Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 12..

kamana
April 14, 2016
5 Mins Read
56 Views
10 Comments

“މަންމާ” އާޝިޔާ އާއި އާދިލްއަށް ދޮރާ ދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ. އާޝިޔާގެ މޫނުމަތިން ފާޅުވާން ފެށީ ދާތިކިއެވެ.

“ދެން އެތެރެއަށް ވަދެބަލަ.. ދޮރު ބަންދު ކޮއްގެން އެބަ އިނދޭ” ސަނާ އެއް އަރިއަކަށް ކޮއްޕާލަމުން މަމްދޫހު ގޭތެރެއަށް ވަނީ އާޝިޔާ އާއި އާދިލް އަށް ހިނިތުންވުމެއް ރައްދު ކުރަމުންނެވެ.

“ދަރިފުޅާ ދޭ އަވަހަށް ފެންވަރައިގެން އަންނަން… ” އާޝިޔާ މަމްދޫހު އާއި މުހާތަބުކޮށް އެހެން ބުނުމުން މަމްދޫހު މިއަންނަނީ ކަމަށް ބުނެ އެރީ މައްޗަށެވެ.

“ނަސީބެއް އަޑެއް ނީވޭ ކަންނޭގެ… ސަނާއަށް މަންމަ ދެއްކި ވާހަކަ އަޑުއިވުނީމަ ކީއްވެތަ އެއްޗެކޭ ނުބުނީ…. މިއަދު މަމްދޫހުއަށް އަޑު އިވުނުނަމަ އަހަރެން ދެކެ ރުޅި އައިސް” އާޝިޔާ ރުޅިއައީ ސަނާ ދެކެއެވެ. އާދިލް ބޮލުގެ އިޝާރާތުން ދެން ދާށޭ ބުނުމުން ސަނާ ދުވެފައި ދިޔައީ ކޮޓަރިއަށެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ސަނާއަށް ވިސްނެމުން ދިޔައީ ދެންމެ ދިމާވި ކަންތަކާ މެދުގައެވެ.

“ދޮންބެ އަށް އަޑު އިވޭނެތަ….. އިވިއްޖެއްޔާ މަންމައަށް ކިހިނެއް ވާނީ… ރަނގަޅުވާނެ.. އަޑު އިވުނީމަ އެނގޭނެ އެއްނު ޝާޝާގެ އެއްވެސް ކުށެއް ނެއްކަން… އާ މަންމާ” ކޮޓަރީގައި އެކަނި އެކަނި ވާހަކަ ދައްކަމުން ދިޔަ ސަނާ ސިހުނީ މަމްދޫހު ގޮވާލުމުންނެވެ. “މިހުޅުވަނީ…” މީހާ ހަމައަކަށް އެޅުމައްފަހު ސަނާ ކޮޓަރީގެ ދޮރު ހުޅުވިއެވެ. މަމްދޫހު ސަނާގެ އަތް ނައްޓުވާލުމައްފަހު ކޮޓަރި ތެރެއަށް ދެމިގަތީ ސަނާ އާއި ދައްކަން ބޭނުންވާ އެތަކެއް ވާހަކަ ހުރުމުންނެވެ.

“އާދޭ” ސަނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ކޮޓަރީ ދޮރުމަތީގައި ސަނާ އިނުމުން މަމްދޫހު އަތުގެ އިޝާރާތުން އަންނާށޭ ބުނީ ހަރުކަށި ކޮށެވެ.

“ސޯ… ކިޔާބަލަ.. މަންމަ އެބުނީ ކިހާވަރެއްގެ ތެދެއް” ހަށަން ބަނދެލުމައްފަހު މަމްދޫހު ސަނާއާއި ދިމާލަށް ބަލާލީ ޖަވާބު ބޭނުންވާ މީހަކު ފަދައިންނެވެ. “ސަނާ އަޑު އިވޭތަ… އެކްސްޕްލެއިން…. ނައު” މަމްދޫހުގެ އަޑުގަޔާއި ބެލުމުގައި ވަނީ ނުރުހުމެވެ.

“ކޯޗެއް ކިޔަންވީ… ދޮންބެ ޔޫ ނީޑް ޓު އެކްސްޕްލެއިން ފަސްޓް… ދޮންބެ ކީއްކުރީ އެރޭގަ” ސަނާ އެ ސުވާލު ކުރަން ބޭނުންވެފައި ހުންނަތާ ކިހާ ދުވަހެއް ވެދާނެހެއްޔެވެ. “އައި ޑޯންޓް ނޯ” މަމްދޫހުގެ އަޑުގައިވި މަޑުމައި ތިރިކަމާއި ހިތާމަ ސަނާއަށް ފާހަގަ ވިއެވެ. “ދޮންބޭ… ދޮންބެއަށް އެނގޭދޯ މަންމަ މިހާރު ބަލިކަން… މަންމަގެ ބީޕީ ހައި ވާހަކަ ޑޮކްޓަރުވެސް ބުނި… ދޮންބެއަށް މިހާރު ޝާޝާގެ އެއްވެސް ކުށެއް ނެތްކަން އެނގޭނެ ކަންނޭގެ… އެކަމް އައި ކާންޓް އެކްސްޕްލެއިން… އަމިއްލައަށް ހޯދާ… އައި ޕްރޮމިސްޑް” ސަނާ އެހެން ބުނުމުން މަމްދޫހުގެ އަލިވި ހުޅުކޮޅުވެސް ނިވުނެވެ. އެހެންނަމަވެސް އެހާ އަވަހަށް ހިތްވަރެއް އެލުވައެއް ނުލާނަމެވެ. މިކަމުގައި ބޮޑުބައި އާޝިޔާ ކުޅެފައިވާކަން މަމްދޫހަށް ޔަގީންވިއެވެ.

“ދަރިފުޅާ އާދޭ ކާން….” އާޝިޔާގެ އަޑަށް ސަނާ އާއި މަމްދޫހު އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ލޮލުގެ އިޝާރާތުން ދާން ހިނގާށޭ ބުނެ ދެމީހުން ހިނގައި ގަތީ އެކުއެކީގައެވެ.

“ރާނީ ކިހިނެއް… ރާނީއަށް އެންމެ މީރު ކެއުން ތައްޔާރު ކޮއްދީފައި މިހިރީ” ސިޑިން ފައިބައިގެން އައި މަމްދޫހު އާއި ސަނާއަށް އާޝިޔާ ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް އިވެމުން ދިޔައެވެ.

އަހަ ދަރިފުޅާ… އާދޭ އަވަހަށް އިށިންނަން… ދެމީހުންވެސް ފެންނުވަރަންދޯ… ކައިގެން ފެންވަރާ ތާޒާވެލައްޗޭ” މަމްދޫހު އާއި ސަނާ އައި ގޮތަށް އިނުމުން އާޝިޔާ ބުންޏެވެ. “ދަރިފުޅު ސަނާ އާދޭ މަންމަ ކައިރިއަށް….. މަމްދޫހު އެތާ އިށީދޭ..” ރާނިޔާ އާއި ޖެހިގެން އިން ގޮނޑި ދައްކަމުން އާޝިޔާ ބުންޏެވެ. އެއްވެސް ކަހަލަ ބަހުސް އެއްނެތި އާދިލް އަދި މަމްދޫހު ކަމުން ދިޔައިރު ސަނާއަށް އިރު އިރު ކޮޅާ އެދެމީހުންނަށް ބަލާލެވެއެވެ.

“އާޝިޔާ… ދެން އެވާހަކަ ދައްކަން ވީނު…” ކާން ގެންގުޅުނު ސަމްސާ ތަށީތެރޭ ބާއްވާލަމުން ޒުލޭހާ އާޝިޔާއަށް ބަލާލިއެވެ. އާޝިޔާ އާދިލް އާއި ދިމާލަށް ބަލާލުމައްފަހު ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅާ ރާނީ ބޭނުންވަނީ ކައިވެނި ކުރަންށޯ” ނުތަނަވަސް ވެފައިވާ ހިތަކާ އެކު އާޝިޔާ ބުނަން ބޭނުންވާ އެތި ބޭރުކޮއްލިއެވެ. “ތެދެއްތަ ރާނީ” މަމްދޫހު ރާނިޔާ އާއި ދިމާލަށް ބަލާލުމައްފަހު އަހާލީ ވަރަށް ސީރިއަސް ކަމާއެކީގައެވެ. އުފަލުން ގޮސް ރާނިޔާ ބޯ ތަޅުވާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “އެންމެ ރަނގަޅު… އެކަމަކު… އެކަމަކު އަހަރެންނަށް ޔަގީން ކަމެއް ނުދެވޭނެ ކައިވެނި ކުރެވޭ ގަޑިއަށް އާދެވޭނެ ކަމުގެ” ގޮނޑިން ތެދުވަމުން މަމްދޫހު ފަހަރު މީހަކު މޫނަށް ބަލާލުމައްފަހު އެހެން ބުނެ މައްޗަށް އެރިއެވެ.

“ޒުލޭހާ… އެކުދިން އަމިއްލައަށް އެކަހަލަ ކަންތަށް ނިންމިޔަ ދީ… އަދި މަމްދޫހުއަށް އުދަގޫވާނެ” ހިތްހެޔޮ ކަމާއެކީގައި އާދިލް ޒުލޭހާ އާއި ދިމާލަށް ބުންޏެވެ.

……………………………….

“ކިހިނެއް ވެފަ ތިއޮތީ” ބަންޑުން އޮތް އަތޫޝާ އާއި ޖެހިގެން އޮށޯވެލަމުން ޝަމްހާ އަހާލިއެވެ. މުޅި ކޮޓަރި ތެރެއިން ދުވަނީ ދެ އަންހެން ކުދިން ރީތިވެ ނިންމައިގެން ގަޔަށް ޖަހާފައިވާ މަޑު ލުއި މީރު ސެންޓު ވަހެއެވެ. އޭސީގެ ފިނިކަމުން އެވަސް ވަނީ މުޅި ކޮޓަރި ތެރެއަށް އެއްވަސް ކޮއްލާފައެވެ. މަޑު ފިޔާތޮށި ކުލައިގެ ލައިޓް ޖައްސާފައި ވާއިރު ރޭނގަޑެކޭ ތަފާތެއް ނެތެވެ.

“ޝާޝާ..’ އަތޫޝާ ބަހެއް ނުކިޔައި އޮތުމުން ޝަމްހާ އަކަށް މަޑުން ނުހުރެވުނެވެ. “ނޭނގެ.. ޝަމްގެ ދޮންބެ ނުދައްކާ ވާހަކައެއް… ކީއްވެ ކަމެއް ނޭނގެ” ހަމަ އެއޮތް ގޮތަށް އޮވެ އަތޫޝާ އެހެން ބުނެލީ ފުންވިސްނުމެއްގައި އޮވެއެވެ. “އޯ ޔޫ ލައިކް ހިމް… ޔޫ ލައިކް ހިމް ރައިޓް” ޝަމަހާ ފުންމައިގެން ތެދުވެ ދެކަކޫ މައްޗަށް އިށީނެވެ. “ނޯ… ނޯ… ” އަތޫޝާ ދެލޯ ބޮޑުކޮއްލަމުން ނޫނެކޭ ބުނަމުން ދިޔައެވެ. “ސާބަސް އައި ނޯ އޭ…. ދޮންބެ އޯކޭ ވެދާނެ ފަހުން މޭބީ ހީޒް ޓޫ ޓަޔާޑް” އަނެއްކާވެސް އެދުމަތީގައި އޮށޯވެލަމުން ޝަމަހާ ބުންޏެވެ.

“ބަޓް…” ފުރަތަމަ ފަހަރަށް ހިތުގައި އޮތް އެއްޗެއް ޝަމްހާ ކުރިމައްޗަށް ބަންޑުން ކޮއްލަން އުދަގޫވިއެވެ. ޝައިމަން އަކީ އަތޫޝާ އާއި އަބަދު ތޮޅެ މަޖާ ކުރާ މީހެކެވެ. އެހެން ނަމަވެސް ހެނދުނުން ސުރެން ފެންނަ ކަމަށްވެސް ހަދާ ނުލައެވެ. އަތޫޝާ އިހްތިޔާރު ކުރީ ހަމަހިމޭންކަމެވެ.

……………

ރޭނގަޑު ދިހައެއް ޖަހާ ބޮޑުވި އިރުވެސް ޝައިމަން ގެއަށް ނާދެއެވެ. ސިޓިން ރޫމްގައި ފިލްމެއް ބަލަން އިން އަތޫޝާ އާއި ޝަމްހާ އިނީ ގެއްލިފައެވެ. “ދަރިފުޅާ ދޮންބެއަށް ކާން ހަދާ ދެއްޗޭ… މަންމަ މި ވަންނަނީ ނިދަން” ޒައިނަބު ނިދަން ދަމުން ޝަމްހާ އާއި އެކަން ހަވާލުކުރިއެވެ.

“ޝާޝާ ނުވާނެ މަށަކަށް… ދޮންބެ ކަންޏާ ކާންހަދާ ދެއްޗޭ… ” ޝަމްހާ ވާހަކަ ދައްކަމުން ދިޔަ އިރުވެސް ވަނީ ދެލޯ މެރިފައެވެ. އަތޫޝާ ހެމުން ދެން ދާށެ ބުނެލީ ޝަމްހާ ނިދި އައިސްފަ އިއްލެން ބޮޑުކަމުންނެވެ.

މުޅި ސިޓިން ރޫމަށް އެޅިފައި ވަނީ މަޑު އައްޔެކެވެ. ޝަމްހާ ނިދަން ވަނީއްސުރެން އަތޫޝާއަށް ފިލްމަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. ފިލަމު ނިމިގެން ނަންތަށް އަރަމުން ދިޔަ އިރުވެސް އަތޫޝާއަށް ރޭކާ ނުލިއެވެ. އަތޫޝާއަށް އިންތިޒާރު ކުރެވެމުން ދިޔައީ ޝައިމަން އަންނާނެ އިރަކަށެވެ. ސޯފާގައި އިށީދެލައި އޮށޯވެލައި އެގޮތުގައި ވަގުތު ދިޔައީ ފާއިތުވަމުންނެވެ.

މަޑުމަޑުން ދޮރުހުޅުވާލުމައްފަހު އެތެރެއަށް ވަތް ޝައިމަންއަށް ސޯފާގައި ނިދާފައި އޮތް އަތޫޝާ އަޅައިގަތީ ޓީވީގެ އަލިންނެވެ. އެއް ފަރާތަށް އޮތް އިރު ދެކަކޫ ވަނީ ގަޔާ ކައިރިއަށް ޖައްސާލާފައެވެ. ޖަހާފައިވާ ފަންކާގެ ސަބަބުން އަތޫޝާގެ ދިގު އިސްތަށި އޮތީ ދެކޮޅަށް ވިހުރިލަ ވިހުރިލައެވެ. ޝައިމަން އަތޫޝާގެ ބޮލާ ދިމާ ޓައިލްސް މަތީގައި އިށީދެލީ އަތޫޝާގެ މޫނު ކައިރިން ދެކިލުމަށެވެ. ނިދާފައިރު އެ މޫނުމަތިން ފެންނަމުން ދަނީ މައުސޫމު ކަމެވެ. މެރިފައިވާ ދެލޮލުގެ އެސްފިޔައިން ވަނީ ކޯމައްޗަށް ހިޔަނި އެޅިފައެވެ. ޝައިމަންއަށް ބޭއިހްތިޔާރުގައި އަތޫޝާގެ ކޮލުގައި ފިރުމާލެވުނީ ހިނިތުން ވަމުންނެވެ. ކޯތާފަތުގައި ހިންގާލި އިނގިލިތަށް އަތޫޝާގެ މަޑު މަޑު ތުންފަތުގައި ބީހުމާއެކު ޝައިމަންއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނެވެ. މަޑު ފިޔާތޮށި ކުލައަރާފައިވާ އެތުންފަތުގައި ޝައިމަން ބޮސްދިނީ އެހާވެސް ލޯބިންނެވެ. “އައި ލަވްޔޫ… އައި ލަވް ޔޫ ސޯ މަޗް” ނިދާފައިވާ އަތޫޝާގެ ކޮލުގައި ބީހިލުމައްފަހު ޝައިމަން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.

ސިއްސައިގެން ގޮސް އަތޫޝާއަށް ހޭލެވުނީ މީހަކު ޑަންލާފައި ދޮރު ޖެހި އަޑަށެވެ. ދެފަރާ ހޯދާ ބަލައިލި އިރު ޝައިމަންގެ ބޫޓު ފެނުމުން އެއައީ ޝައިމަން ކަން އެނގުނެވެ. ޝައިމަން ގެއަށް އައިސް ނުގޮވާ ދިޔުމުން އަތޫޝާ ދެރަވިއެވެ. ޝައިމަން އަތޫޝާ އެހާ ދުރު ކުރަނީ ކީއްވެ ހެއްޔެވެ. ފުން ހިޔާލުތަކެއްގައި ގޮސް އަތޫޝާ އެދަން އެރީ ކޮންމެ ހާލައިވެގެންވެސް ޝައިމަންއާއި ވާހަކަ ދެއްކުމަށެވެ.

ދުވާލު އިރު އެރުމާއެކު އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް ޝައިމަން ފެނި ޒައިނަބުގެ ލޮލުން ފެންއައެވެ. “މަންމަ ހީނުކުރަން މަންމަގެ ދަރިފުޅު މިހާ ރީތި ވާނެކަމަށް” ޝައިމަންގެ ދެކޮނޑުގައި ހިފަމުން ޒައިނަބު ބުންޏެވެ. މޭޒު މައްޗަށް ސައި ނަގަން އިން އަތޫޝާވެސް ޝައިމަންއާއި ދިމާލަށް ބަލާލިއެވެ. “ދެން ރީތި ދޯ… އޯކޭ” ހިތާ ހިތުން އަތޫޝާ ކިޔާލިއެވެ.

“ރީތި ވާނެ އެއްނު.. އަހަރެންގެ ރީތި ކަމޭ ޝައިމަންގެ މިހުންނަނީ” ފަހުރު ވެރިކަމާއެކީގައި ބާރީ ބުންޏެވެ. “ހެހެހެހެހ… ތިކަން އެނގޭއޭ..” އެކަމަށް ޒައިނަބު އެއްބަސް ވީ ބާރީ ބުނީ ތެދެއްކަމަށް ވާތީއެވެ. ހިނިތުން ވުމަކާ އެކީގައި ފެށުނު ހެނދުނެއްގެ ނިމުންވެސް ބާއްޖަވެރިވާނެކަމަށް ކޮންމެ މީހަކުވެސް އުންމީދު ކުރާނެއެވެ. އެހެން ނަމަވެސް އެއީ ކޮންމެ މީހެއްގެ އުންމީދެވެ. ދުވަސް ފެށުމާއެކު ކުރިމަތި ލާން ޖެހެނީ ހަގީގަތާއެވެ.

……………….

މެންދުރުގެ ހޫނުގަދަ ގަނޑީގައި އާޝިޔާ ދެކޮޅަށް ހިނގާލަ ހިނގާލަ އިނީ ފުން ވިސްނުމެއްގައެވެ. މަމްދޫހުގެ ވިސްނުން ބަދަލު ކޮއްލާނެ މޮޅު ގޮތެއް ނިންމުމުގައެވެ. އާދިލްގެ ބަހަށް ރާނިޔާ އާއެކޭ ބުންޏަސް އާޝިޔާއަށް އެއީ މާ ފަސޭހަ ކަމެއް ނޫނެވެ. “ކޮންތާކަށް” ބާރު ހިނގުމެއްގައި ނިކުންނަން ދިޔަ ސަނާ ފެނި އާޝިޔާ އަހާލިއެވެ. “ރައްޓެއްސެއް ކައިރިއަށް.. އަންނާނަން އަވަހަށް” އެހެން ބުނެ އަވަސް އަވަހަށް ސަނާ ގެއިން ނިކުތެވެ. ސަނާ ދިޔަ ދިމާލަށް އާޝިޔާ ބަލަން އިނީ ފާޑަކަށެވެ.

ފަރި ހިނގުމެއްގައި ހިނގާފަ ދިޔަ ސަނާ ރުޅި ގަދަވާ ވަރުވެއްޖެއެވެ. މާވެޔޮ މަގަށް އެޅިއްސުރެން ފަހަތުން މީހަކު ބަރުގޮނޑު އަޅުވަމުން އާދެއެވެ. ސަނާ ފަހަތް ބަލަން ބޭނުން ނުވީ އެއީ މާ މުހިންމު ކަމަކަށް ނުވާތީއެވެ. އެހެން ނަމަވެސް މީހާރު މީހަކު ރުޅި އައިސްގެން ފަޅައިގެންދާހާ އިރު ވެއްޖެއެވެ.

“ކިހާ ދެރަކަމެއް… ތަނަކުން އަންހެނެއް…” ފަސް އެނބުރުނު ސަނާގެ އަނގަ ލެއްޕުނީ ރީތި ހިނިތުން ވުމަކާއެކު ހުރި ވިޝާލް ފެނިއެވެ. އެއްމިޔަނަކުން ހެވިލައިގެން ވިޝާލް ހުރި އިރު ހީވަނީ މާ މޮޅު ކަމެއް ކޮއްގެން ހުރެވުނު ހެންނެވެ.

“ވިޝާލް… ބަލާބަލަ ފަހަތް… މީހުން އަދިވެސް އެބަ ބަލާ… އަހަރެން ނޫން އަންހެން ކުއްޖެއް ނަމަ ވިޝާލްގެ ކޮލުގައި ރީތި ފާހަގައެއް މިހާރި އިންނާނެ..” ސަނާ ތުންދަމާލަމުން ބުންޏެވެ. “އެހެން އަންހެން ކުއްޖެއް ނަމަ އަހަރެން ސައިކް ފަހަތަށްވެސް ނާރާނެ” އެހެން ބުނެ ވިޝާލް އިޝާރާތް ކުރީ ފަހަތު ސީޓަށެވެ. “ލާނެއް ކަމެއްވެސް ހުރޭ ދޯ…. ޝާޝާ ކައިރިއަށް އެނގޭ” ސައިކް ފަހަތަށް އަރާ ހަމަޖެހިލުމަށްފަހު ސަނާ ދާންވީ މަންޒިލް ބުނެދިނެވެ.

…………………….

“ކިހާ އިރެއް ހޯދާތާ.. ހިނގާބަލަ.. ބޮޑު ޓޯކެއް އެބެން” ފައިލް އެއް ނަގަން ތެދުވި ޝައިމަންގެ އަތުގައި މަމްދޫހު ހިފުމައްފަހު ބުންޏެވެ. “ކިހިނެއްވީ އަނެއްކާ” ޝައިމަން މަމްދޫހަށް ބަލާލަމުން އަހާލިއެވެ. “ހިނގާ ބޭރަށް… މިތާކު ނޫން” މަމްދޫހު އެހެން ބުނުމުން ޝައިމަން ބޯޖަހާލުމައްފަހު ނިކުތީ ބޭރަށެވެ.

“ދެން ކިޔާބަލަ…. ކޮންތާކު ރޯވީ” ސީހައުސްގެ މޭޒެއްގައި ހަމަ ޖެހިލުމައްފަހު ދެމީހުން އޯޑާރ ދނީ ކޮފީއަކަށެވެ. “:ޝައިމަން އަހަރެންނަށް ކަމެއް ކޮއްދެވިދާނެތަ” އާދޭހުގެ ރާގަށް މަމްދޫހު އަހާލިއެވެ. އެވަގުތު މަމްދޫހު އާ ދިމާލަށް ތިކަމެއް ނުވާނޭ ބުނަން ކިތައްމެހާވެސް ޝައިމަން ބޭނުންވިއެވެ. އެހެން ނަމަވެސް ދުލެއް ހަރަކާތެއް ނުކުރިއެވެ. ހިނިތުންވެވުނީ ކުރިއަށް ގެންދާށޭ ބުނާފަދައަކުންނެވެ.

“އަސްލު ޝާޝާ އެން އައި… އަހަރެންމެން ދެމީހުން މެރީ ކުރަން އުޅުނީ…އެކަމު ދިމާވި ކުޑަ މައްސަލައަކުން އެރޭގަ ދެމީހުން ވަކިވީ… ބަޓް އައި ނޯ ޝާޝާ އަދިވެސް ލޯބިވަނީ އަހަރެން ދެކެކަން… އައި ވިލް މޭކް އަޕް ޓު އެވްރީތިން އައި މިސްޑް… ޕްލީޒް ހެލްޕް އެއް ބޭނުން،…. ޝާޝާ ވަރަށް ނުބުނާނެ އެކަމަކު އޭނަ ވެސް ބޭނުންވާކަށް އަހަރެންނަށް އެނގޭ… އަހަރެންވެސް ވަރަށް ލޯބިވޭ ޝާޝާ ދެކެ… އޭނައާ ނުލާ އުޅެންވެސް އުދަގޫ..” މަމްދޫހު އެހެން ބުނެ އިސްޖަހާލިއެވެ.

“ބުނަން މަމްދޫހު.. އަހަރެންގެ އެހީއެއް ދުވަހަކު ތިކަހަލަ މީހަކަށް ނުދޭނަން… އެރޭ ތި ލޯބިވާ މީހާއަށް އަނިޔާ ކުރި އިރު އަހަރެންގެ ދެލޮލުން ދުށީމޭ…. ބުނަން އަތޫޝާއާ ދިމާލަށް ދެން ތި ދެލޮލުން ބަލާލިޔަސް މަމީ ނުބައި މީހެއްކަން އަންގާލާނަން…..” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ނަފްރަތެވެ.

ނުނިމޭ

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 20 ވަނަ ބައި

Next

މިހިތުގެ ލޯތްބޭ ތީ 20

Next
April 14, 2016

މިހިތުގެ ލޯތްބޭ ތީ 20

Previews
April 14, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 20 ވަނަ ބައި

10 Comments

  1. shiru says:
    April 14, 2016 at 9:21 pm

    Varah reethi mi part vx kon dhuvahaku next part up koh dheni

  2. sheynn says:
    April 14, 2016 at 9:54 pm

    Awlhey awlhey…next part avahah up kohdhybala…v v v rythi mi stry

  3. rose says:
    April 14, 2016 at 9:59 pm

    V salhi. Shasha shaiman ah libenvaani. Mamdhooh aa dhen gulheyne kameh nei.

  4. Ellie says:
    April 14, 2016 at 10:16 pm

    Vaahaka reethi ekam mi kudhin up kuraaleh Las kamun foohi vey

  5. jumaana says:
    April 14, 2016 at 10:18 pm

    Haadha kuray dhigukoan gahnashdhybala plx

  6. shai says:
    April 14, 2016 at 10:18 pm

    Aacha v reethi… bt shaiman hen e buny hithun Dhw mamdhooh kairy nubuneveyne Eyam ah…

  7. Aimsithu says:
    April 14, 2016 at 11:08 pm

    Heheh.. avahah aneh bayah inthixaaaru kurany mi..vaahaka hama superb!!

  8. Emy says:
    April 15, 2016 at 12:37 am

    Salhi salhi.. Saaalhi… Waiting fr the nxt prt

  9. rysh says:
    April 17, 2016 at 8:31 am

    Vrh reethi mi vaahaka…. ekm haadha lahey up vaaleh… thankolheh avahah up kohdhybw nxt prt….?

  10. raaz says:
    April 17, 2016 at 11:24 am

    haadha leheyyyyyyyy

Comments are closed.

All Right Reserved!