“އާހް.. އާހް” ނޭވާ ނުލެވިގެން އަހަރެންނަށް ތެޅިގަނެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެންނަށް ކަރުގައި ހިފަހައްޓާލައިގެން އިށީދެވުނެވެ. “ކިޔަވަމުން ދޭ.. ހުއްޓާނުލާ” މުހައްމަދުފުޅު ބުނެލި އަޑު އިވުނެވެ.
އަހަރެންނަށް ދެފައި މައްޗަށް ތިރިވެވުނެވެ. ނޭވާ ނުލެވިގެން މީހާ ހާސްވަމުން ދިޔައެވެ. ކަރުތެރެ ހިކިގެން ގޮސް ދޫ ބޭރަށް ނިކުންނަން އުޅޭހެން ހީވަމުން ދިޔައެވެ. އޭރުގައި ކުރިއަށް ވުރެއް ވައި ވަނީ ބާރުވެފައެވެ. އަހަރެންނަށް އެތަނުގައި ކުރުގެޅިގެން އޮށޯވެވުނެވެ. އަވަސްކަމާއި އެކު ނޭވާލެވެން ފެށިއެވެ. “އާސީން ދޫކޮށްލާ” ކުއްލިއަކަށް އިވިގެން ދިޔައީ ޖައިޝްގެ އަޑެވެ. އޭނަ އެތަނަށް އައި ގޮތެއް އެކަކަށްވެސް ނޭނގެއެވެ. އޭނަ ހުރީ އަހަރެންއި ދެތިން ފޫޓް ދުރުގައި އަޅާފައިވާ ވައްބުރު ތެރޭގައެވެ. އަހަރެން އިސްއުފުލާ ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. އޭނާ އެހެން ބުނި އަޑެއް އެތަނުގައި ކިޔަވަން ތިބި މީހުންނަށާއި މުހައްމަދުފުޅަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭރު އަހަރެންނަށް ނޭވާ ނުލެވުމުގެ އިތުރަށް އަހަރެންގެ ދެ ހަންގަނޑު ދޭތެރޭގައި ހީވަނީ ފަނިތަކެއް ދުވާ ހެންނެވެ. މުޅިގައިގައި ރިއްސަމުން ދިޔައެވެ.. “ކަލޭމެން ތިއުޅެނީ އާސީން މަރާލަންތަ” ޖައިޝްގެ އަޑު މިފަހަރު ތަންކޮޅެއް ބާރަށް އިވިގެން ދިޔައެވެ. އަހަރެން އިސްއުފުލާފައި ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަން ހުރީ ހާސްކަމާއި ބިރުވެރިކަމެވެ. އަހަރެންނަށް ކަމެއްވެދާނެތީ ކަންނޭނގެއެވެ. އެވަގުތު މަޑުމަޑުން އަހަރެންނަށް ނޭވާ ލެވެން ފެށުނެވެ. “ބަންޝީލް” އަހަރެން ބަލާލީ މުހައްމަދުފުޅުގެ އަޑު އިވުމުންނެވެ. “ކަލޭމެން ތިއީ އިންސާނުންތަ.. އަހަރެން މިތަނަށް ގެނައުމައްޓަކައި އާސީންއަށް ތިހެން ތިހެދީ.. ބުނާނެ ރަހުމް ހުންނަ ބައެކޭ ތިއީ” ޖައިޝްގެ ދެލޯ ދިއްލިގެން ދިޔައެވެ. އަހަރެން މަޑުމަޑުން ތެދުވެ އިށީދެލީމެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލީމެވެ.
މުހައްމަދުފުޅު އޭރު ހުރީ އަހަރުމެންނާއި ފަސްވަރަކަށް ފޫޓް ދުރުގައެވެ. އަހަރެން ހުރި ވައްބުރާއި އެއްވަރަކަށް ތިން ފޫޓް ދުރުން ޖައިޝް ހުރި ވައްބުރު ހުރި އިރު ތިންވަނަ ވައްބުރު ހުރީ އަހަރުމެންގެ ފަހަތުގައެވެ. “އަހަރެން ބަންޝީލްއަށް ދޭނީ އެއްފުރުސަތު.. އަހަރެން މި ދޭ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މިރޭގަ ކޮންމެވެސް އެކަކަށް އަނިޔާއެއް ވާނެ.. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން” މުހައްމަދުފުޅު ވާހަކަ ދެއްކިއެވެ. ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން މަޑުމަޑުން ކޮޅަށް ތެދުވީމެވެ. އޭރުވެސް ދޮންބެމެން ކިޔަވަމުން ދިޔައެވެ. މުހައްމަދުފުޅު ކޮޅަށް ހުރި ކަމުގައި ވިޔަސް އޭނަވެސް އިރުއިރުކޮޅާ ތުން ތަޅުވާލާ ތަންފެނެއެވެ. “އާސީން.. މިއީތަ އާސީން އެބަޔަކަށް އެހާ އިތުބާރު ކުރާ މީހުންނަކީ.. އަހަރެން މިތަނަކަށް ދެންމެ ނައި ނަމަ އެމީހުން އާސީންގެ ދުވަސް ދުއްވާލާނެ..” ޖައިޝް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. “އަހަރެން އިތުރަކަށް ބަންޝީލް ކައިރީގައި ނުބުނާނަން” މުހައްމަދުފުޅު އިންޒާރު ދިނެވެ. އަހަރެން ޖައިޝްގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން އަހަރެންނަށް ފެނުނީ ގޮތް ދޫނުކުރުމުގެ ސިފައެވެ.”ކީކޭތަ މުހައްމަދުފުޅު ހީކުރަނީ.. އަދި ތިހެން އަހަރެންނަށް ބިރު ދައްކައިގެން އަހަރެން ޖައިޝް ދޫކޮށްލާނެ ކަމަށްތަ.. އަހަރެންނަށް ޔަގީނޭ ކަލޭމެން އާސީންއަށް އަނިޔާއެއް ނުކުރާނެކަން” ޖައިޝް މުހައްމަދުފުޅާއި ދިމާލަށް ހިތްހަމަނުޖެހުމުގެ ރާގެއް ގައި ބުނެލިއެވެ. “ތިއީ އަހަރެން ނޭނގޭތީ ބަންޝީލް ބުނި އެއްޗެއް.. އަހަރެންނަކީ އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމާ މީހެއް” މުހައްމަދުފުޅުގެ އަޑުގައި ވަނީ ޔަގީންކަމެވެ. “ބަންޝީލްއަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ޔަގީން.. އަހަރެން ބޭނުން ވަރަށް ސާފު.. ބޭނުންވަނީ ޖައިޝް ސަލާމަތް ކުރަން.. އެހެންވީމަ އަހަރެން އެކަން ކުރާނަން” މުހައްމަދުފުޅު ބުނެލިއެވެ.
“މުހައްމަދުފުޅު އާސީންއަކަށް ދެރައެއް ނުދޭނެ” ޖައިޝްއަށް އެކަން ޔަގީންވެއެވެ. “ދެތެއް.. އެކަމަކު އޭގެ މާނައެއް ނޫން.. އަހަރެން އޭނަ ސަލާމަތުން މިތަނުން ނެރޭނެއެކޭ” މުހައްމަދުފުޅު ބުނެލިއެވެ. އަހަރެން ހައިރާންކަމާއި އެކު މުހައްމަދުފުޅާއި ދިމާލަށް ބަލާލީމެވެ. “ބަންޝީލް ވިސްނާލީމަވެސް އެނގޭނެ.. އާސީން އެތަނުގައި ހުންނާނީ އަހަރެންނަށް ބާރު ތަކެއް ލިބިފައިވާތީކަން… އަހަރެން ބެލި ބެލުމުން އެގިފައިވަނީ ބަންޝީލްއަކީ ހުރިހާ އެއްޗެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންވާ އެއްޗެއްކަން.. އާސީންވެސް ބަންޝީލްއަށް ކަމުދާނީ އެހެން ވެގެންނެއްނުން.. ރީތި ސިފައެއް.. ރީތި އުޅުމެއް.. އެހާ ފުރިހަމަ ސިކުނޑިއެއް.. ހުރިހާ ސިފައެއް ބަންޝީލް ބޭނުންވާ ގޮތަށް.. އެކަމަކު އަހަރެން މި ހިތަށް އަރަނީ އާސީންގެ އަތެއް ފައެއް ބިންދާލައިފިނަމަ.. ބަންޝީލްއަށް އޭނަ ކަމުދާނެތަ” މުހައްމަދުފުޅުގެ ވާހަކަ ހުރި ގޮތުން އަހަރެން ހާސްވިއެވެ. އޭނަ އެކަހަލަ ކަމެއް އަހަރެންނަށް ކޮށްފާނެ ހެއްޔެވެ. އެވަގުތު ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެން އޭރުވެސް ބުނިން.. ދެމީހުންވެސް ދުއްވާލާނަމޭ.. އެކަމަކު އޭގެ މާނައެއް ނޫން.. އާސީން ތިހެން ކަންތައް ކުރާށެކޭ.. އާސީންއަށް ހިވޭތަ އަހަރެންނަށް އާސީންއަށް ގެއްލުމެއް ދެވިދާނެއޭ” ޖައިޝް ވާހަކަ ދެއްކިއެވެ.
އެވަގުތު ހީވީ މީހަކު އަހަރެންގެ ބަނޑަށް ވަޅިއެއް ހަރާލި ހެންނެވެ. ވީތަދުން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އެހާ ބާރަށް ހަޅޭލަވައިގަނެވުނީ އަހަރެން އެވަރަށް ނުވިސްނާވެސް ހުރުމާއި އެކު ލިބުނު ސިހުމާއި އެކުގައެވެ. ބަނޑުގައި އަތް އަޅައިގެން އަހަރެންނަށް ތިރިވެލަމުން މުހައްމަދުފުޅާއި ދިމާލަށް ބަލާލެވުނެވެ. އޭރު މުހައްމަދުފުޅު އަތުގައި އޮތް ފާޑެއްގެ ސިފައަކަށް އޮތް އެއްޗަކަށް ވަޅިއެއް ހަރާފައި ހުއްޓެވެ. “މުހައްމަދުފުޅާ” ފަލަ އަޑަކުން ކުއްލިއަކަށް ޖައިޝް ހަޅޭލަވައިގަތެވެ. އަހަރެންނަށް ބަނޑުގައި އަތް އަޅާލައިގެން އިރުކޮޅަކު އިދެވުނެވެ. އެވަގުތު ކުއްލިއަކަށް މުހައްމަދުފުޅު އެ ވަޅި ނައްޓާލިތަން ފެނިގެން ދިޔައެވެ. އެވަގުތު އަހަރެންގެ ބަނޑަށް ހަރާފައިވާ ވަޅި ނައްޓާލި ކަހަލައެވެ. މިފަހަރު އަޑެއް ބޭރު ނުވި ނަމަވެސް އަހަރެންގެ ދެލޮލުން ކަރުނަ އޮހޮރިގަތެވެ. “ފައިން.. އަހަރެން ޖައިޝް ދޫކޮށްލަފާނަން.. އެކަމަކު އާސީންއަށް އިތުރު ގެއްލުމެއް ދީގެން ނުވާނެ” ޖައިޝް އެހެން ބުނި އިރު އޭނަގެ ދެލޮލުގައި ހީވަނީ އަލިފާން ރޯވެފައި ހުރި ހެންނެވެ. އަހަރެން ހިތްވަރުކޮށްފައި އަނެއްކާވެސް ތެދުވީމެވެ. ޖައިޝްގެ މޫނަށް ބަލާލީމެވެ. ޖައިޝްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. އޭނަ ހުރީ އެހާވެސް ރުޅި ގަދަވެފައެވެ. “އާސީން ބުނާނެ.. އަދިވެސް އިންސާނުންނޭ ރަނގަޅީ.. އެއީ އޭ އާސީންގެ އެކުވެރިންނަކީ.. ބަލާބަލަ އެމީހުން އާސީންއަށް ހަދާގޮތް” ޖައިޝްގެ އަޑު އޭރުވަނީ ނުލާހިކު ބަރުވެފައެވެ. ހީވަނީ ދެތިން މީހަކު އެއްފަހަރާ ވާހަކަ ދައްކަމުން ދިޔަ ހެންނެވެ. އަހަރެން މުހައްމަދުފުޅާއި ދިމާލަށް ބަލާލީމެވެ. އަދި އަނެއްކާވެސް ޖައިޝްއާއި ދިމާލަށް ބަލާލީމެވެ.
އޭރު ޖައިޝް މަޑުމަޑުން ގުޑެމުން ދިޔައެވެ. ދެލޯ މަރާލައިގެން ހުރެ އޭނާ ދިޔައީ ތެޅެމުންނެވެ. ކުއްލިއަކަށް ގަދަ ބާރަކުން ޖައިޝްގެ ހަށިގަނޑު ތެރޭގައި އުޅުނު ބަންޝީލް ދަމާ ނެރުނު ކަހަލައެވެ. ބަންޝީލް ވިއްސައިގެން ގޮސް ޖެހުނީ އަހަރުމެންގެ ފަހަތުގައި ހުރި ވައްބުރު ތެރެއަށެވެ. އެވަގުތު ޖައިޝް ވެއްޓުނެވެ. އަހަރެން އެއްފަހަރު ބަންޝީލްއަށް އަނެއް ފަހަރު ޖައިޝްއަށް ބަލާލީމެވެ. “ޖައިޝް” އަހަރެންނަށް ޖައިޝްއަށް ގޮވާލެވުނެވެ. “އަހަރެން މުހައްމަދުފުޅެއް ދުލެއް ނުކުރާނަން.. އެކަމަށް އަހަރެން ޔަގީންކަން ދެން” ބަންޝީލްގެ އަޑު އިވުމުން އަހަރެން ބަލާލީމެވެ. އޭރުވެސް އަހަރެންގެ ބަނޑުން ފާޑެއްގެ ދިލައެއް ނަގަމުން ދިޔައެވެ. އެހެންކަމުން އަހަރެން ހުރީ ބަނޑުގައި އަތް އަޅުވާލައިގެންނެވެ. “މިއަދު އަހަރެންގެ ކިބައިން ޖައިޝް ސަލާމަތް ކުރެވިދާނެ.. އެކަމަކު މާދަން.. މުހައްމަދުފުޅު ސަލާމަތްވާނެ ގޮތެއް ބުނެބަލަ.. އަހަރެންނަށް މިއަދު މުހައްމަދުފުޅުގެ ވީކް ޕޮއިންޓް އެގިއްޖެ..” ބަންޝީލްގެ މޫނުމަތިން އޭރު ހުރީ ބިރުވެރި ފާޑަކަށެވެ. ދެލޮލުގެ ކުލަ ރަތް ކުލައަށް ބަދަލުވެފައި ވާއިރު ހީވަނީ މޫނުމަތީގައި ހުޅުބު ޖަހާފައި ހުރި ހެންނެވެ. ވާހަކަ ދައްކާއިރު އަނގައިން ފާޑެއްގެ ދުމެއް ކަހަލަ އެއްޗެއް ބޭރުވަމުން ދިޔައެވެ.
“ބަންޝީލް އެއްވެސް މީހަކަށް އަނިޔާ ދީގެން ނުވާނެ” އަހަރެންނަށް ބުނެވުނެވެ. “އާސީން އަދިވެސް އަހަރެން ކައިރީގައިގަތަ ބުނަންވީ.. މިއަދު އަހަރެން މިތަނަށް ނައިނަމަ އެމީހުން އާސިންގެ ދުވަސް ދުއްވާލާނެ.. އެމީހުން އާސީން އެބޭނުންކުރީ އަހަރެން މިތަނަށް ގެނައުމަށްޓަކައި” ބަންޝީލް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހުރީ ބިރުންނެވެ. މީގެ ކުރިން އަހަރެންނަށް ފެނިފައިވަނީ އިންސާނެއްގެ ސިފައި ހުރި ބަންޝީލްއެވެ. އެކަމަކު މިއަދު އެމޫނުމަތިން އިންސާނެއްގެ ސިފަވަނީ ކޮންމެވެސް ވަރަކަށް ގެއްލިފައެވެ. “އެމީހުންނެއް ނޫން އަހަރެން މިތަނަށް ލީކީ.. އަހަރެން އަމިއްލައަށް އައީ.. އަހަރެން އޭރުވެސް ބުނިން.. އަހަރެންގެ އެކުވެރިންނާއި ނުބެހޭށޭ.. ޖައިޝް ދޫކޮށްލާށޭ.. އެކަމަކު ބަންޝީލް އެއްބަހެއް ނުވި..” އަހަރެން ވާހަކަ ދެއްކީމެވެ. “ތި އެކުވެރިން ކިޔަނީ ކޮންބަޔަކަށްތަ.. ބަލަ ތި އޮތް މީހާއާއި ދިމާލަށްތަ.. އެނގޭތަ އޭނަ އާސީންއާއި ދޭތެރޭގައި ދެކޭ ގޮތް” ޖައިޝްއާއި ދިމާލަށް އަތް ދިއްކޮށްލަމުން ބަންޝީލް ވާހަކަ ދެއްކިއެވެ. “އަހަރެންނަކީ ޖިންނިއެއް.. އެހެންވީމަ އެހެން މީހުންގެ ހިތުގައި އޮންނަ އެއްޗެއް އަހަރެންނަށް ދެނެ ގަންނާކަށް އުދަގުލެއް ނޫން.. މިސާލަކަށް.. މުހައްމަދުފުޅުމެން ކަހަލަ މީހުންގެ ހިތުގައި ހުންނަ އެއްޗެހި.. އެމީހުން ބޭނުންވަނީ ލާރި.. ހަމައެކަނި ލާރި.. މިކަމުގައި އެހެން މީހަކަށް ގެއްލުން ލިބުނަސް މައްސަލައެއް ނޫން” ބަންޝީލް ރުޅިވެރިކަމާއި އެކު މުހައްމަދުފުޅާއި ދިމާލަށް ބަލާލިއެވެ.
“އަހަރެންނަށް ހެޔޮ.. ކޮންމެ މީހެއްގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް.. އަހަރެންގެ ބޭނުމަކީ.. އެމީހުންނަށް އެހީތެރިވުން.. އެއީ އެކުވެރިން ކުރާ ކަމަކީ.. ލޯބިވާ މީހުން ކައްތައް ކުރާނެ ގޮތަކީ.. ޖައިޝްވެސް އައިރްވެސް އަދި ދެންތިބި މީހުންވެސް އަހަރެންނަށް މުހިއްމު..” “އައިރް އޭ” އަހަރެންގެ ޖުމްލަ ނުނިމެނީސް ބަންޝީލް ހޭންފެށިއެވެ. “އާސީންގެ ތި ހުރި އިނޮސެންޓް ކަމުން އަހަރެން ހައިރާންވޭ.. ކުރިމަތިން ފެންނަން ހުންނަ ކަންތައްވެސް އާސީންއަށް ނުފެންނަނީ ތި ހުންނަ ވިސްނުމުން.. ޖައިޝްއަކީ އިންސާނެއް.. އޭނަގެ އިހްސާސްތައްވެސް އެއީ އިންސާނަކަށް ވީތީ އަންނާނެ އިހްސާސްތައްކަން އަހަރެންނަށް ގަބޫލު ކުރެވޭ.، އެކަމަކު އައިރް.. އާސީންއަށް ހީވަނީތަ އެއީވެސް އިންސާނެކޭ” ބަންޝީލް ބުނެލިއެވެ. އަހަރެން ހައިރާންކަމާއި އެކު ބަންޝީލްއާއި ދިމާލަށް ބަލާލީމެވެ. ބަންޝީލް އެބުނީ ކީކޭ ހެއްޔެވެ. “ސީރިއަސް ލީ.. އާސީން” ބަންޝީލް ހޭން ފެށިއެވެ. އަދި މަޑުމަޑުން އޭނަގެ މޫނުމަތީގެ ސިފަ އިންސާނެއްގެ ސިފައަށް ބަދަލު ކޮށްލިއެވެ. ‘ބަންޝީލް’ގެ ސިފައަށް ބަދަލު ކޮށްލިއެވެ. “އެހެންވީމައޭ އަހަރެން ބުނަނީ އާސީން ހަމަ ނުވިސްނަނީއޭ.. ތި ހުރި މުހައްމަދުފުޅަށްވެސް ރަނގަޅަށް އެނގޭނެ އައިރްއަކީ ކާކުކަން.. އޭނަ ނުބުނޭތަ” ބަންޝީލްގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ރުޅިވެރިކަންވަނީ އެއްކޮށް ފިލާފައެވެ. “އޭނަ ބުނަންވީ ކީއްކުރަންދޯ.. އައިރްވަނީ އޭނައަށްވެސް ބިރުދައްކާފަ ވިއްޔާ” ބަންޝީލް ބުނެލިއެވެ. އަހަރެން މުހައްމަދުފުޅާއި ދިމާލަށް ބަލާލީމެވެ. އޭރު މުހައްމަދުފުޅު އަލިފާން އެއްޗާއި ކައިރިއަށް ޖެހިލަނީއެވެ. “މައްސަލައެއް ނެތް.. އާސީން ތިއީ އެކުވެރިން ސަލާމަތް ކުރަން ބޭނުންވާ މީހެއް ނޫން.. ތިހާ އެކުވެރިން ސަލާމަތް ކުރަން ބޭނުން ކަމަށް ވަންޏާމު ނިކަން އަދްލީ ސަލާމަތް ކޮށްބަލަ.. އަހަރެން ބުނާނަން ތިއީ ކެރޭ” އެހާ ހިސާބަށް ބަންޝީލްއަށް ބުނެވުނުތަނާ ބަންޝީލް ގެއްލުނެވެ. އަހަރެން ސިހިގެން ދިޔައެވެ. މުހައްމަދުފުޅާއި ދިމާލަށް ބަލާލިއިރު އޭނަ އަލިފާން އެއްޗަށް ފެން އެތި އޮއްސާލީއެވެ.
އަލިފާން އެތި ނިވުމުން އަހަރެންނާއި ދިމާލަށް މުހައްމަދުފުޅު ބަލާލިއެވެ. އެބަލާލުމުން އަހަރެންނަށް އެތައް މާނައެއް ނެގިގެން ދިޔައެވެ. ދޮންބެ ކިޔެވުން ނިއްމާލާފައި އަހަރެން ކައިރިއަށް އައިސް ހުއްޓެލިއެވެ. “ކޮއްކޮ.. އާ ޔޫ އޯކޭ” ދޮންބެ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. އެވަގުތު ވެއްޓިފައި އޮތް ޖައިޝް އަހަރެންނަށް ފެނުނެވެ. އަވަހަށް އޭނައާއި ދިމާލަށް އަހަރެން ދިޔައީމެވެ. މުހައްމަދުފުޅުވެސް އޭނަކައިރިއަށް އައިސް ހުއްޓުނެވެ. “ޖައިޝް އޯކޭތަ” އަހަރެންނަށް އަހާލވުނެވެ. “އާ.. ޖައިޝް ހަމައަކަށް އެޅިދާނެ.. އޭނަ ހޭއަރާނެ އިރުކޮޅަކުން” ޖައިޝްގެ ބޮލުގައި ހިފަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު މުހައްމަދުފުޅު ބުނެލިއެވެ. އަދި އެތަނުގައި ތިބި ހަތަރު ފިރިހެނުން ކައިރީގައި ޖައިޝް އެގޭތެރެއަށް ވެއްދުމަށް ބުންޏެވެ. އަހަރެން ބަންޝީލް ދެއްކި ވާހަކައަށް ވިސްނާލީމެވެ. އޭނަ އަދްލީއޭ ކިޔާފައި އެބުނީ ކީކޭ ހެއްޔެވެ. އަނެއްކާ އަދްލީއަށް ކަމެއް ވަނީ ހެއްޔެވެ.
އަހަރެން ދޮންބެ ކައިރިއަށް ގޮސް އަދްލީ މެންގެއަށް ދިއުމަށް ބޭނުންވާ ވާހަކަ ބުނީމެވެ. ދޮންބެ ގަޑި ދައްކާލިއެވެ. އޭރު ދަންވަރު ދެގަޑި ބައިވަނީއެވެ. އެކަމަކުވެސް އަހަރެން ދާން ބޭނުންވިއެވެ. ކުރުނުކޮށް އެހެން ކިޔަން ފެށުމުން ބައްޕަ އަހަރުމެންނަށް ހުއްދަދިނެވެ. ވަގުތުން ދޮންބެގެ ސައިކަލަށް އަރާ ދެމީހުން ނައްޓާލީމެވެ. ދޮންބެ ދިޔައީ އާދައިގެ މަތިން ދުއްވާ ވަރަށް ވުރެއް ބާރަށް ދުއްވާފައެވެ. ސައިކަލުން އެގެއާއި ކައިރިއަށް ނުދެވެނީސް އެތަނުގައި ޕޮލިސް ވެހިކަލް ލައިޓް ފެންނަން ފެށިއެވެ. އަހަރެން ހައިރާންވިއެވެ. އެގެ ކައިރީގައި ޕޮލިސް ވެހިކަލް އޮންނަންވީ ކީއްވެ ހެއްޔެވެ. އެތަނަށް މަޑު ކުރުމާއި އެކު އަހަރެން ސައިކަލުން ފުއްމާލީމެވެ. އަދްލީ އުޅޭ އެޕާޓްމެންޓް ކައިރީގައި އެމްބިއުލެންސް އެއްވެސް އޮތެވެ. އަހަރެން އެހާ ހިސާބަށް ދެވުނު އިރު އެތަނުގައި ފުލުހުން ރީދޫ ޓޭޕް ދަމާފައެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ދިޔައީމެވެ. އެވަގުތު ހުދު ފޮތިގަނޑެއް އަޅާފައިވާ މީހެއް ނެރެ އެމްބިއުލެންސްއަށް ލީތަށް ފެނިގެން ދިޔައެވެ. “އަދްލީ” އަހަރެންނަށް މަޑުމަޑުން ކިޔާލެވުނެވެ. އެމްބިއުލެންސް އާއި ދިމާލަށް އަހަރެން ހިގައިގަތީމެވެ. “އަވަހަށް ދޭ.. މިކޮޅު ނިންމާފައި އަހަރެންވެސް ދާނަން އެދިމާލަށް” އައިރްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނު ވަގުތު އަހަރެންނަށް ހުއްޓުން އެރިއެވެ. އޭރު އަހަރެން ހުރީ އެމްބިއުލެންސްއަށް މީހުން އަރުވާތަނާއި ދިމާލަށެވެ. އައިރް އެތަނުގައި ހުރި ފުލުހަކާއި ވާހަކަ ދެއްކުމަށްފަހު އެވަގުތު އަހަރެން ހުރި ދިމާލަށް އެބުރެލިއެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. އައިރްގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވެގެން ދިޔައެވެ. އެހާ ނުގަޑިއެއްގައި އަހަރެން އެތަނުން ފެނުނީމާ ކަމަށް ވެދާނެއެވެ.
“އާސީން” ހައިރާންކަމާއި އެކު އައިރް އަހަރެންނަށް ގޮވާލިއެވެ. އަދި އަހަރެންނާއި ދިމާލަށް އައުމަށް ހިގައިގަތެވެ. އަހަރެންނަށް ހުރެވުނީ އައިރްއާއި ދިމާލަށް ބަލަހައްޓާއިގެންނެވެ. އޭރު ސިކުނޑީގައި ބަންޝީލްގެ ވާހަކަތައް ގުގުމަމުން ދިޔައެވެ. “އާސީންއަށް ހީވަނީތަ އޭނައަކީ އިންސާނެކޭ..ތިހުރި މުހައްމަދުފުޅަށް ރަނގަޅަށް އެނގޭނެ އައިރްއަކީ ކާކުކަން.. އޭނަ ނުބުނޭތަ..” ތިން ހަތަރު ފަހަރަށް އަހަރެންނަށް އެބަސްތައް އިވިގެން ދިޔައެވެ. “އާސީން.. ކީއްކުރަނީ މިތާ..” އައިރް އަހަރެންގެ ކައިރިއަށް އައިސް މަޑުކޮށްލަމުން އަހާލިއެވެ. އެވަގުތު ދޮންބެވެސް އެތަނަށް އައިސް މަޑުކޮށްލިއެވެ. އަހަރެންނަށް މަޑުމަޑުން ފަހަތަށް ޖެހިލެވުނެވެ. ދޮންބެގެ ފުރަގަހަށް ވާ ގޮތަށް އަހަރެންނަށް ވަދެވުނެވެ. “އަދްލީ.. އަދްލީއަށް ކަމެއްވީތަ.. ކިހިނެއްވީތަ އައިރް” ދޮންބެ އަވަސްކަމާއި އެކު އަހާލިއެވެ. އަހަރެން އެހެން ހެދުމުން އައިރްގެ މޫނުމަތިން ފެންނަން ހުރި ހައިރާންކަން ދެގުނައަށް ބޮޑުވެގެން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “އަދްލީ ދަންނަންތަ.. ކިހިނެއްތަ އެނގުނީ އޭނައަށް ކަމެއްވެގެން އުޅޭ ކަމެއް” އައިރް އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ. “އެއީ ކޮއްކޮގެ ވަރަށް ގާތް އެކުވެރިއެއް” ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“އެހެންތަ.. ސޮރީ އާސީން.. އަސްލު އަދްލީ.. މިރޭ އަހަރުމެންނަށް ހަބަރު ލިބުނީ މީހަކު އަމިއްލައަށް މަރުވަން އުޅޭ ހަބަރު.. އަވަސް އަވަހަށް އައި އިރު މާ ލަސް ވެއްޖެ.. އަދްލީ ހުރީ އަމިއްލައަށް” ” ނޫން.. އޭނަ އެހެނެއް ނުހަދާނެ.. އަހަރެންނަށް ޔަގީން އަދްލީ އަމިއްލައަށް މަރެއް ނުވާނެކަން…” އައިރްގެ ވާހަކަ މެދުކަނޑާލަމުން އަހަރެންނަށް އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ދޮންބެ އަދްލީ އެއީ އެކަހަލަ ކުއްޖެއް ނޫން.. އޭނަ އަމިއްލަ ނަފްސަށް ގެއްލުމެއް ނުދޭނެ.. އަހަރެންނަށް ޔަގީން އެކަން” އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. ދޮންބެ އައިރްއާއި ދިމާލަށް ބަލާލިއެވެ. “މިހާރު އަދްލީގެ ހަށިގަނޑު އެ ގެންދެވުނީ ހޮސްޕިޓަލްއަށް.. އަދި ވަޅުލާނެ ވަގުތެއް ނޭނގޭ..” އައިރް ބުނެލިއެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް ހޮސްޕިޓަލްއަށް ދާށެވެ. އަދްލީގެ އެއްވެސް މައުލޫމާތެއް އެނގޭތޯއެވެ. “މިގަޑީގައި ހޮސްޕިޓަލްއަށް ދިއުން ރަނގަޅެއް ނުވާނެ.. ގެއަށްދޭ.. އަހަރެން އަންގާލާނަން ހުރިހާ ކަމެއް ނިމުނީމަ” މިފަހަރުވެސް ވީ ކުރިން ފަހަރު ތަކުގައި ވާ ގޮތަށެވެ. އަހަރެންގެ ހިތުގެ އަޑު އައިރްއަށް ނުލާހިކު ރަނގަޅަށް އިވިގެން ދިޔައެވެ. ނަމަވެސް މިފަހަރު އަހަރެން އުފާވުމުގެ ބަދަލު ގައި ބިރުގަތެވެ. އިންސާނެއް ނަމަ އެހާ ސީދަލަކަށް އައިރްއަކަށް އަހަރެންގެ ހިތުގެ އަޑެއް ނީއްވޭނެއެވެ. އަހަރެން ދޮންބެގެ އަތުގައި ހިފާލީމެވެ. “އާމިރު މިގަޑީގައި އާސީން ގޮވައިގެން ގެއަށްދޭ” ދޮންބެ އާއި ދިމާލަށް ބަލާލަމުން އައިރް ބުނެލިއެވެ. ދޮންބެ ބޯޖަހާލަމުން އެތަނުން އަހަރެން ގޮވައިގެން ހިގައިގަތެވެ.
ގެއަށް ދިޔަ ގޮތަށް އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. އެތައް ބައިވަރު ސުވާލު ތަކެއް އަހަރެންގެ ސިކުނޑި ކަމުން ދިޔައެވެ. އަދްލީ އެގޮތަށް އެ މަރުވީ ކީއްވެ ހެއްޔެވެ. އޭނަ އަމިއްލައަށް މަރުނުވާނެކަން އަހަރެންނަށް ޔަގީނެވެ. އެހެންވެއްޖެނަމަ އައިރް ދޮގު ހެދީ ހެއްޔެވެ. އެކަމަކު އޭނަ ވަކި ދޮގު ހަދަންވީ ކީއްވެ ހެއްޔެވެ. ބަންޝީލް އައިރް އޭ ކިޔައިގެން އެބުނީ ތެދެއް ހެއްޔެވެ. އަހަރެން ބޮލުގައި ހިފަހައްޓާލީމެވެ. އެދުވަހުގެ އިރު އެރީވެސް އަހަރެން އެހެން އިންދައެވެ. ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ދޮންބެ ވަނެވެ. “އަދްލީގެ މޫނު ދައްކަން ފަށައިފިޔޯ.. އިރުކޮޅަކުން ވަޅުލާނެކަމަށް އައިރް ބުނީ” ދޮންބެ ދޮރުމަތީގައި ހުރެ ބުނެލިއެވެ. “ދާނަންތަ މޫނު ބަލަން” ދޮންބެ އަހާލިއެވެ. އަހަރެން ދޮންބެގެ މޫނަށް ބަލާލީމެވެ. އަވަސް ކޮށްލައިގެން އަހަރުމެން ސަހަރައަށް ދިޔައީމެވެ. އެތަނުގައި އެގަޑީގައި އެހާ ގިނަ މީހުނެއް ނޫޅެއެވެ. އަހަރެން ގޮސް އަދްލީގެ މޫނު ބެލުމަށް އެތަނުގައި ހުއްޓެލީމެވެ. އެމޫނުމަތީ ދެ ތަނެއް ނޫފަައި ގަނެފައި ވާއިރު ކޯމަތިން ލޮލާއި ކައިރިން ވާ ގޮތަށް ތަންކޮޅެއް ހަލާކު ވެފައި ހުއްޓެވެ. އަހަރެން އެތަނުގައި މަޑުކޮށްލަމުން ބޭރަށް ނިކުތީމެވެ. އޭރު ދޮންބެ ހުރީ އައިރްއާއި ވާހަކަ ދައްކާށެވެ. އަހަރެން ފެނުމުން އައިރް ބަލާލިގޮތުން އޭނައަށް ހުރިހާ އެއްޗެއް އެގިއްޖެއޭ ބުނެލި ކަހަލައެވެ. ކަށިނަމާދު ކުރާ ވަގުތު ޖެހުމުން ދޮންބެ ދިޔައީ ނަމާދު ކުރާށެވެ. އައިރްވެސް ދޮންބެއާއި އެކު ދިޔައެވެ. އަހަރެން ބޭރުގައި މަޑުކުރީމެވެ. ހުރިހާ ކަމެއް ނިމުމުން ދޮންބެ އައުމުން އަހަރެން އަވަހަށް ދޮންބެއާއި އެކު ގެއަށް ދިޔައީމެވެ. އެގަޑީގައި އައިރް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެކަމަކު އަހަރެން އޭނައަކަށް އެފުރުސަތެއް ނުދެމެވެ.
އަހަރެންގެއަށް ގޮސް އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ. މަންމައާއި ބައްޕަ އަހަރެންނާއި ވާހަކަ ދެއްކުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އެއްވެސް މީހަކާއި ވާހަކާއި ދައްކާ ހިތެއް ނުވިއެވެ. ހެނދުނު ގަޑީގައި ޓީވީ ހުޅުވާލިއިރު އޭގެން އިވެމުން ދިޔައީ އަހަރެންގެ ވާހަކައެވެ. އަހަރެންނާއި ނާސިރުގެ ވާހަކައެވެ. އޭގެ ކުރިން ދުވަހު މީޑިއާ މީހުންނަށް ފެނުނު މަންޒަރުތަކަށް ބަލާ އެމީހުން އެކި ކަހަލަ އެއްޗެހި ކިޔަމުން ދިޔައެވެ. އެކި ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ވަނީ އަހަރެންގެ ނަމެވެ. “އާސީންއަކީ ނާސިރުގެ ކާކުބާ!! އާސީން ކޮންމެ ދުވަހަކު ޕޮލިސް ސްޓޭޝަންއަށް ދަނީ ކީއްކުރަންބާ!! އާސީންއާއި ނާސިރުގެ މެދުގައި އޮންނަނީ ކޮން ގުޅުމެއްބާ!! މިއީ ގިނަ ނޫސްތަކުގެ ސުރުހީތަކެވެ. އެމީހުން ލިޔެފައި ހުރި ހަބަރުތައް ކިޔާފައި އަހަރެންގެ ރުޅި ގަދަވިއެވެ. ހިނިވެސް އައެވެ. ތެދަކީ ކޮބާކަން ބެލުމެއް ނެތި އެމީހުން އެކި ވާހަކަ ލިޔަމުން ދިޔައިރު އޭގެން އަހަރެންނަށް ކުރާނެ އަސަރަކަށް އެއްވެސް ވަރަކަށް އެމީހުން ވިސްނާލާފައެއް ނެތެވެ. އެއް ނޫހެއްގައި ޖައިޝްގެ ފަރާތުން އިންޓަވިއު އެއްވެސް ނަގާފައި އޮތެވެ. އޭގައި ހުރީ ބަންޝީލްގެ ބަސްތައްކަން އަހަރެންނަށް އެނގެއެވެ.
އަހަރެން އެންމެ ދެރަވި އަހަރެންގެ ސަބަބުން މަންމަމެންގެ ނަންވެސް ހަޑިވެގެން ދާތީއެވެ. އެއްވެސް ވިސްނުމެއް ނެތި މީޑިއާ ތަކުން ދިޔައީ އަހަރެންނާއި ނާސިރުއޭ ކިޔައިގެން ދޮގު ހަބަރުތައް ފަތުރަމުންނެވެ. މަންމަވެސް ބައްޕަވެސް ގޭގައި މަޑުކުރީ އެމީހުންނަށް މީހުންނާއި ކުރިމަތިލާން ނުކެރޭތީކަން އަހަރެންނަށް އެނގެއެވެ. ދޮންބެވެސް ގޭގައި މަޑުކުރީ އެހެންވެގެންކަން އަހަރެންނަށް އެނގެއެވެ. ބައެއްގެ ފަރުވާ ކުޑަކަމުން ތެދަކީ ކޮބާކަން ބެލުމެއް ނެތި މިނެޓް ކޮޅެއްގެ ތެރޭގައި އަހަރެން މިހުރިހާ ދުވަހު ދެކެމުން އައި ހުވަފެންތަށް ވިއްސިވިހާލި ކޮށްލިއެވެ. އަހަރެން ބޭނުންވީ އެހެން މީހުންގެ އިހްތިރާމް ލިބޭ އެހެން މީހުންގެ ލޯބި ލިބޭ ޖާނަލިސްޓްއަކަށް ވާށެވެ. އެކަމަކު އޭގެ ބަދަލުގައި އަހަރެންނަށް އެހެން މީހުންގެ މަލާމާތް ރައްދުވާން ފެށިއެވެ. ހަމައެކަނި ނުވިސްނޭ، ނުވަތަ ނުވިސްނާ ބަޔަކު ކުރި ކަމަކުންނެވެ.
އެދުވަހުގެ ބޮޑުބައި އަހަރެން ހޭދަކުރީ ކޮޓަރީގައެވެ. ތެދައް ބުނާނަމަ އަހަރެންނަށް އަހަރެންގެ އާއިލާގެ މީހުންނާއިވެސް ކުރިމަތިލާން ނުކެރުނީއެވެ. ކޮޓަރި ތެރޭގައި ފޮތެއް ހިފައިގެން އެ ކިޔޭތޯ ބަލަމުން ދިޔައީމެވެ.އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެން ދިޔައެވެ. “ކޮއްކޮ” ދޮންބެ ދޮރުހުޅުވާލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “އެބަހުރި ކޮއްކޮއާއި ބައްދަލު ކޮށްލަން މީހަކު އައިސް.. ބޭރަށް އާދެވިދާނެތަ” ދޮންބެ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. ދޮންބެ ނިކުތުމުން އަވަސް އަވަހަށް ކުޑަކޮށް ރީތިވެލައިގެން ބޭރަށް ނިކުތީމެވެ. ނިކުތުމާއި އެކު ސިޓިންރޫމްގައި ކޮޅަށް ހުރި ޖައިޝް އަހަރެންނަށް ފެނުނެވެ. ޖައިޝް ފެނުމާއި އެކު އަހަރެން އުފާވިއެވެ. އޭނައަށް އެއްވެސް ގެއްލުމެއް ނުލިބި އެކަމުން ސަލާމަތްވީތީ އަހަރެން އުފާކުރީމެވެ. “އާސީން” އަހަރެން ފެނުމާއި އެކު ޖައިޝް ގޮވާލިއެވެ. އެމޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުމުގެ ސަބަބުން އަހަރެންގެ ހަމަޖެހުމެއް ލިބުމެއް ނެތް ހިތައް ކުޑަކޮށް އަރާމެއް ލިބިގެން ދިޔަ ކަހަލައެވެ. “ކިހިނެއްތަ ޖައިޝް.. މިހާރު” އަހަރެން އަހާލީމެވެ. “އަސްލު މިއައީ އެވާހަކަ ދައްކަން ވެގެން.. މިދިޔަ ދެތިން ދުވަހު ވެގެން ދިޔަ ހުރިހާ ކަމެއް އަހަރެން ހަނދާނެއް ނެތް.. އެކަމަކު ކޮންމެވެސް ވަރަކަށް ބައެއް ކަންތައް ހަނދާން އެބަހުރި.. މިސާލަކަށް އަހަރެން އާސީންއާއި ދިމާލަށް ކީ އެއްޗެހި” ޖައިޝް ވާހަކަ ދެއްކިއެވެ.
“އަހަރެން ކުރިން އެއްވެސް ވަރަކަށް ޖިންނި ކަންތަކެއް ގަބޫލެއް ނުކުރަން.. އެކަމަކު މިހާރު ހުރިހަ ކަމެއް ފެނި ތަޖުރިބާ ކުރެވިއްޖެ.. ވަރަށް ބޮޑަށް ސޮރީ.. އަހަރެން އާސީންގެ ވާހަކަތައް މީގެ ކުރިން ގަބޫލު ނުކުރެވުނީތީ” ޖައިޝް މާފަށް އެދުނެވެ. “އޭގައި ޖައިޝްގެ އެވެސް ކުށެއް ނެތް.. ބަންޝީލް ހުރިހާ ކަމެއް” އެހާ ހިސާބަށް ބުނެފައި އަހަރެން ޖައިޝްގެ މޫނަށް ބަލާލީމެވެ. “އެކަމަކު.. ތި އާއިލާއަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން.. މިއަދު އަހަރެން ތި ސަލާމަތް ކޮށްދިނީ ވަރަށް ބޮޑު ކަމަކުން.. އަހަރެން އިރާދަކުރެއްވިއްޔާ ތި ކޮށްދިން ކަންތައްތަކުގެ ބަދަލު ދޭނަން” ޖައިޝް ބުނެލިއެވެ. ޖައިޝް ވަރަށް ގިނަ އިރު ވާހަކަ ދައްކަން މަޑުކުރިއެވެ. މަންމައާއި ބައްޕަ އިނުމުން އަހަރެން ކުރަން ހުރި ސުވާލުތަށް ޖެހުނީ މަޑުޖައްސާލާށެވެ. އެތައް އިރަކު އިނުމަށްފަހު ޖައިޝް ގެއިން ދިޔައީ އޭނަ މީޑިއާއަށް ދިން އިންޓަވިއު ބަދަލު ކުރާނެ ކަމުގެ ޔަގީން ދީފައެވެ. އެއީވެސް މިއަދު އަހަރުމެންގެ އާއިލާއަށް ލިބޭނެ ބޮޑު ހިންހަމަޖެހުމެކެވެ.
އެދުވަސް ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި އައި އެންމެ ދިގު ދުވަހަށެވެ. ގެއިން ބޭރަށް ނުދިޔައެއް ކަމަކު ރައްޓެހިންގެ ސުވާލު ތަކަށް އަހަރެން ޖަވާބު ދޭން ޖެހުނެވެ. ފޯނުން ރައްޓެހިން ކުރަމުން ދިޔަ ސުވާލު ތަކުގެ ސަބަބުން އަހަރެން ހުރީ އުދަގޫ ވެފައެވެ. ބައެއް މީހުން ހަބަރުތަކުގައި ވާ ވާހަކަ ގަބޫލު ކުރާއިރު އަނެއް ބައި މީހުން ތިބީ ޝައްކެއްގެ މަތީގައެވެ. އަނެއް ބަޔަކު އެއީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނޭ ބުނަމުން ދިޔައެވެ. އެދުވަހު ގޭތެރެވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހެވިފައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ގާ ގަޑިތަކުގައިވެސް އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮއްކޮއަށްވެސް ކޮންމެވެސް ކަމެއް ވެގެން އުޅޭކަމެއް އެނގޭ ކަހަލައެވެ. އެ ޅަސިކުނޑީއަށް އަރާނެ ސުވާލުތައް އަހަރެންނަށް ކޮންމެވެސް ވަރަކަށް ވަޒަން ކުރެވެއެވެ. އެކަމަކު އެ ސުވާލު ތަކަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނޭނގެއެވެ.
ރޭގަނޑުގެ ވަގުތު ފަހަނަ އަޅާ ދަންވަރުގެ ވަގުތުތައް ގުނަން ފެށިއެވެ. އަހަރެންނަށް ނިދޭގޮތެއް ނުވިއެވެ. ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ބަލި ވެއްޖެއެވެ. ލެޕް ޓޮޕް ހުޅުވާލަމުން އަހަރެން މެއިލްތައް ޗެކް ކޮށްލީމެވެ. އެވަގުތު އަދްލީ ފޮނުވާފައި އިން މެއިލް ފެނިގެން ދިޔައެވެ. އަހަރެން ހައިރާން ވިއެވެ. އެއީ އަދްލީ މަރުވި ދުވަހު ފޮނުވާފައިވާ މެއިލްއެކެވެ. އަހަރެން ހުޅުވާލިމެވެ. އެއީ ވީޑިއޯ އަކާއި ދެތިން ފައިލްއެކެވެ. އަހަރެން ވީޑީއޯ ޖައްސާލިމެވެ. “ހޭ އާސީން..” އޭގެން ފެނިގެން ދިޔައީ އަދްލީއެވެ. އަހަރެން ހައިރާން ވެގެން ދިޔައެވެ. އޭނަ މަރުވުމުގެ ކުރިން އަހަރެންނަށް ވީޑީއޯ މެސެޖްއެއް ފޮނުވީ ކީއްވެ ހެއްޔެވެ “މި ވީޑީއޯ އާސީންއަށް ފެންނަ އިރު އަހަރެން ފަހަރެއްގަ މިދުނިޔޭގައި ނުހުރެދާނެ.. އެކަމަކު އަހަރެން އާސީން ބުނި ކަންތައް ކޮށްދީފިން.. މި މެސެޖްއާއި އެކު އާސީންއަށް އެފައިލްތައްވެސް ފެންނާނެ.. އަހަރެން އަދިވެސް ބުނަން ބޭނުންވަނީ.. އަހަރެން މިއީ އާސީންގެ އެކުވެރިއެއް ކަމަށް ބަލާނަމަ.. ޕްލީޒް.. އިތުރަށް މި ކޭސްގައި ކުރިއަށް ނުގެންދޭ.. އެމީހުންނަށް އަހަރެން.. މިކަންތައް ބަލާކަށް އެނގޭ… އަދި މިކަމުގައި އާސީން އުޅޭކަންވެސް އެނގޭ.. އާސީންއަށް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން” އެހާ ހިސާބުން ކުއްލިއަކަށް އެ ވީޑީއޯ ނިވުނެވެ. އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް އުފެދިގަތީ ޖަވާބު ނުދެވޭ އެތައް ސުވާލު ތަކެވެ.
ނުނިމޭ…
1626 Comments
Comments are closed.
hurihaa kudin ves vaaahaka ah inthizaaru kuri kamah umeedh kuran.. v bixy koh ulhunyma vaahaka lahun mi up koh dhevuny.. heekuran mi baives hurihaa kudin nah kamudhaane kamah 🙂 hurihaa kudinge hiyaal thakah maruhaba 🙂
woooooow….. ? alhey plx adhi kiyan beynun..fantasy kihinei thihedhee… ? i was expecting mi part ga filethakuga huri eichehi aasin balaane kamah… ? dn again inthizaaringggg….? btw wen u ll up next part…?
goood luck ☺✌???
thnks ken dear 🙂 thihaa lobi comment eh koh leema 🙂 ehaa gina dhuvahu inthizaaru kuruvaakah nujassaanan igey 🙂
Vaahaka v v salhi… keep it up..
v bodah thnks igey saeee 🙂
as i expected this airu also got some powers dhwwwww..?hehhe…☺☺may b he is much powerful than bansheel dats y lurin part eiga buni dhw bansheel ah eyna aa kairi nuveveyne kamah…?
haadha lahey upkuraalei. konmahaku up kuran vee nun. Anywax story hama woderfull
heheh.. dhoo yudhna 🙂 avas koh dheytho balaanan igey dear 🙂
Wowwww….vvv rythi mi vaahaka…bubbly kihineh vegen tha e ulhenii?..haha…whn nxt prt
hehehe… thnks princess bodu koh 🙂 v ufaa vejje lobi comment eh fenunyma 🙂
Wow vrh reethi.. Konme dhuvahaku up nuvaathy kada e. Kyp it up
thnks shai bodu koh 🙂 kihinetha dear konme dhuvahaku up kuraany 🙂
v nice mi story.. v kiyaahiyvaa kahala vaahakaeh mee.. fantasy v molhu engey
thnks azza mohamed 🙂
A-ir aky jinni eh viyyaa naasi ge hithu ga hunna ehchehi vx ingeyne thaa dhw ..Dhn eyna aasyn ge dhonbe dhin thaveedh ga hifiyyo.
thi suvaal thakuge jabaa dhen huri baithakun dheveytho massakith kuraana igey Ellie 🙂
Wow
thnks 🙂
Fansy haadha molhay hiaennvay tyee girl aehhen thivaahak sifakoh dhinumuga gengulhumuge basthah athurifa hunagothon heevnee lolah fanahen thihaa sikondithana vas nuvaane girlaegga fantasyga aniyaavaaha keyymavesingay thee boy ehk komevaahaka ehggaves heerow akah aulhy kujjaagehunna molhukamun hama aashowhuvy haadhamolhay haadhmolhy theeham??????
hehehe… balgees heros aky abadhuves molhu baeh nun dear 🙂 thnk bodu koh thihaa sweet comment eh kohleema 🙂
wow varah reethi mibai ves. komme faharaku ves dhen vaany kihineh baaey hithah ara irah eba eh nimey 😛 so sad fr me 😛 varah avahah dhen oi bai ves up koddhecchey 😀 pleeeeeez Fantasy! i love ths storyy . Fantasy ah thankyou fr brnging such a lovely story 😉
thnks faxoo dear 🙂 faxooge lobi comment fenunyma fantasy v ufaa vejje 🙂 bodu koh thnks
Fantasy thihaabixy konulhamun vx story upkoh dhay thee v v bodah shukuriyya?banseel, air akee jinnakah bunyma v dhera vehjje.. airuge parentun therein ekaku aky jinni akah vi nama dhw.. ? fantasy vareh hama nethey buneveyny, vaahaka kiya iru heevany filmehge manzaru thah fennahen..??????
heheh thnks maah 🙂 miadhuvas kolhuge gothun bixy vaany igey dear 🙂 ekamakuves thi gothah vaahaka kiyaalaa thihaa lobi comment kohlaathee v happy vey 🙂
Wooww!! Maasha allah.. v v furi hama mi bai vx.. fantasyge kithah hunatu vey ba ey mi hithah arany!!?? mi vaahakaaga heevany hama boogal master eh hen.. aniya vaahakaaga heevany police inteligence ge ulhey kuhjjeh hen.. gabooleh vx nukureve thy grl eh kamah.. thihira hiyaala visnumuge thafaathu kamah hama saabas dheyha ve.. thiha unique style akah vaahaka liya kuhjjeh adhi nufene, buneveyny hama ahssari baha saabahey.. ??
thnks almaash bodu koh igey 🙂 v ufaa vejje thihaa sweet adhi lobi comment eh kohleema 🙂 booogal master eko 😛 😛 thnks bodu koh igey 🙂