Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 15 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 10, 2016 9 Mins Read
9 Comments

“އާން. އަދި ކިޔައި ނުދެވިފައެއް ވެސް ނެތެއްނު. ކޮފީއަކަށް ދާނީ މާޒްވެސް ގޮވައިގެން ކުރިން ގޮތަށް. ގޮސްސަ ވާނެ ކިޔައިދޭން.” ފައުޒާން ބުންޏެވެ. އަޒުމީލު ބޯ ޖަހާލި އެވެ. ކޮންމެސް ދުވަހަކުން އެވާހަކަ ފައުޒާންއަށް ކިޔައިދޭން ޖެހޭނެކަން އަޒުމީލަށް އެނގެ އެވެ. ނަމަވެސް ކިޔައި ދިނުމުން ދެން ވާނެ ގޮތަކާމެދު ވެސް ވިސްނާލެވުނެވެ.

*    *    *    *    *    *    *    *    *    *    *    *    *

އެއަރޕޯރޓުގެ އަންނަމީހުންގެ ދޮރުން ނުކުމެގެން އައި އަންހެން ކުއްޖާ އަކީ އިސްކޮޅުން ކުރުކޮން ކުޑަކޮން ފަލަކޮން ހުރި ދޮން ކުއްޖެކެވެ. ކުރުކުރު ފަން އިސްތަށި ކޮޅެއް ލިބިފައި ވާއިރު މުޅިން ވަށްނޫން މޫނެއް ލިބިފައި ވެއެވެ. މަޑު މޭކަޕެއް ކޮށްލާފައި ވާއިރު ފެންނަލެއް ރީއްޗެވެ.

“ޕޮއް.” ފޯނުގައި ހުރި ފައުޒާން ކައިރިއަށް އައިސް ފައުޒާންއާއި ދިމާއަށް އެކުއްޖާ އެހެން ބުނުމުން ފައުޒާން ދިއައީ ސިއްސައިގެނެވެ. އެކުއްޖާ ހޭން ފެށި އެވެ.

“މަންމަ ކައިރީ ބުނިންތަ؟” އެކުއްޖާ އަހާލި އެވެ.

“ނޫނޭ. ފިޒް ބުނީނު އެކަކު ކައިރީވެސް ނުބުނައްޗޭ.” ފައުޒާން ބުންޏެވެ.

“އެހެންވެއޭ ޒާންބެ ކައިރީ ފިޒް ބުނީ. އައި ޓްރަސްޓް ޔޫ މޯ،” ފިޒާ ޒާން އަތަށް ހިފައިގެން ހުރި ޓްރޮލީ ދެމުން ބުންޏެވެ.

“ކިހާ ދުވަހަކަށް ތިއައީ؟” ފައުޒާން ޓްރޮލީ ކޮށްޕާލަމުން އެހި އެވެ. “މިބުނީ ތި އައީ ހަމައެކަނި ޢީދު ބަންދައްހޭ؟ ދޮންބެ ހޭސް އޮކިއުޕައިޑް ޔުއަރ ރޫމް.”

“އޮންލީ ފޮރ ޓޫ ވީކްސް. ނަދޫތަ ބުނީ އެގޭ ކުޑަކޮޓަރީގަ ފިޒާއަށް ނިދޭނެޔޯ. ސޯ ނޯ ވޮރީސް.” ފިޒާ ބުންޏެވެ.

ފިޒާ އަކީ ފައުޒާންގެ ކޮއްކޮ ކަމަކު އަބަދު އުޅެން ބޭނުން ވަނީ ނަދުވާއާއި އެކު އެވެ. ނަދުވާއަކީ ފިޒާއާއި އެއްހިޔާލެއްގެ ކުއްޖަކަށް ވާތީ ދެމީހުން ވަރަށް ގުޅެ އެވެ. ނަދުވާ ބުނެފިއްޔާ ކުރާހިތް ނުވާ ކިތަންމެ ކަމެއް ފިޒާ ކުރެއެވެ. އެހެން ކަމުން ނަދުވާ ވެސް ފިޒާދެކެ ވަރަށް ލޯބި ވެއެވެ.

“ނަދޫ ބުނެފިއްޔާ ދެން އެނިމުނީނު ހުރިހާކަމެއް ދޯ.” ފައުޒާން ހީލަމުން ބުނެލި އެވެ.

ދެމީހުން ގެއަށް ގޮސް ވަންއިރު ހަފީޒާ ވީ ޑިއުޓީގަ އެވެ. ފައްވާޒް އިނީ ޓީވީ ބަލާށެވެ. ހިބާއާއި ރިފާ އަވަދި ނެތި ބަދިގޭގައި އުޅެނީ ރޯދަ ވިއްލަން އެއްޗިހި ހަދާށެވެ.

“މަންމާ! މަންމާ!” ގޮވަމުން ވަދެގެން އައި ފިޒާ ފައްވާޒްއަށް ފެނުމުން ފުންމައިގެން ތެދުވި އެވެ. އަދި އައިސް ފިޒާ ގައިގައި ބައްދާލި އެވެ.

“ވަޓް އަ ސަރޕްރައިސް.” ފައްވާޒް ބުންޏެވެ. “އެކަމަކު ތަންކޮޅެއް ޗަބީ ވެއްޖެ ދޯ.” ފިޒާގެ ކޮލުގައި ހިފާލަމުން ފައްވާޒް ބުންޏެވެ. ފިޒާ ލޯއަޅާލަމުން ތުން އަނބުރާލި އެވެ.

“ކޮބައިތަ މަންމަ؟” ފިޒާ ބަދިގެއާއި ދިމާއަށް ދަމުން އެހި އެވެ.

“މަންމަވީ ޑިއުޓީގަ. ރަނިކަމަނާ ވަޑައިގަންނަވާ ކަމެއް ނޭގޭ ވިއްޔަ. އެނގުން ނަމަނު އިސްތިގުބާލުގަ މަންމަވެސް ހުންނާނީ.” ފައްވާޒް ބުންޏެވެ.

ފިޒާ ގޮސް ބަދިގެއަށް ވަނުމުން ފަހަތުން ފައުޒާންއާއި ފައްވާޒް ވެސް ގޮސް ވަނެވެ. ބަދިގޭ މޭޒުމަތި ސާފުކުރަން ހުރި ހިބާ އާއި އުނދުން ކައިރީ ބަޖިޔާ ތެއްލަން ހުރި ރިފާ ފެނިފައި ފިޒާއަށް ހުއްޓިގެން ހުރެވުނީ އެވެ. ރިފާގެ ފޮޓޯ ވަނީ ފިޒާއަށް ފެނިފަ އެވެ. ނަމަވެސް ހިބާގެ ފޮޓޯއެއް ފެނިފައެއް ނުވެއެވެ. ހިބާގެ ރީތިކަން ފެނިފައި ފިޒާގެ ހިތް ހަސަދަ ވެރި ވިއެވެ.

“މީ ހިބާ.” ފައްވާޒް އައިސް ހިބާ ކައިރިއަށް ހުއްޓިލަމުން ބުންޏެވެ. ހިބާ ހައިރާން ވެފައި ބަލަން ހުއްޓެވެ. “މަންމަ ބުންޏެއްނު ހިބާގެ ވާހަކަ.” ފިޒާ ބޯ ޖަހާލި އެވެ.

“މީ އަހަރުމެންގެ ފަހަރި.” ފައުޒާން ގޮސް ރިފާ ކައިރިއަށް ހުއްޓެމުން ބުންޏެވެ. “މިގޭ ބޮޑު ކައްކާ.” ފައުޒާން ހިނިގަނޑެއް ޖަހާލި އެވެ. ފިޒާ ހިބާއާއި ދިމާއަށް ބަލައި ވެސް ނުލާގޮސް ރިފާ ކައިރިއަށް ހުއްޓިލި އެވެ.

“ވާއު. ފަހަރި ވަރަށް ލޯބި. ޒާންބެ މެން ކިޔަނީ ދޮންބަތު އެއްތޯ އެއްޗެއް ދޯ. ފިޒްއަށް ވަރަށް މަޖާ އެނަން. އެކަމަކު ފިޒްވެސް ކިޔާނީ އެހެން އިނގޭ.” ފިޒާ ހީލަމުން ބުންޏެވެ. “މަންމަ ބުންޏޭ ދޮންބަތު ވަރަށް މީރުކޮން އެއްޗިހި ހަދާ ވާހަކަ.”

ރިފާވެސް ހިތްހެޔޮ ކަމާއި އެކު ފިޒާއާއި ވާހަކަ ދެއްކި އެވެ. ނަމަވެސް މާ ގިނައިރަކު ފިޒާ ބަދިގޭގައި ހުންނާކަށް ގަސްތެއް ނުކުރެ އެވެ.

“އަންނާނަން ތުއްތައްތަ މެން ބަޔަށް ވަދެފަ.” ފިޒާ ދަމުން ބުންޏެވެ.

އެރޭ އެގެއަށް އޮތީ ޢީދު އައިސްފަ އެވެ. ފިޒާ ކައިރީ ސޯފާގައި ފައުޒާންއާއި ފައްވާޒް ތިއްބެވެ. އަދި ހަފީޒާވެސް ފިޒާ ކައިރިން ދުރަކަށް ނުދެ އެވެ. ނަދުވާ ވެސް އައިސް ފިޒާއާއި ޖެހިގެން އިނެވެ. ރިފާއަށް ވެސް އެތަނުން ދުރަށްދާން ނުކެރިފައި ހުރީ އެވެ. ހިބާ ސިޑީގެ ދެވަނަ ހަރުފަތުގައި އިށީދެލައިގެން އިނީ އެމީހުން ދައްކާ ވާހަކަ އަޑު އަހާށެވެ. ފިޒާ ކިއައި ދެމުން ދިޔައީ ފިޒާގެ ރައްޓެހިންގެ ވާހަކައާއި ކިޔެވުމާއި ބެހޭ އެކިއެކި ވާހަކަ އެވެ. ވާހަކަ ދެއްކުމުގައި ވެސް ފޮނިގޮތެއް ހުރިކަން ހިބާއަށް ފާހަގަ ކުރެވުނެވެ.

ފިޒާ އައިސްގެން ދެދުވަސް ވީ އިރުވެސް ފިޒާއެއް ހިބާއަކާ ވާހަކައެއް ނުދައްކަ އެވެ. ހިބާ ފެނުމުން ހީލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެ އެވެ. އެހެންވެ ހިބާއަށް ވެސް ފިޒާއާއި ވާހަކަ ދައްކާކަށް ނުކެރެ އެވެ. އަނެއްކާ ގިނަވަގުތު ފިޒާ ހޭދަކުރަނީ ނަދުވާއާއި އެކު އެގޭގަ އެވެ. އަޒުމާއާއި އެންމެން އެއްކޮން އުޅޭ ގަޑީގައި ވެސް ފިޒާ ހުންނަނީ ބީރައްޓެހި ގޮތަކަށެވެ. މާ ސަކަތާތް ގަދަކޮށެއް ނުހަދަ އެވެ.

*    *    *    *    *    *    *    *    *    *    *    *    *

އެއީ އީދު ދުވަހެވެ. ބާރު އިސްޕީޑުގައި ގަލްފް ކްރާފްޓުގެ އެންމެ ބޮޑު ލޯންޗެއް ހަލުވިކަމާ އެކު ދުއްވާފައި ދަނީ ރާ އަތޮޅަށެވެ. އެތެރެ އޭސީ ކޮށްފައިވާ ލޯންޗުގައި މުޅި އާއިލާ އެއްކޮން ދާ މިދަތުރަކީ ޒެކްގެ ހަރަދުގައި ކުރާ ދަތުރެކެވެ. ހަރަދުގެ އެއްބައިގައި ހަފީޒާއާއި ނަދީމާ ހިފަން އުޅުމުން ވެސް ޒެކް އެކަމާ ގަބޫލެއް ނުވި އެވެ. ޝަކީލާ އިނީ ނުހަނު އުފަލުންނެވެ. ޝަކީލާ ދެކޭ ގޮތުގައި އަޒުމާއަށް ލިބުނީ މުއްސަނދި ކުއްޖެކެވެ. ޝަކީލާ ބޭނުންވަނީ އޭނަގެ ހުރިހާ ކުދިންވެސް މުއްސަނދި ނޫނީ ރީތި އަހުލާގެއްގެ ކުދިންނާ ގުޅުމަށެވެ. އަޒުމީލުއަށްޓަކައި ވެސް ޝަކީލާ ބޭނުންވަނީ ހިބާ ކަހަލަ ރީތި ކުއްޖެކެވެ. އަޒުމީލުއަށް ހިބާ ލިބޭނެ ނަމައޭ ޝަކީލާ އަބަދު ވެސް ހިތަށް އަރަ އެވެ. އީދު ދުވަހު ނަމާދުން ފައިބައިގެން އަވަހަށް ފުރަން އައީ ގިނަމީހުން ރަގަޅަށް ނާސްތާ ވެސް ނުކޮށެވެ.

ލޯންޗުތެރޭ ލުއިކާނާ އާއި ހެދިކާ ބަހަމުން ދިޔަ އަޒުމާ ބުނަމުން ދިޔައީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ޖެހޭނެ ދަތުރަކަށް އެ ދަތުރު ހަދަން ޖެހޭނެ ކަމަށެވެ. އެއީ އާއިލާގެ އެންމެން ހަމަވެފައި ތިބެ އެންކޮން އެގޮތަށް އަދި ދުވަހަކުވެސް ދަތުރެއް ގޮސްފައި ނުވާތީ އެވެ. އެންމެ އަވަދިނެތި އުޅޭ ސައީދު ވެސް އެދަތުރުގައި ބައިވެރި ވިއެވެ. އަލީ ވެސް ފަހުވަގުތު ހުރީ މާލޭގަ އެވެ.

އަޒުމާ އެންމެންގެ ފޮޓޯ ނަގަމުން ދާން ފެށި އެވެ. އަޒުމާ އާއި އެކު ޒެކްވެސް އެންމެންގެ ފޮޓޯ ނަގަނަގާފައި އުޅެ އެވެ. އަޒްކާއާއި މާޒްއާއި ދެމީހުންވެސް ބައެއް މަންޒަރުތައް ފޮޓޯނަގަމުން ދިޔައީ ފޯނުންނެވެ. ނަމަވެސް ގިނަވަގުތު ތިބެނީ ވާހަކަ ދައްކާށެވެ. ހަފީޒާގެ ކޮންޑުގައި ބޯ އަޅައިލައިގެން ފިޒާ އޮތީ ބޯ އަނބުރާތީ އެވެ. ފިޒާއަކީ ކަނޑު މައްޗަށް ވަރަށް ބަލި ކުއްޖެކެވެ. ދޭތެރެއަކުން އެހެން އޮވެފައި ހޮޑު ވެސް ލެވެ އެވެ. އެހެންވެ ކައިރީގައި ބާލިދީއެއް ވެސް ބަހަށްޓާފައި ހުއްޓެވެ. ނަވާވެސް އޮތީ ނަދީމާގެ އުނގުގައި އޮށޯވެގެން ނިދާފަ އެވެ. ލޯންޗަށް އެރިގޮތަށް އަރާ ނަދީމާ އެނަ ނިންދެވީ ބޯއަނބުރާ ހޮދު ލެވިދާނެކަމަށް ބަލާފަ އެވެ.

ހިބާ ކުރިމަތީ ތިބި ފައުޒާންއާއި ނަދުވާ އިރުކޮޅަކާ އުޅޭގޮތުން ހިބާގެ ހިތުތެރޭގައި ވަނީ ހައިޖާނެއް އުފައްދާފަ އެވެ. ފައުޒާންގެ އަތުގައި އިރުކޮޅަކާ އޮޅުލައި ގަންނަމުން ދިޔަ ނަދުވާގެ އަތް ފައުޒާން އިރުކޮޅަކާ ދުރުކޮށްލަނީ ހިބާ ބަލަން އިންނާތީ އެވެ. ނަދުވާ އިރުކޮޅަކާ ފައުޒާންގެ ކަންފަތާ ކުޅެލާނެ އެވެ. މޫނު ކައިރި ކޮށްލާނެ އެވެ. ކޮންމެ ފަހަރަކު ވެސް ފައުޒާން އަށް ހިބާއާއި ދިމާއަށް ބަލައިލެވެ އެވ. އަދި ނަދުވާ ދުރުވެސް ކޮށްލެވެ އެވެ. ނަދުވާ އެގޮތަށް ގައިގޯޅިކޮން އުޅޭތަން ހިބާއަށް ފެންނާތީ ފައުޒާން އަށް މިހާރު އުނދަގޫ ވެއެވެ. އެހެން އިންދެފަ ނަދުވާ ފައުޒާންގެ ކޮނޑުގައި ބޯ އަޅާލި އެވެ. ހިބާ އެތަނުން ތެދުވެގެން ގޮސް ފައްވާޒްއާއި ރިފާގެ ކުރިމަތީ އިށީނެވެ. މިހާރު ހިބާއަށް އިނދެވުނީ ފައުޒާން މެނަށް ފުރަގަސް ދީގެނެވެ. ދުރުގައި އިން ގޮނޑިއެއްގައި އެކަނި މާއެކަނި އިން އަޒުމީލުއަށް ފައުޒާންއާއި ހިބާގެ އަމަލުތަށް ފެންނަމުން ދިޔަ އެވެ. ވަމުންދާ ގޮތް ކޮންމެވެސް ވަރަކަށް އަޒުމީލުއަށް ނަގައި ގަނެވުނެވެ.

ލޯންޗު އައިސް އެރަށުގެ ފަޅަށް ވަނީ އެދުވަހުގެ މެންދުރު އެކެއް ޖަހަން ކައިރިވެފައި ހުއްޓަ އެވެ. ފަޅަށް ވަނުމުން އެންމެންތައް ތެދުވެ ރަށާ ދިމާއަށް ބަލަން ފެށި އެވެ. ރީތި ސާފު ހުދު ދޮންވެލި ގަނޑެކެވެ. ވިނަކޮޅެއް އަދި ގާކޮޅެއްވެސް ނެތް ރީތި މޫދެކެވެ. އަވިގަދަ ވިއަސް އަތިރިމަތީ ކޮންމެސް ވަރަކަށް މީހުން ޖަމާވެފައި އޮތެވެ. އެހާބޮޑު ލޯންޗެއް އެރަށަށް އައީމަ ކޮންބައެއްތޯ ބަލަން އައިސް ތިބި މީހުން ވަރަށް ގިނަ އެވެ. އެންމެ ގިނައީ ކުޑަ ކުދިންނެވެ.

ފަހަރަކު މީހެއް ފައިބަން ފެށި އެވެ. މޫމިނާއާއި އެކު އައިސް ހުރި މޫސަބޭ ހުރީ ވަރަށް ހިނިއައިސްފަ އެވެ. ނުފެންނަ ދަތެއްވެސް މޫސަބޭގެ ނެތީ އެވެ. ފަހަރަކު މީހަކަށް ޢީދު މުބާރިކް ކިޔާލަ ކިޔާލަ މޫސަބޭ ހެވިފައި ހުއްޓެވެ.

“ކަލޯވެސް އައީދޯ،” މޫސަބެއަށް ފައުޒާން ފެނުމުން ހެވިފަ ހުރެ އަހާލި އެވެ. “މީ ކޮންކުއްޖެއް؟” ފައުޒާން ގައިގައި ތަތްވެގެން ހުރި ނަދުވާ ފެނުމުން މޫސަބެ އަހާލި އެވެ.

“އެއީ ބޮޑުދައިތަގެ ދަރިއެއް.” ފައުޒާންއަށް ބުނެދެވުނީ އެހާވަރަށެވެ. އެއަށް ވުރެން އިތުރަކަށް ނުބުނެ ވުނެވެ.

“އެހެން ދޯ. ޢީދު މުބާރިކް ހުރިހާ ކުދިންނަށް. ހުރިހާ ކުދިން މިރަށަށް އައިމަ، މޫސަބޭ މިހިރީ ނިކަން އުފާވެފަ.” މޫސަބޭ އަދިވެސް ހުރީ ވަރަށް ހިނި އައިސްފަ އެވެ.

“ހަފީޒާ! އަލީ! ކޮބާ ކިހިނެއްތަ؟ ހަފީޒާ މިހާރު ތިހިރީ މާ ބޮޑަށް ފަލަ ވެފަނު. އަލީ އެކަމަކު ހަމަ އޭރުވެސް ހުރިވަރަށް ދޯ.” މޫސަބޭ ސަލާން ކޮށްލަމުން ބުންޏެވެ.

މޫމިނާ ވެސް އައިސް އެންމެނާ ޢީދުގެ ސަލާން ކުރަމުން ބުރަކަށީ ފިރުމާލާ ހަދަމުން ކުރިއަށް ހިނގައި ގަތެވެ. މޫމިނާ މެންގެއާ ޖެހިގެން ހުރިގޭ ލަތީފާތަ ވެސް އައިސް އެތާ ހުއްޓެވެ. އެއީ ލަތީފާއްތަ ގެއިންވެސް ތިން ކޮޓަރި ވަނީ އެމީހުން ތިބެން ތައްޔާރު ކޮށްފަ އެވެ.

“އަހައްމަދާ އާދޭ އެކުދިން ގޮވައިގެން ގޭދޮށަށް.” އަޒުމީލުއާއި މާޒް ކައިރީ ހުރި ޒެކްއާއި ދިމާއަށް މޫމިނާ ބުންޏެވެ. އެންމެން ހައިރާންވެގެން ޒެކްއަށް ބަލައިލި އެވެ.

“އަސްލު ޒެކްއަށް ކިޔަނީ އަހުމަދު ޒަކްވާން. ޒަކްވާން ކިޔަން އުނދަގޫވީމަ މޫމިނާއްތަ އެކިޔަނީ އަހުމަދު. މޫމިނާއްތަ ވަނަމުން ގޮވައެއް ނޫޅޭނެ އެކަކަށް ވެސް.” އެންމެން ހައިރާން ވެފައި ތިބުމުން ޒެކް ބުންޏެވެ.

ގެއަށްގޮސް އެއްޗިހި ބަހަށްޓަންވީ ކޮޓަރިތައް މޫމިނާ ދެއްކި އެވެ. ހުރިހާ އަންހެން ކުދިން އެއްކޮޓަރީގަ ހުރިހާ ފިރިހެން ކުދިން އެއްކޮޓަރީގަ އުޅެން އަޒުމާ ނިންމި އެވެ. ފިޒާއާއި ނަދުވާ އެގޮތެއް ބޭނުމެއް ނުވި އެވެ. އެދެމީހުނަށް ލަތީފާއްތަ މެންގެއިން ރިފާއާއި ފައްވާޒްއަށް ހަމަޖެއްސި ކޮޓަރި ދިނީ އެވެ. ރިފާއާއި ފައްވާޒް ވެސް ބޭނުންވީ އެންމެން އެއްކޮން އުޅޭށެވެ. ދެން ލަތީފާއްތަ ގެއަށް ދިޔައީ ޝަކީލާގެ ދެމަފިރިން ނާއި ނަދީމާގެ ދެމަފިރިންނާއި ނަވާ ނެވެ. މޫމިނާމެންގެ ގޯތިތެރެއިން ލާފައި ލަތީފާއްތަ މެންގެއަށް ދެވެން އޮވެ އެވެ. ބަނބުކެޔޮ ގަސްދޮށުން ލާފައި ގޮސް ނުކުމެވެނީ އެގޭ ބަދިގެއާއި ދިމާލަށެވެ. ހަފީޒާގެ ދެމަފިރިންނަށް ހަމަޖެހުނީ މޫމިނާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި އެވެ. ފިރިހެން ވެރިންނަށް ދިނީ ހިބާގެ ކޮޓަރި އެވެ. އެކޮޓަރި އެއީ އެގޭގައިވާ އެންމެ ބޮޑު އަދި އެންމެ ރީތި ކޮޓަރި އެވެ. ކޮންމެ ކޮޓަރިއަކު ވެސް ފާހާނާ ހުރެ އެވެ. އަދި ބޭރުގައި ބޮޑު ގިފިއްޔެއް ވެސް ހުރެ އެވެ. ދޮންނަ މެށިނާއި ހިއްކަން އަޅާ ރޯނުތައް ހުންނަނީ ގިފިލީގަ އެވެ.

ކޮޓަރިއަށް އެއްޗިހި ލާ ނިމިގެން ފާހާނާކޮށް ހެދުމުން ފަހަރަކު ގުރޫޕަކަށް މޫމިނާ ކާން ގޮވަ އެވެ. އެންމެ ކުރިން ފިރިހެން ގުރޫޕެވެ. ދެން އަންހެން ވެރިންނެވެ.

“ހާދަ އެއްޗިއްސެއް މިއޮތީ ހަދާލާފަ. ޢީދު ވީމަ ދޯ؟” އަލީ ކާން އިށީންނަމުން އަހާލި އެވެ.

“އާން. އެގޭ ލަތީފާއްތަ ވެސް އައިސް މިގޭގަ މިއަދު އުޅުނީ ކައްކައިދިނުމުގަ އެހީވާން.” މޫމިނާ ބުންޏެވެ.

“ކޮބާ ހިބާ؟” ކައިގެން އައިސް އެގޭ ސޯފާގައި އިށީންނަމުން އަޒުމާ އަހާލި އެވެ. އޭރު ސޯފާގައި ފައްވާޒްއާއި ރިފާ ވެސް ތިއްބެވެ. މޫމިނާ ބަދިގެއާއި ދިމާއަށް ދަނިކޮން އެވާހަކަ އަޑު އިވުމުން ހުއްޓުނެވެ.

“އަޅެ ރަގަޅު ކުއްޖެއްނު އެއީ. މިހާރު އެ ނައްޓާލީ ތޯއްޗެ. އަދި ގެއަށްވެސް ނާންނަނީތަ؟ އައިސް ދަބަސް ބަހަށްޓާފަ ދޯ އެދިޔައީ.” މޫމިނާގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވާން ހުއްޓެވެ. “އޭ! ކަލޯ ވާރިސޫ! ދޭބަލަ ހިބާއްތަ ކޮންތާކުތޯ ވީ ބަލައިލަން. ބުނޭ މޫމިނާތަ ހޯދައޭ.” ދޮރުކައިރީ ހުރި ކުޑަ ފިރިހެން ކުއްޖަކާ ދިމާލަށް މޫމިނާ ބުންޏެވެ.

“މަޑުކުރޭ ވާރިސޫ. އަހަރުމެން ވެސް ދާނަން ހިބާ ވީތަނެއް ހޯދަން.” އަޒުމާ މޫމިނާ ގޮވާލި ރާގަށް ވާރިސްއަށް ގޮވާލަމުން ބުންޏެވެ. އަދި ހިގައި ގަތީ ފައްވާޒްއާއި ރިފާވެސް ގޮވައިގެން ނެވެ. އޭރު ކޮޓަރިން ނިކުތް އަޒްކާވެސް އެމީހުން ފަހަތުން އަޅުވާލި އެވެ. ބޭރަށް ނިކުތް އިރު އަޒުމީލުއާއި ފައުޒާންއާއި މާޒްއާއި ޒެކް ޖޯލީގައި ތިއްބެވެ.

“ކޮންތާކަށް؟” މާޒް އަހާލި އެވެ.

“ހިބާ ހޯދަން.” އަޒުމާ ބުންޏެވެ.

“އަހަރުމެންވެސް ދާނަން.” ފައުޒާން ތެދުވަމުން ބުންޏެވެ. އަޒުމީލުއާއި ޒެކް ވެސް ތެދުވި އެވެ. މާޒް އޮތްގޮތަށް އޮތީ އެވެ. ތިމީހުން ގޮސްލާށޭ ކިޔައިފަ އެވެ.

މޫމިނާ ބަދިގޭގައި ކޭތަށިތަށް ނަގާ ސާފުކުރަން އުޅެ އެވެ. ހަފީޒާ ބަދިގެއަށް ވަނުމުން މޫމިނާ ހަފީޒާގެ އަތުގައި ހިފައިގެން ގަދަކަމުން ބަދިގެއިން ނެރުނެވެ.

“ހަފީ ބަދިގެއަށް ވަންނާނެ ކަމެއްނެތް. އަރާމުކުރަން އައި ދަތުރެއްނު މީ. ހަފީމެންތީ އަހަރުމެންގެ މެހެމާނުންނެއްނު. ދޭބަލަ މިދިމާ އަތިރި މައްޗަށް ނިކަން ހިތްގައިމު ވާނެ. އެތާ ހުންނާނެ ޖޯލި ފަތި ވެސް.” މޫމިނާ ބުންޏެވެ. މޫމިނާ އެންމެ ފަހުން ކިޔާވަރުން ހަފީޒާ އަލީ ގޮވައިގެން ނުކުތީ އެބުނާ ޖޯލި ފައްޗަކަށް ދިއުމަށެވެ. އޭރު އެގޭ ސޯފާގައި އިން ޝަކީލާވެސް އެމީހުން ފަހަތުން ދާން ތެދުވި އެވެ.

“ކޮން ހިސާބަކަށް މި ދެވެނީ؟” އަޒުމާ އެހީ މާދުރަށް ދާތީ އެވެ.

“ހިބާއްތަ އެއް ނެތް އެތާކު ވެސް،” ކުޑަކުޑަ ވާރިސް ބުންޏެވެ. “ނުވީން، ހިބާއްތަ މިހިސާބަށް އައިތަ؟” ގެއެއްގެ ދޮށުގައި ބޯޅައެއް ހިފައިގެން ހުރި ކުޑަ ކުއްޖެއް ކައިރީ ވާރިސް އަހާލި އެވެ.

“ހިބާއްތަމެން ގޭދޮށު އަތިރީ މިދިލި ގަހުން ގޮބު ބިންނަން އެބައުޅޭ.” ނުވީން ބުންޏެވެ.

ވާރިސް އެހެން ހޭ ކިޔައިފައި އައިކޮޅަށް ދުއްވައި ގަތެވެ. ވާރިސް ފަހަތުން ދެންތިބި އެންމެން ދުއްވައި ގަތެވެ.

ހަފީޒާއާއި އަލީއާއި ޝަކީލާ އައިސް ޖޯލިފަތީގައި ޖައްސާލި އެވެ. މޫމިނާ ބުނީ ތެދެކެވެ. ވަރަށް ހިތްގައިމެވެ. ކުރިމަތީ އޮތް ހުދު ސާފު ދޮން ވެލިގަނޑާއި ރީތި މޫދު އެއޮތީ ރީތިކޮން ފެންނާށެވެ. ހިތްފަސޭހަ ވަރަކަށް ވައިޖެހެމުން ދާތީ އެތާ ތިބެން ވަރަށް ހިތްގައިމެވެ. ބޮޑެތި ގަސްތަކުގެ ސަބަބުން މުޅި ހިސާބު ގަނޑަށް އޮތީ ހިޔާ ވެފަ އެވެ. ޝަކީލާ ރަޝީދުއަށް ވެސް ގުޅާލާފައި އެދިމާ ކިޔައިދެމުން އެތަނަށް އައުމަށް ބުނެލި އެވެ.

“މިރަށު ކުދިން ހާދަ ހަލުތްވޭ. ބަލާބަލަ އެއޮށް މަދު ގަހަށް އަރާ އެއޮތް މަންޖެ އެއް. ގައިމު އަލީއަށް ވެސް ނޭރޭނެ އެހާ މައްޗަކަށް.” ކައިރީގައި ހުރި މަދު ގަހަކަށް އަރާއޮތް އަންހެން ކުއްޖެއް ދައްކާލަމުން ހަފީޒާ ބުންޏެވެ. އޭރު މަދުގަހުގެ ދަށުގައި ކުޑަވަރެއްގެ ދެ އަންހެން ކުދިން ގަހުގަ އޮތް ކުއްޖާ އެއްލާ މަދު ހޮވަން އުޅެ އެވެ.

“ތިއޮއް އަންނަނީ އަހަރުމެންގޭ ކުދިން މިދިމާލަށް.” ޝަކީލާއަށް އަޒުމާމެން އަންނަތަން ފެނިގެން ބުންޏެވެ.

“އެއޮތީ ހިބާއްތަ.” މަދުގަހެއްގައި އޮތް ކުއްޖެއް ދައްކާލަމުން ވާރިސް ބުންޏެވެ. އެންމެން އެދިމާލަށް ދުއްވައި ގަތެވެ. އެއީ ބިޔަ މަދު ގަހެކެވެ. އެހާ މައްޗަށް ހިބާ އަރާ އޮތުމުން ހައިރާން ވެފައި އެންމެން ބަލަން ތިއްބެވެ.

“ހިބާ! ހިބާ!” އަޒުމާއާއި އަޒުމީލު އެއް އަޑުން ގޮވާލި އެވެ. ހިބާ ތިރިއަށް ބަލައިލި އިރު އެންމެން އައިސް ގަސްދޮށުގައި ތިބުމުން ހިބާ ވަރަށް ލަދު ގަތެވެ. މޫނު ރަތްވެގެން ދިޔަ އެވެ. ހަދާނެ ގޮތެއް ނޭގިފައި އިންދާ ޖޯލީގައި ތިބި ހަފީޒާމެން ފެނުމުން އަދި އިތުރަށް ކަންބޮޑު ވިއެވެ. ހަފީޒާމެން ވެސް ތިބީ ހިބާއާއި ދިމާއަށް ހައިރާން ކަމާއެކު ބަލާށެވެ.

“ހިބާ އަހަރުމެންނަށް ވެސް މަދެއް އެއްލަ ބަލަ.” އަޒުމާ ގޮވާލި އެވެ. ހިބާ މަދު ބިދެ ބިދެފައި ތިރިއަށް އެއްލަން ފެށި އެވެ. ފައުޒާންއާއި ދިމާއަށް އެއްލާ ކޮންމެ މަދެއް ވެސް ފައުޒާން ހިފަ އެވެ.

“އަޒުމީލުއަށް ވެސް ނޭރޭނެ އެގޮތަށް މިގަހަކަށް،” ހިބާ ގަހުން ފޭބުމުން އަޒުމާ ބުންޏެވެ. އަޒުމީލު އެއްބަސް ވަމުން ހީލި އެވެ.

“ވާލަ ހިބާ!” ބާރަކަށް އެހެން ދިޔަ ފުރާވަރުގެ ދެ ފިރިހެން ކުދިން ގޮވާލި އެވެ. އެންމެން އަދިމާއަށް ބަލައިލި އެވެ. ހިބާ ވެސް އެމީހުނަށް ލޯ އަޅާލި އެވެ. އޭރު މޫސަބޭ އެދިމާލަށް އާދެ އެވެ.

“ޒާން، އެއީ ޒާން ހިބާއާ ދިމާއަށް ކިޔާ އެއްޗެއްނު. ޒާން ކުރިން ވެސް އައިން ދޯ މިރަށަށް” ރިފާ އަހާލި އެވެ. ފައުޒާން ލޯ ކުޑަކޮށްލަމުން ހިބާއަށް ބަލައިލި އެވެ.

“އާން! މިސޮރު ކުރިން އައޭ މިރަށަށް،” މޫސަބޭ އައިސް އެހެން ބުނި އަޑަށް އެންމެން ފަހަތަށް އެނބުރުނެވެ. “އަހަރެން ދިޔައީ އެސޮރު ކާން ބަލާ މަށާއެކު އަންނަނިކޮން ވީ ގޮތަކީ….” މޫސަބޭ އެދުވަހުގެ ވާހަކަ ކިޔައިދީ ނިމުމުން އެންމެން ހޭން ފެށި އެވެ. ހިބާގެ މޫނު ރަތްވެގެން ދިޔަ އެވެ. ހިބާ ލަދުންގޮސް މުޅިން ހަލާކު ވަނީ އެވެ. ފައުޒާންއަށް އެކަން އެނގުމުން ފައުޒާން ކައިރިއަށް ވެސް ހިނި އައެވެ.

“މޫސަބޭ!” ހިބާ ހަޅޭއްލަވައި ގަތެވެ. “ހުރާ މިފަހަރު…” ހިބާ ރުޅިގަދަ ވެގެން މޫސަބޭ ފަހަތުން ދުއްވައިގަތީ ދެފައިވާން ކިބަ އަތަށް ނަގައި ގެންނެވެ. މޫސަބޭ ވެސް ހިބާއަށް އަތު ނުވާން ވެގެން ދުއްވައިގަނެގެން ގޮސް ޖެހިގެން އޮތް ގޯޅި އަޅައިގެން ދިޔައީ އެވެ. ހިބާވެސް އެގޯޅި އަޅައިގެން ގޮސް ނިމިއްޖެ އެވެ.

“ތިވާހަކަ ޖެހޭނެ ލިޔަން. ދޯ އަޒްކާ. އަހަރުމެން ހަދާ ފެމިލީ ސްޓޯރީސްގައި ތިވާހަކަ ޝާއިރު ކުރަން ޖެހޭނެ.” އަޒުމާ އެމީހުން ދުވެފަ ދިޔަ ދިމާއަށް ބަލަން ހުރެފައި ހެމުންހެމުން ބުންނެވެ.

“އާން. ކިޔާނީ ‘ޒާންގެ ބޮލުގަ ޖެހުން ފައިވާން’ ދޯ.” އަޒްކާ ބުންޏެވެ.

“ޖޭމުގަހުން ވެއްޓުނު ފައިވާން ކިޔަން ވީނު.” ފައްވާޒް ބުންޏެވެ. އެންމެން ހޭން ފެށި އެވެ. އެކި މީހުން އެކި އެއްޗިހި ކިޔަމުން ހީހީފައި އެތާ ތިއްބެވެ. ޖޯލީގައި ތިބި ހަފީޒާ މެނަށްވެސް އެމީހުންގެ ސަކަރާތުގެ ވާހަކަތަށް އަޑުއިވިގެން ހީލަހީލަ އެމީހުން ތިއްބެވެ.

އެދުވަހު ހަވީރު ޢީދު ކުޅިވަރު ބަލަން ދާން އެންމެން އުޅެނީ ފެންވަރާ ތައްޔާރު ވާށެވެ. ގިނަ ފިރިހެން ވެރިން ފެންވެރީ ގިފިލިން ނެވެ. އަންހެން ކުދިންނަށް ދެފާހާނާ ލިބުނު އިރު ވެސް އެމީހުނަކަށް ތައްޔާރެއް ނުވެވުނެވެ. އެހެން ކަމުން ހަވީރުގެ އެއްވެސް ކުޅިވަރެއް އެމީހުންނަށް ފެންނަގޮތެއް ނުވި އެވެ.

އެރަށު ދަނޑުގައި ވަރަށް ފޯރިގަދަ ބަށި މެޗެއް ކުރިއަށް ދެއެވެ. ފައުޒާންއާއި ޒެކްއާއި މާޒް ތިބީ ފިހާރައެއްގެ ބޭރުގައި ހުރި އަށްޓެއްގައި ޖައްސާލައިގެން މެޗު ބަލާށެވެ. އިރުކޮޅަކުން ބަށި ކުޅެން ރެކެޓު ހިފާލައިގެން އައިސް ހުރީ ހިބާ އެވެ. ހިބާއަށް ބޯޅަ ޖެހުނީ ހައެއްކަ ފަހަރު އެވެ. ނުބައި ވީ އެވެ. ކޮންމެ ފަހަރަކު ވެސް ހިބާއަށް ވަނީ އެވަރެވެ.

ކުޅެ ނިމިގެން ހިބާވެސް ގެއާއި ދިމާއަށް ދުއްވައިގަތް ވަގުތު ޒެކް ހިބާއަށް ގޮވާލި އެވެ. ހިބާ ބަލައިލާފައި ޒެކް ކައިރިއަށް ދާން ހިޔާލު ނުކުރީ ފައުޒާން އެތާ އިނީމަ އެވެ.

“ހިބާ! މަޑުކޮށްބަލަ! ހިބާ!” ޒެކް އަނެއްކާ ވެސް ގޮވަމުން ހިބާ ފަހަތުން ހިގައި ގަތެވެ. ހިބާ ހުއްޓުނެވެ.

“އަދި އޭރުންސުރެ ގެއަށް ނުވަދެ ތިއުޅެނީ؟” ޒެކް އަހާލި އެވެ. ހިބާ ބޯ ޖަހާލި އެވެ.

“މިހާރު އެކަމު މިދަނީ ފެންވަރަން. ފޯނުވެސް ނިވިފަ އޮތީ.” ހިބާ އެހެން ބުނުމާއި އެކު ދުއްވައި ގަތެވެ.

“ދުވަހަކު ބޮޑުވާނެ ކަމެއް ނޭގެ.” ހިބާ ދުވަމުން ދާދިމާއަށް ބަލަން ހުރެ ޒެކް ބުންޏެވެ.

އެރޭ އެންމެން ޢީދު ކުޅިވަރު ބަލަން ދަނޑަށް ދިޔައެވެ. އެމީހުން ގޮވައިގެން ދިޔައީ ހިބާ އެވެ. ނަދުވާއާއި ފިޒާވެސް އެރޭ ބައިވެރި ވި އެވެ. އެންމެން ގޮސް ހުއްޓިލައިގެން ތިބީ ތަންކޮޅެއް ދުރުގަ އެވެ. އެހިސާބުން ކުޅިވަރުތައް ރަގަޅަކަށް ނުވެސް ފެނެ އެވެ.

“ހިންގާ ކައިރިއަށް ދަމާ. މިތާކުން ނުވެސް ފެނޭނު.” އަޒުމާ ބުންޏެވެ.

“ދޮންތަމެން ދޭ. ހިބާ ހުންނާނަން މިތާ.” ހިބާ އަޒުމާއާއި ދިމާއަށް ބުންޏެވެ. މީހުންތަކު ތެރެއަށް ވަދެގެން ކައިރިއަށް ދާކަށް ހިބާއަކަށް ނުކެރޭނެ އެވެ. ހިބާ ހާސްވާނެތީ އެވެ.

“އާދޭ ކައިރިއަށް ނިކަން މަޖާވާނެ. ބޮޑުމަހާ މާލި އާ އެތާ އެއުޅެނީ.” މޫމިނާ ހަފީޒާގެ އަތުގައި ހިފާލަމުން ހިގައި ގަތެވެ. އެހެން މީހުންވެސް ފަހަރަކު ބައެއް އެމީހުން ފަހަތުން ދާން ފެށި އެވެ. ފައުޒާން އަތުގައި ހިފައިގެން ނަދުވާވެސް ހިގައި ގަތެވެ. އެމީހުންނާއި އެކު ފިޒާ ހިގައި ގަތެވެ. އެންމެން ދިއުމުން ހިބާ ބަލަން ހުރެލާފައި ފަހަތަށް އެނބުރުނު ވަގުތު ހިބަ ދިޔައީ ސިއްސައި ގެނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 16

Next

މަންޝާ (ހަތްވަނަ ބައި)

Next
April 11, 2016

މަންޝާ (ހަތްވަނަ ބައި)

Previews
April 10, 2016

މިހިތުގެ ލޯތްބޭ ތީ 16

9 Comments!

  1. Pee says:
    April 10, 2016 at 8:24 pm

    ??????????❤?

  2. Zee says:
    April 10, 2016 at 8:30 pm

    V salhi thanks Aasi

  3. mishyyyyyymish says:
    April 10, 2016 at 8:41 pm

    Vvvvvvv salhiiii. Aasi varehhh nehhhh… dhenn oi bae haaaha kiyaalaa hihhh veyeyyyy…. aasi thihenn abadhuvexx up kohlahche ingeyy. Vvvvvvv salhiiii stry ehhh… iru iru kolhaa eba beley mi stry up vaythww….

  4. Ellie says:
    April 10, 2016 at 9:23 pm

    Mishy e buny thedheh mi vaahaka upveytho iru iru kolhaa beley plx next part avahah up kohla dhehcheyy. My fvrt story vvvvvvvv salhi hama Aasi vareh neh

  5. Appy says:
    April 10, 2016 at 9:40 pm

    Kihineh e v?

  6. Eny says:
    April 10, 2016 at 10:40 pm

    Dhuaaak 2 faharu genesdhey irus lasvegentha thiulheny

  7. shaai says:
    April 10, 2016 at 11:19 pm

    Vvvvvvvvv majaa.

  8. Pinky says:
    April 11, 2016 at 5:04 pm

    Up kohdhybavahaa avahah plx k

  9. Faxoo says:
    April 25, 2016 at 7:26 pm

    varah reethi mibai ves! Hiba is like Taiga in Toradora 😀 same personality <3 varah salhi mibai ves 😉

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 16 ވަނަ ބަައި←


All Right Reserved!