n aasim gulhigen and they will be happy ever after… hehe nice story….♡♡ 😉

  10. saus says:
    March 13, 2016 at 7:18 pm

    Bodu ryhaan gandu.. I hate u ryhaan :/

  11. Zeena says:
    March 13, 2016 at 7:30 pm

    Naxoo ah realize koh dheythi. Naxoo adives loabi vanyy aasim dheke kan… Naxoo n aasim gulhuvaathi…. Reehaan throw out kohlaa story terminal….Varah reethi story

  12. inaya says:
    March 13, 2016 at 7:39 pm

    Nazu libenjeheyny rreehan ah

  13. Aisha says:
    March 13, 2016 at 7:42 pm

    Aasim heart broke v dhw?❣ ekm aasim kuri kushuge adhabu e libuny enme rangalhu gothah I’m happy for nazoo

  14. maayaa says:
    March 13, 2016 at 7:44 pm

    i hate u reehaan………….

    1. sum says:
      March 13, 2016 at 7:55 pm

      me too 😉

    2. SL says:
      March 14, 2016 at 12:18 am

      Me threee

  15. Rora says:
    March 13, 2016 at 7:56 pm

    No no.. naxoo libeyny aasim ah. Dhn asim ah ehen nuhadhabala.. asim dhera nukurahcheii.. reehannoooo u plx get out of naxu’s lyf. Let naxoo n asim b together??❤❤

  16. Asim says:
    March 13, 2016 at 9:11 pm

    Hageegee loabi vanyaka eheneh nahadhaane….thi vaahakaiga thi vaagothun hiyeh nuvey naxoo asim dheke hageegy loabi vi heneh…vv foohi…

    1. Faathun says:
      March 14, 2016 at 11:06 am

      Hageegee lwbi my foot.. asim hedhee loabiwaa meehun kanthah kuran waane gothakah nun nazu aa dheythereyga.. hama rangalhu nimmumeh e nimmee.. nazu and reehan maa gulhey aslu..

    2. Reesha says:
      March 14, 2016 at 12:56 pm

      Aslu asim naxoo ah ehen hedhy aharennah asim ge bolah erevunyma. Aharenge amilla edhun bodukamun ethah baehge dhiriulhun halaaku evany. Aharen mikan hallu kuraanan. Asim ah nazoo hoadha dheynan

  17. princess says:
    March 13, 2016 at 9:12 pm

    Alhe nooooon…..aasim aa nazoo aa gulhuvaba…ehaa loabin ulhey dhemyhun vaki kuraakah vx nuvaane… Mistake akun adhi eyru ehn viyas..plz marsha e dhemiihun gukhuvaafa reehaan ah ehn kuhjjaku hoadhaba

    1. princess says:
      March 13, 2016 at 9:13 pm

      Gulhuvaafa*

  18. somebody says:
    March 13, 2016 at 9:52 pm

    mi vaahaka nimeyny aasim naxoo gulhigen … a happy ending akun .. reehaan n naxoo.. no e dhemyhun neh nugulheyne ..e ee dhn vaane gothaky .. naxoo aa aasim gulhigen nimeny mi stry 😀

  19. min says:
    March 14, 2016 at 12:11 am

    naxoo ehedhee hadhaanvee goi asim ah. vaahaka reethi vaanee naxoo aa reehaan a gulhuveema.maafu kurevey varu kameh nooney asim kuree

  20. StoryLover says:
    March 14, 2016 at 12:16 am

    Naxoo aa reehaan gulhuvan ulheythy ehaa interest knneh nukiyun mi part eh.. I feel so boring.. Nd zain ah eynage bappa dhakkaafa, edhemyhun gulhuvaafa naxoo ehn myhakaa marry kuran ulheythy v v odd…
    Bt I hp adhi naxoo aasim aa gulheyne kamah..

  21. Aleena says:
    March 14, 2016 at 1:05 am

    Alhey Marsha.. Thio nimmi hisaabeh. CNT wait. Asim ah vaa gotheh balaa hithun.

  22. naax says:
    March 14, 2016 at 4:18 am

    Nazoo asimah maafukoh dhiri ulhumeh asim aa ekohfeshias ehves ithubaareh nonnaane asim akah ehen veema ragalhu vaanee nazoo reehaan aa gulhuveema vaahaka mihaa reetheeves nazoo reehaanaa glay thee

  23. Anonymous says:
    March 14, 2016 at 9:02 am

    lwbi nuvaa myhakaa eku kihineh life eh ulheyny….. its a big thing nt a game…. naxoo cnt be happy if she is with reehaan…. cox she dnt love him even if he do… anyways um really curious to knw wat asim gonna do ……

  24. Faathun says:
    March 14, 2016 at 11:04 am

    Nazoo and reehan gulhuwaba pls.. e assim dhen bahattaaa.. v foohiwey asim dheke….

  25. Marsha says:
    March 14, 2016 at 12:14 pm

    Hehehe… hiyaalaky thafaathu ehcheh kan dho mi saabithu vany… Marsha mi vaahaka vv kurin ninmaafa onnaany.. so end change eh nukureveyne dheneh… but Marsha hykuran nimey goiy readers accept kurasne kamah.. Ryhan side kudhinves adhi Asim side kudhinves… konme gotheh viyas dhe myhunnah Nazu eh nulibeyne dho… Nazu eyee boy ah vefa dhen thiby 2 girls nama ehen hedhunys.. but mifaharu choose kureveyny only one.. so i hope readers like vaane kamah… anyways… part 18 miadhu genesdheynan InshaAllah.

    1. Marsha says:
      March 14, 2016 at 12:18 pm

      N btw thanx ingey hurihaa kudhin ☺☺☺

    2. Reesha says:
      March 14, 2016 at 1:00 pm

      Reehaan aa naxoo gulhuvaifiyyaa dheneh Marsha ge story eh nukiyaanan.

  26. Princess says:
    March 14, 2016 at 2:37 pm

    Dhn ehn viyas ehvx myhaku loabi nuvaa myhakaa eky life eh strt eh nukuraane dhw…..

  27. Misty says:
    March 14, 2016 at 2:41 pm

    Reehaan aa naxoo gulhuvaa.. Aasim dheke varah foohi fee. Huh

  28. princess shaal says:
    March 14, 2016 at 3:20 pm

    Mi part vs v. nice waiting 4 next part….

Comments are closed.

All Right Reserved!