ނޯޓް: މިވާހަކައިގެ ކެރެކްޓަރުންގެ ނަން އެއްވައްތަރުވުމުގެ ސަބަބުން މިވާހަކައިގައި އުޅޭ އީނާޝްއަށް ބައެއް ފަހަރު ” ނާޝް” ބޭނުންކުރެވިފައިވާނެއެވެ.
” ވަރަށް ބޮޑަށް ސޮރީ. ” ކުރެހިގެންވާ އަޑަކުން އީނާޝް ބުންޏެވެ. އަދި ކަރުނަތަށް ފޮހެލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާޔަށް ހަމަޖެހެވޭނެ ހެއްޔެވެ؟ އެއަށްވުރެ އެހިތް އެވަނީ ނިކަމެތިވެފައެވެ. އޭރު ދޮރު ދޮށުގައި ހިތްހަމަ ނުޖެހިފައި ލާމިއު ހުއްޓެވެ. އީނާޝް ފިޔަވައި ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި އިންސާނަކީ ލާމިއުއެވެ. ނަމަވެސް އީނާޝްގެ އެދުމުގެ މަތިން މިޔޮއް ހުރިހާ ދުވަހު ހުރިހާ ސިއްރެއް ފޮރުވައިގެން ހުންނަން އޭނާޔަށް މަޖުބޫރު ވީއެވެ.
އެންމެ ހިނދު ކޮޅަކުވެސް މަޑުނުކޮށް އާޔަން ގޮވައިގެން ދިޔަ އީނާޝްއާއި ދިމާލަށް ބަލަން ހުރި ލާމިއުގެ މޫނުން ފާޅު ވަމުން ދިޔައީ ހަމްދަރުދީއެވެ. އަދި ފަހުމާގެ އަތުގައި ހިފައި ކޮޓަރިއަށް ވައްދައި ދޮރު ޖެހިއެވެ. އޭރު ސިޓިން ރޫމްގައި ބްލޮކްތަކެއް ހިފައިގެން ކުޅެ ލައިޝަމް އުޅެއެވެ.
” ކީއްވެތަ އީނޫ އާ އެގޮތަށް ވާހަކަ ދެއްކީ؟ އެއީ ފަހޫގެ ބެސްޓީއެއްނު؟” އެނދު މަތީގައި އިށީދެލައި ފަހުމާވެސް ގާތުގައި ބައިންދަމުން ލާމިއު ސުވާލު ކޮށްލިއެވެ.
” އަޅެ އަހަރެން ދެއްކީ ގޯސް ވާހަކައެއްތަ؟ އެހެންނޫނަސް ލާމީއަށްވެސް އިނގެއެއްނު ލާމީގެ ބެސްޓީއަށް އީނޫ ހެދި ގޮތް. ދެން ކީއްވެތަ އީނޫ އާ އެއްކޮޅަށް ތިވާހަކަ ދައްކަނީ؟” ފަހުމާ ދެއްކި ވާހަކަޔަކުން ހުރިހާ ހަގީގަތެއް ފަހުމާޔަށް ކިޔައިދޭންވީ ވަގުތު އައިސް ޖެހިއްޖެކަން ލާމިއުއަށް ވިސްނުނެވެ. އެހެންނޫނީ އަބަދުވެސް ކުއްވެރިޔަކަށްވާނީ އީނާޝްއެވެ.
” އާން. އަހަރެން މިއަދު ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން. އަޑުއަހާ.”
*********
8 އަހަރު ކުރިން
” އަހަރެންގެ ފަރާތުން ކޯއްޗެއްތަ މަދުވެގެން ތިއުޅެނީ؟ ކޯއްޗެއްތަ އަހަރެންނަށް ނަޝާޔަށްޓަކައި ގުރުބާން ނުކުރެވެނީ؟ ކޮން ކަމެއްތަ އަހަރެންނަށް ނަޝާޔަށް ފުއްދާ ނުދެވެނީ؟” އުނޫޝް ހަޅޭއްލަވަމުން ދިޔައީ އޭނާގެ ލޯބިވެރިޔާ ކަމުގައިވާ ނަޝާޔާއެވެ. އޭރު މަގުމަތިން މީހަކަށް ފެނި ދާނެތީ ފާރަޔަށް ލާމިއު ހުއްޓެވެ.
” އުނޫ ޓްރަސްޓް މީ. އަހަރެން ނަސާތުއަކާ ރައްޓިއްސެއް ނުވަމޭ. ވީއާ ޖަސްޓް ފްރެންޑްސްއޭ. ދެން އުނޫއަށްވެސް އެނގެއެއްނު އެއްކްލާހެއްގަ އުޅޭއިރު ވާހަކަ ނުދައްކާ ހުންނަން އުނދަގޫ ވާނެ ކަން.”ގިސްލެވެމުން ދިޔަ ނަޝަޔާއަށް ވާހަކަ ދައްކަންވެސް އުނދަގުލެވެ.
” ޖަސްޓް ސްޓޮޕް ދެޓް. އަހަރެންގެ ހަމަ ދެލޮލުން ފެނުނީމަވެސް ގަބޫލް ނުކުރަނީ ކީއްވެތަ؟ އަހަރެން ބޭނުމެއް ނޫން ނަޝާ ޔާ ވަކިވާކަށް. ކުށްގަބޫލްކޮށް މާފަށް އެދުނީމަ އެވީނު. އެކަމް ތިގޮތަށް ކުށް ފޮރުވަން ނޫޅެބަލަ.”
” ކުށެއް ނުކުރަންޏާ ކިހިނެއްތަ ކުށަށް މާފަށް އެދޭނީ؟ އަހަރެން ކުށެއް ނުކުރާ ހިނދެއްގަ ދުވަހަކުވެސް މާފަކަށް ނޭދޭނަން. އުނޫ ކިތަންމެ ރުޅިއަޔަސް ހެޔޮ.”
” އޯކޭ. އުމުރަށް ތިހެން ގޮތުގަ ހުރޭ. އެކަމް މިއަދަށްފަހު ތީމަގޭ ގާރލް ފްރެންޑެއް ނޫން. އަހަރެމެން ދެމީހުން އުމުރަށް ވަކިވީ ކަމަށް ހީއްކޮށްލާ. ތީ ތިއާއިލާގެ ވައްތަރޭ. އަހަރެމެން އާއިލާގެ ކިތަންމެ ބަޔަކަށް ލަނޑު ދިނަސް ކަލޭމެންނަކަށް މަށަކަށް ގޮތްގޮތެއް ނެހެދޭނެ. ” މިހެން ބުނަމުން އުނޫޝް ނިކުމެގެން ހިނގައްޖެއެވެ. ނަޝާޔާޔަށް ހުރެވުނީ ރޯންށެވެ. ނަޝާޔާޔާ އުނޫޝްއަކީ 14 އަހަރުއްސުރެވެސް ދެލޯބިވެރިންނެވެ. މިހާރު އެދެމީހުންނަށްވެސް 16 އަހަރުވެއްޖެއެވެ. އާއިލަޔާއި ވަގަށް ރައްޓެހިވި މިދެމީހުންގެ އާއިލަޔަކީ ޒަމާނުއްސުރެ ދުޝްމިން އާއިލާތަކެކެވެ. އުނޫޝްގެ އާއިލާޔާއި ނަޝާޔާގެ އާއިލާގެ އެތައް ބަޔެއް ކައިވެންޏާއި ހަމައަށް ގޮސްފިއެވެ. ނަމަވެސް ކައިވެންޏާއި ހިސާބަށް ދިއުމުން ކޮންމެސް ސަބަބަކާއި ގުޅިގެން ރުޅިވާން މަޖްބޫރުވެއެވެ. އުނޫޝްއާއި ނަޝާޔާޔަށްވެސް އެވީ ހަމަ އެގޮތެވެ.
ނަޝާޔާއި އުނޫޝް ރުޅިވުމުގެ ސަބަބެއްކަމުގައިވީ ދެމީހުން އެކަކު އަނެކަކަށް އިތުބާރު ކުރެވޭ މިންވަރު ކުޑަވުމެވެ. ބައެއްފަހަރު ލޮލުން ފެންނަ މަންޒަރުވެސް ދޮގަކަށްވެއެވެ. އުނޫޝްގެ ލޮލަށްވެސް ފެނިގެން ދިޔައީ ހަގީގަތެއްނެތް ރޯ ބުހުތާނު މަންޒަރެކެވެ. ނަޝާޔާގެ ފޯނުން ނަސާތުގެ އެކުވެރިޔެއް ނަސާތުއަށް ފޮނުވާފައިވާ އެސްއެމްއެސްއެކެވެ. އެސްއެމްއެސްއަކުން އިނގޭނީ ކޯއްޗެއް ހެއްޔެވެ؟
ނަޝާޔާ ދިޔަގޮތަށް ދިޔައީ ގެޔަށްށެވެ. އަދި ފޮނުން އެސްއެމްއެސްއެއް ނަސާތުއަށް ފޮނުވާލިއެވެ. ” ނަސާތު ކުރި ސުވާލުގެ ޖަވާބަކަށް ޔެސް. އެކަމް ނަސާތުއަށްވެސް އެނގޭނެ ފަދައިން ނަޝާ ޔާ އުނޫ އެކުގަ އުޅޭތާ ދެއަހަރު ވެއްޖެ. އެހެންމަ އުނޫ މަތިން ހަނދާން ނައްތަން ވަރަށް ވަރަށް ވަރަށް އުނދަގޫވާނެ. އެކަމް ދެވުނު ދުވަހަކުން ލޯބިވެސް ދޭނަން. “
ޖެހިގެން އައި ދުވަހެވެ. އިރު ފެނުން ތޮޅެލުމާއިއެކު މުޅި މަގުމަތި ހަލަބޮލިވާން ފެށިއެވެ. ކުނި ކަހާ މީހުންނާއި ސްކޫލަށް ދާން ތައްޔާރުވަމުންދާ މީހުންގެ އަވަސް ހަރަކާތްތަކުންނެވެ. އިރުކޮޅެއްފަހުން ފެންނަމުން ދިޔައީ ސްކޫލަށްދާ ކުދިންތައް ސްކޫލްގެ ގޭޓް ކުރިމަތީގައި ބެލް ޖަހާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔަތަނެވެ. އުނޫޝްވެސް ލާމިއުއާއިއެކު ވާހަކަ ދައްކަމުން ދިޔައީ ސްކޫލުން ދިން ފިލާވަޅުތަކާއި ބެހޭ ގޮތުންނެވެ. ” އޭ އުނޫ. ބަލާބަ އެޔޮއް ކަމެއް.” އަތުގުޅައި ލައިގެން އުނޫޝްމެންނާއި ހަމައަށް އަންނަމުންދިޔަ ނަސާތުއާ ނަޝާޔާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ލާމިއު ބުންޏެވެ. އޭރު ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެދެމީހުންނަށްށެވެ. ބެލެނިވެރިންގެ ކުރިމަތީގައި އެހެން އުޅޭކަށް ނަޝާޔާ ލަދެއްވެސް ނުގަނޭ ބާއެވެ؟
އެދުވަހު އެކީގައިހެން ނަޝާޔާ އުޅުނީ ނަސާތު އާއިއެކުގައެވެ. އުނޫޝްގެ ހިތަށް ބިހެކޭވެސް ނާރައެވެ. އޭނާ ދެރަވާކަށް ބޭނުމެއް ނުވިއެވެ. ނަޝާޔާ ނޫނަސް އެތައް ކުދިންނެއް އެދަނީ އޭނާގެ ލޯއްބައް ފިދާވަމުންނެވެ. އެރަށުން ރީތިކުއްޖެއް ހޯދާލާއިރަށް އޭނާޔަށްވެސް ބިޓެއް ލިބުނީއެވެ.
ނޫނެކެވެ. ލޯއްބަކީ ކޯއްޗެއްކަން އަދި މިއުމުރުގައި އެދެމީހުންނަށް ނޭނގެނީއެވެ. އެމީޙުންގެ ނަޒަރުގައި ލޯއްބަކީ މީހަކާ ރައްޓެހި ވެލައިގެން ހޭދަ ކޮށްލާ މަދު ދުވަސް ވަރެވެ. އެދެމީހުންނަށް ލޯއްބަކީ ކޮބާކަން އެނގޭނީ ލޯބި ވެވުނީމައެވެ.
” ލާމީ. އައި ވޮންނަ ގާރލް ފްރެންޑް މިހާރު. މިވަގުތު.” ނަޝާޔާގެ ކިބައިން ބަދަލު ހިފަން ބޭނުންވެފައި ހުރެ އުނޫޝް ބުންޏެވެ. އޭރު ސްކޫލު ނިމެގެން ލާމިއުއާއި އުނޫޝް ސްކޫލުން ނިކުންނަނީއެވެ.
” އުނޫ. އައި ހޭވް އަ ބިގް އައިޑިއަރ.” ސްކޫލުގެ ކުރިމަތީގައި ހުރި ކުޑަކުޑަ އޮފީހެއް ކަހަލަ ތަނަކަށް ނަޒަރު ހިންގަމުން ލާމިއު ބުންޏެވެ. އެއޮފީހުގެ މެދުގައި ކުޑަކުޑަ ބޯޑަކުން ” މެޗް ނޭމް”އޭ ލިޔެފައި ވެއެވެ.
” ކޮބާ ހިޔާލަކީ؟”
” ނަސާތުވެސް މީހުންގެ ހައްގުތަކަށް އަރައިގަތީ ތިހިރަ ” މެޗް ނޭމް” އޮފީހަށް ގޮސްފައެއްނު.”
” ސޯ ވަޓް؟”
” ސޯ އުނޫއަށްވެސް އެއޮފީހަށް ގޮސް ސަޅި ބިޓެއް ވަގުތުން ވަގުތަށް ނެގިދާނެއެއްނު.”
” އާން. އަހަރެން ބޭނުން މިހާރުން މިހާރަށް ދާން.” މިހެން ބުނެލަމުން އުނޫޝްއާއި ލާމިއު ވަނީ އެ ” މެޗް ނޭމް އޮފީހަށްށެވެ. މެޗް ނޭމް ގްރޫޕަކީ ރަށު ތެރޭ ގިނަވެގެން އުޅޭ ސްކޫލުގެ ކުދިންތަކެއް ބައެއް ޒުވާނުންނާއި ގުޅިގެން އުފައްދާފައިވާ ގްރޫޕެކެވެ. އެގްރޫޕަށް ދިއުމުން އެމީހެއްގެ ނަމާކާއި ގުޅޭ ކުދިން ބުނެދޭނެއެވެ. އަދި އުޖޫރައެއް ދީގެން އަންހެން ކުދިންނާ އަޅުވާ ކިޔުމާއި ޖެއްސުން ކުރުމަކީވެސް އެގްރޫޕްގެ ވަރަށް ނުރަނގަޅު ސިފައެކެވެ.
” އައްދެ. އުނޫވެސް ބިޓެއް ހޯދަން ވީތަ؟ ކޮބާތަ ނަޝާ؟” ލާމިއުއާއި އުނޫޝް ގޮނޑިގައި އިށީނދެލުމާއިއެކު ކޮމްޕިއުޓަރ ދޮށުގައި އިށީނދެގެން އިން އުނޫޝްގެ ރަހުމަތްތެރި އާދިލް އަހައިލިއެވެ.
” ނަޝާޔާ އޮޅާލާފަ ބެންކަށް. ޕްލީޒް ސާރޗް ފޮރ މައި މެޗް.” ފަރުވާ ކުޑަ ގޮތަކަށް އުނޫޝް ބުންޏެވެ.
ކޮމްޕިއުޓަރުން އުނޫޝްގެ މެޗް ހޯދަމުން ދިޔަ އާދިލްގެ މޫނު މަތިން ހާސްކަން ފާޅުވާން ފެށިއެވެ. ހީވަނީ ބިރެއް ފެނުނީ ހެންނެވެ.
” ކިހިނެއްތަވީ؟ މަށަށް ލިބޭނީ ޖިންނިއެއްތަ؟” މަޖާ ކޮށްލުމުގެ ގޮތުން އުނޫޝް އަހައިލިއެވެ. ނަމަވެސް އާދިލްގެ މޫނުން ފެންނަމުން ދިޔަ ކުލަވަރުން ކޮންމެސް ކަމެއް ގޯސްވާން އުޅޭކަން ދޭހަވެއެވެ.
” ޖިންނިޔަކަށްވުރެ ނުބައި.” މިހެން ބުނެލަމުން އާދިލް އޭނާގެ ކޮމްޕިއުޓަރ އުނޫޝްއާއި ދިމާލަށް އަނބުރާލިއެވެ.
” އީނާޝް. އަހަރެން މީނަޔާ ދިމާލަށް ކިޔާނީ ނާޝް. 15 އަހަރު.” ކޮމްޕިއުޓަރަށް އެރި ނަން އުނޫޝް ކިޔައިލިއެވެ. އަދި ކޮމްޕިއުޓަރގެ ސްކްރީނުން ފެންނަމުން ދިޔަ ފޮޓޯޔަށް ބަލަން ހުރެވުނީ ދީވާނާ ވެފައެވެ. “ހުދުކަފަ ކޮޅެއްހާ ދޮން. ފަލަ އެއްވެސް ނޫން ހިއްކެއްވެސް ނޫން. ހެޔޮވަރުވަރެއް. ފިނިފެންމަލެއްގެ ފިޔަގަނޑަކަށްވުރެ ފުރިހަމަ ތުންފަތެއް. ފަންފަން އިސްތަށިގަނޑެއް. ކަޅު ކަޅިއެއް. ބޮޑު ލޮލެއް. ދިގު އެސްފިޔަ ތަކެއް. ކުޑަކުޑަ ނޭފަތެއް. އެމް އައި ޑްރީމިންގ.” މިހެން ބުނެލުމަށްފަހު ލާމިއުމެންނާއި ދިމާލަށް ބަލައިލިއިރު އެދެމީހުންގެ މޫނު މަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
” އާދީ. ލާމީ. ވަޓްސް ރޯންގ ވިތް ޔޫ ގާއިސް؟ އަނެއްކާ މިކުއްޖާގެ ބިޓެއް ހުންނަނީތަ؟” އުނޫޝްގެ އުފާވެރި މޫނު މޯޅިވެގެން ދިޔައެވެ. ކީއްވެކަމެއް އޭނަޔަކަށްވެސް ނޭނގެއެވެ. ނަޝާޔާއާއި އެކު އެހައި ގިނަ ދުވަސް ވަންދެން އުޅެފައި ރުޅިވިއިރުވެސް މިކަހަލަ އެއްވެސް އިހްސާސެއް އޭނަޔަކަށް ނުކުރެވެއެވެ. ނަޝާޔާއާއި އީނާޝްގެ ތަފާތަކީ ކޮބާ ހެއްޔެވެ؟ ނަޝާޔާއަށްވުރެ އީނާޝް ދޮންވެފައި ދިގުވުން ހެއްޔެވެ؟
” ނޫނޭ އުނޫ. މިއީ ޕްރިންސިޕަލްގެ އަންހެން ކުއްޖާ. އޭނާގެ ފަހަތުން ދުވަން ފިރިހެން ކުދިން ބިރު ގަނޭ. އަނެއްކޮޅުން އޭނަ ފިރިހެން ކުދިންނާ ވަރަށް ދުރު. ފިރިހެން ކުއްޖަކާ ވާހަކަވެސް ދައްކާނީ މަޖުބޫރު ވެގެން. މިކުއްޖާ ފަހަތުން ދުވަން ނޫޅޭ. ނުވާވަރު ކަންތައް ކުރަން ނޫޅެބަލަ އުނޫ.” އާދިލް ކިޔައިދިނެވެ.
” ޕްރިންސިޕަލްގެ ކުއްޖެއް ވެއްޖިއްޔާ މީހަކާވެސް އިނދެގެން ނުވޭތަ؟ މީ އަހަންނަށް ނުވާވަރުގެ ކަމެއް ނޫނޭ. އަހަރެން މީނަ ހާސިލް ކުރާނަން. ނަޝާޔާ ޔާ ޖެއްސުމަށްވިޔަސް. ޓައިމް ޕާސްޓަކަށް ވިޔަސް.” ހިތްވަރާއިއެކު އުނޫޝް ބުންޏެވެ. އޭނާގެ ހިތުގައި ވަނީ ބަދަލް ހިފުމުގެ ރޫހެވެ.
އޭގެ އަނެއް ދުވަހެވެ. ވަގު ވަގުން އުނޫޝް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ނާޝްގެ މިޒާޖު ދެނެގަތުމަށެވެ. ކްލާހުގައި އިނދެފައިވެސް ފާހަޔަށް ދިއުމުގެ ބަހަނާގައި އޭނާގޮސް ހުންނަނީ އީނާޝްގެ ކްލާހުގެ ކުރިމަތީގައެވެ. ކިޔަވަން އިންނަ އީނާޝްއަކަށް މިކަންތައްތަކެއް ފާހަގައެއްނުކުރެވެއެވެ. އެއްހަފްތާ ދިޔައީ މިފަދަ ގޮތަކަށްށެވެ. އުނޫޝްއަށް ފެނުނު ގޮތުގައި އޭނާގެ އަމާޒަށް ވާސިލްވުމަށްޓަކައި އެންމެ ބުއްދިވެރި ހަތިޔާރަކީ ނާޝްގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ފަހުމާއެވެ. ފަހުމަޔަކީ އީނާޝް ގެ ބެސްޓް ފްރެންޑަށް ވިޔަސް އީނާޝްއާއި ވަރަށް ތަފާތު ކުއްޖެކެވެ. އީނާޝްއާއި ހިލާފަށް ފަހުމާޔަކީ މަޖާ މިޒާޖެއްގެ އަނގަގަދަ ކުއްޖެކެވެ. އީނާޝް ހެން މަޑުމަޑުން ހުރުމަކީ އޭނާ އެންމެ ފޫހިވާ އެއްކަމެވެ. އޭނާ ވާހަކަ ދައްކަން ވެއްޖިއްޔާ އަންހެނެއް ފިރިހެނެއް ނޯންނާނެއެވެ. އަދި އީނާޝްއާއި ފަހުމާޔަކީ ކަޒިންސެވެ.
ފެންކުޅި ދުވަސްވަރު އައިއްސިއެވެ. މުޅިރަށުތެރޭ ހަލަބޮލި ވެއްޖެއެވެ. ފެންކުޅި ކުޅުމަށްޓަކައި މުޅި ރަށުގެ ހުރިހާ ރައްޔިތުން ފެން ފުޅިތައް ހިފައިގެން ނިކުމެ އުޅެއެވެ. ގިނައީ ޒުވާން ކުދިންނެވެ. ފެންކުޅި ކުޅުމަކީ އީނާޝް އެހައި ފޯރި ހުންނަ ކަމެއް ނޫނެވެ. ނަމަވެސް ފަހުމާގެ އެދުމުގެ މަތިން ފެންކުޅި ކުޅުމަށްޓަކައި އީނާޝްއަށްދާން މަޖްބޫރުވިއެވެ. ފަހުމާ ކުރަން ބޭނުން ކަމެއް މަޖްބޫރުން ވެސް ކުރުވާނެއެވެ.
” ގާއިޒް. ފޯކަސް. އެމީހުން އަންނަނީ ކަން ނޭނގެ.” އިނާޝްމެންގެ ގޭ ކުރިމަތީ ހުންނަ ގޯޅި ގަނޑެއް ތެރޭގައި ފިލާ ތިބި ގްރޫޕްގެ ލީޑަރ ބުންޏެވެ. ގްރޫޕް ލީޑަރަކަށް ހުރީ އުނޫޝްއެވެ. އޭރު ފައިވާންތަކެއްގެ އަޑު އެގޭ ތެރެއިން އިވެމުން ދިޔައެވެ. ފަހުމާގެ ފަހަތުން އައި އަންހެން ގްރޫޕެއް ފިރިހެން ކުދިންނާއި ފިލުމަށްޓަކައި ވަނީ އީނާޝް މެންގެއަށްށެވެ.
އިނާޝްމެންގެއިން އެންމެ ފުރަތަމަ ނިކުތް ކުއްޖާގެ ބޮލަށް އުނޫޝް ފެން ބާލިދީ އެއް އޮއ ސައިލިއެވެ. އޭނާ ހީކުރީ އެންމެ ފުރަތަމަ ނިކުންނާނީ އީނާޝް ކަމަށްށެވެ. ނަމަވެސް ފެނުން ޗަސް ތެޅިގެން ހުރި އަމީނާ ފެނުމުން އުނޫޝް ލަދުން ގޮސް ހަލާކު ވާވަރު ވިއެވެ. އޭރު ދެން ތިބި އަންހެން ކުދިން ބާރަށް ދުވެފައި ފިލަން ނިކުތެވެ. އެއަންހެން ކުދިން ފަހަތުން ފިރިހެން ކުދިން ދުވަންފެށިއެވެ. މިގޮތުން ފަހުމާ ފަހަތުން ދުވީ ލާމިއުއެވެ. އުނޫޝްއަށް ހުރެވުނީ ލަދުންނެވެ. އަމީނާވެސް ގެއަށް ވަދެއްޖިއެވެ. ނަމަވެސް އީނާޝް ހުރީ ހޭންށެވެ. ނާޝްގެ މޫނަށް ބަލަން ހުރި އުނޫޝްއަށް ހުރެވުނީ އާވާރާވެފައެވެ. އެރީތި ހިނިތުންވުމަށްޓަކައި ކޮންމެ ކަމެއް ކުރަން ވެސް އޭނާ އެހުރީ ތައްޔާރަށްށެވެ.
ހަމަޖެހިލަމުން އުނޫޝް ބިންމަތީގައި އިން ފެން ބާލިދީ ނެގިއެވެ. އެވަގުތު ނާޝްއަށް އުނޫޝް އެއުޅެނީ އޭނާގެ ގަޔަށް ފެން ޖަހަންކަން ދެނެގަނެވުނެވެ. އަދި ބާރަކަށް ދުއްވައިގަތެވެ. އުނޫޝްވެސް ފަހަތުން ދުއްވައިގަތެވެ.
******
ލާމިއުއާއި އަތުނުވަން ދުވަމުން ދިޔަ ފަހުމާ ވަރުބަލިވާން ފެށިއެވެ. އަދި ވަރުބަލި ފިލުވާލުމަށްޓަކައި މަޑު ޖެހެލި ވަގުތު ލާމިއު އައިސް ފެން ފުޅިއެއް އޮއްސައިލިއެވެ. ފަހުމާޔަށް ކުއްލިއަކަށް އެއްޗެއް ހަނދާވި ފަދައެވެ. އޭނާ އަމީނާއަށް ވީ ވައުދެވެ.
” ހޭ ލާމީ. އީނޫ.” ވަރުބަލިވެގެން ގޮސް މައި ނޭވާލަމުން ފަހުމާއަށް ބުނެވުނީ މިހެންނެވެ.
” ކިހިނެއްތަވީ؟ އީނާޝް މަރެއް ނުވެޔޭ.” ސަމާސާ ކޮށްލުމުގެ ގޮތުން ލާމިއު ބުންޏެވެ.
” ނޫނޭ. ބީ ސީރިއަސް. އީނޫއަށް ގޮތެއް ވެއްޖިއްޔާ ދައްތަ އަހަރެން ދެކެ ވަރަށް ރުޅި އަންނާނެ. އަހަރެން ކައިރީ ދައްތަ ބުނި އީނޫ އާ ދުރު ނުވައްޗޭ. އަޅެ. ހިނގާބަލަ އީނޫ ހޯދަން.” ލާމިއުގެ އަތުގައި ހިފާލަމުން ފަހުމާ ބުންޏެވެ. އެވަގުތު ފަހުމާޔާއި ލާމިއުއަށް އެއްފަހަރާއި ބަލައިލެވުނީ ހިފާލެވިގެން ހުރި ދެއަތަށްށެވެ. ލަދުން ގޮސް ފަހުމާޔަށް ދެއަތް ދުރު ކޮށްލެވުނެވެ.
” އޯކޭ. ލެޓްސް ގޯ ފާސްޓް.” މިހެން ބުނެލަމުން ފަހުމާ ދުއްވައިގަތީ އީނާޝް ހޯދުމަށްޓަކައިއެވެ.
*****
ނާޝްއަކަށް އުނޫޝް ދުވާހާ ބާރަކަށް ނުދުވެ ވެއެވެ. އެހެން ކަމުން އުނޫޝް ދުވަމުން ދިޔައީ ވަރަށްވެސް މަޑުންނެވެ. އީނާޝްގެ ގަޔަށް އަވަހަށް ފެން ޖަހައިފިނަމަ ނާޝް އާޢިއެކު ހޭދަވާ ވަގުތު މަދު ވާނެކަން އޭނަޔަށްވެސް އިނގެއެވެ. ދުވަމުން ދުވަމުން ގޮސް އީނާޝްއަށް މީހުން ނޫޅޭ ހިސާބަށް ދެވިއްޖެއެވެ. ރޭގައި ބޯކޮށް ވާރޭ ވެހިފައިވުމުން މަގުތަކުގައިވަނީ ޗަކަ އުފެދިފައެވެ.
އުނޫޝް އޭނާގެ ހަލުވި ބާރު ކޮށްލިއެވެ. މީހުން ނޫޅެތާކު ފެން ޖަހައިފައި ޕްރޮޕޯސް ކުރުމަކީ އޭނާގެ ރޭވުމެވެ. އީނާޝްވެސް އަތުނުވުމަށްޓަކައި ހަލުވި ބާރު ކުރެވޭތޯ ބެލިއެވެ. ނަމަވެސް ވަރުބަލި ވުމުގެ ސަބަބުން އޭނާޔަކަށް މާބާރަކަށް ނުދުވެވެއެވެ.
*****
ފަހުމާ ހުރީ ހާސްވެފައެވެ. އީނާޝް ވީތަނެއް ނޭނގިގެންނެވެ. މިޔޮއް ބޮޑު ރަށުގައި އީނާޝް ދާނެ ވަކި ތަނެއް ނޭނގެއެވެ. ލާމިއުވެސް ހުރީ ފާޑަކަށް ހާސް ވެފައެވެ. އޭނާޔަށް އީނާޝް ވީ ތަން ވެސް އެނގެއެވެ. ނަމަވެސް ފަހުމާ ކައިރީ ބުނެއްޖިނަމަ އުނޫޝް ރުޅި އައިސް ދާނެއެވެ. އެހެނަސް ފަހުމާ އެހައި ހާސްވެފައި ހުރުމުން އޭނަޔަށް އުނދަގޫ ވަނީއެވެ.
” އަހަންނަށް އެނގޭ އީނާޝް ވީ ކޮންތާކު ކަން.” ލާމިއުއަށް މިހެން ބުނެވުނީ ކީއްވެ ކަމެއްވެސް ނޭނގެއެވެ.
” ވަޓް؟ ކޮބާ އީނޫ؟” ފަހުމާޔަށް އަހައިލެވުނެވެ.
” އާން. އަހަންނަށް އެނގޭ. އޭނަވީ ބޮޑު މަގުގަ.”
******
ފަހަތަށް ބަލަމުން ދުވަމުން ދިޔަ ނާޝްއަށް ޗަކަ ގަނޑެއްގެ ތެރެއަށް އެރެވި ކައްސައިލަން އުޅުނު ވުގުތު އުނޫޝްއަށް އަތުގައި ހިފާލެވުނެވެ. ނަމަވެސް އުނޫޝްގެ އަތުން ދޫވެގެން އީނާޝް ވެއްޓުނީ ޗަކަތެއް ތެރެއަށްށެވެ. އޭރު ފަހުމާމެންވެސް އުނޫޝްމެންނާއި އަރައި ހަމަކުރަނީއެވެ.
“އީނޫ.”
ފަހުމާޔަށް ގޮވައިލެވުނެވެ. އޭރު ޖެހުނު ގޮތުން އީނާޝްގެ ތުންފަތް ފަޅައިގެން ގޮސް ހުއްޓުމެއްނެތި ލޭ އާދެއެވެ. އުނޫޝް ވަރަށް ބާރަށް ގޮސް ނާޝް އަތްދަނޑި މައްޗަށް ލައިގެން ނެގިއެވެ. އީނާޝްއަށް ލޯމަރައި ލެވުނީއެވެ. ވަމުން ދިޔަ ތަދަށް ކެތްކުރަން ދަތިވެގެންނެވެ.
ނަމަވެސް ލޯ ހުޅުވާލި ވަގުތު ސީދާ އޭނާގެ މޫނަށް ބަލަން ހުރި އުނޫޝް ފެނުމާއިއެކު ތަދު ފިލައިދިޔަ ކަހަލައެވެ. އާ އިހްސާސްތަކެއް އެޅަހިތުގައި އުފަން ވިއެވެ. ދެމީހުންގެވެސް ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
” އީނޫ. އަރ ޔޫ އޯކޭ.” އުނޫޝްގެ އަތްދަނޑި މަތީގައި އޮތް އީނާޝްގެ ކައިރިއަށް އަންނަމުން ފަހުމާ އަހައިލިއެވެ.
” ޔާ. ފައިން. ” ފަހުމާ ކައިރީ މިހެން ބުނެލުމަށްފަހު ނާޝް ބަލައިލީ އުނޫޝްއަށްށެވެ.
” ތިރިއަށް ފައިބަން…” ލަދުން ގޮސް ނާޝްއަކަށް ޖުމްލަ ފުރިހަމަ ނުވިކަމަކު ނާޝް ބުނަން އުޅޭ އެއްޗެއް އުނޫޝްއަށް ފަހުމްވިއެވެ. އަދި އީނާޝް ބިމަށް ބޭލިއެވެ.
” އީނޫ. އައި އެމް ސޯ ސޮރީ. އީނޫ އެކަނި ކޮށްފަ އަހަރެން ގޮސްގެން ނުވާނެ ދޯ. ” ލޭ އަންނަމުން ދިޔަ އީނާޝްގެ ތުންފަތަށް ބަލައިލަމުން ފަހުމާ ބުންޏެވެ. އެވަގުތު އުނޫޝް އައިސް ފަހުމާ އަތަށް ޓިޝޫ ކޮޅެއް ދިނެވެ. އަދި ލޭތައް ސާފުކުރާށޭ ބުނަމުން ލާމިއު އާއިއެކު ދިޔައީ މީހަކަށް ފެނިއްޖެ ނަމަ ރަނގަޅު ނުވާނެކަން އިނގޭތީއެވެ.
އޭރު ފަހުމާވެސް އީނާޝް ގޮވައިގެން ގެޔަށް ދާން ހިނގައިގަންނަނީއެވެ.
ގެޔަށް ދިއުމަށްފަހު ފަހުމާ އެތައް ފަހަރަކު އަމީނާކުރެން މާފަށް އެދުނެވެ. ނަމަވެސް އެއީ ކަމެއް ނޫނޭ ބުނެ އަމީނާ މާފު ކޮށްދިނެވެ. ކުޅެމުންދާއިރު އެކަހަލަ ހާދިސާތައް ދިމާވާނެކަން އަމީނާވެސް ގަބޫލް ކުރިއެވެ.
ދުވަސްތައް ފާއިތުވެގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ނާޝްއާއި އުނޫޝް އަދި ފަހުމާޔާއި ލާމިއުގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަދަހީވަމުންނެވެ. ނާޝްވެސް އަބަދުވެސް ބޭނުންވަނީ އުނޫޝްއާއި ބައްދަލުކޮށް ވާހަކަ ދައްކާލުމެވެ. ނަމަވެސް ބައްޕަމެންގެ ސަބަބުން ނާޝްއަށް އުނޫޝްއާއި ބައްދަލުކުރުމަކީ އުނދަގޫކަމަކަށް ވެފައި ވިއެވެ. ހަމައެފަދައިން ފަހުމާއާއި ލާމިއުވެސް ދިޔައީ އެތައް ބައްދަލުމެއް ބާއްވަމުންނެވެ.
އުނޫ ނާޝްއާއި ރައްޓެހި ވާން އުޅުނީ ނަޝާޔާ އާއި ޖެއްސުމަށްކަމުގައިވިޔަސް މިހާރު އޭނާގެ ހިތުގައި ނާޝްއަށްޓަކައި އުފެދިފައިވާ އިހްސާސް ދެނެގަނެ ވެއްޖެއެވެ. އޭނާ މިހާރު ބޭނުންވަނީ އޭނާގެ ހިތުގައި ނާޝްއަށްޓަކައި އުފެދިފައިވާ އިހްސާސްތައް ބޭރު ކޮށްލާންށެވެ.
މިގޮތުން އެއްދުވަހަކު ފަހުމާ ކައިރީ ބުނެގެން ގްރޫޕް ސްޓަޑީސްގެ ނަމުގައި އީނާޝް ލައިބްރަރީއަށް ގެންދިޔައެވެ. ލައިބްރަރީ ބަލަހައްޓާ މީހާ ގިނަފަހަރަށް ހުންނާނީ ސްޓާފް ރޫމްގައެވެ. އެހެންކަމުން ލައިބްރަރީ ތެރޭގައި ކޮންމެ ކަމެއް ކުރިޔަސް އެހެންމީހަކަށް ނޭނގޭނެއެވެ.
އީނާޝްއާއި ފަހުމާ ލައިބްރަރީއަށް ވަތްއިރު އިންތިޒާރުގައި ލާމިއު އާއި އުނޫޝް ތިއްބެވެ. ދެމީހުންވެސް އުނޫޝްމެން ކައިރީގައި އިށީނދެލިއެވެ. ގްރޫޕް ސްޓަޑީގެ ނަމުގައި އެމީހުން ތިބެގެން ސަކަރާތް ޖެހީއެވެ. ފަހުމާޔާއި ލާމިއު ތޮޅުނެއްކަމަކު ނާޝްއާއި އުނޫޝް ތިބީ މަޑުމަޑުން ސަކާރާތް ބަލާންށެވެ. އެހެން ތިބެފައި ދެމީހުން ހަތަރު ކަޅި ހަމަ ކޮށްލައެވެ. އަދި އުނޫޝް ބަލަން ފެށުމުން ނާޝް އިސްޖަހައިލާ ގޮތް އުނޫޝްއަށް ވަރަށް ކަމުދެއެވެ. އަދި ހިނިތުންވެސް ވެލައެވެ.
އެހެން އިނދެފައި އުނޫޝް ދިއްކޮއްލި ކުޑަކުޑަ ނޯޓް ކޮޅެކެވެ. ” ނާޝް. އެންމެ ފުރަތަމަ ނާޝް ފެނިލުމާއިއެކުވެސް އަހަރެންގެ ހިތުގައި ނާޝްއަށްޓަކައި ލޯބި އުފަންވި. އައި ލަވް ޔޫ. އެދުވަހުން ފެށިގެން އަހަރެން ނާޝްދެކެ އިންތިހާއަށް ލޯބިވެވިއްޖެ. އަހަރެންނަށް ހީވާގޮތުގަ ނާޝްވެސް އަހަރެން ދެކެ ލޯބިވޭ. އެހެން ނޫންތަ؟” ނޯޓް ކޮޅު ކިޔައިލުމާއިއެކު އީނާޝް ހާސްވާން ފެށިއެވެ. އޭނާވެސް އުނޫޝްދެކެ ވަރަށް ލޯބިވެއެވެ. އެހެނަސް ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާޔަކީ ބައްޕަމެންގެ އުންމީދެވެ. ބައްޕަމެން ބޭނުންވަނީ އޭނާޔަކީ އަހްލާގް ރަނގަޅު ކިޔެވުމަށްވެސް އެހައި މޮޅު ކުއްޖަކަށް ހަދައި މުޅި މުޖްތަމައުގެ ލޯބި ހޯދުމެވެ. އޭނާ މިހާ ޅައުމުރުގައި އާނއެކޭ ބުނެފިނަމަ ބައްޕަމެން ވަރަށް ދެރަވާނެއެވެ. އަދި ނޫނެކޭ ބުނެފިނަމަ އުނޫޝް ވަރަށް ދެރަވާނެއެވެ. އޭނާ އުފާ ކުރާނީ ކާކު ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




4th part. Hope u will lyk this. Enjoy reading….
this is one of the best story….. story is really interesting….. um curious to knw y they both gt separated…. Ushaa yuh r a grt writter…. i jst luv this story…
Thnk u vvvvv much Nikki.
reethi.. next part awahah up kohdhehcheii ingey & dhigukoh ingey .. story hama vrh habbu…☺☺
Thnxx afu. Next part mondayaga insha allah…..
Alhey…this in one of my favorite story..aslu vx vrh rythi adhi mi vaahaka..maadhan vx up khdhehchey…waiting fr nxt..gd luck..tc
Thnxxx princess. Bt I um sryy. I cannnt up tomorrow. Bt Insha allah mondayga up kuraanan….
Vvv reethi…..waiting fr da next part 🙂
This story is habeyzz I love it and also u ushaa
Thnk u Maddy nd Seenu…
Nice..waiting for the next part..☺☺
Vrh salhi ?
Thnxxx. Sha nd Xxxx