Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 14 ވަނަ ބައި

aasi
April 10, 2016
9 Mins Read
104 Views
15 Comments

ފައުޒާން ތަޅުދަނޑިން ދޮރު ހުޅުވައިގެން ވަންނަން ހިތަށް އަރާފަ ވެސް އެއީ މުޅިން ރަގަޅު ގޮތަކަށް ނުވެދާނެތީ ފައުޒާން ތިރިއަށް ދިޔައީ ހަފީޒާ ނޫނީ ރިފާ ގޮވައިގެން އަންނާށެވެ. ހަފީޒާ ގެއަކު ނެތެވެ. ރިފާއާއި ފައްވާޒް ވެސް ފެންނަން ނެތުމުން ފައުޒާން އައިސް ތަޅުދަނޑިން ދޮރު ދޮރުހުޅުވާލި އިރު ހިބާ އޮތީ ފާހާނާގެ ތަޅުންގަނޑު މައްޗަށް އުއްޑުން ވެއްޓިފަ އެވެ. ގައިގައި އެއްވެސް އަންނައުނެއް ނެތުމުން ފައުޒާންއަށް ލޯ މަރާ ލެވުނެވެ. އަދި އަވަހަށް އެތަނުން ނުކުމެ ފާހަނާ ދޮރުމަތީ މަޑުކޮށްލައިގެން ހުރެވުނީ އެވެ.

އަނެއްކާ މިވީ ކިހިނެއް ހެއްޔެވެ. ހިބާގެ ހެދި ބޮޑުވަމުން އަންނަ ދޮން ދޮން ހަށިގަނޑުން ނުފެންނަ ތަނެއް ނެތެވެ. ހަންގަނޑު އޮމާން ވެފައި ރީތިކަމުގެ ލާމަސީލު މިސާލަކަށް ވާނެ ކުއްޖެކެވެ.

ފައުޒާން ހިބާގެ ކޮޓަރިއަށް ވަދެ އެނދުމަތީ އޮތް ރަޖާގަނޑު ހިފައިގެން އައިސް ހިބާގެ ގައި މަތީ އެ އަޅާލުމަށް ފަހު ހިބާއަށް ދެފަހަރަކު ގޮވާލި އެވެ. ހިބާގެ ވިންދު ބަލައިލި އެވެ. އަދި ނޭވާ ލާތޯ މޫނު ކައިރި ކޮށްލި އެވެ. ހިބާއޮތީ ހަބަރު ހުސްވެފައިކަން އިނގުމުން ތެދުވެ އިސްކޫރުން ފެންފޮދެއް ހިބާގެ މޫނުގައި އުނގުޅާލި އެވެ. ހަބަރެއް ނުވުމުން ފެންފޮދެއް މޫނަށް ބުރުވާލި އެވެ. ހިބާއަށް ލޯ ހުޅުވާ ލެވުނުއިރު ފައުޒާން ހިބާއަށް ބަލަހައްޓައިގެން އިނެވެ. ހިބާއަށް މި އޮވެވުނީ ކޮންތާކުކަން އިނގުމާއި އެކު ފުންމައިގެން ތެދުވެވުނެވެ. ހިބާގެ ގައިމަތީ އޮތް ރަޖާގަނޑު ކެހިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. ފައުޒާން އަަވަހަށް އަނެއްފަރާތައް އެނބުރުނެވެ. ހިބާ ކުއްލިއަކަށް ރަޖާގަނޑު ނަގާ ގައިގާ ޖައްސާލުމަށް ފަހު ފައުޒާންއަށް ބަލައިލި އެވެ. އޭރު ފައުޒާން ހުރީ އަނެއް ފަރާތަށް އެނބުރި އެވެ. ހިބާ ހުރީ ހައިރާން ވެފަ އެވެ. ހިބާ ހުރީ މިވީ ކިހިނެއްކަން ނޭގިފަ އެވެ. އޭނަ ފާހާނާއަށް ފެންވަރަށް ވަދެ މާގަނޑު ދޫކުރިކަން ހަދާން ވެއެވެ. ދެން ވީ ކިހިނެއް ހެއްޔެވެ. އަނެއްކާ ފައުޒާން އެއުޅުނީ އޭނައަށް ކީއްކުރަން ބާއެވެ. ދޮރު ލެއްޕުނު އަޑަށް ހިބާ ބަލައިލި އެވެ. ފައުޒާން ފާހާނާއިން ނިކުތީ އެވެ. ހިބާގެ ހުރިހާތަނެއް ފައުޒާން އަށް ފެނުނީ އެވެ. ހިބާ ލަދު ގަތެވެ. ފައުޒާންއާއި ކުރިމަތިލާން ދެނެއް ހިބާއަކަށް ނުކެރޭނެ އެވެ. އެކަމަކު ފައުޒާން ފާހާނާއަށް ވަނީ ކިހިނެއް ހެއްޔެވެ. ހިބާ ތަޅުލި ހަދާން ވެއެވެ.

ޓެރެސް މަތީ ފައުޒާން ހުރީ ދެންމެ ވެދިޔަ ކަންތަކާމެދު ވިސްނާށެވެ. ފައުޒާންއަށް ލޯމަތިން ސިފަ ވަމުން ދިޔައީ ހިބާގެ ހާމަ ވެފައި އޮތް ހަށިގަނޑެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ. އަންހެންވަންތަ ކަމުގެ ލާމަސީލު މިސާލެކެވެ. ހިބާއަކީ އަދި ބޮޑުވަމުން އަންނަ ޅަ ކުއްޖެކެވެ. މިހާރުވެސް ރީއްޗެވެ. ތަސައްރަފުފުދި ބުރުސޫރަ ރީތިވުމުން ކިހާ ރީތި ވާނެ ހެއްޔެވެ. ފައުޒާން ނޫނަސް ކޮންމެ ފިރިހެނެއްގެ ހިތްވެސް ހަލާކުވެދާނެ ފަދަ ރީތި ކަމެކެވެ.

އެވަގުތު ފައުޒާންގެ ފޯނަށް މެސެޖެއް އައުމުން ބަލައިލި އިރުއެއީ ނަދުވާ އެވެ. ތަރާވީސް ނަމާދު ނިމިގެން އެގެއަށް އައުމަށް ނަދުވާ އޮތީ މެސެޖު ކޮށްފަ އެވެ. ފައުޒާން ނަދުވާއަށް މެސެޖުގެ ޖަވާބު ލިޔަން ހުއްޓާ ހިބާ ފާހާނާއިން ނިކުތެވެ. އަދި އަވަހަށް ކޮޓަރިއަށް ވަންތަން ފައުޒާންއަށް ފެނުނެވެ. ފައުޒާން މެސެޖު ފޮނުވާލުމަށް ފަހު ފާހާނާއަށް ވެދެ ވުޟޫ ކޮށްލައިގެން ތިރިއަށް ފޭބީ މިސްކިތަށް ދިއުމަށެވެ.

ހިބާ ނަމާދު ކޮށްގެން ޖައްސާލުމާއި އެކު ނިދިއްޖެ އެވެ. ފައުޒާން މިސްކިތުން އައި ވަގުތު އަޒްމީލު ވެސް އައިސް ގެއަށް ވަންނަނީ އެވެ. ފައުޒާން އަޒުމީލުއަށް ގޮވާލި އެވެ. އަޒުމީލު ބޯޖަހާލަމުން އަވަހަށް އެތެރެއަށް ވަދެގެން މާކުރިން ހިގައްޖެ އެވެ. ދެމީހުން ވާހަކަ ދައްކާ އުޅުނެއް ކަމަކު ފައުޒާންއާއި އެކު އެކަނި ހުންނަން އަޒުމީލު ޖެހިލުން ވެއެވެ. ކުރާނެ ސުވާލު އެނގޭތީ އެވެ. ގައިމުވެސް އެއް ސުވާލެއްގެ ޖަވާބު ނުލިބިގެން ފައުޒާން އަދިވެސް އުޅޭކަން އަޒުމީލަށް އެނގެ އެވެ. އަދި އެއީ އަޒުމީލަށް ޖަވާބުދޭން އެންމެ އުނދަގޫ ވެސް ސުވާލަށް ވާނެ އެވެ.

ހިބާއަށް ލޯ ހުޅުވާ ލެވުމާއިއެކު ގަޑި ބަލައިލުމަށް ހިބާގެ ފޯނު ހޯދާލި އެވެ. ގަޑި ބަލައިލި އިރު ތިންގަޑި ބައިވަނީ އެވެ. ފުންމައިގެން ތެދުވި އެވެ. އަދި އަވަހަށް އެދުން ފައިބައިގެން އައިސް ދިގު އިސްތަށި ގަނޑުގައި ފުނާއަޅަން ފެށި އެވެ. ފުނާ އަޅަމުން ދިޔައިރު އެރޭ ހިނގި ހާދިސާ ހިތަށް ސިފަވަމުން ދިޔަ އެވެ.

ފައުޒާންއާއި ކުރިމަތީލާން ދެން ކެރޭނީ ކިހިނެއް ހެއްޔެވެ. ފާހާނާއަށް ފައުޒާން ވަނީ ކިހިނެއްތޯ އަހާނީ ވެސް ކިހިނެއް ހެއްޔެވެ. އަނެއްކާ ފައުޒާން ހުޅުވީ ތަޅުދަނޑިން ހެއްޔެވެ. އަމިއްލަ ތުންފައުގައި ދަތް އަޅާލެވުނެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. ފައުޒާންއަށް ހިބާގެ އެއްވެސް ތަނެއް ފެނިގެން ނުވާނެ އެވެ.

ކޮޓަރީގައި ޓަކި ޖަހާލުމުން ހިބާ ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ދޮރު ކައިރިއަށް އައިސް ކާކުތޯ އަހައިލި އެވެ.

“ހިބާ؟ މީ ދޮންބަތުއޭ. ހާރުކާން އަންނަންވީނު؟ އަދިވެސް ނިދަނީތަ؟” ރިފާގެ އަޑު އައެވެ. ހިބާ އަވަސް ކޮށްލައިގެން އައިސް ދޮރު ހުޅުވި އެވެ.

“ދޮންބަތުދޭ. ހިބާ މި ދަނީ.” ހިބާ ފާހާނާއާއި ދިމާއަށް ދަމުން ބުންޏެވެ.

ހިބާ ތިރިއަށް ފޭބި އިރު އެންމެން ބަދިގޭގައި ކާމޭޒު ކައިރީ ތިއްބެވެ. ހިބާއަށް ފައުޒާންއާއި ދިމާއަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު މީގެކުރިން ނުވާކަހަލަ ގޮތްތަކެއް ދެމީހުނަށް ވެސް ވެގެން ދިޔަ އެވެ. ހިބާގެ މުޅި ގަޔަށް ކަރަންޓުގެ ރާޅުބާނީއެއް އައި ކަހަލަ އެވެ. ހިބާ އަވަހަށް ހަފީޒާއާއި ދިމާއަށް ބަލައިލަމުން ހީލި އެވެ. ފައުޒާން ވެސް ކާންއިން ތައްޓަށް ބަލަހައްޓައިގެން އިނދެ މަޑު މަޑުން ކަމުން ގެންދަން ފެށި އެވެ.

ހިބާ ބަތް އަޅަމުން ގެންދިޔަ އިރު އަދިވެސް އިނީ ފިކުރެއްގަ އެވެ. ހިބާ ފައުޒާން އާއި ދެން ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ. މިހާރު ފައުޒާންގެ ފިކުރު ވެސް އެވަނީ ބަދަލުވެފައި ކަންނޭގެ އެވެ. ހިބާގެ މޫނު ރަތްވެގެން ދިޔައީ އަމިއްލައަށް ލަދުވެތިކަން ހިތަށް ވަނުމުންނެވެ.

“ހިބާ، ހާދަ އަވަހަކަށް މިރޭ ނިދީ. އަޒޫ އައިސް ވަރަކަށް ހިބާއަށް ގޮވަން އުޅުން.” ރިފާ ބުންޏެވެ.

“ދެން ކީއްވެ ނުގޮވީ؟” ހިބާ މަޑުމަޑުން އަހާލި އެވެ.

“ޒާން ބުނީ ހިބާ ކުރީރޭ ހޭލާހުރުމުން ވަރަށް ނިދިއައިސްގެން ކަމަށް ނިދީ. އެހެންވެ ދެން އެކަކަށްވެސް ނުކެރުން ގޮވާކަށް. އަޒްކާ ގޮވަން ދިއުމުންވެސް ޒާން އެކަންވެސް މަނާކުރީ.” ރިފާ ބުންޏެވެ.

ހިބާ ފައުޒާންއަށް ބަލައިލި އެވެ. ފައުޒާން ހިބާއަށް ބަލައިވެސް ނުލާ އިސް ޖަހަހައިގެން އިނދެ ކަމުން ގެންދިޔަ އެވެ.

ހިބާކައި ނިމިގެން ގޮސް ޓެރެސްމަތީ އުނދޯލީގައި އިންއިރު ބައެއް ފަހަރަށް ހިތަށް އަރަމުން ދިޔަ އެއްޗިހިން ރުޅި އަންނަމުން ދިޔަ އެވެ. މިއޮއްފަދަ ރޯދަމަހު ފައުޒާން އެޖެހީ ކޮންފަދަ ސަކަރާތެެއް ހެއްޔެވެ. އެކަމަކު އެކަމުގަ ފައުޒާންއަށް ހެދެން އޮތީ ވެސް ކިހިނެތް ހެއްޔެވެ. ގައިމު ކުޑައްތަ ނޫނީ ދޮންބަތުއަށް ނަމަވެސް ގޮވިނަމަ އެވެ. އެއީ ފައުޒާން ގަސްތުގައި ކުރިކަމެއް ބާއެވެ.

ހިބާއުނދޯލީގައި މަޑުކޮށްލައިގެން އިނީ ފަތިސް ނަމާދުން ފައިބައިގެން ފައުޒާން އަންނަން ދެނެވެ. ފައުޒާންއާއި ދިމާއަށް ހިތުގައިވާ ހުރިހާއެއްޗެއް ކިޔާލަން ހިތަށް އަރައިގެން ހިބާ އިނެވެ.

ފައުޒާން އައިސް ސިޑިން އެރުމާއި އެކު ހިބާ ފުންމައިގެން ފައުޒާން ކުރިމައްޗަށް އައިސް ހުއްޓުނެވެ. ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ލަދުން މީހާ ފިނިވިއެވެ. ނިތްކުރިން ދާހިއްލާލި އެވެ. މޫނުމައްޗަށް ޖަންބުކުލަ އަރައިފި އެވެ. ހިބާ އަވަހަށް ފައުޒާންއަށް ފުރަގަސް ދިނެވެ.

“ކީއްކުރާނަމޭ ހިތާތަ ފައުޒާން ތި އުޅެނީ. މިއޮއްފަދަ ރޯދަމަހު އަންހެން ކުދިންގެ އައުރަ ބަލަކަށް ލަދެއްވެސް ނުގަނޭނު ހިބާގެ ވެސް އިއްޒަތަކާ އަބުރެއް ވާކަމެއް ފައުޒާންއެއް ނުވިސްނަންތަ” ހިބާ ބުނަން ބޭނުންވި ހުރިހާއެއްޗެއް ހިތުގައި ހަރުލާފައި ހުރީއެވެ. އެއިން އެންމެ ލަފުޒެއްވެސް ހިބާގެ ދުލުން ބޭރެއް ނުވިއެވެ. ފެންކަޅިވެފައި ހުރެ ކޮޓަރިއާއި ދިމާއަށް ހިބާ ހިގައިގަތެވެ. ފައުޒާން ހިބާއަށް ބަލަން ހުރީ އެވެ. ގޮވާލަން ހިތަށް އަރާފައިވެސް ގޮވާލާކަށް ނުކެރުނެވެ.

ދެމީހުންގެ ދޭތެރޭ ބީރައްޓެހިކަމެއް ވަނީ އުފެދިފަ އެވެ. ދެމީހުނަށްވެސް އެކަކު އަނެކަކަށް ހަތަރުކަޅި ހަމަކޮށް ބަލައިލަންވެސް ނުކެރެ އެވެ. އެކަކު އަނެކަކަށް އުނދަގޫކޮށް ޖެއްސުންކޮށްލާ ހެދުންވެސް މިހާރަކު ނެތެވެ.

އަނެއްދުވަހު ރޯދަވިއްލި ގަޑީގައިވެސް ހިބާގެ އަނގައެއް ނެތެވެ. އެކަމާ ހަފީޒާއާއި ރިފާ ސުވާލު ކުރުމުން ހިބާ ބުނީ އިމްތިހާން ކައިރިވާތީ ބިރުގަންނަނީ ކަމަށެވެ. އެހެންވެ އެއީ ތެދެއްކަމަށް ބަލާ ހިބާއަށް ހިތްވަރުދިނެވެ.

“ހިންގާބަލަ އީދުގަ ކޮންމެސް ރަށަކަށް ޖައްސާލަން. ފައުޒާންއާޢި ފައްވާޒްއަށް ޗުއްޓީއެއް ނުލިބޭނެތަ؟” ހަފީޒާ ބުންޏޭވެ.

“ލިބިދާނެ އީދަށް ޗުއްޓީ.” ފައްވާޒް ބުންޏެވެ.

“ޒާން ޖެހޭނީ ބަލައިލަން ލިބޭތޯ. މިހާރުވެސް އެކަކު ޗުއްޓީގަވީ އެހެންވެ އޭނަ ނުކުތީމަ ޒާންއަށް ލިބުނަސް ލިބޭނީ.” ފައުޒާން ބުންޏެވެ.

“މަންމަގެ ރައްޓިހިން ތިބޭނެ މާފުށީގައާއި ގުޅީގަ. ކައިރި ރަށަކަށްނު ދެވޭނީ. ލޯންޗެއް ކަހަލަ އެއްޗެއް ލިބޭނަމަ ހިބާމެން ރަށަށް ޖައްސާލަން. މޫމިނާމެން ތިބޭނީ އަބަދު އަހަރުމެން ނައިސްގެން ވިއްޔަ.” ހަފީޒާ ބުންޏެވެ.

“އާން ދޯނީގަ އެހާ ދުރަކަށް ނުދެވޭނެ އެހާކުޑަ ދުވަސް ކޮޅަކަށް ދޯ މަންމާ. މާފުއްޓަށް ހިންގާ. އަދި ރިފާ ދުވަހަކުވެސް މާފުއްޓަކަށް ނުދަމޭ.” ރިފާ ބުންޏެވެ.

“ތިހެންވިއްޔާ ތި ޖެހުނީ ސަމްސުއްނިސާއަށް ގުޅަން،” ހަފީޒާ ބުންޏެވެ. “އެކަމަކު މި ފައުޒާން ހަދާގޮތެއް ބަލާފައެއްނު އެނގޭނީ.”

“ޒާން ބަހަށްޓާފަ މަންމަމެން ދޭބަލަ. ނަދޫމެންގޭން ކާލައިގެން ޒާންއަށް އުޅެވިދާނެނު އެންމެ ހަތަރު ދުވަހު.” ފައުޒާން ބުންޏެވެ.

“ތިހިންވެސް ހެދިދާނެ.” ހަފީޒާ ބުންޏެވެ.

ޖެހިގެން އައި އާދިއްތަ ދުވަހު ރޯދަވިއްލަން އަޒުމާ މެންގެއަށް ޒެކް އައެވެ. އެދުވަހު އެގޭގައި ވަރަށް ސާމާނު ހެދި އެވެ. އެރޭ ސައިކަލު ބުރު ޖަހަން ދާން އަޒުމާ ރޭވި އެވެ. އަޒުމީލުއަށް ދެވެން ނެތްވާހަކަ އަޒުމީލު މާކުރިން އެންގި އެވެ. އަޒުމީލު ވަނީ އަޒުމާއަށް އަޒުމީލުގެ ވަޒީފާގެ ވާހަކަ ކިޔައިދީފަ އެވެ. އެހެންކަމުން އަޒުމާ އިތުރު ސުވާލެއް ނުކުރެ އެވެ.

އަޒުމާ ހަފީޒާމެން ބަޔަށް އެރީ ޒެކްއާއި އެކު އެވެ. އޭރު ފައުޒާން ބޭރަށް ދާން ނިކުންނަނީ އެވެ.

“ޒާން، ކޮންތާކަށް؟” އަޒުމާ އެހި އެވެ.

“ވަކިތާކަށް ނޫން. ކިހިނެއްވީ؟” ފައުޒާން ޖަވާބު ދެމުން ޒެކްއާއި ދިމައަށް ނިތް އެއްލި އެވެ.

“ނަދޫ ކޮބާ؟ ހިންގާ ކުރުނބާބޯން ދާން. ކޮބާ ވާޒްދޮންބެ؟” އަޒުމާ ފައުޒާންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން އެތެރެއަށް ވަންނަމުން ބުންޏެވެ. ޒެކް ވެސް އެމީހުން ފަހަތުން ވަނެވެ.

“ޒާންއަށް ދެވިދާނެ އެކަމަކު ނަދޫ ގެއަކު ނޫޅޭ. ދޮންބެ ކޮޓަރީގަ..” ފައުޒާން ބުންޏެވެ.

“އާން ހިބާވެސް ދާން ވާނެ،” ސިޑިން ފައިބަމުން އައި ހިބާ ފެނުމުން އަޒުމާ ބުންޏެވެ. “ޒާން ސައިކުގަ ހިބާއަށް ދެވޭނެނު.”

“ޒާން…. ކުޑަކޮން ބިޒީއޭ. ޒާންއަށް ކިހިނެއް ދެވޭނީ؟” ފައުޒާން ހިބާއަށް ބަލައިލާފައި އަޒުމާކައިރީ އަވަހަށް ބުންޏެވެ.

“އައްދެ. ދެންމެ ގައިމު ބުނި ޒާންއަށް ދެވިދާނެޔޭ،” ހައިރާން ވެފައިހުރެ އަޒުމާ ބުންޏެވެ. “ޒާން ދާން ޖެހޭނެ. ހިބާއަށް އަދި އަހަރުމެނާ އެއްކޮން ދުވަހަކުވެސް ނުދެވޭ. މިރޭ އޭނަ ގެންދަން ވާނެ.” އަޒުމާ ފައްވާޒް ކޮޓަރިއާއި ދިމާއަށް ދަމުން ބުންޏެވެ.

ދެން އެހެންގޮތެއް ނޯންނާނެކަން ފައުޒާންއަށް އިނގުނެވެ. ފައުޒާން ހުރިފިޔަވަޅު މަތީ ހުރީ އެވެ. ދެން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތީމަ އެވެ. ހިބާއަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ.

ހިބާއައިސް ފައުޒާންގެ ސައިކަލު ފަހަތަށް އެރި އެވެ. މީގެކުރިންވެސް ފައުޒާންގެ ސައިކަލު ފަހަތަށް ހިބާ އަރަ އެވެ. ނަމަވެސް މިކަހަލަ އިހުސާސެއް ކުރިއަކުން ނުކުރެ ވެއެވެ. ފައުޒާން ގައިގައި ޖެހިދާނެތީ ހިބާއިނީ ތަންކޮޅެއް ދުރު ވެލައިގެނެވެ. ނަމަވެސް އެހެންއިންނައިރު ކުއްލި އަކަށް ފައުޒާން ހުއްޓާލާތީ ހިބާއައިސް ފައުޒާންގެ ގައިގައި ޖެހެ އެވެ. ފައުޒާންއަށް ވެސް މިކަހަލަ އިހުސާސްއެއް ކުރިއަކުން ނުވެއެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ހިބާ ފައުޒާންގެ ސައިކަލަށް އެރީކީ އަލަކަށް ނޫންވިއްޔާ އެވެ. ދެމީހުން ވެސް ތިބީ ހަމަޖެހިފައެއް ނޫނެވެ. ހިތަށް އުނދަގޫ ވަނީ އެވެ. ދެމީހުން ދޭތެރެއަށް ވެރިވެފައިވާ ބީރައްޓެހި ކަމަކުން ވާހަކަ ދައްކަން ވެސް ނުކެރެ އެވެ.

އެކިވާހަކައިގައި ގާޑިޔަލެއް ކައިރީ އެންމެން އިށީދެގެން ތިއްބެވެ. ކުރުނބާ ހެދޭވަރަކަށް ފައުޒާން ދިޔައީ އެކިމީހުނަށް ކުރުނބާ ދިއްކުރަމުންނެވެ. ހިބާއަތަށް ކުރުބާ ދިންވަގުތު ފައުޒާންގެ އިނގިލިތަކުގެ ކޮޅުން ހިބާގެ އިނގިލި ތަކުގައި ބީހުމުން ދެމީހުނަށްވެސް ބުނަން ނޭގޭފަދަ ގޮތްތަކެއް ވެގެން ހިގައްޖެ އެވެ. މީގެކުރިންވެސް ފައުޒާން ހިބާގެ އަތުގައި އެތަކެއް ފަހަރު ހިފިއެވެ. އެކަމަކު އެހެނެއް ނުވެ އެވެ.

ކުރުނބާ ބޮއެ ނިމިގެން އެންމެން ދިއައީ އުސްފަސްގަނޑާ ދިމާ ދޮށިގަނޑު މައްޗަށެވެ. އެތާތިބެގެން ދުފަމުން މަޖާ ވާހަކަ ދައްކަމުން ދިޔަ އެވެ.

“އީދުގަ ކޮންކަމެއް އޮތީ؟” ޒެކް އިނދެފަ އަހާލި އެވެ.

“އަނެއްހެން ކަމެއް ނެތް. ހިގާ ކަމެއް ރާވަމާ.” އަޒުމާ ބުންޏެވެ.

“ހިންގާ ރަށަކަށް ދާން. މަޖާވާނެ.” އަޒްކާ ބުންޏެވެ.

“ހިބާމެން ރަށަށް ދާންވީނު. އެއީ ވަރަށް ބޮޑު އަދި ވަރަށް ރީތި މޫދެއް އޮންނަ ރަށެއް.” ޒެކް ބުންޏެވެ.

“މާދުރެއްނު.” ފައުޒާން ހިބާއަށް ބަލައިލަމުން ބުންޏެވެ.

“އައި ކެން އެރޭންޖް. ލޯންޗްގަ ދާނީ. ހިބާމެންގޭގަ ހުންނާނެ ހުސް ތިން ކޮޓަރި. ދެން އިތުރަށް ކޮޓަރި ބޭނުމިއްޔާ ކައިރި ގެއަކުން ލިބޭނެ. ވަރަށް މީހުން ހެޔޮ ރަށެއް އެއީ.” ޒެކް ބުންޏެވެ.

“ތިހެންވިއްޔާ މަންމަ ވަރަށް އުފާވާނެ. މަންމަ ރަށަކަށް ދާން ރާވަމުން ދަނީ. ބުނި ހިބާމެން ރަށަށް ދެވޭނަމަ ކިހާ ރަގަޅު ވާނެހޭވެސް.” ރިފާ ބުންޏެވެ.

“ތިހެން ވިއްޔާ ކޮންމެ ހެނަކުންވެސް ދާން ރާވަން ވީނު. ޒެކް ވަރަށް ގިނައިން އެރަށަށް ދިއައިން. ހިބާގެ ބައްޕައާއި އެކު ކުޑައިރު ދަނީ. ދެން ފަހުން ދަނީ އެކަނި.” ޒެކް ހިބާއަށް ބަލައިލަމުން ބުންޏެވެ. “ހިބާ ބައްޕަ މިކޮޅުން ފޮނުވާ އެއްޗިހި ހިފައިގެން ޒެކް ދަނީ. ދޯ ހިބާ.” ޒެކް ހިބާއަށް ދޯލަމުން ބުންޏެވެ. ހިބާ ހިނިތުން ވެލި އެވެ.

“ތިހެން ވިއްޔާ ހިންގާ ހިބާމެންރަށަށް ދާން ރާވަމާ. އެބުނީ ކުޑައްތަ ވެސް ވަރަށް ދާހިތް ވެޔޭ. އަނެއްކާ ކުޑައްތަ ދަންޏާ މަންމަ މެންވެސް ދާން ބޭނުން ވެދާނެ ކަންނޭގެ.” އަޒްކާ ބުންޏެވެ.

އަޒްކާ އިނީ ވަރަށް އުފާވެފަ އެވެ. މާޒްވެސް ދާވާހަކަ ބުނުމުންނެވެ. އެކަމަކު ހިބާ އިނީ އުފަލަކުން ނޫނެވެ. ހިބާ ރަށުގަ އުޅޭގޮތަށް މިފަހަރު ނޫޅެވޭނެތީ އެވެ.

އެރޭ ގެއަށް އައިސް ބައެއް މީހުން ގެއަށް ވަދެގެން ދިއުމުންވެސް އަޒުމާއާއި، ޒެކްއާއި، މާޒްއާއި އަދި ފައުޒާން ސައިކަލު ކައިރީ މަޑުކޮށްލައިގެން ގޭދޮށުގައި ތިއްބެވެ.

“އަހަންނަށް ހީވަނީ ހިބާއަށް ކޮންމެސް ކަމެއް ވެފަ ހުރިހެން. އަޅެ ހިއެއް ނުވޭތަ. ގައިމު އޭނަގެ އަނގަ މިއަދު އެންމެ ގޮތަކަށްވެސް ނުހެލޭނު.” އަޒުމާ އެހެން ބުނުމުން ފައުޒާންއަށް އަޒުމާއާއި ދިމާއަށް ބަލައިލެވުނެވެ. ހިބާ އެގޮތަށް އެ އަމަލު ކުރަނީ ކީއްވެކަން ފައުޒާންއަށް އެނގެ އެވެ.

“އާން. އަހަރެން ހިތަށްއެރީ އޭނަ ގޭމީހުނާ އެއްކޮން ހުރީމަ ހަމަ ވާހަކަ ނުދައްކަނީ ކަމަށް.” ޒެކް ބުންޏެވެ. “އެހެންޏާ ޒެކްއާ ވެސް ވަރަށް ސަމާސާ ކުރާކުއްޖެއް ވިއްޔަ.”

“ވެދާނެ އެގްޒޭމް ކައިރިވެފައި ވާތީ ވެފަ ހުންނަ ގޮތެއް ކަމަށް ވެސް. ވަރަށް އުނދަގޫ ވާނެޔޭ ކިޔަ ކިޔާފަ އަޒްކާ ވެސް ވަރަށް ބިރުން އުޅެނީ.” މާޒް ބުންޏެވެ.

“މި ޒާން ވެސް އަދި ހުންނަނީ ގޮތެއް ވެފައޭ. ޒާން ތިހުންނަނީ ކިހިނެއް ވެފަތަ؟” އަޒުމާ ޒާންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

“އޭނަ އެހުންނަނީ ނަދޫގެ ކަންތަކާ ބޯ ގޮވާފަ. ދޯ ޒާން.” މާޒް ބުންޏެވެ.

“އަސްލުވެސް ދޯ ޒާން. ކީއްވެތަ ނަދޫ އަބަދު މިހާރު މާގިނައިން ބޭރުގަ އުޅެނީ. މާދަމާ އަހަރެން އޭނައަށް ނަސޭހަތް ދޭން ދާނަން.” އަޒުމާ ބުންޏެވެ. ފައުޒާން އަނގައިން ވެސް ނުބުނެ ހުނިތުން ވެލައިގެން ހުރީ އެވެ.

އެރޭ ހާރު ކަމުން ދިޔަ ގަޑީގައި މުޅިންވެސް ދެއްކީ ހިބާމެން ރަށަށް ދާ ވާހަކަ އެވެ. ހަފީޒާ އިނީ ވަރަށް އުފާ ވެފަ އެވެ. ހިބާމެން ރަށަށް ދެވޭނެ ގޮތެއް ފަހި ވުމުންނެވެ. އެރަށުގެ މޫދުގެ ރީތިކަމާ މީހުންގެ ހެޔޮ ކަމުގެ ވާހަކަ ހަފީޒާ ދެއްކި އެވެ.

ރިފާއާއި އެކު ހިބާ ތަށިތައް ނަގާ ސާފުކުރުމަށް ފަހު ރިފާވެސް ކޮޓަރިއަށް ވަނުމުން ހިބާވެސް އަވަހަށް ޤުރުއާން ކިޔަވާލާނެ ވަގުތު ކޮޅެއް އޮތުމުން ކޮޓައިއަށް ދިއުމަށް މައްޗަށް އެރި ވަގުތު އުނދޯލީގައި އިން ފައުޒާން ފެނުމުން ހުއްޓުން އެރި އެވެ. ފައުޒާން ހިބާއަށް ބަލައިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އެވެ. ހިބާ އަވަހަށް ކޮޓަރިއަށް ދިއުމަށް ހިގައިގަތީ ފައުޒާންއަށް ފުރަގަސް ދެމުން ނެވެ.

“ހިބާ، މަޑުކޮށްބަލަ.” ކުއްލިއަކަށް ފައުޒާން އެހެން ބުނުމުން ހިބާއަށް ހުއްޓެވުނެވެ. ފައުޒާން ތެދުވެގެން ހިބާއާއި ނުހަނު ކައިރިއަށް އައިސް ހުއްޓުނެވެ.

“ހިބާ، އައި އޭމް ސޮރީ،” ފައުޒާން ހިބާގެ ކުރިމައްޗަށް އެރި އެވެ. “އަހަރެން ގަސްތުގަ ކުރިކަމެއްނޫން އެއީ. އަހަންނަކަށް ނޭގޭނެނު ހިބާ އެފަދަ ހާލެއްގަ ފާހާނާގަ އޮންނާނެ ކަމެއް. މަންމައާއި ދޮންބަތު ނެތީމަ އަހަރެން ދޮރު ހުޅުވީ. އެއްވެސް ގޯސް ނިޔަތެއްގަ އެއްނޫން.” ފައުޒާން ވާހަކަ ނިންމާލަމުން ހިބާގެ ލޮލަށް ބަލައިލި އެވެ.

“އެނގެޔޭ… ގައިމަތީ ފޮތިގަނޑު އަޅާފަ އޮތުމުންވެސް އެނގުން ފައުޒާންގެ ނިޔަތް ގޯހެއް ނޫންކަން.” ހިބާ އިސްޖަހާލަމުން ބުންޏެވެ. ފައުޒާން ހިބާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

“އެހެން ނޫނަސް ދެން ހިބާގެ ހަށިގަނޑު ފެނިފަ ނިޔަތް ގޯސްވާނެތަ؟” ހަމަހިމޭން އިރުކޮޅަކަށް ފަހު ފައުޒާން ބުންޏެވެ. “ހިބާއާއި ދިމާއަށް ބަލަން ހުރުމެކޭ ފަތި ފިލާގަނޑަކަށް ބަލަން ހުރުމެކޭ ތަފާތެއް ނެތެއްނު. އަހަރެން ހިތަށް އަރާ ދަރިއަކު ލިބުނީމަ ދަރިން ބޮޑުކުރާނީ ކިހިނެއް ބާއޭ.” ލާނެތް ފާޑަކަށް ހިނި އައިސް ފައި ހުރެ ފައުޒާން ކޮޓަރިއާއި ދިމާއަށް ހިގައިގަތީ ހިބާގެ ކޮނޑެގައި ފައުޒާންގެ ކޮނޑުން ގަސްތުގައި ޖެހިގަންނަމުން ނެވެ.

ހިބާ ކައިރިއަށް ވަރަށް ރުޅި އައެވެ. އަދި މާ ބާރަކަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ. ހިބާ ލޯގަނޑު ކައިރިއަށް ހުއްޓެމުން އަމިއްލަ ސޫރައަށް ބަލައިލި އެވެ. ފައުޒާން އެއީ ކިހިނެއް ވެގެން އުޅޭ މީހެއް ހެއްޔެވެ. އެއްފަހަރު މާ ދެރަވެގެން އުޅެފަ ބުނެލަން ބޭނުން އެއްޗެއް ބުނެލާއިރު އެހެން މީހުންގެ ހިތަށް އަރާނެ އެއްޗެއްވެސް ވިސްނައެއް ނުލައެވެ. ހާދަ ފޫއްސެއް ވެއެވެ. އެނޫން މިޒާޖެއް ހުންނަނަމަ މިހާރު ފައުޒާންއަށް ލޯބި ހުށައެޅި ދާނެ އެވެ. ނަސީބެކެވެ. އެމިޒާޖު ލިބިފަ އެހެރީ ހަމަ މަގޭ ނަސީބެވެ. ހިބާ އެކި އެއްޗިހި ހިތަށް އަރަމުން ގޮސް ފާހާނާއަށް ވަނެވެ.

އެރޭގެ ފަހުން އަނެއްކާވެސް ފައުޒާންއާއި ހިބާ ކުރީގެ ހާލަތަށް ރުޖޫޢަ ވެއްޖެ އެވެ. ހިބާވެސް މިހާރު ވަކި ފައުޒާން ކަމެއް ކުރަންދެން މަޑެއް ނުކުރެ އެވެ. ހިބާއަށް ވެސް ފައުޒާން ފެންނައިރަށް ކޮންމެސް ގޯނާއެއް ކޮށްލަ އެވެ. އެދެމީހުން އުޅޭ ގޮތާ ކުރާކަންތަކުން އެހެން މީހަކު މިހާރު އެއްޗެއް ނުބުނެ އެވެ. އެއީ މިހާރު އާދައަކަށް ވެފައި ވާތީ އެވެ.

ހިބާގެ ޓެސްޓް އައިސްގެން ހިބާ އެރޭ އަޒުމީލު ކައިރީ ބުނެގެން އެގެއަށް އަޒުމީލު ގެނަ އެވެ. ހިބާއާއި އަޒުމީލު ތިބީ އުނދޯލީގަ އެވެ. ހިބާ އިނީ ފޮތެއް ހިފައިގެނެވެ. އޭގެން ކިޔަކިޔާފައި ނޭގޭ އެއްޗިހި ހިބާ އަހަ އެވެ. ދޭތެރެއަކުން ކަންފަތަށް ޖަހާފަ އިން ފަންސޫރު ނަގައިގެން ނޯޓްކޮށްލާ ހަދާލަ އެވެ.

ކިޔަވާ ނިމިގެން ވެސް އަޒުމީލު މަޑުކޮށްލައިގެން އިނެވެ. ހިބާ ހިބާގެ ރަށުގެ ވާހަކަތައް ކިޔައިދެމުން ދިޔައީ އަޒުމީލު އެރަށުގެ ވާހަކަ އެހީމަ އެވެ. އަޒުމީލުވެސް ހިބާމެން ރަށަށް ދާނެ ކަމުގައި އަޒުމީލު ބުންޏެވެ. އެވަގުތު މައްޗަށް އެރި ފައުޒާންއަށް އެދެމީހުން އުނދޯލީގައި ތިބިތަން ފެނިގެން ހިތަށް އަސަރު ތަކެއް ކުރި އެވެ. ނަމަވެސް ބުނާނީ ކީކޭ ހެއްޔެވެ. ކުރާނީވެސް ކީއް ހެއްޔެވެ.

“ހިބާ މިރޭ ބަދިގެއަކަށް ނުދަންތަ؟” ފައުޒާން އަހާލި އެވެ.

“ކުޑައްތަ ބުނީ މިރޭ އޯކޭޔޯ ހިބާ ނުދިއަސް. ހިބާގެ ޓެސްޓް މާދަމާ.” ހިބާ ބުންޏެވެ.

“ތިހެންވީރު ފިލާވަޅު ދަސްކުރަނީ ކޮން އިރަކުން؟ ދާން ވީނު ފިލާވަޅު ދަސް ކުރަން.” ފައުޒާން ބުންޏެވެ. ފައުޒާން ބުނި ގޮތުން އަޒުމީލުގެ ހިތުގައި ކޮށްޓާލި އެވެ. އަނެއްކާ ފައުޒާން މިއުޅެނީ ކިހިނެއް ހެއްޔެވެ. ކޮންމެސް ކަމެއް އެބަ ވެއެވެ.

“ހިބާ ފިލާވަޅުން ނޭގޭ ތަނެއް ބުނެދޭން އަޒުމީލު ގެނައީ. މިހާރު ދެން ނިމިއްޖެ. ހާރުކާން ދާންވީ ދޯ އަޒުމީލު.” މައުސޫމް ކަމާއެކު ހީލަމުން ހިބާ ބުންޏެވެ. ފައުޒާން އަޒުމީލުއަށް ބަލައިލި އެވެ. އަޒުމީލު ފައުޒާންއަށް ހީލަމުން ތެދުވި އެވެ.

“އަޒުމީލް،” އަޒުމީލު ސިޑިން ފައިބަން ދަނިކޮން ފައުޒާން ގޮވާލި އެވެ. “އަދި އެއްކަލަ ވާހަކަ އެބައޮތެއްނު. ކޮން އިރަކުން އެވާހަކަ ކިޔައި ދޭނީ؟” އަޒުމީލު ހުއްޓިލާފައި ފަހަތަށް އެނބުރެމުން ޖީބަށް އަތް ޖަހާލި އެވެ.

“ދެން ކޮންމެސް އިރަކުން،” އަޒުމީލު ބުންޏެވެ. “މިހާރު ވަރަށް ލަސް ވެއްޖެ.” އަޒުމީލު ބުންޏެވެ.

“އާން. އަދި ކިޔައި ނުދެވިފައެއް ވެސް ނެތެއްނު. ކޮފީއަކަށް ދާނީ މާޒްވެސް ގޮވައިގެން ކުރިން ގޮތަށް. ގޮސްސަ ވާނެ ކިޔައި ދޭން.” ފައުޒާން ބުންޏެވެ. އަޒުމީލު ބޯ ޖަހާލި އެވެ. ކޮންމެސް ދުވަހަކުން އެވާހަކަ ފައުޒާންއަށް ކިޔައިދޭން ޖެހޭނެކަން އަޒުމީލަށް އެނގެ އެވެ. ނަމަވެސް ކިޔައި ދިނުމުން ދެން ވާނެ ގޮތަކާމެދު ވެސް ވިސްނާލެވުނެވެ.

85
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 6 ވަނަ ބައި

Next

އިންސާފް.. 05 ވަނަ ބައި

Next
April 10, 2016

އިންސާފް.. 05 ވަނަ ބައި

Previews
April 10, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 6 ވަނަ ބައި

15 Comments

  1. Shaai says:
    April 10, 2016 at 6:52 am

    Haadha reychey mibaives. Hama update nuvefa mi hunnany. This is my favorite story. Tnks aasi thikuraa hihvarah. Keep it up…☺

  2. saf says:
    April 10, 2016 at 7:51 am

    Haadha lahey mihaaru vaahaka up kuraaleh vaanuvaa eh neyngeyne gina dhuvas v ma eh hurihaa vaahaka eh vx bt v v v nice avahah up kohdhybela

  3. reee says:
    April 10, 2016 at 8:07 am

    nice storyyyyyyyyyyyy

  4. Isheee says:
    April 10, 2016 at 8:16 am

    Varah varah reethi mi vaahaka. Hama inthixaaru ga hureveni.

  5. Omey says:
    April 10, 2016 at 9:04 am

    Varah varah reethi avahah aneh paat genesdheebaa

  6. Appy says:
    April 10, 2016 at 9:24 am

    Haadha varehge vaahaka ekey dhw axmyl ah nubunevigen e ulheny alhe kn vaahaka ehtha avahah bunebala

  7. eny says:
    April 10, 2016 at 9:34 am

    alhe saf thihen nubuneba aase aai dhimaalan mi nooniyya nethee gavaidhun upload kuraa vaahakaeh ………… mi vaahaka vvvvvvvvvv salhi e nadhooge kanthah zaan angaalaba plxxxxx

  8. nash says:
    April 10, 2016 at 9:36 am

    Vv v v reethi mi story

  9. Samy says:
    April 10, 2016 at 10:45 am

    very interesting

  10. Nenen says:
    April 10, 2016 at 11:06 am

    Haadhahaa loabivey eii aasi ge story ehtha?

    1. aasi says:
      April 10, 2016 at 8:10 pm

      no

  11. Me says:
    April 10, 2016 at 1:59 pm

    OMGGGGGGG… AASI KUDEE CAMEBACK?? WOW! I LOVED TGIS STORY SOO MUCH BACK THEN.. MUST HAVE READ THIS MORE THAN TEN TIMES..LOL..M SO HAPPY TO SEE A NEW STORY TOO… THANK YOU. I WAS A FAN SINCE FOREVER. MISSED U. GOOD LUCK! ♥

  12. aasi says:
    April 10, 2016 at 8:11 pm

    thanks to all

  13. Shau says:
    April 10, 2016 at 11:14 pm

    Nyc story…bt some scenes r copied from a Korean series…playful kiss…am I right…anyway its interesting n thanx for uploading daily…

  14. Faxoo says:
    April 25, 2016 at 3:18 pm

    varah cute vaahaka eh 😀 keep it up Aasi 😉

Comments are closed.

All Right Reserved!