ޤައުމީ ކުތުބްޚާނާއިން ގެނައި ފޮތްތަކާއި އެސައިންމަންޓް ހަދަން ގެންގުޅުނު އެގްޒަމިނޭޝަން ޕޭޑް ހުޅުވާލުމަށްފަހު އެފޮތްތައް ކިޔާ ދިރާސާ ކުރަމުން ދިޔައިރު ގަޑިން ވީ ކިހާ އިރެއް ކަންވެސް މަންޝާއަށް ރޭކާނުލިއެވެ. ކަރު ގުދުކޮށްގެން މޭޒު ދޮށުގައި އެހެން ގިނަ ވަގުތު އިންނަން ޖެހުމުން މަންޝާގެ ކަނދުރާއަށް ވާޅުވިއެވެ. ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަ އަރާމެއް ހޯދުމުގެ ނިޔަތުގައެވެ. އެހެން […]
“ނޫން.. ހިނގާ ދާން… މިހެން އުޅެންޔާ އަބަދު އުޅެން ޖެހޭނީ ފިލައިގެން” ދެލޯ ފޮހެލުމައްފަހު އަތޫޝާ ކުރިއަށް ހިނގައިގަތެވެ. “ކޮބާ… އޭ ޗުއިންގަމް އަވަސް ކޮއްބަލަ… މިމީހުންނާ ހެދި ކަމެއް ނުވާނެ.. އަވަސް” ޝަމްހާ އާއި ސަނާ ބަލާލީ ޝައިމަންގެ އަޑަށެވެ. ލޯންޗްއަށް އަރާ ހަމަޖެހިލި މަމްދޫހަށް ބަލާލެވުނީ ދުރުން އަންނަ އަންހެން ގްރޫޕްއަށެވެ. ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނީ މަޑު ހިނގުމެއްގައި އަންނަ އަތޫޝާ ފެނިއެވެ. “އަވަސް” ޝައިމަން ޝަމްހާ އެރުވުމަށް އަތް ދިއްކޮއްލަމުން ބުންޏެވެ. ސަނާ […]
“އެވެސް މީހެއްގެ ދަރިއެކޭ… އޭނަވެސް އުފަލާ ހިތްހަމަ ޖެހުން ބޭނުން ވާނެ، ލޯބިވެސް ބޭނުން ވާނެ… އޭނަ ޒިހާންއާ އިނުން އެއީ ގޯހެއްތަ؟ ލޯތްބާ އުފަލާ ހިތްހަމަ ޖެހުމާ ލިބެން ވަނީ ހަމަ އެކަނި މަންމަގެ ދަރިންނަށްތަ؟ މިގޭގަ އޭނަ ހަތް އަހަރު ދުވަހު ހުރި އިރު ރުޅި އައިސްގެން ނޫނީ އެއް ދުވަހުވެސް މަންމަގެ ދުލުން އޭނަގެ ނަން ބޭރުވިތަ؟ ޝަމްހާއަށް ޓަކާ މަންމަ ޒިހާންއާ އަނޫ ވަކި ކުރި އިރު ޒިހާން އެގޮތް ބޭނުން […]
” ޝިފްނީގެ އަތްތިލައިގާ އޮތް ޓިޝޫ ނިއްކުރީގައި ޖައްސާލަމުން ލޮލުގައި އަޅާފައި އޮތް އައިނު ބުރުގާ މަތިން ބޮލުގައި އަޅުވާލިއެވެ. “މައިގޯޑް.. މިހާރު ވަކިން ލޯބި” އެކުއްޖާ ހަށިގަނޑު ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. “އެކްސްކިއުޒްމީ… ކިހިނެއްވެގެން ތިއުޅެނީ. ޝިނީ ނޫނީ މިތަނުން ކުއްޖަކު ނުފެނުނީތަ. މަންމަ ކައިރީގައި ބުނާނަން. ދޮންބެ ކައިރީގަވެސް” ޝިފްނީ ހުރި ހިސާބުގައި ހުއްޓިލަމުން ކުރިމަތީގައި އިން ޒުވާނާއަށް ބުނެލިއެވެ. ވާއު. ނައިސް ނޭމް. ޝިނީ” ޒުވާނާ ހިނިތުންވެލިއެވެ. “ނޭނގުނެއްނު. ޝިނީ އެއް […]
“އަޅުގަނޑު ވަރަށް ގިނައިން ތި ގެއަށް ދަން… އެކަމް ދުވަހަކުވެސް ދުކެގެން ނާވީ މެންގެ ބައްޕައެއް.. ކޮބާ ނާވީމެންގެ ބައްޕަ؟ ނައި ކައިރީގައި އަހާލިޔަސް ބުނާނެ އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ” މިޝިޔާގެ އެހެން އަހާލުމުން ނާވީގެ މޫނުގައި އުފާވެރިކަން އެއްކޮށް ފިލައިގެން ހިނގައްޖެއެވެ. “ބައްޕަ ފެނުން އެއީ އެހާ މުހިންމު ކަމެއްތަ؟” ނާވީގެ ވާަކަ ދެއްކުމުގެ ރާގަށް ކުއްލިއަކަށް ބަދަލު އައުމުން މިޝިޔާ ދުރަށް ޖެހިލިއެވެ. “އޯ.ކޭ… އެހެން ވިއްޔާ!! ނާވީ ތި ކިޔަވަނީ ކޯއްޗެއް؟” […]
ހިބާ އަށް ފައުޒާން ގޮވާ ގޮވާ ވެސް ހިބާ އަށް ހޭ ނުލެވުނެވެ. އެންމެ ފަހުން ފައުޒާން ހިބާ އަތް ދަނޑި މައްޗަށް އުފުއްލައި ލައިގެން ގެންގޮސް ހިބާގެ ކޮޓަރި އެނދު މަތީ ބޭއްވި އެވެ. އަދި ރަޖާ އަޅާލައި ދީފައި ނުކުމެ ދޮރުވެސް ލައްޕާލި އެވެ. ޖެހިގެން އައިދުވަހު ހެދުނު ހިބާ އަށް ހޭލެވުމުން ވިސްނާލަން އޮތެވެ. އޭނަ ރޭގަ ނިދަން އޮތީ އެއްޗިހި ވެސް ބަދަލު ނުކޮށް ހެއްޔެވެ. އޭނަ ނިދީ ކޮން އިރަކު […]
ޒިމަން ދިއުމާއެކު ޒަނީން އަނެއްކާވެސް ކޮޓަރިއަށް ވަނދެ ދޮރުލައްޕާލިއެވެ.އެނދަށް ވެއްޓިގަނެވުމާއިއެކު އޭނާ އަށް ގިސްލާ ރޮވެންފެށުނެވެ.”ކިހިނެތް ދޮންބެ ޒެން ދޮންބެ ގާތު ބުނާނީ..ޒެން ދޮގު ހެދީ..ސޯ އައިމް ސޮރީ ދޮންބެ..ބަޓ އައި ކާންޓް ޓެލް ޔޫ ދިސް..އައިމް ސޯސޮރީ..”ޒަނީން އަށް ގިސްލެެވެންފެށުނެވެ. ކުޑައިރުކޮޅެއް ތެރޭގައި ޒިމަން ހުރީ ހޮސްޕިޓަލުގައެވެ.އޭނާ އަށް އެނގިފައިވާ ގޮތުގައި އިމަޖެންސީކޮށް އޮޕަރޭޝަން އެއް ކުރަން އޭނާ ގެނެވުނުކަމެވެ.ޒިމަން އޮޕަރޭޝަން ތިއޭޓަރ އަށް ވަނުމުން ލިބުނީ ކުއްލި ސިހުމެކެވެ.އޭނާއަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ.އެއީ […]
ޝަމްހާގެ އަތުން ދޫކޮށްލާފައި މިޝާލް ތިރިއަށް ފައިބާ ޝިޔާޒް ކައިރިން ލާފައި ގޮސް އެގޭން ނިކުތެވެ. އެތާނގައި ކަމެއް ވެދާނެޔޭވެސް މިޝާލްގެ ހިތަށް ނާރައެވެ. ނޫންނަމަ އެކަމާ މިޝާލް ކަންބޮޑު ނުވަނީއެވެ. މިޝާލް ދިޔަތަން ފެނުމުން ޝަރީފާ ޝިޔާޒްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޝިޔާޒްވެސް އެނބުރިފައި ޝަރީފާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. މިޝާލް ދިޔަތަން ބަލަން ހުރި މިޒްނާ އެނބުރި ބަލާލީ ޝިޔާޒް މިޒްނާގެ އަތުގައި ހިފާ ދުރުކޮށްލަމުން ސިޑިން މައްޗަށް އަރަން ފެށުމުންނެވެ. މިޒްނާ […]