ރީތި އަސަރުން ފުރިގެންވާފަދަ މަސްތީ ހިނިތުންވުމެއް ޒިޔާންއަށް ހަދިޔާ ކޮށްލުމަށްފަހު ޒައިޝާ ހިގައިގަތީ ޒިޔާންގެ ހިތުގައި ފައިއަޅަމުންނެވެ. ޒިޔާންއަށް އަމިއްލައަށް ހަށިގަނޑުގެ ވަރު ދޫވެގެން ވެއްޓިދާނެހެން ހީވުމުން އެހީއަކަށް ހޯދާލީ ކައިރީގައި ހުރި ތަބެވެ. ޒައިޝާ ގޮސް ލޯމަތިން ގެއްލެންދެން އެސްފިޔަޖަހަންވެސް ހަދާން ނެތިފައި ޒިޔާން އަށް ހުރެވުނެވެ. ޒިޔާންއަށް ގެއަށް އާދެވުނު އިރު ގަޑިން 11.30 ވަނީ އެވެ. އަވަސް ކޮށްލައިގެން ފާޚަނާއަށް ވަނީ ހުކުރު ނަމާދަށް ދިޔުމަށް ތައްޔާރު ވުމަށެވެ. ފެން މާގަނޑު ދަށަށް […]
ގިނަ ދުވަސްތަކެއް ވަންދެން ހިތާމަ ކުރުމުގެ ސަބަބުން ޒައިޝާގެ މޫނު ވަނީ މިލާފައެވެ. ނަމަވެސް އެ ރީތިކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ރީދޫ ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ފަޔަށްހިފާފައިވާ ޖީންސްގައި އޭނާ ފެންނަކޮންމެ މީހަކުމެ ތަޢްރީފް ކޮއްލާނެކަން ކަށަވަރެވެ. އެ ދިގު އިސްތަށިގަނޑުވަނީ ރީދޫކުލައިގެ ވޫލްކޮޅަކުން މައްޗައް ނަގާ އައްސާފައެވެ. ނިއްކުރި މަތިން އައިސް ކަންފަތް ކައިރީ އަޅުވާފައިވާ އިސްތަށިކޮޅު އިރުއިރުކޮޅާ އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. އެއްވެސް މޭކަޕަކާއި ނުލައިވެސް އެ ތުނި ތުންފަތް […]
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަތޫޝާއަށް ހިތްދަތިކަން ގެނުވަމުން އައި ދުވަހެކެވެ. އެހެނީ މަމްދޫހުއާއި ކައިވެނި ކުރަން ކަނޑައަޅާފައިވާ ދުވަސް ހައްތަހާ ކައިރިވަމުން ދާތީއެވެ. އަނެއްކޮޅުން ޝައިމަން އާއި ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ޝައިމަން ނުދޭތީއެވެ. ކޮންމެ ދުވަހެއް ނިމި ދަނީ އަތޫޝާ ޝައިމަން އާއި ވާހަކަ ދައްކަން ލިބޭނެ ކަމުގެ އުންމީދުގައެވެ. “ދަރިފުޅާ ޝާޝާ ކިހިނެއްވެފަ” ސިޓިން ރޫމް ސޯފާގައި އެކަނި އިން އަތޫޝާފެނި ޒައިނަބު އަހާލިއެވެ. “ނުވޭކަމެއް… ދައްތަ މިހާ ލަސްވަންދެން […]
(މި ވާހަކައިގައި މާޒިން ކިޔާ ދެ ފިރިހެން ކުދިން އުޅުމުގެ ސަބަބުން 3 އަހަރުގެ މާޒިންއަށް ވާހަކައިގެ ތެރޭގައި “ޒިން” ޖަހައިގެން ލިޔެ އަދި 26 އަހަރުގެ މާޒިންއަށް “މާޒިން” ޖަހައިގެން ލިޔެފައިވާ ކަން އަންގަމެވެ.) “ޒިން…..؟” “ޒިން…. އަޅެފަހެ މިތާ ދެންމެ ހުރީ މިހާރު ކޮބާތަ..؟ޒިން؟؟؟ ” ސުމާ ދެ އައިސްކޯން ހިފައިގެން ހުރެ 3 އަހަރުގެ “ޒިން” އަށް ގޮވަމުން ދިޔައެވެ. ތަނަކީ މީހުން ގިނަ ތަނެއް ކަމުން އޭނާ ގެއްލިވެސް ދާނެއެވެ. …………. […]
ހެނދުނެވެ. ފެންވަރާލައިގެން ނިކުތްއިރު މަންމައާއި ކިއާރާ ބަދިގޭގައި އުޅެއެވެ. އަހަރެން މޭޒުކައިރީގައި އިށީންތަނާ ދޮންބެވެސް އަތުވެއްޖެއެވެ. އަހަރެން ހަމައެކަނި ހިނިތުންވެލަމުން ސައިބޮއެގެން ނިކުތީ ގޭތެރޭގެ މާޙައުލާއި ދުރަށް ދިއުމަށެވެ. މިއުވާން ގުޅާފައި ބައްދަލުކުރަން ބޭނުންވާކަމަށް ބުންޏެވެ. އަހަރެން ގަސްތުކުރީ ހުޅުމާލެއަށް ގޮސް އޭނައާއި ބައްދަލުކުރުމަށެވެ. ދެމީހުން ދިޔައީ ހުޅުމާލޭގެ ހިތްފަސޭހަ އަތިރިމައްޗަށެވެ. “އަހަރުމެންގެ ޅިއަނަކަށް ވާން އުޅޭއިރުވެސް އަންގާވެސް ނުލަމެއްނު..” މިއުވާންއާއި ދިމާކޮށްލީމެވެ. “ޝިމާލްއަށް އިނގޭތަ؟” އޭނަގެ މޫނުމަތީގައިވީ ހައިރާންކަމެވެ. “ޝާލް ކިޔާދޭ ހުރިހާ އެއްޗެއް.. ޝީ […]
ކަރުނައިގެ ތެރެއިން ޒައިޝާ ޒިޔާން އާއި ދިމާލަށް ބަލާލިއެވެ. ޒިޔާންގެ ސޫރަ ޒައިޝާއަށް ފެންނަމުން ދިޔައީ ވަރަށް ފުސް ކޮށެވެ. ލޮލުން ހިފަހެއްޓުމެއް ނެތި ވަކިވެގެން ދާ މުތީތަކެއް ފަދަ ކަރުނަތައް އެ ދޮން ކޯތާފަތުން ފައިބަމުން ދިޔައެވެ.އެއްވެސް ހަރަކާތެއް ނެތި ޒައިޝާ މަޑުމަޑުން ތެދުވެ މަންމަ ބާއްވާފައި އޮތް އެެދާއި ދިމާއަށް ދާފެށިއެވެ. ހަމަ ވިސްނުން ލިބުމުން ލޮލުން އެންމެ ފަހަރަކުވެސް ކަރުނަ ހުސްވުމަކަށް ނާދެއެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ މަންމަ އޭނާއާއި […]
26 ޑިސެމްބަރ 2013 ގައި ފެނު ޕަރީގެ 08 ވަނަ ޕާރޓް ލިޔުމަށް ފަހު ވަރަށް ގިނަ ދުވަހު މެދު ކެޑުމަށްފަހު އަލުން ލިޔުމަށް ހިޔާޅު ކުރަމުންދާ ވާހަކަ ދެންނެވީން. އަދި މި ފަހަރު ވާޙަކަ އެއްކޮށް ނިންމާލާފައި ނޫނީ ނުހުއްޓާނެ ވާހަކަވެސް ކިޔުންތެރިންގެ މަޢްލޫމާތަކަށްޓަކައި ދެންނެވީމެވެ. އަދި މިހާ ގިނަ ދުވަސްވީ ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މާފައް އެދެމެވެ. އަދި ކުރިންވެސް ވާހަކަ ބަލައިގެން ފަދައިން މިހާރުވެސް ބަލައިގަންނާނެ ކަމަށް އުއްމީދުކުރަމެވެ.
އެދެލޮލުން އަހަރެންނަށް ފެންނަން ހުރީ ބިރުވެރިކަމާއި އެކަނިވެރިކަމެވެ. އަހަރެން އެހުރިހާ އިރަކު އައިސްފައިވާ ރުޅި ނާސިރުގެ ދެލޯ ފެނުމުން ފިނިވެގެން ދިޔައެވެ. “އަހަރުމެންނަށް ލިބިފައި އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެއް..” އައިރް އެހެން ބުނެލިއެވެ. އަހަރެން ނާސިރުގެ ކުރި މައްޗަށް ހުއްޓިލީމެވެ. “ނާސިރުގެ އެދުމުގެ މަތިން އަހަރެން މިހުރީ އައިސް” އަހަރެން ހުއްޓުމުން ނާސިރު އިސްޖެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އެހެން އިނުމުން އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ނާސިރު އިސްއުފުލާ ބަލާވެސް ނުލިއެވެ. […]
“މަންޝާ… ދެން ބޭބެ ގޮސްލަނީއޭ…. އަދި ފަހުން އަންނާނަން… މުނީރާ ވަރަށް ސަލާމް ބުނި…” ގެއިން ބޭރަށް ނުކުންނަމުން ހަސަންބެ މިހެން ބުނެލިއެވެ. އެޕާރޓްމެންޓްގެ ދޮރުފަތް ލައްޕަމުން މަންޝާ ހިތާ ހިތުން ބުނެލިއެވެ. “އަންނާނެކަމެއް ނެތް…. ކޮންފަދަ ސިޑިން ވެއްޓި ތަނެއް ބިނދޭނެ ނަމަ…” މަންޝާ ދޮރުފަތް ލެއްޕުމުން ހަސަނު މަޑުމަޑުން އޭނާގެ އަތުން ކުރިމަތި ފަރާތުގައި ފިރުމާލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. ދެފައި ފިއްތައިގެން ހިނދުކޮޅަކު ހުރުމަށްފަހު ސިޑިން ތިރިއަށް ފައިބަން ހިނގައިގަތެވެ. ހަމައެވަގުތު ސިޑި […]