Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 16 ވަނަ ބަައި

aasi
April 11, 2016
9 Mins Read
112 Views
14 Comments

އެންމެން ދިއުމުން ހިބާ ބަލަން ހުރެލާފައި ފަހަތަށް އެނބުރުނު ވަގުތު ހިބާ ދިޔައީ ސިއްސައި ގެނެވެ. އެހާ ކައިރީގައި އަޒުމީލު ހުރުމުންނެވެ.

“އަޒުމީލެއް ނުދަންތަ؟” ހިބާ އަހާލި އެވެ.

“އެތަން ބަލަން ދާހިތެއް ނެތް. އެހެންވެ ދެން ހަމަ މަޑުކޮށްލައިގެން ހުރީ.” އަޒުމީލު ބުންޏެވެ.

ހިބާ ފަހަތަށް އެނބުރި ބަލައިލި އެވެ. އޭރު އެންމެން ކުޅިވަރު ކުޅޭ މައިދާނަށް ގޮސްފި އެވެ.

“ހިބާ. ހިބާ ކައިރީ ވާހަކައެއް އަހާލަންތަ.” އަޒުމީލު އަހާލި އެވެ. ހިބާ ބޯ ޖަހާލި އެވެ.

“ހިބާ، ހިބާ ޒާން ދެކެ ލޯބި ވޭތަ؟” ހިބާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ނޭގި ހުއްޓާ އަޒުމީލު އެފަދަ ސުވާލެއް ކުރީމަ އެވެ. ހިބާ ޖަވާބެއް ނުދީ އެތަނުން ދިއުމަށް ހިގައި ގަތެވެ. ހިބާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

“އަހަންނަށް އެނގޭ ހިބާ ޒާން ދެކެ ލޯބިވާކަން.” އަޒުމީލު ހިބާ ފަހަތުން ހިގައި ގަންނަމުން ބުންޏެވެ. “އެކަމަކު ބުނަންތަ، ތި ލޯބިން ހިބާއަށް ހިތް ދަތިކަން ލިބޭނީ. ވަގުތު އޮއްވާ ހިތުން ތިކަން ފޮހެލަން ފެންނަނީ.” އަޒުމީލު އެހެން ބުނުމުން ހިބާ ހުއްޓުނެވެ. އަދި އަޒުމީލުއަށް ބަލައިލި އެވެ.

“ހިބާ އެއްވެސް މީހެއް ދެކެ ލޯތްބެއް ނުވޭ.” ހިބާ އަޒުމީލުއަށް ބަލައިލަމުން ބުންޏެވެ.

“އަހަންނަށް ހިބާގެ ހިތުގަ ވާ ހުރިހާ އެއްޗެއް ނޭގުނަސް ހިބާގެ ރިއެކްޝަންތަކުން އަހަންނަށް ކަނޑައެޅިގެން ބުނަން އެނގޭ ހިބާ ފައުޒާން ދެކެ ލޯބިވާކަން،” ހިބާ އަޒުމީލުއަށް ހައިރާން ވެފައި ބަލަން ހުއްޓެވެ. އަޒުމީލުއަށް އެނގެނީ ކިހިނެއް ހެއްޔެވެ. ސީ.އައި.ޑީ މީހުނަށް މީހުންގެ ހިތްވެސް އެނގޭ ހެއްޔެވެ. މީ ހާދަ ނުރައްކާ މީހެކެވެ. މީނަ ކައިރީ ހުއްޓާ ހިތަށް އެއްޗެއް އަރުވަން ވެސް ނުވާނެ އެވެ.

“ޔޫ ކެން ޓްރަސްޓް މީ،” ހިބާއަށް ވާހަކަ ނުދެއްކިފައި ހުއްޓާ އަނެއްކާވެސް އަޒުމީލު ބުންޏެވެ. “ތެދަށް ބުނެބަލަ، ޒާން ދެކެ ލޯބި ވޭނު؟” އަޒުމީލު އަހާލި އެވެ. ހިބާ އަޒުމީލުގެ ލޮލަށް ބަލަން ހުއްޓެވެ. ބުނަންވީ ހެއްޔެވެ. ލޯބި ވިއަސް އެވާހަކަ މީހެއް ކައިރީ ބުނުމަކުން ވާނެ ކަމެއް އެބަ އޮތްހެއްޔެވެ.

“އާން…. އާން، ހިބާ ފައުޒާން ދެކެ ލޯބި ވޭ،” ހިބާ އެންމެ ފަހުން ޖެހިލުން ވެފައި ހުރެ ބުންޏެވެ. ހިބާއަށް އަމިއްލަ ތުންފައުގައި ދަތް އަޅާލެވުނީ ދެން ވާނެގޮތެއް ނޭގޭތީ އެވެ. “އަޒުމީލު، މިވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި. ޕްލީސް. ހިބާ އަޒުމީލުއަށް ވަރަށް ޓްރަސްޓް ކުރަން.” ހިބާ އަޒުމީލުއަށް ފުރަގަސް ދިނީ ލޮލުން އެވަގުތު ނިރާލައިފައިވާ ކަރުނަ ހިންދާ ލުމަށެވެ.

“ހިބާ، އެކަމަކު ހިބާގެ ހިތަށް ތަދުވުންނޫން ކަމެއް ތި ލޯބީގައެއް ނެތް. ހިބާދެކެ ލޯބިވާ އެހެން ކުއްޖަކު ވެސް ހަމަ ހުރެދާނެނު،” އަޒުމީލު ބުންޏެވެ. “ތިކަމަށް އިންތިޒާރު ކުރުމުގެ ބަދަލުގައި އެފަދަ މީހަކަށް ފުރުސަތު ދިނިއްޔާ މާ ރަގަޅުވާނެނު.”

“ކާކު ބުނީ ހިބާ އިންތިޒާރު ކުރެޔޭ،” ހިބާ އަޒުމީލާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ. “ލޯބި ވުމަކީ ވަކި އެއްޗެއް. އިންތިޒާރު ކުރުމަކީ ލޯބި ހާސިލް ވުމަށްފަހު ކުރަންޖެހޭ ކަމެއް. އެއްވެސް އިރަކު ފައުޒާންއަށް ޓަކައި އިންތިޒާރުގައި އުމުރު ހުސްކޮށްލާކަށް ހިބާއެއް ނެތިން. ހިބާއަށް އެނގޭ ފައުޒާންއާއި ނަދުވާ އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބި ވާކަން. އަނެއްކާ ކިހާ ދުވަހެއް ވެއްޖެ ރައްޓެހި ވެގެން އުޅޭތާ ވެސް. ހިބާ އެކަމަކާ އެހާވަރަކުން ވިސްނާ ހަދާކަށް ބޭނުމެއް ނޫން.” ހިބާ ބުންޏެވެ.

“ތީގެ މާނައަކީ ހިބާ އެހެން ކުއްޖަކާ ގުޅެން ވެސް ތައްޔާރަށް ހުރި ވާހަކަތަ؟” އަޒުމީލު އުންމީދުން ފުރިގެން ވީ ރާގަކަށް ބުންޏެވެ.

“އެހެނެއް ނޫން. ހިބާ އަދި އެގޮތަށް ކުއްޖަކާ ރައްޓެހި ވާކަށް ބޭނުމެއް ނޫން. އެކަމަކު ހިބާ މި ބުނަނީ ފައުޒާންއަށް ޓަކައޭ ކިޔާފަ ލައިފް ދުއްވާ ނުލާނަމޭ.” ހިބާ ބުންޏެވެ.

“ހިބާއަށް ހީވޭތަ ޒާންއާށް ނަދޫ އާއި މެރީ ކުރެވިދާނެ ހެން،” އަޒުމީލު ހިބާއަށް ބަލައި ލަމުން ބުންޏެވެ. “މިހެން މިބުނީ އަހަރެންގެ ހިތް ބުނަނީ ނަދޫ ޒާންއާ ނީންނާނެޔޭ. ނަދުވާ އަކީ ހިބާ ހީކުރާ ކަހަލަ މީހެއް ނޫން.” މާނަފުން ރާގަކަށް އަޒުމީލު ބުނި އެއްޗަކުން ހިބާގެ ހިތުގައި ސުވާލު ތަކެއް އުފެދެން ފެށި އެވެ.

“ނަދުވާ އަކީ ވަރަށް ފޮނިގޮތެއް ހުންނަ އަދި ގޮތްދޫ ނުކުރާ މިޒާޖެއް ލިބިފައިވާ މީހަކަސް ނަދުވާ ފައުޒާން ދެކެ ވަރަށް ލޯބިވޭ. އަދި ފައުޒާންއަށް ވެސް އެކަމެއް ސިއްރުވެފައެއް ނޫން އޮތީކީ. ކޮންމެ ކަހަލަ ކުއްޖަކަށް ނަދުވާ ވިއަސް ފައުޒާން ވެސް އޭނަދެކެ ވަރަށް ލޯބިވޭ.” ހިބާ އަޒުމީލުއަށް ބަލައިލަމުން ހަށަން ބަދެލި އެވެ.

“ޒާންއަށް ނޭގޭ ސިފައެއްވެސް ނަދުވާގެ ހުރޭ. ހިބާއަށް ވެސް ގަބޫލު ނުކުރެވޭނެ އެގިއްޖެއްޔާ.” އަޒުމީލު ބުންޏެވެ.

“ތިބުނީ ކޮންކަހަލަ ސިފައެއްގެ ވާހަކަތަ؟” ހައިރަން ވެފައި ހުރެ ހިބާ އަހާލި އެވެ. އަޒުމީލު ކިޔަން މި އުޅެނީ ކީކޭބާ އެވެ. ހިބާ އެ ވާހަކަ އަޑުއަހާ ހިތް ވެއްޖެ އެވެ.

“ހިބާ ތިބުނީނު ހިބާ އަހަންނަށް ވަރަށް އިތުބާރު ކުރަމޭ،” އަޒުމީލު ހިބާއަށް ފުންކޮން ބަލައިލި އެވެ. ހިތަށް އަރަމުން ދިޔައީ ހުރިހާ ވަހަކައެއް ހިބާއަށް ކިޔައި ދިނުމަށެވެ. “އަހަރެންވެސް ހިބާއަށް ވަރަށް އިތުބާރު ކުރާތީ މިވާހަކަ މި ކިޔައިދެނީ. ހީކުރަން މިވާހަކަ ސިއްރު ކޮށްދޭނެ ކަމަށް.” އަޒުމީލު ބުންޏެވެ.

“ހިންގާ އޭނދަ ފިހާރައިގެ އަށި މައްޗައް.” ހިބާ ހިގައި ގަންނަމުން ކައިރި ދިމާލަކަށް އިޝާރާތް ކުރި އެވެ. “ފައި ވާޅުވެއްޖެ ކޮޅަށް ހުރެ ހުރެ.”

ދެމީހުން ގޮސް އަށިމަތީ އިށީނެވެ. އެހިސާބުގައި މީހަކު ނެތެވެ. ފިހާރާއިގެ ބޭރަށް ދިއްލާފައިވާ ހޮޅިބުރިން އަށިމައްޗަށް ވަނީ އަލިވެފަ އެވެ. ދުރުގަ ތިބޭ މީހުނަށްވެސް އެތާ ބަޔަކު ތިބިކަން އެނގޭނެ އެވެ.

“ކިޔާބަލަ. ޔޫ ކެން ޓްރަސްޓް މީ.” ހިބާ ހަމަޖެހިލަމުން ބުންޏެވެ.

“ނަދޫގެ ވާހަކަ މި ކިޔައިދެނީ އިނގޭ. ބިލީވް މީ. އެއްވެސް ދޮގެއް ނުލާ މި ކިޔައިދެނީ.” އަޒުމީލު ބުންޏެވެ. ހިބާ ބޯ ޖަހާލަމުން ކުރިއަށް ގެންދިއުމަށް ބުނީ އަތުގެ އިށާރާތުންނެވެ.

ކުޅިވަރު ކުޅޭތަން ބަލަން ހުރި ފައުޒާން ދޭތެރެއަކުން ހިބާމެން ތިބި ދިމާއަށް ބަލައިލަ އެވެ. އަޒުމީލުއާއި އެކު ގޮސް އަށިމަތީ ހިބާ އިށީނީން ސުރެން ފައުޒާންގެ ހިތް ނުތަނަވަސް ވަނީ ކީއްވެ ހެއްޔެވެ. އެތެރޭގައި ހުޅު ހިފާ ހުޅުގަނޑު ބޮޑުވަމުން ދާހެން ވެސް ފައުޒާންއަށް ހީވެ އެވެ. އަޒުމީލުއާއި ހިބާ އެ އަށިމަތީ ތިބޭއިރު ދުރުން ހީވަނީ ދެމީހުން ވަރަށް ކައިރީ ތިބި ހެނެވެ. ފައުޒާންގެ ހިތް އަނދަމުން ދަނީ އެވެ. އެދެމީހުން ދައްކަނީ ކޮން ވާހަކައެއްބާ އެވެ. އެދެމީހުން ދައްކާނެ މާގިނަ ވާހަކަތަކެއް އޮންނާނެ ހެއްޔެވެ. ފައުޒާން ޖަހަމުންދާ ބޮޑުބެރާ އެއްވަރަށް ނަށަމުން އެދާ ބޮޑުމަސް ބަލަން ހުރި ކަމުގައި ވިއަސް ހިޔާލު ވަނީ އެހެން ދިމާލަކު އެވެ.

“ހިބާ، މީގެ އަހަރެއް ކުރިން ޒާންއާއި، ވާޒް ދޮންބެއާ، މާޒް އަދި އަހަންނަކީ ވަރަށް އެއްކޮން އުޅެމުން އައި ބައެއް. ވަރަށް ކްލޯސްކޮން އުޅެނީ. އެނގޭނު ދޯ.” އަޒުމީލު ހިބާއަށް ބަލައިލަމުން ބުމަ އަރުވާލި އެވެ. ހިބާ ބޯޖަހާލި އެވެ.

“އަހަރެން ކައިރީ ނަދުވާ ރައްޓެހިވާން އެހީ އަހަރެން ނަދުވާއާއި ދޭތެރޭ ނުވިސްނަ ހުއްޓާ.” އަޒުމީލު އެބުނި ޖުމްލައިން ހިބާއަށް ލިބުނީ ބުނަންވެސް ނޭގޭ ފަދަ ހައިރާން ކަމެކެވެ. ހިބާގެ އަނގަ ހުޅުވިފައި އަޒުމީލަށް ބަލަހައްޓައިގެން ގަބޫލު ނުކުރެވިފައި ހިބާއަށް އިނދެވުނެވެ.

“ހިބާ.” އަޒުމީލު ގޮވާލި އެވެ. “އާރ ޔޫ ލިސްނިން؟”  އަޒުމީލު އަހާލުމުން ހިބާ ބޯ ޖަހާލަމުން އަޒުމީލުއާއި ކައިރި ވެލި އެވެ.

“ނަދުވާ އެގޮތަށް ރައްޓެހިވާން އެހުމުން އަހަރެން ވަރަށް ވިސްނިން. އަދި އަހަންނަށް ހީވީ ނަދޫ އަހަރެން ދެކެ ލޯބި ވާތީ ރައްޓެހިވާން އެހީކަމަށް، އަހަރެން ނަދޫއާއި ރައްޓެހިވުމުން ނަދޫ އެދުނީ އެހަށް އެކަކު ކައިރީ ވެސް އެވާހަކަ ނުދެއްކުމަށް. އެންމެނަށް އެ ޙަބަރު ދޭނީ ބޮޑު ސަރޕްރައިސް އަކާއި އެކުކަމަށް. އެހެންވެ އަހަރެން އެ ވާހަކަ ސިއްރު ކުރީ. އަހަންނާ ނަދޫއާ ދެމީހުން ކޮންމެ ރެއަކު ބައްދަލު ކުރަމުން ދާންފެށިން. ބައްދަލު ކުރުން އޮންނަނީ ގިނަފަހަރު ނަދޫގެ ކޮޓަރީގަ. ނަދޫ މަންމަ ނިދުމުން ނަދޫ އަހަންނަށް ގުޅާނެ. ދެން ވަރަށް ކްލޯސްކޮން އަހަންނަށް ނަދުވާއާއި އެކު އުޅެވެމުން ދިޔައީ. އަހަންނަށް އެހެންވީ ނަދޫ އެގޮތަށް ބޭނުން ވެގެން ކޮންމެ ރެއަކު އުޅޭތީވެ. އެހެންވެ ބައެއް ރޭރޭ ފަތިސް ވަންދެން ނަދޫ ކޮޓަރީ ނިދިފައި ވެސް އަހަރެން އޮންނަން. އަހަންނަށް ނަދޫއާ ނުލާ ދެން ނޫޅޭވޭނެ ހެން ހީވުމުން އަހަރެން ނަދޫ ކައިރީ ބުނީ ހިނގާށެ މެރީ ކުރަން. ހިނގާށޭ އެވާހަކަ އެންމެން ގާތު ބުނަން. ނަމަވެސް ނަދޫ އަނެއްކާ ވެސް އެދުނީ މަޑުކޮށްލަން. ދުވަސް ކޮޅެކަށް މަޑު ކޮށްލާށޭ ބުނީ. އޭރު އަހަރުމެންގެ ގުޅުމަށް ހަތަރު ވަރަކަށް މަސް ވެދާނެ. ޒާން މެނާ އެއްކޮން އަހަރެން އުޅޭ އިރު އެމީހުނަށް ޝައްކު ވެސް ނުވާނެ އަހަރެން ނަދޫއާ ރައްޓެހިވެގެން އުޅޭ ކަމެއް.

އެހެން އުޅެނިކޮން އެއްދުވަހު އަހަރެން ޒާންމެންބަޔަށް ދިޔައިރު އެބައިގައި އޮތީ ބޮޑު ކެއުމެއް ތައްޔާރު ކޮށްފަ. ކުޑައްތަ ހުރީ ވަރަށް އުފަލުން. ސޯފާގައި ޒާން އިންއިރު ޒާންގެ އަތުގައި ހިފާލައިގެން ނަދޫ އިނުމުން އަހަރެންނަށް ވަރަށް ހައިރާންކަން ލިބުނު. ހިތަށް ވެސް ވަރަށް އަސަރު ކުރި. އެދުވަހު، ޒާންގެ އަގައިން ބުނީ، އޭނަ ނަދޫއާ ރައްޓެހިވެގެން އުޅޭތާ މަހެއް ވީކަމުގައި. ވިސްނާލާ އަހަންނަށް ވާނެ ގޮތް. އަހަރެންގެ ހިތުގައި އެތަކެއް ސުވާލު އުފެދިގެން ދިޔަ. އަހަރެންނަށް ގަބޫލު ނުކުރެ ވިފައި ހުރެވުނީ. އަހަރެން ކިހިނެއް ޒާން ކައިރީ ބުނާނީ ހުރިހާ ވާހަކައެއް. ޒާން ހުރީ ވަރަށް އުފަލުން. ކުޑައްތަ ވެސް ހުރީ އެހާ އުފާވެފަ. ޒާން އެހެން ފަހަރު ފަހަރު ކުދިންނާ ރައްޓެހި ވިއަސް މާ ގިނަ މީހުނަކަށް ނާންގާނެ. މާޒްއާއި އަހަންނަށް އެކަނި އެނގޭނީ. އެކަމަކު ނަދޫއާ ރައްޓެހި ވެގެން އެންމެން ކައިރީ ޒާން އެވާހަކަ ބުނުމުމުން އަހަންނަށް އިހުސާސްވީ އެ ރިލޭޝަންއާ މެދު ޒާން ވަރަށް ސީރިއަސް ކަން. އެހެންވެ އަހަރެން ވަރަށް ދެރަ ވިއަސް ޒާންއަށް ޓަކައި ނަދޫ ދޫކޮށްލުން ނޫން ގޮތެއް އަހަންނަކަށް ނެތް. އެރޭ އަހަރެން ނަދޫއާ ބައްދަލު ކުރަން ނަދޫއަށް ގުޅުމުން އެރޭ ދަންގަޑީގަ ތުއްތައްތަ ނިދުމުން ނަދޫކޮޓަރިއަށް އައުމަށް ބުނި. އެރޭ އަހަރެން ދެރަވެގެންނާއި ނަދޫ ކަންތައްކުރި ގޮތުން ނަދޫއާ ދިމާއަށް އަހަންނަށް ކިއުނު އެއްޗެއްވެސް ނޭގެ. އެރޭ ނަދޫގެ ގޮތް އަހަންނަށް ވަރަށް ރީއްޗަށް އެނގުނު. ނަދޫ ބޭނުންވަނީ އެންމެ ކަމެއް. އެކަން ފުއްދައި ދިނުމުން އެމީހެއްގެ ބޭނުން ދަނީ. ޒާންއާއި ނަދޫއާ އެހާ ކްލޯސް ކަމެއް އަހަންނަކަށް ނޭގެ. ގައިމުވެސް ޒާންއަކީ އަހަންނަށް ވުރެން އަޅުވެރި މީހެއް. ނަދޫއަށް އަދި ޒާންގެ ފަރާތުން އޭނަ ބޭނުންވެގެން އުޅޭ ކަމެއް ނުފުދެނީ ކަންނޭގެ.” އަޒުމީލު ވާހަކަ ހުއްޓާލި އެވެ. ހިބާއިނީ ބުނާނެ އެއްޗެއް ވެސް ނޭގިފަ އެވެ. އެފަދަ އަންހެނުން ވެސް ހަމަ އުޅެނީތާއޭ ހިބާ ހިތަށް އަރަމުން ދިޔައެވެ. ހަމަހިމޭން ވަގުތުކޮޅެއް ފާއިތުވެގެން ދިޔަ އެވެ.

“ހިބާއަށް އެނގޭތަ. ނަދޫ މިހާރު ވެސް ރައްޓެހި ވެގެން އުޅެނީ ޒާންއާ އެކަންޏެއް ނޫނޭ،” އަޒުމީލު ހިބާއަށް ބަލައިލަމުން ބުނަން ފެށި އެވެ. “އަހަރެން ދަންވަރު ގެއަށް އަންނައިރު އަހަންނަށް ދެރޭ ފެނިއްޖެ ނަދުވާ ސިޑީމަތީ ފިރިހެން ކުއްޖަކާއެކު ފެންނިގެން ނުވާނެ ގޮތަކަށް ތިއްބާ. އަދި ނަދޫ ކޮޓަރިއަށް ކިތައްރޭ ކުދިން ވައްދާނެ.” އަޒުމީލުގެ ވާހަކަ ނިމުން އިރު ހިބާއިނީ ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ. ދައްކާނެ ވާހަކައެއް ވެސް ނޭގިފަ އެވެ. ގަބޫލު ކުރަން ދަތި ވެފަ އެވެ.

“ހިބާ.. ހިބާ އެއްޗެކޭ ބުނެބަލަ.” އަނެއްކާވެސް ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު އަޒުމީލު ބުންޏެވެ.

“ހިބާ ކީކޭ ބުނާނީ. އަޒުމީލު ފައުޒާންއާއި ވާހަކަ ނުދައްކަން ފެށީ އެހެންވެދޯ. އެކަމަކު އޭގަ ފައުޒާންގެ އޮތީކޮން ކުށެއް.” ހިބާ އަހާލި އެވެ.

“ޒާންގެ ކުށެއް ނެތޭ. އަހަރެންނަށް ޒާންއާއި އެއްކޮން އުޅެން އުނދަގޫ ވީއޭ. އަހަންނާއެކު ނަދޫ އެހާ ކްލޯސްކޮން އުޅެފަ ޒާންއާ ރައްޓެހި ވީމަ އަހަންނަށް ކިހާ އުނދަގޫ ވާނެ. ނަދޫ ބޭނުމެއްނޫން އަހަރުމެންގެ ގުޅުމެއް އޮތްކަން އެކަކު ކައިރީ ބުނާކަށްވެސް. ނަދޫ ޒާންދެކެ ހަގީގީ ލޯބި ވަންޏާ ހުރިހާ ވާހަކައެއް ޒާންއަށް ނަދޫ ކިޔައި ދޭނެ ނޫންތަ. އަނެއްކާ އެހެން ނޫނަސް މިހާރު ޒާން ކައިރީ އެވާހަކަ ދައްކާކަށް އަހަރެން ވެސް ބޭނުމެއްނޫން.” އަޒުމީލު ބުންޏެވެ. ހިބާ އަޒުމީލުއަށް ބަލަހައްޓައިގެން ހުރީ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ފައުޒާން އެންމެ ލޯބިވާ މީހާ އޭނައަށް ބޭވަފާތެރިވީ ކަމުގައި މިހިރަ އަޒުމީލު އެބުނަނީ އެވެ. ފައުޒާންއަށް އެގުމުން ކިހާ ދެރައެއް ވާނެ ހެއްޔެވެ. އެކަމަކު އެވާހަކަ ސިއްރު ކުރުމަކީ ރަގަޅު ކަމެއް ބާ އެވެ. އެކި ކަހަލަ ހިޔާލު ހިބާގެ ހިތަށް އަރަމުން ދާން ފެށި އެވެ.

އެރޭ ކުޅިވަރު ނިމިގެން އެންމެން ގެއާ ދިމާލަށް ދިޔަ އިރު ވެސް އަޒުމީލުއާއި ހިބާ އެ އަށިމަތީ ވާހަކައިގައި ތިބިތަން ފެނުނެވެ. ފައުޒާން އެދިމާއަށް ދާން ހިގައި ގަތުމުން ނަދުވާ އައިސް އަތުގައި އޮޅާލުމުން އެދިމާއަށް ދާން ހިޔާލެއް ނުކުރި އެވެ.

އަޒުމީލުއާއި ހިބާ ގެއަށް އައިއިރު އަޒުމާއާއި ޒެކް ބޭރު ޖޯލީގައި ތިއްބެވެ.

“އަދި މާ އަވަހަށް ތިއައީ،” ހިބާއާއި އަޒުމީލު ފެނުމުން އަޒުމާ ބުންޏެވެ. “އެކި ޖޯޑު ޖޯޑު އެކި ދިމަދިމާއަށް ގޮސް ވެއްޖެ. ތިމީހުން ވެސް ކޮންމެސް ދިމާއަކަށް ދޭބަލަ.” އަޒުމާ އެހެން ބުނުމުން ހިބާގެ މޫނު ލަދުން ރަތް ވެގެން ދިޔަ އެވެ.

“ކީއްކުރަން އަހަރުން ދާންވީ. ދޮންތައަށް އެގޭނު އަހަރުމެންގެ ދޭތެރޭ ތި ހީކުރާ ކަހަލަ ގުޅުމެއް ނެތް ކަން.” އަޒުމީލު ހުރީ ނުރުހުން ވެފަ އެވެ. އަޒުމާއަށް އެގިހުރެ ދިމާކުރަން އުޅެނީކަން އަޒުމީލުއަށް ހީވެގެން ރުޅިއަންނަ ގޮތްވެފައި އަޒުމީލު ހުއްޓެވެ.

ހިބާ އެތާ ނުހުރެ އަވަހަށް ގޭތެރެއަށް ވަދެގެން ދިޔައީ އެވެ. ހިބާ ގޮސް އަންހެން ކުދިން ނިދަން ހަމަޖައްސާފައި ހުރި ކޮޓަރިއަށް ކުއްލިއަކަށް ވަންއިރު އެނދުމަތީ އިށީދެގެން އިން މާޒްގެ އަތުތެރޭ އިން އަޒުކާ ފުންމައިގެން ތެދުވިއެވެ. ހިބާއަށް ވެސް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް ހިނި ގަޑެއް ޖަހާލަމުން އެތަނުން އަވަހަށް ނުކުމެ ދޮރު ލައްޕާލި އެވެ.

ހިބާ އައިސް ސޯފާ މައްޗަށް ވެއްޓި ގަންނަމުން ރިމޯޓު ނަގާ ޓީވީ ހުޅުވާލި އެވެ. ގޭތެރެއަށް ވެރިވެފައިވާ ފަޅުކަން ފިލައިގެން ހިގައްޖެ އެވެ. ހިބާއިނީ ޓީވީއިން އަންނަ ރީތި ލަވައެއް ބަލާށެވެ. ނަމަވެސް ހިބާގެ ހިޔާލަށް އަންނަމުން ދިޔައީ ކުޑަ އިރުކޮޅެއް ކުރިން އަޒުމީލު ދައްކާފައިވާ ވާހަކަ ތަކެވެ. އަދި ފައުޒާންއާއި މެދު ހަމްދަރުދީ ވެވުމުން ދެން ހިޔާލު ކުރެވެން ފެށީ ފައުޒާން ކޮށްފައި ހުރި ކަންތައް ތަކާއި ފައުޒާން ބުނެފައި ހުރި ބައެއް ބަސް ތަކެވެ.

ހިބާ ސިއްސައިގެން ދިޔައީ އަޒުމާ އައިސް ހިބާއަށް ގޮވާލުމުންނެވެ. ހިބާ ގަޑި ބަލައިލި އިރު ބާރަގަޑި ބައިވަނީ އެވެ. ހިބާ ޓީވީ ނިވާލުމަށް ފަހު ކޮޓަރިއަށް ހިބާ ދިއައީ އަޒުމާ ނިދަން ހިގާށޭ ހިބާ ކައިރީ ބުނުމުން ނެވެ. ހިބާއާއި އަޒުމާ ކޮޓަރިއަށް ވަންއިރު ބިންމަތީ ގޮދަޑި އަޅައިގެން ރިފާއާއި އަޒްކާ އޮށޯވެގެން ތިއްބެވެ. ހިބާއާއި އަޒްކާ އޮންނަން ޖެހޭނީ އެނދުގައި ކަމަށް އެ ދެ މީހުން ބުންޏެވެ. ހިބާ ފާހާނާއަށް ވަދެ ތައްޔާރު ވެލައިގެން އައިސް ނިދަން އޮށޯވެގެން އޮތެވެ. ލޮލަށް ނިދި އަންނަ ގޮތެއް ނުވި އެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭގެ އެވެ. ހިބާ އެންމެންނާ ދިމާއަށް ބަލައިލި އެވެ. އޭރު އެކޮޓަރީ އެންމެން ނިދައިފި އެވެ. ހިބާ އިރުކޮޅަކުން ތެދުވެގެން ކޮޓަރިން ނިކުމެ ބަދިގެއާއި ދިމާއަށް މިސްރާބު ޖެހި އެވެ. ފެންފޮދެއް ބޯލައިގެން އައުމުން ނިދިދާނެ ކަމުގައި ހިބާ ހިތަށް އެރި އެވެ.

އައިސް އަލަމާރިން ފެންފުޅިއެއް ނަގާ ތައްޓަކަށް ފެން އަޅާލާފައި ފެންތަށި ހިފައިގެން އައިސް މޭޒުކައިރީ އިށީނެވެ. އެވަގުތު ކޮންމެވެސް މީހަކު އެގޭ ބޭރު ދޮރުން ވަންކަން އިނގުނީ ދޮރުލެއްޕި އަޑަށެވެ. ކާކުބާއޭ ހިތަށްއަރާފައި ހުއްޓާ އެމީހެއްގެ ފޯނު ރިންގުވާ އަޑު އިވުނެވެ.

“ހެލޯ،” އެއީ ފައުޒާން އެވެ. “ދެން ނަދޫވެސް ނިދާބަލަ ވާހަކަ ދައްކާ މޫޑެއްގައެއް ނޫނޭ މިރޭ ޒާން މިހިރީ.” ވަގުތުގެ ހަމަހިމޭން ކަމުން ފެންޑާގައި ހުރި ފައުޒާން ކިޔާއެއްޗިހި ސާފުކޮން ބަދިގޭގައި އިން ހިބާއަށް އަޑު އިވެ އެވެ.

“ދެން މާދަން ރޭވެސް ހިގާލަން ދެވިދާނެނު. ޒާން ހަމަ މިރޭ ހިނގަން ދާހިތް ނުވަނީ އޭ.” ފައުޒާންގެ އަޑުން ހިސާބަކަށް ނުރުހުމުގެ އަސަރު އެކުލެވިގެން ވާކަން ފާހަގަ ވި އެވެ.

“ޒާން ނިދަން މިއުޅެނީ.” ފައުޒާން ފޯނުން ވާހަކަ ދައްކަމުން އައިސް ބަދިގެއަށް ވަދެފައި މޭޒު ކައިރީ އިން ހިބާ ފެނިފައި ހުއްޓުން އެރި އެވެ.

“ދެން ބާއްވަނީ. ގުޑްނައިޓް.” ފައުޒާން ހިބާއަށް ބަލަހައްޓައިގެން ހުރެ އެކޮޅުން ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޯނު ކަނޑާލި އެވެ. އަދި ބަދިގެއަށް ވަދެގެން އައި ގޮތަށް އައިސް ހިބާ ކުރިމަތީ އިށީނެވެ.

:”މިރޭ އަޒުމީލުއާ ހާދަ ވާހަކައެއް ދެއްކިއޭ ދޯ.” ފައުޒާންގެ މޫނުމަތިން ފެންނަން ހުރި ނުރުހުމުގެ އަސަރެވެ. “ކޮން ވާހަކައެއް ދެއްކީ؟”

ހިބާ އަނގައިން ވެސް ނުބުނެ އިނެވެ. އެވާހަކަތައް ފައުޒާންއަށް ކިޔައި ދޭންވީ ހެއްޔެވެ. އޭރުން އަނެއްކާ ރަގަޅު ވާނެ ބާ އެވެ. އެކަމަކު އޭރުން އަޒުމީލުއަށް ހިބާ ކޮށްފައިވާ ވަޢުދު ބޭކާރުވީ އެވެ. އޭރުން އަޒުމީލު ހިބާއަށް ކުރާ އިތުބާރު ގެއްލިގެން ދާނެ އެވެ. ހަދާނީ ކިހިނެއްބާއޭ ހިބާ ހިތަށް އަރަމުން ދިޔަ އެވެ.

“ހިބާ.” ފައުޒާން ގޮވާލި އެވެ. “އައި އޭމް ޓޯކިން ޓު ޔޫ.” ހިބާ ފައުޒާންއަށް ބަލައިލި އެވެ. ބުނުމުން ރަގަޅެއް ނުވާނެޔޭ ހިބާގެ ހިތަށް އަރަމުން ދިޔަ އެވެ.

“ހިބާ ކީއްކުރަންތަ ބުނަންވީ،” ހިބާ ގޮނޑިން ތެދުވި އެވެ. “ފައުޒާން ވެސް ހިބާ ކައިރީ ބުނަންތަ ފައުޒާންއާއި ނަދޫއާއި ދައްކާ ވާހަކަ؟ އެހެން ނޫނަސް ފައުޒާންއަށް ކޮންކަމެއްތަ ހިބާ އަޒުމީލުއާއި ކޮންމެ ވާހަކައެއް ދެއްކި އަސް.” ހިބާ ފެން ތަށި އެއްކޮން ދަމާލި އެވެ. އަދި ބަދިގެއިން ނުކުމެގެން ހިގައްޖެ އެވެ.

ތެދެކެވެ. ހަގީގަތުގަ ޒާންއަށް ކޮންކަމެއް ހެއްޔެވެ. ހިބާ ބޭނުން މީހަކާ ބޭނުން ވާހަކައެއް ދެއްކޭނެ ނޫން ހެއްޔެވެ. އެކަމާ ޒާންއަށް ބެހެވެންވީ ވެސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ. ހިބާ ބަދިގެއިން ނުކުމެގެން ދިޔަ ދިމާއަށް ބަލަން ފައުޒާން އިނެވެ. ހަގީގަތުގައި ވެސް ޒާންއަށް ހިބާދެކެ ލޯބި ވެވިއްޖެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ނަދޫއާއި ރުޅިވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ. މަންމައާއި ތުއްތައްތަ ގައިމު ވެސް ދެރަވާނެ އެވެ. އާއިލާ ތެރޭ މައްސަލަ ޖެހުންނޫން ކަމެއް ނުވާނެ އެވެ. އެތައް އިރަކު އެތާ އެއިންގޮތަށް ފައުޒާން ވިސްނަން އިނެވެ. އެރޭ ނިދޭނެ ކަމެއްވެސް ފައުޒާންއަކަށް ނޭގެ އެވެ.

އަލީއާއި ރަޝީދު ފަތިސް ނަމާދު ނިމިގެން އައިސް ގެއަށްވަނީ ހިބާ މަގުމަތި ކުނިކަހަން އޮއްވަ އެވެ. އޭރު ހިސާބަކަށް ދުނިޔެ މައްޗަށް އަލިވަމުން އާދެ އެވެ. ދޫނިގޮވާ އަޑުން މުޅި މާހައުލުގައި ވަނީ މިއުޒިކެއް އުފައްދާލާފަ އެވެ. ދޭތެރެއަކުން ހާ ގޮވާ އަޑު ވެސް އިވެ އެވެ. ހިބާ ކުނި ނަގަން އުޅެނިކޮން މީހަކު އައިސް ކުނިކޮޅު މަތީ މަޑު ކޮށްލުމުން ހިބާ އިސްއުފުލާ މައްޗަށް ބަލައިލި އެވެ. އެއީ ފައުޒާން ނޫން ދެވަނަ މީހެއް ނޫނެވެ. ހިބާ ކައިރިއަށް ރުޅިއައިސްގެން ކުއްލިއަކަށް ތެދުވެ ފައުޒާންއަތަށް އިލޮށިފަތި ދިނެވެ.

“ތިހާ ކުނި ނަގާ ހިތް ވަންޏާ މި ކުނިކޮޅު ނަގާ ތިހިރަ ބަރޯއަށް އަޅާލާ. އަންނާނަން އަލީބެއާ އަޒްކާ ބައްޕައަށް ކޮފީ ހަދާފަ.” ހިބާ އަވަހަށް އެތެރެއަށް ވަނުމަށް ދުއްވައި ގަތެވެ. އޭރު ރިފާ ބޭރަށް ނުކުންނަނީ އެވެ. ފައުޒާން ރިފާ އާއި  އެކަންތައް ކުރަން ހަވާލުކޮށްލާފައި ހިބާ ފަހަތުން އެތެރެއަށް ވަނެވެ.

“މިއަދު ކޮންކަމެއް އޮތީ؟” ހިބާފަހަތުން ބަދިގެއަށް ވަން ފައުޒާން އަހާލި އެވެ.

“އައްދެ. މިއަދު ފޯރި ހުންނާނެ،” އުނދުން ކައިރީ ރޮށިފިހެން ހުރި މޫމިނާ ބުންޏެވެ. “މިއަދުމީ ފެންކުޅި ކުޅޭ ދުވަސް. ހެދުނު ހަޔަކުން ރޭގަނޑު ހަޔަކަށް ފެން ކުޅެންވީ.”

“މޫމިނާއްތާ. ޒާންއަށް ވެސް ކޮފީ ބޭނުމޭ ހިބާ ކައިރީ ބުނެބަލަ.” ފައުޒާން މޫމިނާ ކައިރިއަށް އައިސް ހުއްޓިލަމުން ކޮފީ ގިރަން އުޅޭ ހިބާއަށް އަޑުއިވޭ ވަރަށް ބުނެލި އެވެ. ހިބާ ލޯ އަޅާލަމުން ފައުޒާންއަށް ބަލައި ލި އެވެ. މޫމިނާ އަނަގައިން ނުބުނެ ހުރީ ހިނި އައިސްފަ އެވެ. ޅަކުދިންގެ ސަމާސާ ގޮތް މޫމިނާއަށް އެނގެ އެވެ.

ހިބާ އަވަސް އަވަހަށް ކޮފީ ހަދާލީ ޖަގެއްގަ އެވެ. ފައުޒާންއަށް ޖޯޑެއް ދިއްކޮށަލުމަށް ފަހު ޖަގާ ހުސް ޖޯޑާ ހިފައިގެން ހިބާ ބަދިގޭން ނިކުމެގެން ހިގައްޖެ އެވެ.

“އެންމެންނަށް ވެސް ފެންކުޅި ކުޅެވޭނެ ދޯ.” ފައުޒާން މޭޒުކައިރީ އިށީންނަމުން މޫމިނާއާއި ވާހަކަ ދައްކަން ފެށި އެވެ. “ކުދި ބޮޑު އެންމެނަށް ވެސް ބައިވެރި ވެވޭނެ ދޯ؟”

“އާން. ގޭތެރެއަށް ފެން ނޭޅޭގޮތަށް ހަމަ މަގުމަތީއާ ގޯތިތެރޭ އެކޮއެމެން އެކަކު އަނެކެއްގެ ގަޔައް ފެންޖަހާ މޫދައްލާ އުޅެންވީ ހަމަ. މިރަށުގަ ނިކަން ފޯރި ގަދަވާނެ މިއަދު. ނުތެމި އެކަކަށް ވެސް ނުހުރެވޭނެ. ގޭތެރޭ އޮންނަ މީހާ އުފުލައިގެން ގެންގޮސް ވެސް މޫދައް ލާނެ.” މޫމިނާ މަޖާ ވެފައި ހުރެ ކިޔައި ދެމުން ދިޔަ އެވެ.

“ހިބާ ދޭބަލަ ކުނި އުކާލަން،” ހުސް ޖޯޑުތައް ހިފައިގެން އައިސް ބަދިގެއަށް ވަން ހިބާ ފެނުމުން މޫމިނާ ބުންޏެވެ. “އެފަރާތުގަ ހުރި ބާލިދީގަ ވެސް ހުންނާނެ ކުނި ބަރޯއަށް އަޅާލައިގެން ދޭ.” މޫމިނާ ރޮށިފިހެ ނިންމާލާފައި ބަދިގެ ކުނިއަޅާ ބާލިދި ހިބާއަތަށް ދެމުން ބުންޏެވެ. ހިބާ އެ ހިފައިގެން ބޭރަށް ނިކުންނަށް ދިޔަ އެވެ. ފައުޒާން އައިސް ބަދިގޭގައި އިން ބޮޑު ޖަގެއް ނެގީ މޫމިނާ ގާތު އަހާފަ އެވެ. އެއަށް ފުރެންދެން ފެން އަޅައިގެން ނިކުމެގެން ދިއައީ ބޭރަށެވެ. އޭރު އެކި ދިމަދިމާއިން ގެނެސް ބަރޯއަށް ކުނިތައް އެޅުމުގައި ގޯތިތެރޭގައި ހިބާ އުޅެ އެވެ. ފައުޒާން އައި ގޮތަށް އައިސް ހިބާގެ ބޮލަށް ފެންޖަގު އެއްކޮން އޮއްސާލި އެވެ.

 

 

 

 

79
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 17

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49

Next
April 11, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 49

Previews
April 11, 2016

މިހިތުގެ ލޯތްބޭ ތީ 17

14 Comments

  1. Ellie says:
    April 11, 2016 at 7:05 pm

    Vv salhi

  2. zai says:
    April 11, 2016 at 7:29 pm

    Alhee haadha kurey

  3. zai says:
    April 11, 2016 at 7:29 pm

    Alhee haadha kurey bt v salhi ingey

  4. Aisha says:
    April 11, 2016 at 7:38 pm

    Hey aasi gurubaa vumy mithithuge ufaa ge 7th part kyve e nufennany… 7ah click kuriyas 6 hulhuveny

  5. Appy says:
    April 11, 2016 at 7:43 pm

    Waiting ………v rythi mi vaahaka

  6. hajj says:
    April 11, 2016 at 7:46 pm

    Mi part ves varah reethi

  7. Aimsithu says:
    April 11, 2016 at 8:04 pm

    Haadha kurey mi part … mirey adhi eh part up kohllabala..

  8. Soabi says:
    April 11, 2016 at 8:29 pm

    Ahbaduves waiting ga hureveny next part ah varah salhi ❤❤❤

  9. Siyaa says:
    April 11, 2016 at 9:55 pm

    Alheyy v v v reethi mivaahaka up nuvefa mithibeveneeves keep it up

  10. Omey says:
    April 11, 2016 at 11:22 pm

    Varah reethi ekamaku lahee up vaaleh

  11. A says:
    April 12, 2016 at 7:35 am

    waiting

  12. Nau says:
    April 13, 2016 at 2:45 pm

    next part up kohdhyy plx

  13. Faxoo says:
    April 25, 2016 at 7:52 pm

    heheh Hiba gayah fen jehy dhw 😛 varah salhi mi bai ves 😀

  14. ali says:
    June 12, 2016 at 5:56 pm

    salhi

Comments are closed.

All Right Reserved!