Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 24

Ushaali Level 810 Stories100 Comments100 Stories500 Comments
April 11, 2016 7 Mins Read
25 Comments

ރަނގަޅު އެއްޗެހި ކެއުމަށާއި ބެޑް ރެސްޓް ކުރުމަށް ނަޞޭޙަތްތެރި ވުމަށްފަހު ޑޮކްޓަރުން ޝިޔާރާ ދޫކޮށްލިއެވެ. އަދި މަހަކު އެއްފަހަރު ގަވައިދުން ޑޮކްޓަރަށް ދެއްކުމަށް ބުންޏެވެ. ރަހިމަށް ލިބުނު ބޮޑު ގެއްލުން ރަނގަޅަށް ފޫނުބެއްދެނިސް ބަލިވެ އިނުމާއި ގުޅިގެން ޑޮކްޓަރުން ދިން ނަޞޭޙަތް ޝިޔާރާއަށް އިވުނީ އިންޒާރެއް ފަދައިންނެވެ. ޝިޔާރާ ބަލިވެއިނީ ޒޯހަން އާއި ދެމީހުން އެކަމަށް ތައްޔާރުވުމުން ނޫނެވެ. އެހެނަސް ރައްކާތެރިވުމުގެ ގޮތުން ވެސް ފިޔަވަޅެއް އެޅިފައެއް ނުވޭއެވެ.

“މަންމަ ވެސް މާމަ ވެސް އޯކޭ. މާމަ ބުނީ މާމަ ކުރާ ކަމަކާއި ކާފަ ނުބެހޭނެޔޯ. ދެން ހުރީ ބައްޕަ. ބައްޕަ ގޮތް މަށަށް އެނގޭ. ދުވަހަކު ވެސް ނެތް މީހަކަށް ގޯހަކަށް ބަހެއް ބުނެފައެއް” ޓެކްސީ ތެރޭގައި ޝަޒަން ހާލާ އާއި ޝިޔާރާއަށް އިއްވާލިއެވެ. ހާލާގެ ފޯނު ރިންގްވާން ފެށުމުން ނަގާ ބަލާލިއިރު ގުޅަނީ ލަތާއެވެ. ހާލާ ވާހަކަދެއްކުމަށްފަހު ޝިޔާރާ ކަންފަތުގައި ފޯނު ޖެއްސުމުން ލަތާގެ ޝިޔާރާއަށް ގޮވާލިތަނާ ދެން އިވުނީ ލަތާއަށް ރޮވުނު އަޑެވެ. ފޯނުގައި ތިބެ ދެފަރާތުން ރޮމުން ދިޔަ އިރު މަންމަ ކައިރީގައި ޝިޔާރާ ބުނަން ބޭނުންވާ އެއްޗެހި ނުބުނެވުމުން އެހިތުގައި އަޅާ ވޭން މާބޮޑު ވެގެން ދިޔައެވެ. އެންމެފަހަށް ހާލާއަށް ޖެހުނީ ޝިޔާރާ އަތުން ފޯނު އަތުލާ ލަތާ ހަމައަކަށް އަޅުވާށެވެ. ޝީޓުގައި ބޯ އަޅުވާލައިގެން އޮތް ޝިޔާރާގެ ހިތް އޭރު ވެސް ރޮމުން ދިޔައެވެ. ފޯނު ނިއްމާލުމަށްފަހު ހާލާ ޝިޔާރާ ކައިރީގައި ބުނީ ވަރަށް އަވަހަށް ހުޅުމާލެއިން ބައްދަލުކުރާނެ ކަމުގައި ލަތާ ބުނި ވާހަކައެވެ. އެވަގުތު ޝިޔާރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

 

ސިޓިންގްރޫމުގައި ތިބި ހަރީރާ މޫސަ އަދި ސާރާ އާއި އިބްރާހީމް ނިދަން ނުވަދެ މަޑުކޮށްލައިގެން ތިބީ ޝަޒަން އާއި ހާލާ ގުޅާފައި ޝިޔާރާ އެގެއަށް ގެންނަ ވާހަކަ ބުނުމުންނެވެ. ޝިޔާރާ އާއި ބައްދަލުކުރާހިތުން ފަހުން ނިދި ނުވެސް އައީއެވެ. ޝިޔާރާ އާއި ބައްދަލުކުރަން ހަރީރާގެ ހިތް ވެސް އެވަރަށް އެދުނު ސަބަބެއް ހުދު ހަރީރާއަށް ވެސް ނޭނގއެވެ. ގަޑިން އެގާރާގަޑި ބައިވަން ކައިރިވިތަނާ ދޮރުގެ ބެލް އަޅާލި އަޑު އިވުނެވެ. ސާރާ ދޮރު ހުޅުވާލިއެވެ. ހާލާ ކައިރީގައި އިސްޖަހާލައިގެން ހުރި ޝިޔާރާ ފެނުމުން ސާރާގެ ހިތުގައި ވެސް ރިއްސާލިއެވެ. ޒޯހަން ހާދަ ރަހުމު ކުޑައޭ އެވަގުތު ސާރާގެ ހިތަށް އެރިއެވެ. ހާލާ ޝިޔާރާގެ އަތުގައި ހިފައިގެން ގޭ ދޮރުން އެތެރެ ވުމާއެކު ބުނަން ނޭނގޭ ހިމާޔަތެއް ޝިޔާރާއަށް ލިބިގެންދިޔަ އިހުސާސެއް ކުރެވުނެވެ. ހުރިހާ މީހުންގެ މޫނުމަތިން ވެސް ޝިޔާރާއަށް ފެނުނީ ހިނިތުންވުމެވެ. ހަމަ އެހިނދުގައި ޝިޔާރާގެ ހިނިތުންވުން ފިލާ ގޮސް ބިރުވެރިކަން އިހުސާސްވީ ޝިފްނީ ޝިޔާރާ ދެކެ އަންނަ ރުޅި ހަނދާންވެފައެވެ. އަނެއްކާ ޝިފްނީ ކޮބާބާވެއެވެ؟ ގޭތެރޭގެ އެކި ދިމާ ޝިޔާރާއަށް ހޯދާލެވުނެވެ. ޝިފްނީ އެހޯދަނީ ކާކުކަން ސާރާ އަށް ވިސްނުނީ ކަންނޭނގެއެވެ. “ނިދާފަ. މާދަމާ ޝިޔާ އާއި ބައްދަލުކުރާނެ. މިވެސް އަމިއްލަ ގެ ކަމަށް ދެކިގެން އުޅުނީމަ ރަނގަޅުވާނެ” ޝިޔާރާގެ ބުރަކަށީގައި ފިރުމާލަމުން ސާރާ ބުންޏެވެ. ހަރީރާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ޝިޔާރާގެ މޫނުން ވައްކެއް ނުވޭއެވެ. ހަރީރާގެ ބެލުންތަކުން ޝިޔާރާ ކަންބޮޑުވެ ޖެހިލުންވިއެވެ. “އެއްޗެއް ހީނުކުރާތި. ތިމޫނާއި އަހަރެމެންގެ ޝިފްނީގެ މޫނާއި މިވެނި ތަންކޮޅެއް ތަފާތޭ ބުނާނެ ހަމަ އެންމެ ތަންފުކެއް ވެސް ނެތް. އެއް އިސްކޮޅެއް. ހިކިމިނާއި ކުލައާއި ހެދުން އަޅާފައި ހުރި ގޮތް ވެސް ތަފާތެއް ނެތް. އަހަންނަކީ ހުރިހާ ކުދިންގެ މާމަ. މީ ކާފަ. ޝިފްނީގެ ކޮޓަރިއާއި ޖެހިގެން އެހުރީ ދަރިފުޅުގެ ކޮޓަރި. ހާލާ ދަރިފުޅު އެމަންޖެ ކޮޓަރިއަށް ގެންދަންވީނުން” ހަރީރާގެ ގާތްކަމުން ޝިޔާރާގެ ހިތުގައިވި ހުރިހާ ކުށްހީތަކެއް ފިލާ ހިނގައްޖެއެވެ. ހާލާގެ ފަހަތުން ދަމުން ޝިޔާރާ ހުއްޓިލީ އިބްރާހީމާއި އެއްހަމައިގައެވެ. ޝިފްނީގެ ބޮލުގައި އިބްރާހީމް ފިރުމާލިއެވެ. “މީ ބައްޕަ ކަމަށް ބަލައިގެން އުޅުނީމަ ރަނގަޅުވާނެ” ވަގުތުން ޝިޔާރާގެ ދެލޯ ފުރިގެން އައެވެ. މެކާހިޔާ އިން ޝިޔާރާ އަށް ނުލިބުނު ބައްޕައެއްގެ ލޯބި ވެސް ލިބުނީއެވެ. އަސްލަށް ވެސް އެއީ ޝިޔާރާގެ ބައްޕައަށް ވާނެ ނަމައޭ ހިތަށް އެރިއެވެ.

 

އާދުވަހަކަށް އިރު ފެނުން ތޮޅިލީ އެތައް ބައެއްގެ ހަޔާތަށް ހިތާމަތަކާއި އުފާތައް ގެންނަމުންނެވެ. އެއީ ދުނިޔޭގެ އާދައެވެ. އޮފީހަށް ގަޑިއަށް ދިއުމަށް ޒޯހަން ގަޑި ސޯނާ ނުކޮށް ނިދީ ނިއާ ގޮވާނެ ކަމަށް ހީކޮށްފައެވެ. ހުވަފެނެއްގެ ތެރޭގައި އޮތް ޒޯހަން އަށް ލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ކައިރީގައި ނިދާފައި އޮތް ނިއާއަށް ބަލާލެވުނެވެ. ކުޑަދޮރުގައި ދަމާފައި ހުރި ކާރޓެއިން ދޭތެރެން އަލިކަމެއް ހުރުމުން އަވަސް އަވަހަސް ސައިޑްކަބަޑް މަތީގައި ހުރި ގަޑިއަށް ބަލާލިއެވެ. އަށެއް ޖަހާ ބޮޑުވީއެވެ. މިއަދު ވެސް ގަޑި ޖެހުނީއެވެ. މިއަދަކީ ކޮމްޕެނީތަކުގެ ވެރިންނާއެކު މުހިއްމު ބައްދަލުވުމެއް އޮތް ދުވަހެކެވެ. ނުވިިތާކަށް މިއަދު މީ ޓީވީއަށް ވެސް އަރަންޖެހޭ ދުވަހެވެ. ދަށުގައި ތިބޭ މުވައްޒަފުންނަށް ނަމޫނާ އަކަށް ވުމުގެ ބަދަލުގައި ޒޯހަން މިޖެހެނީ ގަޑި ޖެހިގެން އޮފީހަށް ވަންނާށެވެ. ގަޑިއަށް ކަމޭހިތުން ލަތާ ވަނީ ޒޯހަން އަށް ދަސްކޮށްދީފައެވެ. މިހުރިހާ ކަމަކާއި ހުރެ ޒޯހަން އަށް ނިއާ ދެކެ ރުޅި އާދެވުނެވެ. އަތްމަތި އަވަސްކޮށްލާ އެހާ އަވަހަށް ފެން ވަރައިގެން ނިކުތް އިރު ގަމީސް ވެސް އިސްތިރި ކުރަން ނެގި ގޮތަށް އޮތީ އަޔަން ބޯޑް މަތީގައި ބާއްވާފައެވެ. ޒޯހަން ދެރަވިއެވެ. ކުރިން ނިއާ ޒޯހަންގެ ކަމަކާއި ފަރުވާކުޑަ ކޮށްފައެއް ނެތެވެ. ގަމީސް ހިފައިގެން ދޮރުން ބޭރަށް ބޯދިއްކޮށްލި ޒޯހަން އެވަގުތު ކޮޓަރި ދޮރުމަތިން ހުރަސްކޮށްލި ލަތާ އަށް ފެނުމުން ކައިރިއަށް ޖެހިލާ ޒޯހަން އަތުން ގަމީސް އަތުލިއެވެ. އަދި ސިޓިންގްރޫމުގައި ހުރެ އިސްތިރިކޮށްލިއެވެ. ކޮޓަރީގައި ޓަކި ޖަހާލުމުން ޒޯހަން ދޮރު ހުޅުވާލިއެވެ. “ސައި ހެދިފަ ހުރީ. އޮފީހަށް ދާންވާނީ ސައި ބޮއެގެން” ލަތާ އިސް އުފުލާ ޒޯހަން އަށް ބަލާނުލާ ކަން ފާހަގަކުރެވުނެވެ. ދެވަނަ ފަހަރަށް ބަލާ ވެސް ނުލާ ލަތާ ސިޑިން ފައިބައިގެން ދިޔައީއެވެ. “ނިއާ…. މިއަދު ނުހޭލާ ދުވަހެއްތަ؟ ހިނގާ ދެކުދިން އެއްކޮށް ސައިބޯލަން” ޒޯހަން ދަމުން ނިއާ އަށް ގޮވާލީ ނިއާ ނުލާ ކޮޓަރިން ސައިބޯންދާން ލަދުވެތިކަން އިހުސާސް ކުރެވޭނެތީއެވެ. އަންބަކު ހުއްޓާ މަންމަ އަތުން ސައިބޯކަށް ޒޯހަން ބޭނުމެއްނޫނެވެ. “ޒޯން އަޅެ ނުގޮވަބަލަ. ޒޯން ދޭ. ނިންނި އަދި ހޭލާކަށް ނުވޭ. ދޭ މަންމަ ނޫނީ ދޮންބެއްތަ އަތުން ސައިބޯލަން. ޕްލީޒް އެނގޭ” ނިއާ އަނެއް ފަރާތަށް އެނބުރުމުން ޒޯހަން ކަރު އެލުވާލިއެވެ. އިސްޖަހައިގެން ނިކުންނަން ދިޔައިރު އައި ނައި ގޮތެެއް ނޭނގި ޒޯހަންގެ ލޯ ކުރިމައްޗަށް ޝިޔާރާގެ ހިތާމައިގެ ތަސްވީރު ސިފަވެގެން ދިޔައެވެ.

ބެލްކަނީގައި ހުރި ގަސްޕޮޓްތަކަށް ފެންދޭން ހަރީރާ ހުރިއިރު ފަހަތުގައި ހުރި ޖޯލިފަތީގައި ވަށައިގެން ނޫކުލައިގެ ސާލެއް އޮޅާލެވިފައި އޮތް އުޑަށް ކަޅި ހުއްޓާލައިގެން ޝިޔާރާ އޮތެވެ. އެހިސާބާއި އެންމެ ކައިރީގައި ހުރި ބަދިގެއިން ރޮށި ފިހާ އަޑުގަނޑު އިވޭއެވެ. ހަމައެވަގުުތު ބާލިދީއެއް ހިފައިގެން ނިކުތް ސާރާ ތެތް ހެދުންތައް ހަރުގައި އަޅަން ފެށިއެވެ. އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން ޝިޔާރާއަށް ވަރަށް އުނދަގުލެވެ. މިގޭ އެއްވެސް މީހަކު ޝިޔާރާ މަސައްކަތެއްގައި ބައިވެރި ނުކުރިއެވެ. އިސްކުރު ބަންދު ކުރުމަށްފަހު ހޮޅި އޮޅާލާ ދުރުގައި ބޭއްވި ހަރީރާ އެނބުރުނު އިރު ޖޯލީގައި ވިސްނުމަކަށް ގެއްލިފައި އޮތް ޝިޔާރާ ފެނުމުން ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ކައިރީގައި ހަރީރާ އިންތަން ފެނުމުން ޝިޔާރާ ތެދުވެ ސީދާ ވެލީ އިހުތިރާމް ކުރުމުގެ ގޮތުންނެވެ. އަދި ހަރީރާގެ މޫނަށް ބަލާލަމުން ހީލެވޭތޯ ބެލިއެވެ. “އަބަދު ތިހެން ކަންތަކާ ވިސްނަންޏާ ނުކެނޑޭ ބޮލުގެ ރިހުމެއް އުފެދޭނީ. ނިކަން ހީލާ މަޖާކޮށް އުޅެބަލަ. މީ ދަރިފުޅުމެންގެ ދުވަސް” ހަރީރާ ދެއްކި ވާހަކަތަކުގެ ޖަވާބުގައި ޝިޔާރާ ހިނިތުނވެލީއެވެ. “މާމައަށް އެނގޭ މާބަނޑު އިރު ފިރިއެއްގެ އެހީއަކާ ނުލާ އަންހެނެއްގެ ހިތު އަޅާނެ ވޭން. އެކަމަކު ދަރިފުޅާ މިދުނިޔެއަކީ ދާއިމީ ތަނެއް ނޫން. ކޮނމެ ކަމަކަށް ވެސް ވަގުތަކާއި ހާލަތެއްވޭ. އަޑިގަނޑަކަށް ފަހު އުސްގަނޑެއްވެޔޭ ބުނާ އަޑު ނާހަމުތަ؟ ކެއްކުރަންވާނެ. މިދުނިޔެއަކީ އިމްތިހާނެއް. އެހެންވީމަ ދުނިޔޭގަ އުޅެންވީ ހެޔޮ އުއްމީދާއެކު. ތިމާއަށް ނޫފުލެވޭވަރު ކަމެއް ނުޖައްސަވާނެކަމަށް އޯގާވެރި ﷲ ވަނީ ކީރިތި ޤުރުޢާންގައި އިއުލާން ކުރައްވާފައި. މާޒީވެ ގޮސްފައިވާ ކަންތަކުން ބައެއް ފަހަރު އިބްރަތް ހާސިލްވެފައި އޮތަސް މާޒީއަށް ބަލައިގެން އުޅެންޏާ ދިރިއުޅުން ކުރިއަކަށް ނުދާނެ” ހަރީރާގެ ވާހަކަތަކާއި އެއްބައި ވުމުގެ ގޮތުން ޝިޔާރާ ހަރީރާގެ ކޮނޑުގައި ބޯއަޅާލިއެވެ.

 

[“ހައު ޑެއާރ ޔޫ؟ މިހާރު ތެދުވަންވީ މަންމަނު ގަނޑު. ތީ ޝިނީގެ ގޮނޑި. ކީއްކުރަން އިށީނީ. އަދިވެސް އިނީތަ! ތެދުވަންވީ” ޝިފްނީ ކާން އައިރު ޝިޔާރާއަށް ނޭނގި އިށީނދެވުނީ އަބަދުވެސް ޝިފްނީ އިންނަ ގޮނޑީގައެވެ. ކުރިމަތީގައި ގޭ ހުރިހާ މީހުން ތިބުމުން ޝިޔާރާ ގަތްލަދުން އިސްޖަހާލީ އިރު ދެލޮލުން ކަރުނަތައް އޮށްސާލައިފިއެވެ. “ތެދުވާށޭ….” ކުއްލިއަކަށް ޝިފްނީ ޝިޔާރާ އިން ގޮނޑި އަރިކޮށްލުމާއެކު ވެއްޓެންދިޔަ ޝިޔާރާ ހިމާޔަތްކުރީ އެންމެ ކައިރީގައި އިން އިބްރާހީމެވެ. ޝިޔާރާގެ ފޫކޮޅު ޓައިލްސްތައްމަތީގައި ޖެހުމުގެ ކުރިން އިބްރާހީމް ޝިޔާރާ ނަގާ ގަޔާ ކައިރިކޮށްލިއެވެ. “ޝިފްނީ” ސާރާގެ ބާރު އަޑުން ޝިފްނީ އަށް ތެޅި ގަނެވުނެވެ. ދުވަހަކުވެސް އެހާ ބާރަށް މަންމަ ގޮވާލި އަޑު ޝިފްނީއަށް އިވިފައެއް ނެތެވެ. އަދި އެވެސް ޝިފްނީގެ ފުރިހަމަ ނަމުންނެވެ. މަންމަގެ މޫނަށް ބަލަހައްޓައިގެން ޝިފްނީއަށް ހުރެވުނީ އެހެންވެއެވެ. “ޝިފްނީ ބީތާވެފަތަ ތިހިރީ. އެތެރެހަށީގައި ހިތެއް ނެތަސް ގައިމު ދެލޯ އެބަހުރި ދޯ ސަލާމަތުން. ނޭނގޭތަ އެއީ މާބަނޑު އަންހެނެއް ކަމެއް. ނިކުމެފައި އެހުރި ބަނޑު ނުފެންނަން ތިލޮލަށް މިރުސް އެޅިފަތަ ހުރީ” ސާރާގެ ވާހަކަތަކުން ޝިފްނީ ހުއްޓުންއެރިއެވެ. އެއީ ހަމަ މަންމަ ބާއޭ ހިތަށް އެރިއެވެ. މަންމަ ޝިނީ އަށް އެބަވަނީ އެމަންމަނުގެ ސަބަބުންބާއޭ ހިތަށް އެރިއެވެ. އިބްރާހީމް ކައިރިއަށް ހުއްޓުނު ހާލާ ފެނުމުން ޝިޔާރާ ހާލާގެ ގައިގާ ބައްދާލިއެވެ. އޭރުވެސް ޝިޔާރާއަށް ގިސްލެވެމުން ދިޔައެވެ. “މަންމާ” ޝިފްނީއަށް ސާރާއަށް ބަލާލެވުނީ ތަފާތު ގޮތަކަށެވެ. “ހަބަރުދާރު. މަށަށް މަންމަ ނުކިޔާތި” ޝިފްނީއަށް ރޮވުނީ މިހިސާބުންނެވެ. “އޭތް…ކޮބާ ހީވޭ ކަލޭގެ ސަބަބުން މަންމަ މިއަދު މުޅިން އަލަށް ޝިނީއަށް ހަޅޭއްލެވީ. އައި ހޭޓް ޔޫ. ކީއްކުރަން މިގެއަށް އައީ” ބޯހާސްވެފައި ހުރި ޝިފްނީ ޝިޔާރާގެ އަތުގައި ހިފާ ތަޅުވައިގަތުމުން ޝިޔާރާ ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ޝިޔާރާގެ ސަބަބުން މަޔަކާއި ދަރިޔަކު ޖެހޭ މަންޒަރު ބަލާކަށް ކެތެއް ނުވާނެއެވެ. ރުޅި އައިސްގެން މައްސަލަ ހައްލު ނުކުރެވޭނެތީ ހިތްހަމަނުޖެހިފައި ހުރި ކަމަކު ހަރީރާ ޝިފްނީ އާއި ކުރިމަތިލީ ލޯތްބާއެކުއެވެ. “ދަރިފުޅާ… މާމަ ހިއެއް ނުކުރަން ދަރިފުޅު ތިކަހަލަ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް. އެއީ ވެސް ޝިނީ ކަހަލަ އަންހެން ކުއްޖެއް” ހަރީރާ އަށް ބުނެވުނީ އެހިސާބަށެވެ. “ޝިނީ ވަރަށް ރުޅިއާދޭ އޭނަ ދެކެ. މަންމަ ދެކެ ވެސް ރުޅިއާދޭ” ޝިފްނީ ވެސް ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. ސާރާ އަށް އިން ގޮނޑިއަށް ވެއްޓިގަނެވުނެވެ. ހަރީރާއަށް ސާރާގެ ބޮލުގައި ފިރުމާލެވުނެވެ. “މީ ހަމަ ސާރާގެ ކަންތައް. މިއޮތީ މަ ބުނި ތަން އައިއްސަ. ދަރިން ދެކެ ލޯބިވެސް ވާންވާނެ. އެކަމަކު ދަރިން ހައްދުފަހަނަ އަޅާ ދާ ވަރަށް ލޯބިވުން އެއީ ގޯހެއް. މާދަމާ ޝިފްނީ މީހަކު ވެސް މަރާލަފާނެ” އިބްރާހީމް ވެސް ރުޅި އައީ ސާރާ ދެކެއެވެ. އެންމެ ފަހުން އިބްރާހީމް ވެސް ގެއިން ނިކުމެގެން ދިޔައީ ނުކައި ހުރެއެވެ. ޝަޒްނ ސާރާއަށް ކައިރިވެލާ މަންމަގެ އަތުގައި ހިފާލީ ހިއްވަރު ދެމުންނެވެ.

ހިމޭންކަން ވެރިވެފައި އޮތް ސިޓިންގްރޫމުގައި ހުރި ސޯފާގައި ހުރިހާ މީހުން ހަމައަށް ތިބިއިރު މަދީ ހަމައެކަނި ޝިފްނީއެވެ. ސާރާ އިނީ ރޮއެ ރޮއެ ދެލޯ ރަތްވެފައެވެ. ޝިފްނީގެ ކަންތައް މާމައްޗަށް ދިޔަ ކަން ހުދު ސާރާ ވެސް އަމިއްލައަށް ގަބޫލު ކުރެއެވެ. ޝިފްނީ އެވަރުގެ ދަށު ދަރަޖައަކަށް އެވެއްޓުނީ ސާރާ އަށް ވެވުނު ލޯތްބެއްގެ ސަބަބުންކަން ގަބޫލުކުރެއެވެ. ޝިފްނީ ހަމަބިމަށް ތިރިކުރާނީ ވެސް ސާރާއެވެ. ޝިފްނީ އަކީ މިދުނިޔޭގައި ހުރި ހަމައެކަނި ރީތި އަންހެންކުއްޖާ ނޫންކަން އަންގާދޭނެއެވެ. އެންމެން ސިއްސައިގެން ދިޔައީ ހާލާގެ އަޑުންނެވެ. ހާލާ އައީ ޝިޔާރާގެ ނަމުން ބާރަށް ގޮވަމުންނެވެ. އޭރު ރަތް ކޮތަޅެއް ހިފައިގެން ޝިޔާރާ އެންމެންގެ ކުރިމައްޗަށް ހުއްޓެނީއެވެ. އޭރު ވެސް ޝިޔާރާއަށް ރޮވެނީއެވެ. “މަންމާ… ޝިޔާ މިގޭން ދަނީ. އަޅުގަނޑަށް ވަރަށް ބުނެވިއްޖެ. ވަރަށް އާދޭސް ވެސް ކުރެވިއްޖެ. މިދުނިޔޭގަ ވެސް ޝިޔާ ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތް. މަންމާ ޝިޔާ ހުއްޓުވާ… މާމާ…. ޕްލީޒް” ހާލާ ރޮއެގަތުމުން ޝަޒަން ގޮސް ހާލާ ގަޔާ ކައިރިކޮށްލިއެވެ. ލޯތްބާއެކު ހާލާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަދިނެވެ. އެންމެން ކުރިމަތީގައި ހުއްޓިގެން ހުރި ޝިޔާރާ ދެއަތް މެއާއި ހަމައިގާ ޖޯޑުކޮށްލެވިފައި ވާއިރު ހިތުން އެތައް ވާހަކަތަކެއް ދައްކަމުންދިޔައެވެ. “ދައްތާ…މާމާ…މިގޭ ހުރިހާ މީހުން ވެސް ވަރަށް ރަނގަޅު. ޝިފްނީ ވެސް އަޅުގަނޑަށް ގޯހެއް ނޫން. އެކުއްޖާ އާމެދު ދުވަހަކު ވެސް އަޅުގަނޑުގެ ހިތް ދެގޮތް ވާނެހެން ހިއެއް ނުވޭ. އެކަމަކު މިދުނިޔެއަށް އަޅުގަނޑު އައުމުގައި އަންހެނަކު ވޭނާއި ތަދު އުފުލާފައި ވިޔަސް މިހާރު އެމީހަކު ވީ ތަނެއް އަޅުގަނޑަށް ނޭނގޭ. އަޅުގަނޑަކީ ވަރަށް ނަސީބުދެރަ އަންހެންކުއްޖެއް. މިއަދު ހުރިހާ މީހުން ވަނީ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތި އަޅުގަނޑު އެއްފަރާތް ކޮށްފައި. އެކަމަކު ދުވަހަކު ވެސް އަޅުގަނޑު އެފަރާތެއްގެ މަގުން އެއްފަރާތްކޮށް ނުލާނެ ފަރާތެއްވޭ. އެއީ ކުޅަދުންވަންތަ މާތްﷲ. ވީ އިރު ދައްތަމެން ހާލީ ކައިރީގައި ބުނެދީ ނުރޯށޭ. އަޅުގަނޑާއި މެދު ފިކުރުނުކުރާށޭ. އަޅުގަނޑު ހާލެއްގަ ނުޖެހެޔޭ. މިގެއިން ނިކުމެގެން ގޮސް ވަންނާނެ ތަނެއް އަޅުގަނޑަށް ވެސް ނޭނގެ. އެކަމަކު ކަލާނގެ އަަޅުގަނޑާއި މިކުޑަ ދަރިފުޅު ރައްކާތެރިކޮށްދޭނެ. ދައްތަމެން އަޅުގަނޑާއި މެދި ނުވިސްނަވާ. އަދި ޝިފްނީ އާއި ދޭތެރެ ވެސް ހިތްބުރަ ނުކުރޭ. ޝިފްނީ ބުންޏަސް އެބުނީ ވަރަށް ބޮޑު ތެދެއް. އަޅުގަނޑަކީ ވާހަކަނުދެއްކޭ މަންމަނެއް. އުމުރުގައި ބާކީ މިއޮތް ދުވަސްތައް ވެސް އަޅުގަނޑު ހޭދަ ކުރާނީ މަންމަނެއް ގޮތުގައި. އެކަމަކު އަޅުގަނޑުގެ ބަނޑުގައި މިވާ ދަރިފުޅު އަޅުގަނޑު ފަދައިން ނުކުޅެދޭ ކުއްޖެއް ގޮތަށް އުފަން ނުވޭތޯ އަޅުގަނޑު މާތްﷲ އަށް އަބަދުވެސް ދަންނަވަން. މިގޭ ހަމަޖެހުން އެނބުރި އަންނާނީ އަޅުގަނޑު މިގެއިން ދިޔަ އިރަކުން” ރޮއެފާ ޝިޔާރާ ދެއްކި ވާހަކަތައް ފަހުމްވީ ހަމައެކަނި ހާލާއަށެވެ. ކޮންމެސް ވަރަކަށް ހަރީރާއަށް ވެސް އެނގުނެވެ. އެއްވެސް މީހެއްގެ މޫނަށް ބަލާނުލާ ޝިޔާރާ ގެއިން ނިކުންނާން ހިނގައިގަތެވެ. ފަހަތުން އަނެއްކާ އިވުނު އަޑުން ހުއްޓެން ޝިޔާރާއަށް މަޖުބޫރުވިއެވެ. “ކަލޭ މިގެއިން ދިޔުން އެއީ އެންމެންވެސް އެދޭ ގޮތް. ކުރިން ވެސް ތިގޮތް އޮށްވާ ކީއްކުރަން މިތަނަށް ފާވީ. ކަލޭގެ ސަބަބުން މަންމަ ވެސް ހުރީ ޝިނީދެކެ ހިތްހަމަނުޖެހިފައި. ދާންވީ ހަމަ މިހާރު” ފަހަތުން އިވުނު ޝިފްނީގެ އަޑަށް ހުރިހާ މީހުން އެއްކޮށް ބަލާލިއެވެ. ދެރަވެ ހިތުގައި ޖެހިފައި ހުރި ޝިޔާރާ ގެއިން ނިކުތުމުގެ ކުރިން ފަހު ފަހަރަށް އެކުވެރިޔާއަށް ބަލާލުމަށް ފަހަތަށް އެނބުރުނެެވެ. ޝަޒަންގެ މޭގައި ލައްވެގެން ރޮވިފައި ހުރި ހާލާ ފެނުމުން ޝިޔާރާ އިތުރަށް ދެރަވީއެވެ. ކުއްލިއަކަށް ފެނުނީ ޝިފްނީ ކައިރިވިގޮތަށް ޝިޔާރާ ދުރަށް ކޮށްޕާލި މަންޒަރެވެ. ނުވިސްނާ ހުރި ޝިޔާރާ ބެލެންސް ކަޓާ ވެއްޓި ފޫކޮޅު ވަރަށް ބާރަށް ޓައިލްސްތައް މަތީގައި ޖެހުނެވެ. ޝިޔާރާގެ ބަނޑަށް އެރި ތަދާެއެކު އާހެއްގެ އަޑެއް އިވިގެން ދިޔައެވެ. އެންމެން އެއްފަހަރާ ޝިޔާރާ އާއި ދިމާލަށް ދުއްވައިގަތެވެ. އެންމެ ކުރީގައި ހުރި ހާލާ ޝިޔާރާ ނަގާ ކޮޅަށް ޖެހުމާއެކު ޝިޔާރާ އަނބުރައިގަތެވެ. ޝިޔާރާގެ ހަށިގަނޑު އިބްރާހީމްގެ އަތް މަތިން ކޮޓަރިއަށް ގެންދިޔައިރު ނޭނގެ ސަބަބަކާއި ހުރެ އިބްރާހީމް އަށް ރޮވެނީއެވެ. ޝިޔާރާގެ މޫނު މަތިން ގާތްކަން އިބްރާހީމް އަށް ފެންނަންވީ އެއްވެސް ސަބަބެއް އިބްރާހީމްއަށް ނޭނގޭއެވެ. ހުއްޓުން އަރާފައި ހުރި ޝިފްނީ ހުރީ ރުޅިއަންނަ ދުޝްމިނު ލޯބިވާ ބައްޕަގެ އަތްމަތިން ކޮޓަރިއަށް ގެންދާތީ ހިމޭންވެފައި ކަމެއް ނުވަތަ ކުރެވުނު ކަންތަކުން ދެރަވެފައި ކަމެއް ބުނަން ނޭނގެއެވެ. “މަންމާ…. ޒޯހަން އެގެއިން ވެސް ވަރަށް އަނިޔާ ކޮށްފައި ޝިޔާ ގެއިން ބޭރަށްލީ. ޑޮކްޓަރ ވެސް ބުނި އެއްކޮށް ބެޑް ރެސްޓް ކުރަން. މަންމާ ހިނގާ ޝިޔާ ހޮސްޕިޓަލަށް ގެންދަން ” ޝިޔާރާ އަތް މައްޗަށް ލައިގެން ދިޔަ އިބްރާހީމްގެ ފަހަތުން ކޮޓަރިއަށް ވަން ޝަޒަން ފަހަތަށް އެނބުރި ބަލާލީ ހާލާ ރޮއެގަތް އަޑަށެވެ. ދުވަހަކު ވެސް ހާލާ އެހާ ހިތަށް އަސަރުކޮށް ރޮއެ ތަނެއް ޝަޒަންއަށް ފެނިފައެއް ނުވޭއެވެ. ހަރީރާ އާއި މޫސަ އަވަސް ފިޔަވަޅުތަކެއް އަޅަމުން ޝިޔާރާ އޮތް ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ކިޔާނެ ބަހެއް ނޭނގި ގަނޑުވެފައި ހުރީ ސާރާއެވެ. ޝިފްނީ ލަސް ލަހުން ސާރާ އާއި ދިމާލަށް އަންނަން ފެށުމުން ހާލާ ވެސް ދުވެފައި ދިޔައީ ޝިޔާރާ އޮތް ކޮޓަރި އާއި ދިމާލަށެވެ.

އޮފީސް ނިންމާލުމަށްފަހު ޒޯހަން ގެއަށް އައިސް ވަނީއެވެ. އޭރު ނޫރީ ނޫހެއް ހިފައިގެން ސިޓިންގްރޫމް ސޯފާގައި އިނެވެ. ޒޯހަން ފެނުމުން ނިކަން ބޮޑު ހިނިތުންވުމެއް ނޫރީ ޒޯހަން އަށް ރައްދު ކޮށްލިއެވެ. ނޫރީ ބޭނުންވާ ގޮތަށް ކަންތައް ވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އިން ކަހަލައެވެ. ނޫރީ ކައިރީގައި ޒޯހަން އިށީނުމާއެކު ނިއާ އައިސް ޒޯހަން އަށް އައިސް ފެންތައްޓެއް ދިއްކޮށްލިއެވެ. އެވަގުތު ޔަޝްމީ ވީ އަރުހަމް އާއި އެކު ބޭރުގައެވެ. ހިނގާ ދިޔަ ކަންތަކުން ލަތާ ބަލަނީ ކޮޓަރިން ވީހާ ވެސް ނުނިކުމެ ވޭތޯއެވެ. ޝިޔާރާ ގެއިން ނެރުމާއި ގުޅިގެން މުޅި ގޭތެރެ ވަނީ ގޮތަކަށް ބައިބައި ވެފައެވެ ލަތާ ނިއާ އާއި ވާހަކަދައްކާ ވެސް ނޫޅޭއެވެ. އެކަމާއި ނިއާ ދެރައެއް ނުވޭއެވެ. ނިއާ ދެކޭ ގޮތުގައި ޒޯހަންގެ ހަޔާތުން ޝިޔާރާގެ ބާބު ނިމުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

މަންޝާ (ހަތްވަނަ ބައި)

Next

މިހިތުގެ ލޯތްބޭ ތީ 17

Next
April 11, 2016

މިހިތުގެ ލޯތްބޭ ތީ 17

Previews
April 11, 2016

މަންޝާ (ހަތްވަނަ ބައި)

25 Comments!

  1. Ushaali says:
    April 11, 2016 at 7:30 am

    avahah kiyaalaa…. next episode on wednesday.

  2. Naxoo says:
    April 11, 2016 at 7:55 am

    Haadha lahun..hehe..plx upload sooon… 🙂

  3. Ainy says:
    April 11, 2016 at 8:06 am

    V rythi …avahah upp kohdhyy …plz

  4. Zee says:
    April 11, 2016 at 8:13 am

    Alhey mifahar hama ragalhahves rovijje shiya fakeerah thinungotheh netheetha

  5. aff says:
    April 11, 2016 at 8:13 am

    haadha waruga koyaa eke mi shifny aky vex .. Ushaali ekoya rangalhu fenwarehga sizah kandaalaathi .. ??Story vrh habeys

  6. rose says:
    April 11, 2016 at 8:16 am

    E shifny adhives maithirii nuvaneetha?abadhu shia thivatah dhera nukure . Heart broking. V v salhi mi part ves

  7. Anonymous says:
    April 11, 2016 at 8:26 am

    e nia ge kanthah ninman ulheba dhw dhn….. abadhu shiya ah ehn nuhadhabala…..

  8. Rinxy says:
    April 11, 2016 at 8:55 am

    My god heevany hama e meehunnaa ekeega ulheveyhn… v habeys…hate you noory n niya

  9. Anonymous says:
    April 11, 2016 at 9:00 am

    Shiny haadha goahey dhw…shiya ah dhera gotheh nahadhaathi ushaali…zon ves dhen niyaa ge kibain salaamaiy kohbala abadhu shiya ah dhera goiy nahadhaa

  10. Afoo says:
    April 11, 2016 at 9:57 am

    Vvvvv salhi

  11. Isheee says:
    April 11, 2016 at 10:26 am

    Wow vaahaka eh kiyaa iru ves roveykan mi vaahaka in egihje. Varah reethi ekamu efakeeru ah ufaleh dhee avahah edhuvahah mi inthixaaru kurani vaahaka vvvvvvvvvvv reethi

  12. eny says:
    April 11, 2016 at 11:37 am

    vvvvvvvv salhi ….. shiyaa ah fhun libeyne lobi maa baarugadhavee kanneyge heheh

  13. rose says:
    April 11, 2016 at 11:40 am

    E Nooryah eha faseyhaehkoh maaf haggeh noon. Hate him. Adhi e nia aa zonge kaivenives raglheh noon. Ehenveema avahah ekanthah falha aruvaalanvi.

  14. ken? says:
    April 11, 2016 at 11:59 am

    masha allah v furihama…manzaru heevaree kurimathyga sifavaahen..

  15. SAm says:
    April 11, 2016 at 12:10 pm

    Alhe shiaara aky shifny ge sister kan engey dhuvahakun shifny hunaane size wefa dhw…. vaahaka hama warah salhii..??

    1. ny says:
      April 11, 2016 at 7:09 pm

      Hehe. U r right SAm

  16. xaa says:
    April 11, 2016 at 1:23 pm

    vvvv salhi

  17. Ifaa says:
    April 11, 2016 at 2:28 pm

    Vv rythi mi part vx,, 🙂 🙂

  18. mary ssss says:
    April 11, 2016 at 2:56 pm

    Plxx plxxxxx ushaali thi vaahaka daily kohh up kohdhyybala. Haadha habeys stry ekayy. Ragalhah vexx rovije. Vvvvvvvv nice.

  19. Ainyyy says:
    April 11, 2016 at 3:07 pm

    Funasaru kurii funasarun… Zohan mathin foohi vejje… avah shiyaa akii shiiiniii ge sis kan angaa.. And magey hitheh neydhey mihaaru shiyaa aa zohan aa ekii ulhenves…
    hama ragalhahves rovijje….
    nice storyyyy.. keep up the good work..
    avah upload kuraane kamah ummeedhu kuran. U r one of the best writer.. Maaiy Allah thiya liyuntheraage liyuntheri kamuge hunaru tharahqee kohdhvaandheyve.

    1. ny says:
      April 11, 2016 at 7:10 pm

      Ameen

  20. elsa says:
    April 11, 2016 at 5:42 pm

    ameen

  21. elsa says:
    April 11, 2016 at 5:43 pm

    aameen

  22. zeee says:
    April 11, 2016 at 8:59 pm

    Interesting as always☺

  23. raani says:
    April 12, 2016 at 2:01 pm

    alhe hama rangalhah ves rovijje… v v asaru gadha….. v nice…….avahah up koladhee next part.

Comments are closed.

Next Episodeފުންއަސަރު 25←


All Right Reserved!