Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބެ ތީ 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
April 12, 2016 9 Mins Read
18 Comments

“އަނޫ، ޕްލީޒް… އިހަށް އަޑު އަހާބަލަ!” މިޝާލް އަނެއްކާވެސް އަނޫޝާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ދެން އިތުރަށް އަޑު އަހަން ކޯޗެއްތަ އޮތީ؟ ހުރިހާ އެއްޗެއް އަޑު އިވިއްޖެ” އަނޫޝާ ބުންޏެވެ. އަދި ނަސީރާ ކައިރިން ލާފައި ގޮސް ދުވެފައި ސިޑިން ފޭބިއެވެ.

މިޝާލް އަނޫޝާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ނަސީރާ މިޝާލްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ފުރަތަމަ ގޮސް ގަޔަށް އެއްޗެއް ލާބަލަ! އޭގެ ފަހުން ތިދައްކާ ވާހަކައެއް ދައްކަން އުޅޭ. ޝަމްހާވެސް އާދޭ ތިރިއަށް” ނަސީރާގެ ކޮންމެ ބަހެއްގައިވެސް ވަނީ ނުރުހުމެވެ.

ނަސީރާ ތިރިއަށް ފޭބިއިރު ބަދިގޭގައި އަނޫޝާ ރޯން ހުއްޓެވެ. ނަސީރާ ގޮސް އަނޫޝާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

“އަނޫ…” ނަސީރާ ގޮވާލިއެވެ.

އަނޫޝާ އެނބުރިފައި ލޯފޮހެލިއެވެ. ސުވާލު ނުކުރި ނަމަވެސް ނަސީރާ ބޭނުން ވަނީ ހުރިހާ ކަމެއް އޮޅުން ފިލުވަން ކަން އަނޫޝާއަށް އެނގެއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އަނޫޝާވެސް ހުރީއެވެ.

“އަނޫ އަނގައިން ނުބުނެ ހުއްޓަސް މަންމައަށް އެނގިއްޖެ ވީގޮތް. ޝަމްހާއާ މިޝާލްގެ މެދުގަ އޮންނަން ނުވާ ގުޅުމެއް އެބައޮތް… މަންމައަށް ވިސްނިއްޖެ އެވަރު. އެކަމަކު ޝަމްހާ… މަންމަ ޝަމްހާއާ ދިމާއަށް ވަކި ކީކޭ ބުނާނީ؟ މިޝާލްވެސް…” ނަސީރާއަށް އެކަމާ މެދު ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“މިޝާލްގެ ފަރާތުން މިކަހަލަ ކަމަކަށް ނޫނީ އުންމީދެއްވެސް ނުކުރެވޭ… އަހަރެންގެ މޮޔަކަން… އެކަމަކު ތުއްތަ… އަހަންނާ ދެބޭންގެ ދެދަރި މީހެކޭ އެއީ… އަހަރެން އޭނައާ މެދު ދެކުނީ ކިހިނެއް…؟ އެކަމަކު އެދެމީހުން… އެއްވެސް އެއްޗެއް ހިތަށް ނޭރި އެހެން އުޅުނު އިރު… އެއީ ތުއްތަ ނޫން އެހެން މީހެއް ނަމަ އަހަރެން މިހާ ދެރައެއްވެސް ނުވީސް ކަންނޭނގެ… އޭނަ ހިތަށް ނޭރި އަހަރެން ފުރަތަމަ މިޝާލްއާ އިނީވެސް އޭނައަށް ޓަކާ ކަމެއް…” ނުރޯން މަސައްކަތް ކުރި ނަމަވެސް އަނޫޝާއަށް ރޮވެނީއެވެ.

“ތިހެން ދޫކޮށްނުލާ އަނޫ، އަހަރުމެން މިތިބީ އަނޫއާ އެކީ، ދޭ، ގޮސް ދޮންބެ ކައިރީގަ ބުނޭ އެކަން ހުއްޓާލާށޭ. ތީ އޭނަގެ އަންހެނުން، އަނޫ ތީނީ ދޮންބެގެ ދަރިއަކަށް ބަލިވެ… ކީއްވެ އަނޫ އެއްޗެއް ނުބުނެ ހުންނަންވީ؟ އަނޫއަށް ބުނެވޭނެ، އެޝަމްހާ މިހާރު މިގޭން ނެރޭށޭ ބުނޭ” މަޒްނާ އައިސް އަނޫޝާގެ އަތުގައި ހިފާލަމުން ބުންނެވެ.

“ދޮންތަމެންނަކަށް ނޭނގޭނެ—” އަނޫޝާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނަސީރާ އަނޫޝާއަށް ފުރުސަތެއް ނުދިނެވެ.

“ހިނގާ! ލަސް ކުރާނެ ކަމެއް ނެތް. ފުރަތަމަ ގޮސް އެޝަމްހާ ކައިރީ ބުނޭ މިގޭން ނިކުންނާށޭ، މިޝާލް އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްލައިގެން ކަމަކު ނުދާނެ… ކޮންމެ ގޮތެއް ވިޔަސް މިޝާލްގެ ދަރިއަކަށް ބަލިވެ އިން މިޝާލްގެ އަންހެނުންނާ އެޝަމްހާއަކާ އެއްވަރެއް ނުވާނެ” ނަސީރާ އަނޫޝާގެ އަނެއް އަތުގައި ހިފައިގެން ބަދިގޭން ނިކުންނަން އުޅުނެވެ.

“އެއްވަރު ނުވެފަ ކޮބާތަ މަންމާ؟ އަހަންނާ އޭނަޔާ އޮތް ތަފާތަކީ އޭނަ މިޝާލްއާ ނީނދެ ހުރިކަން އެކަނި” ނަސީރާގެ އަތް ފޮޅުވާލަމުން އަނޫޝާ ބުންޏެވެ.

“ކީކޭ…؟ ކީކޭ އަނޫ ތިބުނީ؟” ނަސީރާއަށް އަހާލެވުނެވެ. އަނޫޝާ ބުނި އެއްޗެއް އަޑު ނީވިގެންނެއް ނޫނެވެ. ގަބޫލު ކުރަން ދަތި ވުމުންނެވެ.

“އޭނަވެސް އޭނީ މިޝާލްގެ ދަރިއަކަށް ބަލިވެޔޭ… ކައިވެންޏެއް މުހިންމު ނުވެ އެހާ ހިސާބަށް އެމީހުންގެ ގުޅުން ދިޔަ އިރު އަހަންނާ ތުއްތައާ ތަފާތަކީ ހަމަ އެކަނި މިޝާލްގެ އަނތްބަކަށް އޭނަ ނުވިކަމެއް ނޫންތަ؟ މިޝާލް ބޭނުން ގޮތެއް އަހަންނަށް ހަދާފަ ތުއްތައާ އެކީ…” ރޮމުން އަނޫޝާ ބުންޏެވެ.

ކޮޓަރިއަށް ވަދެ ޓީޝާޓަކާ ޖިންސެއް ލައިގެން ނިކުތް މިޝާލްގެ އަތުގައި ޝަމްހާ ހިފެހެއްޓިއެވެ.

“މިޝާލް، ޕްލީޒް… އެކަކު ކައިރީގަވެސް އިހަށް ނުބުނައްޗޭ” ޝަމްހާ ބުންޏެވެ.

“އަހަރެންތަ ބުނީ؟ ޝަމްހާ އަމިއްލައަކަށްނު އަނޫ ކައިރީގަ ބުނީ؟ އޭރު ކީއްވެ ސިއްރުކުރަން ނޫޅުނީ؟ އެހެން ނޫނަސް އަނޫ މިހާރު މަންމަމެން ކައިރީގަ ނުބުނެއެއް ނުހުންނާނެ” ޝަމްހާ އަނޫޝާއަށް އެކަން އެންގި ގޮތުން ހިތްހަމަ ނުޖެހިފައި ހުރި މިޝާލް ޝަމްހާގެ އަތް ފޮޅުވާލިއެވެ.

“އޭނައަކަށް ނުކެރޭނެ ބުނާކަށް. އެކަކަށްވެސް ނޭނގޭނެ އަދިއެއް… މިޝާލް، މިގޭ މީހުންނަށް އެނގިއްޖެއްޔާ އަހަރެންގެ މަންމައަށް އެނގޭކަށް ދެން ލަހެއް ނުވާނެ… ޕްލީޒް، އިހަށް ނުބުނާތި…” ޝަމްހާގެ އަޑުގައި ވަނީ އާދޭހެވެ.

“އަނޫ ނުބުނަންޏާ އަހަންނެއް ނުބުނާނަން” ޝަމްހާއަށް ބަލާލަމުން މިޝާލް ބުންޏެވެ. އަދި ތިރިއަށް ފޭބިއެވެ. ޝަމްހާވެސް މިޝާލްގެ ފަހަތުން ފޭބިއެވެ.

ބަދިގޭން ނިކުމެ ދޮރުމަތީ ނަސީރާއާ މަޒްނާ އަދި މިލްނާއާ އެކު ހުރި އަނޫޝާ އެންމެ ފަހުން ދެއްކި ވާހަކަ މިޝާލްއާ ޝަމްހާއަށް އަޑު އިވުނެވެ. އެއާއެކު މިޝާލް ޝަމްހާއަށް ބަލާލާފައި އަނޫޝާއަށް ބަލާލިއެވެ. އެމޫނު ފެނުމާ އެކު މިޝާލްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އިސްޖަހާލެވުނެވެ.

އަނޫޝާގެ ވާހަކަ އަޑު އިވިފައި ބުނާނެ އެއްޗެއް ނަސީރާއަކަށް ނުވިސްނުނެވެ. ޝަމްހާ ފެނުމުން ނަސީރާ ބަލާލީ ފޫހިކަމާ އެކީގައެވެ. އެވަގުތު މިޝާލް ދެކެ ރުޅިއައި ވަރަށް ނަސީރާ ދުވަހަކުވެސް ރުޅިއެއް ނާދެއެވެ. މިޝާލްގެ މޫނަށް ބަލާލާފައި ނަސީރާ ދިޔަ ގޮތަށް ގޮސް މިޝާލްގެ މޫނުމަތީ ޖެހިއެވެ.

“ދެންވެސް ނުކުރެވި އޮތް ނުބައި ކަމެއް ވިއްޔާ އަވަހަށް ގޮސް ކުރޭ… ތިވަރުން ހުއްޓާލައިގެން ނުވާނެ” ނަސީރާ ބުންޏެވެ. އަދި މަޑުވެސް ކޮށްނުލާ ގޮސް ސިޓިންގރޫމްގައި ހުރި ފޯން ނަގާ މިޒްނާއަށް ގުޅާލިއެވެ.

“މިޒްނާގެ މައިދައިތައާ ޝިޔާޒް ގޮވައިގެން މިގެޔަށް އާދެބަލަ މިހާރު” މިޒްނާ ފޯން ނެގުމާ އެކީ ނަސީރާ ބުންޏެވެ.

“ކިހިނެއްވީ މަންމާ؟” ނަސީރާ ވާހަކަ ދެއްކި ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން މިޒްނާއަށް ޔަގީން ވިއެވެ.

“އައިމަ އެނގިދާނެ… އަވަހަށް އަންނާތި” ފޯނުން އެއްވެސް ވާހަކައެއް ދައްކާކަށް ނަސީރާ ގަސްތެއް ނުކުރެއެވެ. ފޯން ބާއްވާފައި އެބުރުނު ތަނާ ޒަރީރު ގެޔަށް ވަނެވެ.

ގޭތެރޭގައި އެންމެން ތިބި ގޮތުން ޒަރީރު އެންމެންނަށް ބަލާލިއެވެ.

“ކިހިނެއްވީ؟” ޒަރީރު ސުވާލު ކުރީ ނަސީރާއާއެވެ.

“މިޝާލްގެ ކަންތަކާއެއްނު އަހަރުމެން އަބަދުވެސް ކަންބޮޑުވާން ޖެހޭނީ… މަރުވަންދެން އުޅެން ޖެހޭނީ މިހެން… މިއަދު އަހަރެން ހިތަށް އަރާ އަހަންނަށް ފިރިހެން ދަރިއަކު ނުލިބުނު ނަމަ މާރަނގަޅޭ” އެވަގުތު ނަސީރާގެ ހިތުގައިވި އެއްޗެއް ނަސީރާ އެންމެންނަށް ހާމަ ކުރިއެވެ.

ނަސީރާގެ ދުލުން އެހެން ބުނި އަޑު އިވުމުން މިޝާލް ދެރަވިއެވެ. ނަމަވެސް އެހެން ނަސީރާ އެބުނީ ކިހާވަރެއް ވެގެން ކަން މިޝާލްއަށް އެނގެއެވެ. ކުރިން ދުވަހަކުވެސް މިޝާލް ދެރަވާނެ ފަދަ ބަހެއް ނުބުނާ މަންމަ މިއަދު އެހެން އެބުނީ ކެތް ނުވެގެން ކަންވެސް މިޝާލްއަށް އެނގެއެވެ. ވެދިޔަ ކަންތައް ބަދަލު ކުރެވޭނެ ފަދަ ބާރެއް ލިބޭނެ ނަމައޭ އެވަގުތު މިޝާލް ހިތަށް އެރިއެވެ. ހަމަ ގައިމުވެސް އޭރުން މާޒީގައި މިޝާލްއަށް ކުރެވިފައިވާ ހުރިހާ ގޯސް ކަމެއް މިޝާލް ރަނގަޅު ކުރާނެއެވެ. އަމިއްލަ ނަފްސަށް ވުރެން ބޮޑަށް ނަސީރާއަށް ޓަކައެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ފާއިތު ވެއްޖެ ވަގުތަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

“ވީގޮތެއް ބުނެބަލަ” ޒަރީރު ދެވަނަ ފަހަރަށް އެހެން އެހީ ނަސީރާ އެވަރުގެ ބަހެއް ބުނާނީ ވަރަށް ބޮޑު ކަމެއް ވެގެން ކަން ޔަގީން ވާތީއެވެ.

ނަސީރާ ޒަރީރުއަށާ އެތާ ތިބި އެންމެންނަށް ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ނަމަވެސް ޝައުފާ ވިހޭ ދުވަހުގެ ވާހަކައާ ހަމައަށް ދިޔުމާ އެކު އަނޫޝާ ނަސީރާއަށް ގޮވާލަމުން ނަސީރާގެ އަތުގައި ހިފެހެއްޓިއެވެ.

“މަންމާ! ދެން ހެޔޮ…” އަނޫޝާ ބުންޏެވެ.

“އަދިވެސް ސިއްރު ކުރަންތަ އަނޫ ތިއުޅެނީ؟ ކިހާ ދުވަހެއް ވަންދެން؟ އަހަންނަކަށް ދެން ނުހުރެވޭނެ… ނުބުނެ ލަސްވެސް ވެއްޖެ…” ނަސީރާ ބުންޏެވެ. އަދި އަނެއްކާވެސް ކިޔާދޭން ފެށިއެވެ. އެވަގުތު މިޒްނާ އައިސް ވަނެވެ. އެގެއިން ޝަމްހާ ފެނުމުން ވެގެން އުޅޭ ގޮތް މިޒްނާއަށް ވިސްނުނެވެ.

އެތާ ތިބި އެންމެންނަށް ބަލާލަމުން ވީހާވެސް ކުރުކޮށް މިޝާލް އަނޫޝާއާ މެދު ކަންތައް ކުރި ގޮތް ނަސީރާ ކިޔާދިނެވެ. މިލްނާއާ މިޒްނާއާ މަޒްނާ އަދި އަދި ޒަރީރުވެސް ތިބީ އެވާހަކަ ގަބޫލު ކުރަން ދަތިވެފައެވެ. އެވާހަކަ ކިޔާދިން އިރު ނަސީރާގެ އިތުރުން މިޒްނާގެ ލޮލުންވެސް ކަރުނަ އައެވެ.

އެދުވަހު އެގޭން އަނޫޝާއަށް ޝަމްހާ ފެނުނު ގޮތާ އެންމެ ފަހުން އަނޫޝާ ނަސީރާ ކައިރީގައި ބުނި ވާހަކަވެސް ނަސީރާ އެންމެންނަށް ކިޔާދިނެވެ.

“އަހަރެން ހަމަ ހައިރާން ވެއްޖެ… މިޝާލްގެ އުމުރުން މިވީ އަށާވީސް އަހަރުތެރޭ އަހަރެން މިޝާލްގެ މަންމައާ ދިމާއަށް ބާރަށް އެއްޗެއް ބުނި އަޑުވެސް އެހިންތަ ދުވަހަކުވެސް؟ އިނދެގެން އުޅޭ ދެމީހުންގެ މެދުގަ މައްސަލަވެސް ޖެހޭނެ… އެކަމަކު ތީތަ ހަދަންވީ ގޮތަކީ؟ މަޒްނާއާ މިލްނާވެސް ކައިވެނީގެ ފަހުން އެއުޅެނީ މިގޭގަ، އެމީހުންގެ ފިރިންގެ ފަރާތުން އެކަހަލަ ކަމެއް ފެނުނުތަ؟ ޕިސްޕިސްޕިސް….” ޒަރީރު ދެފަރާތަށް ބޯހަލުވާލިއެވެ.

“އަހަރެން ހީކުރީ މިޝާލް ރަނގަޅު ވާން އުޅެނީ ކަމަށް… މިދެތިން ދުވަހަކު ފެންނަމުން ދިޔަ މަންޒަރުން އަހަރެން މިހުންނަނީ ވަރަށް އުފަލުން… ހައަހަރު ހަތް އަހަރު ވީއިރުވެސް އަހަރުމެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް އަނޫ ކޮށްފިޔޭ ހިތާ… އެކަމަކު… މިޝާލްގެ ފަރާތުން އަހަރުމެންނަށް ހިތްހަމަ ޖެހުމެއް ލިބިދާނެ ކަމަށް ހީކުރެވުން އެއީ އަހަންނަށް ކުރެވުނު މޮޔަ ކަމެއް…

އަހަރުމެންނަށް ފެންނަމުން ދިޔަ ކަންތައް މަދު ވެގެންތަ މިޝާލް މީހަކާ އިނދެގެން އާކަންތައްތަކެއް ތިފެށީ؟ އަނޫއާ މެދުގަ ތިހެން ކަންތައް ކުރާއިރު ހިތަކަށް ނާރާތަ އެއީ އިންސާނެކޭ؟ ހަނދާން ވޭތަ ފަހުންވެސް ދުވަހެއް އޮތްކަން؟

މަންމަ ބުނަނީ ހަމަ ރަނގަޅަށް… އަހަރުމެންނަށް މިޝާލް ދެކެ މާބޮޑަށް ލޯބި ވެވުނީ… ލޯބިން ގޮސް ހަލާކު ކޮށްލެވުނީ…” ދުވަހަކުވެސް އެއްވެސް ދަރިއަކާ ދިމާއަށް އެގޮތަށް އެއްޗެއް ނުބުނާ ޒަރީރުއަށް އެގޮތަށް ވާހަކަ ދެއްކުނީ ވީދެރައިންނާ އައި ރުޅިންނެވެ.

އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެ ދިޔަ ވަގުތުކޮޅުގެ ތެރޭ ޝިޔާޒްއާ ޝަރީފާ އައިސް އެގެޔަށް ވަނެވެ. އެވަގުތު އެގޭން ޝަމްހާ ފެނުމުންނާ، އެންމެން ތިބި ގޮތުން މިޒްނާއެކޭ އެއްގޮތަށް ޝިޔާޒްއަށްވެސް އަދި ޝަރީފާއަށްވެސް ހުރިހާ ކަމެއް ވިސްނުނެވެ.

“މިޒޫ…” ޝިޔާޒް މިޒްނާ ކައިރިއަށް އައިސް ގޮވާލިއެވެ. ޝިޔާޒްއަށް ހުރިހާ ވާހަކައެއް އަޑު ނީވުނުކަން އެއީ ނަސީބޭ އެވަގުތު ހިތަށް އެރީ މިޒްނާ އެކަންޏެއް ނޫނެވެ. އަނޫޝާވެސް އެހެން ހިތަށް އެރިއެވެ.

“ޝަމްހާ، ކޮން އިރަކު މިގެޔަށް އައީ؟” ޝަރީފާ ގޮސް ޝަމްހާ ކައިރީ ހުއްޓެމުން އަހާލިއެވެ.

“ތެދެއް ޝަމްހާ، މަންމަ އެކުރި ސުވާލުގެ ޖަވާބު ދީބަލަ” ނަސީރާ ބުނެލިއެވެ.

ޝަމްހާ ޖަވާބެއް ނުދީ ޝިޔާޒްއަށް ބަލާލާފައި އިސްޖަހާލިއެވެ.

“ކީއްވެތަ އެއްޗެއް ނުބުނީ؟” ނަސީރާ އެހިއެވެ.

އެވަގުތު ޝަރީފާވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޝަމްހާއާ މިޝާލްގެ ގުޅުން ޝަރީފާއަށް ސިއްރުވެފައި ނެތޭ ނަސީރާގެ ހިތަށް އެރިއެވެ.

“އަހަންނަށް ހީވަނީ ވީކީއްތޯ އެކަކުވެސް ނާހާ ތިތިބީ ތިގޭ އެންމެންނަށް ހުރިހާ ކަމެއް އެނގޭތީހެން… މިޒޫ، ބުނެބަލަ، އެނގޭ ދޯ ޝަމްހާއާ މިޝާލް ރައްޓެހި ވެގެން އުޅޭކަން؟” ނަސީރާއަށް އެހެން ހީވާތީ އެހިއެވެ.

މިޒްނާ ހަމައެކަނި ބޯޖަހާލިއެވެ.

“މިޒޫއަށްވެސް އެނގޭ… ދޮންބެވެސް…” އަނޫޝާއަށް ގަބޫލު ނުކުރެވިގެން ބުނެވުނެވެ.

“އަނޫ، ބުނަން ނުކެރުނީ…” މިޒްނާ މަޑުމަޑުން ބުންޏެވެ.

“އެހާ ވަރަށް އެނގޭ އިރު އެނގޭތަ ޝަމްހާ މިހާރު އިން ގޮތް؟ ޝަރީފާ، ޝަމްހާ އޭނީ މިޝާލްގެ ދަރިއަކަށް ބަލިވެ. އެކަންވެސް އެނގޭދޯ؟” ނަސީރާ އަހާލިއެވެ.

އެއަޑު އިވުމާ އެކު ޝަރީފާއާ ޝިޔާޒްއަށް އެއްފަހަރާ ޝަމްހާއާ ދިމާއަށް ބަލާލެވުނެވެ. ޝިޔާޒް ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް މިޒްނާ ޝިޔާޒްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“މަންމާ، ދެން އަތް ޖަހަން ފަށާ… އަނޫއަށް ވުރެން ޝަމްހާ ދެރައެއް ނުވި، އަނޫ ބަލިވެ އިން އިރަށް ޝަމްހާވެސް… މިހާރު މަންމަ ހިތްހަމަ ޖެހިފަ ހުންނާނީ” ޝިޔާޒްއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“ތެދެއްތަ ޝަމްހާ؟” ޝަރީފާ އަހާލިއެވެ.

ޝަމްހާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

އުމުރުގައިވެސް ފުރަތަމަ ފަހަރަށް ޝަރީފާ ޝަމްހާގެ ގައިގައި ޖެހިއެވެ.

“އަދި ނުވޭ ޖަހާކަށް މަންމާ، އަދި ނުވޭ…” ޝިޔާޒް ބުނެލިއެވެ.

“މަންމާ، އަހަރެން ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް…” ޝަމްހާ ރޮމުން ބުންޏެވެ.

“ހިއެއް ނުކުރަމޭ؟ އަހަރެން ނުބުނަންތަ ޝަމްހާ ކައރީގަ މިޝާލްއާ ވާހަކަ ނުދައްކާށޭ؟” ޝަރީފާ އެހިއެވެ. ޝަމްހާ ކަންތައް ކުރި ގޮތުން ހަގީގަތުގައިވެސް ޝަރީފާ ހުރީ ރުޅި އައިސްފައެވެ. ދެރަވެ ލަދު ގަނެފައެވެ.

“ޝަރީފާ އެހެންވެސް ބުނިންތަ؟” ނަސީރާ އެހެން އަހާލި އިރު އަޑުގައި ވަނީ މަލާމާތެވެ.

“ނަސީރާ، އަހަންނަކަށް ނޭނގެ މިދެމީހުން—” ޝަރީފާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެވަގުތު މިޒްނާ ވާހަކަ ދައްކަން ފެށިއެވެ.

“މަންމައަށް އެނގޭ… މަންމައަށް އެނގޭ ދޮންބެއާ ޝަމްކޮ ވާހަކަ ދައްކާކަން… ޝަމްކޮ ހުޅުމާލެއަށް ދާން ފެށީމަ އަހަރެން ބުނިން މަންމަ ކައިރީގަ އޭނަ ހުއްޓުވާށޭ، އޭނަ ކުރާ ކަމެއް އެނގިގެންނެއް ނޫން އަހަރެން އެހެން ބުނީކީ… އެކަމަކު މަންމަ އަޅައެއް ނުލީމެއްނު؟ އަހަންނަށް ހީވަނީ ޝަމްކޮ ދޮންބެ ގެއަށް ވައްދަން ފެށީމަ މަންމައަށްވެސް އެނގޭނެ ހެން… އޭރު ކީއްވެތަ ނުހުއްޓުވީ؟ ޝިޔާޒްއަށް އެނގިގެން އޭނަ އެކަން މަނާ ނުކުރި ނަމަ އަދިވެސް ޝަމްކޮ ދޮންބެ ގެޔަށް ވައްދާނެ” ނަސީރާއާ ބެހޭ ގޮތުން ޝަރީފާ ދޮގު ހެދިކަން އެނގުނު ފަހުން މިޒްނާ ޝަރީފާއާ މުޚާތަބްކޮށް އެއްޗެއް ބުނިމީ ފުރަތަމަ ފަހަރެވެ.

ޖަވާބުގައި ޝަރީފާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެކަމުގައި ޝަރީފާވެސް ކުށްވެރިވާ ކަމަށް ގަބޫލު ކުރެވުނީއެވެ. ނަމަވެސް އެވަގުތު އެހެން ހުރިހާ ކަމަކަށް ވުރެން ބޮޑަށް ޝަރީފާއަށް ވިސްނެނީ އެކަން މީހުންނަށް އެނގުމުން ދެން ވާނެ ގޮތަކާ މެދުއެވެ.

“މަންމާ… މިޝާލް ބުންޏޭ އަހަންނާ އިންނާނަމޭ…” ޝަރީފާގެ އަތުގައި ހިފާލަމުން ޝަމްހާ ބުންޏެވެ.

“ތެދެއްތަ މިޝާލް؟” އަވަސްއަވަހަށް ޝަރީފާއަށް އަހާލެވުނެވެ.

“އަހަރެން ބުނީ އަނޫ ގަބޫލިއްޔާ އިންނާނަމޭ” އެވަގުތާ ހަމައަށް އެއްވެސް އެއްޗެއް ނުބުނެ ހުރި މިޝާލް ބުންޏެވެ.

“މިޝާލް!” ޝަމްހާއަށް ބުނެވުނެވެ.

“އަހަރެން ބުނީމެއްނު އެރުވެސް އަނޫ ވަރިއެއް ނުކުރާނަމޭ” މިޝާލް ޝަމްހާއަށް ބަލާލަމުން ބުންޏެވެ.

“އަހަރެން ގަބޫލު ނުވިއްޔާ…؟” ކާމޭޒު ކައިރީ އިށީނދެގެން އިން އަނޫޝާ އެވަގުތު މިޝާލްއާ ދިމާއަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.

މިޝާލް ޖަވާބެއް ނުދީ ހުރި ގޮތަށް ހުރީއެވެ.

“އަނޫ… ޕްލީޒް… އާއެކޭ ބުނޭ…” ޝަމްހާ ގޮސް އަނޫޝާގެ އަތުގައި ހިފާލަމުން ރޮވިފައި ބުންނެވެ.

އަނޫޝާ ޝަމްހާގެ އަތް ފޮޅުވާލިއެވެ.

“އަހަރެން އާއެކޭ ބުނަންވީ ކީއްވެގެން؟ ތުއްތަ އަހަންނަށް ކޮން ކަމެއް ކޮށްދިނީތީ؟ މިއަދުވެސް ތުއްތައަށް ތިހާލު ތިޖެހުނީ އަހަންނަށް ދެރަދޭން އުޅެގެން، ދެން ބުނެބަލަ، ކީއްކުރަންހޭ އަހަރެން އާއެކޭ ބުނަންވީ؟” ޝަމްހާގެ މޫނަށް ބަލާލަމުން އަނޫޝާ އެހިއެވެ.

އެކަކުވެސް އެއްޗެއް ނުބުނެ ތިބީ އަނޫޝާ ބުނާ އެއްޗެއްގެ އިންތިޒާރުގައެވެ.

“އަހަރެން ގަބޫލެއް ނޫން މިޝާލް ދެއަނތްބަށް މީހަކާ އިންނާކަށް” އަނޫޝާ ބުންޏެވެ.

އެވަގުތު އެއްޗެއް ނުބުނި ނަމަވެސް ނަސީރާއާ މަޒްނާއާ މިލްނާ އަދި މިޒްނާއާ ޝިޔާޒްވެސް އަނޫޝާގެ ނިންމުމަށް ތާއީދު ކުރިއެވެ.

“އަނޫ، ޕްލީޒް… ތިހެން ނަހަދާ…” ޝަމްހާ ރޮމުން އަނޫޝާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް އަނޫޝާ އަތް ދުރަށް ޖައްސާލިއެވެ.

“އަނޫޝާ، ތިހެން ނަހަދާ… ތިހެން ނުބުނޭ… ޝަމްހާ އެއީ އަނޫޝާގެ ދެބޭންގެ ދެދަރި ދައްތައޭ… މިއަދު އޭނައަށް އެހީއެއް ވެދެވެން އޮތީ އަނޫޝާއަށް އެކަނި. ހެޔޮ ނުވާނެ… އާއެކޭ ބުނޭ” ޝަރީފާވެސް އައިސް އަނޫޝާ ކައިރީ ހުއްޓުނެވެ.

“އަބަދުވެސް އަހަރެންތަ ތިކަން ދަންނަން ޖެހެނީ؟ އެއްފަހަރުވެސް ތުއްތަ ކައރީގަ ދައްތަ ތިހެން ބުނިންތަ؟ އެދުވަހު އަހަރެން ކައިރީގަ ދައްތަ އެވަރުގެ ބޮޑު ދޮގެއް ހެދުމުގެ ބަދަލުގަ ތުއްތައަށް ވިސްނައިދިން ނަމަ… އަހަރެންގެ ފިރިމީހާއޭ މިޝާލްއަކީ… އަހަރެން ކައިރީގަ ތިބުނަނީ ތުއްތަ އޭނަޔާ އިންނަން އަހަރެން އެއްބަސް ވާށޭ… މިއަދު ދައްތަ އަހަރެން ކައިރީގަ ތިހެން ބުނަން ލަދު ގަންނަން ޖެހޭނެ…

އަހަރެން ތުއްތައަށް ޓަކާ ކޮންކަމެއް ކޮށްނުދެނީ؟ ޒިހާން ކައިރީގަ އަހަރެން ބުނީ ހަމަ އެކަނި އޭނައަކާ ނީންނާނަމެކޭ ނޫނޭ… ތުއްތައާ އިންނާށޭ ބުނެ އާދޭސް ކުރިން އޭނަ ކައިރީގަ… އެކަމަކު އަހަންނަކަށްވެސް މީހެއްގެ ހިތެއް ބަދަލެއް ނުކުރެވޭނެއެއްނު؟ ތުއްތައަށް ޓަކާ، އަދި އަހަރެން ހިތުން ދޮންބެއަށް ޓަކާ އަހަރެން ލޯބި ނުވާ މީހަކާ އިނީ ދައްތަ އެހެން ބުނީތީ ދައްތަގެ އެދުމަކާ ދެކޮޅު ނަހަދަން ވެގެން. އެކަމަކު ޒިހާން ތުއްތަ ދެކެ ލޯބި ނުވާތީ ތުއްތައާ އިންނަން އޭނަ ބޭނުން ނުވީ… އެއީވެސް އަހަރެންގެ ކުށެއްތަ؟ އަހަރެން އެދެމީހުންގެ ދިރިއުޅުމުން ދުރަށް ދިޔައީ… ހަމައެކަނި ދުރަށް ދިޔައީކީވެސް ނޫން، އަހަރެން މިޝާލްއާ އިނީ…

ދައްތަ ހިތަށްވެސް އަރުވާ ނުލެވޭނެ މިޝާލްއާ އިނދެގެން އަހަރެން މިއުޅޭ ގޮތެއް، މިޝާލް އަހަންނަށް ދިން އަނިޔާއެއް، އަހަރެން ހީކުރީ ޒިހާންއާ އެކީ ނޫނަސް އަހަންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެ ކަމަށް… އެކަމަކު މިހުރިހާ ދުވަހު އަހަރެން ކެތް ކުރީ ކޮން ކަހަލަ އަނިޔާއަކަށް ކަމެއް ދައްތައަކަށް ނޭނގޭނެ…

މިހުރިހާ ކަމަކުން އަހަންނަށް ލިބުނީ އެންމެ އުފަލެއް. އަހަންނަށް ލިބެން އުޅޭ ދަރިފުޅު އެކަނި… އެކަމަކު މިއަދު އެއުފާވެސް އަހަންނަށް ލިބުނަ ނުދޭން ތިއުޅެނީ… މިއަދު އަހަރެން އެހެން ހިތަށް އެރިޔަސް ހަނދާން ވާނީ ތުއްތަ މަތިން… އަބަދުވެސް ހިތަށް އަރާނީ ތުއްތައާ އަހަރެންގެ ފިރިމީހާ…” ރޮމުން ވާހަކަ ދައްކަމުން ދިޔަ އަނޫޝާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ދެއަތުން މޫނު ފޮހެލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ.

“އަހަންނަށް ހެޔޮ ދެން ކޮންމެ ގޮތެއް ވިޔަސް… ވަރިހަމަ އަހަންނަކީ ގޯސް މީހެކޭ ބުންޏަސް… ގައިމުވެސް ތުއްތަ ކުރި ކަންތަކަށް ވުރެން ގޯސް ކަމެއް އަހަރެން ނުކުރަން… މިއަދު އަހަރެން އެއްވެސް މީހަކާ ދޭތެރޭ ވިސްނާކަށް ބޭނުމެއް ނޫން، އަހަންނަށް ހެޔޮ މިޝާލް ކޮންމެ ގޮތެއް ހެދިޔަސް، ތުއްތައާ އިނަސް ވަރިހަމަ، އަހަރެން ވަރި ކުރިޔަސް ހެޔޮ… އެކަމަކު އަހަންނާ އިނދެގެން ހުރެ މިޝާލްއަކަށް ދުވަހަކުވެސް ތުއްތައަކާ ނީނދެވޭނެ” އަނޫޝާ އިސް އުފުލާ މިޝާލްއާ ދިމާއަށް ބަލާލަމުން ބުންޏެވެ.

“މިޝާލް ޕްލީޒް…” އަނޫޝާ އެހެން ބުނުމުން ޝަމްހާ ރޮމުން ގޮސް މިޝާލްގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް އަނޫޝާއަށް ބަލާލަމުން މިޝާލް ޝަމްހާގެ އަތް ފޮޅުވާލިއެވެ.

“އަހަރެން ފުރަތަމަ ދުވަހުވެސް ޝަމްހާ ކައިރީގަ ބުނިން އަނޫ ވަރިއެއް ނުކުރާނަމޭ، މިއަދުވެސް ބުނިން އަނޫ ގަބޫލިއްޔާ ޝަމްހާއާ އިނދެފާނަމޭ، އަނޫ އެބުނީ ގަބޫލެއް ނުވާނަމޭ…” އެވަރަށް ބުނެފައި މިޝާލް ހުއްޓާލީ ދެން އޮތްބައި މިޝާލް ނުބުންޏަސް ޝަމްހާއަށް އެނގޭނެތީއެވެ. ފުރަތަމަ ޝަމްހާ ގާތު އަނޫޝާ ވަރިއެއް ނުކުރާނަމޭ ބުނި ސަބަބާ މިއަދު އެހެން ބުނި ސަބަބާ ހާސް ބައި ތަފާތު ވީ ނަމަވެސް މިޝާލް އެހެންނެއް ނުބުނެއެވެ. މިޝާލް ތެދަށް ބުންޏަސް އެތާ ތިބި އެކަކުވެސް ގަބޫލު ނުކުރާނެތީއެވެ.

“އަނޫޝާ، ތިހެން ނަހަދާ، ހެޔޮ ނުވާނެ…” ޝަރީފާ އައިސް އަނޫޝާގެ ބޮލުގައި ފިރުމަމުން ބުންޏެވެ.

“މިބުނީނު މިޝާލްއަކަށް އަހަންނާ އިނދެގެން ހުރެ އެހެން މީހަކާ ނީނދެވޭނެޔޭ؟ އަހަރެން ވަރިކޮށްފަ އިންނަންޏާ އިންނަންވީނު؟ އަހަންނަށް ހެޔޮ! މިއަދަކު އެކަކަށްވެސް އަހަންނަށް މަޖުބޫރެއް ނުކުރެވޭނެ” ޝަރީފާގެ އަތް ފޮޅުވާލަމުން އަނޫޝާ ތެދުވެ އެހެން ބުނެފައި ގޮސް މައްޗަށް އެރިއެވެ.

“މިޝާލް، އާދޭސް މިކުރަނީ… ހެޔޮ ނުވާނެ… ތި ނިންމުން ބަދަލު ކުރޭ…” ޝަމްހާ އައިސް މިޝާލްގެ އަތުގައި ހިފިއެވެ.

“ހުރިހާ ކަމެއް އެނގި ހުރެ ޝަމްހާ އަހަރެން ބުނި ކޮންމެ ކަމަކަށް އެއްބަސް ވިއިރު އެދުވަހު ކީއްވެ މިހެން ވެދާނެ ކަމަށް ނުވިސްނީ؟ އޭރު ކީއްވެ އަހަރެންގެ ވިސްނުން ބަދަލު ކުރަން ނޫޅުނީ؟ މިއަދަކު އަހަރެންގެ މިނިންމުމެއް ދެނެއް ނުވާނެ ބަދަލެއް” ޝަމްހާގެ އަތް ފޮޅުވާލަމުން މިޝާލް އެހިއެވެ.

“މިޝާލް… ތިހެން ނަހަދާ…” ޝަރީފާ މިޝާލްއަށް ގޮވާލަމުން ބުންޏެވެ. ނަމަވެސް މިޝާލް އެއްޗެއް ނުބުނެ ގޮސް މައްޗަށް އެރިއެވެ. އަނޫޝާ އޭނަގެ ނިންމުން އެންމެންނަށް އަޑު އިއްވި ފަދައިން މިޝާލްވެސް އެދިޔައީ މިޝާލްގެ ނިންމުން އެންމެންނަށް އަޑު އިއްވާފައެވެ.

“ނަސީރާ، މިޝާލްއަށް ވިސްނައިދީބަލަ، ހެޔޮ ނުވާނެ… އެހެން ނޫނީ މަގޭ ޝަމްހާ…” ޝަރީފާ ނަސީރާ ގާތުން އެދުނެވެ. ނަމަވެސް ނަސީރާވެސް އެއްޗެއް ނުބުންޏެވެ.

“ޝިޔާޒް، ދޭބަލަ މިޝާލްއަށް ވިސްނައިދޭން، ޝިޔާޒްގެ ކޮއްކޮގެ ދިރިއުޅުން ހަލާކު ވެގެން މިދަނީ ޝިޔާޒް ކުރިމަތީގަ… އެއްޗެއް ނުބުނެ ތިހެން ހުންނާނީތަ؟” ޝަރީފާ އައިސް ޝިޔާޒްގެ ކުރިމަތީ ހުއްޓުނެވެ.

“އަނޫއަކީވެސް އަހަރެންގެ ކޮއްކޮއެއް މަންމާ، އެކަކުގެ ދިރިއުޅުން ހަލާކުކޮށްލާފަ އަނެކަކަށް ކާމިޔާބު ވާކަށް އަހަންނަކަށް ނޭދެވޭނެ… އެކަމަކު ނޭނގި ވިޔަސް އެއްފަހަރު އެހެން ވެއްޖެ، ދެން ނުވާނެ… އެހެން ނޫނަސް މިކަމުގެ ޒިންމާ އެޅޭނީ މަންމަގެ ބޮލުގަ، ފުރަތަމަ ދުވަހުވެސް މަންމަ ޝަމްކޮ ހުއްޓުވި ނަމަ މިއަދު މިހެންނެއް ނުވީސް” ޝިޔާޒް ބުންޏެވެ.

ޝަމްހާއަށް ވަމުންދާ ގޮތް ފެނުމުން ޝިޔާޒް ދެރަވެސް ވެއެވެ. ނަމަވެސް އެކަކަށްވެސް އެއްވެސް ކަމެއް ކުރާކަށް ޝިޔާޒް މަޖުބޫރެއް ނުކުރާނެއެވެ. ޝަމްހާއަށް މިހެން ދިމާވީ ޝަމްހާގެ އަމިއްލަ ކުށުންނެވެ. އެކަމުގައި ޝިޔާޒްއަށް ކޮށްދެވޭނެ އެއްވެސް ކަމެއް އޮތް ކަމަކަށް ޝިޔާޒް ގަބޫލެއް ނުކުރެއެވެ.

ޝަރީފާ އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ.

“މިޒޫ… ހިނގާ” ޝިޔާޒް މިޒްނާ ގާތު އެހެން ބުނެފައި ބޭރަށް ނިކުތެވެ. ނަސީރާއަށް ބަލާލާފައި މިޒްނާ ޝިޔާޒްގެ ފަހަތުން ނިކުތެވެ.

“ނަސީރާ… މިޝާލް… އަނޫ…” ޝަރީފާ ނަސީރާއަށް ބަލާލާފައި އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނަސީރާގެ މޫނު ފެނުމުން ބުނާކަށް ނުކެރުނެވެ.

“އަހަންނަށް އެނގޭ ބުނަން ތިއުޅެނީ ކީކޭ ކަން… އެކަމަކު އަހަންނަކީ އެއްވެސް އިރެއްގަ އެއްވެސް ކުއްޖަކަށް ކަމެއް ކުރަން މަޖުބޫރު ކުރި މީހެއް ނޫން، މިއަދަކުވެސް ނުކުރާނަން… އަނޫ ނުބުނޭ މިޝާލް ކައިރިއަކު ޝަމްހާއާ ނީންނާށެކޭ… މިޝާލް އޭނަޔާ އިންނަން ބޭނުމިއްޔާ އަނޫ ވަރިކޮށްފަ އިންނަން ވީ… ދެން ހަދަން އޮތް ގޮތެއް އޮތީ މިޝާލްގެ އަތްމަތީ… އަހަރެން ކުރިއަކުންވެސް ކުދިންގެ ކަންތައްތަކަކާ ނުބެހެން… ދެންވެސް ނުބެހޭނަން” ނަސީރާ ބުންޏެވެ.

ޝަރީފާ ރޮވިފައި ހުރި ޝަމްހާގެ އަތުގައި ހިފައިގެން އެގޭން ނިކުތީ ކުރެވޭނެ އިތުރު ކަމެއް ނުވިސްނުމުންނެވެ.

 

މިޝާލް ކޮޓަރިއަށް ވަން އިރު އަނޫޝާ ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިނެވެ. ފޮތާ ދިމާއަށް ބަލަހައްޓައިގެން އިން ނަމަވެސް އަނޫޝާގެ ސަމާލުކަން އެފޮތަށް ނުވާކަން މިޝާލްއަށް އެނގުނެވެ. އަނޫޝާ އިނީ ފުން ވިސްނުމެއްގައެވެ.

މިޝާލް އިރުކޮޅަކު އަނޫޝާއާ ދިމާއަށް ބަލަން ހުއްޓެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 7 ވަނަ ބައި

Next

އޭނާ… ދެވަނަބައި

Next
April 13, 2016

އޭނާ… ދެވަނަބައި

Previews
April 12, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 7 ވަނަ ބައި

18 Comments!

  1. Ki says:
    April 12, 2016 at 8:34 pm

    V rythi

  2. aff says:
    April 12, 2016 at 8:40 pm

    kalw mishaal awahah anu vari kurey .. saabas anu ah .. thi wareh neh .. dhen lalalaa mishaal .. dhen hurey thihury indha jehifa .. ??

    1. Mary says:
      April 13, 2016 at 11:14 am

      Hmnnn ehen u lhenchaa hahthahaaves libeynee ekahala landu mishaal ah nuvaane dhemeedhaa fehi bulhalah veevaruves

  3. waroo says:
    April 12, 2016 at 8:40 pm

    wow…………… what a seen? filmeh nama… v salhi!

  4. Aisha says:
    April 12, 2016 at 8:46 pm

    Reethi bt maa dramatic kamah I ah fahaga v waiting for the next part

  5. Faathun says:
    April 12, 2016 at 8:53 pm

    Ey salhi.. awahah mishal anu wari khfa shamha aa indhey.. dhen anu aa zihan gulhuwaa.. anu deserves better.. she dnt deserve someone like mishal.. she deserve zihan.. shamha deserve mishal.. ewwaruge dhemeehun eii.. hahaha.. dhen anu banduga oii baby vx abort waani dhw.. anu and zihan hama perfect..

  6. MISHAL says:
    April 12, 2016 at 9:14 pm

    MI VAHAKA NIMEYNEE MISHAL AH ANU LIBIGEN…U GUYS WILL SEE IT

  7. Mai says:
    April 12, 2016 at 9:20 pm

    Woa..salhi… Gain heebihi nagaifi… Samba ah warugadha landeh thiyothy libifa… Waiting for next part… Marsha u r the best…

  8. Aeyeshaa says:
    April 12, 2016 at 9:33 pm

    maasha allah . . . . .v v v v v reethi mi stry . mishaal anu divorce kohfa shamha r marry kury r stry ithurah furihama vaane hen me ah vs heevey . . . . . baby abort nuviyas baby libunyma zihan n anu gulhunas wrhaka vrh habeyss vaane …. keep it up mrsha 🙂 <3 😀

  9. Een says:
    April 12, 2016 at 10:06 pm

    Alhamdhulillah! Allah ah shukuru kuran Marsha ah thihaa molhu hunaru dhehveethy.. Masha Allah! Bunaane hama ekahcheh ves neh.. Haadha reehchey ingey.. Haadha molhey.. Haadha furihama ey.. All the good qualities ingey..

  10. Hooo says:
    April 12, 2016 at 11:42 pm

    Varah reethie mivaahaka daagoy. Anu konme meehakah libunas she should be happy.

  11. anoo says:
    April 12, 2016 at 11:52 pm

    Dho mishal.. hehehe but anoo beynumee xihan ey.. ???

  12. Shaafy says:
    April 13, 2016 at 12:50 am

    i think anoo n mishaal gulhunyma hen rythivaany abadhu loabivaa myhaku nulibeyne.

  13. Thaany says:
    April 13, 2016 at 9:11 am

    Wow v nice waiting to next part..lurv this storyy..

  14. zee says:
    April 13, 2016 at 11:15 am

    from my point of view, almost every story is based on same shit! typical dhivehi stories! so cliche! try to be different and unique! so bored to read same type of stories! make it a different story and a unique ending!

  15. kudaa says:
    April 13, 2016 at 11:16 am

    V reeethi marsha ge stories thah maashaa allaah v reethi gudluck

  16. Mar Sha Marsha says:
    April 13, 2016 at 5:37 pm

    Thnx alll.. vaahaka nimey iru engeyne kaakah kan anoo libeny.. ehaa irah kudhin wait kollaa ingey.. ?? hehe.. marsha ves edhen kurin vaahaka kiyaafa thibi kudhin vaahakaige nimun share nukurun.. eyrun alah kiyaa kudhin dhera vaane dho!!! And een ah sp thnx eh.. marsha adhi ehaa talented eh nooneyy.. marsha beynun vaa varaa gaathah ves adhi nudheveyyy.. ekamu adhives try kurany mi.. ekamuves vvv ufaa vejje een ge comnent fenunyma.. thnx again allll

  17. Sad says:
    April 14, 2016 at 10:24 pm

    Mi ulhy frihenunan ekakun nufudheneetha adhi shamha dhw dhen shamaha kiyaa meehungegoh lol dhen shamaha I want kill that**** dhen mihen bunaairu some of u may not understand vsalhi

Comments are closed.


All Right Reserved!