
ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 10..
“އަތޫޝާ މިހާރު އަހަރެން ދެކެ ބިރުވެސް ގަންނަނީތަ” އައި ރުޅިމަތީގައި މަމްދޫހު މިސްރާބު ޖެހީ ބޭރަށެވެ. މަމްދޫހު ދިޔަ ދިމާލަށް އަތޫޝާ ބަލަން އިނީ ހާސްވެފައެވެ. އަނެއްކާ މަމްދޫހު އެއުޅެނީ ކީއްކުރަންބާއެވެ.
ހަނދުވަރުގެ އަލިން މުޅިތަން އަލި ކޮއްލާފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ޖެހެމުންދާ ފިނި ވައިރޯޅިން މީހާގެ ގައިން ހީބިހި ނަގައެވެ. މަމްދޫހު މަޑު ހިނގުމެއްގައި ނިކުތީ ގެއާ ދިމާ އަތިރި މައްޗަށެވެ. އިވެމުން ދިޔައީ ރާޅުޖަހާ އަޑާއި ބޯގަސްތަށް ކައިރިން އިވިއިވި ހުރި ސޫފީގެ އަޑެވެ. މަމްދޫހު އައިސް އަށިމަތީގައި ޖައްސާލުމައްފަހު ސިގިރޭޓެއް ރޯކޮއްލީ ބޮލަށް ބާރުކުރަން ފެށުމުންނެވެ. ސިގިރޭޓް ބުއިމުގެ އާދަ މަމްދޫހު ފެއްޓީ އަތޫޝާ މަމްދޫހު ދޫކޮއްލި ކަމުގެ ހަބަރު ލިބުނު ރެއިން ފެށިގެންނެވެ. ސިގިރޭޓަކަށް ފަހު ސިގިރޭޓެއް ހުސްކުރަމުން މަމްދޫހު ދިޔައީ އަތޫޝާގެ ނިތްމައްޗަށް އަރާފައިވާ ނިޝާން ފެނިއެވެ. “ޝާޝާ.. އެމް ރިއަލީ ސޮރި….” އަތުގައި އޮތް ސިގިރޭޓް ބިއްމައްޗަށް ވައްޓާލުމައްފަހު މަމްދޫހު ބުރަކަށި ދަމާލީ އަށި މަތީގައެވެ. އެއް އަތް ބޯމައްޗަށް ނަގައިގެން އޮތް އިރު މަމްދޫހުގެ ސިކުނޑި ތެރޭގައި އެކި ހިޔާލުތައް ދިޔައީ ވައްބުރެއްހެން އެނބުރެމުންނެވެ. މެރިފައިވާ ދެލޮލުން މަމްދޫހަށް ސިފަވަމުން ދިޔައި އަތޫޝާގެ ހިނިތުން ވެފައިވާ މޫނުނެވެ. އަތޫޝާ މަމްދޫހުގެ އަތު ނުވާން ވެގެން ގޭތެރޭގައި ދުވެ އުޅުނު މަންޒަރެވެ.
“ހަހަހަހަހ… އަޅެ މޮޅިއްޔާ އަތުލާބަލަ” އަތޫޝާ ދުވަމުން ކިޔަމުން ދިޔައެވެ. “ހެހެހެ ޝާޝާ އަތުވެއްޖެއްޔާ ސަލާމަތް ނުވާނެ އެނގޭ.. މިގަޑީގައި އެކަކުވެސް ގެއަކު ނެތް…” ސިޑިން ފައިބައިގެން ދިޔަ އަތޫޝާ އަތުވޭތޯ މަމްދޫހުވެސް ދިޔައީ ދުވަމުންނެވެ.
“މަމްދޫހު.. ދޫކޮއްލަބަލަ… މަންމަ އައިސްދާނެ… ސޮރީ.. ސޮރީ…. ދެން އެހެން ނަހަދާނަން.. ތި އިސްތަށި ގަނޑު ހަޑިއްކޮއްލީ އޭ ކިޔާ އަހަރެންނަށް ތިހެން ހަދަން ޖެހޭތަ.. މަމްދޫހު” ދުވަމުން ދުވަމުން ދިޔަ އަތޫޝާ މަމްދޫހުއަށް އަތުވީ އުނދޯލި ކައިރިންނެވެ. މަމްދޫހުގެ އުނގުމަތީގައި އަތޫޝާ ބޭންދުމައްފަހު މަމްދޫހު އުނދޯލީގައި ހަމަޖެހިލީ އަތޫޝާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުންނެވެ. “ކީއްކުރަން ހަޑިކޮއްލީ… ދެން ރީޗަށް ބުނެބަލަ ޝާޝާ ވެސް ބޭނުމޭ އަހަރެން މިގޮތަށް ހުންނަން..” މަމްދޫހު އަތޫޝާގެ ކަނދުރާގައި ދަތްދޮޅި ވިއްދާލީ އަތޫޝާގެ ގައިގަ ބާރަށް ބައްދައި ގަންނަމުންނެވެ. “މަންމަ އައިސްދާނެ… ” އަތޫޝާ އާޝިޔާ އައިސްދާނެތީ އިނީ ބިރުންނެވެ. ” ޕްލީޒް އެންމެ މިނެޓަކަށް… އައި ލަވް ޔޫ.. ވީކް އެއްތެރޭ މެރީ ކުރެވޭނެ… ކެއްވަނީއެއް ނޫން…” އަތޫޝާއަށް ލޯމަރާލެވުނީ މަމްދޫހުގެ ގޯނާތަކުންނެވެ. “މަމްދޫހު… މަމްދޫހު..” މަމްދޫހުއަށް އިވެމުން ދިޔައީ އަތޫޝާގެ އަޑެވެ. އެހެން ނަމަވެސް އެއަޑު ދިޔައީ ހިނދެއް ހިނދަކަށް ބަދަލު ވަމުންނެވެ.
“މަމްދޫހު” މަމްދޫހަށް ލޯ ހުޅުވާލެވުނީ ކައިރިން ޝައިމަންގެ އަޑު އިވުމުންނެވެ. “ކިހިނެއްވެފަ… މީ ކޯއްޗެއް” މަމްދޫހުގެ ލޯ ކައިރިން ފޭދިފައިވާ ކަރުނައިގެ ރޮނގުގައި އިނގިލި ޖައްސާލަމުން ޝައިމަން އަހާލިއެވެ. މަމްދޫހު އަވަސް އަވަހަށް ދެއަތުން މޫނު ފޮހެލުމައްފަހު ހަމަ ޖެހިލިއެވެ. “މިތާ އެކަނި ހުރެ ކުރާ ކަންތައް ދޯ ތީ… ކިހިނެއްވީ…. ކަމެއް ގޯސްވީތަ…” މަމްދޫހު އާ ޖެހިގެން އިށިންނަމުން ޝައިމަން އަހާލިއެވެ. “ނޫނޭ… ކުރީގެ ހަނދާންތަށް އާކޮއްލީ… ހެހެހެ… ޝައިމަން ނުނިދާ ކީއްކުރަނީ” އެހާ ލަސްކޮށް ޝައިމަން ފެނުމުން މަމްދޫހު ހިތުގައި ރިއްސާލިއެވެ. އަނެއްކާ އެއައީ އަތޫޝާ އާއި ބައްދަލު ކޮއްފައިބާއޭ މަމްދޫހުގެ ހިތައް އެރިއެވެ. “ހަމަ ނުނިދިގެން މި ތެޅެނީ… ހިނގާ ދާން.. ލަސްވެއްޖެ އެއްނު… މާދަން ފަހު ދުވަސްދޯ މިކޮޅުގަ… އެހެން ވީމަ މާދަން ވާނެ މޫދައް ޖައްސާލަން…” ޝައިމަން އެހެން ބުނުމުން މަމްދޫހު ބޯޖަހާލުމައްފަހު ހިނގައިގަތީ ގެއާ ދިމާލަށެވެ.
އާ ދުވަހަކަށް އިރު އެރުމާއެކު ކޮންމެ މީހެއްވެސް ނަލަ ހެދިލައިގެން ނިކުތީ ސައިބޯން ދިޔުމަށެވެ.
“މާދަން ހެނދުނު ދޯ ފުރަނީ… މިއަދު ކޮން ކަމެއް ރާވާލީ ތި” އިބްރާހިމް މަމްދޫހު އާއި ޝައިމަން އާ މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. “ދެން ރަށު ތެރޭގައި ހިނގާލާފަ މޫދަށް ދާނީ ދޯ” މަމްދޫހަށް ދޯ ދެމުން ޝައިމަން ބުންޏެވެ. ކާމޭޒު މަތީގައި ހެނދުނު ސަޔަށް އިންސާފު ކުރަމުން ދިޔައީ އެންމެން އެކީގައެވެ. ސައި ބޮއިގެން އެންމެން މިސްރާބު ޖެހީ ތުނޑިއާ ދިމާލަށެވެ.
“ހޭ..” ބޮޑު ބީޗަށް ނިކުމެވުމާއެކު ވިޝާލް ސަނާގެ އަތުގައި ކޮއްޓާލީ އެންމެން ކުރިއަށް ދިޔުމުންނެވެ. ސަނާ ނިއް ހިއްލާލީ ކިހިނެއް ވީހޭ އަހާލާ ފަދަ ގޮތަކަށެވެ. “ސަނާ ފޯނު ނަންބަރު ދެވިދާނެތޯ އަހާލަން ވެގެން..” ވިޝާލް އެހެން ބުނުމާއެކު ދިމާލަށް ނުދޭނަމޭ ބުނެ ސަނާ ދުވެލާފައި ދިޔައީ އަތޫޝާއާއި އެއްވަރު ކުރުމަށެވެ. އެހެން ނަމަވެސް ހުއްޓެން ޖެހުނީ މަމްދޫހު ގޮވާލުމުންނެވެ.
“ސަނާ.. ސަނާ ތީ އަހަރެންގެ ކޮއްކޮކަން ނޭނގޭ އެއްވެސް މީހެއް މިތާ ނޫޅޭނެ.. އެކަމް އޭގެން މީހަކަށް ނުފެންނާނެ ސަނާ އަހަރެންނާ އަގައިން ބުނެލި ތަނެއް… ސަނާ ބަލާބަލަ އެހަރަ ޝަމްހާ އާއި ޝައިމަން.. އެއް އިރެއްގައި އަހަރެމެންވެސް އުޅުނީމެއްނު އެހެން… ” ސަނާ ވާހަކަ ނުދައްކާތީ ދެރަވާވަރު އެމޫނުމަތިންވެސް ހާމަވެއެވެ. “ދޮންބެއަށް އެނގޭނެ ދޮންބެއާ ވާހަކަ ދައްކަން ބޭނުން ނުވަނީ ކީއްވެގެންކަން.. ދޮންބެ ކިހިނެއްވާނީ އެންމެ ފަހަރަކު ޝާޝާ އާ ވާހަކަ ދައްކާލީއާ… ޝީޒް މައި ބެސްޓްފްރެންޑް..” ސަނާ އަތޫޝާ އާއި ދިމާލަށް ބަލާލަމުން ބުނެލީ މާޔޫސް ކަމާއެކީގައެވެ. “ވައި ޝުޑް އައި… ސަނާ ކީއްވެތަ އަބަދު އަތޫޝާ ވަނީ.. ލުކް މަށެއް އޭނައަކަށް އެއްވެސް ގޮތެއް ނަހަދަން.. އޭނަ ދިޔައީ އަހަރެން ދޫކޮއްލާފަ… ސަނާ އަށް އެވަރު ނުވިސްނެންޏާ އަހަރެން ބޭނުމެއްނޫން އިތުރަށް މިވާހަކަ ދައްކާކަށް” ފުރަތަމަ ފަހަރަށް މަމްދޫހު ސަނާއާ އެގޮތަށް ރުޅިއައިސްގެން ވާހަކަ ދެއްކިއެވެ. ސަނާއަށް ގުޑިލަންވެސް ނޭނގި އިނދެވުނީ މަމްދޫހު ދިޔަ ދިމާލަށް ބަލަންށެވެ. މަމްދޫހު އެ ބުނީ ތެދެއްކަމަށްވެސް ސަނާއަށް ގަބޫލު ކުރެވުނެވެ. “ހުރިހާ ކަމެއްވެސް ވީ މަންމަގެ ސަބަބުން އަދި އެކަމުގައި ބައިވެރިވީވެސް އަހަރެންނާ ބައްޕަ ” ސަނާއަށް އަމިއްލަ ކުއް އިހްސާސަ ވިއެވެ. އަތޫޝާ ކިބައިން މާފަށް އެދެން ޖެހޭނީވެސް ސަނާ ކަމުގައި ސަނާއަށް ގަބޫލު ކުރެވުނެވެ. އެކަމަކުވެސް މާފައް އެދިގެން އެކަނި ނުފުދޭނެއެވެ. ހަގީގަތް ކިޔާދޭންވެސް ޖެހޭނެއެވެ. އެހެންނަމަވެސް އާޝިޔާއަށް ކޮއްފައިވާ ވައުދު އުވާލެވޭކަށްވެސް ނެތެވެ. ސަނާގެ ބޮލުގައި ރިއްސައިގަތީ އެ އެއް ބަލާފައެއް ނޫނެވެ. ހުރި ތަނަށް ތިރިވީ އިސްތަށި ގަނޑުގައި ދެއަތުން ހިފާޓަމުންނެވެ. “ސަނާ….”ސަނާ އިން ގޮތް ފެނި ވިޝާލް ސަނާ ކައިރިއަށް އައީ ދުވެފައެވެ. “ވަޓސް ރޯންގ…” ވިޝާލްގެ އަޑުގައި ކަންބޮޑުވުން ފާޅުވިއެވެ. “މަމްދޫހުއަށް ގޮވަންތަ… އަންނާނަން” މަމްދޫހު އާ ދިމާލަށް ދާން ތެދުވި ވިޝާލްގެ އަތުގައި ހިފެހެއްޓީ ސަނާ އެވެ. އަދި ދެފަރާތަށް ބޯހޫރުވާލީ ނުދާށޭ ބުނުމުގެ ގޮތުންނެވެ.
ސަނާގެ އެދުމަށް ވިޝާލް ސަނާ ގޮވައިގެން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. މަމްދޫހު ފޯނަށް މެސެޖެއް ފޮނުވާލީ ސަނާ ބޮލުގައި ރިއްސާތީ ގެއަށް ދިޔައީ ކަމަށް ބުނެއެވެ. “އޯކޭ..” ސަނާއަށް ބޭސްގުޅައެއް ދީ އެނދުގައި ބޭންދުމައްފަހު ވިޝާލް އަހާލިއެވެ. “ތޭންކްސް…” ސަނާ ހިނިތުން ވުމަކާއެކު ބުނެލީ ވިޝާލްގެ އަތުގައި ހިފަމުންނެވެ. “އެނީ ޓައިމް.. އެހެން ވާނީ ފޯން ނަންބަރު ނުދެންޏާ،…. ހެހެހެހ.. ޓޭކް ރެސްޓް… ” ސަނާގެ ކުރު އިސްތަށި ގަނޑުގައި ފިރުމާލުމައްފަހު ވިޝާލް ނިކުތީ ބޭރަށެވެ. ސަނާއަށް ހިނިތުންވެވުނީ ވިޝާލް ދިޔަ ދިމާލަށް ބަލަމުންނެވެ.
…………………
“މަންމާ.. މަމްދޫހު ބައްޕަ ހީނުވޭ އަޅުގަނޑާ އެހާ ލައިކް ވާހެން…” ސޯފާގައި އިށީދެލައިގެން އިން ޒުލޭހާގެ އުނގުމަތީގައި ބޯއަޅާލަމުން ރާނިޔާ ބުންޏެވެ. ” ތީ ރާނީއަށް ހަމަ ހީވާ އެއްޗެއް… ދަރިފުޅު ކަހަލަ ކުއްޖެއްދެކެ ރުޅި އަންނަން ވީ ސަބަބެއް މަންމައަކަށް ނޭނގެ… ދަރިފުޅާ މަމްދޫހުއާއި ގުޅުނަސް ފައިދާ ވާނީ ހަމަ އެމީހުންނަށް… އެކަހަލަ ކަންތަކާ މާގަދައަށް ނުވިސްނާ…” ޒުލޭހާ ރާނިޔާގެ މުށި ކުލައިގެ އިސްތަށި ގަނޑުގައި ފިރުމަމުން ބުންޏެވެ. “މަންމާ.. މަމްދޫހު ގަބޫލަސް ނުގަބޫލަސް އަޅުގަނޑު ބޭނުމީ މަމްދޫހު…” އާދޭހުގެ ރާގަށް ރާނިޔާ ޒުލޭހާ ކައިރިން އެދުނެވެ. ޒުލޭހާއަށް ރާނިޔާ އާއި ދިމާލަށް ބަލާލެވުނެވެ. ރާނިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. މަމްދޫހު އާއި ރާނިޔާ ކޮންމެ ހާލައިގެންވެސް ގުޅުވަން ޒުލޭހާ އަޒުމް ކަނޑައެޅިއެވެ.
………..
“ކިހިނެއްވީ އަނެއްކާ.. މިއޮށް މެންދުރު އަވި ގަދަ ގަނޑީގައި އަންނާށޭ ބުނީ” ޒުލޭހާއާއި އާޝިޔާގެ ޖަގަހަ ކަމުގައިވާ މާބަލް ހޮޓެލްގައި ދެމީހުން ދިޔައީ ފިނި ބުއިމެއް ބޯލަމުންނެވެ. “ރާނީ ބުނި މަމްދޫހު ފޯނެއް ނުނަގައޭ… ” ޒުލޭހާ ދުރުދުރުން ވާހަކަ ފެށިއެވެ. “އެހެންތަ ވީ.. މަ ގުޅީމަވެސް އެސޮރު ފޯނެއް ނުނަގައޭ… މާ ބުރައީ ކަމަށް ވާނީ…. ” އާޝިޔާ ހާސްވިޔަސް އެކަން ފޮރުވާލިއެވެ. “ރާނީ ބޭނުންވަނީ އަވަހަށް އިންނަން… ކީކޭ އާޝިޔާ ބުނަނީ…” ކުރިމަތީގައި އިން ޖޫސްތަށިން އެތި ފޮދެއް ބޯލުމައްފަހު ޒުލޭހާ އަހާލިއެވެ. “ހަމަ ރަނގަޅުވާނެ… ކުރަންވީ.. އެކަމަކު މަމްދޫހު އައިމަ އެއްނުވާނީ… މާދަން ހެނދުނު އަންނަ ވާހަކަ ބުނީ” އާޝިޔާ ވީ އުފަލުން އާދިލް ބުނި ވާހަކަމަތިން ހަނދާން ނެތުނެވެ. ނުނީ ހަނދާން ނައްތާލީއެވެ. ރާނިޔާ އާއި މަމްދޫހު ގުޅުވުމަކީ އާޝިޔާ ދެކެމުން އައި ހުވަފެނެކެވެ.
**********
މެންދުރު ކެއުމަށްފަހު ޝައިމަން އާއި އަތޫޝާ އަދި ޝަމްހާ ބޭރު ޖޯލީގައި އޮތީ ބަނޑު ދަމާލުމަށެވެ. ރަށު ކައުންސިލްގެ ބާއްވާ މީޓިން އަކަށް މަމްދޫހު ދިޔައީ އެކަކު ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނުމުންނެވެ. “އަންނާނަން ސަނާގެ ހަބަރެއް ބަލާފައި” ޝަމްހާ އެހެން ބުނެ މިސްރާބު ޖެހީ ގޭތެރެއަށް ވަނުމަށެވެ.
“ޝާޝާ….. ވާހަކައެއް އަހާލަންތަ..” ހަމަ ހިމޭންކަމުގެ ވަގުތު ކޮޅަކަށް ފަހު ޝައިމަން ވާހަކަ ދައްކަން ފެށިއެވެ. އަތޫޝާއަށް ޝައިމަންއާ ދިމާލަށް ބަލާލެވުނީ ބުނަން އެއުޅެނީ ސީރިއަސް ވާހަކައެއް ހެން ހީވާތީއެވެ. “ކީއްވެތަ އަހަންނާ ދިމާލަށް ބުޅަލެކޭ ބުނީ… އަހަރެން ވިސްނާ ވިސްނާވެސް ނޭނގުނު… ހަމަ ގައިމުގެސް އެނަން އެންމެ ފިޓުވާނީ ޝާޝާއަށް.. އަބަދުވެސް އަހަރެންނަށް ކޮންމެވެސް އަނިޔާއެއްދޭނެ.” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. އަތޫޝާ ޝައިމަންއާ ދިމާލަށް ބަލަން އިނދެ ހިނިގަނޑު ފަޅައިގެން ދިޔައީ އޭގެ މިނެޓެއް ފަހުންނެވެ. އަތޫޝާ ހޭން ފެށުމުން ޝައިމަންވެސް ހޭންފެށިއެވެ. ޝައިމަން ހުނުން ހުއްޓުނީ އަތޫޝާ ހޭތަން ފެނުމުންނެވެ. އަތޫޝާ ހެމެން ދިޔައިރު އެކޮލަށް އެޅޭ އަޑިކޮޅު ވަރަށް ވެސް ފުރިހަމައެވެ. އެހާ ގަދައަށް ހީނުމުން އަތޫޝާގެ ލޮލުން ފެންވެސް އައެވެ. އަތޫޝާއަށް ޝައިމަން ބަލާކަން އެނގުމުން މަޑުމަޑުން ގޮސް ހުނުން ހުއްޓުނެވެ.
“ކުންނާރު ކާނަން…” އަތޫޝާ ކުންނާރު ގަހާ ދިމާލަށް ދަމުން ޝައިމަން ކުރެން އަހާލިއެވެ. ޝައިމަންވެސް އަތޫޝާ ފަހަތުން ދިޔައީ ކުންނާރު ގަހާ ދިމާލަށެވެ. އަތް ފޯރާ ހިސާބުގައި ކުންނާރެއް އިން އޮފި ގަނޑެއް އިނުމުން އަތޫޝާ ކުޑަކޮށް ކޮރުމައްފަހު އެއޮފީގައި ހިފެހެއްޓިއެވެ. އެހެން ނަމަވެސް އަވަސް އަވަހަށް އެ ދޫކޮއްލީ އަތަށް ކައްޓެއް ހެރުމުންނެވެ. “އައުޗް” އިނގިއްޔަށް ފިއްތަމުން އަތޫޝާ ބުނެލީ އަތުން ލޭ އަންނަން ފެށުމުންނެވެ. އަތޫޝާގެ އިނގިލިން ލޭ އަންނަތަން ފެނުމުން ޝައިމަންއަށް އެ އިނގިލި އަނގަޔަށް ލެވުނީ ކީއްވެކަންމެއް ނޭނގެއެވެ. ޝައިމަން އެކުރި ކަމަކުން އަތޫޝާ އިނީ އިނގިލި ދަމައިގެނަންވެސް ނޭނގިއެވެ. އަތޫޝާ ޝައިމަންއާއި ދިމަލަށް ބަލަން އިން އިރު ޝައިމަންއަށްވެސް ހުރެވުނީ އަތޫޝާ އާއި ދިމާލަށް ބަލާންށެވެ. އަތޫޝާގެ ހިތް ބާރު ބާރަށް ތެޅެންފެށީ ޝައިމަން އަނގައިގެ ހޫނުކަން މުޅި ހަށިނގަޑަށް ކުރުމުންނެވެ. ގަދަ އަވި ދިއްލާފައިވާ ގަޑީގައި އަތޫޝާގެ މުޅި ގައިން ހީބިހި ނެގިއެވެ.
“އައްޗި” އަތޫޝާއަށް ހަދާނެ ގޮތެއް ނޭނގިގެން އެންމެ ފަހުން އަނގައިގަ އޮތް ކުންނާރު އޮތް ޝައިމަންގެ މޫނަށް ބުރުވާލިއެވެ. “ފިލްމް ތަކުން ފެނޭ އެހެން ހަދާތަން… އެހެންވެ ލޭމަނާ ކޮއްދޭން އަހަރެންވެސް ޓްރައި އެއް ކޮއްލީ” އަތުން މޫނު ފޮހެލަމުން ޝައިމަން ބުންޏެވެ. “މީ ކުޅޭ ފިލްމެއްތަ… ނޫނީ ޝައިމަންއަށްވެސް އަހަރެން ފެންނަނީ ކުޅޭ ކުޅޭ އެއްޗެއްގެ ސިފައިގަތަ…” ޝައިމަން އެހެން ބުނުމުން އަތޫޝާއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ކޮންމެ މީހަކު އަތޫޝާގެ ހިތާ ކުޅެލަނީ ކީއްވެ ހެއްޔެވެ.
“ޝާޝާ…” އަތޫޝާ ފަސް އެނބުރި ދުއްވައި ގަތުމުން ޝައިމަން ގޮވާލިއެވެ. އެހެން ނަމަވެސް އެ އަޑު އެހުމެއްނެތި އަތޫޝާ ނިކުމެގެން ދިޔައީއެވެ.
………………………
ހުރިހާ އެންމެން އަސްރު ކޮއް ނިންމައިގެން މިސްރާބުޖެހީ ތުނޑިއާ ދިމާލަށެވެ. އިރުކޮޅަކު ނިދާލުމުން ސަނާގެ ބޮލުގެ ރިހުންވެސް ކުޑަވިއެވެ. ހިނގަމުން ދިޔަ ސަނާ އިރު ކޮޅަކާ މަމްދޫހަށް ބަލާލައެވެ. ސަނާ ބަލާވަރުން މަމްދޫހަށްވެސް އެކަން ފާހަގަ ވިއެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނެ ހުރީ ހަމަ ގަސަތުގައެވެ. އަބަދު ސަކަރާތް ޖަހަމުން އަންނަ ޝައިމަން އާއި އަތޫޝާގެ ދެމެދުގައިވީ ހަމަހީމޭން ކަމެވެ. ޝަމްހާ ބުނެލާ އެއްޗަކަށް ހިނިތުންވުމެއް ހަނދިޔާ ކުރުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.
“ދެން ހާދަ މޫޑީއޭ ދޯ… ސަނާ ހިންގާލަމާ” ޝަމްހާ އާއި ސަނާ އެކަކު އަނެކަކަށް ބަލާލުމައްފަހު އަތުގައި އޮތް ރަތް ކުލަ ފުޅި ނެގިއެވެ.
“ދޮންބޭ… ސޮރީ… ހަހހަހަހ” މަމްދޫހުގެ ދެކޮލުގައި ފިރުމާލުމައްފަހު ސަނާ ދުއްވައިގަތީ މަމްދޫހު އަންނާނެކަން އެނގޭތީއެވެ. މަމްދޫހުގެ ކޮލަށް ފިނިވުމުން ބަލާލިއިރު މުޅި ކޮލުގައި ވަނީ ރަތް ކުލަ އުނގުޅާފައެވެ. މަމްދޫހުވެސް ސަނާ ފަހަތުން ދުއްވައިގަތީ ކުލަ ފުޅި އަތުލުމަށެވެ. ޝައިމަންގެ ކޮލުގައި އުނގުޅަން އުޅުނު ޝަމްހާގެ އަތުގައު ޝައިމަން ހިފީ ހުށިޔާރު ކަމާއެކީގައެވެ. ޝަމްހާ އަތުގައި އޮތް ކުލަ ފުޅި އަތުލުމައްފަހު ޝަމްހާގެ މުޅި މޫނުމަތީގައި ޝައިމަން ރީދޫ ކުލަ އުނގުޅާލިއެވެ. “ޗުއިންގަމް ހީވޭ ކަމެއްހެން.. ދެން ތުން ފިއްތާފަ އިނަސް ނުކުރާކަމަކަށް ނުވާނެ ދޯ..” ޝައިމަން އިތުރަށް ޝަމްހާ ރުޅި އަރުވާލިއެވެ.
“އައްޗި…. ޝައިމަން ގަނޑު” ފަރި ހިނގުމެއްގައި ދިޔަ އަތޫޝާގެ މުޅި މޫނުގައި ޝައިމަން ކުލަ އުނގުޅާލިއެވެ. އަތޫޝާވެސް ޝައިމަންގެ މޫނު ގައި ކުލަ އުނގުޅޭތޯ ދުވަމުން ދިޔައެވެ. ޝައިމަން އަތު ނުވާން ވެގެން ދުވަމުން ދުވަމުން ގޮސް އަރިއަޅާލީ ކަކުނި ހޮރަކަށް ފައިވަނުމުންނެވެ. ދުވަމުން ދުވަމުން ދިޔަ އަތޫޝާވެސް ކޮންޓްރޯލްއިން ނައްޓައިގެން ގޮސް ޖެހުނީ ޝައިމަންގެ ގައި މައްޗަށްށެޗެ. އަތޫޝާއަށް އެ ފުރުސަތުވީ ރަނުގެ ފުރުސަތަކަށެވެ. ހީހީފައި ޝައިމަންގެ މޫނުމަތީގައި ދެއަތް އުނގުޅަމުން ދިޔަ އިރު މިއޮވެވުނީ ކިހިނެއްކަމެއްވެސް ރޭކާނުލިއެވެ. ޝައިމަން އަތޫޝާއަށް ބަލަމުންދާކަމުގެ އިހްސާސްވުމުން އަތޫޝާގެ ހުނުން މަޑުވަމުން މަޑުވަމުންގޮސް އެއްކޮށް މަޑުވިއެވެ. ” އޯ ގޯޑް.. ޔޫ އާރ ސޯ ޕްރިޓީ” އަތޫޝާއާ ދިމާލަށް ބަލަން ހުރެ ޝައިމަން އިއްވާލިއެވެ. އަތޫޝާ އަވަސް އަވަހަށް ތެދުވަން އުޅުމުން ޝައިމަން އަތޫޝާގެ އުނަގަނޑު ވަށާލީ އެބާރުގަދަ ދެއަތުންނެވެ. ޝައިމަންގެ އެ އަމަލުން އިތުރަށް އަތޫޝާ ޝައިމަން ގައިގަ ތަތްލިއެވެ. “ޝާޝާ ތީ ކުޅޭ އެއްޗެކޭ އަހަރެން ދުވަހަކު ބުނި އަޑު އިވުނުތަ… ޔޫ އާރ… ޔޫ އާރ ސްޕެޝަލް..” އިތުރަށް އަތޫޝާގެ ލޫޅާފަތި ހަށިގަނޑުގައި ހިފާލަމުން ޝައިމަން ބުންޏެވެ. އަތޫޝާއަށް އިނދެވުނީ ޝައިމަންއާ ދިމާލަށް ކަޅި ޖަހާނުލާ ބަލަންށެޗެ. “ޝާޝާ.. ކޮންޓްރޯލް…” އަތޫޝާގެ ހިތާ ދިމާލަށް ބަލާލަމުން ޝައިމަން އެހެން ބުނި އިރަށް އަތޫޝާ އަވަސް އަވަހަށް ޝައިމަން ގައިމަތިން ތެދުވިއެވެ. އޭރުވެސް އަތޫޝާގެ ތެޅެމުން ދިޔަ ހިތަކަށް ބަދަލެއް ނާދެއެވެ. އަތޫޝާ ލަދުން ގޮސް ފަސް އެނބުރުނީ އެ ހިސާބުން ދުރަށް ދިޔުމަށެވެ. އެހެން ނަމަވެސް އަތޫޝާގޮސް ޖެހުނީ މަމްދޫހުގެ މޭމަތީގައެވެ. އަތޫޝާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލާ ދިޔައީ މަމްދޫހުގެ މޫނުމަތީގައިވީ ކުލަވަރު ފެނިއެވެ. ދެފިޔަވަޅު ފަހަތަށް ޖެހެވުނީ ބިރުންނެވެ.
ނުނިމޭ……
10 Comments!
Comments are closed.
I’m frst
Vvvvvvvvv rythi. Next part avahah up kohla dhehche Inge..
Thankolheh dhigu koh avahah up kohdhybela plx plx v nice
mamdhooh mi varehge soreke .. hifi nuhurevigen ulhey sorej .. poor shaasha ?
ME first… but haadha kurey konme part e ves…thakolhe dhigukon genesdheeba next part..
V reethi next part knirakun up kohdheynee
Mamdhooh ah konkamehtha shashaa konme meehakaa ehkoh ulhunas haadha kanthah bodey dhw a mamdhooh gandu
Ya dhw
pleeeeeeeeeeeeeease thankolheh dhigu koh genes dhyybaaaaaaa
story hes kiyaafa salhi ???????????????????
Varah varah reeeeeeeeeeeethi.. Whn nxt prt???