Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 16

Ushaali Level 810 Stories100 Comments100 Stories500 Comments
March 24, 2016 7 Mins Read
15 Comments

ސަބަބަކީ އެގޮތަށް އެކަން ވާނޭކަން ކުރިން ވެސް ލަތާއަށް އެނގޭ ކަހަލައެވެ. “ކައިވެންޏަށް ފަހު އަޅުގަނޑު ޝިޔާރާ ގޮވައިގެން ފުރާނަން. އެއީ ވާހަކަދެއްކޭތޯ ކުޑަ ބޭސްފަރުވާއެއް ކުރަން” ހުރިހާ ވާހަކައެއް ތެދަށް ޒޯހަން ކިޔާ ދެމުންދާތީ ލަތާ އިނީ ހިތްހަމަޖެހިފައެވެ.

“ދަރިފުޅާ. ޝިޔާރާ ކުރީގެ ފިރިމީހާ….” ލަތާ ބުނަން އުޅުނު އެއްޗެއް ޒޯހަންއަށް ވިސްނުނީ ކަންނޭނގެއެވެ. ޒޯހަން އަށް އެނގިިފައިވާ މިންވަރަކަށް ޝިޔާރާގެ ހުރިހާ ހަގީގަތެއް ލަތާއަށް އޮޅުންފިލުވަދިނެވެ. ޝިޔާރާގެ ލޯބި ހޯދުމަށް ޒޯހަން ކުރަން ޖެހުނު މަސައްކަތެވެ. ލަތާގެ ހިތް ހަމްދަރުދީން ފުރި އިސާހިތަކު ރޮވުނެވެ. ދެފަހަރަކު ނޭފަތް އެތެރަށް ދަމާލުމަށްފަހު ދެއަތުން ދެލޯ ފޮހެލިއެވެ. “މަންމަ އަށް އެނގޭ ޝިޔާރާއަކީ ކޮންކަހަލަ އަންހެން ކުއްޖެއްކަން. މިބުނީ އެމަންޖެގެ ހިތްހެޔޮކަމާއި މާތްކަން އޯގާތެރިކަން އެ މައުސޫމު މޫނުމަތިން އަބަދުވެސް ފެންނަން ހުރޭ. މިގޭގައި މަންމައާއި އެކު ހޭދަ ކުރި މަދު ދުވަސްތަކު އެމަންޖެ ވަނީ މަންމަގެ ހިތުން ޖާގަ ހޯދާފައި. ދަރިފުޅު ލޯބިވާ މީހާގެ ގޮތުގައި އެދުވަހު ޝިޔާރާގެ ނަން ބުނުމުން މަންމަ ވެސް ފަސްޖެހުނު ދަރިފުޅާއި ޝިޔާރާ ގުޅުވަން. އެއީ ޝިޔާރާއަކީ މިގޭ ނޯކަރަކަށް އުޅެފައިވާ ނުވަތަ އާއިލާއެއް ނެތް ނިކަމެއްޗަކަށް ވީމައެއް ނޫން. އެއީ މީހެއްގެ އަންބަކަށް ވާތީ. އެކަމަކު ދެންމެ ދަރިފުޅު ތިކިޔާ ދިން ވާހަކަތަކުން މަންމަގެ ހިތުގެ އެބައި ވެސް ވަރަށް ސާފުވެއްޖެ. ދަރިފުޅު ޝިޔާރާއާއި ގުޅެން މަންމަ ރުހި ގަބޫލު. އެކަމަކު ކައިވެންޏަށް ފަހު ޝިޔާރާ ހުންނާނީ މިގޭގަ. ދަރިފުޅުގެ އެޕާރޓްމަންޓްގަ. ނިއާ ބަހައްޓާނީ މަންމަ ބައިގަ. މިކޮޓަރީގަ. ބައްޕައާއި ވާހަކަދެއްކޭތޯ މަންމަ މަސައްކަތްކުރާނަން” ޒޯހަންއަށް ލިބުނު އުފަލަކުން ލަތާގެ އުނގުގައި ބޯއަޅާލިއެވެ. ލޯބިވާ ފިރިހެން ދަރިފުޅުގެ އިސްތަށިގަނޑުގައި ލަތާ އަތް ހާކާލީ ލޯބިންނެވެ. އެގޮތުގައި ޒޯހަންއަށް ނިދެން ދެން ލަތާ މަޑުކޮށްލައިގެން އިނުމަށްފަހު މަޑުމަޑުން ޒޯހަންގެ ބޯނަގާ ބާލީސްމަތީގައި ބޭއްވުމަށްފަހު ފަޔަށް ލައްވާފައި އޮތް އިސްޓާކީނު ވެސް ނަގާ ބޫޓާއި އެކު ހަރަށް ލިއެވެ. އެއަށްފަހު ގައިމަތީ ކުއިލްޓް އަޅާލުމަށްފަހު އެނބުރި ދިޔައީ ޒޯހަންގެ ނިއްކުރީގައި ބޮސް ދީފައެވެ.

 

ޖަސްޓިސް ބިލްޑިންގް ކުރިމަތިގައި ހުއްޓިގެން ހުރި ޒޯހަން ކެއްތެރިކަމެއް ނެތި އިންތިޒާރު އެކުރަނީ ވާން އުޅޭ އަނބިމީހާއަށެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ދެކޮޅަށް ހިންގަން ފެށިތަނާ ދޮރުމައްޗަށް ކާރެއް މަޑުކޮށްލިތަން ފެނުނެވެ. ކާރުން އެންމެ ފުރަތަމަ ހާލާ ފޭބިއެވެ. ހާލާގެ އަތުގައި ހިފާލައިގެން އެފޭބި އަންހެންކުއްޖާ ފެނި ޒޯހަންގެ ކަކުލުން ވާގި ދޫވާން އުޅޭހެން ހީވިއެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަކަމޭ އެވަގުތު ވެސް ހިތަށް އެރިއެވެ. އިސް އުފުލާ ޝިޔާރާ ޒޯހަންއަށް ބަލާލުމާއެކު ޒޯހަންގެ ހިނިތުންވުން ކޮންމެސް ވަރަކަށް ފަނޑުވީ ކުރިމަތިން ފެންނަން ހުރި ޝިޔާރާގެ ސޫރަ ޝިފްނީއާއި އެއްގޮތްވީމައެވެ. ފިޔާތޮށި ކުލައިގެ ދިގު މެކްސީ ޝިޔާރާގެ ދޮން ހަށިގަނޑަށް ހިފާލާފައި ވަރަށް ވެސް ރީއްޗެވެ. ހެދުމުގެ ބައެއް ފަހަތަށް ބިންމަތީގައި ވެސް އޮތެވެ. މެދުހަށީގައި އަޅާފައި އޮތް ބެލްޓުން އެހަށިގަނޑު ކުރިއަށް ވުރެ ވެސް ހިކި ކަމަށް ދައްކައެވެ. އަޅައިގެން ހުރި ޝޯލް ވެސް ހެދުމާއި އެކު ޖަރީ ކޮށްލާފައި ވަނީ އެހާމެ ހިތްގައިމު ކޮށެވެ. ޝިޔާރާ ބުރުގާ އަޅާފާނެކަން ޒޯހަން އަށް ކުރިން އެނގިފައެއް ނެތެވެ. ޒޯހަންގެ ބެލުންތަކުން ލަދުން ހީލި ޝިޔާރާގެ ކޮލުގެ ދެފަރާތަށް އެޅުނު އަޑިކޮޅުން ކުރިއަށް ވުރެ ވެސް ބޮޑަށް އެމޫނު މަތިން ޝިފްނީގެ މޫނު ޒޯހަންއަށް ސިފަވިއެވެ. ކުރިއަށް ޖެހިލާ އިސްޖަހާލައިގެން ހުރި ޝިޔާރާ އާއި ދީމާލަށް ޒޯހަން އެއް އަތް ދިއްކޮށްލީ އެއަތުގައި ހިފާލާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ކަނާތުން ހެދުމުގެ ފަސްބައިގާ ހިފާލައިގެން ހުރެ އަނެއް އަތުން ޒޯހަންގެ އަތް ތިލައިގެ ތެރެއަށް ޝިޔާރާގެ ހިމަ އިނގިލިތައް މަހާލައިގެން ކުރިއަށް ދިޔައިރު ފަހަތުގައި ހުރި ހާލާ އާއި ޝަޒަން ވެސް ތިބީ އުފަލުން ފޮޅިފައެވެ. އެހިސާބުން ހިނގާފައިދާ މީހުން ވެސް ތިބީ އެޖޯޑަށް ތައުރީފް ކުރުމުގައެވެ. ގާޒީ ކައިވެނީގެ ހުތުބާ ލައިދޭން ފެށުމާއެކު ިޝިޔާރާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އަތްފައި ފިނިވެ ދާހިއްލަން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުން ޒޯހަންގެ އަތުގައި ހިފާލިއެވެ. ޝިޔާރާގެ ފިނިފިނި އަތްތިލަ ޖެހުމުން ޒޯހަން ސިއްސައިގެންދިޔަ ނަމަވެސް ގާޒީ ކިޔަމުން ދިޔަ ހުތުބާ އަށް ސަމާލުވިއެވެ. “އަނބި ގަބޫލުކޮށްފިން” ޝިޔާރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެހިސާބުންނެވެ. އަލްހަމްދުލިއްލާހި ޝުކުރު ހިތާހިތުން ކިޔާލުމަށްފަހު މޫނުގައި ދެއަތް އަޅާ ރޯންފެށުނެވެ. ވާނީވެސް އެހެންނެވެ. ޝިޔާރާގެ ހަޔާތަށް އަތުވެދާނެ ކަމަށް ދުވަހަކު ވެސް އުއްމީދު ނުކުރާ ލޯބިވެރިޔާ މިއަދު ފިރިއަކަށްވީއެވެ. އެވެސް ޝިޔާރާ ދެކެ އިންތިހާއަށް ލޯބިވާ ފިރިއަކަށެވެ. ޒޯހަން ޝިޔާރާގެ މޫނުމަތިން އަތް ނައްޓުވާލުމަށްފަހު ދެލޯ ފޮހެލަދިނީ ވަރަށް ލޯބިންނެވެ. ޝިޔާރާ ގެނެސް މޭގައި ޖައްސާލީ ކައިރީގައި ތިބި މީހުންނަށް ބަލާލުމެއް ނެތިއެވެ. ޒޯހަންގެ އަތުގައި ހިފާލައިގެން ބޭރަށް ނިކުތް ޝިޔާރާ އިސްޖަހާލަން މަޖުބުރުވީ ކުރިމަތީގައި ހުރި ލަތާ ފެނުމުންނެވެ. ޒޯހަންގެ އަތްތިލަ ތެރެއިން ޝިޔާރާގެ އަތް ނެރެލެވުނެވެ. ފަަހަތުގައި ތިބި ޝަޒަންއާއި ހާލާ ވެސް ތިބީ ބިރުން ވިރިވިރިއެވެ. ޒޯހަން ޝިޔާރާގެ އަތުގައި ބާރަށް ހިފާލުމަށްފަހު ލަތާ ކައިރިއަށް ޖެހިލިއެވެ. “މާޝާﷲ…..މަންމަ ހިއެއް ވެސް ނުކުރަން މަންމަގެ ޒޯންގެ އަންހެނުންނަކީ މިހާ ލޯބި ކުއްޖެއްކަމަށް” އިސްޖަހާލައިގެން ހުރި ޝިޔާރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ލަތާ ބުނެލިއެވެ. ޝިޔާރާ އިސް އުފުލާ ލަތާއަށް ބަލާލިއެވެ. ލަތާ ހީލުމުން ޝިޔާރާ ވެސް ގަދަކަމުން ހީލިއެވެ. “މަންމަގެ ޒޯންގެ ހަޔާތަށް އައިސްދިނީތީ ދަރިފުޅަށް ޝުކުރުވެރިވަން. ތިކަހަލަ ކެތްތެރި ، ކިޔަމަންތެރި ކުއްޖެއް އަދި ނުދެކެން. މަންމަގެ ހިތުން ދަރިފުޅު ޖާގަހޯދީ މިއަދުއެއް ނޫން. މާކުރިން. ތިދެކުދިންގެ ކައިވެނީގައި ބަރަކާތްލައްވާށި” ލަތާއަށް ރޮވުމުން ޒޯހަން ކައިރިވެލާ ކޮނޑުގައި ހިފާލިއެވެ. “މަންމަ ކީއްކުރަން ތިއައީ. މަންމަ ކައިރިއަށް އަޅުގަނޑު ދާންހުރީ ޝިޔާ ގޮވައިގެން. މިރޭ ފަތިހު އަޅުގަނޑުމެން ފުރާނަން” ޒޯހަން ބުނެލިއެވެ. “މަންމަގެ ލޯބިވާ ދަރިފުޅު އަލަށް މީހަކާ އިންނަ އިރު މަންމަ ނެތުން އެއީ ވާނެކަމެއް ނޫން. މަންމަ މިއައީ ޝިޔާއަށް ހަދިޔާއެއް ހިފައިގެން” އަތް ދަބަސް ތެރެއަށް އަތްލާ ނެގި ކުޑަފޮށި ހުޅުވާލުމަށްފަހު ދަބަސް ދިއްކޮށްލީ ޒޯހަންގެ އަތަށެވެ. އެއަށްފަހު ޝިޔާރާގެ ދެއަތް ތިލައިގާ ރަން ދެކެވެލިގަނޑު އަޅުވާލިއެވެ. ޝިޔާރާގެ ފައި ދަށަށް ތިރިވެ ދެފައިގާ ވެސް ކެވެލި އެޅުވިއެވެ. އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ. ކަރުގައި ފަށް ނޭޅުވުނީ ބުރުގާ އަޅާފައި ހުރުމުގެ ސަބަބުންނެވެ. އެހެންކަމުން ޝިޔާރާގެ މުށުތެރެއަށް ފަށް ލުމަށްފަހު ގެއަށް ގޮސް އަޅާށޭ ބުނެލިއެވެ. ޝިޔާރާގެ ހަށިގަނޑުގައި ބައްދާލުމަށްފަހު ނިއްކުރީގައި ބޮސްދިނެވެ. ޝީޔާރާ ހުރީ އުފަލުން ގޮސް ހިތްހުއްޓޭވަރު ވެފައެވެ. މައެއްގެ ލޯތްބަށް ފެންބޮވައިގަނެފާވާ އިންސާނަކަށް ކެއްކުރެވުނީ ވަކި ހިސާބަކަށޭވެ. އެލޮލުން ވެއްޓުނު ކަރުނަތިކި ލަތާ ފޮހެލީ ނިކަން ލޯބިންނެވެ. ފަހަތުގައި ތިބި ހާލާއާއި ޝަޒަންއަށް ލަތާ ބަލާލުމާއެކު ދެމީހުން އެއްކޮށް އިސްތިރިކޮށްލީ ކުށްވެރިންތަކެއް ފަދައިންނެވެ. ޝަޒަންގެ ކަންފަތުގައި ލަތާ ހިފާލުމުން އަށްދޯތްއޭ ބުނެލިއެވެ.”އެއީ މިކަން ސިއްރު ކުރީމަ އަދަބު. ހިނގާ ގެއަށް ދާން ދެކުދިން. ޒޯންއާއި ޝިޔާ ވަކިން ކާރުގަ ދާން ދޫކޮށްލާ” ހާލާ އައިސް ޝިޔާރާގެ ގައިގާ ބައްދާލިއެވެ. “މިރޭ މުޅި ރަށަށް ބިންހެލުން އަންނަ ވަރު ނުކުރައްޗެ” ޒޯހަންގެ ކަންފަތްދަށުގައި ސިއްރުން ޝަޒަން ބުނެލި އެއްޗަކުން ހިނިގަނޑެއް ޖަހާލާފައި މުށްކަވާލި އަތުން ޖަހާލީ ޝަޒަންގެ ކޮނޑު މަސްގަނޑުގައެވެ. ލަތާ ފަހަތުން ޝަޒަން އަދި ހާލާ އެރުމާއެކު ޒޯހަން ވެސް ޝިޔާރާ ގޮވައިގެން ކާރުގައި ނައްޓާލިއެވެ.

 

ލަތާ އަމިއްލައަށް އިސް ނަގައިގެން ޒޯހަންގެ ބައި ފޮޅާ ސާފުކުރާތީ ނޫރީ ހީކުރަނީ ނިއާ އަށް މަރުހަބާ ކިޔުމުގެ ގޮތުން ތައްޔާރުވަނީ ކަމުގައެވެ. އެކަމާއި އުފަލުން ނޫރީ އިތުރު ސުވާލުތަކެއް ލަތާއާއި ނުކުރޭއެވެ. ނޫރީ ހީކުރަނީ ޒޯހަން ވިޔަފާރި ކަމަކު ބޭރަށް ފުރަން އުޅޭ ކަމަށެވެ. ރޭގަނޑުގެ ކެއުމުގައި އިނދެފައި ޔަޝްމީ ކުރި ސުވާލަށް ޖަވާބުދޭން ލަތާ ތައްޔާރުވެލިއެވެ. “ނިއާ އުޅޭނީ މިބައިގަ. ޒޯންގެ ރޫމުގަ. މަންމަ ބޭނުމީ ހުރިހާ ކުދިން އެކީގައި އުޅެން. ނިއާއަށް އަދި ޒޯންގެ މާބޮޑުކަމެއް ނުވެސް އެނގޭނެ. ދަސްކުރަންވެސް ވާނެއްނު” ނޫރީ ހައިރާންވެފައި ލަތާއަށް ބަލާލިއެވެ. “ދެން އެހެންވިއްޔާ ލަތާ ކީއްކުރަން ޒޯންގެ ބައި މާވަރަކަށް ފޮޅާ ސާފުކުރަނީ” ނޫރީ ސުވާލު ކުރިއެވެ. “އެއީ ޒޯން ކަމަކު ބޭނުންވެދާނެތީ” ނުރީގެ މޫނަށް ބަލާނުލާ އިނދެ ލަތާ ބުނެލިއެވެ. ނޫރީ ފަހުން އެއްވެސް ސުވާލެއް ނުކުރޭއެވެ.

 

ޝިޔާރާ ގޮވައިގެން ޒޯހަން މަޑުކުރީ މާލޭގެ ނަން މަޝްހޫރު ގެސްޓްހައުސް އެއްގައެވެ. އެރޫމް ވެސް ޒޯހަން ވަނީ ޝިޔާރާއަށް ހާއްސަކޮށް ވަރަށް ބޮޑަށް ޑެކަރޭޓް ކޮށްލާފައެވެ. ލެވެންޑަރ އުއްބައްތީގެ ހިތްގައިމު ވަހުން ޒޯހަންގެ ހިތުގައި ވަނީ މަސްތުކަމެއް އުފެދިފައެވެ. ޑްރެސިންގްޓޭބަލްގެ ލޯގަނޑު ކުރިމަތީގައި ހުރެގެން ބުރުގަލުގައި ޖަހާފައިވާ ޕިންތައް ނައްޓުވަން ހުރި ޝިޔާރާއަށް ބަލަހައްޓައިގެން ފަހަތުގައި ޒޯހަން ހުއްޓެވެ. ފަހަތުން ފެންނަން ހުރި ޝިޔާރާގެ ހަށިގަނޑުގެ ރީތި ބަށްޓަމަށް ހިތާހިތުން ތައުރީފް ކުރިއެވެ. ޒޯހަން ހިނިއައީ ޝަޒަން ބުނި ޖުމްލަ ހަނދާންވުމުންނެވެ. ޝިޔާރާ ކައިރިއަށް ޖެހިލާ ބުރުގަލުގައި ޖަހާފައިވާ ހުރިހާ ޕިންތަކެއް ޒޯހަން ނައްޓުވަމުން ދިޔައީ ލަސްލަހުން އެމޫނަށް ބަލަހައްޓައިގެން ހުރެއެވެ. ޝިޔާރާ ވެސް ހުރީ ޒޯހަންގެ ލޮލަށް ގެއްލިފައެވެ. ދުރުން ބަލާ މީހަކަށް ސިފަވާނީ ފިލްމެއްގެ މަންޒަރެވެ. ބުރުގާ ނަގާލުމާއެކު ފަހަތުން ދޫކޮށް އައްސާލާފައި އޮތް ޝިޔާރާގެ ދިގު އިސްތަށިގަނޑަށް މިނިވަންކަން ލިބިގެން ދިޔައެވެ. ފަހަތަށް ވެއްޓުނު ގޮތަށް ބައެއް އިސްތަށިތައް ޝިޔާރާގެ މޫނުގައާއި ފަހަތުން ނަށާތަން ފެނުމާއެކު ޒޯހަން އަށް ކެތެއް ނުކުރެވުނެވެ. ޝިޔާރާގެ ކޯތާފަތުގައި ކިސްކޮށްލިއެވެ. ލަދުގަނެފައި ހުރި ޝިޔާރާ އެނދުމަތީގައި އޮތް ނިދާ ހެދުން ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. ދހަ މިނިޓް ފަހުން ޝިޔާރާ ނިކުތުމުން ޒޯހަން ކުރީގައި ހުރެގެން ދެމަފިރިން އެކުގައި ނަމާދުކުރިއެވެ. ޒޯހަން ގޮސް އެނދުގައި އިށީނުމާއެކު ޝިޔާރާ ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އެހެންކަމުން ހިނގައިގަނެވުނީ ހުޅުވާލާފައި ހުރި ކުޑަދޮރާ ދިމާލަށެވެ. އުޑުމެދުގައި ހުރި ހަނދަށް ބަލަހައްޓައިގެން ޝިޔާރާ ހުރީ މޭގައި ދެއަތް ހުރަސްކޮށްލައިގެންނެވެ. ބޭރުން ޖެހެމުންދާ ފިނިފިނި ވައިރޯޅިތަކުން ޝިޔާރާގެ ހަށިގަނޑުގައި ހީބިހި ނަގާލިއެވެ. އެހެންކަމުން ދެއަތުގައި ދެއަތުން ފިރުމާލެވުނެވެ. ފަހަތުގައި ޝިޔާރާގެ އިސްތަށިގަނޑަށް ބަލަހައްޓައިގެން ހުރި ޒޯހަންގެ އަތަށް އިސްތަށިގަނޑުން ބައެއް ނެގުމަށްފަހު ތުންފަތް ޖައްސާލާ ދެލޯމަރާލިއެވެ. އެނބުރިދާން އެނބުރުނު ޝިޔާރާގެ މޫނު ޖެހުނީ ޒޯހަންގެ މޭގައެވެ. ޝިޔާރާގެ ފަހަތުގައި ހުރި ކުޑަދޮރު ޒޯހަންގެ އަތުން ލައްޕާލުމަށްފަހު ކާރޓެއިން ވެސް ދަމާލިއެވެ. އެއަށްފަހު ޝިޔާރާގެ ހަށިގަނޑުގައި ބައްދާލާ އިސްތަށިގަނޑު އެއްފަރާތްކޮށްލިއެވެ. ކަނދުރާގެ އެއްބައި ހާމަވުމާއެކު އެހިސާބުގައި ޒޯހަންގެ ތުންފަތް ޖައްސާލުމާއެކު ޝިޔާރާގެ ދެލޯ މަރާލެވުނެވެ. ޝިޔާރާގެ ދެލޮލަށް ބާރުކޮށް ތަގުޅިކޮށްލެވުނީ ނަމާދުކުރުމަށްޓަކައި ލާފައި ހުރި ދިގު ހެދުމުގެ ފަހަތު ޒިބު ޒޯހަން ކަހާލުމުންނެވެ. ޝިޔާރާގެ ހަށިގަނޑާ ހެދުން ވަކިވުމާއެކު ހިތްތެޅެން ފެށިއެވެ. ޒޯހަން ވެސް އެކަން އިހުސާސް ކުރެވޭނެކަން ޔަގީނެވެ. އަދި ޝިޔާރާގެ ހަޔާތުގައި މިހާ ލޯބިން އަމަލު ކުރި މީހެއް ނެތެވެ. އެހަށިގަނޑަށް އަނިޔާކޮށް އެތައް ގޮތެއް ބަޔަކު ވަނީ ހަދާފައެވެ. އެހަށިގަނޑަށް އެދުވަހު އެމީހުން ކުޅޭކުޅޭ އެއްޗެއް ގޮތަށް ކަންތައްކުރި ހަށިގަނޑަށް މިއަދު އިންސާނަކު އެދަނީ ފިދާވަމުންނެވެ. ޝިޔާރާގެ ލުއިލުއި ހަށިގަނޑު ޒޯހަންގެ ދެއަތްމަތިން ގެންގޮސް އެނދުގައި ބޭއްވިއިރު ވެސް ލޯހުޅުވާ ނުލިއެވެ. އެހަށިގަނޑަށް ޒޯހަންއަށް ބަލާލެވުމާއެކު ހީލެވުނެވެ. ޒޯހަން ކައިރިވާން ފެށުމާއެކު މާޒީ މަތިން ހަނދާންވެ ޝިޔާރާއަށް ދުރަށްދެވުނެވެ. “ޕްރޮމިސް. ގެއްލުމެއްވާގޮތަށް އެއެްވެސް ކަމެއް ނުކުރާނަން. ޖަސްޓް ރިލޭކްސް ޕްރިންސަސް” ޝިޔާރާގެ ކަންފަތުގައި ޒޯހަންގެ އަޑު ގުގުމާލުމާއެކު އެހަށިގަނޑުގައި ބައްދާލިއެވެ. ޒޯހަން ހީލުމަށްފަހު ޝިޔާރާގެ ނިއްކުރީގައި ބޮސްދެމުން އެއްއަތުން ލައިޓްގެ އަލި ފަނޑުކޮށްލިއެވެ.

 

ފާއިތުވި ދުވަސްތަކުގައި އާރިކް ޓާރމަކަށް ފުރައިގެން ރާއްޖެތެރެއަށް ދިޔުމުން ރާކީ ކުދިން ގޮވައިގެން އަނެއްކާ ވެސް މެކާހިޔާއަށް ބަދަލުވިއެވެ. ކުރިއަށް އޮތް ހަފްތާގައި ޒޯހަންއާއި ނިއާގެ ކައިވެނި ކުރެވޭތީ ހިތްހަމަނުޖެހި ހުރެވެސް ލަތާ ނިއާގެ ވެޑިންގްޑެރެސް ފެހުމުގައި ބައިވެރިވިއެވެ. މުޅި ހެދުން އެއްކޮށް ފެހީ ސާރާއެވެ. ޒޯހަންގެ އެދުމުގެ މަތިން ލަތާ ޒޯހަންގެ ބަޔަށް ބޭނުންވާނޭ ކައްކާ ސާމާނާއި އެހެނިހެން ސާމާނު ހަމަކުރިއެވެ. ލަތާ އެބައިގާ އުޅުނު ވަގުތެއްގައި ނޫރީ ވެސް ދިޔައީ އެބައި ބަލާލުމަށެވެ. ސިޓިންގްރޫމާއި ކޮޓަރިތަކާއި ބަދިގެ އަދި ބެލްކަނީ ހުރީ ވަރަށް ރީތިކޮށްލާފައެވެ. މިހާރު ވެސް މީހަކު އައިސް އުޅެންފަށަންވީއެވެ. ނޫރީގެ ހައިރާންކަން އިތުރުވީ ކައްކާ ސާމާނުތަކާއި ގޭސް ވެސް ގުޅާފައި ހުރުމުންނެވެ. “މަށަށް ހީވަނީ ޒޯހަން އާއި ނިއާ އާއި ދެކުދިން އުޅޭނީ މިބައިގަހެން” ދިމަދިމާލަށް ބަލަމުން ނޫރީ ވާހަކަދެއްކުމުން ލަތާ ސިހުނެވެ. ނޫރީ އެތަނުގައި ހުރި ކަމެއް ލަތާއަށް ނޭނގެއެވެ. “ނޫނޭ. މީ ޒޯން ނިއާއަށް ތައްޔާރުކުރާ ތަނެއް ނޫން. ޒޯން އަނގައިން ބުނީ ނިއާ ހުންނާނީ ތިރީގައޭ” ޓީވީ ފޮޅަން ހުރި ލަތާ ބުންޏެވެ. “ދެން އެހެންވީއިރު މީ ކޮންކަމެއް. ކޮންކަންތައްގަނޑެއްމީ” ނޫރީއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. “ނޫރީ… ޒޯން ކައިވެނިކޮށްފި. މީގެ ދެތިން ދުވަސް ކުރިން” ލަތާ ހުއްޓަމުން ބުނެލިއެވެ. “ކައިވެނިކޮށްފިއޭ. ކާކާ. އެމަންމަން ޝިޔާރާއާތަ؟” ނޫރީ ރުޅިގަނޑު ކެކިއަރަމުން ދިޔައެވެ. “ތިގޮތަށް ނިކަމެތި އިންސާނަކަށް ލަގަބެއް ދިނުމުގެ ނޫރީއަށް އޮތީ ކޮން ހައްގެއް. މިހާރު އެއީ އަހަރެމެންގެ ދަރިއެއް. ޒޯހަން ދޮށީއަނބި. އެމަންޖެއަށް ދޭންޖެހޭ އިއްޒަތާއި ގަދަރު މިގެއިން ލިބެންޖެހޭނެ. އެއްވެސް އިންސާނަކީ ނިކަމެއްޗެއްނޫން. ކަލާނގެ ހަޒްރަތުގައި ހުރިހާ މީހުންނަކީ ހަމަހަމަ މީހުން” ލަތާ މަސައްކަތްކުރީ މަޑުން ވާހަކަދައްކައިގެން ނޫރީއަށް ވިސްނާދެވޭތޯއެވެ. “ލަތާ މަށަށް ވިސްނަދޭން ނޫޅޭ. ލަތާ ކުރީގަ ހުރެގެން ތިވަރުގެ މަކަރެއް ހެދީތީ އަހަރެން މާފެއް ނުކުރާނަން” ނޫރީ ބުނި އެއްޗަކުން ލަތާ ހިތުގައި ޖެހުނެވެ. “ނޫރީ… އަހަރެމެންގެ ބޮޑުވެފައި ހުރި ފިރިހެންދަރިއެއްގެ އަލަތު ކައިވެންޏަށް އެއްބާރލުން ލައިދިނުން އެއީ ނޫރީއަށް އަހަރެން ހެދި މަކަރެއްގެ ގޮތުގައި ފެނުނީތީވެ އެކަމަށް ނޫރީގެ ކިބައިން އަހަރެން މާފަށް އެދެން. އަދި އެކަމާއި ވަރަށް ދެރަވެސް ވެއްޖައީން. އަހަރެމެންގެ ޒޯން އެއީ ވިޔާނުދާ ކުއްޖެއްނޫން. ނޫރީއަށް ވަރަށް ގަދަރުކުރާ ކުއްޖެއް އެއީ” ލަތާ މަޑުމަޑުން ހިނގާފައި އައިސް ނޫރީ ކައިރި ހުއްޓި އަތުގައި ހިފާލިއެވެ. “ބުނަން ލަތާ… މަގޭ މައްސަލައެއްނެތް ޒޯހަންގެ ސަތޭކަ އަނބިން ތިއްބަސް. މިކައިވެނި ކުރެވޭނެ” ލަތާގެ އަތް ފޮޅުވާލަމުން ނޫރީ ބުންޏެވެ. “ޒޯން ހުރީވެސް މިކައިވެނިކުރާ ގޮތަށް. އެކަމަށް ޝިޔާރާ ވެސް އެއްބަސްވެގެން” ނޫރީ ނިކުމެގެން ދިޔައީ ލަތާއާއި ޒޯހަން ދެކެ އިންތިހާއަށް ރުޅިއައިސް ހުރެގެންނެވެ.

 

ހުރިހާ ޓެސްޓްތަކެއް ވެސް ނޯމަލް. ދުލުގައި ފިހިފައި ހުރި ތަނަށް އެއްވެސް ބޭހެއް ނުކުރާތީ އެތަނަށް މަހެއް ނާރާ. އެހެންވީމަ އެކަމަށް ބޭސްކާންވީ. ފަހަރެއްގައި މީހާއަށް ލިބޭ ޝޮކަކުން ވާހަކަ ދެއްކުނަސް ދައްކާ ވާހަކަ ސާފު ނުވެދާނެ. އެއީ ދުލުން ބޮޑުބައެއް ހަލާކުވެފައި ހުރީމަަ. ބަޓް ޑޯންޓް ވޮރީ. މިބޭސްތައް ބޭނުންކުރަން ފެށީމަ އެތަން ރަނގަޅުވެ ވަރުޖެހެން ފަށާނެ. ދެން ކުރިން އެބުހުރިދޯ ބަނޑުގެ މައްސަލަތަކަށް ބޭސްކޮށްފަ. އެހެންވީމަ އެހާ އަވަހަށް ބޭބީއެއް ޕްލޭންކުރާކަށް ނުފެނޭ. އަދި ހަމަސް ވަރު މަޑުކޮށްލަން ފެންނަނީ. އެއީ ޕޭޝަންޓްގެ ސޭފަށްޓަކައި. ދެން ރަނގަޅުވާނެ މަހަކު އެއްފަހަރު ދައްކާލާ ޗެކަޕެއް ހަދާލުން.” ޑޮކްޓަރ ވިޖޭ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ޒޯހަން އިނީ ޝައުގުވެރިކަމާއެކުއެވެ. ކައިރީގައި ޝިޔާރާ ވެސް އިނެވެ. ސަރޖަރީއެއް ހަދަން ނުޖެހުނު ކަމަށްޓަކައި ޒޯހަން އުފާ ކުރިއެވެ. ޝިޔާރާގެ އަތްތިލައަށް ބޮސްދެވުނެވެ.

 

ޒޯހަންގެ ކައިވެނި ޝިޔާރާއާއި ކުރިކަން އެނގުމުން މުޅިގެ ވަނީ ހިމޭންކަމެއްގެ ތެރޭގައެވެ. ނޫރީ އަދިވެސް ލަތާއާއި ރަނގަޅަށް ވާހަކައެއް ނުދައްކައެވެ. ރާކީ އާއި ޔަޝްމީ ވެސް ހުންނަނީ ޝިޔާރާދެކެ ހިތްހަމަނުޖެހިފައެވެ. ހަމައެއާއެކު ޒޯހަން ކޮއްކޮ އެވަރުގެ ގަޅިކަމެއް ކުރީތީ ޒޯހަން ދެކެ ވެސް ރުޅިއައިއްސައެވެ. ސާރާއާއި އިބްރާހީމް ތިބީ ކިޔާނެ ބަހެއް ނޭނގިފައެވެ. ޝިފްނީގެ ރުޅިގަނޑު ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެހެއްނެވެ. ޝިފްނީއަށް ނުލިބުނު ލޯބި އާދައިގެ ނޯކަރަކަށް ލިބުން އެއީ ޝިފްނީއަށް ބަލައިގަނެވޭނެެ ކަމެއް ނޫނެވެ. ޝިޔާރާ ވެސް ޖެހޭނީ ޒޯހަންގެ ހަޔާތުން ދާށެވެ. ޒޯހަންގެ ލޯބި ހޯދާކަށް ޝިފްނީ މިހާރު މަސައްކަތެއް ނުކުރޭއެވެ. މަންމަ ބުނިހެން ޝިފްނީގެ ޕްރިންސް އަދި ނުފެނެއެވެ. ޝިފްނީ ލޯބިވިޔަސް ޒޯހަން ލޯބި ނުވަންޏާ އެލޯތްބެއް ޝިފްނީ ބޭނުމެއް ނުވޭއެވެ. ޒޯހަން ލިބެންވާނީ ނިއާ އަށެވެ. ޝިޔާރާއަކަށް ނޫނެވެ. ޝިޔާރާ ވެސް ހޯދަންޖެހޭނީ ތިމާއާއި އެއްފެންވަރެއްގެ މީހެކެވެ.

 

ކުޑައިރުކޮޅެއްގެ ތެރޭގައި ޝިޔާރާ ގޮވައިގެން ގެއާއި ކައިރިކުރަނީއޭ ޒޯހަން ބުނުމުން ވަގުތުން ލަތާ ގޭ ހުރިހާ އެންމެންނަށް އެހަބަރު ދިނެވެ. ނަމަވެސް ޝިޔާރާއަށް މަރުހަބާ ކިޔުމަށްޓަކައި ލަތާ ނޫނީ ހަމައެކަކު ވެސް ނެތެވެ. އެވަގުތު ހާލާ އެބަޔަށް އައުން ވެސް އެއީ ނަސީބެކޭ ހިތަށް އެރިއެވެ. ކުދިންނަށް ވިސްނާދީ ލަތާ ވަރުބަލިވެއްޖެއެވެ. ޝިޔާރާއަށް ހެޔޮކޮށް އެއްޗެއް ބުނެލާ ހަމައެކަކު ވެސް އެގޭގައި ނެތީއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ވެސް ހަމަ ލެޔާއި މަށިން ހެއްދެވި އިންސާނެެއް ނޫން ހެއްޔެވެ؟ ދަތްދޮޅީގައި އަތް ވިދެލައިގެން އިން ލަތާ ކައިރީގައި ހާލާ އިށިނުމަށްފަހު ލަތާގެ އަތް ދަތްދޮޅިން ނައްޓުވާލިއެވެ. ޒޯހަން ޝިޔާރާގެ އަތުގައި ހިފައިގެން މެކާހިޔާގެ ގޭޓުން އެތެރެއަށް ވަދެވުމާއެކު ކުޑަކޮށް މަޑުޖެހިލެވުނެވެ. އެއަތްތިލަ ފިނިވެފައިވާވަރު ޒޯހަންއަށް އިހުސާސް ކުރެވުނެވެ. އަނެއް އަތުން ޒޯހަންގެ އަތުގެ މުލައްދަނޑީގައި ހިފާލެވުނީ އެތެރެއަށް ވަންނަން ނުކެރުމުންނެވެ. “ކަމޯން ޕްރިންސަސް. މަންމަ އޯކޭއެއްނު. ބައްޕަ ނުރުހުންވާނީ. ޓްރަސްޓް މީ ބޭބީ” ޒޯހަންއަށް އިތުބާރުކޮށް ޝިޔާރާ ވެސް ޒޯހަންއާއި އެއްހަމައިގާ ފިޔަވަޅުތައް ހަމަކުރަމުން ދިޔައެވެ. އެވަގުތު ކޮޓަރިން ނިކުތް ނޫރީއަށް  ސިޓިންގްރޫމަށް ވަންނަ މައިދޮރުން ޒޯހަންއާއި ޝިޔާރާ ފެނުމާއެކު މޭފުއްޕާލާ ކުރިއަށް ޖެހިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މަންޝާ (ދެވަނަ ބައި)

Next

ހާދަ ލޯބިންނޭ… (21)

Next
March 24, 2016

ހާދަ ލޯބިންނޭ… (21)

Previews
March 24, 2016

މަންޝާ (ދެވަނަ ބައި)

15 Comments!

  1. Zaanaa says:
    March 24, 2016 at 9:09 am

    Alhe haada reechay vaahaka avahah next part up kohdeeba pls pls

  2. zeee says:
    March 24, 2016 at 9:12 am

    Story is getting more and more interesting..varah reethi mi part vx..☺?

  3. Axeenalily says:
    March 24, 2016 at 9:33 am

    varah reethi vaahaka… Next episode thankolheh avaha up koh dheeba….

  4. Mar Sha Marsha says:
    March 24, 2016 at 9:51 am

    This is really really verrryyy nice…. shifny ge twin dho shiyara aky.. shiuny??? Waiting for more..

  5. Appy says:
    March 24, 2016 at 10:19 am

    V v rythi story. ..waiting. ……..

  6. roony says:
    March 24, 2016 at 10:29 am

    haadha reethi vaahaka ekey…kiyaa varakah shaugu very vany…next episode avahah up koh dhehvaa…noory kithahnme fuhpiyas shiyaara aky noory ge kohkoge dhariyeh…

  7. Hooo says:
    March 24, 2016 at 10:33 am

    Varah reethie. But don’t let zohan marry that nia.

  8. appy says:
    March 24, 2016 at 12:37 pm

    Wow.. my favourite

  9. Anonymous says:
    March 24, 2016 at 1:10 pm

    dnt let zoan get married to nia…. do something to stop that marriage…. story v interesting…. wen is next part..????

  10. RY says:
    March 24, 2016 at 1:41 pm

    Zohan r nia marry nukuruvahchey.. Plz hehe

  11. Anonymous says:
    March 24, 2016 at 4:27 pm

    ..thankolheh avahah up kohdheeba pls

  12. Zaanaa says:
    March 24, 2016 at 7:07 pm

    Meray up kohdeeba next part pls pls pls pls pls pls pls pls plsssssssssssssssss

  13. shibba says:
    March 25, 2016 at 9:11 am

    V v v reethi.. Next episode ah inthizaaru kureveneee….

  14. zaee says:
    March 25, 2016 at 11:49 am

    Rythi vaahakaeh.

  15. Aliyah Mikaelov says:
    March 25, 2016 at 4:14 pm

    Haadha reehchey mi vaahaka. Varah interesting. Emotions thah geneshdheefa huri goiy ves varah kamudhey.

Comments are closed.

Next Episodeފުންއަސަރު 17←


All Right Reserved!