“އާން. އަދި ކިޔައި ނުދެވިފައެއް ވެސް ނެތެއްނު. ކޮފީއަކަށް ދާނީ މާޒްވެސް ގޮވައިގެން ކުރިން ގޮތަށް. ގޮސްސަ ވާނެ ކިޔައިދޭން.” ފައުޒާން ބުންޏެވެ. އަޒުމީލު ބޯ ޖަހާލި އެވެ. ކޮންމެސް ދުވަހަކުން އެވާހަކަ ފައުޒާންއަށް ކިޔައިދޭން ޖެހޭނެކަން އަޒުމީލަށް އެނގެ އެވެ. ނަމަވެސް ކިޔައި ދިނުމުން ދެން ވާނެ ގޮތަކާމެދު ވެސް ވިސްނާލެވުނެވެ. * * * * * * * * * * * * * އެއަރޕޯރޓުގެ އަންނަމީހުންގެ ދޮރުން ނުކުމެގެން […]
މިޝާލްގެ ފަރާތުން އެއްވެސް އެދެވޭ ހަރަކާތެއް ނުފެނުމުން އަނޫޝާގެ ލޮލުން ކަރުނަ އައެވެ. މިޝާލްގެ އަތުން ދޫކޮށްލާފައި އަނޫޝާ އިސްޖަހާލަމުން ލޯފޮހެލިއެވެ. އިވުނު އަޑާ މެދު މިޝާލްއަށް ޝައްކުވިއެވެ. އެއަޑު އަހާފައި ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ބުނަންވީ އެއްޗެއް ނޭނގުނެވެ. ހަދަންވީ ގޮތެއް ނުވިސްނުނެވެ. އެއީ ހިތަށް ހަމަޖެހުމާ އުފާ ލިބުނު ޚަބަރެއް ކަން މިޝާލްއަށް އިހުސާސް ކުރެވުނީ އަމިއްލައަށް ހިނިތުން ވެލެވުމުންނެވެ. އެކަން އިހުސާސް ކުރެވުމުންނެވެ. އަނޫޝާ އެދިން އުފާވެރި ޚަބަރުގެ ސަބަނުން […]
ސައިކަލް ޕާކް ކޮށްލުމަށްފަހު އަވަސް ކަމާއި އެކު ލިފްޓަށް އެރީމެވެ. ލިފްޓުން ފައިބާ ގެއަށް ވަންނަން އަހަރެން ދޮރުގައި ހިފާލީމެވެ. ދޮރު ހުޅުވާލެވުނު ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންނަށް ވާނުވާ އެނގެން ފެށިއިރު މަންމައާއި ބައްޕަ ތިބީ އަހަރެން ކައިރީގައެވެ. އަހަރެންގެ މޫނަށް ފިނިވެގެން ބަލާލިއިރު ނިއްކުރިމަތީގައި ވަނީ ކުޑަ ފޮތިކޮޅެއް ތެއްމާފައި ބާއްވާފައެވެ. “ދަރިފުޅާ” މަންމަ ގޮވާލިއެވެ. “ނޫން ނުނަގާ.. ވަރަށް ހުން ގަދަ..” ނިއްކުރި މަތީގައި ބާއްވާފައިވާ […]
ފައުޒާން ތަޅުދަނޑިން ދޮރު ހުޅުވައިގެން ވަންނަން ހިތަށް އަރާފަ ވެސް އެއީ މުޅިން ރަގަޅު ގޮތަކަށް ނުވެދާނެތީ ފައުޒާން ތިރިއަށް ދިޔައީ ހަފީޒާ ނޫނީ ރިފާ ގޮވައިގެން އަންނާށެވެ. ހަފީޒާ ގެއަކު ނެތެވެ. ރިފާއާއި ފައްވާޒް ވެސް ފެންނަން ނެތުމުން ފައުޒާން އައިސް ތަޅުދަނޑިން ދޮރު ދޮރުހުޅުވާލި އިރު ހިބާ އޮތީ ފާހާނާގެ ތަޅުންގަނޑު މައްޗަށް އުއްޑުން ވެއްޓިފަ އެވެ. ގައިގައި އެއްވެސް އަންނައުނެއް ނެތުމުން ފައުޒާންއަށް ލޯ މަރާ ލެވުނެވެ. އަދި އަވަހަށް އެތަނުން ނުކުމެ […]
“ވަރަށް ބޮޑަށް ތޭންކްސް އިނގޭ. މަދަމާވެސް ގެންނާނަން އިނގޭ.” ޔަޒަން ދަބަސް ހިފައިގެން އައުމުން ޖަންނަތާއި ދިމާއަށް ޒައިދާން ބުންޏެވެ. “އާން… އަހަރުމެން ތިބޭނަން ހުސްވެގެން، ބަންދު ވީމަ ދެން ކުރާނެ އިތުރު ކަމެއްވެސް ނެތް.” އާޔަތް ބުނެލި އެވެ. “ބާއި ޖަންނަދައްތާ، ބާއި އާޔާ ދައްތާ ބާއި އާޒަތުބޭ.” ޔަޒަން އެންމެނަށް ހަނާއަޅަމުން ޒައިދާން ފަހަތުން ނުކުމެގެން ދިޔައެވެ. ޖަންނަތު ޓީވީ ބަލަން އިންދާ ނަސީރު އައިސް ސަލާން ގޮވާލި އެވެ. ޖަންނަތު ފުންމައިގެން […]
“އަތޫޝާ މިހާރު އަހަރެން ދެކެ ބިރުވެސް ގަންނަނީތަ” އައި ރުޅިމަތީގައި މަމްދޫހު މިސްރާބު ޖެހީ ބޭރަށެވެ. މަމްދޫހު ދިޔަ ދިމާލަށް އަތޫޝާ ބަލަން އިނީ ހާސްވެފައެވެ. އަނެއްކާ މަމްދޫހު އެއުޅެނީ ކީއްކުރަންބާއެވެ. ހަނދުވަރުގެ އަލިން މުޅިތަން އަލި ކޮއްލާފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ޖެހެމުންދާ ފިނި ވައިރޯޅިން މީހާގެ ގައިން ހީބިހި ނަގައެވެ. މަމްދޫހު މަޑު ހިނގުމެއްގައި ނިކުތީ ގެއާ ދިމާ އަތިރި މައްޗަށެވެ. އިވެމުން ދިޔައީ ރާޅުޖަހާ އަޑާއި ބޯގަސްތަށް ކައިރިން އިވިއިވި ހުރި ސޫފީގެ އަޑެވެ. […]
ކުރިން އެއީ މަޑު ކަފަކޮޅެއްހާ ހިތެއް އޮތް އިންސާނެކެވެ. މިހާރު އެހިތަކީ ހިލަ އަށް ވުރެ ހަރު އެއްޗެކެވެ. ނޫރީ އަމިއްލަ އިހުތިޔާރުގައި އެކަހަލަ ކަންތައް ނުކުރާނެ ކަމުގައި ލަތާގެ އަމިއްލަ ޒަމީރު ބުނެދިނެވެ. މީހަކު ނުބައި ފަންޑިތައެއް ކާންދިނީ ނޫންބާއޭ ލަތާގެ ހިތަށް އެރުމާއެކު ހީބިހި ނަގައިގެން ދިޔައެވެ. ދިހަ އަހަރު ވަންދެން އުޅުނު ދިހަބުރީގެ އިމާރާތް މެކާހިޔާ ކުއްޔަށް ދޫކޮށްލުމަށްފަހު ހަމަ އެހިސާބުން ނޫރީ ގަތް ބޮޑު ގެއަށް ބަދަލުވިއެވެ. އަދި އޮފީސް […]
މިފަހަރު ފައުޒާން ހިބާގެ އަތަކުން ދުލެއް ނުކުރެ އެވެ. އެ އަތް ދަމައި ގަންނާކަށް ހިބާ ވެސް ނޫޅެ އެވެ. ” ކޮން ކަހަލަ ކަމެއް؟” ހައިރާން ވެފައި އިނދެ ހިބާ އަހާލި އެވެ. ހިބާގެ އަތުގައި ފައުޒާން އަނެއް އަތުން ވެސް ހިފާލި އެވެ. ފައުޒާންގެ ދެއަތް ތެރޭގައި ހިބާގެ މަޑު މަޑު އަތް އޮތެވެ. އެއަތުން ދުވަހަކު ވެސް ދޫކޮށް ނުލާނަމޭ ފައުޒާންގެ ހިތަށް އެރީ އެވަގުތު ކީއްވެ ހެއްޔެވެ. ހިބާ ދެކެ ހަގީގަތުގައި […]
” ހޫމް… މެރީ ކުރާނަން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށްވެސް..” އެހެން ބުނީ އެއްވެސް މާނައެއް އޮވެގެންނެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި އަންހެންކުއްޖަކަށްޓަކައި ޚާއްސަ މަޤާމެއްނެތްއިރު ކައިވެއްޏަކީ އަދި ވަރަށް ދުރުގައިވާކަމެކެވެ. ” އެއީ އަހަރުމެން އެންމެ ދެކެން ބޭނުންވާ ދުވަސް..” ޝިއުޒް ހުރިހާ ދަތްތައް އެއްފަހަރާ ދައްކާލިއެވެ. ” އަހަރުމެންނޭ.. ޔަޤީން ޝާލްއާ ދެމީހުންދޯ…” އެކަހަލަ ކަންތައްތަކުގައި އެންމެ ފޯރި ހުންނާނީ ޝާލީވިއްޔާއެވެ. ” މަންމަޔާ ދޮންބެވެސް..” ދޮންބެގެ ނަން ބުނެވުމާއެކު އޭނަގެ ތުންފަތް މައްޗަށްވެރިވީ ހިތި […]