Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ… (21)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 24, 2016 5 Mins Read
36 Comments

 

އަކުރަމް ގެ އާދޭސްތަކުގެ ސަބަބުން އާޝިޔާ ކޭންޓީންއަށް ކާން އައުމަށް އެއްބަސްވިއެވެ. ހާއްސަކޮށް ނީރާ އެތާ އިންކަން އިނގުމުންނެވެ. ޝާއިންއާއި ދިމާ ބަލާލުމަށް ނިކުމެގެން ދިޔައީ އަކުރަމްގެ އަތުގައި ހިފާލައިގެންނެވެ. “އާޝި… ނީރާ ހުރީ ވަރަށް ހާރޓް ވެފަ… އަހަރެން ވިސްނައިދިނިން… އެކަމުވެސް އެހެން ވާނެއެއްނު އަދި އެހާ އަވަހަކަށް ހަމަޔަކަށް ނޭޅޭނެ…… އާޝި… އަދި ވަޅުލުމުގެ ކުރިން ޖެހޭނެ ނީރާ އަށް މޫނު ދައްކާލަން….” އަކުރަމް އާޝިޔާ އޭނައާއި ކައިރިކޮށްލަމުން ބުނެލިއެވެ. މަޑުމަޑުން ހިނގާލާފައި ކޭންޓީން އަށް ވަތް ދެމީހުންގެވެސް ފިޔަވަޅު ހުއްޓުނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ނީރާ ބޯޖަހައިގެން އޮތްތަން ފެނި އޭނާ ރޮނީކަން އިނގުނެވެ. އަކުރަމް ބޯ ޖަހާލީ ހިނގާށޭ ބުނާފަދަ ގޮތަކަށެވެ. ދެމީހުންވެސް ހިނގާފައިގޮސް ނީރާ އިން މޭޒުކައިރި މަޑުކޮށްލިއެވެ. އާޝިޔާ ނީރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ނީރާއަށް ގޮވާލިއެވެ. ނީރާ ފިއްތާ ބާރުކޮށްގެން އިން ތުންފަތުން ތުރު ތުރު ލާންފެށިއެވެ. އަދި އިތުރަށް ރޮވުނެވެ. “ނީރާ… ދަރިފުޅާ ދެން ހުއްޓާލަބަލަ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ އިނގޭ…” އާޝިޔާ އެހެން ހުރި ގޮތަށް ހުރެ އޯގާތެރިކަމާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. ނީރާ ކައިރި ގޮނޑިއެއް ބައިންދަމުން އާޝިޔާ އިށީނދެލިއެވެ. ނީރާގެ ކުރިމަތީގައި އަކުރަމް އިށީނދެލިއެވެ. އެދެމީހުންގެވެސް މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ނުތަނަވަސްކަމެވެ.

އާޝިޔާ ނީރާއަށް ވިސްނައިދެމުންދިޔައެވެ. ނީރާ އެންމެ ފަހުން މޭޒުމަތިން ބޯ ނަގާ ހަމަޖެހިލިއެވެ. “ދައް…ތާ.. ޝަ..ޝައިން؟؟؟” ނީރާ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. “އައި ސީ ޔޫގައި.. އަދިވެސް ހެޔެއް ނާރަ…..” އާޝިޔާ ނީރާއާއި ދިމާ ބަލަން ހުރެ އެހެން ބުނެލިއެވެ. ނީރާގެ ދެލޯ އަނެއްކާވެސް ކަރުނައިން ފުރުނެވެ. ނަމަވެސް މިފަހަރު އޭނާ ކަރުނަތަށް ފޮހެލިއެވެ. އަދި ނޭފަތް ދަމާލިއެވެ. ހިތްވަރުކޮށްލިއެވެ. “ނީރާ… އެއީ ކޮންބައެއްކަން އިނގުނުތަ؟……….. ވަން ހޮޓް ޗޮކްލެޓް އެންޑް ޓޫ ކޮފީ ޕްލީސް..” ނީރާއާއި ވާހަކަ ދައްކަން ހުރެ އަކުރަމް އެ މޭޒުދޮށަށް އައިސް ހުރި ވެއިޓަރ ކައިރިބުނެލިއެވެ. އަކުރަމްއަށް ނީރާ ބޭނުންވާނީ ހޮޓް ޗޮކެލެޓެއްކަން އިނގެއެވެ. ވެއިޓަރު އެތަނުން ދިޔުމާއި އެކު އަނެއްކާވެސް އަކުރަމް ވާހަކަ ފެށިއެވެ. “އެ ކޮންމެ ބައެއް ކަމުގައިވިޔަސް އަކޫބެ ބަލާނަން އެމީހުންނަށް އަދަބު ދެވޭތޯ…” އަކުރަމް އެހެން ބުނެލިއެވެ. “ތެދެއް ދަރިފުޅާ.. އެއީ ކޮންބައެއްތަ؟” އާޝިޔާ އަހާލިއެވެ. ނީރާ އެއީ ކޮންބައެއްކަމާ އެކަން ހިނގައިދިޔަ ގޮތް އުނދަގުލަކުން ނަމަވެސް ކިޔައިދިނެވެ.

“ސުބުހާނަﷲ… އެހާ ދަށު ދަރަޖައަށް އެމީހުން ވެއްޓިދާނޭ ހިތަށްވެސް ނާރާ.. އެކަމު ދުވަސްކޮޅަކުން އެ ގުރޫޕްގަނޑު ފެންނާނެ އަނެއްކާވެސް މަގުމަތިން..” އާޝިޔާ ކަންބޮޑުވިއެވެ. އަކުރަމްވެސް ހުރީ ހައިރާންވެފައެވެ. ރާއްޖޭގައި ވެސް މިހާރު މިކަހަލަ ކަންތަށް ވަނީ އާންމުވެފައެވެ. ދުނިޔޭގައި ލެއްވިހާ ފާފައެއް ކޮށްގެންވެސް ހައްޤު އަދަބު ނުލިބި މަގުމައްޗަށް ގިނަވެފައި ތިބީ ކިތަށް ގޭންގެ ގެ ކިތަށް ޒުވާނުންބާއެވެ. ރާއްޖޭގައި އުޅެން މިހާރު ބިރުގަންނަ ހިސާބަށް ވަނީ ކަންތަށް ގޮއްސައެވެ. ނީރާ ހުރީ ރޮވޭ ނުރޮވޭގައި ވިއެއް ކަމަކު ހިތްވަރުކުރިއެވެ.

“ދައްތާ…… ޝައިން… ރަނ..ރަނގަޅު ވާނެ ތަ؟؟؟؟” ނީރާ އެންމެ ބޮޑަށް ކަންބޮޑުވީ ޝާއިން އާއި މެދުގައެވެ. އާޝިޔާ “އިރާދަކުރެއްވިއްޔާއޭ” ބުނެލިއެވެ. ނަމަވެސް އާޝިޔާގެ އުއްމީދު ގެއްލެނީއޭވެސް ހިތަށް އެރިއެވެ. ޝާއިންގެ ހާލު އަދިވެސް ރަނގަޅެއް ނޫނެވެ. އެފަކީރު އެކްސިޑެންޓްވި ވަގުތު ވާނެ ގޮތާ އެމީހުން ތެޅި އިރު ވާނެ ގޮތް ހިތަށް އެރުމާއި އެކު މައި ލަނގޮޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް ކެތްކޮށްލައިގެން އޭނާ އިނެވެ. މާތް ﷲ އެއްވެސް އަޅަކަށް ދެރަ ގޮތެއް މިންވަރެއް ނުކުރައްވާނެކަން އާޝިޔާ ހިތާހިތުން ކިޔާ ހަމަޖެހުން ހޯދަމުން ދިޔައެވެ.

“ނީރާ…. އަސްލު މިވަގުތު ދެއްކުން ރަނގަޅުވާހަކައެއް ނޫން.. އެކަމު ފަސްކޮށްގެންވެސް ނެތް ވާކަށް..” އަކުރަމް ބުނެލިއެވެ. ނީރާ އަކުރަމްއާއި ހަތަރު ކަޅި ހަމަކޮށްލީ ކޮންވާހަކައެއްހޭ ބުނާފަދަ ގޮތަކަށެވެ. އަކުރަމް އާޝިޔާއާއި ދިމާ ބަލާލުަށްފަހު ނީރާއާއި ދިމާ ބަލާލިއެވެ. އަދި މޭޒުމަތީ ދެއަތް ބައިންދާލާ ދެއަތް ދެއަތާ ގުޅުވާލިއެވެ. “އަކޫބެ ބޭނުމީ ނީރާ އަކޫބެމެން ގޭގައި އުޅެން….. އެކަމު ނީރާއަށް އިނގޭނީ ކަން ކުރަންވީ ގޮތް.. ކޮންމެ ގޮތަކަށް ނިންމިޔަސް އަކޫބެ އާއި އާޝީ ދައްތަ ހުންނާނަން ނީރާ ކައިރީ ހުރިހާ އެހީއެއް ވެދެން… ދެން އެ ބޮޑު ގެ… ނީރާ އެކަނި އެތާކު އުޅޭކަށް އަކޫބެ ދުލެއް ނުވެސް ކުރާނަން….. ނީރާއަށް އިނގޭނެ ނީރާގެ އާއިލާގެ އިތުރު މީހަކަށްވެސް ތިބީ ނީރާގެ ބައްޕަގެ ދެބޭބެ ކަން.. އެކަމު އެމީހުންނަކީ އެއްވެސް ކަމަކުވެސް އަދި އެއްފަހަރުވެސް ނީރާއަށް އަދި އަސްފާގްއަށްވެސް އަޅާލި ބައެއްނޫން… އަސްފާގް އަބަދު ދައްކާނެ އެމީހުންގެ ވާހަަކަ.. ނީރާއަށްވެސް ކިޔައިދޭނެކަން ޔަޤީން.. އެކަމު ނީރާ އެމީހުންނެއް ނުވެސް ދުށީމެއްނު… ދޯ…. ނީރާ އަށް އިނގޭތަ އަކޫބެ މެން މިހެން މި ބުނަނީ މިވަގުތު ވެސް ނީރާ ކައިރި ނީރާ ބެލެންވެސް ތިބީ އަކޫބެމެން ކަން އިނގޭތީ…. ނީރާ ބެލުމަކީ އުނދަގޫ ކަމެކޭ ހީ ނުކުރާތި.. އެއްވެސް އުނދަގުލެއް ނުވާނެ.. ނީރާއަކީ ވެސް އަކޫބެމެންގެ ދަރިއެއްފަދަ ކުއްޖެކޭވެސް ބުނަމެއްނު… އެހެންނޫނަސް ނީރާއަކީ ނުބެލޭވަރުގެ ކުއްޖެއްނޫނެއްނު.. އަކޫބެ ހަމަ ބޭނުމީ ނީރާ ބޭނުންގޮތެއް… އެކަމު އެ ގެއަށް ނީރާ ދާކަށް އަކޫބެ ބޭނުމެއްނޫން… ރެސްޓް އިސް އޮން ޔޫ…” އަކުރަމް ނީރާއާއި ދިމާ ބަލަން އިނދެ ވާހަކަދެއްކިއެވެ. ނީރާ އިސްޖަހާލައިގެން ދެއަތް ދެއަތާއި މޮޑެން އިން އިރު އެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.

“ނީރާ… އަކޫބެ އެ ދައްކަނީ މުޅިން ދޮގު ވާހަކައެއް ނޫން.. އެނޫން ކޮންބައެއް ދެން ތިބީވެސް… ނީރާ އެންމެ ރަނގަޅަށްވެސް ދަންނާނެ ބަޔަކަށް ތިބީ އެމީހުން.. އަދި ނީރާގެ މަންމައާއި ބައްޕަވެސް… އެހެންވީމަ ނީރާ އެގެއަށް ބަދަލު ވާން ވީ… ނީރާ…. އެމީހުން ދެރަގޮތެއް ވިޔަކަ ނުދޭނެ… ނީރާ އެމީހުންނާއި އެއްބަސްވޭ… ނީރާ ގެ ދިރިއުޅުން އަދި މުސްތަގުބަލަށްވެސް އެންމެ ރަނގަޅުގޮތް މީ.. ނީރާ ޕްލީސް ސޭ ޔެސް.. ދޭ އާރ ވެއިޓިން.. ނީރާ އިޓްސް ފޯ ޔުއަރ ލައިފް……. މަންމަ މެން އަށް ޓަކައި ވިޔަސް…. ޔޫ ހޭވް ޓްބީ އަ ގުޑް ގާލް އެންޑް އަ ގާލް ހޫ ކޭން ލިވް……. މޭކް ދެމް ޕްރައުޑް ޑިއަރ… ބަޓް އަދި ޔޫ އާރ ޓޫ ސްމޯލް… ފޯރ ނައު އެމީހުންނާއި އެކު އުޅެވޭނެ.. އެޓްލީސްޓް ކިޔަވާ ނިމެންދެން… އަމިއްލައަށް ވަޒީފާއަށް ގޮސް ލާރި ހޯދެން ފެށީމަ ޔޫ ކޭން ލިވް އެލޯން.. އޭރަށް ހުންނާނީވެސް ބޮޑުވެފަ… ޕްލީސް ޔެސް އޭ ބުނޭ… މަމް ވެސް އެ ދުވަހު…. އެ ދުވަހު ބުންޏެއްނު….. ހަނދާންވޭތަ…… މަމްވެސް ބޭނުމީ އެ ގޮތް.. އެހެންނު……އެން އެ ބޮޑު ގެ.. ޔޫ ކޭން ޑޫ އެނީތިންގް ވިތް އިޓް.. އެއީ މިހާރު ނީރާގެ ގެ…. މަމް ބުންޏެއްނު ކަންތަށް ކުރަންވީ ގޮތް މިކަހަލަ ދުވަހެއްގައި.. ސޯ އެގޮތަށް ކަން ކުރޭ…” ނީރާގެ ޒަމީރު ވާހަކަދައްކަން ފެށިއެވެ. ނީރާ ފުން ނޭވައެއް ލިއެވެ. ކުޑަކޮށް ވިސްނާލިއެވެ. އަދި އަކުރަމްއާއި ދިމާލަށް ބަލާލިއެވެ. އަކުރަމް ހުރީ ނީރާގެ ޖަވާބަކަށް އިންތިޒާރުގައި ކަން ނީރާއަށް އިނގުނެވެ.

“އަކޫބެ.. އަޅުގަނޑު ބޭނުމީ ކިޔަވާ މޮޅު ކުއްޖަކަށް ވާން.. ޑޭޑްގެ ޑްރީމް.. އަޅުގަނޑު “އެކައުންޓަންޓް” އަކަށް ވުން.. އެކަން އަޅުގަނޑު ބޭނުން ފުލްފިލް ކުރަން…. އަޅުގަނޑު ބޭނުން މަމް މެން ޕްރައުޑް ކުރުވަން… އަޅުގަނޑަކީ މަމްމެން ދިން ތަރުބިއްޔަތުގައި ހިފައި ދެއްކި ރަނގަޅު މަގުން ހިނގާ ކުއްޖެއްކަން ދައްކަން… މަމްމެން ނެތަސް މަމް މެން ދަސްކޮށްދިން ރަނގަޅު ގޮތްތަކުގެ ބޭނުންހިފައި ކުއްޖެއްކަން އަންގަން… އެކަމު އަޅުގަނޑަށް މިއަދު އެކަމެއް ނެތް ކުރޭކަށް އަކޫބެ މެންނާއި ނުލައެއް.. އަޅުގަނޑު ބޭނުންވަނީ އަކޫބެ ބޭނުން ގޮތަށް ކަން ކުރަން…………………..” ނީރާގެ ވާހަކަ މެދު ކަނޑާލީ ވެއިޓަރ އައިސް ދެ ކޮފީއާއި ހޮޓް ޗޮކްލެޓެއް ގެނެސްދިނުމުންނެވެ. ވެއިޓަރު ދިޔުމާއި އެކު އަނެއްކާވެސް ނީރާ ވާހަކަ ފެށިއެވެ. “އަކޫބެ މެންނާއި އެކު އުޅެން…. އެކަމަކު އަޅުގަނޑު އިރާދަކުރެއްވިއްޔާ ބޮޑުވެ ވަޒީފާއަކަށް ދެވުމުން ހުރިހާ އިހްސާންތެރިކަމެއް އަދާކޮށްދޭނަން.. އަދި ވަކިން ތަނެއްގައި އެކަނި އުޅެން ދަސްކުރަން… އެގެ… އަޅުގަނޑު ކައިރި މަމް ކުރިން ދުވަހަކު ބުނި…… މަމް މެން ނެ…ނެތް… ދު..ވަހަކު އާޝި ދައް…ތަ ކަ..ކައިރި އުޅޭށޭ….. އާޝި. ދައްތަ އަށް މަމް ވަރަށް އިތުބާރު ކުރަމޭ….. ނީ..ރާ ރަނގަޅަށް ބަ..ބަލައިދޭނޭ…އަޅުގަނޑު ލައްވާ… އެކަމަށް.. ޕްރޮމިސްވެސް ކުރުއްވި…. އެގޮތަށް މަމް ބުނީ ކީއްވެ ކަމެއް ނޭނ..ގެ އެކަމު އަޅުގަނޑު ދުވަހަކުވެސް ހިއެއް ނުކުރަން ހަމަ ހަޤީޤަތަށްވެސް އަދި މިހާ އަވަހަށް……..

އަދި ބުނީ….. އެ ގެ ނީރާ ބޭނުން ގޮތެއް ހަދާށޭ…. މަމް މެންނަށް ރަ..ނގަޅީ ނީރާ އެ ގެ ކުއްޔަށް ދޫ ކުރިޔާއޭ… އޭރުން ނީރާ…އަށްވެސް ލާރި ލިބޭ…ނޭ.. އާޝި ދައްތާ… އަކޫބެ.. މަމް އެހެން އަޅުގަނޑުކައިރި ބުނީ ފަހަރުގައި ވެދާނެ މަމްއަށް ކަމެއްވާނެކަން އިނގުނީ ކަމަށް…. މަމް ކުރިންވެސް ވަރަށް އެކަހަލަ ވާހަކަ ދައްކާ…. ބުނާނީ ނީރާ މަމް މެން ނެތީމަ ދެރަ ނުވާށޭ… އާޝި ދައްތަމެން ތިބޭނޭ.. ދެން އެންމެ ފަހުން އެވާހަކަ ބުނީމަވެސް އަޅުގަނޑު މާ އަޅައެއް ނުލަން… އެއީ އަބަދުވެސް ދައްކާތީ.. ޕްރޮމިސްވެސް ކުރީ މަމް ހިތްހަމަޖައްސާލަން… އަކޫބެ އަޅުގަނޑު ބޭނުމީ އެގޮތަށް ހަަދަން….” ނީރާ ރޮވެމުން ދިޔައިރުވެސް ވާހަކަ ދައްކާ ނިންމާލިއެވެ. އޭނާއަށް އެދުވަހު ރާބިޔަތު އޭނާގެ އަތުގައި ހިފައިގެން އިނދެ އެވާހަކަ ދައްކަމުން ދިޔަ މަންޒަރު ސިފަވިއެވެ. އާޝިޔާއަށް އަކުރަމްއާއި ދިމާ ބަލައިލެވުނެވެ. ރާބިޔަތު އާޝިޔާ ކައިރިވެސް އެވާހަކަ ދެއްކިއެވެ. އަދި ނީރާ ކައިރިވެސް ދެއްކި ކަމަށް ނީރާ އެބުނީއެވެ.

“ނީރާ… ދަރިފުޅާ…. ދެން އަވަހަށް ބޯލާ.. ދެން ނުރޮންޗޭ…… އިރުކޮޅަކުން މަންމަމެން ގެންދާނެ….. އެއަށްފަހު ފަތިސް ނަމާދަށްފަހު ވަޅުލާނެ… މޫނު ބަލާލަން ވާނެ ދާން.. މީހުންވެސް އަންނާނެ… ނީރާ ގެ ބައްޕަގެ އޮފީސްގެ މީހުންނާއި މަންމަގެ ބައެއް ރައްޓެހިންވެސް އައިސް އުޅުނު..” އާޝިޔާ އެވާޙަކަ ނުދައްކަން ހުރެފައިވެސް ދެއްކީ ފަހު ފަހަރަށް ނީރާ އެމީހުންގެ މޫނު ދެއްކުން މުހިންމުކަން އިނގޭތީއެވެ. ނީރާ ބޯ ޖަހާލިއެވެ. އަދި ތަށީގައި ތުން ޖަހާލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ތަށި ފެނިފައި ބަނޑުހައި ކަން އިހްސާސްވުމުންނެވެ. ހަމަހިމޭންވަގުތު ކޮޅު ކަޑައްތު ކުރުމަށްފަހު ތިންމީހުން ވެސް ތަށި ހުސްކޮށްލާ މޭޒުމަތީ ތަށި ބަހައްޓާލިއެވެ. “ނީރާ ދެން ގެއަށް ދާނީ ދޯ މޫނު ބަލާލާފައި…” އަކުރަމް އެހެން ބުނެލީ ނީރާ މިހާރު ހުންނާނީ ވަރުބަލިވެފައި ކަން އިނގޭތީއެވެ. ނީރާ ދެފަރާތަށް ބޯ ހަރަކާތް ކޮށްލިއެވެ. “ދެން އިންނަނީ މިތާ؟؟؟” އެ ހަރަކާތުން ހައިރާންވެފައި ހުރެ އާޝިޔާ އަހާލިއެވެ. “ލައްބަ… މިތާ އިންނާނީ.. އަޅުގަނޑު ބޭނުން ޝައިން ކައިރި ހުންނަން…” ނީރާ އެހެން ބުނެލިއެވެ. އާޝިޔާއަށް ހިނިތުންވެލެވުނެވެ. އަދި އަކުރަމްއާއި ދިމަ ބަލައިލެވުނެވެ. “އެކަމު ވެސް ޖެހޭނެ އެއްނު ދާން… ނީ ތިހިރީ ކުލާހުން އައި ގޮތަށް… އަނެއްކާ ސްޓޭޝަންއަށްވެސް ގޮއްސަ ތިއައީ… ވަރުބަލިވެސް ވާނެއެއްނު…” އާޝިޔާ ކަންބޮޑުވިއެވެ. ނީރާ އަމިއްލަ ސިއްހަތާއި މެދު ފަރުވާކުޑަކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.

ނަމަވެސް ނީރާ އެއްބަހެއް ނުވިއެވެ. ނީރާއަކީ ގޮތްދޫނުކުރާ ކުއްޖެއްކަމުން އާޝިޔާއާއި އަކުރަމް އެންމެ ފަހުން އެކަމަށް އެއްބަސްވިއެވެ. ނީރާ ގޮސްވެސް ވަކި ކުރާނެކަމެއް ނޯންނާނެއެވެ. އެމީހުންގެ ކައިރީގައި ހުރުމުން އެދެމީހުންނަށް ބެލޭނެވެސް ތާއެވެ. އެކަނި ވުމުން ތަފާތު ހިޔާލުތަށް ނީރާއަށް އުނދަގޫކުރާނެއެވެ. ނީރާއަކީ ހިޔާލުތަކުގެ މައްޗަށް ކަންތަށް ނިންމާ ދެރަވެ ހިތާމަކުރާ ކުއްޖެއްކަން އާޝިޔާވެސް ދަނެއެވެ. އެހެންކަމުން ނީރާ އެމީހުންކައިރި ބަހައްޓާލަން ނިންމިއެވެ. ލާރި ދިނުމަށްފަހު ތިން މީހުންވެސް ނިކުމެގެން ދިޔައެވެ.

ނީރާ އިސްޖަހައިގެން ހުރެ އަކުރަމްއާއި އާޝިޔާގެ ފަހަތުން ހިނގަމުން ދިޔައެވެ. އެދެމީހުން ތިބީ ކުރިމަތީގައެވެ. އާޝިޔާއާއި އަކުރަމް ފަހަތަށް އެނބުރިލީ އެއްފަހަރާއެވެ. އަދި ނީރާ ގެ އަތުގައި ދެމީހުންވެސް ހިފާލަމުން އެދެމީހުންގެ މެދަށް ގެނައެވެ. އަކުރަމް ނީރާގެ އަތުން  ދޫކޮށްލާ ނީރާގެ ކޮނޑުގައި އަތްއަޅާލިއެވެ. އާޝިޔާ އަކުރަމް އާއި ދިމާ ބަލާލަމުން ހިނިތުންވެލުމަށްފަހު ނީރާގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. މިހާރު ނީރާއަކީ އެމީހުންގެ އާއިލާގެ ކުއްޖަކަށް ވެ ނިމުނީއޭ ދެމީހުންވެސް ހިތަށް އަރަމުން ދިޔައެވެ. ކުރިންވެސް އަބަދު އެމީހުންގެ ދަރިއެކޭ ބުނެ މިއަދު އެކަން ދެއްކުމުގެ ބުރު ޖެހުނީއެވެ. ނީރާއަށް ކުޑަކޮށް ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. މަންމައާއި ބައްޕަކަހަލަ ބައެއް ލިބުނީއެވެ.

ނުނިމޭ…..

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފުންއަސަރު 16

Next

މިހިތުގެ ލޯތްބޭ ތީ 5

Next
March 24, 2016

މިހިތުގެ ލޯތްބޭ ތީ 5

Previews
March 24, 2016

ފުންއަސަރު 16

36 Comments!

  1. Ryn says:
    March 24, 2016 at 4:31 pm

    hey guys.. hre is the nxt prt.. hwp mi prt vx rythi vaane kamah.. thnkyw fr readin.. n enjoy the day 😉 😉 n nxt prt i wil uplwd soon… enme las is 3 days in sha allah .. so til thn tc 😉

  2. Rish says:
    March 24, 2016 at 4:44 pm

    nice

    1. Ryn says:
      March 24, 2016 at 5:08 pm

      thnyw 😉

  3. aish says:
    March 24, 2016 at 5:07 pm

    Varah reethi

    1. Ryn says:
      March 24, 2016 at 5:09 pm

      thnkyw 😉

  4. Maalu says:
    March 24, 2016 at 5:12 pm

    wowwwww vrh reethiii????.. u r the best…… ?? tvgc …miss u nd luv u alot…..

    1. Ryn says:
      March 24, 2016 at 5:23 pm

      thnkyw mal.. alhey thts so swyt… hehe tc miss u mre.. luv u lwdss. enjoy…

  5. ainthu says:
    March 24, 2016 at 5:18 pm

    Thankolheh avahah upkohbala v foohi ehaa lahun upkuranya kiyan

    1. Ryn says:
      March 24, 2016 at 5:27 pm

      ok in sha allah i wil uplwd it soon.. sry late vaathy… n thnkyw 😉 enjoy tc

  6. SARA says:
    March 24, 2016 at 5:19 pm

    Dhn ny nd shine gulhuvaba.. wsiting 4the nxt prt hama.. up kohdhehcchey avahah.. u r one of the best writers…

    1. Ryn says:
      March 24, 2016 at 5:28 pm

      hehe whn it wil b the ryt tym they wil b tgthr soon ingey.. tc n in sha allah wil uplwd soon.. aww thnkx thts so swyt of u.. enjoy 😉

  7. ina says:
    March 24, 2016 at 5:28 pm

    wowwwww ryyyyyyn mi pryvx hama hama vrh vrh vrh salhi…alheyy dhn nee abadhu ronydhw..ina ah vx rovijje nee roathy…dhn shine aa avahah gulhuvabala nee…..n gws ingey shine ah..heehege.. ryyn u r the best hama….n happyvejje mihaa vahah mi prt up kuryma…heehehe…nxt prt vx avahah up kohdhehchey ingeyy…miss u alotttttt…tgc..: )

    1. ina says:
      March 24, 2016 at 5:30 pm

      *heehehe…*avahah

    2. Ryn says:
      March 24, 2016 at 5:33 pm

      aww thnkyw inaaa…… hehe yrh dhw.. bt thr wil b sumwhre happiness fr hr dhw hehehe.. sry rwhvaalevunyma hehe… n thnkxx o shyne buny 😛 n alheyy thnkyww thts so swyt hehehe…. n in sha allah dhn in prt vx vrh avahah up khla dheynan… i miss u mre n mre.. tc 😉

  8. Nis says:
    March 24, 2016 at 6:20 pm

    Ryn kon irakun mivaahaka nimenee???dhen ninmaala baaa

    1. Ryn says:
      March 24, 2016 at 6:29 pm

      hehehe in sha allah avahah nimeyne… i think thre will b 5 or 6 mre prts… n dhn nimeyne… thnkx fr readin… enjoy.. 😉

  9. Mar Sha Marsha says:
    March 24, 2016 at 6:48 pm

    Nice story eh hama… m vvv sad for nyra… waiting for next part
    Hey ryn.. can i be your fb friend?? Plz send me frnd request to
    Mar Sha n let me know its u inge

    1. Ryn says:
      March 24, 2016 at 6:52 pm

      hehehe thnkyw marsha… n yrh dhw.. thnkx.. n yrh ofcrse.. i wil ingey.. n ryn hama asluvx marsha ge stries kiyan dhw… cmmnt eh nukureve nw eh.. bt kiyan n m a biiiiiigggguu fan of urs.. hehe so i wil b glad to b ur frnd… thnkyw enjoy 😉

  10. aish says:
    March 24, 2016 at 6:50 pm

    v v v reethi

    1. Ryn says:
      March 24, 2016 at 6:53 pm

      thnkyw 😉

  11. princess says:
    March 24, 2016 at 7:40 pm

    Vrh rythi…..waiting for next part??…gd luck

    1. Ryn says:
      March 24, 2016 at 7:44 pm

      thnkyw princess 😉 enjoy

  12. laimaan says:
    March 24, 2016 at 7:49 pm

    Nice. Curiously waiting waiting for the next part. Konirakunbaa up vaany.

    1. Ryn says:
      March 24, 2016 at 8:04 pm

      thnkxx laimaan….. kyp waitin n i wil uplwd it soon 😉 enjoy 😉 tc

  13. Emy says:
    March 24, 2016 at 7:55 pm

    Damn …this story is really awwwwwwwwsome… … I Love it ….. Alhe avhaha up khdheichey ryn ..waiting for the next part badly

    1. Ryn says:
      March 24, 2016 at 8:05 pm

      awww thnkyw emy… thts so swytt… myns alt… happy to knw lyk vi kn.. 😉 yrh in sha allah i wil up it soon.. 😉 😉 kyp waitin.. thnkyw enjoy 😉 tc

  14. nukko says:
    March 24, 2016 at 8:16 pm

    Heyy ryn…. stry hama v salhi… mi part vs habbu… n haadha touchin ey v v dhera veyy…. alhey nee haadha sad vaaney 🙁 🙁 . wen nxt part….?? Avasssssss… kiyaaaaaaaaaaaaahiyyyyy vanyyyyy hehehe dhn kihinw baa vaanyy? 😮 waiting waiting miss u 😀

    1. Ryn says:
      March 25, 2016 at 10:21 am

      aww thnkx nuths…. hehehe yrh dhw… n nxt prt in sha allah vrh avahah…… hehehe.. lts see dhw…. miss u mre tc 😉

  15. nammi? says:
    March 24, 2016 at 8:38 pm

    Ryn fast . Avahah up kh dhyba.mihaaru kiyaa hithun kei madhu vefa?? v v v v v v v interesting ?????????

    1. Ryn says:
      March 25, 2016 at 10:21 am

      aww thnkx nammi in sha allah i wil uplwd soon.. enjoy tc 😉

  16. naaanu says:
    March 24, 2016 at 10:41 pm

    eyyh salhi ey mi part ves..avahah up kohllaaa …v kiyaahiyy vey eba …love n miss yah ❤

    1. Ryn says:
      March 25, 2016 at 10:22 am

      thnkyw naanu…. yrh in sha allah vrh avahah up khdheynan.. 😉 😉 luv n miss 😉 tc 😉

  17. Appy says:
    March 25, 2016 at 7:56 am

    Vv rythi mi part vx. …….avahahh up kodhybaa v kiyaahithun …..v v rythi

    1. Ryn says:
      March 25, 2016 at 10:23 am

      thnkyw appy… in sha allah vrh avahah up khla dheynan.. thnkyw.. enjoy tc 😉

  18. lai says:
    March 25, 2016 at 11:33 am

    arey vaa .. kya baat hai .. hehehe .. mi bai vess hama v v v v v v rythi .. dhn nee kyhkurantha goiy dhoo nukuraa kuhjakah ryn hedhy? hehehe v dhera vehje mi bai kiyaafa .. vvvvvvvv rythi .. waiting fr nxt part .. alheyy i’m already missing u all 🙁 .. miss u n luv u .. tgc ryn 🙂 🙂 🙂

    1. Ryn says:
      March 25, 2016 at 3:45 pm

      hehehehe shukuriyaa laithuu… hehehe thts nt me ny amihla akah goi dhu nuurany hehehe…. kyp waitin… alheyyy n m missin u alt too…. vrh bwdah.. n yrh they r too… 🙁 miss u mre n mre n luv ya.. tc 😉

Comments are closed.


All Right Reserved!