Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 16

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 10, 2016 8 Mins Read
23 Comments

މިޝާލްގެ ފަރާތުން އެއްވެސް އެދެވޭ ހަރަކާތެއް ނުފެނުމުން އަނޫޝާގެ ލޮލުން ކަރުނަ އައެވެ. މިޝާލްގެ އަތުން ދޫކޮށްލާފައި އަނޫޝާ އިސްޖަހާލަމުން ލޯފޮހެލިއެވެ.

އިވުނު އަޑާ މެދު މިޝާލްއަށް ޝައްކުވިއެވެ. އެއަޑު އަހާފައި ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ބުނަންވީ އެއްޗެއް ނޭނގުނެވެ. ހަދަންވީ ގޮތެއް ނުވިސްނުނެވެ.

އެއީ ހިތަށް ހަމަޖެހުމާ އުފާ ލިބުނު ޚަބަރެއް ކަން މިޝާލްއަށް އިހުސާސް ކުރެވުނީ އަމިއްލައަށް ހިނިތުން ވެލެވުމުންނެވެ. އެކަން އިހުސާސް ކުރެވުމުންނެވެ. އަނޫޝާ އެދިން އުފާވެރި ޚަބަރުގެ ސަބަނުން އަނޫޝާ ގައިގައި ބައްދާލަން ބޭނުން ވިއެވެ. އެދިން އުފަލަށް ޓަކާ އަނޫޝާއަށް ޝުކުރު އަދާ ކުރަން ހިތް އެދުނެވެ. ވީ އުފަލުން ހަޅޭލަވައިގަންނަން ބޭނުން ވިއެވެ.

ނަމަވެސް އެއްވެސް ކަމެއް ނުކުރެވެނީސް ސޯފާމަތީ އޮތް މިޝާލްގެ ފޯން ރިންގވާން ފެށިއެވެ. ދާންނުދާން ހުރެފަވެސް މިޝާލް ހިނގައިގަތީ ފޯނާ ދިމާލަށެވެ. ގުޅަނީ ކާކުކަން އެނގޭތީއެވެ.

ފޯން ނަގާ ސްކްރީނަށް ބަލާލާފައި މިޝާލް އަނޫޝާއަށް ބަލާލިއެވެ. އަދި ފޯން ބިޒީކޮށްލާފައި ސައިލެންޓް މޯޑަށް ލާފައި ފޯން ހިފައިގެން އައިސް އެނދު ކައިރީ ހުރި ސައިޑްޓޭބަލް މަތީ ބާއްވާފައި އެނދުގައި އިށީނެވެ.

“އަނޫ، ތިބުނީ ތެދެއްތަ؟ ނޫނީ ތީ ހީވާ ގޮތެއްތަ؟” މިޝާލް މަޑުމަޑުން އަހާލިއެވެ.

“ހީވާ ގޮތެއް ނޫން… ޔަގީން…” އިސްޖަހައިގެން އިން ގޮތަށް އިނދެ އަނޫޝާ ޖަވާބު ދިނެވެ.

މިޝާލް އަނޫޝާގެ ދަތްދޮޅިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަނޫޝާގެ އިސް އުފުލާލުމަށެވެ. ނަމަވެސް އެވަގުތު ތެޅިގެންފައި އަނޫޝާ މިޝާލްގެ އަތް ނުޖެހޭ ހިސާބަށް ފަހަތަށް ޖެހިލިއެވެ.

“މިޝާލް، ޕްލީޒް… ގަސްތަކު ނޫނޭ… ޕްލީޒް…” ރޮއެގެންފައި އަނޫޝާއަށް ބުނެވުނެވެ. އަނޫޝާއަށް ހީވީ މިޝާލް ރުޅި އައީ ކަމަށެވެ. އަނޫޝާއަށް އަނިޔާ ކުރަން އުޅެނީ ކަމަށެވެ.

އަނޫޝާއަށް ވީގޮތުން މިޝާލް ސިހުނެވެ. ހައިރާން ވެފައި އަނޫޝާއާ ދިމާއަށް ބަލަން އިނދެވުނެވެ.

“އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް…” ކުރިއަށް ޖެހިލާ އަނޫޝާގެ ދެއަތުގައި ހިފާ މިޝާލްއާ ކައިރިއަށް އަނޫޝާ ދަމާލަމުން މިޝާލް ބުންޏެވެ. ދެކޮޅު ނުހަދާ އަނޫޝާ މިޝާލްއާ ދިމާއަށް ބަލަން އިން އިރު އަނޫޝާގެ ދެލޮލުން ކަރުނަ އާދެއެވެ.

“ކިހާ ދެރަ ކަމެއް… ބުނެފީމެއްނު ކަމެއް ކުރާކަށް ނޫޅެމޭ؟ ނުރޮއެބަލަ!” ހިތްހަމަ ނުޖެހިފައި މިޝާލް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

އަނޫޝާ އަވަސް އަވަހަށް ދެއަތުން މޫނު ފޮހެލިއެވެ.

ލޯމަރާލަމުން މިޝާލް ފުންކޮށް ނޭވައެއްލީ އެވަގުތު އަނޫޝާ އުޅުނު ގޮތުން އައި ރުޅި ފިނިކޮށްލުމަށެވެ.

މިޝާލް ލޯހުޅުވާ އަނޫޝާއަށް ބަލާލިއެވެ. ދެއަތް ދެއަތާ މޮޑެމުން ދެއަތްތިލައަށް ބަލަން އަނޫޝާ އިނެވެ. މިޝާލްއާ އެހާ ކައިރީގަ އިނުން އެއީ އަނޫޝާއަށް ފަސޭހަ ކަމެއް ނޫންކަން އެވަގުތު މިޝާލްއަށް ވިސްނުނެވެ. ފުރަތަމަ ފަހަރަށެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. ދެންމެވެސް އަނޫޝާ އެހާ ބިރުގަތީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މިހުރިހާ ދުވަހު މިޝާލް އަނޫޝާއާ މެދު ކަންތައް ކުރީ އެއް އިންސާނަކު އަނެއް އިންސާނަކާ މެދު ކަންތައް ކުރާނެ ގޮތަކަށް ނޫނެވެ. ފިރިއަކު އަނތްބަކާ މެދު ކަންތައް ކުރާނެ ގޮތަކަށް ނޫނެވެ. ތަޅާ އަނިޔާ ނުކުރި ނަމަވެސް މިޝާލްގެ ފަރާތުން އަނޫޝާއަށް އަނިޔާއެއް ނޫނީ ލިބިފައެއް ނެތެވެ. އެކަން ކުއްލިއަކަށް މިޝާލްއަށް އިހުސާސް ކުރެވުނެވެ.

އެތައް ދުވަހަކު މިޝާލް ވަނީ އެތައް ގޮތަކަށް އަނޫޝާ ރޮއްވާފައެވެ. ދުލުން ބުނާ ބަސްތަކުންނެވެ. މިޝާލް އަނޫޝާއާ މެދު ބަހައްޓާ އަޅާލުން ކުޑަ ގޮތުންނެވެ. އަނޫޝާއާ މެދު މިޝާލް ކަންތައް ކުރާ ގޮތުންނެވެ.

އޭގެ އިތުރުން ހަމަހޭގައި ހުރެގެންނާ ހަމަހޭ ނެތި ކިތައްރޭ މިޝާލްގެ ފަރާތުން އަނޫޝާއަށް އަނިޔާ ލިބުނު ހެއްޔެވެ. ކިތައް ރޭ އެހަށިގަނޑަށް މިޝާލް ގަސްތުގައި އަނިޔާ ދިން ހެއްޔެވެ. ގައިމުވެސް އެފަދަ ދެރޭ މިޝާލް ހަނދާން އެބަ ހުއްޓެވެ.

އެދެރޭގެ ހަނދާން ވުމާއެކު މިޝާލްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. އަނޫޝާއާ ދިމާއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ކުއްލިއަކަށް އަނޫޝާގެ ދެކޮނޑުގައި ހިފާ ކައިރި ކޮށްލުމާއެކު އަނޫޝާ ގައިގައި ބައްދާލެވުނެވެ. ލޯމަރާލީ ލޮލުން އަންނަން ތައްޔާރުވި ކަރުނައިގެ ސަބަބުންނެވެ.

އަންހެން ކުއްޖަކަށް އެފަދަ އަނިޔާއެއް ދެވުނީތީ މިޝާލް އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އެވަގުތު އަނޫޝާއަށް ކުރެވޭނެ އިހުސާސާ، އޭނަގެ ހިތަށް ކުރާނެ އަސަރު ހިތަށް އެރުމުން ހިންދިރުވާލެވުނެވެ. މިޝާލްއަށް ސިއްރުން ވިޔަސް އަނޫޝާ ރޯނެރުއިން ހިތަށް އެރުމުން ހިފަހައްޓައިގެން ހުރި ކަރުނަ ލޮލުން ފޭދިގެން އައެވެ.

ކުރިން ދުވަހަކުވެސް އަމިއްލަ ނަފްސާ މެދު ހިތަށް ނާރާ އެތައް އެއްޗެއް އެވަގުތު މިޝާލްގެ ހިތަށް އަރަމުން ދިޔައެވެ. މިޝާލްއަކީ ކޮންކަހަލަ މީހެއް ހެއްޔެވެ. އެހުރިހާ އަނިޔާއެއް އަނޫޝާއަށް ކުރިއިރު އަނޫޝާގެ ކުށަކީ ކޮބާ ހެއްޔެވެ. މިޝާލްއަކީ މަސްތުވާ އެއްޗެހި ބޭނުން ކުރާ މީހަކަށް ވާތީ އަނޫޝާ މިޝާލްއާ ގުޅެން ބޭނުން ނުވާ ވާހަކަ ބުނުން ހެއްޔެވެ. މިޝާލްގެ އުޅުމާ މެދު އަނޫޝާއަށް ނުރުހެވުން ހެއްޔެވެ. އެހެން ކަމަށް ވާނަމަ މިޝާލްއާ ދިމާވެ، މިޝާލްގެ ހަޔާތަށް އައި އެތައް އަންހެން ކުދިންނެއްގެ ތެރޭން އެންމެ ތެދުވެރި އަންހެން ކުއްޖަކީ އަނޫޝާއެވެ. އަނޫޝާގެ ކުށަކީ އެއީ ހެއްޔެވެ.

މިފަދަ ގޮތަކަށް މިޝާލްގެ ވިސްނުން ބަދަލު ވީތީ މިޝާލް ހައިރާންވެސް ވިއެވެ. ކުއްލިއަކަށް މިޝާލްއަށް މިއައި ބަދަލާ މެދު ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ނަމަވެސް އެސުވާލުތަކުގެ ޖަވާބަށް ވުރެންވެސް އެވަގުތު މިޝާލްއަށް އެންމެ މުހިންމު ކަމަކަށްވީ އަތުތެރޭ އިން އަންހެން ކުއްޖާއެވެ. މިޝާލްއަށް ލިބެން އުޅޭ ދަރިފުޅުގެ މަންމައެވެ. މިޝާލްގެ އަންހެނުންނެވެ.

“އަނޫ… އައިމް ސޮރީ… އައިމް ސޯ ސޮރީ އަނޫ…” މިޝާލްއަށް ބުނެވުނެވެ. އެއް ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެހެން ބުނަމުން ދިޔައިރު ހިތުގައި ވަނީ އަނޫޝާ އެގެޔަށް އައީއްސުރެން މިޝާލް އަނޫޝާއާ މެދު ކަންތައް ކުރަމުން އައި ގޮތެވެ. އެކި ދުވަހުގެ އެކި ވަގުތު ވަކިވަކިން މިޝާލް ހަނދާން ވަމުން ދިޔައެވެ.

އަނޫޝާއަށް އަޑު އިވުނެވެ. ނަމަވެސް ގަބޫލެއް ނުކުރެވުނެވެ. ކުއްލިއަކަށް މިޝާލްއަށް އެހާ ބޮޑު ބަދަލެއް އައި ސަބަބެއް ނުވިސްނިފައި އަނޫޝާ އިންގޮތަށް އިނީއެވެ. އަނެއްކާ، މިޝާލް މާފަށް އެދެންވީ ސަބަބެއްވެސް އަނޫޝާގެ ވިސްނުމަކަށް ނައެވެ. އަނޫޝާއާ މެދު މިޝާލް ކަންތައް ކުރި ގޮތުން މިޝާލް މާފަށް އެދޭނެއެކޭ އަނޫޝާގެ ހިތެއް ނުބުނެއެވެ.

އެހެން ވީއިރު މިޝާލް މާފަށް އެއެދުނީ އަނޫޝާ ބަލިވެ އިނީތީ އެކަމާ ހެއްޔެވެ. އެއީ ހެދުނު ގޯހެއް ކަމުގައި މިޝާލް ދެކެނީ ހެއްޔެވެ. ނޫނެކެވެ. ނޫނެކެވެ. އެއީ މިޝާލްއަށް އުފަލެއް ކަމުގައި ވުމަށް އަނެއްކާވެސް އަނޫޝާއަށް ދުޢާ ކުރެވުނެވެ.

އަނޫޝާ ގައިގައި ބައްދާލައިގެން އެތައް އިރަކު އިނދެފައި މިޝާލް އަނޫޝާ ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ.

“އަހަންނާ ހެދި އަނޫއަށް ވަރަށް ހަރޓް ވެއްޖެ… އެކަމަކު ދެން ނުވާނެ” މިޝާލް ބުންޏެވެ.

އަނޫޝާއަށް ދެފަރާތަށް ބޯހަލުވާލެވުނެވެ.

“އަނޫ ނޫނެކޭ ބުންޏަސް އަހަންނަށް އެނގޭ… އަހަރެން ހަނދާން އެބަހުރި… ކޮންމެ ރެއެއް ހަނދާން ނެތަސް…” އެހަނދާން ވުމާއެކު މިޝާލް ދެފަރާތަށް ބޯހަލުވާލިއެވެ.

“މިޝާލް…؟” މިޝާލް އެދައްކާ ވާހަކައެއް އަނޫޝާއަކަށް ނުވިސްނުނެވެ. ބޭނުންވީ ސުވާލު ކޮށްލާށެވެ. ނަމަވެސް އެއަށް ވުރެން ކުރިން މިޝާލް އަނޫޝާއާ ސުވާލު ކުރިއެވެ.

“އަނޫ ކީއްވެ ކުރިން ނުބުނީ؟ މިހާރު ކިހާ ދުވަހެއް؟ ކިތައް މަސް؟” މިޝާލް ސުވާލުތަކެއް ކޮށްލިއެވެ.

ދެންވެސް ދޭނެ ޖަވާބެއް ނޭނގިފައި އަނޫޝާއަށް އިނދެވުނީއެވެ.

“ބުނެބަލަ އަނޫ، ކިހާ ދުވަހެއްތަ މިހާރު؟ ކޮން އިރަކުން ބޭބީ…؟” މިޝާލް އެހިއެވެ. މިޝާލް ސުވާލު އެކުރަނީ ކޮން ކަމަކާ ކަން އަނޫޝާއަށް ވިސްނުނެވެ.

“ދެމަސް… ޖުލައި ފަހުކޮޅު… އެހެން ނޫނީ އޮގަސްޓް ފެށޭ ހިސާބުގަހެން ހީވަނީ” އިސް ޖަހާލަމުން އަނޫޝާ ޖަވާބު ދިނެވެ.

“ދެމަސް… އެހެން ވިއްޔާ އެރޭ… އަނޫ، އެހެންވެތަ އެރޭ ނޫނެކޭ ބުނީ؟” މިޝާލް ހަނދާން ވިއެވެ.

އަނޫޝާ ބޯޖަހާލިއެވެ. މިޝާލް އެސުވާލު ކުރީ ކޮންރެއަކާ ބެހޭ ގޮތުންކަން އެނގޭތީއެވެ.

“ކީއްވެ ނުބުނީ އަނޫ؟ ބޭބީއަށް ކަމެއް ވީނަމަ ކިހިނެއް ހަދާނީ؟ އަނޫއަށް ކަމެއް ވީނަމަ…؟” މިޝާލްއަށް ބުނެވުނެވެ.

ލިބެން އުޅޭ ދަރިފުޅާ މެދު މިޝާލްގެ ހިތުގައިވާ އެއްޗެއް ފުރަތަމަ ފަހަރަށް އަނޫޝާއަށް އެނގުނެވެ. އިސް އުފުލާ މިޝާލްއާ ދިމާއަށް އަނޫޝާ ބަލާލިއެވެ.

“މިޝާލް މިބޭބީ ބޭނުންތަ؟ މިކަން އެނގުނީމަ… މިޝާލް ރުޅިއެއް ނާދޭތަ؟” ބަނޑުގައި އަތް ޖައްސާލަމުން އަނޫޝާއަށް އަހާލެވުނެވެ.

“ރުޅި…؟” މިޝާލްއަށް ހައިރާންވެފައި ބުނެވުނެވެ. އެއާއެކީ މިޝާލް ބާރަށް ހޭންފެށިއެވެ. އެއީ އެފަދަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރު ކަމުން އަނޫޝާއަށް މިޝާލްއާ ދިމާއަށް ބަލަން އިނދެވުނެވެ.

“އަސްލު އަނޫއަށް ހީވާނީ އެހެން ދޯ؟ އެކަމަކު އެހެންނެއް ނޫން… އަހަރެން ވަރަށް އުފާ ވެއްޖެ… އައި އެމް ގޮއިންގ ޓުބީ އަ ޑޭޑް!” މިޝާލް ބުންޏެވެ.

އަނޫޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ހިނި އައިސްފައި އިން މިޝާލްގެ މޫނަށް ބަލާލާފައި އަނޫޝާއަށްވެސް ހިނިތުން ވެލެވުނެވެ.

“ދެން ހިނގާ އޮށޯންނަން، އަނޫ ވަރުބަލި ވެފަ މިހާރު ހުންނާނީ… ނިދާ ދެން” މިޝާލް ބުންޏެވެ.

 

ސާޅީހަކަށް ފަހަރު ގުޅި އިރުވެސް މިޝާލް ފޯނެއް ނުނެގިއެވެ. މެސެޖަކަށް ޖަވާބެއްވެސް ނުފޮނުވިއެވެ. އައި ރުޅިން ޝަމްހާ އަތުގައި އޮތް ފޯނު އެއްލިއެވެ. ފާރުގައި ޖެހުނު ގޮތަށް ފޯނުގެ ބައިތައް ވަކިވަކިވެ މުށިތައް މައްޗަށް ވެއްޓުނެވެ.

ރުޅި ގަދަވީ ވަރުން ޝަމްހާ ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ. އެވަރުންވެސް ހަމަޖެހުމެއް ނުލިބުމުން އަލަމާރި ހުޅުވާލާފައި ފުރަތަމަ އަތުގައި ޖެހުނު ފުޅި ނަގާ ފާރާ ދިމާއަށް އެއްލިއެވެ.

ޝަމްހާގެ ކޮޓަރިތެރޭން އަޑުގަދަ ވެގެން ޝަރީފާ މައްޗަށް އަރާ އެކޮޓަރީ ދޮރު ހުޅުވާލާފައި ވަނެވެ.

“ކިހިނެއް ވެގެން ތިއުޅެނީ؟” ކޮޓަރިއަށް ބަލާލާފައި ޝަރީފާ އެހިއެވެ.

“ކަމެއް ނުވޭ…” ޝަރީފާއާ ދިމާއަށް ބަލާވެސް ނުލާ ޝަމްހާ ބުންޏެވެ.

“ކަމެއް ނުވެ ފޯނާ އެއްޗެހި ހަލާކު ކޮށްލާފަ އެއޮތީ؟ ކަމެއް ނުވެ ތިވަރަށް ރުޅި އައިސްގެން ތިއުޅެނީ؟ އެއްޗެހިތައް މިހެން އުކާފަ މިއޮތީވެސް ކަމެއް ނުވެ؟” ޝަރީފާ އެހިއެވެ.

“މީ މަންމައާ ބެހޭ ކަމެއް ނޫން… މަންމަ ދޭ؟” ރުޅި އައިސްގެން ޝަމްހާ ބުންޏެވެ. ޝަމްހާގެ އަމިއްލަ ކަމަކާ ޝަރީފާ ބެހުން އެއީ އެއްއިރެއްގައިވެސް ޝަމްހާ ރުހޭ ކަމެއް ނޫނެވެ. އަދި އަމްދުން އެވަގުތު އައިއްސަ ހުރި ރުޅީގައި ޝަރީފާ ބުނާ އެއްވެސް އެއްޗެއް އަޑު އަހާކަށް ޝަމްހާ ބޭނުމެއް ނޫނެވެ.

ޝަމްހާ ޖަވާބު ދިން ގޮތުން ޝަރީފާގެ ވާހަކަ އަޑު ނާހާނެކަން އެނގޭތީ ޝަރީފާ އިތުރު އެއްޗެއް ނުބުނެ އެކޮޓަރިން ނިކުތެވެ. އިތުރު ވާހަކައެއް ދައްކަން އުޅެފިނަމަ ދެމައިންގެ މެދުގައި ފެށޭނީ ޒުވާބެއްކަން އެނގޭތީއެވެ.

ޝަރީފާ ނިކުތުމުން ޝަމްހާ އަނެއްކާވެސް އަލަމާރި ތެރޭ ބާކީ ހުރި އެއްޗެހިތައް ނަގާ އަތުކޮޅަށް އުކާލިއެވެ.

“ކިހިނެއް ވެގެންތަ ޝަމްކޮ އެއުޅެނީ؟” އަނެއްކާވެސް ޝަމްހާގެ ކޮޓަރިން އަޑުގަދަ ވާން ފެށުމުން މިޒްނާ އަހާލިއެވެ.

“އަޅާނުލާބަލަ! އެއީ އޭނަ އުޅޭ ގޮތެއްނު؟ އެވާނީ އޭނަ ބޭނުން ކޮންމެސް ކަމެއް ނުވެގެން ރުޅި އައީ ކަމަށް” އެނދުން ތެދުވަން އުޅުނު މިޒްނާގެ އަތުގައި ހިފަހައްޓަމުން ޝިޔާޒް ބުންޏެވެ.

ޝަމްހާ ރުޅި މަޑެއް ނުވިއެވެ. ބާރަގަޑި ބައިވީ އިރުވެސް ހަމަ އެގޮތަށް ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އެންމެ ފަހުން ފޯނުގެ ބައިތައް ނަގައިގެން އެނދުމަތީ އިށީނދެ ފޯން އަލުން ރޭވޭތޯ މަސައްކަތް ކުރީ އަނެއްކާވެސް މިޝާލްއަށް ގުޅާށެވެ. ނަމަވެސް ފޯން ރަނގަޅެއް ނުވިއެވެ.

އެކެއް ޖަހަން އުޅެނިކޮށް ތިރިއަށް ގޮސް ގޭފޯނުން ޝަމްހާ މިޝާލްގެ ފޯނަށް ގުޅާލިއެވެ. މިފަހަރުވެސް ތިންފަހަރަށް ގުޅި އިރުވެސް މިޝާލް ފޯނެއް ނުނެގިއެވެ.

ރުޅި އައިސްގެން ފޯން ބާއްވާފައި ޝަމްހާ މައްޗަށް އަރާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ރޮވުނީ ދެނެވެ. ހާސްވެ ބިރު ގަންނަން ފެށިވެސް ދެނެވެ.

ދެމަސް ވިއިރު ޝަމްހާއަށް އެނގެއެވެ. ނަމަވެސް އެކަމާ ވިސްނަން ބޭނުން ނުވީއެވެ. ހިތަށް އެރިޔަސް އަވަހަށް އެޚިޔާލު ހިތުން ނެރެލަނީ އެކަމާ ނުވިސްނުމުން އެއީ ތެދަކަށް ނުވެދާނެއޭ ހިތަށް އަރާތީއެވެ. އެގޮތަށް އުންމީދު ކުރެވޭތީއެވެ. ނަމަވެސް ދެން އެހެން ހެދޭކަށް ނެތެވެ. އަމިއްލައަށް ކިޓެއް ގަނެގެން އައިސް ޓެސްޓް ކުރީ މިޝާލް ކައިރީ ބުނުމުގެ ކުރިން ޔަގީން ކުރާށެވެ.

ނަމަވެސް އެވާހަކަ ބުނަން ގުޅުމުން މިޝާލް ފޯނެއް ނުނެގިއެވެ. ފޯން ނުނަގާނަމަ މިޝާލް ގާތު ބުނާނެ އެހެން ގޮތެއް ޝަމްހާއަކަށް ނުވިސްނުނެވެ. އެއީ ރޭގަނޑު ދަންވާ ފަހުން ނޫނީ ގެޔަށް ދާމީހެއް ނޫނެވެ. ދުވާލު އުޅޭ ތަނެއް ޝަމްހާ އަކަށްވެސް ނޭނގެއެވެ.

އެހެން ވިޔަސް ކޮންމެވެސް ގޮތަކުން އެކަން މިޝާލްއަށް އަންގަން ޖެހެއެވެ. ނިދެމުން ދިޔައިރު ޝަމްހާ ނިންމީ މާދަމާވެސް މިޝާލް ފޯން ނުނަގައިފި ނަމަ އެގެޔަށް ގޮސްގެން ވިޔަސް މިޝާލްއަށް އެކަން އެންގުމަށެވެ. ކިތަންމެ ދަންވަންދެން މިޝާލްއަށް އިންތިޒާރު ކުރަން ޖެހުނަސް ހެޔޮ ކަމަށެވެ.

އަނެއް ދުވަހު ހެނދުނު ނުވައެއް ޖެހިތަނާ މިޝާލް ހޭލައިގެން ސައިބޯން ފޭބިއެވެ. އެހާ ހެނދުނާ މިޝާލް ހޭލުމުން ގޭގައި އެވަގުތު ތިބި އެންމެން ތިބީ ހައިރާން ވެފައެވެ.

އެދުވަހު މިޝާލް ސައި ބޮއެގެން ބޭރަށް ގޮސްފައި މެންދުރު ކާންވާ އިރަށް ގެޔަށް އައެވެ. އެހާ އަވަހަށް ގެޔަށް އައުމާ، އައި އިރު ހުރި ގޮތުން ނަސީރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިޝާލް އަބަދުވެސް އެގޮތަށް ހުންނާނެ ނަމައޭ ހިތާހިތާ ދުޢާ ކޮށްލެވުނެވެ.

ކައިގެން މިޝާލް މައްޗަށް ދާން އުޅެނިކޮށް ނަސީރާ ގޮވާލިއެވެ.

“މިޝާލް މިހާރު ތިހުރި ގޮތަށް އަބަދުވެސް މަންމައަށް ފެންނާނެ ނަމަ… ބަލާބަލަ، މިހާރު މީހާ ކިހާ ރީތިކޮށް ތިހިރީ؟ ތީ އަބަދުވެސް މިޝާލް ހުންނަން ވީ ގޮތެއްނު؟” ނަސީރާ ބުންޏެވެ.

މިޝާލް އެއްޗެއް ނުބުނެއެވެ. ބަދަލުވާން މަސައްކަތް ކުރި ނަމަވެސް މުޅިން ބަދަލު ވެވޭނެ ކަން އަދި މިޝާލްއަށްވެސް ޔަގީން ނުވާތީއެވެ. އެޔަގީންކަން ނަސީރާއަށް ދޭން ނުކެރުނީ އެކަން މިޝާލްއަށް ކާމިޔާބު ނުވެދާނެތީއެވެ. ކަށީގައި ހިފާފައިވާ އާދައާ ދުރު ވެވިދާނެ ކަމުގެ ޔަގީންކަން މިޝާލްގެ އަމިއްލަ ނަފްސަށްވެސް އަދި ނެތީތީއެވެ.

ނަމަވެސް މިޝާލް މަސައްކަތް ކުރާނެއެވެ. އެއުޅުން ބަދަލު ކުރުމަށް ކުރެވުނު މަސައްކަތެއް މިޝާލް ކުރާނެއެވެ. ލިބެން އުޅޭ ދަރިފުޅަށް ޓަކައެވެ. މަންމައާ ބައްޕައަށް ޓަކައެވެ. އަދި…

އެއްބަސްވާން ބޭނުން ނުވި ނަމަވެސް އަނޫޝާއަށް ޓަކާވެސްމެއެވެ.

“މަންމާ، އަހަރެން މަސައްކަތް އެބަ ކުރަން…” މިޝާލް ބުންޏެވެ.

މައްޗަށް ގޮސް މިޝާލް ރޭ ސައިޑްޓޭބަލް މަތީ ބޭއްވި ފޯން ނަގާ ބަލާލި އިރު ފެނުނީ މިސް ވެފައި ހުރި ކޯލްތަކާއި މެސެޖްތަކެވެ. ރައްޓެހިންގެ އިތުރުން ފަންސާސް ފަސް ފަހަރު ޝަމްހާ އެކަނިވެސް ގުޅާފައި އިނެވެ. އަދި ބާވީސް މެސެޖް ފޮނުވާފައި އިނެވެ. މިޝާލް އެންމެ ފަހުން އައި މެސެޖް ކިޔާލިއެވެ. ފޯން ނުނަގަނީ ކީއްވެތޯ ސުވާލު ކޮށްފައި ވީ އެންމެ އަވަހަކަށް ގުޅުމަށް އެދި ޝަމްހާ ކޮށްފައި އިން މެސެޖެކެވެ. މިޝާލް ހުރިހާ މެސެޖެއް ފޮހެލާފައި ފޯން ރިންގވާ ގޮތަށް ހަދާފައި ފޯނަށް ބަލަން އިނީ ޝަމްހާއަށް ގުޅަން ވީތޯ އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ.

އެއީވެސް ކޮންމެވެސް އެއް ގޮތަކަށް ނިންމަން ވެފައި އޮތް ކަމެކެވެ. ނުގުޅާ އެކަމެއް ނުވާނެއެވެ. ވިސްނާލާފައި މިޝާލް ޝަމްހާއަށް ގުޅާލިއެވެ.

“މިޝާލް! ރޭއްސުރެން އަހަރެން ކިހާ ވަރަކަށް މިގުޅަނީ؟ ކީއްވެ ފޯން ނުނެގީ؟ ކޮންތާކު ތިއުޅެނީ؟ ނުފެނޭތަ އަހަރެންގެ ކޯލްތަކެއް؟ މެސެޖެއް ނުފެނޭތަ؟” ފޯން ނެގި ގޮތަށް ޝަމްހާ ސުވާލުތަކެއް ކޮށްލިއެވެ.

“ރޭގަ ބިޒީ ވީމަ ފޯން ނުނެގުނީ، އޭރު ސައިލެންޓަށް ލީގޮތަށް ދެންމެ ފޯނުގަ މިއަތްލީ” މިޝާލް ބުންޏެވެ.

“އެކަމަކު ބިޒީ ވިޔަސް އެއްފަހަރު ފޯން ނެގިދާނެއެއްނު؟ ނޫނީ ބިޒީއޭ ބުނެފަ މެސެޖެއް ކޮށްލިއްޔާ ކީއްތަ ވާނީ؟ ކީއް ކުރާތީތަ ތިހާ ބިޒީ ވެގެން ތިއުޅެނީ؟” ޝަމްހާ އަދިވެސް ރުޅި މަޑެއް ނުވެއެވެ.

“ކީއްވެތަ އެވަރަށް ގުޅީ؟ އިހަށް ރުޅި މަޑުކޮށްފަ ބުނެބަލަ” މިޝާލްވެސް ރުޅިއައެވެ. ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ.

“ރުޅި މަޑު ކުރާށޭ ބުނާ އިރު ރޭގަ އަނޫޝާ ކީއްކޮށްގެންތަ މިޝާލްއަށް އަހަރެން އެވަރަށް ގުޅި އިރުވެސް ފޯނު ނުނެގުނީ؟” ޝަމްހާ އެހިއެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ؟ މިދޭތެރެއަށް އަނޫ ވައްދަން ވެއްޖެތަ މިހާރު؟ ބުނެފީމެއްނު ބިޒީ ވީމައޭ ފޯނު ނުނެގީ. ތިހާ ވަރަކުން ތިގުޅަނީ ކީއްކުރަން ކަން ނުބުނެވެންޏާ ދެން ފޯނު ބާއްވާ” މިޝާލްއަށް އެހާ ވަރަށް ރުޅި އާދެވުނީ ޝަމްހާ އަނޫޝާއަށް ނިސްބަތްކޮށް އެއްޗެއް ބުނުމުންނެވެ.

“އަހަރެން މިގުޅަނީ ބޮޑު ކަމެއް ޖެހިގެންނޭ… މީގެ ކުރިއަކުން މިވަރަކަށް ނުގުޅަމެއްނު؟ އެކަމަކު މިހާރު… ވަރަށް ބޮޑު ކަމެއް ދިމާވެގެން މިއުޅެނީ، އެކަމަކު ފޯނުން ބުނެއެއް ނުދެވޭނެ… މިރޭ ކޮންމެސް ގޮތަކުން މީޓްކޮށްލަން ހިނގާބަލަ” މިޝާލް ރުޅި އައުމުން ޝަމްހާ މައިތިރި ވިއެވެ.

“މިދުވަސްކޮޅު މިއުޅެނީ ބިޒީކޮށް… ބުނެބަލަ، ކިހިނެއްތަވީ؟” މިޝާލް އެރޭ ޝަމްހާއާ ބައްދަލު ކުރާކަށް ބޭނުމެއް ނުވިއެވެ.

“ޕްލީޒް މިޝާލް، ޕްލީޒް..” ޝަމްހާގެ އަޑުގައި ވަނީ އާދޭހެވެ.

“އޯކޭ އޯކޭ… އެކަމަކު މިރެއަކު ނޫން… އަހަރެން މާދަން ގުޅާނަން އިނގޭ” މިޝާލް ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ފޯން ބޭއްވިއެވެ.

 

އެދުވަހު އަނޫޝާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ހައްދަން ބުނީ މިޝާލްއެވެ. މިޝާލް ބޭނުންވީ ފުރަތަމަ ފަހަރަށް އަނޫޝާ ޑޮކްޓަރަށް ދައްކަން ދާއިރު ދެމީހުން އެކީ ދާށެވެ. ނަމަވެސް އެޕޮއިންޓްމެންޓް ލިބުނީ ދެދުވަސް ފަހުންނެވެ.

އެރޭ މިޒްނާ އެގެޔަށް އައެވެ. މިޒްނާ ލާފައި ޝިޔާޒް ދިޔައީ އެގެޔަށް ވަންނަން ބޭނުން ނުވާތީއެވެ. އަދިވެސް މިޝާލްއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ވަރުންނެވެ.

“ދޮންބެ ނާދޭތަ؟” މިޒްނާ އެކަނި ގެޔަށް ވަނުމުން އަނޫޝާ އަހާލިއެވެ.

“ނުވަންނާނަމޯ، އަދިވެސް ރުޅި އައިއްސަ…” މިޒްނާ ބުންޏެވެ.

މިޒްނާ އަނޫޝާއަށް ބަލާލިއެވެ. ހުރިހާ ކަމެއް އެނގި ހުރެ އަނޫޝާއަށް އެކަން ސިއްރު ކުރަން މިޒްނާއަށް ފަސޭހައެއް ނޫނެވެ. ނަމަވެސް އެކަން އެނގުމުން އަނޫޝާ ދެރަވާނެ ވަރު އެނގޭތީ ފަސް ޖެހެވެނީއެވެ. އެވަގުތުވެސް ބުނަން ބޭނުންވިއެވެ. އެހެން ނަމަވެސް ޝިޔާޒްއާ މަޝްވަރާ ކޮށްފައި ނޫނީ ނުބުނަން ހުރީއެވެ.

“މިޒޫ، ޝިޔާޒް ނާދޭތަ؟” އެވަގުތު ކޮޓަރިން ނިކުތް ނަސީރާ މިޒްނާއަށް ގޮވާލަމުން އެހިއެވެ.

“މިރެއަކު ނުވަދޭ، އަހަރެން ލާފަ ދިޔައީ” މިޒްނާ ބުންޏެވެ.

“އެހެން ދޯ ވާނީވެސް…؟ އޭނަވެސް ހިތްހަމައެއް ނުޖެހޭނެ އެހެން ކަންތައް ވަންޏަކާއެއް” ނަސީރާ އަމިއްލަ ނަފްސަށް ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ދެން އެކަންތައްވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅު ވެދާނެ. ތިއެއް ނޫނޭ މިޒޫ… އެނގޭތަ ލޭޓަސްޓް ހޮޓް ނިއުސް؟” މިޒްނާ ކައިރީގައި އިށީންނަމުން މިލްނާ އަހާލިއެވެ.

“ކޮބާ؟ ކޮންކަމެއް އަނެއްކާ؟ ހޭ، ތުއްތަ ޕްރެގްތަ؟” މިޒްނާ ވިސްނާލަމުން އަހާލިއެވެ.

“އުހޫނ… މަށެއް ނޫން، މިފަހަރު ހެޕީ ނިއުސް ގެނެސްދިނީ އަނޫ، ދޯ މަންމާ؟” މިލްނާ ބުންޏެވެ.

މިޒްނާ އެއްޗެއް ނުބުނެ އަނޫޝާއަށް ބަލާލިއެވެ.

“ތެދެއްތަ؟” މިޒްނާއަށް އަހާލެވުނީ އިރުކޮޅެއް ފަހުންނެވެ.

“އައްދޭ! އަހަރެން ބުނީމަ ގަބޫލު ނުކުރެވުނީތަ؟” މިލްނާ މޫނަށް ވައްތަރެއް ޖައްސާލަމުން އަހާލިއެވެ.

“ނޫނޭ، އެހެން ވެގެނެއް ނޫން… އަނޫ، ކޮންގްރާ އިނގޭ” މިޒްނާ އަނޫޝާއަށް ބުންޏެވެ.

“ހޫނ… މިހާރު މިޒޫ ބާކީވީ އިނގޭ، އަހަންނާ ދޮންތައާ ދޮންބެވެސް މަންމައަށް ހަދިޔާ ދިނީ، ދެން މިޒޫ އެކަނި ހުރީ… މުސްކުޅި ނުވަނީސް ދެން ކުއްޖަކު ހޯދަން އުޅޭ އިނގޭ” މިލްނާ މިޒްނާއާ ދިމާކޮށްލިއެވެ. އެއާއެކު ތިރިއަށް ފޭބި މަޒްނާއާ އެކީ ތިންމީހުން ސަކަރާތް ޖަހަން ފެށިއެވެ.

އެގާރަ ޖެހިތަނާ ޝިޔާޒް މިޒްނާ ބަލާ އައިސް އެގޭ ކައިރީ މަޑުކޮށްލާފައި މިޒްނާއަށް ގުޅާލިއެވެ.

މިޒްނާއާ އެކީ އަނޫޝާވެސް ބޭރަށް ނިކުތެވެ.

“ދޮންބެ ހަމަ ނުވަންނާނަންތަ؟” އަނޫޝާ އަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންސާފް.. 05 ވަނަ ބައި

Next

ހާދަހާވޭ ކުރާހިތް ސަމާސާ 15 ވަނަ ބައި

Next
April 10, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 15 ވަނަ ބައި

Previews
April 10, 2016

އިންސާފް.. 05 ވަނަ ބައި

23 Comments!

  1. SoMeOnE says:
    April 10, 2016 at 5:29 pm

    habeysss

  2. aff says:
    April 10, 2016 at 5:35 pm

    mi faharu e mishaal soru hatharu udhares fenujeheyne .. ? story vrh habeys ..

    1. SoMeOnE says:
      April 10, 2016 at 5:50 pm

      heheh lol

    2. ny says:
      April 10, 2016 at 6:45 pm

      Hehehe. Hatharu udhares ekanidho.. Huriyya huri udhareheh fenujeheyne… lol??

  3. SoMeOnE says:
    April 10, 2016 at 5:49 pm

    and me first

  4. Zee says:
    April 10, 2016 at 6:02 pm

    Thankolhehkuree

    1. meesha says:
      April 10, 2016 at 6:08 pm

      marshh plxx nxt prt digu koladheythi…

    2. eeeek says:
      April 11, 2016 at 1:53 pm

      true

  5. meesha says:
    April 10, 2016 at 6:07 pm

    varah varah salhi

  6. yaan says:
    April 10, 2016 at 6:10 pm

    Alhy dhigu knkaba stry n avah up kndheh chy v salhi mihaaru

  7. saf says:
    April 10, 2016 at 6:10 pm

    Kyhvetha story up nukurany avahah plx plx plx vvv nice story bt maa lahun vihya up kohdheny

  8. Faathun says:
    April 10, 2016 at 6:17 pm

    Alhe anu aa zihan aa gulhuwaba.. mishal and anu nues gulhey..

  9. aff says:
    April 10, 2016 at 6:56 pm

    hehehe .. ? And me second

  10. Ninni says:
    April 10, 2016 at 7:34 pm

    Anu r Ziaan gulheyne kan yageen hama.. ??

  11. ken? says:
    April 10, 2016 at 9:01 pm

    maarsh!! as a reader i wud like to request u not make diz story as other storyx..i mean de plot mihaarakah ais koyan libey vaahakathuga mikahalage plot v gina..so i wnt u to make dix one really dffrnt frm others…n story nimeyiruuga knmehen nujehey dhw enmennanh happy ending alah vaakah. ..btw its jux an idea.. wish u gud luck
    .?????

  12. Aeyeshaa says:
    April 10, 2016 at 9:06 pm

    Omg …….. dhekolhun vs jahsamun goss hatharu udharess fenujehuny dhw mishaal ge 😛 Dhen avahah Anu n zihan r gulhuvaa …….. eyrah stry mihaarah vuren vs habeysss vaaane 🙂

  13. lidhoo says:
    April 10, 2016 at 9:13 pm

    Varah varah varah varah reethi haadhakurey

  14. thoo says:
    April 10, 2016 at 9:31 pm

    Any n xihaan gulheyne vaahaka nimey hisaabuga.mishaal vex ehkoh rangalhuvaane

  15. àainth says:
    April 10, 2016 at 10:26 pm

    Salhi! Marsha kome reyakuves upkolachey.

  16. Thaany. says:
    April 11, 2016 at 8:46 am

    Story vv salhi n dhn anu ge baby a eema salhi eh nuwaane.

  17. eeeek says:
    April 11, 2016 at 2:08 pm

    alhey.. nooooo.. mishaal aa anooosha nugulhuvaathi.. plx..i want anu and xihaan… because they make a gud couple together . so yayy!!! its anu and xihaan right Marsha??? 😉 any ways story is awesome.. bt a tiny bit shrt.. hope next prt will be long enough.. so that the readers will be like aaaaaah.. hehe.. honestly, i will be like.. thankwwwww marsha.. haha. so its time to be thui… eeeeeekk

  18. Huna says:
    April 11, 2016 at 5:38 pm

    Vaahaka up kohbala plxxxxxxxxx

  19. aff says:
    April 11, 2016 at 6:00 pm

    marrsha .. plx story up kohdheebah .. puleeez?

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 17←


All Right Reserved!