ހާދަހާވޭ ކުރާހިތް ސަމާސާ 36 ވަނަ ބައި
ކުއްލިއަކަށް ބާރއިން ނިކުތް ކުއްޖާ ފެނިފައި އެންމެންގެ ކަޅި އެދިމާލަށް އަމާޒުވެގެން ދިޔަ އެވެ. އެންމެން އެއްދިމާލަކަށް ބަލަން ތިބުމުން ހިބާވެސް އެދިމާލަށް ބަލައިލި އެވެ. ހިބާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.
ބާރއިން ނިކުތް ނަދުވާއަށް ވެސް ހުއްޓުން އަރާފައި ހުރެވުނީ ކުއްލިއަކަށް ގޭ އެންމެންހެން އެއްފަހަރާ އެތަނުން ފެނުމުންނެވެ. ފައުޒާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނުއިރު ހިބާ ހުރީ ހާސްވާގޮތް ވެފައެވެ. އެހެންވީމަ ނަދުވާ ވަޒީފާ އަދާކުރަނީ މިރިސޯރޓުގަ ހެއްޔެވެ. ހިބާ ހިތަށް އަރަމުން ދިޔައެވެ. ފައުޒާންގެ އަތް މުއްކެވުނެވެ. ނަމަވެސް އަވަހަށް ފައުޒާން ރަހާގެ ރެކްޝާ ކޮށްޕާލަމުން ދުރަށް ޖެހިލީ ނަދުވާ އެދިމާއަށް އަންނަން ފެށުމުންނެވެ.
“ނަދޫ،” އަޒުމާއަށް ގޮވާލެވުނީ ހައިރާންވެފައި ހުރެ އެވެ. އެގޮތަށް ނަދުވާއާއި ދިމާވެދާނެކަމަށް އަޒުމާ ހިތަށްވެސް ނާރަ އެވެ. “ނަދޫ ވާރކް ކުރަނީ މިތާތަ؟” ނަދުވާ އައިސް ކައިރިއަށް ހުއްޓުމުން އަޒުމާ ގަބޫލު ނުކުރެވިފައި ހުރެ އަހާލި އެވެ. ނަދުވާ ބޯ ޖަހާލީ އާއެކޭ ބުނަމުންނެވެ. އޭރު އަޒުމާ ކައިރީ ހުރި ޒެކްވެސް ހުރީ ހައިރާން ވެފަ އެވެ. ޒެކްއަށް ނޭގި ނަދުވާއަށް އެ ރިސޯރޓުން ވަޒީފާ ލިބުނީތީ އެވެ.
“ކޮން އިރަކުން ފެށިގެން ނަދޫ ޖޮބަށް އަންނަން ފެށީ؟” ޒެކްއަށް އަހާލެ ވުނެވެ.
“މިހާރު ޓޫ ވީކްސް ވެއްޖެ.” ނަދުވާ ފުންކޮން ހިބާއަށް ބަލައިލަމުން ބުންޏެވެ. ހިބާ ހުރީ ގުޑިލަންވެސް ނޭގިފަ އެވެ. ނަދުވާ އާއި ދުރަށް ހިބާ ދާވަރަކަށް ނަދުވާ ހިބާގެ ދިރިއުޅުމަށް އަންނަނީ ކީއްވެ ހެއްޔެވެ. ފައުޒާން ހިބާއަށް ގޮވާލީ އެވަގުތު އެވެ. ހިބާ އަވަސް އަވަހަށް ނަދުވާއަށް ފުރަގަސްދެމުން ފައުޒާންއާއި ދިމާއަށް ހިގައިގަތެވެ.
“ކޮންތާކު ނަދޫ ވާރކް ކުރަނީ؟” ޒެކް އަނެއްކާވެސް އަހާލި އެވެ.
“ރިސެޕްޝަންގަ. ފްރަންޓް އޮފީހުގަ.” ނަދުވާ ޖަވާބު ދިން އިރުވެސް ބަލަމުން ދިޔައީ ހިބާއާއި ފައުޒާންއާއި ދިމާލަށެވެ. ފައުޒާން އެއް އަތުން ރެކްޝާގައި އަނެއް އަތުން ހިބާގެ އުނަގަނޑުގައި ހިފާލައިގެން ހުއްޓެވެ.
“އެހެންތަ. ދެން ބާރ ގަ ކީއްކުރަނީ؟” އަނެއްކާވެސް ޒެކް އަހާލި އެވެ.
“އެއީ ދެން ނިމިގެން ދަމުން ހަމަ ފްރެންޑަކާ މީޓް ކޮށްލަން ވަދެލީ. އެތާ އުޅޭ ގޯމީ އަކީ ނަދޫގެ ފްރެންޑެއް.” ނަދުވާ ޒެކްއަށް ބަލައިލަމުން ބުންޏެވެ. ޒެކް އެހާވަރަށް ސުވާލުކުރާތީ ނަދުވާ ހުރީ ޖެހިލުންވެފަ އެވެ. ކޮންމެސް ވަރަކަށް ނަދުވާ ހުރީ ހިތްހަމަވެސް ނުޖެހިފަ އެވެ. ޒެކްއަކީ އެ ރިސޯރޓުގެ ކިހާވަރެއްގެ މީހެއްކަން މިއަދު މިންހާޖް ނުބުނި ނަމަ ނަދުވާއަށް ނޭގުނީހެވެ.
އެވަގުތު ކުޑަކުޑަ ބަޖީއެއް އައުމުން ހިބާއާއި ފައުޒާން އަދި ރިފާއާއި ފައްވާޒް އެއަށް އަރައިފި އެވެ. އަޒްމީލްއާއި ނިހާނީވެސް އަވަހަށް އެއަށް އަރައިފި އެވެ.
“ތިމީހުން ނައްޓާލާ. ޒެކްމެން ދާނަން ބޮޑު އެތީގަ.” ޒެކް ގޮވާލި އެވެ.
“ކޮން ރޫމްއެއްގަ އަޒޫމެން ތި އުޅެނީ؟” އަޒުމާ ކައިރީ ނަދުވާ އެހިއަޑު ހިބާއަށް އިވުނެވެ. ނަމަވެސް އަޒުމާ ދިން ޖަވާބެއް ހިބާއަކަށް އަޑެއް ނީވުނެވެ. ބަޖީ އޭރު ދުއްވާލައިފި އެވެ. އަނެއްކާ އަޒޫ ދޮންތަ ނަދުވާ އެގެއަށް ނުގެނެސްފިއްޔާވާ ރަގަޅޭ ހިބާ ހިތަށް އެރި އެވެ.
“އޭ، ދެން ތިހާ ކަންބޮޑު ނުވެބަލަ. ނަދޫއަށް އެއްކަމެއްވެސް ދެން ނުކުރެވޭނެ.” ރަހާ އުނގަށް ލައިގެން އިން ފައުޒާން ހިބާގެ އަތުގައި ހިފާލި އެވެ.
“އެއީ ތެދެއް. ހިބާތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު. ކޮންތާކަށްތަ އެ ހިތްވަރު ދިޔައީ؟” ފައުޒާންއާއި ޖެހިގެން އިން އަޒްމީލް ވެސް ފައުޒާންއާއި ބައިވެރިވެލި އެވެ.
“ތެދެއް. ކޮބައިތަ ޒާންއަށް އެންމެ ކުރިން ފެނުން ހިބާ؟ ކޮބައިތަ އިއްޒަތު ގަޔަށް ކޯކް ތަށި ޖެހި ބްރޭވް ގާރލް؟” ފައުޒާން ހިބާގެ އަތުގައި ހިފައިގެން އިނދެ އަހަމުން ދިޔަ އެވެ.
“ފައުޒާން، ހިބާ ބިރު ގަންނަނީ.” ހިބާއަށް ބުނެވުނީ އެހާވަރަށެވެ. ހިބާއަށް ރޮވެން ފެށި އެވެ. ފައުޒާން ހިބާ ކޮނޑުގައި ހިފާލާފައި ހިބާ ފައުޒާންއާއި ކައިރިކޮށްލި އެވެ. އޭރު ރަހާ ފައުޒާންގެ ޓީ-ޝާރޓްގައި އިން ބޮޑު ގޮށެއް އަނގައަށް ލެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.
“ހިބާ، އަދި ރޯކަށް ނުވޭނު.” އަޒްމީލުވެސް ކަންތައް ބޮޑުވެފައި ބުންޏެވެ.
“ހިބާ، ބީ ބްރޭވް. ޒާންމެން އެންމެން މިހާރު މިތިބީ ހިބާއާއި އެއްކޮޅުގަ. ޒެކްވެސް ދެން ވަރަށް ވިސްނައިގެން ހުންނާނީ ހިބާއަށް ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކުރިމަތިވާކަށް ޒެކްވެސް ނޭދޭނެނު. ހިބާ ޒާންއާއި ރަހާއަށް ޓަކާވެސް ހިބާ ހިތްވަރުކުރަން ޖެހޭނެނު. ފިންޑިވެގެން ކަމަކު ނުދާނެނު ތީ މިހާރު މަންމައެއްނު.” ފައުޒާން އެކި ގޮތްގޮތުން ހިބާއަށް ހިތްވަރު ދެމުން ދިޔަ އެވެ. އަޒްމީލް ވެސް ދޭތެރެއަކުން ފައުޒާންއާއި ބައިވެރި ވެލަ އެވެ. އަނެއް ފަރާތުގައި ތިބި ރިފާއާއި ނިހާނީއާއި ފައްވާޒް ވެސް ހިބާއަށް ހިތްވަރު ދެމުން ދިޔަ އެވެ.
ގެއަށް އާދެވުން އިރު ހިބާވެސް އިނީ ހަމަ ޖެހިފަ އެވެ. އެންމެން ދެއްކި ވާހަކައާއި މެދު ހިބާ ވިސްނާލި އެވެ. ތެދެކެވެ. މިހާރު ހިބާ އެހެރީ ބޭރު މީހެއްގެ ތާކު ނޫނެވެ. އެއީ ހިބާ ބައްޕަގެ ރިސޯޓެވެ. އެތާނގައި ހިގާނީ ހިބާގެ އަމުރެވެ. ރަހާއާއި ފައުޒާންއަށް ޓަކައިވެސް ހިބާ މިއަދު ނަދުވާއާއި ދެކޮޅަށް ތެދުވާނެ އެވެ. ހިބާއަށް ދެން ލަނޑެއް ދޭކަށް ނަދުވާއަށް ފުރުސަތެއްވެސް ހިބާ ނުދޭނެ އެވެ. ހިބާ ރަހާ ގޮވައިގެންގޮސް ކޮޓަރިއަށް ވަނެވެ.
“ހިބާ ހުންނަނީ ނަފްސާނީ ގޮތުން ވަރަށް ސަކަރާތް ވެފަ ދޯ. އަހަންނަށް އެކަން އިހުސާސްވީ މިއަދު. އެހާ ފަސޭހައިން ރޮވުނީމަ ވެސް އިނގިއްޖެ.” އަޒްމީލް އައިސް ފައުޒާން ކައިރީ ހުއްޓިލަމުން ބުންޏެވެ. ފައިޒާން ބޯ ޖަހާލަމުން ލައިގެން ހުރި ކަކުލާ ހަމައަށް އަރާ ސޯޓު ބުރީގެ ޖީބަށް އަތް ޖަހާލި އެވެ.
“އާން، އެކަމަކު މިގޮތަށް އެންމެންގެ ސަޕޯރޓް ލިބެންޏާ ރަގަޅުވާނެ ދޯ.” ފައުޒާން ބުންޏެވެ. އަޒްމީލް ވެސް އެކަމާ އެއްބަސް ވެލި އެވެ.
“ހިންގާ ބީޗަށްދާން.” ފައްވާޒް ގޮވާލި އެވެ. ނިހާނީ ދުވެލާފައި ފައްވާޒްމެން ފަހަތުން ދާން ފެށި އެވެ. އަޒްމީލްވެސް ހީލަމުން އެދިމާލަށް ހިގައިގަތެވެ. ފައުޒާން ކޮޓަރިއަށް ވަންނަން ދަނިކޮން ދެންތިބި މީހުން އައިސް ގެއަށް ވަންތަން ފެނުނެވެ. ފައުޒާން ކައިރިއަށް އަނެއްކާވެސް ރުޅިއަންނަގޮތް ވީ އެމީހުނާއެކު ނަދުވާ އެގެއަށް ގެނައީމަ އެވެ.
“ކޮބާ އެންމެން؟” އަޒުމާ އައިސް ވަދެފައި އަހާލި އެވެ.
“ބީޗަށް އެދިޔައީ.” ފައުޒާން ފަރުވާ ކުޑަގޮތަކަށް ނަދުވާއަށް ބަލައިލަމުން ބުންޏެވެ. ނަދުވާ އޭރު މުޅި ގޭތެރެއަށް ނަޒަރު ހިންގާލަނީ އެވެ. އާޝޯހުވެފައިވާ މޫނަކާއެކު ނަދުވާ ހީވަނީ އަލަށް ތަނެއް ފެނިގެން އުޅޭހެނެވެ.
“ހިބް ވެސް ވީ ބީޗްގަތަ؟” ޒެކް އަހާލި އެވެ.
“ނޫނޭ، ހިބާ ރަހާއަށް ފީޑް ކުރަން ކޮޓަރީގަ ވީ.” ފައުޒާން ބުންޏެވެ. “ހިބާ ނިމުނީމަ ޒާންމެންވެސް ދާނަން.” ފައުޒާން ޒެކްއަށް ބަލައިލަމުން ބުންޏެވެ.
“ހިބާ ބައްޕައަކީ ހަމަ އެހާ މުއްސަނދި މީހެއްތަ؟” ވިސްނާނުލާ ހުރެފައި ނަދުވާއަށް އަހާލެވުނެވެ. އަޒުމާ ނަދުވާއަށް ބަލައިލި އެވެ.
“ނަދޫއަކަށް ނޭގޭތަ؟ ނަދޫއަށް ކުރިން އިނގުންނަމަ ދޯ. އަބްޔާން ސެޓްކޮށްލަން ރަގަޅެއްނު.” އަޒްމާ ސަމާސާކޮށްލި އެވެ. ނަދުވާއަށް ފައުޒާންއާއި ދިމާއަށް ބަލައިލެވުނެވެ. ފިޒާއާއި ލަޔާން އޭރު ގޭގެ ފަހަތު ދޮރުން ނިކުންނަން ދާން ހިގައިގެންފި އެވެ.
“އެހެރީ އަދި ހުސްކޮން ހުރި ކުއްޖެއްނު.” ނަދުވާ ލަޔާންއަށް އިޝާރާތް ކޮށްލަމުން ސަމާސާ ރާގަކަށް ބުންޏެވެ. އަޒްމާވެސް ހިނިގަޑެއް ޖަހާލިއެވެ.
“އާން. އެކަމަކު އޮކިއުޕައިޑް،” އަޒްމާ ނަދުވާއާއި ދިމާއަށް ބުނެލި އެވެ. “ޔާންމެން ބީޗަށްތަ ތިދަނީ؟” އަޒްމާ ތަންކޮޅެއް ބާރަށް ގޮވާލީ ލަޔާންމެނަށް އަޑު އިވޭ ވަރަށެވެ.
“އާން. އަޒޫދޮންތަމެން ވެސް އާދޭ. ފައިގަ ތަޅާ ކުޅެން މި އުޅެނީ.” ލަޔާން ބޯޅައެއް ބިންމަތީ ތަޅަމުން ގޮވާލި އެވެ. އަޒްމާ ނަދުވާގެ އަތުގައި ހިފައިގެން އެދިމާލަށްދާން ހިގައިގަތެވެ. ނަދުވާމެން ދޮރުން ނިކުންނަންދެން އެދިމާއަށް ބަލަހައްޓައިގެން ޒެކްއާއި ފައުޒާން ތިއްބެވެ.
“ކީއްކުރަން ނަދުވާ މިހިސާބަށް ތި ގެނައީ؟” ފައުޒާން ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބޭރުވާން ފެށި އެވެ.
“ޒެކް ވެސް ބޭނުމެއް ނޫނޭ ނަދުވާ މިގެއަށް ގެންނާކަށް. އެކަމަކު އަޒޫ ހަމަ އެގޮތަށް ބުނީމަ ދެން ކިހިނެއް ހަދާނީ. ހިބާ ވަރަށް ސަކަރާތް ވާނެކަންވެސް އިންގޭ. އެކަމަކު އަޒޫ ބުނެފި ނަދުވާ ބަހަށްޓާނީ އަބަދުވެސް ލޯމަތީގަޔޭ. ހިބާއަށް ދެރަކަމެއް ކުރިޔަކަ ނުދޭނަމޭ. ސޯ ދެން ޒެކްއަށް ބުނެވޭނެ އެއްޗެއް ނެތެއްނު.” ޒެކް ހުރީ ހަމަ ހަގީގަތުގަވެސް ހަދާނެ ގޮތެއް ނޭގިފަ އެވެ. ޖަމާލް ވެސް އެކަމާ އެހާ ގަބޫލެއް ނުވާނެ އެވެ.
“ޒާން ހިތަށްއަރާ އަޒޫއަށް އަދިވެސް ނަދުވާ ދަސްނުވަނީބާއޭ. ކީއްވެތަ މިތަނުން ނަދުވާއަށް ވަޒީފާ ދިނީ؟ މިންހާޖް އަކީ މިތާގެ މާ މަތީ މީހަކީތަ؟” ފައުޒާން އަދިވެސް ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
“ޒެކްއަށް ވެސް ނޭގޭ ކަމެކޭ ތީ. ނަދޫއަށް ވަޒީފާ ހަމަޖެހޭނީ ނަވީންއަށް އިނގިގެން. ނަވީން ވެސް ނުބުނޭ މިފަހަރަކު ޖޮބް ވޭކަންސީއޮތް ވާހަކައެއް. އެހެންޏާ ޒެކްއާ މަޝްވަރާކުރާނެ އެކަމުގަ.” ޒެކް ބުންޏެވެ. “މިންހާޖަކީ ހަމަ ރޫމް ބޯއި އެއް. އެކަމަކު ވަޒީފާގަ ވަރަށް ދުވަސް ވެއްޖެ އެހެންވީމަ ރައްޓެހިން ވަރަށް ގިނަވާނެތާ ދޯ. ތިކަންތައް ބަލާނަން ނަވީންއަށް ގުޅައިގެން.” ޒެކް ފައުޒާން ކައިރީ ބުންޏެވެ. “ހިބާއަށް ދެން ވަރަށް ބޮޑަށް ވިސްނަދީ. ޒެކްމެން އެންމެން މިތިބީ ހިބާއަށް ބަލާށޭ ބުނާތި.” ޒެކް އެހެން ބުނަމުން ބީޗަށް ދާން ހިގައިގަތީ ފަހަތު ދޮރާއި ދިމާއަށެވެ. ފައުޒާން ބޮލުގައި އަތް އުނގުޅާލަމުން ގޮސް ހިބާގެ ކޮޓަރިއަށް ވަނެވެ. އޭރު ހިބާ އުޅެނީ ރަހާ ރީތި ކުރުމުގަ އެވެ. ފައުޒާން އައިސް އިށީނީ ބޮޑު އެނދުގެ ކައިރިފަށުގަ އެވެ. އެނދުމަތީ އޮތް ރަހާއަށް ފައުޒާން ފެނުމުން ރަހާ ފުރޮޅިލާފައި ފިރުކެމުން ފައުޒާން ކަރިރިއަށް އައިސްފި އެވެ. ފައުޒާން ރަހާ ނަގާ އުނގަށް ލައިފި އެވެ.
“ބައްޕަގެ ބޭބީ ބީޗަށް ދާހިތެއް ނުވެޔޯ އެބުނީ.” ފައުޒާން ހިބާއަށް ބަލައިލަމުން ބުންޏެވެ.
“ކީއްވެޔޯ؟” ރަހާ ރީތިކުރަން ނެގި އެއްޗިހި ތަންތަނަށް ލަމުން ހިބާ އަހާލީ ހީލަމުންނެވެ.
“ބައްޕައާ އެއްކޮން ކޮޓަރީގަ މަޖާކޮށްލަން ބޭނުންވަނީޔޯ.” ފައުޒާން ބުންޏެވެ. ނަދުވާ އުޅޭތީ ފައުޒާން ބޭނުންވީ ހިބާ ވެސް ކޮޓަރީގައި ހިފަހައްޓާށެވެ.
“އެކަމަކު އެންމެން ބީޗްގަ އެއުޅެނީ ކޮއްކޮއަށް ވެސް މަޖާ ވާނެނު.” ހިބާ ހުރީ ރަހާ ގޮވައިގެން ބޭރަށް ދާން ހިފާލާފަ އެވެ. ފައުޒާން އަތުން ރަހާ އުރާލައިގެން ކޮޓަރިން ނުކުންނަށް ހިބާ ދާން ފެށި އެވެ.
“މަޑުކޮށްބަލަ ހިބާ.” ފައުޒާން ހިބާގެ އަތުގައި ހިފިއެވެ. “އަދި ޒާންއާ އެއްކޮން އެކަނި ވަގުތު ކޮޅެއްވެސް ހޭދައެއް ނުކޮށްލަމެއްނު.” ފައުޒާން ހިބާއާއި ކައިރި ވެލި އެވެ. އަދި ރަހާއާއި އެއްކޮން ހިބާގައިގައި ބައްދާލި އެވެ.
“ފައުޒާން!” ހިބާ ގޮވާލަމުން ފައުޒާންއާއި ދުރުވެލި އެވެ. “ރަހާ ކުރިމަތީ ތިހެން ނޫޅެބަލަ.” ހިބާ ހިތްހަމަ ނުޖެހިގެން ބުންޏެވެ.
“ރަހާއަށް ވެސް އިނގޭނެނު ބައްޕަ މަންމަ ދެކެ ލޯބިން ހަގެއް ދިނީކަން. ދޯ ބޭބީ.” ފައުޒާން ރަހާގެ ކޮލަށް ދޮނެއްދެމުން ބުންޏެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އެވެ. ފައުޒާން ދޮރުހުޅުވާލުމުން އެތެރެއަށް ވަނީ ރިފާއެވެ.
“ރަހާ ރީތިކޮށްފިތަ؟” ރިފާ އެތެރެއަށް ވަންނަމުން އަހާލި އެވެ. “ދީބަލަ ރަހާ. ޒާދްއާ ދެކުދިން ފޮޓޯއެއް ނަގަންވެގެން.” ރަހާ އުރާލަމުން ރިފާ ހިގައިގަތެވެ. “އަންނާނަން އިނގޭ.” ކޮޓަރިން ނިކުމެގެން ރަހާ ގޮވައިގެން ރިފާ ދިއުމުން ފައުޒާން ދޮރު ލައްޕާލި އެވެ. ދޮރު ލައްޕާފައި ހިބާގެ އެދެއަތުގައި ފައުޒާން ހިފާލަމުން ހިބާއަށް ބަލާލީ ލޯބިވެތި ގޮތަކަށެވެ. ފައުޒާން ހިބާގެ އަތުގައި ހިފާ އޭނަގެ ގާތަށް ހިބާ ގެނެ އެވެ. ހިބާގެ ދެއަތްތިލާގައި ވަކިވަކިން ފައުޒާން ބޮސްދިނެވެ. ހިބާގެ ބުރުގާގެ ދަތިތަށް ފައުޒާން ނައްޓަން ފެށި އެވެ. އަދި ބުރުގާ ބޭލުވި އެވެ. ހިބާގެ ރީތި އިސްތަށިގަނޑު ވަނީ ފަހަތައް ފުނާއަޅައިގެން ގެންގޮސް ފަހަތައް ހުޅިއެއް ޖަހާލާފަ އެވެ. ފައުޒާން ހިބާގެ ހުޅި ނައްޓާލި އެވެ. އިސްތަށި ގަނޑު ނިއުޅިގެން ކޮނޑަށް ވުރެން ތިރިއަށް ފޭބި އެވެ. ނަމަވެސް އެހާ ދިގެއް ނޫނެވެ. އެއޮމާން އިސްތަށި ގަނޑުގައި ފައުޒާން އަތްކާތާލި އެވެ. އަދި ކަނދުރާގައި ބޮސްދިނެވެ. އަދި އެރީތި މޫނުވެސް ބޮސްދިނުންތަކުން ފުރާލިއެވެ. ފައުޒާންގެ ހަރަކާތްތަކުން ހިބާގެ ހިތްބާރަށް ތެޅެމުންދިޔައިރު ލަމުންދިޔަ ނޭވާއަށްވެސް ބަދަލު އަތުވެއްޖެ އެވެ.
ފައުޒާންގެ ގައިގާ ހިބާއަށް ހިފަހައްޓާލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލާ ވަރަށްވެސް ބާރަށެވެ. އެހާ ދުވަސް ކޮށްފައި އެކަހަލަ އިހުސާސްއެއް ވުމުން ހިބާ ހަދާންވީ އަލަތު ކައިވެނީގެ ފުރަތަމަ ރޭމަތިންނެވެ. އެމަސްތުކަމުންފުރިގެންވި ވަގުތުކޮޅަށް ސިހުންގެނުވީ ހިބާ ފައުޒާންގެ ޓީ-ޝާރޓްގައި ހިފާ ބާލުވަން އުޅެން ފެށުމުން ފައުޒާން އެކަން ހުއްޓުވުމުންނެވެ. ފައުޒާން ކުއްލި އަކަށް ދުރަށް ޖެހިލި އެވެ. ފައުޒާން ހިއްސުތައް ކޮންޓްރޯލް ކުރަމުން ދިޔައެވެ. ފައުޒާން ދިޔައީ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. ހިބާ ހައިރާން ވެފައި ލޯ ބޮޑުކޮށްލައިގެން ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ވީގޮތެއް ނޭގިފައި ހައިރާންވެފަ އެވެ.
“ނޯ ހިބާ.” ފައުޒާން ހިބާގެ އަތުގައި ހިފާލަމުން ބުންޏެވެ. “އަދި ރެޑީއެއް ނޫނެއްނު ހިބާ،” ފައުޒާން އެހެން ބުނުމުން އެބުނި އެއްޗެއް ނޭގިފައި ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓިފައި ހިބާ ހުއްޓެވެ. “މި ބުނީ ޕްރޮޓެކްޝަންއެއް ނެތި މިހެން އުޅޭކަށް އަދި ރަގަޅެއް ނުވާނެޔޭ. ހިބާ އަނެއްކާ ޕްރެގް ވެއްޖެއްޔާ ކިހާދެރަ. މިފަހަރުވެސް ހިބާ ކިހާ ބަލިވި.” ފައުޒާންއަށް ވިސްނުނު ގޮތް ބުންނެވެ. ހިބާއަށް އިތުރު އަނިޔާއެއް ދޭކަށް ފައުޒާން ބޭނުމެއް ނޫނެވެ. ހިބާ ބަލިވާކަށް ބޭނުމެއްނޫނެވެ. ހިބާ ފައުޒާންގެ ލޮލަށް ބަލަން ހުއްޓެވެ.
ހިބާ އަވަސް އަވަހަށް ބޯޖަހާލަމުން ފައުޒަންގެ ގައިގާ އޮޅުލައިގަތެވެ. އޭނަ ފައުޒާންއަށް ވަނީ ވަރަށް ބޭނުންވެފަ އެވެ. ފައުޒާން އޭނައާއި މެދު ކިހާ ވިސްނާ ހެއްޔެވެ. އޭނަދެކެ ކިހާ ލޯބިވޭ ހެއްޔެވެ. އެކަމަކު ފައުޒާން އެބުނީވެސް ދޮގެއް ނޫނެވެ. އަނެއްކޮޅުން ފައުޒާންގެ ހާލަކީވެސް އެއީ އެވެ. އޭނަގެ ހަށިގަނޑަށް އެތަށްއަހަރަކަށްފަހު ކުރެވުނު ފޮނިމީރު އިޙްސާސްގެ ރަހަ ކަރުބުޑުގައި ނުލަނީސް އެކަމުން ދުރުވުމަށް ކުރީބައިގައި ވިސްނުނުކަން އެއީ ނަސީބެވެ. މިފަދަ ނާޒުކު ހިނދުކޮޅެއްގަވެސް އޭނާ ވިސްނީ ހިބާއާއި މެދު އެވެ. ހިބާ ގައިގައި ބައްދާލައިގެން ހުރެ ފައުޒާން ވިސްނާލި އެވެ.
“ހިބާ، ޒާންއަށް އިނގޭ ހިބާވެސް ވަރަށް ބޭނުންވެފަކަން ތިހިރީ.” ފައުޒާންގެ އެދެއަތުގެ ތެރޭ ހިބާގެ މޫނު ހިފަހައްޓާލި އެވެ. އަދި ރަތްވެފައިވި އެރީތި ތުންފަތުގައި ލޯބިކޮއްލި އެވެ. “ވީ ވިލް ޑޫ އިޓް ވެން ވީ އާރ ރެޑީ.” ފައުޒާން އަނެއްކާވެސް ހިބާ ގަޔާ ކައިރިކޮށްލަމުން ބުންނެވެ. ހިބާވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލި އެވެ.
ގޮނޑުދޮށުގައި އެންމެން ފައިގަ ތަޅާ ކުޅެނީ އެވެ. ރިފާއާއި ފައްވާޒް ދެކުދިން ގޮވައިގެން ގޮތްގޮތަށް ފޮޓޯ ނެގުމުގައި އުޅެ އެވެ. ނަދުވާއާއި އަޒްމާއާއި ޒެކް އެންމެން އުޅޭގޮތް ބަލަން ބީޗް ޗެއަރ ގައި ޖައްސާލައިގެން ތިއްބެވެ.
“މި ބީޗްއަކަށް އެހެން ބަޔަކަށް ނާދެވޭނެ ދޯ.” ނަދުވާ އިނދެފައި އަހާލި އެވެ. އަޒްމާ ބޯ ޖަހާލި އެވެ. “އަހަރެން ހިތަކަށްވެސް ނާރަ ހިބާ ބައްޕަ މިހާ މުއްސަނދި ވާނެ ކަމަކަށް.” ނަދުވާއަށް ބުނެވުނެވެ. “ވާޒް ދޮންބެމެން އެ ގެންގުޅޭ އަނެއް ބޭބީ އެއީ ހިބާގެ ދަރިދޯ. ވައްތަރު ދޯ ޒާންއާ.” ނަދުވާ ބުންޏެވެ. އަޒްމާ ބޯޖަހާލަމުން އެއްބަސް ވެލި އެވެ. ނަދުވާ އެކި ވާހަކަ ދައްކަމުން ދިޔަ އެވެ. އެގެއަށް އާދެވޭ މިހުންނާއި އެގެއަށް ހިބާގެ ބައްޕަ އަންނާނެ ދުވަސްތައްވެސް އޮޅުންފިލުވީ ޒެކް ކައިރީ އަހައިގެނެވެ.
“ހިބާ މަޑުކޮށްބަލަ.” ހިބާ ކޮޓަރިން ނިކުތީ ގޮނޑުދޮށަށް ދިއުމަށެވެ. ފައުޒާން ހިބާގެ އަތުގައި ހިފި އެވެ. ފައުޒާން އަދިވެސް ހިބާ ހިފަހައްޓަން މަސައްކަތް ކުރަނީ އެވެ.
“ދެން ފައުޒާން ކިހިނެއް ވެގެންތަ ތި އުޅެނީ، ރަހާވެސް ވީ އެތާވިއްޔަ. ހިބާ ބީޗަށް ދިޔަކަސް އެއީ އެހާވަރެއްގެ ކަމެއްތަ؟ ފައުޒާން އަންނަން ބޭނުން ނުވަންޏާ ފައުޒާން ވެއިޓްކޮށްގެން އިނދެބަލަ ގޭތެރޭ.” ހިބާ ފައުޒާންގެ އަތް ފޮޅާލަމުން ބުންނެވެ. އަދި ފަހަތު ދޮރާ ދިމާއަށް ހިގައި ގަތެވެ. އެވަގުތު ހިބާއަށް ހުއްޓުން އެރީ ނަދުވާ ކުއްލިއަކަށް އެދޮރުން ވަނުމުންނެވެ. ނަދުވާ ފަހަތުން އަޒްމާއާއި ޒެކްވެސް ވަނެވެ. ހިބާ ފަހަތައް އެނބުރި ފައުޒާންއަށް ބަލައިލި އެވެ. ފައުޒާން އެންމެ ކަންބޮޑުވެގެން އުޅުން ކަންތައް ވީއެވެ. ފައުޒާން ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ހިބާ،” ނަދުވާއަށް ހިބާ ފެނުމުން ހިބާކުރިމައްޗަށް ނަދުވާ އައިސް ހުއްޓުނެވެ. “އަހަރެން ހިބާއައި ބައްދަލުކޮށްލަން ބޭނުންވެފަ ހުންނަތާ ކޮން އިރެއް.” ވަރަށް ހަމަޖެހިލައިގެން ހުރެ ނަދުވާ ބުންޏެވެ. ދުރުގަ ހުރި ފައުޒާންގެ ރުޅިގަނޑު ގަދަވަމުން ދާންފެށި އެވެ. ހިބާގެ ކުރިމައްޗަށް އަންނާކަށް ނަދުވާ ލަދެއްވެސް ނުގަނެއެވެ. އެއީ ހާދަ ގޮތެއްވެސް ނެތީމަތާއޭ ފައުޒާން ހިތަށް އެރިއެވެ.
އަޒްމާއާއި ޒެކްވެސް ނަދުވާ ފުރަގަހަތުން ނަދުވާއާއި ކައިރިއަށް އައިސް ހުއްޓުނެވެ.
“ކީއްކުރަން ހިބާއާ ބައްދަލުކުރަން ބެނުންވަނީ؟” ހިބާ ހިތްހަމަ ނުޖެހިފައި ހުރެގެން މަޑުމަޑުން ބުނެލި އެވެ.
“ހިބާގެ ކިބައިން މާފަށް އެދެން ވެގެން،” ނަދުވާ ހަމަޖެހިލާފައި ހުރެ ބުންޏެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެ އެވެ. “އައި އޭމް ސޮރީ ހިބާ، އަހަންނަށް ކަންތައް ކުރެވުނު ގޮތުން އަހަރެން ވަރަށް ދެރަވި ފަހުން.” ނަދުވާ ހިބާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ހިބާ ދުރަށް ޖެހިލި އެވެ. މިފަހަރު ނަދުވާގެ މަޅީގައި ނުޖެހެން ގަސްތުކޮށްގެން ހުރި ހިބާގެ މޫނުގެ ކުލަ ބަދަލުވަމުންދާން ފެށި އެވެ. ފައުޒާންއަށް ދުރުގައި ނުހުރެވިގެން އެދިމާލަށް ހިގައިގަތެވެ. ނަމަވެސް ހުއްޓެވުނީ ހިބާ ކުއްލިއަކަށް ނަދުވާގެ ކޮލުގައި ޖަހަން އަތް އުފުލާލުމުން ނެވެ. ނަމަވެސް އަތް ތިރިކޮށްލުމަށްފަހު އަނެއްފަރާތައް އެނބުރުނެވެ.
“ހިބާ މީ ނަދުވާއެއް ނޫން ރުޅިއައުމުން މީހުންގައިގަ ޖަހާކަށް. އެކަމަކު ހިބާ ހިތުން ނަދުވާގައިގައި ޖަހައިފިން. ހިބާ ހިތަކަށް ނާރަ މީން ދުވަހަކު ނަދުވާއަށް މާފްދޭކަށް. ދުވަހަކު ވެސް ނަދުވާއާއި ދޭތެރޭ ހިބާގެ ހިތް ރަގަޅެއް ނުވާނެ.” ހިބާ އަނެއްކާވެސް ނަދުވާއާއި ދިމާއަށް އެނބުރުނެވެ.
“ހިބާ، އަހަރެން ސޮރީ މި ބުނީ، ދެން ހިބާގެ ކަމެއްދޯ އެއީ ގަބޫލު ކުރުމާއި ނުކުރުން. އަހަރެންގެ ތަނެއް ވިރިގެނެއް ނުދާނެ ހިބާ މާފް ނުކުރިއަސް. އަހަރެންގެ މައްސަލައެއް ނެތް.” ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވާލަމުން ނަދުވާ ބުނެލި އެވެ. ނަދުވާގެ އެ ހަރަކަތާއި ބުނި ރަގުން ހިބާގެ ރުޅިގަނދު ގަދަވެއްޖެ އެވެ. ލޮލަށް ކަރުނަ ގިނަވާން ފެށި އެވެ. ނަމަވެސް ހިބާ ހިތްވަރު ކުރީ ނުރޯށެވެ. ނަދުވާ ކުރިމަތީ މިފަހަރު ބަލިވާކަށް ހިބާ ބޭނުމެއް ނޫނެވެ.
“ޒެކް، މީގެ ފަހުން ނަދުވާ މިގެއަށް ވައްދައިގެން ނުވާނެ. މީ ހިބާގެ ގެ. މިގެއަށް ވަދެވެން ޖެހޭނީ ހިބާ ރުހޭ މީހުނަށް އެކަނި.” ޒެކްއާއި ދިމާއަށް އެނބުރިލަމުން ހިބާ ބުންޏެވެ. އެގޮތަށް ހިބާ ރުޅިއައިސްފައި ހުއްޓާ މީގެކުރިން ދުވަހަކުވެސް ފައުޒާންއަކަށް އަދި ޒެކްއަކަށް ވެސް ނުފެނެ އެވެ. ހިބާގެ ލޮލަށް ކަރުނަ ގިނަވެފައިވާ އިރުވެސް ހިބާ ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮން ބާރަށެވެ.
“ގެޓް އައުޓް.” ހިބާ ވަރަށް ބާރަށް ނަދުވާއާއި ދިމާއަށް ބުންޏެވެ. “މިހާރު ނުކުމޭ.” ދޮރާދިމާއަށް އިނގިލި ދިއްކޮށްލަމުން ހިބާ ބުންނެވެ. ނަދުވާ ރުޅިވެރި ގޮތަކަށް ފައުޒާންއަށް ބަލައިލާފައި ނުކުމެގެން ހިގައްޖެ އެވެ. ހިބާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. ހަމަހިމޭން ކަންމުޅި މާހައުލަށް އައިސްފައި އޮތެވެ. ފައުޒާންވެސް ޒެކްއާއި އަޒްމާއަށް ބަލައިލާފައި ގޮސް ކޮޓަރިއަށް ވަނެވެ.
ހިބާ އެނދުގައި ބަންޑުން އޮވެގެން ރޮނީ އެވެ. ފައުޒާން އައިސް ހިބާ ކައިރި އެނދުގައި އިށީނެވެ.
“ގްރޭޓް..” ފައުޒާން ހިބާއާއި ދިމާއަށް ގުދުވެލަމުން ބުންޏެވެ. “ވަރަށް ކެރޭ ކުއްޖެއް ހިބާއަކީ. މިއަދު ކަންތައް ތިކުރީ ހަމަ ވަރަށް ރަގަޅަށް.” ފައުޒާން ހިބާގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. ހިބާ ކުއްލިއަކަށް ތެދުވި އެވެ. އަދި ފައުޒާންއަށް ބަލައިލަމުން ލޯ ފޮހެލި އެވެ.
“ފައުޒާންވެސް އަދި ނަދުވާ އައިކަން ނާންގަން ވެގެން ހިބާ ކޮޓަރީގަ ބަންދުކޮށްގެން އުޅެފިޔޭ.” ހިބާ ފައުޒާންއަށް ލޯ އަޅާލި އެވެ. “ބުނަންތަ، ނަދުވާދެކެ ހިބާ ބިރެއް ނުގަނޭ. ނަދުވާ މިގެއަށް އައި ވަހަކަ ފައުޒާން ކުރިން ބުނިނަމަ.” ހިބާ އަދިވެސް އިނީ ހިތްހަމަ ނުޖެހިފަ އެވެ.
“ދެން އެނިމުނީނު އެކަންތައް.” ފައުޒާން ހިބާގެ ގައިގައި ބައްދާލަމުން ބުންނެވެ. ހިބާ ފައުޒާންގެ ކޮނޑުގައި ބޯ އަޅަލި އެވެ. “ނަދުވާގެ ހިޔަނިވެސް ދެން ޒާންމެންގެ ލައިފްއަށް އެޅުނަ ދީގެން ނުވާނެ އިނގޭ.” ފައުޒާން ހިބާގެ ބުރަކަށީ ފިރުމާލި އެވެ. އެވަގުތު ދޮރުން ވަތް އަޒްކާއާއި މާޒް ކަރުކެހިލުމުން ދެމީހުން ސިއްސައިގެން ގޮސް ދުރަށް ޖެހިލި އެވެ. ހިބާ ލަދުން މޫނު ރަތްވެގެން ދިޔަ އެވެ.
“ދެން ދޮރާ އެއްޗިހި ނުލައްޕާ ދަރިވެސް އެއްލާލާފަ އައިސް ރޮމޭންސް ކުރަންވިއްޔަ ތި ތިބެނީ.” އަޒްކާ އުރައިގެން ހުރި ރަހާ އޭރު ހިބާ ކައިރިއަށް އަންނަން އަތްދިއްކުރަނީ އެވެ. ހިބާ ތެދުވެގެން އައިސް ރަހާ އުރާލި އެވެ. “ނަދުއްތައަށް ހިބާ ތިހެދީ ހަމަ ރަގަޅަށް. ޒެކް ދެންމެ ކިޔައިދީފި.” އަޒްކާ ބުންޏެވެ.
“އަހަންނަށް ފުރަތަމަ ހިބާ ފެނުނު ދުވަހު ހިބާ ކުރިކަންތައް ހަދާންވީ ޒެކް އެވާހަކަ ކިޔައިދިނީމަ،” މާޒް ބުންނެވެ. “އަހަރެން އެދުވަހު ބުނިން ޒާން ކައިރީ މީ ވަރަށް ގަޓް ހުންނާނެ ކުއްޖެކޭ ދޯ ޒާން.” މާޒް ފައުޒާންއަށް ދޯލަމުން ބުންޏެވެ.
“ތީ ކޮން ވާހަކައެއް؟ ކިޔައިދީބަލަ.” އަޒްކާ އެވާހަކަ އަޑުއަހަން ބޭނުން ވެއްޖެ އެވެ. މާޒް އަޒްކާގެ ކޮނޑަށް އަތްވައްޓާލައިގެން އެވާހަކަ ކިޔައިދެމުން އަޒްކާ ގޮވައިގެން ކޮޓަރިން ނިކުމެގެން ހިގައްޖެ އެވެ.
އެރޭ ހިބާ ރަހާއަށް ކާންދިނީ ޒާދްއަށް ރިފާ ކާންދިން ގަޑީގަ އެވެ. ދެކުދިންނަށް ދެމީހުން ކާންދޭން ތިބިއިރު ދެ ބައްޕަ ވެސް ކައިރީގައި އެހީވާން އުޅެ އެވެ. އެމަންޒަރު ފޮޓޯ ނަގަމުން ފިޒާއާއި ލަޔާން އުޅެއެވެ. ކާންދީ ނިމިގެން ހިބާ ކޮޓަރިއަށް ވަނީ ރަހާ ރީތިކޮށްގެން ނިންދަވާށެވެ.
ފައުޒާންއާއި އަޒްމީލް ފައްވާޒް ކައިރީ މަޑުކޮށްލައިގެން އިނެވެ. މާޒްއާއި އަޒްކާއާއި ފިޒް ގޮވައިގެން ލަޔާން ދިޔައީ ރިސޯރޓްގެ ތަންތަން ދައްކާލާށެވެ. ޒެކްއާއި އަޒްމާވެސް ވީ ބޭރަށް ގޮހެވެ. އަޒްމީލްއާއި އެކަނި ވާހަކަ ދައްކާލަން ބޭނުންވެފައި އިން ފައުޒާން އިނީ ފައްވާޒް އެތާއިނީމަ އެވެ. ދޮންބެ ކައިރީ އެކަހަލަ ވާހަކަ ދައްކާކަށް ފައުޒާންއަކަށް ނުކެރޭނެ އެވެ.
“އަޒްމީލް ހިންގާބަލަ ބީޗަށް ވާހަކައެއް ބުނަންވެފަ އެބައޮތް.” ފައުޒާން އެންމެފަހުން ބުންޏެވެ. އަޒްމީލް ވެސް ތެދުވެގެން ފައުޒާންއާއި އެކު އެދިމާލަށް ނުކުމެއްޖެ އެވެ.
“އެދެމީހުން އެދަނީ ކޮންތާކަށް؟” އެވަގުތު ކޮޓަރިން ނިކުތް ނިހާނީ އަހާލި އެވެ.
“ވާހަކައެއް ދައްކާށޯ. ގައިމުވެސް ބިޓެއްގެ ވާހަކައެއް ނުދައްކާނެތާދޯ މިހާރަކު.” ފައްވާޒް ސަމާސާ ރާގަކަށް އެހެން ބުނެފައި ހިނިގަޑެއް ޖަހާލި އެވެ. ނިހާނީ ފައްވާޒްއަށް ބަލައިލާފައި އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ. އޭރު ޓީވީ އިން ދައްކަނީ މަޖާ އިނގިރޭސި ފިލްމެކެވެ.
އެތަށް އިރެއް ވީ ފަހުން ލަޔާންއާއި އެއްކޮން ދިޔަ ގުރޫޕު އައިސްފި އެވެ. އޭރު ކާގޭގައި ހުރީ ކާންތައްޔާރުކޮށްފަ އެވެ. އެންމެން ކާން ބޭނުންވީ އެއްކޮނެވެ. ރިފާ އަދިވެސް ޒާދް ނިންދަވަން ދިޔަގޮތަށް ނުނިކުމެ އެވެ. ހިބާވެސް ރަހާ ނިންދަވާފައި އައިސް ސޯފާގައި އިންނަތާ ކިތަންމެ އިރެއްވެއްޖެ އެވެ.
“ދޮންބަތުއަށް ނިދިފަ ކަންނޭގެ މިހާރު އޮންނާނީ. އަޅެ ދޮންބެ ދޭބަލަ ބަލައިލަން.” ފިޒާ ބުންނެވެ.
ތެދެކެވެ. ރިފާއަށް އޮތީ ނިދިފަ އެވެ. ރިފާ އައުމުން އެންމެން ކާން އުޅެން ފެށި އެވެ. އެކިމީހުން އެކިވާހަކަ ދައްކަމުން ކަމުން ގެންދިޔަ އެވެ.
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ހިބާގެ އަނގަވެސް ހެލެ އެވެ. މާގިނައިން ހިބާ ވާހަކަ ދައްކާތީ ޒެކްއާއި ލަޔާން ތިބީ ވަރަށް އުފާވެފައެވެ. އެގޮތަށް ހިބާ ވާހަކަދައްކާ ނޫޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ.
“ހިބް.. ޔޫ އާރ ބެކް.” ލަޔާންއަށް ނީދެވިގެން އެންމެ ފަހުން ބުންޏެވެ. ފައުޒާންއަށް ވެސް ހިބާއާއި ދިމާއަށް ބަލައިލެވުނެވެ. ހިބާ ހައިރާން ވެފައި ލަޔާންއަށް ބަލައިލި އެވެ. “ވަރަށް އުފާވެފަ މީނީ ހިބް ތިގޮތަށް ވާހަކަ ދައްކާތީ.” ލަޔާން ބުންޏެވެ. ހިބާއަށް ފައުޒާންއާއި ދިމާއަށް ބަލައިލެވުނެވެ.
“ޒާންއާ އެއްކޮން އުޅެންފެށީމަ ހުރިހާކަމެއް ވެސް ރަގަޅުވާނެ.” ޒެކް ވެސް ހަމަޖެހިލަމުން ބުންނެވެ.
“ހިބާ އަކަށް ނޭގެ ތިމީހުން ތިކިޔާ އެއްޗެއް.” ހިބާ ނޫންކަމަށް ހަދާލަމުން ބުނެލި އެވެ. އަދި ފައުޒާންއަށް ބަތް އަޅައިދޭން ފެށި އެވެ.
“މާދަމާ ކޮންކަމެއް އޮތީ؟” މާޒް އިނދެފައި އަހާލި އެވެ.
“މާދަމާ ހިންގާ ޕޫލަށްދާން.” އަޒްމާ ބުންޏެވެ.
“ތެދެއް. ދެން އަނެއްދުވަހުން މާލެދާން ޖެހޭނީ.” އަޒްމީލް އެހެން ބުނުމުން ފައުޒާންއަށް ބަލައިލެވުނީ ހިބާއާއި ދިމާއަށެވެ. މާލެ ދިއުމުން ހިބާއާއި ފައުޒާންއަށް ވާނީ ކިހިނެއް ހެއްޔެވެ. ހިބާ ފައުޒާންމެންގެއަށް ދާނެ ހެއްޔެވެ. ނޫނީ ފައުޒާންއަށް ހިބާމެންގެއަށް ދެވޭނެ ހެއްޔެވެ. އަނެއްކާވެސް ދެމީހުން ވަކިވާނީ ހެއްޔެވެ. އެކަމާއި ބެހޭ ގޮތުން އަދި އެދެމީހުން މަޝްވަރާ ކޮށްފައިވެސް ނެތެވެ. ފައުޒާން ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



v rythi……plx plx plx plx next part miadhu up kohdheybw…plz…want knw what happen tu hiba n zaan…n dat annoying nadhuvaa
Finally inthizaaruge nimun mi aee…. Next baai miadhu uplod kohdhehchea…. Ashy
Dhen alhe thi nadhoo ah gotheh hadhaabala keehvetha alhe eyna ah gotheh nuvanee. Avahah up kohdheebala please.
Thi aadheys kuraane kameh nethey. Nukohdheyne. ..
Varah salhi mibaives maa lahee genes dheyleh
V nice…?alhey aneh part avahah up kohdheeba
V salhi
Mi vaahaka ge eneh part up kohladhyba.. plx plx
Aasi plxxxx thankolheh avahah next part up kohla dheeba u r my favorite writer