
މިހިތުގެ ލޯތްބޭ ތީ 2
“މުޅި އުމުރުގަ އަނޫއަށް މިހެން އުޅެވޭނެތަ؟ އަނޫ ނުބުންޏަސް އަހަރުމެންނަށް އެނގޭ މަންމަ އަނޫއަށް ރަނގަޅެއް ނޫން ކަން، އަހަރެން ބޭނުން ވަނީ އަނޫ ދެކެ ވަރަށް ލޯބިވާ މީހަކާ އިނދެގެން އަނޫ ވަރަށް އުފަލުގަ އުޅޭ ތަން ދެކެން… ޒިހާންއާ އިނދެގެން ދިޔައިމަ އަނޫއަށް މިކަންތައްތަކުން ސަލާމަތް ވެވޭނީ” ޝައުފާ ބުންޏެވެ.
އަނޫޝާ އެއްޗެއް ނުބުނެ އިނެވެ.
“އަސްލުވެސް، ދޮންތަ ވަރަށް އުފާ ވެއްޖެ އަނޫ ޒިހާންއާ ރައްޓެހި ވީމަ. ޒިހާން އެއީ ވަރަށް ރަނގަޅު މީހެއް، ހަމަ ދޮންބެ ކަހަލަ މީހެއް އެއީ. އަނޫ ދެކެ ލޯބިވެސް ވޭ. އަނޫއަށް އެނގޭތަ؟ ތިމާ ދެކެ ލޯބިވާ މީހަކާ އިނދެގެން އުޅުމަކީ ހާދަ އުފަލާ ހިތްހަމަ ޖެހުން ލިބޭ ކަމެކޭ، ޒިހާންއާ އިނީމަ އަނޫއަށްވެސް އެކަން އެނގޭނެ. އަދި އެއުފާ ދެގުނަ ވާނެއެއްނު އަނޫވެސް ޒިހާން ދެކެ ލޯބި ވާތީ، ދޯ؟” ޝައުފާ އަނޫޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ދެން، ދޮންތަވެސް ދޯ!” އަނޫޝާ ރަކިވެފައި އިނދެ ބުނެލިއެވެ.
“ދޮންތަވެސް އޯ… ދެންވެސް އެއްބަސް ވެބަލަ ޒިހާން ދެކެ ލޯބިވާ ކަމަށް” ޝައުފާ ބޭނުންވީ އަނޫޝާ ލައްވާ ޒިހާން ދެކެ ލޯބިވާ ކަމަށް އެއްބަސް ކުރުވާށެވެ.
“ހޫނ… މިހެން ވާހަކައިގަ ތިއްބާ އެއޮއް ނުވައެއް ޖަހަނީ. މިޒޫމެންގޭ މީހުން އައިސްދާނެ މިހާރު، ހިނގާ ތިރިއަށް ދާން” އަނޫޝާ ޝައުފާގެ އަތުގައި ހިފައިގެން ތެދުވިއެވެ.
“ސާބަހޭ، އަނޫ ތިހެން ރާސްލާފަ ދުވެފަ ދިޔަޔަސް މަށަކަށް މިހާރަކު ތިހެނެއް ނުދެވޭނެ… އިހަށް މަޑުކޮށްލަބަލަ” ބަނޑުގައި އަތް ޖައްސާލަމުން ޝައުފާ ބުންޏެވެ.
“އަޅެ، ސޮރީ… ދޮންތަގެ އޮންދަވޭ ބޭބީ މަތިން ހަނދާން ނެތުނީ” އަނޫޝާ މަޑުކޮށްލާފައި ބުންޏެވެ.
ޝައުފާއާ އަނޫޝާ ކޮޓަރިން ނިކުތް އިރު ޝިޔާޒްވެސް ކޮޓަރިން ނިކުންނަނީއެވެ. ތިން މީހުން އެކީ ސިޑިން ފައިބަނިކޮށް ޒިހާން އަންނަ ތަން ފެނުމުން އެންމެން މަޑުކޮށްލިއެވެ.
“ޒިހާން!” ޝައުފާ ގޮވާލިއެވެ.
“އާނ، ކިހިނެއްތަ ޝައު؟ ހަބީ ކޮބާ؟” ޒިހާން އަހާލިއެވެ.
“އަހަރެން ގެނެއްސަ ފަހުން އަނާނަމޭ ކިޔާފަ ކޮންމެސް ތާކަށް ދާން ޖެހިގެން ހިނގައްޖެ. އަހަރުމެން ހަމަ ރަނގަޅޭ. އަސްލުވެސް ހިއެއް ނުކުރަން ޒިހާން އަހަރެންގެ ޅިޔަނަކަށް ވާނެ ކަމަކަށް” ޝައުފާ ހެވިފައި ހުރެ ވާހަކަ ދައްކަން ފެށިއެވެ.
“ހީނުކުރާ ކަންތައްވެސް ވެއެއްނު ދޯ؟” އަނޫޝާއަށް ބަލާލަމުން ހީލާފައި ޒިހާން އަހާލިއެވެ.
“ދޮންބޭ، މިދެމީހުންނަށް ޗާންސް ދީފަ އަހަރުމެން ހިނގާ ދާން” ޝިޔާޒްގެ އަތުގައި ހިފާލަމުން ޝައުފާ ބުންޏެވެ.
“ހިނގާ…” ޝިޔާޒް ޝައުފާއާ އެކީ ތިރިއަށް ފޭބިއެވެ.
ޒިހާން އަނޫޝާއާ ދިމާއަށް ބަލާލިއެވެ. އަނޫޝާ މަޑު މަޑުން ހުރީއެވެ.
“މިތާ މިހެން ތިބޭނީތަ؟” އަނޫޝާ ކައިރިއަށް އައިސް އަނޫޝާގެ އަތުގަ ހިފާލަމުން ޒިހާން އަހާލިއެވެ.
“ހިނގާ…” ކޮޓަރިއާ ދިމާއަށް އަތް ދިއްކޮށްލަމުން އަނޫޝާ ބުންޏެވެ.
ޒިހާން އަނޫޝާގެ އަތުހަ ހިފައިގެން ކޮޓަރިއަށް ވަނެވެ. އެތެރެއަށް ވަދެވުމާ އެކު ޒިހާން އަނޫޝާ ގައިގަ ބައްދާލިއެވެ. އެވަގުތު އަނޫޝާއަށް ދުވަހަކު ކުރެވިފައި ނުވާ އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ޒިހާންގެ މޭގައި ބޯޖައްސާލަމުން އަނޫޝާވެސް ޒިހާންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.
“އަނޫ…” ޒިހާން އަނޫޝާގެ މޫނުގަ ދެއަތުން ހިފަހައްޓާލިއެވެ. އަނޫޝާ އިސް އުފުލާ ޒިހާންގެ މޫނަށް ބަލާލިއެވެ. ދެމީހުންގެ ލޯބީގެ ފުރަތަމަ ހަދިޔާ ބަދަލުކޮށްލީ އެވަގުތުއެވެ.
“ކީށްވެތަ ޝިޔާޒް މަންމަ އަނޫ ދެކެ އެހާ ރުޅި އަންނަނީ؟” ލޯބީގެ ވަގުތު ކޮޅަކަށް ފަހު އަނޫޝާގެ އަތުގަ ހިފައިގެން ގޮސް އެނދުގައި އިށީނދެފައި ޒިހާން އަހާލިއެވެ.
“ނޭނގެ” އަނޫޝާ ޖަވާބު ދިނެވެ.
“އަހަރެން ހިތަށް އަރާ ޝިޔާޒް މަންމަ އަނޫ ދެކެ އެހާ ރުޅި އަންނަ އިރުވެސް ޝިޔާޒްމެން އެހާ ރަނގަޅީ ކީއްވެބާއޭ…؟” ޒިހާން އަމިއްލަ ނަފްސާ ސުވާލު ކުރާފަދަ ގޮތަކަށް އަހާލިއެވެ.
“ދޮންބެމެންނަކީ ގޯސް ބައެއް ނޫނޭ… ދައްތަވެސް ގޯހެއް ނޫން…” އަނޫޝާ ޝަރީފާގެ ދިފާއުގައި ބުންޏެވެ.
“އަނޫ ތިހެން ބުންޏަސް އަހަންނަށް ނޭނގޭ ކަމެއް ނޫނޭ އެއީ، އަހަންނަށްވެސް ފެނޭ ހުރިހާ ކަމެއް” ހިލާފައި އަނޫޝާގެ އަތުގައި ހިފާލަމުން ޒިހާން ބުންޏެވެ.
އަނޫޝާ އެކަމާ ދެކޮޅެއް ނަހަދައެވެ.
“އެހެން ވިއްޔާ ބުނެބަލަ! ޝަމްހާ ކީއްވެތަ އަނޫ ދެކެ ރުޅި އަންނަނީ؟” ޒިހާން އަހާލިއެވެ.
“ތުއްތަ ކީއްވެ އަހަރެން ދެކެ ރުޅި އަންނަންވީ؟” އަނޫޝާ އެކަންވެސް ސިއްރު ކުރަން އުޅުނެވެ.
“ދެން ދޮގު ނުހަދާ ބުނެބަލަ… އަހަންނަށް ފާހަގަ ކުރެވޭ އޭނަ އަނޫއާ ދިމާއަށް ބަލާލާ ގޮތުންވެސް، ކީއްވެތަ؟” ޝަމްހާ އަނޫޝާ ދެކެ ރުޅި އަންނަ ސަބަބު ބަލަން ޒިހާން ބޭނުން ވިއެވެ.
“ނޭނގެ… އަބަދުވެސް ތުއްތަ އަހަރެން ދެކެ ރުޅި އަންނަހެން ހީވޭ، އަދި މިދުވަސްކޮޅު ވަކިން…” އަނޫޝާ ބުނަން އުޅެފަވެސް އިތުރަށް ނުބުނެ ހުއްޓާލިއެވެ.
“އަނޫއަށް އޭނަ ނުރުހޭ ކަހަލަ ކަމެއް ކުރެވުނީތަ؟” ޒިހާން އަހާލިއެވެ.
“އެނގިގެނެއް ނުކުރަން، އެކަމު ނޭނގި ނަމަވެސް އެކަހަލަ ކަމެއް ކުރެވުނީ ކަންނޭނގެ… އަޅާނުލާ، އެބައި ކަވަރ ވާވަރަށް ދޮންބެއާ ދޮންތަ އަހަރެން ދެކެ ލޯބި ވެއެއްނު؟” އަނޫޝާ ޒިހާންއަށް ބަލާލަމުން ހީލާފައި ބުންޏެވެ.
“އެހެން ދޯ؟ ދެން ބުނެބަލަ، އަނޫ އެންމެ ލޯބި ވަނީ ކާކު ދެކެ؟” ޒިހާން ސަމާސާ ރާގަކަށް އަހާލިއެވެ.
އަނޫޝާ ގާތަށް އައީ ހިންޏެވެ.
“ތީ ކުޑަ ކުދިން ކުރާ ކަހަލަ ސުވާލެއްނު؟” އަނޫޝާ ބުނެލިއެވެ.
“މައްސަލައެއް ނެތޭ، އަނޫއަށް ހެވިއްޖެ ވިއްޔަ. ދެން ޖަވާބު ދީބަލަ” ޒިހާން އެދުނެވެ.
“އެންމެ ލޯބިވަނީ ދޮންތައާ ދޮންބެ ދެކެ” އަނޫޝާ ބުނަން ބޭނުންވީ ޒިހާންގެ ނަމެވެ. ނަމަވެސް ބުނާކަށް ނުކެރުނެވެ.
“ދެން…؟” ޒިހާން އެހިއެވެ.
“ދެން… ދޮންތަބޭ” އަނޫޝާ ބުންޏެވެ.
“ދެން…؟” ޒިހާން އަނެއްކާވެސް އެހިއެވެ.
“ދެން ތުއްތައާ ދައްތަ؟” އަނޫޝާވެސް ޖަވާބު ދެމުން ދިޔައެވެ.
“ދެން…؟” އަދިވެސް ޒިހާން އެސުވާލު ކުރިއެވެ.
“ނަން ނުބުނެވޭ ބަޔަކު އަދިވެސް ތިބީތަ؟” ޒިހާން އެސުވާލު ކުރަނީ ޒިހާންގެ ނަން އަނޫޝާ ލައްވާ ބުނުވަން ކަން އެނގުނު ނަމަވެސް އަނޫޝާއަށް ބުނާކަށް ނުކެރުނެވެ.
“އާނ، އަހަރެން ހީކުރީ ކުޑަ ކުދިންނާ ކުރާ ކަހަލަ ސުވާލެއް ވީމަ އަނޫ ޖަވާބު ދޭނީވެސް ކުޑަ ކުދިން ޖަވާބު ދޭ ގޮތަށް ކަމަށް” ޒިހާން ހެވިފައި އިނދެ ބުންޏެވެ.
“ކޮބާ އެޖަވާބަކީ؟” އަނޫޝާ އެހިއެވެ.
“ކުޑަ ކުދިން ފުރަތަމަވެސް ބުނާނެ އެންމެ ލޯބި ވަނީ މަންމައާ ބައްޕަ ދެކެއޭ…” ޒިހާން ބުނެލިއެވެ.
ޒިހާން އެހެން ބުނުމާއެކު އަނޫޝާގެ ލޯ ފެންކަޅި ވެގެން ދިޔައެވެ. ރޮވުނެވެ.
ޝަރީފާގެ ފަރާތުން އަބަދު އަބަދު އަޑު އިވޭ ނަފްރަތުގެ ބަސްތަކާ، ޝަމްހާގެ ފަރާތުން އަމާޒުވާ ނަފްރަތުގެ ބެލުންތަކުން އަނޫޝާ އަބަދު ހުންނަނީ ދެރަވެ ރޮވިފައެވެ. އެއްވެސް މީހެއް ގާތު އެކަމާ ޝަކުވާ ނުކުރި ނަމަވެސް ކޮންމެ ދުވަހަކު އެތައް ފަހަރަކު އަނޫޝާ އެކަނި ހުރެ ރޮއެވެ. އަނޫޝާގެ މަންމައާ ބައްޕަ ދުނިޔޭގައި ތިބިނަމަ އެއްވެސް މީހެއްގެ ރުޅިވެރި ބަސްތަކާ ނަފްރަތު އަނޫޝާއަށް އަމާޒު ވާކަށް ނުޖެހުނީހެވެ. މީހުންގެ އެފަދަ އަމަލުތަކުން މަންމައާ ބައްޕަ އަނޫޝާ ހިމާޔަތް ކޮށްދިނީހެވެ. ނަމަވެސް މިއަދު އެމީހުންނެއް ނެތެވެ.
އެމީހުންގެ ހަދާންކޮށް އަނޫޝާއަށް ރޮވެނީ މަންމައާ ބައްޕަ ވަކި ވުމުގެ ހިތާމަ އަދިވެސް ހިތުން ނުފިލާތީއެވެ. އެމީހުންގެ ލޯތްބާ އަޅާލުން އަދިވެސް ބޭނުން ވާތީއެވެ. މަންމަގެ ލޯބި ފިރުމުންތަކާ ބައްޕަގެ ހިމާޔަތަށް އަދިވެސް އެދެވެތީއެވެ.
ޒިހާންވެސް އެހެން ބުނެލުމުން އަނޫޝާއަށް އެހާ ފަސޭހައިން ރޮވުނީ އެހެން ވެއެވެ.
“އަނޫ… ސޮރީ…” ޒިހާން ކަންބޮޑު ވެފައި ބުންޏެވެ. އަދި އަވަސް އަވަހަށް އަނޫޝާ ގެނެސް މޭގައި ޖައްސާލިއެވެ.
އިރުކޮޅެއް ފަހުން އަނޫޝާ ލޯ ފޮހެލާފައި ދުރަށް ޖެހިލިއެވެ.
“އަސްލު އެންމެ ލޯބި ވަނީ މަންމައާ ބައްޕަ ދެކެއޭ، އެކަމަކު މިހާރު އެމީހުންނެއް ނެތެއްނު؟ ވަރަށް ހިތަށް އަރާ އެމީހުން ތިބި ނަމައޭ… އެހެން ނަމަ އެކަކުވެސް އަހަރެން ދެކެ ރުޅިއެއް ނާންނާނެ، އަހަރެން ދެކެވެސް ލޯބިވާނެ ބަޔަކު ތިބޭނެ… އެކަމަކު…”
“ޝްޝްޝް…” ޒިހާން އަނޫޝާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އަދި އަނެއްކާވެސް އަނޫޝާ ގައިގައި ބައްދާލިއެވެ.
“އަހަރެން ހީކުރީ އަނޫ ލޯބިވާ އެހެން މީހަކުވެސް ހުންނާނެ ކަމަށް” އަނޫޝާގެ ބޮލުގައި ފިރުމަމުން ޒިހާން ބުންޏެވެ.
“ކާކު؟” ޒިހާން އެބުނަނީ ޒިހާންގެ ވާހަކަ ކަން އެނގުނު ނަމަވެސް އަނޫޝާ ނޭނގޭ ކަމަށް ހެދިއެވެ.
“ނޭނގެ ދެން، ކޮންމެސް މީހަކު ހަމަ ހުރެދާނެއެއްނު؟” ޒިހާންވެސް އަނޫޝާ ތަޅުވާލަން ބޭނުން ވިއެވެ.
“އާނ، ހުރެވެސް ދާނެދޯ؟” އަނޫޝާ ބުންޏެވެ.
“އަނޫއަށް ޔަގީނެއް ނޫންތަ؟” އަނޫޝާއަށް ބަލާލާފައި ޒިހާން ބުންޏެވެ.
“އެބަ ހުއްޓޭ…” އިސް ޖަހާލަމުން އަނޫޝާ ބުނެލިއެވެ.
“ކާކު؟” ޒިހާން އަނޫޝާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލަމުން އެހިއެވެ.
“ދެން ކޮންމެސް މީހެއް…؟” އަނޫޝާ ޒިހާންގެ މޫނަށް ބަލާލިއެވެ.
ޒިހާން އަނޫޝާގެ މޫނުގަ ދެއަތުން ހިފާލިއެވެ.
“ކޮންތާކު އުޅޭ މީހެއް؟” ޒިހާން އަނޫޝާއާ ކައިރި ވެލަމުން ވައިއަޑުން އަހާލިއެވެ.
އަނޫޝާ ޖަވާބެއް ނުދީ ލޯމަރާލިއެވެ.
“ވެދާނެދޯ އެއީ އަހަރެން ކަމަށްވެސް؟” ޒިހާން އަހާލިއެވެ. ނަމަވެސް އަނޫޝާއަށް ޖަވާބު ދޭނެ ފުރުސަތެއް ނުދިނެވެ.
“އަހަރެން އަނޫ ދެކެ ލޯބި ވާވަރަށް އަނޫވެސް އަހަރެން ދެކެ ލޯބިވޭތަ؟” ޒިހާން އަހާލީ އިރުކޮޅެއް ފަހުންނެވެ.
“ޒިހާން ލޯބިވަނީ ކިހާ ވަރަކަށްތަ؟” އަނޫޝާ އަހާލީ ލަދުން އިނދެއެވެ.
“ވަރަށް ބޮޑަށް، އަނޫއަށް ޓަކާ ކޮންމެ ކަމެއްވެސް ކުރަން ކެރޭ ވަރަށް” ޒިހާން ޖެހިލުމެއް ނެތި ޖަވާބު ދިނެވެ.
“އެހެން ވިއްޔާ އެއްވަރެއް ކަންނޭނގެ…” އަނޫޝާ ބުންޏެވެ.
“އަނޫ، އަހަރެން ވާހަކައެއް ދައްކަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ، އެކަމަކު ޗާންސެއް ނުލިބޭތީ…” އަނޫޝާ ދިން ޖަވާބާ މެދު ހިތްހަމަ ޖެހުމުން އަނޫޝާގެ އަތުގައި ހިފާލަމުން ޒިހާން ބުންނެވެ.
“ކޮން ވާހަކައެއް؟” އަނޫޝާ އަހާލިއެވެ.
“އަހަރެން ބޭނުމީ—” ޒިހާންއަށް އިތުރު އެއްޗެއް ނުބުނެވެނީސް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދެމިހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. ޒިހާން ހިތްހަމަ ނުޖެހި ހުރެއެވެ. އަނޫޝާ ހާސްވެފައެވެ.
އަނޫޝާއަށް ތެދު ނުވެވިގެން އުޅެނިކޮށް ދޮރު ހުޅުވާލާފައި ޝަމްހާ އެތެރެއަށް ވަނެވެ.
އަނޫޝާގެ ކޮޓަރި ތެރޭން ޒިހާން ފެނުމާއެކު އަލިފާނުގެ ނަޒަރަކުން ޝަމްހާ އަނޫޝާއަށް ބަލާލިއެވެ.
“މަންމަ އެބަ ގޮވާ” ހަމަ އެކަނި އެހެން ބުނެލާފައި ޝަމްހާ ނިކުމެ ކޮޓަރީގެ ދޮރު ބާރަކަށް ޖަހާފައި ދިޔައެވެ.
އަނޫޝާ ޒިހާންއަށް ބަލާލިއެވެ.
“އެބަ އަންނަން…” އަނޫޝާ ޒިހާންއަށް ބުންޏެވެ.
“އަނޫއަށް ދެން އާދެވޭނެތަ؟” ހިތްހަމަ ނުޖެހިފައި ޒިހާން އަހާލިއެވެ.
ޒިހާން ހިތްހަމަ ނުޖެހުނުކަން އެނގުމުން އަނޫޝާއަށް ދާކަށް ނުކެރުނެވެ.
“އަނޫ ދޭ އިހަށް… އަހަރެން މަޑުކޮށްލާނަން” ހަމަޖެހިލާފައި ޒިހާން ހީލާފައި އަނޫޝާގެ އަތަށް ފިތާލިއެވެ.
އަނޫޝާ ތިރިއަށް ފޭބި އިރު މިޒްނާމެންގޭ މީހުން ސިޓިންގރޫމްގައި ތިއްބެވެ. ޝަރީފާއާ ޝައުފާއާ ޝަމްހާ އަދި ޝިޔާޒްވެސް އިނެވެ. މިޒްނާގެ މަންމަ ނަސީރާ ކައިރީގައި އަނޫޝާ ދުވަހަކުވެސް ނުދެކޭ ފިރިހެނަކު އިނެވެ. ކުރިން ފެނިފައި ނުވި ނަމަވެސް އެއީ މިޒްނާގެ ދޮންބެ މިޝާލް ކަން އަނޫޝާއަށް އެނގުނެވެ.
“މީ އަނޫޝާ، ލަތީފުގެ ކޮއްކޮގެ ދަރިއެއް މީ” ޝަރީފާ ނަސީރާމެންނަށް އަނޫޝާ ތަޢާރަފް ކޮށްދިނެވެ.
ނަސީރާ އަނޫޝާއަށް ބަލާލާފައި ހީލިއެވެ.
“އަނޫ…” މިޒްނާ އަނޫޝާއަށް ގޮވާލާފައި ޖެހިގެން ހުރި ގޮނޑީގައި އަތް ޖައްސާލިއެވެ. އަނޫޝާ ގޮސް މިޒްނާ ކައިރީގައި އިށީނެވެ. އަދި މިޒްނާގެ އުނގުގަ އިން މިޒްނާގެ ތުއްތަ މިލްނާގެ ދަރިފުޅު ލަޔާލްގެ ކޮލުގައި ހިފާލިއެވެ.
“ލަޔާލްގެ މަންމި ނާދޭތަ؟ ދޮންތަވެސް ނާދޭ، އެމީހުން ކޮބާ؟” އަނޫޝާ އަހާލިއެވެ.
“އާނ، ނާދޭ. ތުއްތަ ވީ ދޮންތައާ އެކީ ހޮސްޕިޓަލުގަ… އެނގޭތަ؟ ދޮންތަ ޕްރެގްއޭ” މިޒްނާ އެހެން ބުނި އިރު އޭނަ އުފާ ވެފައި އިން ވަރު އަނޫޝާއަށްވެސް އިހުސާސް ކުރެވުނެވެ. ވާނިވެސް އެހެންތާއެވެ. ކައިވެނި ކޮށްގެން ހައަހަރު ވީއިރުވެސް މަޒްނާއަށާ މައުރޫފްއަށް އަދި ކުއްޖަކު ނުލިބެއެވެ. އެހާ ދުވަސްކޮށްފައި އެފަދަ ޚަބަރެއް ލިބުމުން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.
“އަސްލުތަ؟ ކޮން އިރަކު؟” އަނޫޝާވެސް އުފަލުން އިނދެ އަހާލިއެވެ.
“ހީވަނީ އަދި މަންތެއްހެން ވީ klicken sie auf diesen link… އިއްޔެ އެނގުނީ” މިޒްނާ ބުންޏެވެ.
“ދޮންތަގެ ހަބީއަށް އެނގިއްޖެތަ؟” އަނޫޝާ އެހެން އަހާލީ މައުރޫފް ރާއްޖޭގައި ނެތްކަން އެނގޭތީއެވެ.
“އާނ، އިއްޔެ ދޮންތަ ބުނެފި… ދޮންތަބޭ އަންނާނެ މާދަން” މިޒްނާ ޖަވާބު ދިނެވެ.
އަނޫޝާއަށް ކުރިމަތީ އިން މިޝާލްއަށް ބަލާލެވުނެވެ. އޭރު މިޝާލް އިނީ އެސްފިޔަވެސް ޖަހާނުލާ އަނޫޝާއާ ދިމާއަށް ބަލާށެވެ. އެބެލުން އަނޫޝާއަކަށް ކަމަކު ނުދިޔައެވެ. ނަމަވެސް އަނޫޝާ މިޝާލްއަށް ހިނިތުން ވެލާފައި އަނެއްކާވެސް މިޒްނާއާ ދިމާއަށް އެނބުރުނެވެ.
ގިނަ އިރެއް ނުވެ ޝައުފާއާ އެކީ އަނޫޝާ ދިޔައީ ކާން ތައްޔާރު ކުރާށެވެ.
“އަނޫ، ޒިހާން ކޮބާ؟” ބަދިގެއަށް ވަން ގޮތަށް ޝައުފާ އަހާލިއެވެ.
“ކޮޓަރީގަ އެބައިން” އަނޫޝާ ޖަވާބު ދިނެވެ.
“އަނޫ ދޭ މައްޗަށް، ދޮންތަ ކާން ހަދާލަފާނަން” ކަބަޑުން ތަށިތައް ނަގަން ހުރި އަނޫޝާގެ އަތުގައި ހިފާ ހުއްޓުވަމުން ޝައުފާ ބުންޏެވެ.
އަނޫޝާ އެއްޗެއް ނުބުނެ ހުއްޓެވެ.
“ދޭބަލަ! ދޮންތަ ކޮށްލަފާނަމޭ…” ޝައުފާ އަނެއްކާވެސް ބުންޏެވެ.
“އުނދަގުލެއް ނުވާނެތަ؟” އަނޫޝާ އަހާލިއެވެ.
“ނުވާނެޔޭ… މީ އެވަރުގެ ކަމެއްތަ ދެން އުނދަގޫ ވާން؟ އަނޫ ދޭބަލަ…” ޝައުފާ ހީލަމުން އަނޫޝާގެ އަތުގައި ހިފާ ބަދިގޭން ނެރުނެވެ.
އަނޫޝާ ބަދިގޭން ނިކުމެގެން ގޮސް ސިޓިންގރޫމް މެދާ ހަމައަށް ދެވުނު ތަނާ ޝަރީފާ ގޮވާލިއެވެ.
“ދޭބަލަ ކާމޭޒު ތައްޔާރު ކުރަން ޝައުއަށް އެހީވާން. މިގަޑީގަ ކޮންތާކަށްތަ ދާން ތިއުޅެނީ؟” ޝަރީފާ އެހެން ބުނެލީ އަނޫޝާ މައްޗަށް ދާން އުޅެނީ ޒިހާން މަތީގައި ވީމަކަން އެނގިގެންނެވެ.
އަނޫޝާ އެއްވެސް އެއްޗެއް ނުބުނެ އަނެއްކާވެސް ގޮސް ބަދިގެއަށް ވަނެވެ.
“މަންމަވެސް ދޯ!” އަނޫޝާ ފެނުމުން ޝައުފާ ބުނެލިއެވެ. ޝަރީފާގެ އަޑު ބަދިގޭގައި ހުރި ޝައުފާއަށްވެސް އިވުނެވެ.
“މަންމަ ކިހިނެއް ވެގެންތަ އެއުޅެނީ؟” ޝަރީފާ ދެވަނަ ފަހަރަށް އަނޫޝާ ބަދިގެއަށް ފޮނުވާލުމުން ޝިޔާޒްއަށް މަޑުމަޑުން އަހާލެވުނެވެ.
“ކިހިނެއްވީ؟” ޝިޔާޒް ކައިރީގައި އިން މިޒްނާ އަހާލިއެވެ.
“އަނޫ މައްޗަށް ދާން އުޅުނީމަ އަނެއްކާވެސް އެފޮނުވާލީނުން ބަދިގެއަށް… މަންމައަށް އެނގޭނެ ޒިހާން މަތީގަ ހުރިކަން، އެހެންވެ އެއުޅެނީ” ޝިޔާޒް ބުންޏެވެ.
“އަދިވެސް އެކަންތައް ހަމަ އެހެން ދޯ؟” މިޒްނާ އަހާލިއެވެ. ޝިޔާޒް ގާތު ޝަރީފާ ދެއްކި ވާހަކަ ޝިޔާޒް ހިއްސާ ކޮށްފަ ވަނީ ހަމައެކަނި މިޒްނާއާ އެވެ. ޝިޔާޒް އެހެން ބުނުމުން މިޒްނާއަށް ވިސްނުނީ އެހެން ވެގެންނެވެ.
“ޔަގީނޭ ދެންމެ ޝަމްކޮ މައްޗަށް ދިޔައިރު ޒިހާން އަނޫއާ ވާހަކަ ދައްކަން އިންދާ ފެނުނީމަ އެވާހަކަ މަންމަ ކައިރީގަ ބުނާނެ ކަން… ކިހިނެއްތަ އަހަރެން މިކަން ހައްލު ކުރާނީ ދެން؟” ޝިޔާޒް އަހާލިއެވެ.
“ޝަމްކޮއަށް ވިސްނައިދީބަލަ!” މިޒްނާ ބުންޏެވެ.
“އޭނައަށް ވިސްނައިދޭން ޖެހޭނީ މަންމައެއްނު؟ އެކަމަކު މަންމަ އެހުންނަނީ އަނޫއާ ދެކޮޅަށް ހިފާލާފަ، ޝަމްކޮއަށް ސަޕޯޓް ދީގެން… ބޯހަލާކު!” ޝިޔާޒް ބޮލުގައި އަތް ހާކާލަމުން ބުނެލިއެވެ.
ކާން ތައްޔާރުކޮށް ނިމުމުން ނަސީރާއާ މިޝާލްއާ މިޒްނާއާ ލަޔާލް ކާން އެރިއެވެ. އެންމެން ކައި ނިމުމުން ޕިރިނީ ތަށި މޭޒު މަތީ ބަހައްޓާފައި އަނޫޝާ ބަދިގެއަށް ދިޔައީ ސިންކުގައި ހުރި ތަށިތައް ދޮންނާށެވެ. އަނޫޝާއާ އެކީ ޝައުފާ ދާން އުޅުމުން ޝަރީފާ އެކަން ހުއްޓުވީ މިޒްނާމެން ކައިރީ މަޑުކޮށްލުމަށް ޝައުފާ ގާތު ބުނަމުންނެވެ.
އަނޫޝާ ދިޔުމުން ފޮނި އެއްޗެއް ކެއުމަށް އިންކާރު ކުރަމުން މިޝާލް ތެދުވެގެން އަނޫޝާގެ ފަހަތުން ދިޔައީ އަތް ދޮވެލާށޭ ބުނެފައެވެ. ބަދިގޭ ދޮރުމަތީ އަނޫޝާއަށް ދިމާއަށް ބަލަން މިޝާލް ހުއްޓެވެ.
އެދުވަހު ފުރަތަމަ ފަހަރަށް މިޝާލްއަށް އަނޫޝާ ފެނުނު ވަގުތުން ފެށިގެން މިޝާލްއަށް އަނޫޝާ ވަރަށް ކަމުދިޔައެވެ. މިޝާލް ބޭނުންވީ އޭނަގެ ހަޔާތުގައި ހަފްތާއަކުން ހަފްތާއަކުން ކަހަލަ ގޮތަކަށް އަންނަމުން ބަދަލުވަމުން ދިޔަ އަންހެން ކުދިންގެ ލިސްޓްގައި އަނޫޝާވެސް ހިމަނާށެވެ. އެކުދިންނެކޭ އަނޫޝާއެކޭ މިޝާލްއަށް އެއްވެސް ތަފާތެއް ނެތެވެ. އަނޫޝާއާ މެދު މިޝާލްގެ ހިތުގައި ވަކި ހާއްސަ ޖަޒުބާތެއްވެސް ނެތެވެ. ހަމައެކަނި ތަފާތަކަށް މިޝާލްއަށް ފާހަގަވީ ކަމަކީ އެހެން އަންހެން ކުދިންނާ ޚިލާފަށް މިޝާލްއާ މެދު އަނޫޝާ އެއްވެސް ޝައުގުވެރިކަމެއް ފާޅު ނުކުރި ކަމެވެ.
މިޝާލްއަކީ ރީތި މީހެކެވެ https://erektilemed.de/. ނަމަވެސް މިޝާލްގެ ގޮތް އެނގޭ ރަނގަޅު އަންހެން ކުއްޖަކު މިޝާލްއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވާނެއެވެ. މިޝާލްގެ ފަހަތުން އުޅެނީ އޭނަ ފަދައިން އުޅޭ އަންހެން ކުދިންނެވެ. އަނޫޝާ ފަދަ އަންހެން ކުއްޖަކު މިޝާލްއާ ގުޅެން ބޭނުން ނުވާނެކަން އެއީ މިޝާލްއަށް ވިސްނިފައި ނުވާ ކަމެކެވެ #. އަދި އޭނަ ގަބޫލު ކުރަންވެސް ބޭނުން ނުވާނެ ކަމެކެވެ.
ތަށިތައް ދޮންނަން ހުރެފައި އަނޫޝާ ދޮރާ ދިމާއަށް ބަލާލީ މީހަކު ކަރުކެހިލި އަޑަށެވެ.
“ކަމަކުތަ؟” ދޮރުކަނީގައި ލެނގިލައިގެން ހުރި މިޝާލް ފެނުމުން އަނޫޝާ އަހާލިއެވެ.
“އަތް ދޮވެލަން ވެގެން” މިޝާލް ބުންނެވެ.
“އާދޭ…” ސިންކު ތެރޭ ހުރި ތަށިތައް ނަގާ ސިންކާ ދުރަށް ޖެހިލަމުން އަނޫޝާ މިޝާލްއަށް ގޮވާލިއެވެ.
މިޝާލް އައިސް އަތް ދޮވެލިއެވެ. އަނޫޝާ މިޝާލް އަތް ހިއްކަން ޓިޝޫތަކެއް ދިއްކޮށްލިއެވެ. މިޝާލް ޓިޝޫގައި ހިފީ އަނޫޝާގެ އަތާ އެކީގައެވެ. މިޝާލްގެ އަތުތެރޭން އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން އަނޫޝާއަށް މިޝާލްއާ ދިމާއަށް ބަލާލެވުނެވެ.
“އަހަންނަށް އަނޫ ވަރަށް ރީތި، ވަރަށް ކަމުދޭ” މިޝާލް ބުންޏެވެ. އަނޫޝާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
“އަނޫ ހުސްތަ؟” މިޝާލް އެހިއެވެ.
މިޝާލް ދައްކާ ވާހަކަ އަނޫޝާއަކަށް ކަމަކު ނުދިޔައެވެ.
“އަތުން ދޫކުރޭ!” އަނޫޝާ ބުންޏެވެ.
“އިހަށް ޖަވާބު ދީބަލަ، އަނޫ ހުސްތަ؟ ހުސް ނޫނަސް އެންމެ ރަނގަޅޭ…” މިޝާލް އަނޫޝާގެ އަތުން ދޫކުރާ ހިޔާލެއް ނުކުރެއެވެ. އަދި އަނޫޝާއާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.
ނުނިމޭ
6 Comments!
Comments are closed.
yea enme furathama myf dhww!! Anyways.. Whoaa!! nice stry girl maasha !! ur talent is awsome .. Insha Allah u’ll become a really grt writer!! keep smillin n writinn n makin others smyll good luck dear11 avaha up koalaccheyy like the way u re doinn!! 🙂 🙂 🙂 😀 😀 😀
Vvvvv reethi next part avahah up kohdahchay
vvv nice, me second
Vrh riiiiiiiiiiiiiiithi…..waiting for nxt prt
V v rythi…I luv u storyx. ….. anu ah anehka ehen kamakaa kurimathilaan jehunydhw ….ehen nuhadhabala alhe
Thnx all esp myf for the encouraging words.. i wish the same for u n all writers like me who r trying to make a name in this area.. thnx again