އަނެއްކާވެސް މިޒްނާ ބޯޖަހާލިއެވެ. ޝިޔާޒް ހިތަށް އަރާނެ އެއްޗެހި މިޒްނާއަށް ވިސްނެއެވެ. މިޝާލް ދެކެ އަންނާނެ ރުޅިވެސް ވިސްނެއެވެ. “މިޝާލް އަނޫއަށް ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން އަހަންނަކަށް ދެނެއް ނުހުރެވޭނެ، އޭނަގެ ކިބައިން އަނޫ މިނިވަން ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް އަހަރެން ކޮށްފާނަން… މިހާރު އެދުވަސް މިޖެހުނީ، މިއަދު އަނޫއަށް މިހުރިހާ ކަމެއް މިދިމާ ވަނީ ހަމަ އަހަރުމެންނާ ހެދިގެން، އަހަންނާ ޝަމްކޮއާ މަންމައާ ހެދި… މަންމަ އެގޮތަށް އަނޫއަށް މަޖުބޫރު ނުކުރި […]
“މަންމާ” އާޝިޔާ އާއި އާދިލްއަށް ދޮރާ ދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ. އާޝިޔާގެ މޫނުމަތިން ފާޅުވާން ފެށީ ދާތިކިއެވެ. “ދެން އެތެރެއަށް ވަދެބަލަ.. ދޮރު ބަންދު ކޮއްގެން އެބަ އިނދޭ” ސަނާ އެއް އަރިއަކަށް ކޮއްޕާލަމުން މަމްދޫހު ގޭތެރެއަށް ވަނީ އާޝިޔާ އާއި އާދިލް އަށް ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. “ދަރިފުޅާ ދޭ އަވަހަށް ފެންވަރައިގެން އަންނަން… ” އާޝިޔާ މަމްދޫހު އާއި މުހާތަބުކޮށް އެހެން ބުނުމުން މަމްދޫހު މިއަންނަނީ ކަމަށް ބުނެ އެރީ މައްޗަށެވެ. “ނަސީބެއް އަޑެއް […]
ފައުޒާން ގޮނޑީގައި ހަމަޖެހިލި އެވެ. ކަނާއަތް ގެންގޮސް ހިބާގެ ބޮލާ ދިމާލުން ގޮޑީގައި ބާއްވާ ލެގިލި އެވެ. ކުރިމަތީ ތިބި އަޒްކާއާއި މާޒް ހިބާއާއި ފައުޒާންއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. “އޯކޭތަ، ޒާން މިތާ އިނަސް.” ފައުޒާން ވައަތުން ފޯނު ނަގާ މެސެޖެއް ކޮށްލި އެވެ. ހިބާ އަތުގައި އޮތް ފޯނަށް މެސެޖެއް އައިސް ގެން ބަލައިލި އެވެ. “އާން. މާ ބޮޑަށްވެސް އޯކޭ.” ހިބާ މެސެޖު ކޮށްލި އެވެ. ފައުޒާން ހިބާއާއި ކައިރި […]
ދެން ތިބި މީހުން މޫދަށް އެރިގެން އައިސް ބޮށްކުރައަށް އެރުމުން މޫސަބޭ ބޮއްކުރާ ދުއްވާލީ އަދިވެސް އެއްފަހަރު އެރަށަށް ބަލައިލާފަ އެވެ. އަޒުމީލު ގަސްތުގައި އަނގައިން ނުބުނެ ހުރީ އެވެ. ފަހުން އެމީހުން ބަލާ އާދެވި ދާނެކަން އަޒުމީލަށް އެނގޭތީ އެވެ. “ކޮބާ ޒާން؟” ބޮއްކުރާ ހިސާބަކަށް ދިޔަ ފަހުން އަޒުމާ އިނދެފައި އަހާލި އެވެ. “ޑިނގީގަ ހިގައްޖެ ކަންނޭގެ.” ނޫންކަމަށް ހަދާލައިގެން އިނދެފައި އަޒުމީލު ބުނެލި އެވެ. އަޒުމާ އެކަން ގަބޫލު ކޮށްލި އެވެ. ނަދުވާ […]
ފޯނަށް ހެޑްސެޓްގެ ވާގަނޑު ގުޅާލުމަށްފަހު ނަވާފްގެ ޖިންސުގެ ޖީބަށް ފޯނު ލިއެވެ. އަދި ނަވާފްގެ ކަންފަތަށް ހެޑްސެޓް ހެޔޮވަރު ކޮށްލިއެވެ. ލިފްޓުން ގްރައުންޑް ފްލޯއަށް ދާން ސްވިޗަށް ފިތާލައިގެން ހުރި އިރު އަޒީމް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ނަވާފް ހުރީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ބައްޕައަކަށް ވުމުގެ އުފާ ދެވަނަ ފަހަރަށް ކުރުމުންވެސް ނަވާފަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތިރީބުރިއަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ނަވާފް މިސްރާބު ޖެހީ ނަރުސްކުދިން […]
މިޝާލް ކޮޓަރިއަށް ވަން އިރު އަނޫޝާ ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިނެވެ. ފޮތާ ދިމާއަށް ބަލަހައްޓައިގެން އިން ނަމަވެސް އަނޫޝާގެ ސަމާލުކަން އެފޮތަށް ނުވާކަން މިޝާލްއަށް އެނގުނެވެ. އަނޫޝާ އިނީ ފުން ވިސްނުމެއްގައެވެ. މިޝާލް އިރުކޮޅަކު އަނޫޝާއާ ދިމާއަށް ބަލަން ހުއްޓެވެ. ފުރަތަމަ ފަހަރަށް އަނޫޝާގެ ހިތުގެ ހާލު އަނޫޝާގެ ދުލުން ފާޅުކުރި އަޑު އެދުވަހު މިޝާލްއަށް އިވުނެވެ. އެންމެންގެ ތެރޭ ސީދާ ބަހުން ނުބުނި ނަމަވެސް ޒިހާން ދެކެ އަދިވެސް ލޯބިވާކަން އަނޫޝާ ވަނީ […]
ހިނގާ ދިޔަ ކަންތަކުން ލަތާ ބަލަނީ ކޮޓަރިން ވީހާ ވެސް ނުނިކުމެ ވޭތޯއެވެ. ޝިޔާރާ ގެއިން ނެރުމާއި ގުޅިގެން މުޅި ގޭތެރެ ވަނީ ގޮތަކަށް ބައިބައި ވެފައެވެ ލަތާ ނިއާ އާއި ވާހަކަދައްކާ ވެސް ނޫޅޭއެވެ. އެކަމާއި ނިއާ ދެރައެއް ނުވޭއެވެ. ނިއާ ދެކޭ ގޮތުގައި ޒޯހަންގެ ހަޔާތުން ޝިޔާރާގެ ބާބު ނިމުނީއެވެ. އެހެންކަމުން ނިއާ ދެކޭ ގޮތުގައި އެގޭގައި މުސްތަގުބަލް މިހާރު އޮތީ ނިއާގެ އަތް މަތީގައެވެ. ރަނގަޅު ވަގުތެއް ބަލާފައި ޝިޔާރާގެ ވަރީގެ […]
“އަނޫ، ޕްލީޒް… އިހަށް އަޑު އަހާބަލަ!” މިޝާލް އަނެއްކާވެސް އަނޫޝާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. “ދެން އިތުރަށް އަޑު އަހަން ކޯޗެއްތަ އޮތީ؟ ހުރިހާ އެއްޗެއް އަޑު އިވިއްޖެ” އަނޫޝާ ބުންޏެވެ. އަދި ނަސީރާ ކައިރިން ލާފައި ގޮސް ދުވެފައި ސިޑިން ފޭބިއެވެ. މިޝާލް އަނޫޝާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ނަސީރާ މިޝާލްގެ އަތުގައި ހިފާ ހުއްޓުވިއެވެ. “ފުރަތަމަ ގޮސް ގަޔަށް އެއްޗެއް ލާބަލަ! އޭގެ ފަހުން ތިދައްކާ ވާހަކައެއް ދައްކަން އުޅޭ. ޝަމްހާވެސް އާދޭ […]
ޖަންނަތު މަޑު މަޑުން ބަލައިގެން އައީ ލައިގެން ހުރި ހެދުން ކުޑަކޮން ދިގުވުމުން ސިޑިން ވެއްޓިދާނެތީ އެވެ. ނަމަވެސް އަބްޔާން ބަލަން ހުރުމުން ޖަންނަތުއަށް ވީގޮތެއް ވެސް ނޭގުނެވެ. އެންމެ ފަހު ހަރުފަތުގައު ހުރެފައި ތިރިއަށް ފައި އެޅި ވަގުތު ޖަންނަތުއަށް ހެދުމަށް އެރުނީ އެވެ. އެރިފައި އަރިއަޅާލައިގެން ވެއްޓެން ދިޔަ އެވެ. އެވަގުތު ހުޝިޔާރު ކަމާއެކު އަބްޔާންއަށް ޖަންނަތު ހިފެހެއްޓުނެވެ. ޖަންނަތުގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލެވުން އިރު އަނެއްއަތުން ޖަންނަތުގެ ވައަތުގައި ހިފަހައްޓާ ލެވިފައި އޮތެވެ. […]