Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ހަތްވަނަ ބައި)

Mysterious Angel Level 110 Stories100 Comments
April 9, 2016 4 Mins Read
6 Comments

” ހޫމް…  މެރީ ކުރާނަން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށްވެސް..” އެހެން ބުނީ އެއްވެސް މާނައެއް އޮވެގެންނެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި އަންހެންކުއްޖަކަށްޓަކައި ޚާއްސަ މަޤާމެއްނެތްއިރު ކައިވެއްޏަކީ އަދި ވަރަށް ދުރުގައިވާކަމެކެވެ.

” އެއީ އަހަރުމެން އެންމެ ދެކެން ބޭނުންވާ ދުވަސް..” ޝިއުޒް ހުރިހާ ދަތްތައް އެއްފަހަރާ ދައްކާލިއެވެ.

” އަހަރުމެންނޭ.. ޔަޤީން ޝާލްއާ ދެމީހުންދޯ…” އެކަހަލަ ކަންތައްތަކުގައި އެންމެ ފޯރި ހުންނާނީ ޝާލީވިއްޔާއެވެ.

” މަންމަޔާ ދޮންބެވެސް..” ދޮންބެގެ ނަން ބުނެވުމާއެކު އޭނަގެ ތުންފަތް މައްޗަށްވެރިވީ ހިތި ހިނިތުންވުމެކެވެ.  އަހަރެން ދިރިއުޅުމެއް ފަށަން އެންމެން އެހާ ބޭނުންވަނީ ކީއްވެހެއްޔެވެ؟ އަހަންނަށް އެކަނި ނޫޅެވޭނެހެން އެމީހުންނަށް ހީވަނީބާއެވެ؟

“އެއީ ކީއްވެ އެންމެން މަ މެރީ ނުކޮށްގެން އެއުޅެނީ..” އެ ސުވާލުގެ ޖަވާބު ނުހަނު ބޭނުންވެއެވެ.

” އެންމެންވެސް ބޭނުންވޭ ތިއްތި ލައިފެއް ފަށައިގެން އުފަލުގަ އުޅެން.. އޭރުން ތި ޑިޕްރެޝަންގެ ކަންތަކުންވެސް އިރާދަކުރެއްވިއްޔާ ސަލާމަތްވެވިދާނެ.. ” އެންމެން ވިސްނަނީ އެހެން ހެއްޔެވެ؟ ކައިވެނި ކުރުމުން ހުރިހާ ކަމެއް ރަނގަޅުވާނެއޭ އެމީހުން ހިތަށް އަރަނީ ކީއްވެހެއްޔެވެ؟

” މެރީ ކޮށްގެން ކަންކަން ރަނގަޅުވަންޏާ ކީއްވެތަ މަންމައަށް ނުވީ.. ދޮންބެ…” ބުނަން އުޅެފައި އަހަރެންނަށް ހުއްޓާލެވުނީ ބުނަން އުޅުނު އެއްޗަކާމެދު ވިސްނާލެވުމުންނެވެ.

” ތިއްތިއެއްނު އަބަދުވެސް ބުނަނީ އެންމެން އެއްގޮތެއް ނުވާނޭ.. ހުރިހާ އަންހެނުންވެސް ނުވާނޭ އެއްގޮތެއް.. ބަލާބަލަ މަންމައަށް.. ހުރިހާ ފިރެހެނުންވެސް އެއްގޮތް ނުވީމައެއްނު ދޮންބެ ތިއްތިގެ އައިޑަލްއަށް ވީ..” ތެދެކެވެ. ކުޑައިރުއްސުރެވެސް އަހަރެންގެ ހީރޯއަކީ ދޮންބެއެވެ. ނަމަވެސް އަހަރެން ޤަބޫލުކުރަނީ ދޮންބެގެ ގައިގާ ހަރުލާފައިވަނީ އޭނަގެ ބައްޕަގެ ސިފަތައްކަމެވެ. މަންމަ ދޮންބެގެ ބައްޕަގެ ވާހަކަ ދައްކާއިރު އެބައްޕަގެ ދަރިއަކަށް އަހަރެންވެސް ވީނަމައޭ ހިތަށްއަރައެވެ.

އެވަގުތު ކިޔާރާ ގުޅުމުން ޝިއުޒް ބޭނުންވީ ގެއަށްދާށެވެ. ސައިކަލު ތަޅުދަނޑި ދީފައި އަހަރެން ހިގައިގަތީ އަތިރިމައްޗަށް ދިއުމަށެވެ. ޖެހޭ ވައިރޯޅިން މީހާ ރޫރޫ އަޅައިގަނެއެވެ. އެކި އެކި ހިޔާލުތަކުން ސިކުނޑިވަނީ ނުތަނަވަސްކޮށްފައެވެ. ފޯނުން ނެޓަށް ވަންނަމުން ލައްގާފައި އޮތް ގަސްބުރިއެއްމަތީ އިށީނީމެވެ. އޭރު ދެކުއްޖަކު ރާޅުޖަހާ ހިސާބުގައި އުޅެމުންދެއެވެ. ދީފައިވާ ހިތްގައިމު ހަނދުވަރުގެ އަލި މޫދަށް އެޅިފައިވާ ގޮތުން ރަންކުލައިން ވިދަމުންދެއެވެ. ބަލާލަން ރީތި މަންޒަރެކެވެ. ފޯނުގައި އެމަންޒަރު ނަގާ ރައްކާކޮށްލަމުން ތެދުވީ އެއްގަމަށް ދިއުމަށެވެ.

“ޝައްނު އެއީ ހަންޑިއެއް ކަންނޭނގެ..” އަންހެންކުއްޖަކު ބާރަށް ހަޅޭއްލަވައިގަންނަމުން ދުއްވައިގަތްތަން ފެނުނެވެ. ދެން ހުރި ކުއްޖާ ހުރީ ލޯމަރާލައިގެން ކޮންމެވެސް އެއްޗެއް ކިޔަވާށެވެ.

“ޝާޔަލް…” މޫނު ރަނގަޅަށް ފެނުމުން ގޮވާލީމެވެ.

“ހަންޑިއަށް މިހާރު މަ ނަންވެސް އިނގޭ…” ލޯ މަރައިގެން ހުރެ އޭނަ ވާހަކަދެއްކިއެވެ. މިއަންހެން ކުދިންނަށް ރޭގަނޑަށް ގަހެއްގެ ހިޔަނި ފެނުނަސް ހީވާނީ ފުރޭތައެއް ހެންނެވެ. އެކަމަކު ދުވާލުގަޑީގައި އެވަރުގެ ބައެއްނެތިގެން އުޅޭނެއެވެ.

” މީ ޝިމާލް.. ޝާލީގެ ތިއްތި.. މިރޭ ޕާރޓީން ދިމާވިއެއްނު…” ޝާޔަލްގެ މޫނަށް ޖައްސަމުންދިޔަ ވައްތަރުތަކުން މަޖާވިއެވެ.

“އޯހް.. ތެން ގޯޑް.. ކޮބާ ނަޒޫ؟” ފަރާތް ފަރާތް ބަލަމުން އޭނަ ސުވާލުކުރިއެވެ.

“ހަންޑިއެއް ފެނިގެން އޭނަ ބިރުން ފިލައިފި.. މިގަޑީގަ މިތާ ކީއްތިކުރަނީ؟؟” ގަޑިން އެކެއް ޖަހާ ބޮޑުވީއެވެ.

“ރެދަން ބަލަން އައީ.. އެކަމަކު ނެތް..” ތުންކޮޅު އޫކޮށްލަމުން ފޫހިވެފައި ބުނެލިއެވެ.

“ހިނގާ ގެއަށް ދަމާ.. މިގަޑީގަ އަންހެންކުދިން ބޭރުގަ އުޅުމަކީ ސޭފް ކަމެއްނޫން..” އެއުމުރުގެ ކުއްޖަކު މިހާ ދަންވަރު އެކަނި ފޮނުވާލާކަށްނުވާނެއެވެ.

“އެކަމަކު ރެދަން…” ހުރިތަނުން ގުޑާނުލުމުން ޖެހުނީ އަތުގައި ހިފައިގެން ހިގައިގަންނާށެވެ.

“އެހެން ރެއަކުން އަންނާނީ ރެދަން ބަލަން.. ދެން ހިނގާ.. މަންމަމެންވެސް އުޅޭނު ލަސްވެގެން..” ކުރިއަށް ހިގައިގަންނަމުން ބުނީމެވެ.

“މަންމަމެންނަށް ފިލައިގެން އައީ.. އެކަމަކު އެނަޒޫ ބިރުންގޮސް ބުނެފިއްޔާ ކަޑަވާނެ..” އަތުން މޫނުގައި ޖަހާލަމުން އޭނަ ބުންޏެވެ.

” ދެންވެސް އޭނައަށް ގުޅާފަ ބުނެބަ ގެއަށް މިދަނީއޭ..”  އޭނަގެ އަތުގައި ފޯނުނެތުމުން އަތުގައި އޮތް ފޯނު އޭނައަށް ދިނީމެވެ. ތަންކޮޅެއް ދުރަށް ޖެހިލީ އޭނައަށް ވަގުތު ދޭން ވެގެންނެވެ.

“އޯކޭ..” ފޯނު އަތަށް ދެމުން ޝުކުރުވެރި ބެލުމަކުން ބަލާލަމުން އޭނަ ބުންޏެވެ.

ދަންވަރުގެ ވަގުތުކަމުން މަގުތައްމަތީގައި ވަނީ ހަމަހިމޭންކަމެވެ. ދޭތެރެއަކުން ވާލެއްގެ އަޑެއްނޫނީ ދުރުން އިވެމުންދާ ރާޅުޖަހާ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ގެއާއިހަމައަށް ދެވެންދެން ދެމީހުން އިހްތިޔާރުކުރީ ހިމޭންކަމެވެ.

ޝާޔަލް ގެއަށް ވަންނަން ދެން އަހަރެން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރީމެވެ. މީހަކަށް ފެނިޖިއްޔާ މުޅި ރަށު ތެރޭގައި ވާހަކަ ފެތުރިގެންދާނީ ފޮނިތޮށި ކާފޫރުތޮޅި އަޅައިގެންނެވެ.

ގެއާހަމައަށް ދެވިނުއިރު ހުރީ ދަލުން މުޅި މީހާ ފެންވެރިފައެވެ. މަޑުމަޑުން އެތެރެއަށް ވަތްއިރު ގޭތެރޭގައިވަނީ ހިމޭންކަމެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިއަށް ވަތްއިރު ޝިއުޒްވެސް އޮތީ ނިދާފައެވެ. ފެންވަރާލައިގެން ނިކުތްއިރު ފޯނަށް މެސެޖެއް އައިސް އޮތެވެ.

“ތޭންކްސް ހީރޯ.. ގުޑް ނައިޓް” މެސެޖު ކިޔާލުމާއެކީ އެއީ ކާކުގެ މެސެޖެއްކަން އެނގުނެވެ. ނިދަން މަސައްކަތްކުރިނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ކީއްވެކަމެއް ނުވިސްނުނެވެ. ފަތިސް ވަންދެން އޮންނަށްޖެހުނީ އެނދުގައި ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާއެވެ. ޝިއުޒް ފަތިސްނަމާދަށް ތެދުވުމުން އަހަރެންވެސް ތެދުވީމެވެ. ފެންވަރާލައިގެން މިސްކިތަށް ދެވުނުއިރު ގަމަތްދެނީއެވެ. ނަމާދުކޮށް ނިމިގެން މިސްކިތުން ނިކުމެވުނީ ޝިއުޒްއާއިއެކީ ކަހަލަ ގޮތަކަށެވެ. ކޮފީއެއް ބޯލަން ހިނގާށޭ ބުނެފައި ދެމީހުން ހިގައިގަތީ ކައިރީގައި ހުރި ކެފޭއަށެވެ. ކޮފީއަށް އޯޑާރ ދިނުމަށްފަހު ޝިއުޒް ބުނި ވާހަކައިން ހިތް ނުހުއްޓުނީ ކިރިޔާއެވެ.

” ދޮންބެ ދެން ކީކޭ ބުނީ؟” ރޭގައި ދޮންބެދައްތަގެ ހަޤީޤަތް ދޮންބެއަށް އެނގުނީއެވެ.

” އެކަހަލަ މީހަކާހެދި ނޫންގެ ލައިފް ހަލާކުވާކަށް ބޭނުމެއް ނޫނޯ..” ޝިއުޒްވެސް އިނީ ދެރަވެފައެވެ. ދޮންބެދެން ކަންތައްކުރާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

“އެހާ ކަންތައް ބޮޑުވިއިރު ކީއްވެ މަށަށް ނުގުޅީ..” ހިތްހަމަނުޖެހުނީ އެހެންވެއެވެ. އެހާ ބޮޑުކަމެއް ހިގައިގެން ދިޔައިރުވެސް އަހަރެންނަށް ގުޅާލުން މުހިއްމުކަމަކަށް އެއްވެސް މީހަކަށް ނުވީހެއްޔެވެ؟

“ގުޅިން.. ބިޒީކޮށްލީ.. މުހިއްމު ކަމެއްގަ އުޅޭތީކަމަށް ހީކުރީ..” ޝިއުޒް އޭނަގެ ފޯނުގެ ކޯލް ލޮގު ދައްކާލިއެވެ. އަވަހަށް ފޯނުނަގާ ބަލާލީމެވެ.  ޝާޔަލްއަށް ފޯނުދިން ވަގުތު ޝިއުޒްއަށް ގުޅުނީކަމަށްވެދާނެއެވެ.

“ތިއްތި އަޅެ ދޮންބެއާ ވާހަކަ ދައްކަބަލަ..” އޭނަގެ މޫނުމަތިވަނީ މުޅިން މިލާފައެވެ. ބޮލުގެ އިޝާރާތުން އާނއެކޭ ބުނީ ބުނާނެ އެއްޗެއް ދުލަށް ނައީމައެވެ. ދޮންބެއަށް ހާދަ އަސަރެއްކުރާނެއެވެ. އަމިއްލަ އަނބިމީހާގެ ބޭވަފާތެރިކަން އަމިއްލަ ލޯމައްޗަށް ފެނުމަކީ ވަރަށް ފުން އަސަރުތަކެއް ކުރާނެކަމެއްކަން ޔަޤީނެވެ. ފިރެހެނަކަށްވިޔަސް އެފަދަ ހާލަތެއްގައި ކެތްތެރިވުމަކީ އުދަނގޫ ކަމަކަށް ވާނެކަމީ ޝައްކެއްވެސް އޮތްކަމެއ ނޫނެވެ.

ލަސްލަހުން ކޮފީތަށި ހުސްކޮށްލައިގެން ގެއަށް ދިއުމަށް ހިގައިގަތީ އަތިރިމަތިންލާފައެވެ. މީހަކު ފެންނާކަށް ނެތެވެ. ހިތް އެދުނީ ރޯލައިގެން ހިތުގައިވާ ހުރިހާ އުދާސްތަކެއް ބޭރުކޮށްލާށެވެ. ނަމަވެސް އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ.

“ހާދަ ވަރަކަށް ތި އިންތިޒާރުކުރަނީ؟..” ޝާޔަންގެ އަޑުއައީ ދާދި ގާތުންނެވެ. އޭނަހުރީ ރާޅުފެން ފޯރާފަށުގައި ހުއްޓިލައިގެންނެވެ. މަޑު މުށިކުލައިގެ ހެދުމަކާއި އާދައިގެ ކަޅު ބުރުގާގެ ތެރެއިން އޭނަގެ ދޮންމޫނު ވިދަމުންދިޔައެވެ. ފަތިހުގެ ވަގުތުގައި އެމޫނުމަތިން ފެންނަމުންދަނީ އުޖާލާކަމާއި ތާޒާކަމެވެ.

“އިންތިޒާރެއްގަ އެއްނޫން.. އެކަނިތަ؟ ކޮބާ ހަބީ؟” އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލަމުން އެހީމެވެ.

“އޭނަ ނިދާފަ.. ހިތަށްއެރީ ނަމާދުކޮށްލައިގެން އިރުއަރާތަން ބަލާލަން އަންނާނީއޭ..” ފައިން މޫދުގެ ލޮނުގަނޑާއި ކުޅެން އޭނަ ހުއްޓެވެ. އަބަދުވެސް އަހަރުމެން ހެނދުނު ގަޑީގައި ނޫނީ އިރުއޮއްސޭ ގަޑީގައި ދިމާވަނީ ކީއްވެބާއޭ ހިތަށްއަރަމުންދިޔައެވެ.

“ހާދަ ހީވޭ ޝިމާލް ރޭގަ ނުނިދާހެން..” ސީދާ އަހަރެންގެ މޫނަށް ބަލާލަމުން އޭނަ ބުންޏެވެ.

“ކިހިނެއް އެނގެނީ..” އެހެން މީހުންނަށް ނޭނގޭ ކަންތައްތައް ޝާޔަންއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟

” ސައިކޮލޮޖީ ކިޔެވީ ކޮންމެސް ބޭނުމެއްގައޭ..” އެހެން ދުވަސްތަކާއި ޚިލާފަށް ޝާޔަންގެ ވާހަކަދެއްކުން ގިނައެވެ. ކީއްވެ ހެއްޔެވެ؟ އަނެއްކާ އޭނަ…

“ރޭގަ ނޭނގެ ވީ ގޮތެއް ހަމަ ނުނިދުނީ..” އެއްވެސްވަރަކަށް ނިދި ނުލިބުމުން ބޮލަށް ބަރުވެ ބޮލުގައި ރިއްސާގޮތްވާންފެށިއެވެ.

“މާ ގިނައިން ވިސްނަންޏާ ނޫނީ ސްޓްރެސްވީމަ ނުނިދިދާނެ..” ދޮންވެލިގަނޑުގައި ފައިން އަކުރެއް އަޅާލަމުން އޭނަ ބުނެލިއެވެ. އެހާވަރަށް ހަމަ ކަންކަމާ ވިސްނޭބާއެވެ؟ އެހެންނޫނަސް ކަންތައްތައް ވެގެން މިދަނީ ނުވިސްނޭނެހާ ގޮތްތައް ހެއްޔެވެ؟ އެއްކަމަކުން ސަލާމަތްވާއިރަށް އަނެއް ހަކަންތައް މިއޮންނަނީ ދިމާވެފައެވެ.

 

“ދަނީ..” އެއްގަމަށް ހިގައިގަތީ ބޮލުގައި ރިއްސާލެއް ބޮޑުކަމުންނެވެ. ހަމައެކަނި ނުނިދާހުރުމުން ބޮލުގައި އެވަރަށް ރިއްސާނެބާއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެއާހަމައަށް ދެވުނުއިރު ބޮލުގެ ރިހުން ތަންކޮޅެއް ލުއިވިހެންހީވިއެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކޮޓަރީގެ ދޮރުހުޅުވާލިއިރު ނޫރު ގޮވައިގެން ޝިއުޒް ގޭމު ކުޅެންއިނެވެ. ދޮންބެ ފާޚާނާއިން ނިކުތީ އަހަރެން ކޮޓަރިއަށް ވަތްތަނާއެވެ.

“އިޒް ނޫން ގޮވައިގެން ބޭރަށް ދޭބަލަ..” ނޫރުވެސް ބަސްއަހައިގެން ޝިއުޒްއާއެކީ ނިކުތެވެ.

“ދޮންބޭ..” ވާހަކަ ފަށާނީ ކީކޭ ކިޔާފަ ހެއްޔެވެ؟ ދޮންބެ އަހަރެންނަށްވުރެ ބޮޑަސް މިއަދު ދޮންބެއަށް ހިތްވަރުދޭން ހުރީ އަހަރެންނެއް ނޫންހެއްޔެވެ؟

“ޝިމާލް ފަހުންވެސް ތިވާހަކަ ދެއްކިދާނެ..” އިސްޖަހާލަމުން ދޮންބެ އަހަރެންގެ އެނދުގައި އިށީނެވެ.

“މިއަށްވުރެ ރަނގަޅު ވަގުތެއްނެތް.. ހިތުގަ އެއްވެސް ކަމެއް ނުބާއްވާ…” ދޮންބެގެ ކޮޑުގައި ޖަހާލަމުން އަހަރެން އިށީނީމެވެ.

“އަހަރެން ކީކޭ ކިޔަންވީ؟ ކާކު ކައިރީގަ ކިޔަންވީ؟ ނޫރުއަށް ކިރިޔާ އަހަރުވީއިރު އެދަރިފުޅުގެ މަންމައަކީ ކޮންކަހަލަ މީހެއްކަން އަހަރެންގެ މިދެލޮލަށް ފެނިއްޖެ… އަމިއްލަ ކޮޓަރީގަ އަމިއްލަ އެނދުގަ މަ އަންހެނުން އެހެން މީހެއް ކައިރީ.. ޗީ.. އެވާހަކަ ތަ ކިޔަންވީ.. އެތައް ފަހަރަކު މާފަށް އެދުނު.. މާފު ނުކުރެވުނަސް މައުސޫމު ކުއްޖާއަށް ޓަކާ އެކީ އުޅެން މަޖުބޫރުވީ.. ތިން އަހަރު ވެގެން މިދިޔައީ.. އެތައް ފަހަރަކު ހިތަށް އެރި އެދަރިފުޅަކީވެސް އަހަރެންގެ ދަރިއަކަށް ނުވެދާނޭ… އެކަމަކު ކާކު ކައިރީ މިވާހަކަ ދައްކާނީ.. ކިހިނެއް ބުނާނީ އަހަރެން އަންހެނުން…. އެތައް އަހަރެއް ފަހުން ލިބުނު ދަރިފުޅަކީވެސް އަހަރެން އަމިއްލަ ދަރިއެއް ކަމެއް ޔަޤީނެއް ނޫނޭ…” ރޮމުން އަހަރެންގެ ގައިގާ ބައްދާލިއެވެ. ފިރިހެނުންނެއް ނުރޯނޭ މީހުން ބުންޏަސް މިދުނިޔެމަތިން އަހަރެންނަށް ފެނުނު އެންމެ ހިތްވަރުގަދަ މީހާގެ ކިބައިންވެސް މިއަދު ކަރުނަ ފެނިގެން އެދަނީ ފިޑިވެގެންނެއް ނޫނެވެ. އެދެލޮލުން ކަރުނަ ފެނުމުން އަހަރެންގެ ލޮލުންވެސް ކަރުނަތައް އޮހިގަތެވެ.

ހިތްވަރުދޭން ބޭނުންވިޔަސް ބުނާނެ އެއްޗެއް ނޭނގުނެވެ. އާއިލާ ނަގަހައްޓަށް ހުރި މީހާ ބަލިކަށިވުމުން އަހަރުމެންނަށް ވާނީ ކިހިނެއް ހެއްޔެވެ؟

” ޝިމާލް އަބަދުވެސް ބުނާނެ އަހަރެން މީ ޕާރފެކްޓް މީހެކޭ.. ކީއްވެތަ މި ޕާރފެކްޓް މީހާއަށް ޕާރފެކްޓް އަނތްބެއް ނުލިބުނީ.. ކީއްވެތަ މަށަށް އަބަދު މިހެން މިވަނީ؟؟؟ ” އެތައް ދުވަހެއްގެ ޝަކުވާތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ. ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް އެރިއެވެ. ފެންނަމުންދިޔަ މަންޒަރުތައް މަޑު މަޑުން ފުސްވަމުންއައިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 9..

Next

ހާދަހާވޭ ކުރާހިތް ސަމާސާ 13 ވަނަ ބައި

Next
April 9, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 13 ވަނަ ބައި

Previews
April 8, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 9..

6 Comments!

  1. eeeek says:
    April 9, 2016 at 6:29 am

    m first nice

  2. Shai says:
    April 9, 2016 at 7:04 am

    Mibai ves varah reethi…… Eykamu mibai up vileh haadha lahay

    1. Mysterious Angel says:
      April 9, 2016 at 9:42 am

      އަސްލުވެސް މާ ބޮޑަށް ލަސްވީ ދޯ މިފަހަރު.. އަށްވަނަބައި ވަރަށް އަވަހަށް ގެނެސްދޭނަން އިންޝާ ﷲ

  3. Majnaa Maju says:
    April 9, 2016 at 1:02 pm

    Alhe M.Anjal salhi hisaabakun thi nimmy. v kannei ehn v ma ok tha m.Anjal kiyas

  4. roassy says:
    April 9, 2016 at 4:31 pm

    abadhuvws vafaatheri meehunnah libeynee beyvafaatheri meehun

  5. sim says:
    April 14, 2016 at 6:24 pm

    Plz nxt prt avas

Comments are closed.


All Right Reserved!