Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 11..

kamana Level 310 Stories500 Comments100 Comments
April 11, 2016 6 Mins Read
12 Comments

އަތޫޝާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލާ ދިޔައީ މަމްދޫހުގެ މޫނުމަތީގައިވީ ކުލަވަރު ފެނިއެވެ. ދެފިޔަވަޅު ފަހަތަށް ޖެހެވުނީ ބިރުންނެވެ.

މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ. ދެންމެ ދެންމެ އަތޫޝާގެ އަތުގައި ހިފައި އެހިސާބުން ދުރަށް ގޮސްދާނެހެން ހީވެއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ބަލަން އިން އިރު މަމްދޫހުވެސް ހުރީ ކަޅި ޖަހާނުލާ އަތޫޝާ އާއި ދިމާލަށް ބަލަންށެވެ. ހަމަ ހިމޭން ކަމުގެ ވަގުތު ފާއިތުވީ ޝައިމަން އައިސް އަތޫޝާއާއި އަރާ ހަމަވުމުންނެވެ. “ކިހިނެއްވެފަ ތި ދެމީހުން ތި ތިބީ… ހިނގާ ދާން” މަމްދޫހުގެ ކޮނޑަށް އެއްއަތް ވައްޓާލަމުން ޝައިމަން މިސްރާބު ޖެހީ މޫދާދިމާލަށެވެ. މޫދުގައި އެންމެން އެތަކެއް ސަކަރާތެއް ކުރިއެވެ. ހުނުމާއި ކުޅުމެވެ. އެހެން ނަމަވެސް އަތޫޝާ އިނީ ބިރުންނެވެ. ހިނިތުން ވެވޭ ކޮންމެ ފަހަރަކު މަމްދޫހަށް ބަލާލެވެނީ ހިތްހަމަ ނުޖެހޭނެތީއެވެ.

އެންމެން މޫދުން އަރައިގެން އައި އިރު ހަވީރު ފަހެއް ޖަހައި ބޮޑުވާނެއެވެ. އަތޫޝާ އާއި ސަނާ ބޭރު ޖޯލީގައި އިށީދެލައިގެން އިނީ ޝަމްހާ ފެންވަރަން ވަނުމުންނެވެ. “ޝާޝާ ވާހަކައެއް އަހާލަންތަ” ޖެހިލުންވެ އިނދެ ސަނާ އަހާލިއެވެ. “ކޮން…” އަތުޝާއަށް ސަނާ އަހަން އުޅޭވާހަކަ އިނގޭ ކަހަލައެވެ. “ދޮންބެ އާއި ވާހަކަ ދައްކަން ޓްރައި އެއްވެސް ނުކުރަންތަ…” ސަނާ އަހަން ނާހަން އިނދެ އެންމެ ފަހުން އަހާލިއެވެ. “ހޫމް…” އަތޫޝާ ކުރު ޖަވާބަކުން ފުއްދާލިއެވެ. ސަނާއަށްވެސް އިތުރަށް އެއްޗެކޭ ބުނަން ނުކެރުނީ އަތޫޝާ އެމައުލޫއަށް އެހާ ގަޔާ ނުވާކަން އެނގުމުންނެވެ. “ޝާޝާ ދޮންބެ އާއި ވާހަކަ ދެއްކުން ރަނގަޅު… ހަމަ މިސްއަންޑަސްޓޭޑިން އަކަށްވެސް ވެދާނެ.. ޕްލީޒް” ސަނާ ޖޯލިން ތެދުވަމުން ފަހު ފަހަރަށް ބުންޏެވެ. ސަނާ ދިޔަ ދިމާލަށް އަތޫޝާ ބަލަން އިނީ ސަނާ ދެއްކި ވާހަކަ ތަކާ މެދުގައި ވިސްނާންށެވެ. ސަނާ އެބުނީވެސް ތެދެކެވެ. މަމްދޫހު އާއި ވާހަކަ ދެއްކުން އެއީ މައްސަލައެއް ނޫނެވެ. އަތޫޝާ މަމްދޫހު އާއި ވާހަކަ ދައްކަންވެސް ބޭނުމެވެ. އަތޫޝާ ޖޯލީގައި އޮށޯވެލީ އުޑުމައްޗަށް ބަލާލަމުންނެވެ. ރަތްވިލާތަކުން މުޅި އުޑުމަތި ފުރާލައިފައި ވާއިރު ވަރަށް ވެސް ފުރިހަމައެވެ. އެގޮތުގައި އަތޫޝާއަށް އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

***********

ބަންގީގެ އަޑަށް އަޅައިގެން އިން ދޮޅި ރީތި ކޮއްލުމައްފަހު ޒައިނަބު މަގްރިބު ނަމާދަށް އެރިއެވެ. ބާރީ މިސްކިތުން އައި އިރުވެސް ޒައިނަބު ކިޔަވަން އިނުމުން އެނދުމަތީގައި އޮށޯވެލައިގެން އޮތީ ޒައިނަބުއަށް އުދަގޫ ނުކުރުމަށެވެ. ޒައިނަބު ދެން އެތަނުން ހިއްލާލާނީ އިޝާ ނަމާދު ކޮއްގެންކަންވެސް ބާރީއަށް އެނގެއެވެ. ބާރީ އެހެން އޮވެ ދިޔައީ ދަރިންނާ މެދުގައި ވިސްނަމުންނެވެ. އަތޫޝާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ބާރީއަށް އަތޫޝާ ވަރަށް ކަމުދެއެވެ. “ކިހިނެއްވެފަ” ބާރީ ސިހުނީ ޒައިނަބު އައިސް މަގަތުގައި އިށީނުމުންނެވެ. “އަތޫޝާ އަކީ ވަރަށް ރަނގަޅު ކުއްޖެއް…” ބާރީ ފުންވިސްނުމެއްގައި އޮވެ ބުންޏެވެ. “ހެހެހެހ އަދި ކިރިޔާތަ ތި އެނގުނީ…” އަޅައިގެން އިން ދޮޅި ބާލަމުން ޒައިނަބު އެހެން ބުނީ ހީލަމުންނެވެ. “އަހަރެން މި ވިސްނަނީ އަތޫޝާ އާއި ޝައިމަން… ޒައިނަބު ކީކޭ ބުނަނީ” ޒައިނަބު އާއި ދިމާލަށް ބަލާލަމުން ބާރީ އެހީ ވަރަށް ސީރިއަސް ކަމާއެކީގައެވެ. “އަހަރެންނަށްވެސް އެމަންޖެ ކަމުދޭ… ޝައިމަންއަށް ކަމުދާނެބާ.. މީހަކާ ކިރިޔާ ނީދެވި އިން ކުއްޖެއް އެއީ… ފާޑު ފާޑުގެ އެއްޗެހިވެސް ކިޔާނެ މީހުން..” ޒައިނަބުގެ މޫނުމަތިން އެއްވެސް ކަހަލަ ހިތްހަމަ ޖެހުމެއް ނުފެނެއެވެ. “ދެން އެވާހަކަ ނުދައްކާ… އަންނާނަން ނަމާދު ކޮއްލައިގެން… މާދަން އެމީހުން އަންނަން ވާއިރަށް މެނދުރަށް ހަދާނެ އެއްޗެއް ގަންނަން ރެޑީގަ ހުންނައްޗޭ..” ޒައިނަބުގެ އަތުގައި ފިރުމާލަމުން ބާރީ ނިކުތީ ބޭރަށެވެ.

…………………………..

ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތަކުން އަތޫޝާގެ އައްސާފައިވާ އިސްތަށިގަނޑު ދިޔައީ ވިހުރެމުންނެވެ. ދޮންވެލި ގަނޑު މަތީގައި އަތޫޝާ އިށީދެގެން އިން އިރު ދިޔައީ މަމްދޫހުއާ މެދު ވިސްނެމެންނެވެ. ގޭ ކައިރީގައި ވާ ބޮޑު ހޮޅިބުރިން މުޅި ހިސާބު ގަނޑަށް ދީފައިވަނީ ވަރަށް ވެސް ގަދަ އައްޔެކެވެ.

“ހޭއި” އަތޫޝާ ފަހަތް ބަލާލިއިރު ފިރިހެންވަތަ ހިނގުމެއްގައި އަންނަމުންދިޔައީ ދެވަނަ މީހެއްނޫނެވެ. އެއީ ޝައިމަންއެވެ. ޝައިމަން ފެނުމާއެކު އަތޫޝާއަށް ހީލެވުނެވެ. “އެކަނި އިންނަން ބިރެއްވެސް ނުގަނޭތަ… ތިހެއް އެކަނި އިންނަނިކޮށް ޖިންނިއެއް އަވަލަ ފާނެ” އަތޫޝާ އާއި ޖެހިގެން އިށިންނަމުން ޝައިމަން ބުންޏެވެ. “އެގޮތް ވެސް ރަނގަޅެއްނު… އޭރުން ބޭނުން ކަމެއް ވާނެ.. ކަންތައް ތަކާ ދޭތެރޭ ވިސްނާކަށް ނުޖެހޭނެ” ވަރަށް ހަމަޖެހިލަމުން އަތޫޝާވެސް ޝައިމަން އާއި ބައިވެރިވިއެވެ. “ހަމަ އަސްލުތަ……… ޝާޝާ ފަހަތް ނުބަލައްޗޭ… ހިނގާ… ހިނގާ މިތަނުން އަވަހަށް ދަމާ” އަތޫޝާގެ ދެކޮލުގައި ދެއަތުން ހިފާލުމައްފަހު ޝައިމަން ބުނީ ވައިއަޑުންނެވެ. އަތޫޝާއަށް ޝައިމަންގެ މުލައްދަނޑީގައި ހފާ ބާރުކޮއްލެވުނު އިރު ދެލޯ ވަނީ ބޮޑުކޮއްލެވިފައެވެ. “ކި ކި ކިހިނެއްވީ” އަތޫޝާއަށް ބިރުން ވާހަކަވެސް ނުދެއްކެއެވެ. “ހަހަހަހ ސާބަސް… އަދިވެސް އުޅޭތި ބިރު ނުގަންނަ ކަމަށް ހެދިގެން… ހަހަހަހ” އަތޫޝާގެ ކޮލުން އަތްނައްޓާލަމުން ޝައިމަން ފެށީ ހޭންށެވެ. “ޝައިމަން ގަނޑު” އަތޫޝާ ތުންކޮޅު އަނބުރާލީ ރުޅިންނެވެ. “ހެހެހެހ ޝާޝާއަށް ކިރިޔާ ނުރޮވުނީ ދޯ…..” ޝައިމަން އަދިވެސް ހުނުން ހުއްޓާކަށް ނޫޅުނެވެ. “ޝާއިމަންއަށް ވަރަށް މަޖާދޯ އަހަރެން ބިރުން އުޅުނީމަ… މަޖާ ކުރޭ….” އަތޫޝާ ރުޅިއައިސްގެން ތެދުވީ ގެއަށް ދިޔުމަށެވެ.

“ހޭއި… ” ފަސްއެނބުރި ދިޔަ އަތޫޝާ ހުއްޓުނީ އަތޫޝާގެ އަތުގައި ޝައިމަން ހިފުމުންނެވެ. “ހާދަ ރުޅި ގަދައޭ ދޯ… ޝާޝާއަށް ހީވޭތަ ޝާޝާއަށް އަހަރެން ހުއްޓާ ކަމެއް ވާނެހެން…” އަތޫޝާގެ އަތުގައި ހިފާ ކައިރިއަށް ގެންނަމުން ޝައިމަން ބުންޏެވެ. ދެންވެސް އަތޫޝާ އެއްޗެއް ބުނަން ނެހެދިއެވެ. “ސޮރީ…. ” ޝައިމަން ދެކަންފަތުގައި ހިފައި ބޯއަރިކޮއްލި ގޮތަކުން އަތޫޝާ ފެށީ ހޭންށެވެ. “ބޭބީ އެއްތަ ތީ… ” އަތޫޝާ ހެމުން ހެމުން ކިޔަމުން ދިޔައެވެ. “ޝާޝާ ބުނެފިއްޔާ ބޭބީއަކަށްވެސް ވެދާނަން” އަތޫޝާގެ ދެއަތުގައި ހިފާ ކައިރިކޮއްލަމުން ޝައިމަން ބުނީ އަތުޝާގެބޮޑު ދެލޮލަށް ބަލަމުންނެވެ. އަތޫޝާގެ ލޮލުގައި ވީ އާދަޔާ ހިލާފަ ވިދުމެކެވެ. އަތޫޝާ ގެނެސް ގަޔާލާ ބޮނޑި ކޮއްލަން ޝައިމަން ބޭނުންވިއެވެ. އަތޫޝާއަށްވެސް އިނދެވުނީ ޝައިމަންއާ ދިމާލަށް ބާލާންށެވެ.

“ޕޮއް” ދެމީހުންނަށް އެއްފަހަރާ ހަޅާއްލަވައިގަނެވުނީ ޝަމްހާގެ އަޑުންނެވެ. “ހހަހަހަ ސާބަސް.” ޝަމްހާ ހެމުން ހެމުން ދިޔައެވެ. އަތޫޝާއަށް ބަލާލެވުނީ ޝައިމަންއަށެވެ. އެއްއަތުން މޭމަތީގައި ފިރުމާލަ ފިރުމާލަހުރި ޝައިމަން ފެނި އަތޫޝާއަށްވެސް ހޭންފެށުނެވެ. “މި ދޮންބެ ގަނޑު އުޅޭނެ ބިރު ނުގަންނަ މީހަކަށް ވެގެން.. އެނގޭތަ ޝާޝާ ދޮންބެ ވަރަށް ބިރު ގަންނާނެ ބިޗޫ ދެކެވެސް..” އަތޫޝާގެ އަތުގައި ހިފައިގެން ގެޔާ ދިމާލަށް ދަމުން ޝަމްހާ ކިޔަމުން ދިޔައެވެ. “ޕިސް ޕިސް… މަށެއް ނުގަނޭ… ބޭކާރު ވާހަކަ ނުދައްކާ ހިނގާ އެންމެން ގޮވައިގެން ކާން…” ސޯޓުގެ ދެޖީބަށް އަތް ޖަހާލުމައްފަހު ޝައިމަން ވަނީ ގެއަށެވެ. އަތޫޝާއާއި ޝަމްހާވެސް ހެމުން ހެމުން ވަނީ ގެއަށެވެ.

ހެމުން ހެމުން ވަތް އަތޫޝާ ފެނި މަމްދޫހު އައީ ރުޅިއެވެ. މަމްދޫހު އައި ރުޅި މަތީގައި ނުކާނެކަމަށް ބުނެ ވަނީ ކޮޓަރިއަށެވެ. އަތޫޝާއަށް މަމްދޫހު ދިޔަ ދިމާލަށް ބަލާލެވުނެވެ. މަމްދޫހު ނުކައި އެދިޔައީ އަތޫޝާގެ ސަބަބުންބާއޭ އަތޫޝާ ހިތައް އެރިއެވެ. “އެބަ އަންނަން” އަތޫޝާ އެތެރެއަށް ވަނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. “ހިނގާ ދާން… އެމީހުން ނުކާންވެގެންނު އެ މަޑުކުރީ.. ހިގާބަލަ… ބަނޑުހައި” ސަނާ ބޭނުންވީ ލިބުނު ރަނުގެ ފުރުސަތު ބޭނުންހިފާންށެވެ. ޝަމްހާއަށް ވިސްނުނެވެ. ރަނގަޅަށް ވިއްޔާ އެވާނީ ސަނާގެ ކަމަކަށްކަމެވެ. ޝައިމަން ހުރި ފިޔަވަޅު މަތީގައި ހުރީ ދާންވީ ބާއޭ ނުދާންވީބާއޭ ހިތައް އަރައެވެ. އަތޫޝާ އެގޮތަށް ދިޔުމުން ޝައިމަންގެ ހިތައް ނޭނގޭ ބިރުވެރި ކަމެއް ވަނެވެ. “ދޮންބޭ ލެޓްސް ގޯ..” ޝަމަހާ ޝައިމަންގެ އަތުގައި ހިފައި ތަޅުވާލުމުން ޝައިމަންއަށް ހޭވެރިކަމެއް ވިކަހަލައެވެ. ކުރިއަށް ހިނގައި ގަތީ ހިތާ ދެކޮޅަށެވެ.

“މަމްދޫހު” ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމުން މަމްދޫހު ދޮރު ހުޅުވިއެވެ.

“ކިހިނެއްވީ”

“ނުކައި ހުރީމަ.. އަހަރެންނާ ހެދިތޯ….”

“އަތޫޝާއަސް ކޮން ކަމެއް އަހަރެން ކެޔަސް ނުކެޔަސް…… އަތޫޝާ ދޭބަލަ މަޖާކުރަން…” މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ.

“މަމްދޫހު… މަމްދޫހު އަހަރެންދެކެ ކޮން ރުޅިއެއް އަންނާކަށް…. އަސްލު މަމްދޫހަށް އަހަރެންދެކެ ރުޅި އައުމުގެ ހައްގު ނުވެސް އޮންނާނެ.. ކައިވެނީގެ ހެދުމުގައި އަހަރެން.. އަހަރެން ހަމަ އެކަނި ޒީނަތްތެރިވީ މަމްދޫހަށް.. އެކަމަކު މަމްދޫހަސް ނުވަގަޑި ބައިވީއިރުވެސް އާދެވުނުތަ.. މަމްދޫހު ބުނެބަލަ.. އެކަހަލަ އެހާ މުހިންމު ރެއެއްގެ އެއަށް ވުރެއް މަމްދޫހަށް މުހިންމު ކޮން ކަމެއް ދިމާވީ.. އަހަރެން ގުޅާ ގުޅާވެސް ފޯނު ނުނަގަން ދިމާމީ ކޮންކަމެއް… ބުނެބަލަ… މަމްދޫހަށް ޖަވާބު ދެވޭނެތަ… ” އަތޫޝާ ރޮމުން ރޮމުން ގިސްލަމުން ގޮސް ތިރިވީ ބިންމައްޗަށެވެ. މަމްދޫހުއަށް ހުރެވުނީ އަތޫޝާއާއި ދިމާލަށް ބަލާންށެވެ.

“އަހަރެން އައިން.. އެކަމަކު އޭރު ކޮބާ އަތޫޝާ” އަތޫޝާގެ އެއްވެސް ސުވާލަކަށް މަމްދޫހުއަކަށް ޖަވާބެއް ނުދެވުނެވެ. ދޭނީވެސް ކިހިނެއް ހެއްޔެވެ. ކަންތައްވީ ކިހިނެއްކަން ހުދު މަމްދޫހުއަކަށް ވެސް ނޭނގެއެވެ.

“އައިމޭ… ކިހާ އިރަކު އައީ.. ބުނެބަލަ… މައްސަލައެއް ނެތް.. މަމްދޫހު އައި.. މަމްދޫހު އައިސްވެސް އަހަރެންނަށް ގުޅާލިންތަ… ބުނެބަލަ.. ބުނެބަލަ.. މަމްދޫހު ބުނެބަލަ.. ބުނެބަލަ އަހަރެންނަށް ވުރެއް ރީތި ކުއްޖެއް ފެނުނީއޭ… ” މަމްދޫހުގެ ޓީޝާޓުގައި ހިފާ ދަމަމުން އަތޫޝާ ދިޔައީ ގިސްލާ ރޮމުންނެވެ. މަމްދޫހަށް ބަލާކަށް ނުހުރެވުނެވެ. އަތޫޝާގެ މެއާލާ ބޮނޑިކޮއްލީ އަތޫޝާ ރޯތަން ބަލަން ކެއްނުވާތީއެވެ. މަމްދޫހުގެ އަތު ތެރޭގައި އޮވެ އަތޫޝާ ދިޔައީ ހިތް ފުރޭވަރަށް ރޮމުންނެވެ.

“ޝާޝާ” ލޯބިން ފުރިގެންވާ ރާގަކަށް މަމްދޫހު ގޮވާލުމުން އަތޫޝާ އިސް އުފުލާ މަމްދޫހަށް ބަލާލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. މަމްދޫހު އަތޫޝާގެ ދެލޮލުގައި ބޮސްދެމުން ދިޔައެވެ.

ކޮޓަރި ބޭރުގައި ހުރިހާ މަންޒަރެއް ބަލަން ހުރި ޝައިމަންއަށް ފަހަތަށް ޖެހެވުނީ ފެނުނު މަންޒަރަކީ ހަގީގަތެއް ނޫންކަމަށް ދުޢާ ކޮއްލަމުންނެވެ. ހިނދު ކޮޅަކަށް ފަހު ހިނދުކޮޅެއް ހިނގުން ބާރުވަމުން ގޮސް ޝައިމަން ދުއްވައިގަތީ ބޭރަށެވެ. ބީޗާ ހަމައަށް އައިސް ހުއްޓިފައި ބިންމައްޗަށް ތިރިވީ ދެލޮލުން ފެންއަންނަމުން ދިޔަ ހާލުގައެވެ. “ޝާޝާ ދެން ކިހިނެއް ހަދާނީ… އަހަރެންނަށް ލޯބިވެވިއްޖެ… ވަރަށް ބޮޑަށް.. ޝާޝާ ވައި އާރ ޔޫ ޑުއިން ދިސް… އާރ..” މޭގައި ހިފާ ބާރަށް ފިއްތާލަމުން ޝައިމަން ކިޔަމުން ދިޔައެވެ. އަތޫޝާ ދެކެ ލޯބިވެވިނީ ކޮން އިރަކު ކަމެއްވެސް ޝާއިމަންއަށް ނޭނގެއެވެ. އަތޫޝާ ލިބޭނެކަމަށް މިއޮށް ހުރިހާ ދުވަހަކު ހީކޮއްގެން ހުރި ހީކުރުން ފެނަށް ވެދިޔައީއެވެ. ޝައިމަން މޫނުމަތި ފުހެލިއެވެ. އަދި ހަމަޖެހުމަށް ފުންނޭވާއެއް ލިޔެވެ.

“މަމްދޫހު….” އަތޫޝާ މަމްދޫހު ފަހަތަށް ކޮއްޕާލުމައްފަހު ކޮޓަރިން ނިކުތީ ދުވެފައެވެ. މަމްދޫހު ބައްދަން ރާނިއެއް އެބައިނެއް ނޫންހެއްޔެވެ. ދެން ކޮންމެހެން އަހަރެން ގައިގަ ބައްދަން ޖެހޭ ހެއްޔެވެ. އަތޫޝާ މަމްދޫހު އާ ދިމާލަށް ހިތް ފުރޭވަރަށް އެއްޗެހި ކިޔެވެ.

*********

ދުވާލުގެ އިރު އެރުމާއެކު އެމީހެއް އެމީހެއްގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ހެނދުނުގެ ނާސްތާއަށް ފަހު ޝައިމަންމެންވެސް ގެއަށް ގޮސް ތައްޔާރު ވެލީ ފުރުމަށެވެ. އަތޫޝާއަށް އިރު އިރު ކޮޅާ ޝައިމަންއަށް ބަލާލެވެއެވެ. ރޭންސުރެން ޝައިމަން ވާހަކަ ނުދައްކާކަން އަތޫޝާއަށް ފާހަގަ ވިއެވެ. ޝައިމަން ވާހަކަ ނުދައްކައި ހުރުމުން ނޭނގޭ ސަބަބަކާ ހުރެ އަތޫޝާއަށް އުދަގޫވިއެވެ.

މަމްދޫހުގެ މޫނުމަތިން އެހެންޔާ ނުފެންނަ ހަމަޖެހުމެއް ހުއްޓެވެ. އަތޫޝާ އާއި ދިމާލަށް މަމްދޫހު ބަލާކަން އަތޫޝާއަށް ފާހަގަވިއެވެ. އަތޫޝާއަށް ނޭނގުނު ކަމަކީ އަތޫޝާއަށް ފާހަގަ ވި ގޮތަށް ޝައިމަންއަށް ވެސް އެކަންތަށް ފަހަގަވި ކަމެވެ.

…………….

“އާޝިއާ މީ ކޮންކަމެއް” މެންދުރުގެ ކެއުމަށް ގެއަށް ވަދެގެން އައި އާދިލް މޭޒުމައްޗަށް އަތުރާފައިވާ ކާތެކެތި ފެނި އާޝޯހުވިއެވެ. “މަމްދޫހު އުޅޭނެ އަންނަން މިހާރު..” އާޝިއާގެ ދެދަތްޕިލަ ފެންނަ ވަރަށް އާޝީޔާ އިނީ ހިނިތުންވެލައިގެންނެވެ. “މަމްދޫހު އެކަނިތަ” ޝައްކުގެ ނަޒަރުން އާދިލް އާޝިޔާއަށް ބަލާލިއެވެ. އާދިލް މުޅި ގޭތެރެއަށް ނަޒަރެއް ހިނގާލިއިރުވެސް ފެންނަނީ އަޖައިބު ކުރުވަނިވި މަންޒަރެވެ. ނޯކަރުން ދެކޮޅަށް ހިނގާލަ ހިނގާލަ އުޅުނީ މުޅިގެ ސާފު ކުރުމުގައެވެ. ހީވަނީ ބޮޑު ޕާޓީއަކަށް ގެ ޒީނަތް ތެރި ކޮއްލާފަ އޮތް ހެނެވެ.

“މީ.. މީ… މިއަދު ޒުލޭހާ އާއި ރާނީ އަންނާތީވެ… އެހެންވެ” އާދިލްގެ މޫނަށް ނުބަލާ ކޮންމެވެސް ކަމެއްގައި މައްސޫލު ވެގެން އުޅެމުން އާޝިޔާ ބުންޏެވެ. “އާޝިއާ ހަމަ އަހަރެން ބުނާގޮތެއް ނަހަދާނަންތަ…” އާޝިޔާގެ އަތުގައި ހިފާ އާދިލް އާ ދިމާލަށް އަނބުރާލަމުން ބުންޏެވެ.

“ކޮން ގޮތެއްތަ.. އެމީހުން އެ އަންނަނީ ހަމައެކަނި ކާން… ” އާޝިޔާގެ މޫނުމަތިން ނުރުހުން ފާޅުވިއެވެ.

“އާޝިއާ ފަހު ފަހަރަށް މިބުނަނީ މަގޭ ދަރިން އިންނާނެ މީހުން ހޯދާނީ އެމީހުން އަމިއްލައަށް… … އާޝިޔާ އަހަރެން އާޝިޔާ ދެކެ ރުޅި އެއް ނާންނަން.. ވިސްނާލަބަލަ.. މަމްދޫހު އަދި ބޭނުމެއް ނުވާނޭ..” އާދިލް ހަމަޖެހެން މަސަކަތް ކުރަމުން ބުންޏެވެ.

“އޭނަ ޖެހޭތަ ވިސްނަން.. އަހަރެން އޭނައަށްޓަކާ އެހާ ބޮޑު ގުރުބާނީއެއް ވީމަ އޭނައަށް އަހަރެނަށްޓަކާ މިކަމެއް ކޮއް ނުދެވޭނެތަ… އަހަރެން އޭނަ އެ އަތޫޝާ އާއި ދުރުކުރުވީ އަހަރެން އެ ދެމީހުން ގުޅެން ބޭނުން ނުވަތީ” އާޝިޔާގެ ރުޅި ގަނޑު ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެހެންނެވެ.

“މަންމާ” އާޝިޔާ އާއި އާދިލްއަށް ދޮރާ ދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ. އާޝިޔާގެ މޫނުމަތިން ފާޅުވާން ފެށީ ދާތިކިއެވެ.

ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49

Next

އިންސާފް .. 06 ވަނަ ބައި

Next
April 12, 2016

އިންސާފް .. 06 ވަނަ ބައި

Previews
April 11, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49

12 Comments!

  1. Rora says:
    April 11, 2016 at 9:49 pm

    Nooo. Shasha shaiman ah dhehcheiii..mamdhooh akah nun

  2. Aimsithu says:
    April 11, 2016 at 9:59 pm

    Alhey… mi partves haadha kurukoh miothy genesdheefa…

  3. Faathun says:
    April 11, 2016 at 10:03 pm

    Alhey.. saasha and shaiman gulhuwahchey..

  4. Beauty queen says:
    April 11, 2016 at 10:07 pm

    Hedhe

  5. lam says:
    April 11, 2016 at 10:14 pm

    Yes. Shaashaa liben jeheynee shaiman ah. V nice story kuriah dhaa goiy. Waiting for the next part. Avahah up kohdhehchey

  6. rose says:
    April 11, 2016 at 10:16 pm

    Good. Amilla sh kurikanthah mamdhoohah beyzaru viyyo.

  7. aff says:
    April 11, 2016 at 10:38 pm

    kamanaaaa .. haadha kurey

  8. raaz says:
    April 11, 2016 at 11:16 pm

    neheeeeeee. shaashaa liben jeheny shyman ah!!! plis mamdhooh akah noon. next part avahah up koh dhehchey. plis plis

  9. Appy says:
    April 11, 2016 at 11:28 pm

    Shaa Shaa n shaiman

  10. ny says:
    April 12, 2016 at 5:37 am

    Kamana plx mamdhooh nd shaashaa nugulhuvahchey. Mihaaraku nugulhe mamdhooh akaa.. Shaashaa nd Shaiman maa gulhey.. V v v v rythi mi partvx. Keep it up?

  11. Shaafy says:
    April 13, 2016 at 12:57 am

    shaa shaa and shaiman gulhunyma mivaahaka ithurah furihamavaane. i think mamdhooh is not a good person cox kithanme rulhiayas loabi vaa kuhjaayah aniyaa eh dhinumaky kohgen vaane kamehnoon.

  12. Please says:
    April 14, 2016 at 6:46 pm

    Alhe avahah up khdhybala plz

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 12..←


All Right Reserved!