Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ހަތްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
April 11, 2016 6 Mins Read
14 Comments

އެރޭ އެތައް އިރެއް ވަންދެން އޮންލައިންގަ މަންޝާ އެހެން އޮތެވެ. އެންމެ ފަހުން މަންޝާގެ ލޮލަށް ނިދި ބަރުވެ ގަދައަށް ނިދިއްޖެއެވެ. މަންޝާއަށް ގަދައަށް ނިދުމުން އަތުގައި އޮތް ފޯނު އަތުން ދޫވެ އެނދު މައްޗަށް ވެއްޓުނެވެ. ގަދަ ރަތްކުލައިގެ ސެޓިން ފޮތީގެ ނިދާހެދުމުގައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ފާހަގަވެއެވެ. މަންޝާއަކީ ހަމުގެ ކުލަ ކަޅު ކުއްޖަކަސް އޭނާގެ ހަމުގެ ކުލަޔާ ރަތްކުލަ ވަރަށްވެސް ގުޅެއެވެ. މަންޝާގެ ހަށިގަނޑަށް ފާރަލަމުން އައިސްހުރި އެ މަޚްލޫގު މަންޝާއާއި ދިމާލަށް ބަލަމުން ދިޔައީ މަސްތީ ގޮތަކަށެވެ. އަރިއަކަށް އޮށޯވެގެން އޮތް މަންޝާގެ ކަރުދޮށުން އައިސް މޭ މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް ވަޔާ މައްޗަށް ވިހުރިގެން ދިޔައީ އެ މަޚްލޫގުގެ އިޝާރާތަށެވެ.

*** *** *** *** *** ***

ފަތިސް ނަމާދަށްފަހު މާފަންނު އާ ސަހަރާގައި ރޫހީ ވަޅުލުމުގެ ކަންތައްތައް ކުރިޔަށް ދިޔައެވެ. ރިޔާޒްގެ އެކުވެރިން ކަށުނަމާދުގައި ބައިވެރިވިއެއް ކަމަކު އެއިން އެއްވެސް އެކުވެރިޔަކާ ވާހަކަ ދައްކާ، އަނގައިން ބުނެލާނެހާ ހިތްވަރުވެސް އޭނާގެ ގަޔަކު ނެތެވެ. ވަޅުލުމުގެ ކުރިން މޫނު ބަލަން އާމިނަ ގެނައުމުންވެސް އޭނާގެ ހެޔަށް ގޮތްވާތީ އާމިނަ ގޮވައިގެން ޟިރާރު ދިޔައީ ހޮސްޕިޓަލަށެވެ. މާލޭގައި ދިރިއުޅޭ ރަށުގެ ގިނަ މީހުންނާއި، އާއިލާގެ މީހުންނާ، ގިނަ އަދަދެއްގެ ރަހްމަތްތެރިން އެ ޖަނާޒާގައި ބައިވެރިވިއެވެ. އެންމެންގެ ހިތުގައިވެސް އުފެދިފައިވާ ސުވާލަށް ޖަވާބެއް ލިބޭ ގޮތެއް ނުވެއެވެ. އެހާ ޅަ އުމުރުގައި އެ އަންހެން ކުއްޖާ އަމިއްލައަށް ދަންޖެހެން ޖެހުނު ސަބަބެވެ. އެއީ އެންމެންގެ ލޯތަކަށްވެސް ފޮރުވިފައިވާ ސިއްރެކެވެ.

ކަށުނަމާދުކޮށް ނިމިގެން އެންމެން ސަހަރާއިން ބޭރަށް ނުކުތް ދަނޑިވަޅުގައި ސަހަރާ ކުރިމަތީ ތިބި ނޫސްވެރިންގެ ޓީމް އައިސް ރިޔާޒްއާ ބައްދަލު ކުރިއެވެ. އެމީހުންގެ ނޫހުގައި ޖަހަން ބޭނުންވާ ޚަބަރަށް އިތުރު ތަފްސީލެއް ހޯދޭތޯއެވެ.

“އައްސަލާމް އަލައިކުމް… އަޅުގަނޑުމެން މީ ފަތިސް ނޫހުން…. ރޫހީގެ މަރާ ބެހޭ ގޮތުން ސުވާލެއް ކޮށްލަން ބޭނުންވާތީ….” ރިޔާޒް ކުރި މައްޗަށް އައިސް ހުއްޓުނު ޒުވާނާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަތުގައިވާ ފޯނު އޮތީ ރިކޯޑަށް ޖައްސާފައެވެ. ރޮއިރޮއި ރަތްވެ، ދުޅަވެފައިވާ ލޮލުން ރިޔާޒް ބަލާލީ ހިތްދަތި ގޮތަކަށެވެ.

“މިގަޑީގަ ދެން ތީ ކޮން ސުވާލެއް؟…. އާއިލާއަށް ކެތްތެރިކަން ބޭނުންވާ ދަނޑިވަޅެއްގައި މިފަަދަ ސުވާލު ކުރުމުން ވާނެ ގޮތް އެނގޭތަ؟… ކަލޭމެންނަށް ނޫހުގަ ފަލަ ސުރުޚީއަށް މި މައުޟޫ ޖަހާފަ އާޓިކަލްއެއް ލިޔެވުނީމަ އެ ނިމުނީ ދޯ؟…. ހަމްދަރުދީއޭ ބުނާ އެއްޗެއް ކަލޭމެންގެ ހިތުގައި ނޯވޭތަ؟….” ރިޔާޒްގެ ފަހަތުން ނުކުތް ޒުވާން އަންހެން ކުއްޖެއް ރުޅިވެރިކަމާއި އެކީ އޭނާގެ ދުލުން ހަރުކަށި ބަސްތައް ބޭރުކޮށްލީ ރިޔާޒްމެންގެ އާއިލާގެ ދިފާއުގައެވެ. ޒަމާނީ ގޮތަށް ހެދުން އަޅާފައި ހުރި ހަމުގެ ކުލަ ދޮން މި އަންހެން ކުއްޖާއަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ.

އަތުގެ އިޝާރާތުން އެ އަންހެން ކުއްޖާ ގާތު މަޑުން ހުރުމަށް ރިޔާޒް އެދުނެވެ. އިސްދަށަށް ޖަހައިގެން ހުރެ އެ އަންހެން ކުއްޖާ ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ. ކަރުކެހިލަމުން ރިޕޯޓަރާއި ރިޔާޒް ވާހަކަ ދެއްކިއެވެ. “ކީކޭތޯ؟”

ރިޔާޒްގެ މޫނަށް ބަލަން ހުރުމަށްފަހު އޭނާގެ ސުވާލުތައް ބަންޑުން ކޮށްލިއެވެ. “ރޫހީ ދަންޖެހިގެން މަރުވާން ޖެހުނު ސަބަބަކީ ކޮބާ؟… ރޫހީއަކީ ބޯ ހަމަނުޖެހޭ ކުއްޖެއްތަ؟… މިފަދަ ކަމެއް އޭނާ އަމިއްލައަށް ކޮށްފާނެ ކަމަށް ގަބޫލު ކުރަންތޯ؟….”

ރިޔާޒްގެ ލޮލަށް ކަރުނަތައް ޖަމާވާން ފެއްޓީ އެހެނަކުންނޫނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަލިވަމުން ދިޔަ އުޑުމައްޗަށް ބަލާލަމުން އެ ރިޕޯޓަރަށް ޖަވާބު ދިނެވެ. “ރޫހީގެ މަރާ ބެހޭ ގޮތުން އަޅުގަނޑަށް އެއްޗެއް ބުނާކަށް ނޭނގޭ… އަޅުގަނޑަށްވެސް އެނގެނީ ޑޮކްޓަރުން ވިދާޅުވި އެއްޗެއް…. މަރު އައިސް ޖެހުމުން ކޮންމެ މީހަކުވެސް މަރުވާނެ…. މިއަދު ރޫހީގެ ވަގުތު އައިސް ޖެހުނީ… މާދަމާ މަރުވާނީ އަޅުގަނޑު ނޫނީ ތިބޭފުޅާ ކަމެއްވެސް ނޭނގޭ….”

ރިޔާޒް އެހިސާބަށް ބުނުމަށްފަހު ސަހަރާ ކައިރިއަށް އައިސް މަޑުކޮށްލި ކާރަށް އަރަން ހިނގައިގަތެވެ. ރިޔާޒްގެ ފަހަތުން އެ އަންހެން ކުއްޖާ ވެސް ގޮސް ކާރަށް އެރިއެވެ. އެވަގުތު ރިޕޯޓަރ ހުރީ ބުނާނެ އިތުރު އެއްޗެއް ނޭނގި އާ ގަމަ ކައިފައެވެ.

“ރިޔާ… އާޔޫ އޯކޭ… ހޮސްޕިޓަލަށް ދާން ހިނގާ…. އައި.ޖީ.އެމް.އެޗް…” ކާރަށް އެރުމަށްފަހު އެ އަންހެން ކުއްޖާ ރިޔާޒްގެ ހާލު ބަލާލަމުން ހޮސްޕިޓަލަށް ދިޔުމަށް ޑްރައިވަރު ގާތު އެދުނެވެ. ލޮލުތެރޭގައި ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ހިފެހެއްޓުމެއް ނެތި ރިޔާޒްގެ ލޮލުން ފައިބަމުން ދިޔައެވެ.

“މީރާ… އަހަރެންގެ ކޮއްކޮ… އަހަރެންނަށް ރޫހީއަށް އެއްވެސް އެހީއެއް ނުވެވުނު…. އަޅޭ… އަހަރެން ކިހާ ގޯސް…” ރިޔާޒް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައެވެ. މީރާގެ އަތްދަބަހުން ޓިޝޫއެއް ނަގާ ރިޔާޒަށް ދިއްކޮށްލަމުން ހިތްވަރުކުރުމަށް ނަސޭހަތްތެރި ވިއެވެ. މީރާ ހުރީ ރިޔާޒަށް ވަމުންދާ ގޮތްތައް ފެނި އިންތިހާއަށް ދެރަވެފައެވެ.

*** *** *** *** *** ***

އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ނަރުސް ކުދިން ހެނދުނު އަށެއް ޖެހުމުގެ ކުރިން ހުރިހާ ބަލިމީހުންގެ ކޮޓަރިތަކަށް ޒިޔާރަތް ކުރަމުން ދިޔައެވެ. ޒުހާމެން ތިބި ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއި އެކީ ޒުހާއަށް ލޯހުޅުވާލެވުނީ ވަރަށް ކަންނެތް ގޮތަކަށެވެ. ސޯފާގައި އިށީނދެގެން ފޯނުން އެއްޗެއް ކިޔަން އިން ނަވާފް ތެދުވެ ކޮޓަރި ދޮރު ހުޅުވަން ދިޔުމަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެގެން އައި ނަރުސްކުދިންގެ ތެރެއިން އެއް ނަރުހަކު ޒުހާގެ ލޭގެ ޕްރެޝަރު ބަލާ، ހުންބަލާ މެޝިން ކަންފަތުގެ ހޮޔަށް މަޑުމަޑުން ކޮށްޕާލިއެވެ. އޭރު އަނެއް ނަރުސް ކުއްޖާ އެނދުގައި ނިދާފައި އޮތް ތުއްތު ކުއްޖާގެ ހުންބަލާ ހެދުމަށްފަހު ކޮޓަރިން ބޭރަށް ދިޔައީ ޑޮކްޓަރު އެ ދެމައިން ޑިސްޗާރޖް ކުރަން އެންގިކަމުގެ އުފާވެރި ޚަބަރު ދެމުންނެވެ.

ނަރުސް ކުދިން ކޮޓަރިން ނުކުތުމާއި އެކީ ޒުހާގެ ދަރިފުޅު މަޑު ތޫލި އަޑަކުން ކުކުރާލިއެވެ. އެމަންޖެ ގައި ދަށުގައިވާ ފޮތިގަނޑާއި އެކީ އުރާލައިގެން ހުއްޓުވަން ނަވާފް މަސައްކަތް ކުރަމުން އެ ތުއްތު ކުއްޖާއާއި ވާހަކަ ދައްކަމުން ދިޔައެވެ. “ބައްޕަ ދޫނީ… ކިހިނެއްވީ؟… ހޫންން ހޫން ހޫންން…”

ނަވާފް ޅަވެފައި ވާހަކަ ދައްކާގޮތް ފެނުމުން ޒުހާއަށް ހެވުނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އެނދުގައި އިށީނދެ ހޭވިފައިވާ އިސްތަށިގަނޑު އެއްކޮށްލާ، ބޮލުމެދަށް ހުޅިއެއް ޖަހާލުމަށްފަހު އެނދުގައި ޒުހާ ހަމަޖެހިލިއެވެ. އުނގަށް ބާލީހެއްލައިގެން އިން ޒުހާގެ އަތަށް އެ ތުއްތު ކުއްޖާ ގެނެސްދިނީ އެ ކުއްޖާ އަނގަޔަށް އަތްލާ ހަދާތީ އެ ރޮނީ ބަޑުހައި ވެގެންކަން ނަވާފަށް އެނގުމުންނެވެ. ތުއްތު ކުއްޖާއާއި ލޯބި ކޮށްލަމުން ޒުހާ އެ ކުއްޖާއަށް ގާތުން ކިރުދޭން އުޅުނު ވަގުތު ނަވާފް އެ ކޮޓަރީގެ ދޮރު އެތެރެއިން ތަޅުލިއެވެ.

“ޒައިކް ވަރަށް އުފަލުންދޯ ހުންނާނީ… ގޭ އެއްވެސް މީހެއް ކައިރީ ނުބުނެ ހިނގާ ގެއަށް ދާން.. އޭރުން އެންމެންވެސް ސަރޕްރައިޒް ވާނެ….” ހޮސްޕިޓަލުން ދޫކޮށްލި ޚަބަރު ލިބުމުން ޒުހާ ހުރީ އިންތިހާއަށް އުފާ ވެފައެވެ. ނަވާފްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއަސް ނަވާފްއަށް އިނދެވުނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އެ ހިނދު ޒުހާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައި ގަނެވުނެވެ.

“ކިހިނެއްވީ ނަވާފް؟… ހާދަ މޫޑް އޮފް ވެފަ… ނަވާފް ރީތިވެގެން ތިހުރީޔޯ… ތަނަކަށް ގޮއްސަތަ ތިއައީ؟…” ޒުހާގެ ސުވާލުތައް އަންނަން ފެށިގޮތުން ޖަވާބެއް ނުލިބެނީސް އޭނާ ހިތްހަމަނުޖެހޭނެ ކަން ނަވާފަށް އެނގުނެވެ.

“މަ ބުނީމެއްނުން އަހަރެންގެ ފްރެންޑެއްގެ ކޮއްކޮ މި ފްލޯގެ، ރޫމް 313 ގައި އެޑްމިޓްކޮށްފަ އޮތް ވާހަކަ…. ރިޔާޒްގެ ކޮއްކޮ އެއީ…. ރޭގަ… ރޭގަ…” އަޅައިގަންނަމުން ނަވާފް ދައްކަމުން ދިޔަ ވާހަކައަށް ޒުހާގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

“ރޭގަ… އޭނަ މަރުވެއްޖެ….”

“އިންނާ ލިއްލާހި ވައިނާ އިލައިހި ރާޖިއޫން…. ހުވާތަ… އޭނައަށް އަދި އަށާރަ އަހަރުދޯ ވާނީވެސް… ކިހިނެކޯ ވީ؟…” ޒުހާ ހައިރާންވެހުރެ ސުވާލު ކުރަން ފެށީ ޚަބަރު ދަބަރު ހޯދާށެވެ.

“ނޭނގެ ވީ ނުވީއްޔެއް… ދަން ޖެހިގެން މަރުވެފަ އިންދާ ނަރުސް ކުދިންނަށް ފެނުނީ…. އަހަރެން މިއައީ ފަތިސް ނަމާދަށްފަހު ކަށުނަމާދު ކުރަން ސަހަރާއަށް ގޮއްސަ…” ނަވާފް އޭނަ ރީތިވެގެން ހުރި ސަބަބު އޮޅުން ފިލުވައިދިނެވެ.

“އަޅެ ރިޔާޒްމެން އާއިލާއަށް ވާނީ ކިހިނެއް؟… ކިހާ ދެރަ… މަ އަޑުއެހިން އެ ކުއްޖާ ބޯ ހަަމަނުޖެހޭ ވާހަކަވެސް… ދެން އަޅެ ދޯ… ރިޔާޒް މަންމަ ކޮބާ؟..” ރޫހީގެ މަރުގެ ޚަބަރުން ޒުހާއަށް ވަރަށް ފުން އަސަރުކޮށްފިއެވެ. މިވަގުތު އޭނައަކީވެސް އަންހެން ކުއްޖެއްގެ މަންމައެއް ކަމުން ޒުހާގެ ހިތަށް އަރަމުން ދިޔައީ އެގޮތަށް މަރުވުމުން ރޫހީގެ މަންމައަށް ކުރާނެ ފުން އަސަރުތަކެވެ.

“އާމިނައްތަގެ ހެޔެއް ނެތް؟… މިތާ އެމަޖެންސީ ތަނުގަ އެބަ އޮތް… ރިޔާޒްވެސް ވަރަށް ދެރަވެފަ އިނީ.. މީހަކާ އަނގައިންވެސް ނުބުނޭ… ޚަބަރު ލިބުމާއި އެކީ މީރާވެސް ވަގުތުން މިކޮޅަށް އައިސްފި…. މީރާ އެއީ ރިޔާޒަށް ލިބިފައިން ރަންގަނޑެއް… އެބައުޅޭ އެންމެންވެސް އެމަރޖެންސީ ރޫމް ކައިރީގަ…” ނަވާފް ވާހަކަ ދައްކަމުން އައިސް ޒުހާގެ މަގަތުގައި އިށީނދެ އެމީހުންގެ ލޯބި ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

“އަޅެ ކިހާ ދެރަ؟… އަހަރެމެނެް ގެއަށް ގޮސް ހަމަޖެހިލައިގެން އެމީހުން ކައިރިއަށް އަންނަންވާނެ… މިވަގުތު ރަހްމަތްތެރިންގެ އަޅާލުން ވަރަށް ބޭނުންވާނެ… އަސްލު ވަރަށް ދެރަވާނެ ދޯ.. އެއީ އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރި ވިއްޔާ…. އެ އާއިލާއަށް ކެތްތެރިކަން ދެއްވާށި….”

“ޒޫ… އަހަރެން މިދަނީ ބިލްތައް ދައްކާ ޑިސްޗާރޖް ކަންތައް އަވަސްކުރަން…. އެމަންޖެ ރީތި ކޮށްފަ ޒުހާވެސް ރެޑީވޭ އިނގޭ…” ނަވާފް ތެދުވެ ކޮޓަރިން ބޭރަށް ހިނގައިގަތެވެ.

“ނަވާފް…. އަހަރެން ވަރަށް ބަނޑުހައި…. ކިރު ޕެކެޓެއް ހިފައިގެން އަންނައްޗޭ…” ތުއި ގޮތަކަށް ޒުހާ ބުނެލިއެވެ.

*** *** *** *** *** ***

ގަދައަށް ނިދާފަ އޮތް މަންޝާއަށް ތަފާތު އިހްސާސެއް ކުރަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި ވަރަށް ފިނި އަތަކުން ފިރުމާ ކަމުގެ އިހްސާސެވެ. ކަނދުރާ ދޮށުގައިވާ އިސްތަށިތައް އެއްފަރާތް ކޮށްލަމުން ކަންފަތު ބުޑުގައި ހޫނު ނޭވާއެއް އެޅިލިއެވެ. މަޑުމަޑުން މަންޝާގެ ކޮނޑު އަރުވާލަމުން ކަންފަތް ދަށުގައި ދެބުރަކަށް ކޮނޑު ހާކާލިއެވެ. ދެން އެމީހެއްގެ އަތް ތިލައިން މަންޝާގެ ކޮނޑުގައި ހިފަހައްޓަމުން ކަންފަތް ދޮށަށް ގުދުވެ ވައި އަޑުން މަންޝާއަށް ގޮވާލިއިރު އަނގައިން ބޭރުވި ހޫނު ނޭވާ މަންޝާގެ ކަންފަތަށް އެޅެމުން ދިޔައެވެ. ސިއްސައިގެން ގޮސް ދެލޯ ބޮޑު ކޮށްލަމުން މަންޝާ ފަހަތަށް އެނބުރިލީ އެއީ ކާކުތޯ ބަލާށެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު މަންޝާ ހުރީ އިންތިހާއަށް ބިރުގަނެފައެވެ.

“ކިހިނެއްވީ….. އޭއި…. ” މަންޝާގެ އަތުގައި ހިފާ އަނބުރާލަމުން އަޒީމް ވާހަކަ ދެއްކީ މަންޝާ އޭނާގެ ފަހަތުގައިވާ ބެލްކަނި ހުރި ދިމާލަށް ބަލާތީއެވެ. އަޒީމް އޭނާގެ އަތުގައި ހިފުމުން އެއަށް ވުރެއް ބާރަށް މަންޝާއަށް ތެޅިގަނެވުނެވެ.

“ސާބަހޭ މީމަށޭ!….” ދެބުމަ ގޮށް ޖަހައިގެން އޮތް މަންޝާ ފެނުމުން ހައިރާނުން ފުރިފައިވާ ގޮތަކަށް އަޒީމް ބުނެލިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން މަންޝާ އައިސް އަޒީމްގެ އަތުތެރެއަށް ވަދެ އަޒީމް ގައިގައި ބާރަށް ބައްދާލިއެވެ. “ހޭއި…. ޒީމް ކޮންއިރަކު އައީ؟…” އަޒީމް މޭމަތީގައި ހުރި އިސްތަށިތަކާއި ކުޅެމުން މަންޝާ ވާހަކަ ދެއްކީ ލަދުން ހުރެއެވެ.

“އިރުކޮޅެއް ވެެއްޖެ… މަން… ރޭގަ އެއޮއް ވިއްސާރައިރު ބެލްކަނި ދޮރު ނުލައްޕާ ނިދީ ކިހިނެއްވީ؟… އަދި އޭސީވެސް ހުރީ ޖައްސާފަ…” މަންޝާއަށް ޖަވާބު ދެމުން އަޒީމް ގެއަށް އައިފަަހުން ފެނުނު މަންޒަރުތަކުން ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރަމުން މަންޝާގެ ބޮލުގައި ފިރުމާލިއެވެ.

“ނޫން.. ބެލްކަނި ދޮރު ލައްޕާފަ ހުންނާނީ… ރޭގަ ފިނިކަމުން އޭސީވެސް ނުޖައްސަން… ނޭނގެ… ގައިމުވެސް އަހަރެން ނުޖައްސަން އޭސީއެއް…” އަޒީމް ދެއްކި ވާހަކަތައް ގަބޫލު ނުކުރެވިފައި އޮތް މަންޝާ ބެލްކަނި ދޮރާ ދިމާލަށް ބަލަމުން ޖަވާބުދެމުން ދިޔައީ ތުއްތު ކުއްޖެއް ފަދައިންނެވެ.

“ދެން އަޒީމް… ހާދަ މިސްވިއޭ ރޭގަ… ހިތަށް އެރި އަޒީމް ޑިއުޓީ ނެތްނަމައޭ…” މަންޝާ ތުން ދިގު ކޮށްލަމުން އެހެންބުނެލީ ބޮޑާ ހާކާ ފަދައަކުންނެވެ. މަންޝާގެ ހަށިގަނޑުގައި އަޒީމްގެ ކަސްރަތީ އަތުން ބާރަށް ބައްދާލީ ރޭގައި މަންޝާއަށް ވެސް އެކަނި އޮވެ ފިނިކަމުން ނުނިދުނީ ކަމަށް ހީކޮށް ހުރެއެވެ. އަޒީމްގެ މޭތެރޭގައި މޫނު ފޮރުވާލަމުން މަންޝާގެ ދެލޯ މަރާލިއިރު ރޭގައި ހޮސްޕިޓަލުގައި ހިނގި ކަންތައް މަތިން ހަނދާން ވެގެން ދިޔައެވެ.

ހޮސްޕިޓަލް ތެރޭގައި މަންޝާ މަގު އޮޅިގެން އުޅެން ޖެހުނުކަމާއި، އެ ކަންތައް ގަނޑުގެ ސަބަބުން ރިޕޯޓް ނުނެގުނު ކަމެވެ. މަަންޝާ އެވާހަކަތައް ބުނަން ބޭނުންވި ނަމަވެސް ނުބުނުން އެއީ ބުއްދިވެރިގޮތް ކަމުގައި ވިސްނުނީ އެކަންތަކަކީ މާ ބޮޑު ކަމަކަށް އަޒީމް ހަދާފާނެތީއެވެ. އަޒީމަކީ މަންޝާ ކިރިޔާ ބައްޔެއް ވިޔަަސް ވަރަށް ކަންތައް ބޮޑުވާ މީހެކެވެ. ވަޅި ގެންގުޅޭ އިރު އިނގިއްޔެއް ކަނޑައިގެން ދިޔަޔަސް އެހާ ހާސަރު ދަމާނެއެވެ.

އަޒީމް މަންޝާއާއި ގާތްވެލަމުން މަންޝާގެ ނިތްކުރިއަށް ބޮސްދިނެވެ. މަންޝާ އިސްއުފުލާލާ އަޒީމާ ހަތަރު ކަޅި ހަމަކޮށް ބަލާލުމުން މަންޝާގެ ތުންފަތަށް ބޮސްދޭން އަޒީމް ކައިރިވެލިއެވެ. ދުރަށް ޖެހިލަމުން މަންޝާ ތެދުވެގެން ފާޚާނާއަށް ވަންނަން ދިޔައެވެ.

“ދަތްވެސް ނޫގުޅާ…. ޗީޑި… ނޮޓް ނައު… އެބަ އަންނަން…” ފާޚާނާއަށް ވަދެ މަންޝާ ދޮރު ލައްޕާލީ ހިނިތުންވެ ހުރެއެވެ. ދޮރު ލައްޕާ ތަޅު ނުލާ ހުރީ އަޒީމް ފާޚާނާއަށް އަންނާނެކަން މަންޝާއަށް އެނގޭތީއެވެ.

އަޒީމްގެ ފޯނު ރިންގްވާން ފެށުމުން ފޯނަށް ބަލައިލިއެވެ. ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު އަޒީމް ވާހަކަ ދެއްކިއެވެ. އެނދުން ފައިބައިގެން ފާޚާނާ ދޮރު ހުޅުވާލީ މަންޝާ ގާތަށް ދިޔުމުގެ ބޭނުމުގައެވެ.

“ހެއި ނަވާފް… ކޮބާ ކިހިނެއްތަ؟…. މަންޝާ ދިޔަދޯ ހޮސްޕިޓަލަށް… މަށަށް އަދި ވަގުތެއް ނުވެގެން މިއުޅެނީ… މިރޭ ޖައްސާލާނަން…. މިއުޅެނީ ނިދާލަން… ދެންމެ ޑިއުޓީއިން މިއައީ…” އަޒީމް ފާޚާނާ ދޮރު ހުޅުވާލަމުން މާގަނޑު ދަށުގައި ފެންވަރަން ހުރި މަންޝާއާއި ދިމާލަށް ބަލަމުން ނަވާފްގެ ކޯލަށް ވާހަކަ ދެއްކިއެވެ.

އަޒީމް ފާޚާނާ ދޮރުމަތީ ހުރިކަން މަންޝާއަށް އެނގުމުން ފެންގޮއްޓެއް އަޒީމްއާ ދިމާލަށް ހޫރާލިއެވެ.

ހިނިގަނޑެއް ޖަހާލަމުން އަޒީމް ފާޚާނާ ދޮރު ލައްޕާލިއެވެ. އެހެންް ހުރެއްޖިއްޔާ އަޒީމް ތެއްމާލާނެ ކަން އެނގޭތީއެވެ. މަންޝާއާއި އަޒީމާ ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތަކަކީ ލޯބިން ސަމާސާކޮށް މަޖާކުރާ ވަގުތު ތަކެކެވެ. ފާޚާނާ ކައިރިން ދުރަށް ޖެހިލުމަށްފަހު އެނދުގައި އިށީނދެ މޫނުމަތީގައި ހުރި ފެންތައް އަތުގެ ނުފުށުން ފޮހެލަމުން ނަވާފް ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ.

*** *** *** *** *** ***

ނަރުސް ކުދިންގެ ޖަގަހައިން ހަވާލުކުރި ލިޔެކިޔުންތައް ހިފައިގެން ލިފްޓަށް އަރަމުން ފޯނުން ނަވާފް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާއާއެވެ.

“ދެން ހޮސްޕިޓަލަށް އަންނަން ހަދާނެކަމެއް ނެތް… މިހާރު ދޫކޮށްލަނީ… ބިލްގެ ކަންތައްތައް ނިންމާލާފަ މިއުޅެނީ ގެއަށް ދާން…. އެކަމު އަދި ގެއިން އެއްވެސް މީހަކަށް ނާންގަން.. ޒުހާ ބޭނުންވަނީ ސަރޕްރައިޒެއް ދޭން….”

ފޯނަށް ހެޑްސެޓްގެ ވާގަނޑު ގުޅާލުމަށްފަހު ނަވާފްގެ ޖިންސުގެ ޖީބަށް ފޯނު ލިއެވެ. އަދި ނަވާފްގެ ކަންފަތަށް ހެޑްސެޓް ހެޔޮވަރު ކޮށްލިއެވެ. ލިފްޓުން ގްރައުންޑް ފްލޯއަށް ދާން ސްވިޗަށް ފިތާލައިގެން ހުރި އިރު އަޒީމް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ނަވާފް ހުރީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ބައްޕައަކަށް ވުމުގެ އުފާ ދެވަނަ ފަހަރަށް ކުރުމުންވެސް ނަވާފަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތިރީބުރިއަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ނަވާފް މިސްރާބު ޖެހީ ނަރުސްކުދިން ބުނި ކައުންޓަރ ދޮށަށް ދިއުމަށެވެ. ނަވާފް އެ ކައުންޓަރ ދޮށަށްދާން އަޅާލި މަގަކީ އަވަސް ފަރުވާދޭ ކޮޓަރި ހުންނަ މަގެވެ. އެހިސާބުން އަވަސް ފަރުވާދޭ ކޮޓަރި ކުރިމަތީގައި ހުރި ގޮނޑިބަރީގައި ރިޔާޒާާއި މީރާ އިށީނދެގެން ތިބިތަން ފެނުނެވެ.

“ރިޔާޒް… މިހާރު އާމިނައްތަ ކިހިނެއް؟… ކީކޯ ޑޮކްޓަރުން ބުނީ….” އެމީހުން ތިބި ހިސާބަށް ދެވުމުން ނަވާފް ސުވާލުކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 15 ވަނަ ބައި

Next

ފުންއަސަރު 24

Next
April 11, 2016

ފުންއަސަރު 24

Previews
April 10, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 15 ވަނަ ބައި

14 Comments!

  1. Reesham says:
    April 11, 2016 at 12:26 am

    Rythi v..waiting for nxt prt

  2. Shaax says:
    April 11, 2016 at 12:28 am

    Kuriah vure kuru dhwww…ekam vs salhi inge…egarly waiting for nxt part..??

  3. Ammu says:
    April 11, 2016 at 2:08 am

    V habeys. Kuree faharuthakah vure kuru. Dhen faharkun dhigukollahchey ?

  4. shiff says:
    April 11, 2016 at 3:15 am

    thihaa bxy koh ulhemun ves bunaa date ah vaahaka up kohdheythy varah happy… and mi story hama varah salhi.. dhn vaane gothaka mi inthixaaru kuranyy… very intresting

  5. gurey says:
    April 11, 2016 at 10:46 am

    Heevanee kuruhen…. ?? Ei writer vaahaka liyumugai gengulhey gothun readers maa kiyaa hit vaneee… ?? Ehenve heevanee kuruhen…. Aslu kurutha…. ??

  6. ken? says:
    April 11, 2016 at 7:48 pm

    mi part ehaa reechei noon…ekam dn part v reethivaanekan hama yageen

  7. Mersher?? says:
    April 11, 2016 at 11:06 pm

    Varah reethi vaahaka eh….. Can’t wait to read the next part……. Keep up the gud work ?

  8. zee? says:
    April 12, 2016 at 12:03 am

    Mi v habeys story eh. Next part ga amina Ge bai dhw annaanee. I wanna knw manshas pregnancy report

  9. Yush says:
    April 12, 2016 at 7:47 am

    Mi story wrh rythi…

  10. iffa says:
    April 12, 2016 at 10:02 pm

    Shaxxxxx.. vvvvv salhi ingea hama obi… Cant wait next apisode i need it verry soon… Plxx upload faster…

  11. iffa says:
    April 12, 2016 at 10:02 pm

    Shaxxxxx.. vvvvv salhi ingea hama obi… Cant wait next apisode i need it verry soon… Plxx upload faster…?

  12. Ammadey says:
    April 13, 2016 at 7:59 am

    when is next part?

  13. zee? says:
    April 13, 2016 at 11:48 am

    Thursday dhooo

  14. jaxx says:
    May 2, 2017 at 11:58 am

    awsome story….keep it up

Comments are closed.

Next Episodeމަންޝާ (އަށްވަނަ ބައި)←


All Right Reserved!