Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގެވުން ނިކަން ބޭނުމޭ 19..

kamana Level 310 Stories500 Comments100 Comments
May 1, 2016 8 Mins Read
46 Comments

“މަމްދޫހު” މަމްދޫހުގެ އަތުގައި ނުހިފި ނަމަ އަތޫޝާ ވެއްޓޭނީ ބިންމައްޗަށެވެ. މަމްދޫހަށް އެވީ ކިހިނެއް ހެއްޔެވެ. “މަމްދޫހު ކިހިނެއްވީ” ދެލޯ ބޮޑުކޮއްގެން ހުރި މަމްދޫހުގެ އަތުގައި ހިފާ ކުޑަކޮށް ފިތާލަމުން އަތޫޝާ އަހާލިއެވެ. މަމްދޫހު އަތޫޝާ އާއި ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑުކޮއްގެނެވެ. މަމްދޫހު އެ ވިސްނަމުން ދަނީ ކޮންކަމަކާ ބާއޭ އަތޫޝާ ހިތައް އެރިއެވެ. އަނެއްކާ މަމްދޫހު ހަނދާން ވީބާއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

“ދަރިފުޅާ ކޮބާ ރެޑީތަ” އަތޫޝާއާއި މަމްދޫހު ސިހުނީ އާދިލްގެ އަޑަށެވެ. އަތޫޝާ އަނެއްކާވެސް މަމްދޫހުގެ މޫނަށް ބަލާލިއެވެ. މަމްދޫހުވެސް މިފަހަރު އަތޫޝާ އާއި ދިމާލަށް ބަލާލުމައްފަހު ހިނިތުންވެލީ ދާން ހިނގާށޭ ބުނަމުންނެވެ. ގެއަށް ދެވެންދެންވެސް މަމްދޫހު އަތޫޝާގެ އަތަކުން ދުލެއް ނުކުރެއެވެ. އެހާ ގިނައިރު އަތުގައި ހިފަހައްޓައިގެން ހުރުމުން އަތޫޝާގެ އަތްވަނީ ދާހިއްލާފައެވެ. ދެތިންބުރު އަތް ދަމައިގަންނަންވެސް އަތުޝާ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ކާމިޔާބު ނުވީ މަމްދޫހު ހިފަހައްޓައިގެން އިއްލެއް ބާރުކަމުންނެވެ.

އާދީގެ ދޮރުމައްޗަށް ކާރުމަޑުކޮއްލުމާއެކު ދެތިން ނޯކަރުން އައިސް ކާރުގައިވާ ސާމާނުތަށް ނަގައި އެތެރެއަށް ވައްދަން ފެށިއެވެ. ފޮރޮޅުލީ ގޮނޑިއަށް މަމްދޫހު ލުމައްފަހު އާދިލްވެސް އާޝިޔާއާއި އެކު ގެއާ ދިމަލާށް މިސްރާބު ޖެހިއެވެ. އަތޫޝާ ގޮނޑީގެ ފަހަތުގައި ހިފާ ކުރިއަށް ގެންދަން ފެށުމުން މަމްދޫހު އަތޫޝާގެ އަތުގައި ހިފާލިއެވެ. އަތޫޝާ މަމްދޫހު ހިފަހައްޓައިގެން ހުރި އަތަށް ބާރު ކޮއްލުމުން މަމްދޫހު އަތޫޝާއަށް ބަލާލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. އޭރު އަތޫޝާގެ ދެލޯ އަމާޒުވެފައި ވަނީ ކުރިމަތިން ފެންނަން ހުރި ބޮޑުގެއަށެވެ. އަތޫޝާއަށް ސިފަވަމުން ދިޔައީ ކައިވެނީގެ ބޮޑު ހެދުމުގައި އެގޭން ނިކުމެގެން ދިޔަ މަންޒަރެވެ. މަގުމަތިން މީހުންގެ ލޯތަކާއި މަލާމަތްތަށް އަމާޒުވި މަންޒަރެވެ. ކަންފަތުން އިވި އިވި ހުރީ އާޝިޔާގެ ހަރުކަށި ބަސްތަކެވެ. ކުއްލިއަކަށް އަތޫޝާއަށް އެއްފިޔަވަޅު ފަހަތަށް އެޅުނީ ދެފަރާތަށް ބޯތަޅުވަމުންނެވެ. ހީވީ ބިރެއް ފެނިގެން އުޅޭ މީހެއް ހެނެވެ.

“ހޭއި ލަވް.. ކިހިނެއްވީ…. ޔޫ އޯކޭ” މަމްދޫހު އަހާލީ ލޯބިން ފުރިގެންވާ ކަހަލަ ގޮތަކަށެވެ. އަތޫޝާ މަމްދޫހުގެ މޫނަށް ބަލާލިއެވެ. އެދެލޮލުން ފެންނަމުން ދިޔައީ އަޅާލުމާއި އޯގާތެރިކަމެވެ. ކުރިއަށް ހިނގަ ހިނގަ ހުރި އާދިލް އާއި އާޝިޔާއަށް ފަހަތަށް ބަލާލެވުނީ މަމްދޫހުމެން އަންނަހެން ހީނުވާތީއެވެ. ހުރި ފިޔަވަޅުމަތީގައި އިން އަތޫޝާ ފެނި އާޝިޔާއަށް އެއްޗެއް ދޭހަވި ކަހަލައެވެ.

“ދަރިފުޅާ ހިނގާ… ޝާޝާ ދާނީ މަންމައާއި އެކުގަ… ” އަތޫޝާ ކައިރިއަށް ހުއްޓެމުން އާޝިޔާ ބުނެލިއެވެ. އަތޫޝާގެ އަތުން މަމްދޫހު ދޫކޮއްލީ އިރުކޮޅަކު ވިސްނަން އިނުމައްފަހު އެވެ. ހުދު މަމްދޫހަށްވެސް އަތޫޝާ އަތުން ދޫކުރަން ބޭނުންނުވީ ކީއްވެކަމެއް ނޭނގެއެވެ.

“ޝާޝާ…. އިށީދެބަލަ” ފެންޑާގައިވާ އުނދޯލީގައި އިށިންނަމުން އާޝިޔާ ބުންޏެވެ. ބަހެއްވެސް ނުބުނެ އަތޫޝާ އާޝިޔާގެ އެދުމަށް އިށީނީ ހިތާދެކޮޅަށެވެ. އާޝިޔާ ދައްކަން އެއުޅެނީ ކޮންވާހަކައެއްކަން އަތޫޝާއަށް އެނގެއެވެ. އަމިއްލަ ހިތަށް ވިސްނައި ދިނުމައްފަހު އަތޫޝާ ތައްޔާރުވެލީ އާޝިޔާގެ ވާހަކަތަކަށެވެ.

“ދަރިފުޅާ ދައްތައަށް މާފު ކުރާނަންތަ..” އަތޫޝާގެ ދެލޯ ބޮޑުވިއެވެ. އަޑު އިވުނީ ރަނގަޅަށް ހެއްޔެވެ. ” ހަމަ ހަގީގަތުގައިވެސް ދައްތަ މިއިންނަނީ ވަރަށް ދެރަވެފައި… އިނގޭ މިގެއަށް ވަންނަން ޖެހިލުންވީ ކީއްވެކަންވެސް…. އެރެއަށްފަހު މިގެއަށް ވަތް ފުރަތަމަ ދުވަސްދޯ މިއީ” އަތޫޝާގެ ފަން އިސްތަށި ގަނޑުގައި ފިރުމާލުމައްފަހު އާޝިޔާ އަހާލީ މަންމައަކު ދަރިއަކާ ވާހަކަ ދައްކާ އުސޫލުންނެވެ. އަތޫޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “ދައްތަ އަށް އެނގޭ ދައްތައަށް މާފު ކުރަން އުނދަގޫ ވާނެކަން…. އެނގޭ ދަރިފުޅު ހީކޮއްގެން ތިހުންނަނީ ކީކޭ ކަންވެސް… އެކަމަކު ދައްތަ އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން…. މަމްދޫހު ހަނދާން ނެތަސް ދަރިފުޅު ކަންތަށް ކުރާނީ ދަރިފުޅު ހިތް އެދޭގޮތަކަށް…. އެކަމަކު އަދި މަޑުކޮއްލައިފިއްޔާ ދައްތައަށް ވަރަށް ރަނގަޅު… މަޑު މަޑުން ހުރިހާ ކަމެއްވެސް ހައްލުކުރަނިކޮށް ރަނގަޅުވާނެ… މިއީ ދައްތަ ދަރިފުޅު ކައިރިން އެދޭނެ އެންމެ ފަހު ކަންތަށް” އާޝިޔާ ހުރިހާ ވާހަކައެއް ދައްކައި ނިމުން އިރުވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަތޫޝާ އާޝިޔާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލަދިނިއެވެ. “ދައްތާ… ދައްތަ އަޅުގަނޑު ކައިރީގައި ނުޖެހޭނެ އާދޭސް ކުރާކަށް.. ” އަތޫޝާ އާޝިޔާގެ ގައިގަ ބައްދާލިއެވެ.

“އުހުމް އުހުމް…. މަންމަ އާއި ޝާޝާ ތިހާ ގުޅޭކަމެއް އަދި ނޭނގެ… ކޮން އިރަކުވީ ކަމެއްތީ” މަމްދޫހު އަތުން ގޮނޑީގެ ފުރޮޅު އަނބުރަމުން އައިސް އުނދޯލި ކައިރީގައި މަޑުކޮއްލިއެވެ. “ދަރިފުޅަށް ނޭނގޭ ވަރަށް ގިނަ ކަންތަށް ވެއްޖޭ… ދޯ..” އާޝިޔާ ދޯ ދިނުމުން އަތޫޝާ ބޯޖަހާލިއެވެ. “ދައްތާ ދެން އަޅުގަނޑު ދަނީ…”

“ކޮންތާކަށް ޝާޝާ ތިދަނީ…” މަމްދޫހު ހާސްވިއެވެ. މިވަނީ ކީއްހެއްޔެވެ. އަތޫޝާ ލޯމަތިން ގެއްލެން ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ. “ދަރިފުޅާ ޝާޝާ އުޅެނީ ޝަމްހާ ކައިރީގައޭ.. މިދުވަސްކޮޅުގަ..” އާޝިޔާއަށް ބުނެދޭނެ ގޮތެއްނޭނގުނެވެ. “އެއީ ކީއްވެ… ޝާޝާ އެއްޗެހި ހިފައިގެން އަންނަން ދަމާ.. މިހާރު އަހަރެންވެސް ރަނގަޅެއްނު” މަމްދޫހު އަތޫޝާގެ އަތުގައި ހިފިއެވެ. “މަމްދޫހު ޝަމްހާ މަންމަ ވަރަށް ބަލިކޮށް އުޅެނީ.. އެހެންވެ…” އަތޫޝާ މަމްދޫހުގެ އަތުތެރެއިން އަތް ދަމައިގަތެވެ. “އެހެންތަ… އެހެންވިއްޔާ އަހަރެން އެނގެއަށް ލައިދޭނަން.. ” މަމްދޫހު ހިތާ ދެކޮޅަށް ބުންޏެވެ. “ދަރިފުޅު ކިހިނެއް ތިހެން ހުރެ ދާނީ.. ބައްޕަ ކައިރީގައި ބުނެފަ އެބަ އަންނަން” އެހެން ބުނެ އާޝިޔާ ގޭތެރެއަށް ވަނެވެ.

“ޝާޝާ އަހަރެން ދެކެ ރުޅިއައިސްތަ… މިހެން މިބުނީ ވާހަކަ ނުދައްކާތީ… ހީވަނީ އަހަރެންނާ ހަތަރު ކަޅި ހަމަކުރަން ބޭނުންނުވާހެން…” މަމްދޫހު އިސްޖަހާލިއެވެ. އަތޫޝާ ދެރަވިއެވެ. މަމްދޫހު އެބުނީވެސް ތެދެކެވެ. “އެހެންނެއް ނޫން… އަދި އަންނާނެމޭ… މަމްދޫހު ރަނގަޅަށް ކަސްރަތު ކުރަނިކޮށް އެކަނި ހިނގޭ ވަރުވާނު… އޭރަށް ދެވޭނު ޝާޝާ ގޮވައިގެން ދޯ” އަތޫޝާ މަމްދޫހުގެ އަތުގައި ހިފާލިއެވެ. “ދަނީ… އަންނާނަން” މަމްދޫހަށް ހިނިތުންވުމެއް ރައްދުކުރުމައްފަހު އަތޫޝާ އާދިލް އާއެކު ގެއަށްދާން ނިކުތެވެ.

………

ކާރުގައި ގިނަވަގުތު ހޭދަވިވަރަކަށް އަތޫޝާއަށް ދިޔައީ އުނދަގޫ ވަމުންނެވެ. “ޝާޝާ” ދެއަށް ދެއަތާ މޮޑެ މޮޑެ އިން އަތޫޝާ ސިހުނެވެ. “ޝާޝާ ބިރުންތަ ތީނީ…. ބޭބެ ކަމަކަށް އެދޭނެހެން ހީވަނީ ދޯ… އެހެން ހީވަންޏާ ތިހީވީ ރަނގަޅަށް… ބޭބެއަށް އެނގޭ ދަރިފުޅު މަމްދޫހު ދެކެ ލޯބިވާކަން… އެހެން ވީމަ ކައިވެނި ކުރުމުގެ މައްސަލައެއްވެސް ނެތެއްނު… ޝާޝާ ވިސްނާލައްޗޭ..” އާދިލް ކާރު މަޑުކޮއްލަމުން ބުނެލިއެވެ. އަތޫޝާ ބޯޖަހާލިއެވެ. ބޯ ޖަހާލުން ފިޔަވައި ކުރެވޭނެ ކަމެއް މިވަގުތަކު ނެތެވެ.

އަތޫޝާ މަޑުކޮއްލައިގެން އިނީ ލިފްޓް އަންނަން ދެކަށެވެ. އޭރުވެސް ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ އާޝިޔާގެ ވާހަކަތަކާއި އާދިލްގެ ވާހަކަތަކެވެ. ދެމީހުންގެ ވާހަކަ ތަފާތުވިޔަސް އެދެމުން އެދަނީ އެންމެ ކަމަކަށެވެ. އެ އެންމެންނަށް އެއުޅެނީ އޮޅިގެންނެވެ. މަމްދޫހުއާއި އެކީގައި އެޅެން ބޭނުންވެއޭ އެންމެ އެކިޔަނީ ކީއްވެ ހެއްޔެވެ. އެ އެންމެން އެއުޅިނީ މި ހުރިވަރަށް ވުރެއްވެސް ބޮޑަށް ފިއްތާލަންހެއްޔެވެ. އަތޫޝާ ނޭވާ ހާސްވާން ފެށިއެވެ. ދުނިޔެ އެނބުރެން ފެށީ ކުއްލިއަކަށެވެ. މިވަނީ ކީއްހެއްޔެވެ. ލިފްޓް ދޮރުހުޅުވުނުތަން ފެނުނެވެ. ދެން ފެނުނީ ހިތް އެދި ގޮވަމުން އައި ސޫރައެވެ. އެ ބާރުގަދަ ދެއަތުން ހަށިގަނޑުގައި ހިފިކަމުގެ އިހްސާސް ކުރެވުނެވެ. އެ މޫނުމަތީގައި ފިރުމާލެވުނީ ހިތް އެކަމަށް އެދެމުން ދިޔަ ވަރުންނެވެ. ދެން ވީ ކިހިނެއްކަން އަތޫޝާއަށް ނޭނގުނެވެ.

“ޝާޝާ… ޝާޝާ” ޝައިމަން ދިޔައީ ތަކުރާކުކޮށް އަތޫޝާއަށް ގޮވަމުންނެވެ. ޝައިމަން އަތޫޝާ އަތް ދަނޑި މައްޗަށް ލުމައްފަހު މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ.

ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝައިމަން އިރު އިރުކޮޅާ މޫނުފޮހެލަނީ ދާހިއްލާތީއެވެ. އެމެޖެންސީ ރޫމް ދޮރު ހުޅުވާލި އަޑަށް ޝައިމަން އަވަހަށް އެދިމާލަށް މިސްރާބު ޖެހިއެވެ.

“މާ ބޮޑު ކަމެއްނުވޭ.. ރަނގަޅަށް ނުކައި ހަމަ ނިދި ނުލިބޭތީ ހަށިގަނޑުގައި އެހާ ވަރުނެތީ… އައިވީ ހުސްވީމަ ގެއަށް ގެންދިޔަޔަސް އެނމެ ރަނގަޅު..” ޑޮކްޓަރު ބެނެފަ ދިޔަ ކޮންމެ އެއްޗެއް ދިޔައީ ޝައިމަންގެ ބޮލުތެރޭގައި ތަކުރާރުވަމުންނެވެ. އަތޫޝާ ނުކައި ނުނިދައި އިނީ މަމްދޫހު ކައިރީގައެވެ. އަތޫޝާ މަމްދޫހު ދެކެ ހަމަ އެހާ ލޯބިވޭހެއްޔެވެ.

އަތޫޝާ ވޯޑަށް ބަދަލު ކުރުމުން ޝައިމަން ގޮނޑީގައި ހަމަޖެހިލިއެވެ. ނިދާލާފައި އޮތް އަތޫޝާއަށް ޝައިމަން ބަލަން އޮތީ ފޫހިކަމެއްނެތިއެވެ. އަތޫޝާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ޝައިމަން ރަނގަޅު ކޮއްލިއެވެ. ޝައިމަންގެ އެ ހަރަކާތުން އަތޫޝާ ހިނިތުންވެލިތަން ޝައިމަންއަށް ފެނުނެވެ. ޝައިމަންއަށް ހިނިތުން ވެލެވުނީ އެފުރިހަމަ ހިނިތުންވުން ނުފެންނަތާ ގިނަދުވަސް ވުމުންނެވެ.

ތިން ގަޑި އިރުގެ ގަދަ ނިދުމަކަށްފަހަ އަތޫޝާ ދެލޯ ހުޅުވާލައި މޯޅިއަކަށް ދެމިލިއެވެ. އަތަށް ގުޅާފައިވާ އައިވީ ހުސްވެފައި ވާތަން ފެނުނެވެ. ކައިރީގައި ނިދާފައިއޮތް ޝައިމަން ފެނި އެބޮލުގައި އަތޫޝާ ފިރުމާލިއެވެ. ދެބަ ދޭތެރޭގައި އޮތް ޝައިމަންއަށް އަތޫޝާގެ އެއަމަލުން ހޭލެވުނެވެ. ނިދި މޫނަކާއެކީ ބޯ ހިއްލާލީ އަތޫޝާ ހޭލުމުންނެވެ.

“ހިނގާ ދާން… މަންމަ މިހާރު ބޮޑު ކެއުން ގަނޑެއް ތައްޔާރު ކޮއްފަ އޮންނާނެ” ނިދި އަޑާއެކު ޝައިމަން ބުންޏެވެ. އަތޫޝާއަށް އިނދެވުނީ ބަލަންށެވެ. “ހޫމް ހޫމް… ހިނގާ ދާން… ޝާޝާ އާއި ހެދި އޮފީސް ވެސް ކަޓުވާލަން ޖެހުނީ… ބަދަލު ހިފާނަން އެނގޭ” ޝައިމަން އެހެން ބުނުމުން އަތޫޝާ ބަލާލިއެވެ. އާއެކެވެ. ބެގީޖަހައިން ހުރި އިރު ބެގީގެ އެއްބައި ވަނީ ނެއްޓިފައެވެ. ކަރުގައި އަޅާފައި އޮތް ޓައިވަނީ ދޫކޮއްލާފައެވެ. “ތި ގޮތައްތަ” އަތުޝާ އަހާލީ ދިމާކުރުމަށެވެ. އަތޫޝާ އެހެން ބުނުމުން ޝައިމަން ބަލާލިއެވެ. އަދި ހޭން ފެށީ އަތޫޝާ ހޭން ފެށުމުންނެވެ. ދެމީހުން ހީ ހީ ވަރުބަލިވުމުން އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. ހީވާކަހަލައެވެ. ދެމީހުން އެކަކު އަނެކަކަށް ހިތުގައިވާ އިހުސާސްތަށް ފޮރުވަނީއެވެ.

ލޯބިން ކަލާ މިހިތާ ކުޅެން، އުމުރަށް މަދޭނަމޭ

ދާކަށް ވަޔާ އަހަރެންގެ ހިތް ދޫކޮށް ނުލާނަމޭ..

ދެމީހުންގެ ހިތުން އިވެމުން ދިޔައީ އެއްރާގެވެ. އެދެލޮލުން ދެމީހުންނަށްވެސް ފާޅުވީ ނިމުމެއް ނުވާ ލޯތްބެވެ. “ހިނގާ ދާން… އަންނާނަން މީހަކު ކައިރީގައި ބުނެބަ” ޝައިމަން އެހެން ބުނެ ވޯޑުން ނިކުތެވެ. ޝައިމަން ދިޔުމާއެކު އަތޫޝާ ހިތުގައި އަތް އަޅާލިއެވެ. އަދި ފިރުމާލީ ހަމަޖެހުމަށެވެ.

*******

އާދީގެ ބޮޑު ފެންޑާއަށް އެޅިފައިވަނީ ރަތްވިލާތަކުގެ ރީތި އައްޔެވެ. ސަނާ އުނދޯލީގައި އިށީދެލައިގެން އިނީ ވިޝާލް އާއި ވާހަކަ ދައްކާންށެވެ.

“ވިޝާލް އައި ތިންކް ދޮންބެއާއި ޝާޝާ އަނެއްކާ މެރީ ކުރާނެހެން…” ސަނާ ބޭނުންވި ވިޝާލް އާއި ހުރިހާ އެއްޗެއް ހިއްސާ ކުރާންށެވެ.

“ވަޓް… އޭރުން ޝައިމަން އޯ…. ” ވިޝާލްއަށް ލިބުނީ ހީކުރި ކަހަލަ ހަބަރެއް ނޫނެވެ. އަނެއްކާ ޝައިމަން އާއި އަތޫޝާ ދުރުވާން ޖެހުނު މައިގަނޑު ސަބަބަކީ މިއީ ބާއެވެ.

“ޝައިމަން އޭ… ތިބުނީ…” ސަނާއަށް ވިޝާލް ބުނި އެއްޗެއް ނޭނގުނެވެ. ވިޝާލް ފަހުން ކިޔާދޭނަމޭ ބުނެ ފޯނު ބޭއްވީ ކުޑަކޮށް ބިޒީއޭ ބުނަމުންނެވެ. ވިޝާލް ކުއްލިއަކަށް ފޯނުބޭއްވުމުން ސަނާއަށް ކަމެއް އެނގުނު ކަހަލައެވެ.

“ހޭއި… ކޮބާ މަމްދޫހު” ގެއަށް ވަދެގެން އައި ރާނިޔާ ސަނާ ކުރެން އަހާލިއެވެ. “ކޮޓަރީގައި ވީ.. ރާނީ ކިހިނެއް… ” ރާނިޔާ އާއި އެކު ގޭތެރެއަށް ވަންނަމުން ސަނާ އަހާލިއެވެ. “ހަމަ އޯކޭ… މާދަމާއިން ފެށިގެން ސަނާ ބިޒީ ވާނެދޯ… ކޮލެޖް ފެށޭނު…ހެހެހ” ރާނިޔާ އެހެން ބުނުމުން ސަނާ އާއެކޭ ބުނެލިއެވެ. ރާނިޔާވެސް ހިނިތުންވުމެއް ރައްދު ކުރުމައްފަހު މިސްރާބު ޖެހީ މަމްދޫހުގެ ކޮޓަރިއާ ދިމާލަށެވެ.

އެދުމަތީގައި އޮށޯވެލައިންގެން އޮތް މަމްދޫހު އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. “ކާކުބާ އެއީ… ކާކުބާ އެއީ… ހަމަ ގައިމުވެސް ޝާޝާ އެއްނޫން” އަތޫޝާއާއި އެކު ވަގުތު ހޭދަކުރަނިކޮށް ސިފަވީ ކޮން އަންހެން ކުއްޖެއްބާއޭ މަމްދޫހުގެ ހިތަށް އެރިއެވެ. އެކުއްޖާ މަމްދޫހު އާއި ދިމާލަށް އެނބުރުނުކަން އެނގެއެވެ. އެހެން ނަމަވެސް މޫނު ސާފުނުވީ ކީއްވެބާއޭ މަމްދޫހުގެ ހިތަށް އެރިއެވެ. ” ހާދަ އަސްލާ ވައްތަރޭ.. އަނެއްކާ އަހަރެން… ނޫން ނުވާނެ އެހެން…”

“ކޯޗެއް ނުވާނީ…. މިހާރު އެކަނި އޮވެގެން ވާހަކަވެސް ދައްކަން ފެށީދޯ” ކޮޓަރިއަށް ވަދެގެން އައި ގޮތަށް އައިސް ރާނިޔާ މަމްދޫހު އާއި ދިމާކޮއްލިއެވެ. “ސާބަސް ޓަކިވެސް ޖަހަން ނޭނގެނީތަ…. އެހެންވެ އޭ ބުނަނީ ތީހަމަ ސޫޕެއްކޭ” މަމްދޫހު އެނދުގެ ފަނޑީގައި ލެގިލަމުން ބުންޏެވެ. “ހެވޭ… މިއައީ ފިލްމެއް ހިފައިގެން… އަންނާނަން ޕެން ޖަހާފަ … ކޮބާތަ ރިމޯޓު… މި ކޮޓަރިއެކޭ ގޮނޑެކޭ އެއްގޮތް” އަތުގައި އޮތް ކޮތަޅު އެނދުމަތީގައި ބޭއްވުމައްފަހު ރާނިޔާ ރިމޯޓު ފެނޭތޯ އުޅުނެވެ. މަމްދޫހު ރާނިޔާއަށް ބަލާލިއެވެ. ލައިގެން އިން އަތް ކުރު ޓީޝާޓާއި ކަކުލާ ހަމައަށް އަންނަ ޖިންސުގައި ރާނިޔާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ކުރު އިސްތަށި ގަނޑު އައްސާފައި ވާއިރު ދޮން ކަރު އޮތީ ހާމައަށެވެ. ރީތިކަމުން ފުރިގެންވި އަންހެން ކުއްޖެކެވެ. “ރާނީ…” މަމްދޫހު އަތުގައި އޮތް ރިމޯޓު ދައްކާލިއެވެ. “މަމްދޫހު ގަނޑު… ތި ގެނޭ… ރާނީ އޭ ފިލްމު ބަލަން މިއައީ” މަމްދޫހު އަތުގައި އޮތް ރިމޯޓު އަތުލުމަށް ރާނިޔާ މަސައްކަތް ކުރިއެވެ. “ރާނީ ކީއްވެ ކުއްޖަކާ ރައްޓެހި ނުވެ ތީނީ.. އަހަރެން މީހަކާ އިންނަން ދެންތަ…” މަމްދޫހު ރާނިޔާ އާއި ދިމާކޮއްލިއެވެ. ރާނިޔާ މަމްދޫހުއާއި ދިމާލަށް ވަރަށް ފުންކޮށް ބަލާލިއެވެ. “އާން އެހެންވެ… ދެން ދީ ރިމޯޓު” އިރުކޮޅަކު އެހެން އިނުމައްފަހު ރާނިޔާ ބުނެލިއެވެ.

“ދެން މަމްދޫހު ދީ ރިމޯޓު” ރިމޯޓު އަތުލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ރާނިޔާ ރުޅިއައެވެ. އަދި އިރުކޮޅަކު ބަހެއް ނުބުނެ އިނެވެ. “ރުޅިއައީތަ.. އަން.. އަން..” މަމްދޫހު ރިމޯޓު ދިއްކޮއްފަ ދުރުކޮއްލަނީ އިތުރަށް ރާނިޔާ ރުޅިއަރުވާލުމަށެވެ. “އަހަހްހަހަހ ގޮޓް އިޓް” ކުއްލިއަކަށް ރާނިޔާ ރިމޯޓުގައި ހިފައި ދަމައިގަންނަމުން ބުންޏެވެ. އޭރު ރާނިޔާ އޮތީ ހަމަ ރީޗަށް މަމްދޫހުގެ އުނގުމަތީގައި ބަނޑުންނެވެ. ހެމުން ހެމުން ދިޔަ ރާނިޔާއަށް އޮވެ ވުނުގޮތް ހިތަށް އެރުމުން އަވަސް އަވަހަށް ތެދުވާން މަސައްކަތް ކުރިއެވެ. “އައުޗް” ރާނިޔާއަށް އަތް އެޅުނީ މަމްދޫހުގެ ފައިގައެވެ. މަމްދޫހު ރާނިޔާގެ ދެއަތުގައި ހިފާ ނެގިއެވެ. އިރުކޮޅަކަށް ނަމަވެސް މަމްދޫހަށް ރާނިޔާގެ ބޮޑު ދެލޮލަށް ބަލަން ހުރެވުނެވެ. ކީއްވެކަމެއް ނޭނގެއެވެ. އެ ދޮން ކަނދުރާއަށް މަމްދޫހުގެ ނަޒަރުގޮސް ހުއްޓުނެވެ. އިހްތިޔާރަކާ ނުލާ އެ ކަނދުރާގައި ބީހިލެވުމާއެކު ރާނިޔާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ” އޯ.. އެ އުޅުވުނީ” ޓިވީ ހުޅުވުމާއެކު ރާނިޔާ އަވަސް އަވަހަށް މަމްދޫހުއާއި ދުރަސް ޖެހިލިއެވެ. ރަނިޔާ ހަމަޖެހެން މަސައްކަތް ކުރިއެވެ. މަމްދޫހު ބަލާކަށް ރާނިޔާއަށް އިހްސާސް ވެއެވެ. މަމްދޫހަށް ހުރީ ޔާގީން ނުވެފައެވެ. އެ އިހްސާސް ތަކަކީ އާ އިހްސާސްތަކެއްނޫނެވެ. މަމްދޫހު ހުރީ ހިތަށް އެރި އެއްޗެއް ގަބޫލު ކުރަން ބޭނުންނުވެއެވެ.

“ދަނީ.. މަންމަ އެބަ ގުޅާ” ރާނިޔާ ފޯނު ދައްކާލަމުން އަވަސް އަވަހަށް އެކޮޓަރިން ނިކުތެވެ. މަމްދޫހު ހުރީ ރާނިޔާ ދިޔަ ދިމާލަށް ބަލަންށެވެ.

**************

“ޝާޝާ ނުކާވާހަކަ އަޑުއެހިން… އެއީ ކީއްވެ…” މޭޒުމައްޗަށް ބާރީގެ ކުޑަ އާއިލާ އެއްވެތިބީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަންށެވެ. “އެހެންނެއް ނޫން…” އަތޫޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝައިމަން އާއި ދިމާލަށް ބަލާލެވުނެވެ. އަތޫޝާއާއި ޝައިމަންގެ ހަތަރުކަޅި ބައްދަލުވިއެވެ. އަތޫޝާއަށް އިސްޖަހާލެވުނެވެ. “ބައްޕާ… ބައްޕަ ކައިރީގައި އަޅުގަނޑު ވާހަކަ އެއް ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ” އިސްޖަހައިގެން އިން އަތޫޝާއަށް ޝައިމަން ބަލާލިއެވެ. “މިހާރު ފައްޓައިގެން އުޅޭ ޕްރޮޖެކްޓް ނިމޭނެ ހަފްތާއެއް ތެރޭ.. އެ ނިމުނީމަ އަނެއްކާ މެލޭއަށް ދާން…”ޝައިމަން އެހެން ބުނުމާއެކު އަތޫޝާއަށް ބަލާލެވުނީ ޝައިމަން އާ ދިމަލާށެވެ. ނޫނެކެވެ. ޝައިމަންއެއް ނުދާނެއެވެ. އަތޫޝާގެ ހިތް ތެޅިލީ ބާރަށެވެ. “އެކަމަކު ދަރިފުޅު އައިތާ އަދި ނުވާނެ މާގިނަ ދުވަހެއް.. ދެން ކީއްވެ… “ބާރީ ހިތްހަމަ ނުޖެހުނެވެ. “ދުވަސްކޮޅަކަށް ވިޔަސް” ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވިޔަސް ޝައިމަން ބޭނުންވަނީ ދާންށެވެ. އަތޫޝާއަށް ޓަކައެވެ. އަތޫޝާވެސް ބޭނުންވާނީ އެގޮތެވެ. “އެންމެ ރަނގަޅު… މަންމަ ރުހިއްޖެއްޔާ ބައްޕައަށް މައްސަލައެއްނެއް” ބާރީ ހުރިހާ ކަމެއް ޒައިނަބުގެ އަތް މައްޗަށް ދޫކޮއްލިއެވެ.

“ޝާޝާ ކިހިނެއްތަ މިވަނީ….” ކޮޓަރިއަށް ވަދެވުމާއެކު ޝަމްހާ އަހާލިއެވެ. “ކޯޗެއް” އަތޫޝާވެސް ސުވާލެއް ކޮއްލިއެވެ. “ޝާޝާ ވައި އާރ ޔޫ ޑުއިންދިސް…. ޝާޝާ ލޯބިވަނީ ދޮންބެ ދެކެއެއްނު.. ދެން” ޝަމްހާ ހިތްހަމަ ނުޖެހުނެވެ. ” ދެން.. ދެން ކޯޗެއް… މަމްދޫހު ވެސް އަހަރެން ދެކެ ލޯބިވޭ.. އޭނައަށް އެރޭ ނާދެވުނީއޭ.. އެއީ އޭނަގެ މައްސަލައެއްތަ… އަހަރެން ލޯބިވާ މީހެއްތަ މުހިންމީ… އަހަރެން ބޭނުމެއްނޫން މީހަކަށް ދެރައެއް ދީފަ ހަޔާތެއް ފަށާކަށް… އެހެން ނޫނަސް މަމްދޫހު ރަނގަޅު ނުވަނީސް އަހަރެންނަކަށް ނުކެރޭނެ… ކުރީގަނަމަ… މިހާރު މަމްދޫހު ހަނދާނެއްވެސް ނެއް” އަތޫޝާ ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ. ރޯން ބޭނުމެވެ. އެކަމަކު ނުރޮވެއެވެ. “ޝާޝާ ތިހެން ކަންތަށް ކުރަންޏާ ދޮންބެ ގެއްލޭނެ އެނގޭ… ތިގޮތަށް ޝާޝާ ކަންތަށް ކުރީމަ ދެރަލިބޭނީ ޝާޝާ އެކަންޏަކަށް ނޫން… ދޮންބެއަށްވެސް މަމްދޫހަށްވެސް… ޝާޝާ އަށް ނޭނގެނީ.. ޝަމް ނުބުނަން ޝަމް މީ ލޯބީގަ މާ ތަޖުރިބާ ލިބިފައިވާ މީހެކޭ… އެކަމް އެވަރު ޝަމްއަށްވެސް އެނގޭ” ޝަމްހާ އެހެން ބުނެ ވަނީ ފާހަނައަށެވެ. ޝާމްހާ ދިޔުމުން އަތޫޝާ ވިސްނާލިއެވެ. ޝަމްހާ އެބުނީވެސް ތެދެކެވެ. އެކަމަކު އޭރަށް މަމްދޫހަށް ވާނީ ކިހިނެއް ހެއްޔެވެ. އަތޫޝާ އަށް މަމްދޫހުއާއި ދޭތެރޭގައިވެސް ވިސްނާލެވުނެވެ.

…………………..

ދުވާލުގެ އިރުއެރުމާއެކު އަތޫޝާ އާއި ޝަމްހާ ތައްޔާރު ވަމުން ދިޔައީ ކޮލެޖަށް ދިޔުމަށެވެ. ދެމީހުންވެސް ކިޔަވަމުން ދަނީ ނާރސިން ކަމުން ދެމީހުންގެ ކްލާސްވެސް އޮންނަނީ އެކީގައެވެ. “ދަނީ މަންމާ..” ޝަމްހާ ދަނީ ކަމަށް ބުނެ ގޭން ނިކުތީ އަތޫޝާއަށް ވުރެއް ކުރިންނެވެ. “ޝަމް… ސޮރީ…” ޝަމްހާ ރުޅި އައިސްފަ އިނުމުން އަތޫޝާ މާފަށް އެދުނެވެ. “ނޫން އައި އެމް ސޮރީ… އަސްލު ރޭގަ އެގޮތަށް އެއްޗެހި ކުޔުނީމަ ވާހަކަ ދައްކަން ނުކެރުނީ” ޝަމްހާ އެހެން ބުނުމުން އަތޫޝާ މޫނަށް ވައްތަރެއް ޖައްސާލުމުން ދެމީހުން އެކީ ހޭންފެށިއެވެ.

“ހިނގާ” އަތޫޝާ އާއި ޝަމްހާ ހުއްޓުނީ ކައިރިއަށް އައިސް މަޑުކޮއްލި ކާރު ފެނުމުންނެވެ. ކާރުތެރޭގައި އިން ޝައިމަން ފެނި އަތޫޝާ ހިތް އަވަސްވިއެވެ. “ހިނގާ ޝާޝާ” ޝަމްހާ އަތޫޝާގެ އަތުގައި ހިފުމައްފަހު ކާރަށް އެރުވިއެވެ. “ދޮންބެ ފުރުންދެން ތިމީހުންގެ ޑްރައިވާރ އަށް ވާން… ހެހެހ ކިހާ އިރަކު ނިމެނީ.. ބަލާ ދާނަން” ޝައިމަން އެހެން ބުނުމުން ޝަމްހާ ނިމޭ ގަޑި ބުނެދިނެވެ. ޝައިމަން ނުބުންޏަސް ޝަމްހާ އަށް އެނގެއެވެ. މިހުރިހާ ކަމެއްވެސް ކުރުމުގެ މަގްސަދަކީ އަތޫޝާ އާއި އެކު ވަގުތު ހޭދަ ކުރުމެވެ.

………………

މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އިރު އިރު ކޮޅާ ގަޑިއަށް ބަލާލެވެނީ އަށެއް ޖަހަން ކައިރި ވެފައިވާތީއެވެ. “މި ނިމުނީދޯ” އެންމެ ފަހު ގަނޑުގައި ސޮއިކޮއްލަމުން މަމްދޫހު ފުންނޭވާއެއް ދޫކޮއްލިއެވެ. “ތެންކްޔޫ” އެކަކު އަނެކަކަށް ސަލާމް ކޮއްލުމައްފަހު މަމްދޫހު މިސްރާބު ޖެހީ ފާލަމާ ދިމާލަށެވެ. ރޭގަނޑުގެ ވަގުތުކަމުން ޕެރެޑައިސް ރިޒޯޓުގައި ދިއްލާފައިވަނީ ވަރަށްވެސް ހިތްގައިމު އަލިތަކެވެ. ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ ފުރިހަމަ ޖޯޑުތަކެވެ. މަމްދޫހަށް ހީލެވުނީ މިރެއަށްފަހު މަމްދޫހުގެވެސް ބައިވެރިއަކު ހުންނާނެތީއެވެ. އަތުގައި ހިފާލައިގެން ހިނގާލަންދާނެ ބައިވެރިއަކު އަބަދު ކައިރީގައި ހުންނާނެތީއެވެ. އެގޮތަށް އުރައިލައިގެން ދާނެ ލޯބި ލޯބި ކުއްޖަކު ލިބޭނެތީއެވެ.

“މަމްދޫހް… އަޅޭ ހިނގާބަލަ ރޫމަށް އައި ލޮސްޓް މައި ޕެން… އޭގަ ހުންނާނެ ވަރަށް މުހިންމު އެއްޗެހި.. އެ ނުލާ ނުދާނަން.. ޕްލީޒް” ރަތް ކުލައިގެ ދިގު މެކްސީ ހެދުމެއްގައި އިން އަންހެން ކުއްޖާ މަމްދޫހުގެ އަތުގައި ހިފާ ދަމަމުން ގެންދިޔައެވެ. އެ ހެދުމުގައި އެ އަންހެން ކުއްޖާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އެއް އަތުން ހެދުމުގައި ފަސްބައިގަ ހިފަހައްޓައިގެން އިން އިރު ފައިގެ ބޮޑު ބައެއް ވަނީ ހާމައަށެވެ. “ނޫނޭ… ލަސްވޭ އެބަ… ޔޫ ނޯ އެންނު… ސޯ ޓްރައި ޓު އަންޑަސްޓޭންޑް” މަމްދޫ ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް އަންހެންކުއްޖާ ރޯންފައި ޕެންޑަރައިވްގަ ހުންނާނީ ޕްރައިވެޓް އެއްޗެހިކަމަށް ބުނުމުން މަމްދޫހަށް ދެކޮޅު ހަދަން ނުކެރުނީއެވެ. މަމްދޫހު އެ އަންހެން ކުއްޖާ އާއި އެކީގައި ކޮޓަރިއަށް ވަންނަމުންވެސް ގަޑިއަށް ބަލާލިއެވެ. އަށެއް ޖެހީއެވެ.

“ފެނިއްޖެތަ…. ވަރުބަލި ވެއްޖެދޯ.. ވޯޓާރ” ޕެން ޑްރައި ހޯދަން ދިހަ ވަރަކަށް މިނެޓް އުޅުމައްފަހު އެ އަންހެން ކުއްޖާ އައިސް މަމްދޫހު އަތަށް ފެން ފުޅިއެއް ދިއްކޮއްލިއެވެ. ހާސްވެފައިވާ މަމްދޫހު ފެންފުޅި އެއްނޭވާއިން ހުސްކޮއްލިއެވެ. އިރުކޮޅެއްނުވެ މަމްދޫހު ބޮލަށް ތަދެއް އެރިއެވެ. ހިނދުކޮޅަކަށް ދުނިޔެ އެނބުރޭހެން ހީވިއެވެ.

“މަމްދޫހު..” މަމްދޫހަށް އިހްސާސްވީ އެ އަންހެން ކުއްޖާގެ ބީހުންތަކެވެ.. ބޮސްދުންތަކެވެ. އިރުކޮޅެއްނުވެ މަމްދޫހުގެ ހިއްސުތަށް ހޭލައްވާލަން ފެށިއެވެ. އެފަދަ ފޮނި ބީހުންތަކެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ. މަމްދޫހުވެސް ދިޔައީ އެއަމަލުގައި ބައިވެރިވަމުންނެވެ. “ރާނީ” ރާނިޔާގެ ކަނދުރާގައި ވަސްގަންނަމުން މަމްދޫހު މަސްތީގޮތަކަށް ގޮވާލިއެވެ.

“ރާނިޔާ” އެދުން ތެދުވި މަމްދޫހުގެ މޫނުމަތީގައި ވަނީ ދާތިކިތަކެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނޫނެކެވެ. ނުވާނެއެވެ. ” އާރރރރރރރގގގ” ބޮލުގައި ހިފަމުން މަމްދޫހު އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ. ބޮލަށް އެރީ ކެއްވާވަރުގެ ތަދެއްނޫނެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފުންއަސަރު 32 (ފަހުބައި)

Next

ތިޔަ ލޯބި ހާދަ އެދެމޭ…

Next
May 1, 2016

ތިޔަ ލޯބި ހާދަ އެދެމޭ…

Previews
April 30, 2016

ފުންއަސަރު 32 (ފަހުބައި)

46 Comments!

  1. kamana says:
    May 1, 2016 at 3:20 pm

    Heiii guyxxxx i hope u all will like this part tooo. Lov ya guyxxx n thnk u so much for supprtnn ?????

    1. Ki? says:
      May 1, 2016 at 3:38 pm

      V rythi avahah up kolanvy hama

    2. kamana says:
      May 1, 2016 at 4:27 pm

      Thnk yu so much. Hope yu will wait for thr nxt part too. Lov ya??

  2. luyoon says:
    May 1, 2016 at 3:37 pm

    Beautiful

    1. kamana says:
      May 1, 2016 at 4:28 pm

      Thnk yu. Lov ya??

  3. afu says:
    May 1, 2016 at 4:16 pm

    obi .. vrh habeys ingey kamanaaa .. love youhh ☺☺☺

    1. kamana says:
      May 1, 2016 at 4:29 pm

      Thnk u so much afooo. Lov ya??

  4. Hooo says:
    May 1, 2016 at 4:17 pm

    Kamana mie vaahaka ah kihineytha eyvanie. ekam vaahaka varah kiyaahiyvey. Varah salhi. ❤️❤️

    1. kamana says:
      May 1, 2016 at 4:30 pm

      Wht happnd hoo. Thnk u n happii to knw tht yu guyxx still like this one. Lov ya??

  5. Khadeeja says:
    May 1, 2016 at 4:38 pm

    kon iraku aneh part??

    1. kamana says:
      May 2, 2016 at 11:05 am

      Insha allah maadhama ingeyyy lov ya??

  6. ken? says:
    May 1, 2016 at 5:03 pm

    masha allah…v v v furihama☺

    1. kamana says:
      May 2, 2016 at 11:06 am

      Thnk u so much ken. Lov ya??

  7. naaanu says:
    May 1, 2016 at 5:05 pm

    V salhi….avahah next part

    1. kamana says:
      May 2, 2016 at 11:07 am

      Thnk u so much naanu. N insha allah maadhama up kohdheynan. Lov ya ??

  8. Aimsithu says:
    May 1, 2016 at 5:20 pm

    Nalla. Keep it up

    1. kamana says:
      May 2, 2016 at 11:08 am

      Thnk u so much. Lov ya??

  9. meesha says:
    May 1, 2016 at 5:54 pm

    wow… just awsom…. aslu mis stry miah vureh avaha up nukureveynetha? now its the only fab stry in esfiya midhuvaskolhu… kamana plx las nukurathi.. uhaali ix not here marsha is not here ryn is als not here so plx kamaa dont make us wait.. this sry is just fabulouse! luv it… 🙂 😀

    1. kamana says:
      May 2, 2016 at 11:10 am

      M reallly happi to knw tht? N i lov those writers too. Thnk u so much n lov ya??

  10. Sha says:
    May 1, 2016 at 7:11 pm

    Wow asluvex hama vvvvv salhi mi stry…nxt part konirakun☺

    1. kamana says:
      May 2, 2016 at 11:11 am

      Thnk u so much sha. Aslu varah ufaaveyy readersge thikahala cmmnt fenuny. I lov yu guyxx ????

  11. Phy says:
    May 1, 2016 at 7:40 pm

    Kamanaaaa….kihineh mivanee..e red hedhun e ee hama raanee tha..shaiman male’ nufonuvahchey…shaa shaa dheravaane hehe…vv salhi vaahaka..nxt part ah waitting…..

    1. kamana says:
      May 2, 2016 at 11:13 am

      Heheh aan dhw. Raanyge vaahaka ehnu eothy? N thnk u do much lov ya??

  12. naaanu says:
    May 1, 2016 at 9:48 pm

    Eii shaashaa men wedding reyga kan hingi goii dho mamdhooh handhaanah e annany..raaniya gandeh gathy dho mamdhooh aa eky ??.m pretty sure ???

    1. kamana says:
      May 2, 2016 at 11:14 am

      Hehrhhehe ??

  13. princess says:
    May 1, 2016 at 9:57 pm

    Hey lov..story vrh rythi ingey…dhn shaiman aa shaashaa aa dhw hama gulheyny?..aaekey bunebala dhw?…hehe..waiting fr nxt…lovr yu bodukh

    1. kamana says:
      May 2, 2016 at 11:17 am

      Heyyy lovvv thnkxx ingeyy? Ekam nubunaanan ingey ehrneh. ?? adhi neyge eh u vaanegotheh dhw? Thnk yu so much lov for ur support. Lov ya biiig koh?????

  14. Anonymous says:
    May 2, 2016 at 3:21 pm

    Kamana kon dhuvahaku thr up kohdheyneeeeeee
    I reed this story ekamaku first time mee cmmnt kuraa soo answer eh dhechey

    1. kamana says:
      May 2, 2016 at 3:32 pm

      Maadhama up kohdheynan ingeyyy. Thnkx yu so much cmmnt eh kohdhinythy. Lov ya ??

  15. Phy says:
    May 2, 2016 at 3:43 pm

    Kamana vareh hama neiy…aslu comment thakah rply kuraathy v hinhama jehey..esfiya in v vaahaka kiyan ekamu v comment nukuran..bt kamana rply kuraathy hama comment kuraahiy vanee story ah…thnx alott…

    1. ? says:
      May 2, 2016 at 5:49 pm

      Yuhh u r right. …. comments ah reply kohfa hunnanya v happy aslu vx baeh writers hunnaane thanks vx nubunaane

  16. Appy says:
    May 2, 2016 at 5:46 pm

    Alhe avahahh up kodhybala v v v kiyaa hihhvehje next part …..intizaaringgggggg…………..?

  17. aff says:
    May 3, 2016 at 9:43 am

    alhe kamanaa… kn irakun nextt part upkohla dheynyyy… ????

  18. redish says:
    May 3, 2016 at 4:31 pm

    Kamanaaa.. dhn alhe up kohdhybr.. cant wait… ???

  19. aff says:
    May 3, 2016 at 9:20 pm

    kamanaaaaaa puliexxxxxx… up kohdheebah .. ☺☺☺

  20. rysh says:
    May 4, 2016 at 8:32 am

    Kamanaaaaa kobaahey vaahaka….. avahah up koh dhybr… puleees.. cnt wait any more……..

  21. Phy says:
    May 4, 2016 at 8:49 am

    Kamanaaaaaa….koba vaahaka….maa bsy tha noonee kamana baleetha…hama kiyaa hithun goveneeee kamana ah hehehe

  22. aff says:
    May 4, 2016 at 2:03 pm

    alhey kamanaa .. kbrrtha story .. kamana baleetha … ? Can’t waittttt

  23. Sanko says:
    May 4, 2016 at 7:12 pm

    Koba kamana. Anehka baleetha. Noonee lap halaakuveetha. Kamanaaaaaaa. Eagerly waiting for next part. Pls pls pls pls. Avas kamanaaaa

  24. kamana says:
    May 5, 2016 at 11:21 am

    Alheyy guyxxx miulhenii hun aisgennn. Five pgs ibenn liyevifa. Ekam emaa kuruvaanu. Evaru up kuranvytha. Mirey up kohla dheveytho balaanan ingyyy m so sorryy guycxxx. ?? thnk u guyxx i lov yu all???

    1. Appy says:
      May 5, 2016 at 8:54 pm

      Avas shifa akahh edhen kamanaaa. ..

  25. MANJE says:
    May 5, 2016 at 11:34 am

    oh kamanaaa …ehentha … Get well soon kamanaaaa…. ???

  26. Phy says:
    May 5, 2016 at 12:47 pm

    Get well soon kamanaaa…

  27. aish says:
    May 5, 2016 at 7:08 pm

    ok avas shifa aka eydhen

  28. Hooo says:
    May 5, 2016 at 10:10 pm

    Get well soon. Kamana. ???

  29. Shux Thaufeeg says:
    May 6, 2016 at 7:26 am

    Next part please

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 20..←


All Right Reserved!