“އެޔޮއް އަންނަނީ އެމީހުން.” މަދު ބިނދެ ނިމިގެން ގަހުން ފައިބަން އުޅެފައި ހިބާ ގޮވާލި އަޑު އިވުނެވެ. “ކޮން ބައެއް،” އެއްފަހަރާ ފިޒާއާއި ފައުޒާން އަށް ގޮވައި ލެވުނެވެ. “މަހަށް ދިޔަ މީހުން.” ހިބާ ގަހުން ފުއްމާލި އެވެ. އިރުކޮޅަކުން މަހަށް ދިޔަ ކުޑަ ޑިނގީ އައިސް ފަޅަށް ވަންތަން ފެނުމުން މޫދުގައި ތިބި މީހުން ވެސް ޑިނގީއާއި ދިމާއަށް ދާން ފެށި އެވެ. ޑިނގީ ބީއްސާލީ ހިބާމެން ތިބި ހިސާބާ ތަންކޮޅެއް ދުރަށެވެ. އެމީހުން އައީ […]
ފައުޒާން އައި ގޮތަށް އައިސް ހިބާގެ ބޮލަށް ފެންޖަގު އެއްކޮން އޮއްސާލި އެވެ. “ތިޔަހެދީ ހަމަ ރަގަޅަށް.” ދޮރުމަތީ އެމަންޒަރު ބަލަން ހުރި މޫމިނާ ހެމުން ހެމުން އަތްޖަހަމުން އެދިމާލަށް އައެވެ. ފައުޒާން ވެސް ހެމުން މޫމިނާ އަތަށް ހުސް ޖަގު ދިނެވެ. ހިބާ ހުރިގޮތަށް ހުރީ ފައުޒާންއާއި ދިމާއަށް ލޯ އަޅައި ގެނެވެ. “ނޯ!” ހިބާ އެހެން ހުރެފައި އިރުކޮޅަކުން ހަޅޭއްލަވައި ގަތެވެ. އަދި ލައިގެން ހުރި ހަރުވާޅުގެ ޖީބުން ހިބާގެ އައި ފޯނު ނެގި […]
އޭގެތެރެއިން އަހަރެން ފޮޓޯ ގަނޑު ނެގީމެވެ. “ކީއްވެ ކުރިން ދުވަހު އަހަރެންނަށް ދޮގު ހެދީ” ފޮޓޯގަނޑު މޭޒުމަތީގައި ބައްވާ ނާސިރުއާއި ކައިރިކޮށްލަމުން އަހަރެން ބުނެލީމެވެ. ނާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސްކަމާއި އެކު އެދެލޯ ކަރުނުން ފުރިގެން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ. އަހަރެން އެ ފޮޓޯގަނޑު އަހަރެންނާއި ކައިރިއަށް އަނެއްކާވެސް ދަމާލީމެވެ. “ކިހިނެއް.. ކާކު ދިން އެއްޗެއް ތީ” ނާސިރު އުދަގޫ ކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން ފެށުމުގެ ކުރިން ބުނިން އަހަރެންނޭ […]
އަތޫޝާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލާ ދިޔައީ މަމްދޫހުގެ މޫނުމަތީގައިވީ ކުލަވަރު ފެނިއެވެ. ދެފިޔަވަޅު ފަހަތަށް ޖެހެވުނީ ބިރުންނެވެ. މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ. ދެންމެ ދެންމެ އަތޫޝާގެ އަތުގައި ހިފައި އެހިސާބުން ދުރަށް ގޮސްދާނެހެން ހީވެއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ބަލަން އިން އިރު މަމްދޫހުވެސް ހުރީ ކަޅި ޖަހާނުލާ އަތޫޝާ އާއި ދިމާލަށް ބަލަންށެވެ. ހަމަ ހިމޭން ކަމުގެ ވަގުތު ފާއިތުވީ ޝައިމަން އައިސް އަތޫޝާއާއި އަރާ ހަމަވުމުންނެވެ. “ކިހިނެއްވެފަ ތި ދެމީހުން […]
އީމަން އަވަސްފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. ރީމްއާއި އިޔާނާވަނީ ރޫމަކަށް ބަދަލުކޮށްފައެވެ. އީމަންއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އިޔާނާއަށެވެ. ލޯމެރިފައި އޮތް އިތު ހީވަނީ ފުން ނިންޖެއްގައި އޮތީހެނެވެ. ކުރިއަށް ހިނގަމުން ގޮސް އިޔާނާކައިރީގައި ހުއްޓުނެވެ. އެމޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. މިއީ އޭނާގެ ޔާނާކަން ޘާބިތުކޮށްދޭނީ ކިހިނެތް ހެއްޔެވެ؟ އެންމެ ބޮޑު ކަމަކީ ޚުދު ޔާނާ އެކަން ހަނދާން ތނައްތާލާފައި ވުމެވެ. އަޅެ ކުޑަ ހަނދާނެއްވެސް ނުވަނީ ހެއްޔެވެ؟ އޭނާގެ އީމަން ފެނުމުން އެހިތަށް ކުޑަ […]
އެންމެން ދިއުމުން ހިބާ ބަލަން ހުރެލާފައި ފަހަތަށް އެނބުރުނު ވަގުތު ހިބާ ދިޔައީ ސިއްސައި ގެނެވެ. އެހާ ކައިރީގައި އަޒުމީލު ހުރުމުންނެވެ. “އަޒުމީލެއް ނުދަންތަ؟” ހިބާ އަހާލި އެވެ. “އެތަން ބަލަން ދާހިތެއް ނެތް. އެހެންވެ ދެން ހަމަ މަޑުކޮށްލައިގެން ހުރީ.” އަޒުމީލު ބުންޏެވެ. ހިބާ ފަހަތަށް އެނބުރި ބަލައިލި އެވެ. އޭރު އެންމެން ކުޅިވަރު ކުޅޭ މައިދާނަށް ގޮސްފި އެވެ. “ހިބާ. ހިބާ ކައިރީ ވާހަކައެއް އަހާލަންތަ.” އަޒުމީލު އަހާލި އެވެ. ހިބާ ބޯ ޖަހާލި […]
އެގާރަ ޖެހިތަނާ ޝިޔާޒް މިޒްނާ ބަލާ އައިސް އެގޭ ކައިރީ މަޑުކޮށްލާފައި މިޒްނާއަށް ގުޅާލިއެވެ. މިޒްނާއާ އެކީ އަނޫޝާވެސް ބޭރަށް ނިކުތެވެ. “ދޮންބެ ހަމަ ނުވަންނާނަންތަ؟” އަނޫޝާ އަހާލިއެވެ. “ނުވަނިއްޔާ އަހަރެން ބަލަން ބޭނުން ނޫން މަންޒަރެއް ނުފެންނާނެ، އަޑު އަހަން ބޭނުން ނޫން އެއްޗެއް އަޑެއްވެސް ނީވޭނެ… މިގޮތް މާރަނގަޅެއްނު؟ އެހެން ނޫނަސް މިހާރު އަނޫ ފެނިއްޖެ، ސަލާމަތުން ހުރިކަން އެނގިއްޖެ” ޝިޔާޒް އަނޫޝާއަށް ބަލާލާފައި ބުންޏެވެ. “ޝިޔާޒް، ގެޔަށް ދިޔައީމަ ވާހަކައެއް ބުނާނަން އިނގޭ” […]
ރަނގަޅު އެއްޗެހި ކެއުމަށާއި ބެޑް ރެސްޓް ކުރުމަށް ނަޞޭޙަތްތެރި ވުމަށްފަހު ޑޮކްޓަރުން ޝިޔާރާ ދޫކޮށްލިއެވެ. އަދި މަހަކު އެއްފަހަރު ގަވައިދުން ޑޮކްޓަރަށް ދެއްކުމަށް ބުންޏެވެ. ރަހިމަށް ލިބުނު ބޮޑު ގެއްލުން ރަނގަޅަށް ފޫނުބެއްދެނިސް ބަލިވެ އިނުމާއި ގުޅިގެން ޑޮކްޓަރުން ދިން ނަޞޭޙަތް ޝިޔާރާއަށް އިވުނީ އިންޒާރެއް ފަދައިންނެވެ. ޝިޔާރާ ބަލިވެއިނީ ޒޯހަން އާއި ދެމީހުން އެކަމަށް ތައްޔާރުވުމުން ނޫނެވެ. އެހެނަސް ރައްކާތެރިވުމުގެ ގޮތުން ވެސް ފިޔަވަޅެއް އެޅިފައެއް ނުވޭއެވެ. “މަންމަ ވެސް މާމަ ވެސް އޯކޭ. މާމަ […]
އެރޭ އެތައް އިރެއް ވަންދެން އޮންލައިންގަ މަންޝާ އެހެން އޮތެވެ. އެންމެ ފަހުން މަންޝާގެ ލޮލަށް ނިދި ބަރުވެ ގަދައަށް ނިދިއްޖެއެވެ. މަންޝާއަށް ގަދައަށް ނިދުމުން އަތުގައި އޮތް ފޯނު އަތުން ދޫވެ އެނދު މައްޗަށް ވެއްޓުނެވެ. ގަދަ ރަތްކުލައިގެ ސެޓިން ފޮތީގެ ނިދާހެދުމުގައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ފާހަގަވެއެވެ. މަންޝާއަކީ ހަމުގެ ކުލަ ކަޅު ކުއްޖަކަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސްހުރި އެ މަޚްލޫގު މަންޝާއާއި […]