Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިލްކޭ ތީ މަގޭ (1)

Mannu Level 1
April 30, 2016 5 Mins Read
11 Comments

އަވީ ތެރޭގައި ސިފައިގެންގެ ޔުނިފޯމްގައި ހުރި ފިރިހެން ކުއްޖާ ވަނީ ދާހިއްލާފައެވެ. އަތުގައި ބަޑިއެއް އޮތްއިރު ކައިރީގައި ހުރި އަނެއް ކުއްޖާއާއިވެސް ވާހަކަ ދައްކާލައެވެ. މޫނަށް ބަލާލުމުން ގިނައިން އަވީގައި އުޅޭކަން އިނގެއެވެ. ދޮން ހަންގަނޑުވަނީ އެއްކޮށް ރަތްވެފައެވެ. ރައީސުލް ޖުމްހުރިއްޔާ ކާރުކޮޅުއައިސް މަޑުކޮއްކޮއްލުމުން ހުރިހާ މީހުންވެސް ސަމާލު ވެއްޖެއެވެ.

“ސަމާލު” ދުރުގައި ހުރި ބޮޑުމީހާ ކޮމާންޑް ދިނުމުން އެންމެން އެއްފަހަރާ ބިންމަތީގައި ފައިޖަހާލިއެވެ.

ކާރުން ފައިބައިގެން ދަރުބާރުގެއަށް އެންމެން ވަންނަންދެން ހުރިހާ ސިފައިންގެ މީހުން ތިބީ ސެލިއުޓް ކޮއްގެނެވެ. އާމުންނާއި އަދި ކުޑަކުދިންވެސް އެތަނުގައި ތިއްބެވެ. ސިފައިންގެ ބޭންޑުން ކުޅެމުންދިޔަ ޤައުމީ ސަލާމުގެ ލަވަ ބައެއް ކުޑަ ކުދިން ކިޔަމުން ގެންދިޔައެވެ. ކޮއްޅަށް ފަސޭހައޭ ބުނުމުން އެންމެން ހަށިގަނޑަށް ލުޔެއް ދިނެވެ. ދެގަޑީރު ފަހުން ޖަލްސާވެސް ނިމިގެން ހިނގައްޖެއެވެ. އޭރުވެސް އެޒުވާނާ ބަޑި ހިފައިގެން ސީރިއަސް ވެލާފައި ހުއްޓެވެ. ހުރިހާ ކަމެއް ނިނުމުން  އެހެން މީހުނާއެކު ދާން އޭނާވެސް ހިނގައިގަތެވެ.

“އިއްބާން… “ދުރުން އިވިގެން ދިޔަ އަންހެން އަޑުން އިއްބާންގެ ހިނގުމަށް ހުއްޓުން އެރިއެވެ. މިތަނަށްވެސް އައީ ހެއްޔެވެ؟ ވަރުގަދަ ކުއްޖެކެވެ. އިއްބާން އިނގޭ ކަމަށްވެސް ހަދާ ނުލާ ކުރިއަށް ހިނގައިގަތީ ބަލައިލައިފިއްޔާ މާ ކަންތައް ބޮޑުވާނެކަން އިނގޭނެތީއެވެ.

“އިނގޭތަ އެމަންޖެ؟” މުއާޒް އެހެން ބުނުމުން އިއްބާން ހިނިތުން ވެލަމުން ބޯޖަހާލިއެވެ.

“އަހަރުމެންގޭ ކުއްޔަށް އުޅޭ ބައެއްގެ ދަރިއެއް..” އިއްބާން ހިނިތުން ވެލަމުން ބުނެލިއެވެ.

“ކޭތަ ހިފާނެ ދޯ… އޭނާ އިއްބާން ހާ ދޮނެއް ނޫނެއްނު..” މުއާޒް ދިމާ ކޮއްލާ ރާގަކަށް ބުނެލިއެވެ. އަދިވެސް އެއަންހެން ކުއްޖާ އިއްބާން ބަލާލާތޯ ހުއްޓެވެ.  މުއާޒް ފަރުވާތެރި ކަމާއެކު އެކުއްޖާއަށް ބަލާލަމުން އިއްބާންއަށް ހީލިއެވެ.

“ވަރަށް ކުޑަހެން ހީވަނީ… 18ވެސް ނުވާނެ ދޯ” އިއްބާން ދެންވެސް ޖަހާލީ ބޮލެވެ. ހީވަނީ އެކުއްޖާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވެފައި ހުރިހެނެވެ.

“16 ..” މިފަހަރުވެސް އިއްބާން ދިނީ ވަރަށް ކުރު ޖަވާބެކެވެ. އެގޮތަށް ޖަވާބު ދޭން ފެށުމުން މުއާޒްއަކަށް އަހާކަށްވެސް ނުކެރުނެވެ.

ޑިއުޓީ ނިންމާލާފައި ގެއަށް ދިޔަ އިއްބާން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. ބޮޑު ގޭގެ އެއް ފަރާތެއްގައި ހުރި ޖަނބުރޯލު ގަހެއްގެ ދަށުގައި އިއްބާން ހުއްޓިލީ އޭނާގެ ދޮންބައްޕަ ގޮވާލުމުންނެވެ. އާސިފާއާއި ޒުބައިރު ކައިވެނި ކުރީ އިއްބާންއަށް އެންމެ 2 އަހަރުގައެވެ. އާސިފާއަށް އިޝާން ލިބުނީ އިއްބާންއަށް 6 އަހަރުގައެވެ. ނަމަވެސް ޒުބައިރު އަބަދުވެސް އިއްބާންއަސް ހާއްސަ ގޮތެއް ބަހައްޓައެވެ. މިވީ 22 އަހަރު ދުވަހުގެ ތެރޭގައި އިއްބާން ދުވަހަކުވެސް އިސްއުފުލާ ޒުބައިރުއާއި ވާހަކަވެސް ނުދައްކައެވެ.

ގޭގެ ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔަ ބުޅި އިސްތަށިގަނޑުން އިއްބާންގެ މޫޑު އޮފްވާ ގޮތްވިއެވެ. އެތަނުން އެހާ އަވަހާ ގެއަށްވެސް އައީހެވެ. ދޮރު ހުޅުވުމާއެކު ޒީބާ ފަހަތަށް ބަލާލައިފިއެވެ. އޭރު އިޝާންވެސް ޒީބާ ކައިރީގައި ހީލައިގެން ހުއްޓެވެ. އިޝާން ހީލައިގެން ހުރި ގޮތުން ހީވަނީ އިއްބާންއަށް މަލާމަތް ކުރަނީ ހެނެވެ. ދެލޯ ކުޑަކޮށް ލަމުން އިއްބާން ގޮސް އިށީނީ ކާމޭޒު ކައިރީގައެވެ. ޒީބާ އިއްބާންއާއި ދިމާލަށް ބަލާވެސް ނުލާ ހުއްޓެވެ. ދޭތެރެއަކުން ލޮލުގެ ކޮޅުން އިއްބާން އެދިމާއަށް ބަލާލައެވެ. އިޝާންއާއި ދެމީހުން ސަކަރާތް ޖަހާވަރުން ބައެއް ފަހަރު އާސިފާވެސް ގޭތެރޭގައި ވާގޮތެއް ބަލާލައެވެ.

ކައި ނިމިގެން ކޮޓަރިއާއި ދިމާއަށް އިއްބާން މަޑުޖެހިލީ މަންމަ ގޮވާލުމުންނެވެ. އަތުގެ އިޝާރާތުން އައުމަށް ބުނެލީ ޒީބާއަށް ނުފެންނާނެހެނެވެ. ބޯ ޖަހާލަމުން އިއްބާން ގޮސް އޭނާގެ މަންމަގެ ކޮޓަރިއަށް ވަދެއްޖެއެވެ. އާސިފާ ފުރަތަމަވެސް ފެށި ޒީބާގެ ވާހަކައެވެ.

“މަންމަވެސް ދޯ.. ޒީބްއަށް އެންމެ 16 އަހަރޭ” އިއްބާން ހިތްހަމަ ނުޖެހުނުވަރު އަޑުންވެސް ހާމަވެގެން ދިޔައެވެ.

“ޒީ ވެސް ބޮޑެއްނު ދެން ވާނީ.. ޒީ ނުލާހިކު އިއްބަ ދެކެ ލޯބިވަކަން މަންމައަށް އިނގޭ.. އެހެން މީހުންގެ ކުރިމަތީގަ އެކުއްޖާ ދެރަ ނުކުރާތި… އެއީ މަންމަ ނުލާހިކު ލޯބިވާ ކުއްޖެއް” އާސިފާ އިއްބާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“މަންމާ އަޅެ އެކަހަލަ” ކޮޓަރިއަށް ވަން ޒީބާ ފެނުމުން އިއްބާން ހުއްޓާލިއެވެ. އެ ބުޅި ބުޅި އިސްތަށިގަނޑު އޭރުއޮތީ މުޅިންހެން ހޭވިފައެވެ.

“އާންޓީ…. ހިނގާބަ ޒީއަށް ކަމެއް ކޮއްދޭން” އާސިފާގެ އަތުގައި ހިފާލަމުން ޒީބާ ހިނިތުން ވެލިއެވެ. އެއާއެކު ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން އެރީތިކަން އިތުރު ކޮއްދިނެވެ. ދޮން ނޫން ކަމުގައި ވިއަސް ޒީބާއަކީ މީހުން ހިތް ދަމައި ގަންނަ ފަދަ ރީތި ކުއްޖެކެވެ.

ކޮޓަރީގެ ދޮރު ލައްޕާލަމުން އިއްބާން ވަނީ ފާހާނާއަށެވެ. ފެންމާގަނޑު ދަށުގައި ހުރިއިރު އޭނާ ހަނދާން ވަމުން ދިޔައީ އެންމެ ފުރަތަމަ ފަހަރަށް ޒީބާ ފެނުން ދުވަހެވެ. އެއީ ދެތިން އަހަރު ކުރިންނެވެ. ކުޑަކުޑަ ޒީބާ އޭރުވެސް ވަރަށް ލޯތްބެވެ. ނަމަވެސް އޭނާއާއި ބަލާފައި ޒީބާއަކީ ކުޑަކުއްޖެކެވެ. އެކަމެއް އެންމެ ފަހަރަކުވެސް އިއްބާން ހަނދާނެއް ނުނެތެއެވެ. ބަދަލު ނުވަނީ ހަމައެކަނި ޒީބާ އޭނާއާއި މެދު ދެކޭ ގޮތެވެ.

ވަރުބަލި ވެފައި ހުރުމުން އިއްބާން ނިދާލީ ޒީބާގެ ހިޔަލުގައި އޮވެއެވެ. އޭނާއަށް ޒީބާއާއި މެދު ކޮއްކޮއެއްގެ ގޮތަށް ދެކެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ޒީބާ އެ އެޕާޓްމެންޓްއިން ނިކުމެގެން ދިޔައީ އިއްބަން ނުނިކުންނާނެ ކަން އިނގޭތީއެވެ. މާޔޫސްވި ނަމަވެސް ޒީބާ ނިކުމެގެންގޮސް އެމީހުންގެ ބަޔަށް ވަދެއްޖެއެވެ.

ކުރަހަން ފޯރި ހުންނަ ކުއްޖެއް ކަމުން ޒީބާ އިނށީދެލައިގެން އިނީ ގޭގެ ޓެރެހުގައެވެ. އަތުގައި ފަންސުރަކާއި ކުޑަ ސްކެޗް ފޮތެއް އޮތެވެ. އިސްތަށިގަނޑު އައްސާލާފައި ވާގޮތުން ވަރަށްވެސް ހިތްގައިމެވެ. ބައެއް އިސްތަށި ކޮޅުތައް ވެއްޓިފައި ވުމުން ހީވަނީ ފިލްމެއްގެ މަންޒަރެއް ކުޅެން އުޅޭ ކުއްޖެއް ހެންނެވެ. އިއްބާންވެސް ހޭލެވުމުން ޓެރެހަށްއައީ ފިނިވައި ޖެހޭނެތީއެވެ. އާސިފާއާއި ޒީބާވަނީ ޓެރެހުގައު އެކި ކަހަލަ މާގަސް އިންދާ އެތަން ބަގީޗާއަކަށް ހަދާލާފައެވެ. މަޑު ފިޔަވަޅުތަކެއްގައި އެތަނަށް އަރަމުން އިއްބާން ސިހުމެއް ލިބުނީ ޒީބާ ފެނުމުންނެވެ. ފަހަތުންގޮސް ސިއްސުވާލަން ހިތަށް އެރި ނަމަވެސް އޭނާ ކުރަހަމުން ދިޔަ އެއްޗެއް ބަލާލާ ހިތްވެސް ވިއެވެ.

ދެފައި ނަގައި ގޮނޑިއަށް ލައިގެން އިންއިރު ކުރަހަމުން ދިޔަ ފޮތްވަނީ އޭނާގެ އުނގުގައި ބާއްވާލާފައެވެ. ލޮލުގައި އަޅާފައިވާ ބޮޑު އައިނުން އެރީތިކަން ދެގުނައަށް ދެއެވެ. އިއްބާންގެ މޫނަށް ވެރިވީ ހިނިތުންވުން އެހެން މީހަކަށް ފެނުނު ނަމަ ހަމަ ގައިމުވެސް ޒީބާއަކީ އޭނާއަށް ހާއްސަ ކުއްޖެއްކަން އެނގޭނެއެވެ. އަބަދު ރުޅިއައި ކަމުގައި ވިޔަސް މިރީތި ކުއްޖާދެކެ ނަފްރަތުވާނީ ކިހިނެއް ހެއްޔެވެ. ގަނޑު އެއްފަރާތަކުން ފެނިގެންދިޔަ އިއްބާންގެ މޫނު ފެނުމުން ކުރިއަށް އެޅި ފިޔަވަޅުވެސް އަޅާލެވުނީ ފަހަތަށެވެ. މިކުޑް ކުއްޖާ މިއުޅެނީ ކިހިނެއް ހެއްޔެވެ. އަދި އެތައް ފަހަރެއްގެ މަތިން ހިޔާލު ބަދަލުވާނެ ކަމެއް ނޭގެނީ ބާވައެވެ. އެއުމުރުގައި އަދި އެތައް ބައެއްގެ މައްޗަށް ހިތް ލެނބޭނެއެވެ.

ޒީބާ އުޅޭގޮތުން ކިތަންމެ ރުޅި އައި ނަމަވެސް ދުވަހަކުވެސް ޒީބާއާއި ދިމާއަށް އިއްބާން އެއްޗެކޭއެއް ނުބުނެއެވެ. އުސްއުފުލާ ޒީބާއަށް އޭނާ ބަލާވެސް ނުލައެވެ. ފޯނެއް އަންނަ ކަމަށް ހެދިގެން ހުރެ ގޮސް އިއްބާން ފާރު ކައިރީގައި ހުއްޓި ތިރި ބަލާލިއެވެ. އެހެން ވާހަކަ ދައްކަން ހުއްޓައި މީހަކު ގުޅައިފާނެތީ އިއްބާން ފޯނު ސައިލެންޓް ކޮއްލިއެވެ.

“ރައި ކިހިނެއްތަ؟؟ ވަރަށް މިސްވޭ” ޒީބާއަށް އަޑި އިވޭ ވަރަށް އިއްބާން ބުނެލިއެވެ. ކުރަހަން ހުރެފައި ޒީބާގެ އަތަށް މަޑު ޖެހުމެއް އަތުވެއްޖެއެވެ.

“ކޮންއިރަކުން އަހަންނާ ބައްދަލު ކުރާނީ؟؟ ތިކަހަލަ ދޮން ކުދިންދެކެ އަހަރެން ވަރަށް ލޯބިވޭ” އިއްބާން އެހެން ބުނުމުން ޒީބާއަށް އޭނާގެ ހަންގަނޑަށް ބަލާލެވުނެވެ. ތެދެކެވެ. އޭނާ އޭހާ ކަޅު ކުއްޖަކަށް ނުވިނަމަވެސް އިއްބާން ކައިރީގައި ހުންނައިރުގައި ވާނީ ކަޅު މީހަކަށެވެ. ކަޅު ވީމާ ލޯބި ނުވެވެނީ ހެއްޔެވެ.

“އައި ލަވް ޔޫ ބޭބީ… އޫމްމްމްމްވާ” އިއްބާން އަނެއްކަވެސް ބާރަށް ބުނެލިއެވެ. މިފަހަރު ޒީބާއަށް އޭނާ ހުސްނޫންކަން އަންގާލި ކަހަލައެވެ.

އިތުރަށް އަޑު އަހަން ބޭނުން ނުވުމުން ޒީބާ ތިރިއަށް ދާން ހިނގައި ގަނެފިއެވެ. ފައިބައިގެން ދިޔައިރު ކޮލުން ލާފައި ފައިބައިގެން ދިޔަ ކަރުނަ ތިކި ސާފުކޮށް އިއްބާންއަށް ފެނުނެވެ. އެއަށްވުރެ ބޮޑަށް އިއްބާން ހައިރާންވީ ޒީބާ އިށީނދެގެން އިން ގޮނޑިމަތީގައި ގަނޑެއް އޮތުމުންނެވެ. ފޯނު ޖީއްބަށް ލަމުން ގޮސް އެބަލާލިއިރު އެއީ ދެންމެ ޒީބާ ކުރަހަންއިން އެއްޗެވެ. ގަނޑު ދެފަޅިއަށް ވީދާލާފައިވާއިރު އޭގެ އެފަރާތުގައުވަނީ އިއްބާން ހިނިތުން ވެލައިގެން ހުއްޓައި ކުރަހާފައެވެ. އަނެއް ފަރާތުގައި ވާ އެއްޗެއް ނޭނގުނު ކަމުގައި ވިޔަސް އިއްބާން ހިތްހަމަ ޖެހުނެވެ. އިޝާށް ޓެރެހަށްއެރީ އިއްބާން އެހުރި ގޮތަށް ހުއްޓައެވެ.

“ދޮންބެއަށް ކޮން ފައިދާއެއް ވަނީ؟” އިޝާން ޒީބާ ކުރަހާފައިވަ ކުރެހުން އިއްބާންގެ އަތުން ދަމައިގަންނަމުން ބުނެލިއެވެ.

“ހެހެހެ.. އިޝާން ކިހިނެއްވީ؟ ޒީބް ރޮވިފަ ދިޔައީމަތަ…. އަޅާ ނުލާ” އިއްބާން ހީލަމުން ބުނެލިއެވެ.

“ދޮންބެއަށް އިނގޭތަ ދޮންބެ އެކަނިކަން ޒީއަށް ޒީބް ކިޔަނީ… އެއީ އަހަރުންގެ ޒީ” އިޝާން އެގަނޑު އޭނާގެ ޖީބަށް ލަމުން ބުނެލިއެވެ.

“ތި ގަނޑުދީ…” އިއްބާން އެތަން ބަލަން ހުރެފައި ބުނެލިއެވެ. ނަމަވެސް އިޝާން ބޯހޫރާލީއެވެ.

“ދޮންބެ ޒީ ދެކެ ތިހާ ރުޅި އަންނަންޏާ ޒީ މަށަށް ދޭންވީނު.. އެހެން ނޫނަސް އަބަދު ރޮއްވަނީ ކީއްކުރަން” އިޝާންއަށް އެހެން ނުބުނެވެނީސް އިއްބާން ދަތްޕިލަ ޖައްސާލަ ބާރު ކޮއްލި ގޮތުން ހީވަނީ ދެންމެ ޖަހައިފާނެ ހެނެވެ. ހީވަނީ އޭނާގެ މިލްކެއް އެހެން މީހަކު ގެންދަން އުޅުނުހެނެވެ.

“ކިހިނެއްވީ؟؟ އަދިވެސް ބުނާނެ ތިމަންނަ ޒީދެކެ ލޯތްބެއް ނުވެޔޭ.. ރުޅި އަންނަ މީހުން ތިހެން އުޅޭތަ” އިޝާން ހީލަމުން އިއްބާން ގެ ކޮނޑުގައި ޖަހާލިއެވެ.

“ދޮންބޭ ރުޅި ނާދެބަލަ” އިޝާން ކުޑަކޮށް ބިރުގަތް ނަމަވެސް އެތަނުން ހިނގައިގަތީ އިއްބާން އަތަށް އެގަނޑު ދެމުންނެވެ.

މީހަކު އެއްޗެކޭ ބުނެގެން ދުވަހަކުވެސް އިއްބާން އެހާ ރުޅިއެއް ނާދެއެވެ. އޭނާ ރުޅި އަންނަން ވީ ކިހިނެއް ވެގެން ކަމެއްވެސް ހުދު އޭނާއަކަށް ނޭނގެއެވެ. ރުޅި އާދެވުނީ ޒީބާ ދެކެއެވެ. މީހައްތަހާވެސް އޭނާއާއި ހެދި ވާގޮތްތަކެވެ. އެލާޓް ވެގެން ގުޅުމުން އިއްބާން ވަގުތުން ޔުނިފޯމް ލައިގެން ބޭރާށްދާން ހިނގައިގަތެވެ. އޭރު ޒީބާވެސް ފޯނެއްގައި އަނބުގަސް ކައިރީގައި ފިލައި ކަހަލަ ގޮތަކަށް ހުއްޓިލައިގެން ހުއްޓެވެ. އިއްބާންގެ ހިނގަމުން އައިސް ގަހުގެ އަނެއް ފަރާތުގައި ހުއްޓުނު އިރުވެސް ޒީބާއަކަށް ނޭނގުނެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ކާކުއާ ކަމެއްވެސް ނޭނގުނެވެ. އަޑުއަހަން މަޑު ކޮއްލެވުނީ އެހެންވެއެވެ.

“ދެން ކޮން އިރަކުން އަންނާނީ؟ ޒީ ވަރަށް ހަނދާންވޭ މަންމަ މަތިން” ޒީބާގެ އަރު ބެދޭ ގޮތްވިއެވެ. ކަރުތެރެއަށް ތަދުވަން ފެށުމުން ޒީބާ ކަރުކެހިލިއެވެ.

“މަންމާ ބައްޕަވެސް ޒީމެން ދޫކޮއްލާފައި ދިޔައީ ޒީ ކަޅުވީމަތަ؟؟ ކަޅުވުމަކީ އެއީ އަޅުގަނޑުގެ މައްސަލައެއްތަ؟” ލޮލުން ފައިބަމުން ދިޔަ ކަރުންތައް ގިނަވި ނަމަވެސް ޒީބާގެ އަޑު ކުރަކި ނުމުވަށް އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. މެޔާއި ދިމާލުން ހެދުން ބޮނޑި ކޮއްލައިގެން ދޭތެރެއަކުން ގަދަކަމުން ހީލަން މަސައްކަތް ކުރެއެވެ. އެމަންޒަރު ބަލަން ހުރި އިއްބާންގެ ހިތަށްވެސް ގޮތްތަކެއް ވަމުން ދިޔައެވެ.

“މަންމަ އަވަހަށް އާދޭ އިނގޭ..” ޒީބާ އެހެން ބުނެފައި ފޯނު ބާއްވައިފިއެވެ. އިއްބާން އަވަހަށް ދޮރާއި ދިމާއަށް ދުއްވައި ގަނެފިއެވެ. ތެދެކެވެ. މިޥި ތިންއަހަރު ދުވަހުގެ ތެރޭގައި އެއްފަހަރުވެސް ޒީބާގެ ބައްޕައެއް އޭނާއެއް ނުދެކެއެވެ. އޭނާއަށް ފެނިފައިވަނީ ޔަސްމާ އެކަންޏެވެ. ޔަސްމާގެ ޒީބާގެ ފިޔަވައި އިތުރު ކުއްކަޖަކުވެސް ނުހުރެއެވެ. ނަމަވެސް ސަރުކާރުގެ މަތީ ވަޒީފާއެއްގައި އުޅެން ޖެހުމުން ޔަސްމާ ގިނައިން އުޅެން ޖެހެނީ ރާއްޖޭން ބޭރުގައެވެ.

ލިފްޓް ކައިރީގައި މަޑުކޮއްލައިގެން ހުރި ޒީބާ ހިތަށް ތަދު ކުރަމުން ދިޔައީ އިއްބާންގެ ބަސްތަކާއި އޭނާގެ ބައްޕައެވެ. އުމުރުން ސޯޅަ އަހަރުވެގެން ދިޔައިރު ބައްޕަ ލޮލަށްވެސް ނުފެނެއެވެ. އޭނާގެ މަންމައާއި ބައްޕަ ވަރި ވެފައިވަނީ އޭނާއަށް ދެއަހަރުގައެވެ. ޒީބާ އެއްވެސް ވަރަކަށް ބައްޕަ ހަނދާނެއްވެސް ނުހުރެއެވެ. ބައްޕަ އެންމެ ފަހަރަކުވެސް އޭނާ ހޯދަން ނުވަތަ ގުޅާލާފައި ހާލުވެސް ބަލައެއް ނުލައެވެ. ފޮޓޮއަކުން ފެނިފައި ވީނަމަވެސް މިހާރު ބައްޕަ ވަރަށް ބަދަލުވެފައި ވާނެކަން އޭނާއަށްވެސް އެނގެއެވެ. ހިޔާލު ތަކުގައި ހުރެގެން ލިފްޓަށް އަރައިގެންގޮސް  ގެއަށް ވަންއިރު އިޝާން ހުރީ އޭނާ ހީދަން އައިހެވެ. އިޝާންއާއި ވާހަކަތައް ހިއްސާކުރަމުން ގޮސް ބައްޕަގެ ވާހަކަ ފެށުމުން އަނެއްކާވެސް ޒީބާ ދެރަ ވެއްޖެއެވެ.

ނުނިމޭ (:

Share Article

Follow Me Written By

Mannu

Level 1

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 36 ވަނަ ބައި

Next

ހަންޖަރު-1 ވަނަ ބަައި

Next
April 30, 2016

ހަންޖަރު-1 ވަނަ ބަައި

Previews
April 30, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 36 ވަނަ ބައި

11 Comments!

  1. naaanu says:
    April 30, 2016 at 12:32 pm

    Mannuu.v interesting hen heevey…waiting ingeyyy….vaahaka nimendhen up kuracheyyy ☺

  2. Twinkle Star says:
    April 30, 2016 at 12:36 pm

    Owww… think v rythi vaane hen.. anei bai avahah up khdhehchey.. all the best…

  3. Mannu says:
    April 30, 2016 at 12:51 pm

    in shaa allah nimendhen up kuraanan

  4. Khushey'aa says:
    April 30, 2016 at 1:49 pm

    ހާދަ ލޯބި ވާހަކަ އެކޭ ދޯ. ކޮންމެ ދުވަހަކުވެސް އަޕްކުރައްޗޭ މި ވާހަކަ.
    Good luck

  5. Saamidh says:
    April 30, 2016 at 8:23 pm

    V salhi feshumeh…

  6. Maddy says:
    May 1, 2016 at 11:42 am

    Varah salhi mannu adhi i think u have to work imla kuh ebahuri (grammer mistakes ) but story varah obi vaane kamah mi balanee ingey and dont think its a nagative comment mi hama positive and nagative ehchey cause nagatives ves libigen dhw kuri ah dheyveynee maddy varah bodah mannu kaireen maafah eydheyn dheyravaa kahala ehchey bune vunee ya

    1. Mannu says:
      May 1, 2016 at 12:14 pm

      Yeah rangalhah balaanulaa up kurevuny.. thank you bunyma ?☺
      Kuh thah bunima dhen rangalhu ves kureveyni… mistakes huriyya knme meehakh ves alhugandu kairyga bunelaathi ?☺?

  7. Maddy says:
    May 1, 2016 at 11:45 am

    Mi vaahaka ah bune veynee ❤️?? Tumbs up ❤️

  8. Mannu says:
    May 1, 2016 at 12:16 pm

    Thank you ?

  9. Asurumaa says:
    May 1, 2016 at 12:46 pm

    Adhi hama vaanuvaa.com ga adhi vaagotheh neyngunu but story nice vaane hen heevany ☺

  10. Sha says:
    May 1, 2016 at 3:11 pm

    Stry vara reethivaane hen heevany..waitin 4 da nxt part☺

Comments are closed.



All Right Reserved!