Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 20

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 14, 2016 8 Mins Read
11 Comments

އަނެއްކާވެސް މިޒްނާ ބޯޖަހާލިއެވެ. ޝިޔާޒް ހިތަށް އަރާނެ އެއްޗެހި މިޒްނާއަށް ވިސްނެއެވެ. މިޝާލް ދެކެ އަންނާނެ ރުޅިވެސް ވިސްނެއެވެ.

“މިޝާލް އަނޫއަށް ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން އަހަންނަކަށް ދެނެއް ނުހުރެވޭނެ، އޭނަގެ ކިބައިން އަނޫ މިނިވަން ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް އަހަރެން ކޮށްފާނަން… މިހާރު އެދުވަސް މިޖެހުނީ، މިއަދު އަނޫއަށް މިހުރިހާ ކަމެއް މިދިމާ ވަނީ ހަމަ އަހަރުމެންނާ ހެދިގެން، އަހަންނާ ޝަމްކޮއާ މަންމައާ ހެދި… މަންމަ އެގޮތަށް އަނޫއަށް މަޖުބޫރު ނުކުރި ނަމަ އަނޫ ދުވަހަކުވެސް މިޝާލްއާ އިންނާކަށް އެއްބަހެއް ނުވީސް. ޝަމްކޮއަށް ޒިހާން ދޫކޮށްލިޔަސް އޭނަ މިޝާލްއާ އިންނާކަށް ނުޖެހޭނެ. ހަމަ އެކަނި އަހަރެންގެ އުފަލަށް ޓަކާ އޭނަ…” ޝިޔާޒް އެވަރަށް ބުނެފައި ހުއްޓާލިއެވެ.

މިޒްނާ އައިސް ޝިޔާޒްގެ އަތުގައި ހިފާލިއެވެ.

“އަހަރެން ގަބޫލު ކުރަން ތިވާހަކަ… ޝިޔާޒް ކުރަން ނިންމާ ކޮންމެ ކަމެއްގަ އަހަރެން ޝިޔާޒްއާ އެކީގަ މިހިރީ، އަހަންނަށް ވީ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން” މިޒްނާ ބުންޏެވެ.

“އެނގޭ ތިކަން… އަހަރެންގެ ނަސީބު ރަނގަޅު ކަމުން އަހަންނަށް މިޒޫ ކަހަލަ ރަނގަޅު ވައިފްއެއް ލިބުނީ” މިޒްނާ ގައިގައި ބައްދާލަމުން ޝިޔާޒް ބުންޏެވެ.

“ޝިޔާޒްވެސް ތީ ގޯސް ފިރިއެއް ނޫނޭ…” މިޒްނާ ޝިޔާޒްގެ މޫޑް ބަދަލު ކޮށްލަން މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ޝިޔާޒް ހީލިއެވެ.

“މިޒޫ، އަންނާނަން ފެން ވަރައިގެން ބޭރަށް ގޮސްލާފަ އިނގޭ، މިޒޫ ބޭނުމިއްޔާ ގެޔަށް ލައިދެންތަ؟” ޝިޔާޒް އަހާލިއެވެ.

“ނޫން، ޝައުމެން ގެޔަށް އަހަރެން ލައިދީ މިރޭ” މިޒްނާ ބުންޏެވެ.

 

“ކޮން ކަމަކާތަ ތިހާ ފިކުރު ބޮޑު ވެގެން ތިއުޅެނީ؟ ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” ދެއަތުން ކޮފީތަށީގައި ހިފަހައްޓައިގެން އިން ޝިޔާޒްއަށް ބަލާލާފައި ޒިހާން އެހިއެވެ.

“ގޯހޭ؟ ކަމެއް ދެން ގޯސް ވާނީ މިހާކަންހާ ވަރަށް” ޝިޔާޒް ސީދާ ޖަވާބެއް ނުދެއެވެ.

“ކިހިނެއްވީ؟ މިޒޫއާ މައްސަލައެއް ޖެހުނީތަ؟” ހިނި އައިސްފައި ޒިހާން އެހެން އަހާލި އިރުވެސް ވެގެން އުޅޭ ގޮތަކީ އެއީ ނޫންކަން ޒިހާންއަށް ޔަގީން ވެއެވެ.

“ޒިހާން، އަނޫ ބަނޑުބޮޑު…” ޝިޔާޒް ޒިހާންގެ މޫނަށް ބަލާލަމުން ބުންޏެވެ.

އެއަޑު އަހަން ޒިހާންއަށް އުނދަގޫ ވީކަން އޭނަގެ މޫނުންވެސް ޝިޔާޒްއަށް ދޭހަވިއެވެ.

ޒިހާން އެއްޗެއް ނުބުނެ ޝިޔާޒްއާ ދިމާއަށް ބަލަން އިނެވެ.

“އެއްޗެއް ބުނެބަލަ ޒިހާން…” ޒިހާންގެ ފަރާތުން އެއްވެސް ބަހެއް ނީވުމުން ޝިޔާޒް ބުންޏެވެ.

“އަހަންނަށް އެނގޭ އަނޫއާ މެދު ޝިޔާޒް ކަންބޮޑު ވާކަން… އެކަމަކު އަހަރެން ކައިރީގަ ތިވާހަކަ ދައްކައިގެން ކޮން ކަމެއް ވާނީ؟ ބައެއް ފަހަރު އަހަރެން ހިތަށް އަރާ އަހަރެން ރުޅި އަރުވަން ވެގެންނޭ ޝިޔާޒް ތިވާހަކަ އަހަރެން ކައިރީގަ ދައްކަނީ…” ޒިހާން ބުންޏެވެ.

“ނޫން، ޒިހާން ރުޅި އަރުވާކަށް ނޫން… އަނޫ އުޅޭ ހާލުގެ ވާހަކަ އެއްވެސް މީހެއް ގާތު ދެއްކެންޏާ އެމީހަކީ ޒިހާން… އެވާހަކަ އަޑު އަހާނެ އިތުރު މީހަކު ނެތޭ، އެހެން ވީމަ ޒިހާން ކައިރީގަ ދެއްކެނީ… އަނޫއާ މެދު ހަމްދަރުދީ ވާނެ ގިނަ ބަޔަކު ނެތްކަން އެންމެ ރަނގަޅަށް އެނގޭނީވެސް ޒިހާންއަށް… އެހެންވެ…” ޝިޔާޒް ބުނެދިނެވެ.

“އަނޫ އުޅޭ ގޮތް ޒިހާންއަށް ބުނެދޭން އަހަރެން ބޭނުން ވަނީ ސަބަބެއް ނެތިއެއްވެސް ނޫން… އޭނައަށް ދިމާ ވެގެން އުޅޭ ކަންތައް… އަހަންނަކަށް ނޭނގެ ޒިހާންއަށް ކިޔާދޭނެ ގޮތެއްވެސް…” ޒިހާން އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޝިޔާޒްއެވެ.

“ކިހިނެއްވީ؟ އަނޫ… އަނޫ ރަނގަޅުތަ؟” ޒިހާންއަށް އަވަސްއަވަހަށް އަހާލެވުނެވެ.

“އަނޫ ރަނގަޅުހޭ؟ ޒިހާން، އަނޫ އެކަންޏެއް ނޫނޭ މިޝާލްގެ ދަރިއަކަށް ބަލިވެ އިނީކީ… އަހާބަލަ ކާކުތޯ” ޝިޔާޒް ބުންޏެވެ.

“ކާކު؟” ޒިހާން އަހާލިއެވެ.

“ޝަމްހާ” ޝިޔާޒްއަށް ބުނެވުނީ ދަތްކުނޑި ވިކާލައިގެން އިނދެއެވެ.

“ޝަމްހާއޭ؟” ޒިހާންއަށް އަހާލެވުނެވެ.

“އާނ، ޝަމްހާ… ދެން ޒިހާން ބުނެބަލަ، އަނޫ ރަނގަޅު ވާނެތަ؟” ޝިޔާޒް އެހިއެވެ.

“އަނޫއަށް އެނގޭތަ؟” ޒިހާން އެއެއް ބަލަން ބޭނުންވިއެވެ.

“އާނ، އެނގޭ” ޝިޔާޒްގެ ޖަވާބު ކުރެވެ.

“އަހަރެން ބުނީމޭ އަނޫ ކައިރީގަ… ޝަމްހާ އަދި މިޝާލްގެ ފަހަތުން އުޅޭނެޔޭ، އެރޭވެސް އަހަރެން ބުނިން… އެކަމަކު… ކޮން ކަހަލަ މީހަކާތަ އަނޫ އިނދެގެން އެއުޅެނީ؟ ޝަމްހާ… އޭނަޔަށް ނޭގެނީތަ ޝަމްހާ އެއީ އަނޫގެ… ނުފެނުނީތަ އެނޫން މީހަކު؟ އަނޫގެ ދައްތައޭ އެއީ… އަނޫއަށް ޖެއްސުމަށް އުޅުނަސް ޝަމްހާވެސް މިޝާލްއާ… މިޝާލްގެ ދަރިއެއް…” ޒިހާންއަށް ދެފަރާތަށް ބޯހަލުވާލެވުނެވެ. ޝަމްހާއާ މިޝާލް ދެކެ އެވަގުތު ރުޅި އާދެވުނީ ދުވަހަކުވެސް މީހަކު ދެކެ ރުޅި ނާންނަ ވަރަށެވެ.

“ޒިހާން، މިޝާލް އަނޫ ވަރިކޮށްފިއްޔާ ޒިހާން މިއަދުވެސް އަނޫއާ އިންނާނަންތަ؟” ޝިޔާޒް ސުވާލު ކުރީ އިރުކޮޅެއް ފަހުންނެވެ.

“ކީއްވެ ތިހެން ތިއެހީ؟” ޝިޔާޒް އެކަހަލަ ސުވާލެއް ކުރަންވީ ސަބަބެއް ޒިހާންއަކަށް ނުވިސްނުނެވެ.

“އިހަށް ޖަވާބު ދީބަލަ، ފަހުން ބުނާނަން” ޝިޔާޒް އެދުނެވެ.

“އާނ، މިހާރުވެސް އަހަރެން އަނޫއާ އިންނަން ތައްޔާރަށް މިހިރީ” ޒިހާން ބުންޏެވެ.

“މިޝާލްގެ ދަރިއަކާ އެކީ ވިޔަސް ޒިހާން އަނޫ ގަބޫލު ކުރާނަން؟” ޝިޔާޒް އަދިވެސް ޔަގީން ކުރަން ބޭނުންވިއެވެ.

“އާނ، އަނޫގެ ދަރިއެއް ވިއްޔާ އެއީ އަހަރެންގެވެސް ދަރިއެއް” ޒިހާން ޔަގީންކަން ދިނެވެ.

ޝިޔާޒް ކިޔާދޭން ފެށިއެވެ. އިއްޔެ މިޝާލްމެން ގޭގައި ވީހުރިހާ ކަމެއް ޝިޔާޒްއަށް އެނގިފައި އޮތް ވަރަކުން ކިޔާދިނެވެ. އަދި މިޒޫ ކިޔާދިން ވާހަކަތައްވެސް ކިޔާދިނެވެ. އަނޫޝާ އެރޭ ނިންމި ގޮތްވެސް ކިޔާދިނެވެ.

“މިޝާލް ޖެހޭނީ އަނޫ ވަރިކުރަން، ވަރިހަމަ ދަރިއަކު ހުއްޓަސް، މުޅި އުމުރުގަ އޭނަގެ ބާރުގެ ދަށުގަ އިންނާކަށް އަނޫއަކަށް ނުޖެހޭނެ. އަނޫ ވަރިކޮށްފަ އޭނަ ޖެހޭނީ ޝަމްހާއާ އިންނަން، އޭނަ ޝަމްހާއާ އިންނަން އަހަރެން މަޖުބޫރު ކުރާނަން… އަނޫ ހީކޮށްފާނެ އަހަރެން ގޯހޭވެސް، އެހެން ވިޔަސް ހެޔޮ، އަނޫ އެތަނުން ސަލާމަތް ކޮށްފަ އަހަރެން ހުއްޓާލާނީ… އެގޮތުން ނުވިއްޔާ އެހެން ގޮތަކުން ވިޔަސް…” ޝިޔާޒް ބުންޏެވެ.

“މިޝާލް ޝަމްހާއާ އިންނަން އަދި އަނޫ އެއްބަސް ވާނެ، އެގޮތުގަ ހިފަހައްޓައިގެން އޭނައަކަށް ނުހުރެވޭނެ، އަހަންނަށް ޔަގީން” ޒިހާންއަށް އެކަން ޔަގީންވެއެވެ.

“މިފަހަރަކު އަނޫ ގޮތްދުލެއް ނުކުރާނެ” ޝިޔާޒްގެ ވިސްނުން ތަފާތެވެ.

“ނޫން… އަނޫ ދުވަހަކުވެސް އެހެން މީހަކަށް ދެރައެއް ވެދާނެ ގޮތަކަށް ކަމެއް ނުކުރާނެ. ޝިޔާޒް ބަލަން ހުރޭ! އަނޫ އަދި އެއްބަސް ވާނެ. އެވަގުތު އޭނަ އައިއްސަ ހުރި ރުޅީގަ ތިހެން ބުންޏަސް އޭނައަކަށް ކެތެއް ނުވާނެ، ޝަމްހާ އަނޫއާ ދޭތެރޭ އެހާ ގޯސްކޮށް ކަންތައް ކުރިއިރުވެސް އޭނަ ޝަމްހާއާ މެދު ވިސްނާނެ، އޭނަ އަދި ގަބޫލު ވާނެ” ބޯހަލުވާލަމުން ޒިހާން ބުންޏެވެ. ޒިހާންއަށް އަނޫޝާ އެނގޭ ވަރަށް އެހެން މީހަކަށް އަނޫޝާ ނޭނގޭނެކަން ޒިހާންއަށް ޔަގީންވެއެވެ.

“އެހެން ވިޔަސް މިފަހަރު އަހަރެން ދުލެއް ނުކުރާނަން” ޝިޔާޒް ޔަގީން ކަމާ އެކީ ބުންޏެވެ.

“ޝިޔާޒް، ކަމެއް ރާވައިގެންތަ ތިއުޅެނީ؟” ޒިހާންއަށް ޝައްކު ވިއެވެ.

ޝިޔާޒް އޭނަ ވިސްނާފައިވާ ގޮތް ޒިހާންއަށް ކިޔާދިނެވެ.

“ޝިޔާޒް! ތީ ރަނގަޅު ގޮތެއް ނޫން” ޒިހާންއަކަށް ޝިޔާޒްގެ ވިސްނުން ކަމަކު ނުދިޔައެވެ.

“އަހަންނަށްވެސް އެނގޭ މީ ރަނގަޅު ގޮތެއް ނޫންކަން. އެކަމަކު… އަހަންނާ ހެދި ފުރަތަމަ މިކަންތައް ފެށުނީވެސް، އަހަންނަށް ނޭނގި ވިޔަސް މަންމައާ ޝަމްކޮގެ ރޭވުމަކަށް ވިޔަސް އަސްލު އަނޫ އެކަމަށް އެއްބަސްވީ އަހަންނާ ހެދި، އެހެން ވީމަ ކޮންމެ ކަމެއް ކޮށްގެން ވިޔަސް އަނޫ މިނިވަން ކޮށްފަ އަހަރެން ހުއްޓާލާނީ” ޝިޔާޒް ބުންޏެވެ.

“މިޒޫއަށް އެނގޭތަ؟” ޒިހާން އެހިއެވެ.

ޝިޔާޒް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހަލުވާލިއެވެ.

“އޭނައަށް އެނގިއްޖެއްޔާ…؟” ޒިހާން އެހިއެވެ.

“އެހާ ހިސާބަކަށް އަދި ނުވިސްނަން… އެކަމަކު މިޒޫއަށް އެނގުނަސް ހުއްޓައެއް ނުލާނަން… ކޮންމެސް ދުވަހަކުން އޭނައަށް ވިސްނޭނެ” ޝިޔާޒް އޭނަގެ ވިސްނުން ބަދަލު ކުރާކަށް ގަސްތެއް ނުކުރެއެވެ.

“ޝިޔާޒް، އަނޫ ބޭނުން ވާނެތަ މިޝާލްއާ ވަކިވާން؟ އަދި މިހާރު ކުއްޖަކު ލިބެން އުޅޭ އިރު…؟” ޒިހާން އެސުވާލު ކޮށްލީ އިރުކޮޅެއް ފަހުންނެވެ.

“އަނޫ އެހެރީ މިޝާލްއާ އިނދެވުނީތީ އުޅެން… އެކަމަކު އެގޮތަށް އުޅެގެން އޭނައަށް ކޮން އުފަލެއް އޮތީ؟” ޝިޔާޒް ބުންޏެވެ.

“ވެދާނެ ތިހެންވެސް، އެކަމަކު އޭނަ ކައިރީގަ އަހާނުލާ ތިކަހަލަ ކަމެއް ކުރަން އުޅޭ އިރު…” ޒިހާންއަށް އަދިވެސް ޝިޔާޒް ނިންމާފައިވާ ގޮތާ އެއްބަހެއް ނުވެވެއެވެ.

“ޒިހާން ތިއުޅެނީ އަހަރެންގެ ނިންމުން ބަދަލު ކުރަން ކަމަށް ވަންޏާ، ދެން ހުއްޓާލާ، ތިކަމެއް ނުވާނެ” ޝިޔާޒް ބުންޏެވެ.

“އެކަމަކު މިޒޫ—”

“މިޒޫއަށްވެސް އެނގޭނެ އަހަރެން މިހެން ކަންތައް ކުރީ ކީއްވެކަން، ދެން ފަހުން ވާނެ ގޮތެއް އަދި ނޭނގެއެއްނު؟ އަދި އެހެން ޗާންސެއްވެސް ލިބިދާނެ” ޝިޔާޒް އެހެން ބުނި ނަމަވެސް އެއީ އޭނަވެސް ބޭނުން ގޮތެއް ނޫނެވެ.

 

ޒަރީރު މިޝާލްއާ ވާހަކަ ދެއްކީ ނަސީރާއަށް ނޭނގިއެވެ. ނަމަވެސް އެކަމުގައި ޒަރީރު ކަންތައް ވާން އެދޭ ގޮތް އޭރު ވަނީ ނަސީރާ ގާތު ބުނެފައެވެ. ޒަރީރުގެ ވިސްނުމާ ނަސީރާގެ ވިސްނުން އެއްގޮތް ނުވި ނަމަވެސް ޒަރީރު ދެއްކި ވާހަކަ އަޑު އަހާފައި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނަސީރާވެސް އެއްބަސް ވިއެވެ.

އަށެއް ޖެހިތަނާ ޒަރީރު ގެޔަށް އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އޭރު ނަސީރާއާ މަޒްނާ ކާން ތައްޔާރު ކުރަނީއެވެ. އަނޫޝާ ސިޓިންގރޫމް ސޯފާގައި އިނެވެ. ގިނަ އިރެއް ނުވެ މައުރޫފްއާ ނިހާންވެސް ކާން އައެވެ.

“އަނޫ، މިޝާލްއަށްވެސް ކާން ގޮވާބަލަ، ބުނޭ ބައްޕަ އެބަ ގޮވައޭ” ޒަރީރު އަނޫޝާއަށް ގޮވާލާފައި ބުންޏެވެ.

އަނޫޝާ ތެދުވެ މައްޗަށް ދާން އުޅުނެވެ. ނަމަވެސް އަނެއްކާވެސް އަނޫޝާއަށް ގޮވާލަމުން އޭނަ ހުއްޓުވީ ޒަރީރުއެވެ.

“އަނޫ، އިހަށް އާދެބަލަ، ބައްޕަ އަނޫ ގާތު ވާހަކައެއް ބުނަން ބޭނުން، މަޒޫ ގޮސްދާނަން ދޯ ދޮންބެއަށް ގޮވާލަން؟” ޒަރީރު ބުންޏެވެ.

އަނޫޝާ އައިސް ކާމޭޒު ކައިރީ އިށިނެވެ. މަޒްނާ މައްޗަށް ދިޔައެވެ. ކާން ހަދާފައި ނަސީރާވެސް އައިސް ޒަރީރުއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“މިޝާލް ރޭގަ އެއްވެސް އެއްޗެއް ބުނިތަ؟” ޒަރީރު އަނޫޝާއާ ސުވާލު ކުރިއެވެ.

އަނޫޝާ ދެފަރާތަށް ބޯހަލުވާލިއެވެ.

“ބައްޕަ ރޭގަ މިޝާލް ކައިރީގަ ބުނިން ޝަމްހާއާ އިންނާށޭ، ކޮންމެވެސް ގޮތަކުން އަނޫއަށް ވިސްނައިދީގެން އަނޫ ރުއްސާށޭ. މިޝާލް ނުބުނޭތަ؟” ޒަރީރު އެހިއެވެ.

“މިޝާލްއެއް ނުބުނޭ. އެކަމަކު އަހަރެންވެސް މިޝާލް ކައިރީގަ ބުނިން ތުއްތައާ އިންނާށޭ” އިސް ޖަހާލައިގެން އިނދެ އަނޫޝާ ބުންޏެވެ.

“އަނޫ ހީނުކުރައްޗޭ ބައްޕަ އެހެން ބުނީ އަނޫއާ މެދު ނުވިސްނާތީއޭ، ނޫނީ އަނޫ އެގޮތަށް ނިންމި ފަހުންވެސް އަނޫއާ ދެކޮޅަށް ބައްޕަ މިޝާލްއަށް ނަސޭހަތް ދެނިއްޔޭ… އެހެންނެއް ނޫން… ބައްޕަގެ އެއްވެސް ކުއްޖަކަށް ދެރަ ގޮތެއް ވާކަށް ބައްޕަ ނޭދެން، މަޒްނާއާ މިލްނާއާ މިޒްނާ ހެން އަނޫއަކީވެސް ބައްޕަ ދެކޭ ގޮތުގަ ހަމަ ބައްޕަގެ ކުއްޖެއް. ލަޔާލްއާ ރައްޔާންއާ އެއްވަރެއް ބައްޕައަށް ވާނީ އަނޫއަށް ލިބޭ ކުއްޖެއްވެސް، އަދި މިޝާލްއާ އެހެން މީހަކަށް ލިބޭ ކުއްޖެއްވެސް، އެހެންވެ ބައްޕަ މިޝާލް ކައިރީގަ އެހެން ބުނީ… އެކުއްޖާއަށްވެސް އެއްވެސް ކަހަލަ ދެރަ ގޮތެއް ވުމަށް ބައްޕައަށް ނޭދެވޭތީ. ބައްޕަ ހީކުރަން އަނޫ ބައްޕައާ މެދު ހިތް ބުރަ ނުކުރާނެ ކަމަށް” ޒަރީރު އަނޫޝާގެ ބޮލުގައި ފިރުމާލިއެވެ.

“އަހަރެން ބައްޕައާ މެދު ހިތް ބުރައެއް ނުކުރާނަން، އަހަރެންވެސް ގަބޫލު ކުރަނީ ތިހެން، އަހަރެންގެ ދަރިފުޅުހެން މިޝާލްއަށް ދެން ލިބެން އުޅޭ ދަރިފުޅަށްވެސް މިޝާލްއާ މިއާއިލާގެ ލޯތްބާ އަޅާލުން ލިބިގެން ބޮޑުވާން، އަހަރެންގެ ދަރިފުޅާ އެއްގޮތަށް އެކުއްޖާއަށްވެސް ހައްގުތަކެއް ވާނެ، އަހަރެންގެ ސަބަބުން، އަހަރެން ބުނި އެއްޗެއްގެ ސަބަބުން އެކަންތައްތަކުން އެކުއްޖާ މަހުރޫމް ވާކަށް އަހަރެން ނޭދެން. އެއްވެސް ކަމެއްގަ އެކުއްޖާގެ އެއްވެސް ކުށެއް ނެތް… ތީ އަހަރެންވެސް ބޭނުންވާ ގޮތް” އަނޫޝާ ބުންޏެވެ.

 

ތިރިއަށް ފޭބި މިޝާލްއަށާ މަޒްނާއަށްވެސް އަނޫޝާއާ ޒަރީރު ދެއްކި ވާހަކައިގެ ފަހުބައި އަޑު އިވުނެވެ. މިޝާލްއަށް އަނޫޝާގެ ވާހަކަ އަޑު އިވުމުން ހިތުގައި އަނޫޝާއަށް ހުސްވަމުން ދިޔަ ޖާގަ އިތުރު ވިއެވެ. އެއަންހެން ކުއްޖާ ދެކެ ވެވެމުން އައި ލޯބި ކުރިއަށް ވުރެން ފުން ވިއެވެ. އަނޫޝާއާ މެދު ކަންތައް ކުރެވުނު ގޮތުން އަދިވެސް ބޮޑަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އަދި އަމިއްލަ ހިތުގެ ހާލު އަނޫޝާއަށް އަންގާނެ ރަނގަޅު ފުރުސަތެއް އަވަހަށް ލިބޭނެ ނަމައޭ ހިތަށް އެރިއެވެ.

މިޝާލް އައިސް އަނޫޝާ ކައިރީ އިށީނެވެ.

“މިޝާލް، އަނޫވެސް ގަބޫލު ވެއްޖެ، ދެން ލަސް ނުކޮށް އަވަހަށް އެކަމާ އުޅޭ އިނގޭ” ޒަރީރު ބުންޏެވެ.

މިޝާލް އަނޫޝާއަށް ބަލާލާފައި ބޯޖަހާލީ ހިތާ ދެކޮޅަށެވެ.

 

ރޭ ހަތަރުދަމު ރޯން އޮތް ޝަމްހާއަށް ފަތިސް ނަމާދު ބަންގީގެ އަޑު އިވުނެވެ. އިރުކޮޅަކު ވިސްނަން އޮވެފައި ތެދުވެ ވުޟޫ ކޮށްލައިގެން ޝަމްހާ ފަތިސް ނަމާދު ކޮށްލިއެވެ. އެތައް ދުވަހެއް ފަހުން ނަމާދު ކޮށްލެވުމުންވެސް ހިތަށް ހަމަ ޖެހުމެއް ލިބިގެން ދިޔަކަން ޝަމްހާއަށް އިހުސާސް ކުރެވުނެވެ.

ނަމާދުކޮށް ނިމިގެން މުސައްލަ މަތީ އިނދެ، އެންމެ ފަހުން ނަމާދު ކުރި ދުވަހެއް ހަނދާން ވޭތޯ ޝަމްހާ މަސައްކަތް ކުރިއެވެ. ރޯދަ މަހެވެ. އެނެމް ފަހުން މިދިޔަ ރޯދަ މަހުގެ ފަހުން ޝަމްހާ ނަމާދެއް ނުކުރެއެވެ. އެވެސް ހިތަށް އެރި ފަހަރަކުއެވެ. އެވަގުތު ދެން އެންމެ ނަމާދެއްވެސް ވައްޓާނުލާ ހުރިހާ ނަމާދެއް ކުރުމަށް ޝަމްހާ އަޒުމް ކަނޑައެޅިއެވެ.

ނަމާދުކޮށް ނިމިގެން ޝަމްހާ އަނެއްކާވެސް އޮށޯތެވެ. ވެދިޔަ ކަންތަކާ މެދު ވިސްނިއެވެ. އަނޫޝާ މަތިން ހަނދާން ވުމުން ފުރަތަމަ ފަހަރަށް ޝަމްހާގެ ހިތުގައި ހަސަދައިގެ އަލިފާންގަނޑު ރޯނުވި ފުރަތަމަ ފަހަރަކީ އެއީއެވެ. ރަނގަޅަށް ވިސްނާލުމުން ޝަމްހާއަށް ހުރިހާ ކަމެއްވެސް ސާފުވިއެވެ.

ޝަމްހާ އަނޫޝާ ދެކެ ރުޅި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަނޫޝާ ދުވަހަކުވެސް ޝަމްހާ ހިތްހަމަ ނުޖެހޭ ނުވަތަ ރުޅި އަންނަ ފަދަ ކަމެއް ކޮށްފައެއް ނެތެވެ. ހުރިހާ ކަމެއްވެސް ކުރީ ޝަމްހާއެވެ. ޝަމްހާއާ ޝަރީފާއެވެ. އަނޫޝާ ފުރަތަމަ އެގެޔަށް އައި ދުވަހުން ފެށިގެންވެސް އެއްވެސް ސަބަބެއް ނެތި އެދެމީހުން އަނޫޝާ ދެކެ ރުޅި އައެވެ. އޭނައަށް އެއްޗެހި ކިޔާ ޖެއްސުންކޮށް މަލާމާތްކޮށް ހެދިއެވެ.

ޝަރީފާ އަނޫޝާ ދެކެ އެހާ ރުޅި އަންނަ ސަބަބެއް ޝަމްހާއަކަށް ނޭނގެއެވެ. ޝަމްހާ އަނޫޝާ ދެކެ ރުޅި އަންނަން ފެށީ އަނޫޝާގެ ރީތކަމާ މެދު ހިތުގައި ހަސަދަވެރިކަން އުފެދުނީތީއެވެ. ބޮޑު ވަމުން އައި ވަރަކަށް އެރީތިކަން އިތުރަށް ފުރިހަމަ ވަމުން އައީތީއެވެ. ޝަމްހާއާ ޝައުފާއާ އެކީ އަނޫޝާ ގޭން ބޭރަށް ނިކުމެލާ މަދު ފަހަރެއްގައިވެސް ފިރިހެން ކުދިންގެ ސަމާލުކަން އަނޫޝާއަށް ހުއްޓޭތީއެވެ.

އަނޫޝާގެ ދޮންދޮން މޫނާ ބޮޑު ދެލޮލެވެ. ދިގު އެސްފިޔަތަކާ ކުޑަކުޑަ ނޭފަތެވެ. ލިޕްސްޓިކްއެއްގެ އެހީއަކާ ނުލާވެސް ގަދަ ފިޔާތޮށި ކުލައިގެ ތުންފަތެވެ. ފަންފަން ކަޅު އިސްތަށިގަނޑެވެ. ބައްޓަން ރީތި ހަށިގަނޑެވެ. ޒަމާނާ ނުގުޅޭ ހެދުން ލާފައި ހުންނަ އިރުވެސް އަނޫޝާއަށް ފިރިހެން ކުދިން ބަލާ ވަރުން ޝަމްހާއަށް އެއްޗެއް ނުބުނެ ނުހުރެވެއެވެ. ނަމަވެސް ޝަމްހާގެ މަލާމާތުގެ ބަސްތައް އަޑުއަހާފައިވެސް އަނޫޝާ އޭނަގެ އަމިއްލަ ގޮތް ބަދަލު ކުރާކަށް ނޫޅެއެވެ.

ޝަމްހާއަށް ވުރެން ގިނައިން ގެޔަށް ފޯން އަންނަނީ އަނޫޝާއަށެވެ. ދަންނަ ފިރިހެން ކުދިން އަހަނީވެސް އަނޫޝާގެ ވާހަކައެވެ. ޝަމްހާއަށް ނުވިސްނުނު ކަމަކީ ރީތި ކަމަކީ ހަމަ އެކަނި ބޭރުފުށުން ފެންނަ ރީތިކަން ނޫންކަމެވެ. އަނޫޝާގެ އަޚްލާގުގެ ރީތިކަމާ ޝަމްހާއަށް ވާދަ ނުކުރެވޭނެކަން އޭނައަށް ނުވިސްނުނީއެވެ.

އަނޫޝާ ދެކެ ޝަމްހާ އަންނަމުން ދިޔަ ރުޅި އޭގެ ހައްދު ފަހަނައަޅާ، އެރުޅީގެ ސަބަބުން ކޮންމެފަދަ ކަމެއްވެސް ކުރަން ޝަމްހާ ބޭނުންވީ ޒިހާންއާ އަނޫޝާގެ ގުޅުން ޝަމްހާއަށް އެނގުމުންނެވެ. އަނޫޝާއަށް ޓަކާ ޒިހާން ޝަމްހާގެ ލޯތްބަށް އިންކާރު ކުރުމުންނެވެ.

އެދުވަހުގެ ފަހުން އަނޫޝާއަށް އެއްވެސް ކަމެއް ކާމިޔާބު ވިޔަ ނުދިނުމަށް ކުރެވުނު މަސައްކަތެއް ކުރަން އަމިއްލަ ނަފްސަށް ވަޢުދުވި ޝަމްހާއަށް މިކުރެވެނީ ކޮންފަދަ ކަމެއްކަންވެސް ވިސްނާނުލެވުނީއެވެ. ހުރިހާ ކަމެއް ވެނިމުނު އިރު ދެރަވީ ޝަމްހާއެވެ. އެކަނިވެ ބާކީވީވެސް ޝަމްހާއެވެ.

ނަމަވެސް މިއަދު ހަސަދައިން ފުރިގެން ވީ ޝަމްހާގެ ހިތް ކޮންމެވެސް ވަރަކަށް ސާފު ވެއްޖެއެވެ. ހެޔޮކަމަކާ ދިމާއަށް އެނބުރުނީތީ އެސިކުނޑިއަށް ހެޔޮވިސްނުން ވިސްނެން ފަށައިފިއެވެ. ކޮންމެ ގޮތަކުން ބެލިޔަސް ކުށްވެރިއަކީ ހަމަ ޝަމްހާއެވެ. އަނޫޝާގެ ކުށެއް ނެތެވެ. އެހުރިހާ ކަމެއްގައި ކުށްވެރިވާ އިތުރު މީހަކު ވާނަމަ އެއީ ޝަރީފާއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ޝަމްހާއާ އެއްކޮޅަށް ހުރުމުގެ ބަދަލުގައި ރަނގަޅު ގޮތަކި ކޮބާކަން ވިސްނައިދިން ނަމަ މިދުވަސް ނައީސް ކަންނޭނގެއެވެ.

އިރުއަރާ ދިޔަތާ އެތައް އިރެއް ފަހުން ޝަމްހާއަށް ނިދުނު އިރު އޭނަ ވަނީ ގޮތެއް ނިންމާފައެވެ.

 

އަނެއް ދުވަހުގެ ރެއެވެ. މިޝާލް ޝަމްހާމެން ގެޔަށް ދިޔަ އިރު ސިޓިންގރޫމްގައި މިޒްނާ އެކަނި އިނެވެ.

“ދޮންބޭ…” މިޝާލް ފެނުމުން މިޒްނާ ތެދުވިއެވެ.

“ކޮބާ ޝިޔާޒް؟ ގޭގަ އުޅެންޏާ ގޮވާލަބަލަ، ޝިޔާޒް މަންމައަށްވެސް” މިޝާލް ބުންޏެވެ.

“މި ގޮވަނީ، ދޮންބެ ވަދެ އިށީނދެބަލަ” ދޮރުމަތީ ހުރި މިޝާލްއަށް އެތެރެއަށް ވަންނަން ބުނެފައި މިޒްނާ ގޮސް ފުރަތަމަ ގޮވީ ޝަރީފާއަށެވެ. ޝިޔާޒްއަށް ގޮވީ އޭގެ ފަހުންނެވެ. މިޒްނާއާ ޝިޔާޒް ތިރިއަށް އައި އިރު ޝަރީފާއާ މިޝާލް ސޯފާގައި ތިއްބެވެ.

ޝިޔާޒްމެންނަށް ނޭނގި އެމީހުންގެ ފަހަތުން ޝަމްހާވެސް ތިރިއަށް ފޭބިއެވެ. ނަމަވެސް އެގޭން މިޝާލް ފެނުމުން ޝަމްހާ އެމީހުންނަށް ނުފެންނާނެހެން ބަދިގޭ ދޮރާ ނިވާ ވެލިއެވެ.

“ކޮން ކަމެއް ދެން ނުވެ އޮތީ؟” މިޝާލް ފެނުމުން ޝިޔާޒް އަހާލިއެވެ.

“ޝަމްހާއާ ކައިވެނި ކުރަން އަހަރެން ބޭނުން ވާތީ، އެކަން ވީހާވެސް އަވަހަކަށް ނިންމަން ވެގެން…” މިޝާލް އައި ބޭނުން ބުނެދިނެވެ.

“އަނޫ ވަރިކޮށްފަތަ ތިއައީ؟” ޝިޔާޒްގެ އަޑުގައި ވަނީ ނުރުހުމެވެ.

“އަނޫ ގަބޫލު ވެއްޖެ” މިޝާލްގެ ޖަވާބު ކުރެވެ.

އެޖަވާބު އަޑު އިވުމާއެކު ޝިޔާޒް ހަނދާންވީ އެދުވަހު ޒިހާން ދެއްކި ވާހަކައެވެ.

“އެކަމަކު އަހަރެން ގަބޫލެއް ނޫން… އަހަރެން ބޭނުމެއް ނޫން މިޝާލްއާ އިންނާކަށް” އެވަގުތު ޝަމްހާ އައިސް އެމީހުންގެ ކުރިމަތީ ހުއްޓެމުން ބުންޏެވެ.

އެދުވަހު ޝަމްހާ ނިންމި ނިންމުމަކީ އެއީއެވެ. އެވަގުތުން ފެށިގެން އަނޫޝާއަށް ދެރަ ވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. ޝަމްހާއަށް ފާފައެއް ކުރެވިއްޖެއެވެ. ދެން އިތުރު ފާފައެއް ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ޝަމްހާއާ ކައިވެނި ކުރާކަށް މިޝާލްއަށް މަޖުބޫރެއް ދެން ނުކުރާނެއެވެ. މިޝާލް އެއްބަސް ވިނަމަވެސް ދެން ޝަމްހާ އެކައިވެންޏަކަށް އެއްބަހެއް ނުވާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ވީކަމެއް ދެން ބަދަލެއް ނުވާނެއެވެ. ޝަމްހާގެ ސަބަބުން ދެން އަނޫޝާއަކަށް އިތުރު ދަތިތަކަކާ ކުރިމަތި ލާކަށް ނުޖެހޭނެއެވެ.

“ޝަމްހާ!” ޝަމްހާ ބުނި އެއްޗަކުން ޝަރީފާއަށް އިންތަނުން ތެދުވެވުނެވެ.

“މިހާރު ކޮން ކަމެއް ބޭނުން ވެގެން ތިއުޅެނީ؟” މިޝާލްވެސް ޝަމްހާ ދެކެ އައީ ރުޅިއެވެ. އޭނައަށް ހީވީ އަނެއްކާވެސް ޝަމްހާގެ ހިތުގައި ކޮންމެވެސް ކަމެއް ރާވަމުން ދާ ހެންނެވެ.

“އެއްވެސް ކަމެއް އަހަރެން ބޭނުމެއް ނޫން… މީ ވެނިމިފަ އޮތް ކަމެއް، އޭރު އަހަރެން އެހެން ބުންޏަސް މިޝާލްއާ އިންނާކަށް މިހާރަކު ބޭނުމެއް ނޫން” ޝަމްހާ ބުންޏެވެ.

“ޝަމްހާ، ތީ ދެން ކޮން ކަމެއް؟ އެނގޭތަ ތިކިޔެނީ ކީކޭ ކަން؟ މިޝާލް އެބުނީ ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ނިންމަން ވެގެން އެވާހަކަ ދައްކާށޭ އެއައީ… ދެން ޝަމްހާ މިހާރު ކީކޭ ތިކިޔަނީ؟” ޝަރީފާ ގާތަށް ރުޅި އައިސްގެން އެހިއެވެ.

“ދެން އިނަސް މީ އެހެން ގޮތަކަށް ލިބުނު ކުއްޖަކަށް ވާނެތަ މަންމާ؟ އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ހަލާކު ކުރުން ނޫން ކަމެއް ނުވާނެ… އެކަން އަހަންނަށް މިހާރުވެސް ކުރެވިއްޖެ… މިޝާލް އަހަންނާ ނީނަކަސް މީ އޭނަގެ ކުއްޖެއް ކަމަށް ގަބޫލު ކުރަންޏާ ފަހުންވެސް އޭނަ އެކަން ދަންނާނެ، އެހެން ވިއްޔާ އެނިމުނީ… އެހެން ކޮން ކަމެއްތަ ދެން އަހަރެން ބޭނުން ވާނީ؟” ޝަމްހާ ގޮތް ދޫކުރާކަށް ގަސްތެއް ނުކުރެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 12..

Next

ފިނިހިތް (ހަތަރުވަނަ ބައި 1/2)

Next
April 15, 2016

ފިނިހިތް (ހަތަރުވަނަ ބައި 1/2)

Previews
April 14, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 12..

11 Comments!

  1. Mar Sha Marsha says:
    April 14, 2016 at 11:46 pm

    Hey allll… i m vvv sorry for being so late…. but something unexpected came up… so now up kollyy mi… i hope kudhin Marsha dheke rulhi naannaane kamah.. ???
    hykuran mi baives kamudhaane kamah.. thnx for reading n commenting.. adhi mufaharuves bunelan beynun readers ge comments ah reply nukurevunas ehcheh hy nukurahcheyyy… its just that i hv so much to do that mikamah ehaa vaguthu nudhevenyyy.. but m vvv happy that u all read my stories n like it.. thnx… n part 21 sunday ga… happy friday to all.. gud night!!

  2. Ellie says:
    April 14, 2016 at 11:58 pm

    Alhe haadha lahakun thi up kohly. Mihaaru vaahakathakah inthixaAr koh, koh varubali vegen nidhijehey varu vejje.

  3. Ellie says:
    April 14, 2016 at 11:58 pm

    Alhe haadha lahakun thi up kohly. Mihaaru vaahakathakah inthixaAr koh, koh varubali vegen nidhijehey varu vejje.

  4. aish says:
    April 15, 2016 at 12:24 am

    wow nice. nidhifa ovaa huvafenun fenunee vaahaka up vefa hutaa. anoo mishaaal aa eykee happy ko ulheyne dhi

  5. Appy says:
    April 15, 2016 at 11:15 am

    Anoo n xihaan

  6. aff says:
    April 15, 2016 at 12:12 pm

    wow wow .. story vrh habeys .. maarsha 21 vaa sunday en neh .. 17 vaa sunday dhw .. olhuny dhwla .. marsha ur the best .. love yrhhh ☺?

  7. Aimsithu says:
    April 15, 2016 at 1:07 pm

    Noon.. hama 21st episode sunday ah onnaany… mihaaru mi nimuny 20th ennu

  8. aff says:
    April 15, 2016 at 1:15 pm

    oh ..ur right aimsithu .. olhuny .. ?

  9. Hooo says:
    April 15, 2016 at 9:04 pm

    Mihaaru beynumis anu and mishal. Den Shamha ah xihaan die.

  10. eeeek says:
    April 15, 2016 at 10:25 pm

    hehe.. not bad hooo.. well you think zihaan should die??/ but i think anoo should get xihan. and shamha will die like she will suisid and then mishal will change and he will get another gud wife. maybe a twin of anu. and then anus baby will die too because anu and mishal had se* when she was pregnant. so i think that will happen. and anu will be preg to xihaans child and they live happily ever after.. tadaaa… 🙂

  11. riuman says:
    April 16, 2016 at 1:09 pm

    noo !!! anu ah mishai

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 21←


All Right Reserved!