ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 20..
“ރާނިޔާ” އެނދުން ތެދުވި މަމްދޫހުގެ މޫނުމަތީގައި ވަނީ ދާތިކިތަކެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނޫނެކެވެ. ނުވާނެއެވެ. ” އާރރރރރރރގގގ” ބޮލުގައި ހިފަމުން މަމްދޫހު އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ. ބޮލަށް އެރީ ކެއްވާވަރުގެ ތަދެއްނޫނެވެ.
“ދަރިފުޅާ.. މަމްދޫހު ކިހިނެއްވީ” ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރި މަމްދޫހު ފެނި އާޝިޔާ ހާސްވިއެވެ. މަމްދޫހު ދެލޯ މަރައިގެން ހުރި އިރު ދިޔައީ ހިފަހައްޓައިގެން ހުރި އިސްތަށި ގަނޑަށް ބާރު ކުރަމުންނެވެ. “ދަރިފުޅާ” އާޝިޔާ ގަދަކަމުން މަމްދޫހުގެ އަތް އިސްތަށި ގަނޑުން ނެއްޓުވޭތޯ ބެލިއެވެ.
“ދަރިފުޅާ މަމްދޫހު.،…. މަމްދޫހު” އާޝިޔާގެ ރުއިމުގެ އަޑަށް އައި އާދިލް އަށް މަމްދޫހު ހުރި ގޮތްފެނި ވީ އާޝީޔާއަށް ވީވަރެވެ. ކޮޓަރިއަށް ވަދެގެން އައި އާދިލް ފެނި މަމްދޫހު ބަލާލިއެވެ. އެއްފަހަރު އާދިލްއަށް އަނެއްފަހަރު އާޝިޔާ އަށް ބަލާލެވެނީ އެދެމީހުން ހާސްވެފައިވާވަރު ފެނިއެވެ.
“އަޅުގަނޑު ބޮލަށް ތަދެއް އެރީ…. ” އާޝިޔާގެ އަތުގައި ހިފާލަމުން މަމްދޫހު ހީލިއެވެ. މަމްދޫހު އަނެއްކާވެސް އޮށޯވެލީ ބޮލަށް ބަރުވުމުންނެވެ. ” އެހެންތަ… މަންމަ ހީކުރީ ދަރިފުޅަށް ކަމެއްވީކަމަށް… އަންނާނަން ބޭސްހިފައިގެން… ” މަމްދޫހުގެ ބޮލުގައި ފިރުމާލުމައްފަހު އާޝިޔާ މިސްރާބު ޖެހީ ފެންބަލައެވެ.
“ދަރިފުޅާ ކިހިނެއްވީ… ” އާދިލް މަމްދޫހުގެ މަގަތުގައި އިށިންނަމުން އަހާލިއެވެ. ބަހެއްވެސް ނުބުނެ މަމްދޫހު އަނެއްފަރާތަށް ފޮރޮޅެލީ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. “ދަރިފުޅު ވާހަކަ ދައްކަން ބޭނުމިއްޔާ އަބަދުވެސް ބައްޕަ ހުންނާނަން އަޑުއަހަން…” އާދިލް މަމްދޫހުގެ އަތުގައި ފިރުމާލަމުން ބުންޏެވެ. އާދިލް ކޮޓަރިން ނިކުތުމުން މަމްދޫހު ފުންނޭވާއެއް ބޭރުކޮއްލިއެވެ. ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުރުމުން ދެލޯ ރަނގަޅަށް ފޮހެލިއެވެ.
…………………….
ދުވާލުދާ ހަތަރުދަމު އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ބާރީ ގެއަށް ވަނީ އަރާމުކޮއްލުމަށެވެ. ހިނގަމުންދާ ފުޓްސަލް ދަނޑުގެ ޕްރޮޖެކްޓް ނިމުމަކަށް އަޅާފައިވުމުން އޮފީހުގައި ވޭތަކުރަންޖެހޭ ވަގުތުވެސް ވަނީ އިތުރުވެފައެވެ. ޝައިމަންގެ އެދުމަށް ބާރީ ގެއަށް އައީ ހަވީރުވާން އުޅެނިކޮށެވެ. ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން އެނދުގައި އޮށޯވެލީ ހަށިގަނޑު ދަމާލުމަށެވެ.
“ބާރީ ޝައިމަން ކީއްވެ އެހާ އަވަހަށް ދާން އެއުޅެނީ…” ދޮވެފައިވާ އެއްޗެހިތަށް ފައްޖަހަމުން ޒައިނަބު އަހާލިއެވެ. “ނޭނގެ…. ޝާޝާ ކައިރީގައި ޒައިނަބު އަހާލަންވީނު… އަހަރެންނަށް ހީވި މިދޭތެރެއިން އެދެކުދިން އެކީގައި އުޅުނުހެން….. ” ބާރީ ބޯމަތީގައި އެއްއަތް ބާއްވާލަމުން ބުންޏެވެ. ” ތިކަންވެސް ކުރަންވީ… ޝާޝާ މަމްދޫހު ކައިރިއަށް ދާތީ ކަމަށްވެސް ވެދާނު… އަހަރެންނަށް ފެންނަނީ އަދި އެކުދިންގެ ކަންތަކާ ނުބެހެން.. އެކަމަކު ޝައިމަން ދާން އަހަރެން ނުރުހެން..” އެއްޗެހިތަށް އަލަމާރިއަށް ލަމުން ޒައިނަބު ބުންޏެވެ. ” ތިކަންތަކަށް ހައްލެއް ހޯދޭތޯ ބަލަމާ… ގޮވާލައްޗޭ ބަންގި ގޮވީމަ” ބާރީ އެހެން ބުނުމުން ޒައިނަބު ބޯ ޖަހާލުމައްފަހު ކޮޓަރިން ނިކުތެވެ.
……………
“ޝައިމަން ކިހިނެއްތަ މިވަނީ ޝާޝާ މަމްދޫހުއާއި އިންނަނީއޭ… އެއީ ކޮންއިރަކު ވީކަމެއް” ސީހައުސްގައި ޝައިމަންއާއި ވިޝާލް ދިޔައީ ކޮފީއަކަށް އިންސާފުކުރަމުންނެވެ. “ކީކޭ…” ވިޝާލް ދިނީ ޝައިމަންއަށް އާ ހަބަރެކެވެ. “ކާކު ބުނީ” ޝައިމަންގެ އަޑުގައިވީ ހިތްދަތިކަމެވެ. “ޝައިމަން ފަހުން ދެރަވާންޖެހިދާނެ… އަޅެ އެއްފަހަރު ޝާޝާ ދިޔަ ނުދީ ހިފަހައްޓާބަލަ… އަހަރެންނަށް ހަމަ ޔަގީން ޝާޝާވެސް ލޯބިވާކަން” ވިޝާލް ޝައިމަންއަށް ވިސްނާ ދެވޭތޯ ބެލިއެވެ. “ވިޝާލްއަށް ނޭނގޭނެ… ޝާޝާ މަމްދޫހު ދެކެ ވަރަށް ލޯބިވޭ… އެނގޭތަ އޭނަ ހޮސްޕިޓަލްގައި އޮތްއިރު ދަންވަރުވެސް ޝާޝާ އެތާ އިނޭ…. ޝާޝާ ނުކައި ނުބޮއި އުޅެގެން އެންމެ ފަހުން ހޭނެތިގެން ވެއްޓުނީ މަގޭ އަތްމައްޗަށް.. ދެން ވިޝާލް ތިބުނީ އަހަރެން ދެކެ ލޯބިވެއޭ…. ކިހިނެއް ގަބޫލު ކުރާނީ… ވިޝާލް ތެދުތެދަށް ބުނަންޏާ އެދެލޮލުން ލޯބިވެސް ފެންނަހެން ހީވޭ… އެކަމް މައްސަލައަކީ ޔަގީން ނުވާތީ… ވިޝާލްއަށް އެނގޭތަ…. އެނގޭތަ ޝާޝާ އެންމެ ފަހަރަކުވެސް ނުބުނޭ އަހަރެންދެކެ ލޯބިވެއޭ…. ކޮންމެ ފަހަރަކު އަހަރެން ބުނަނީ… އެވަރުންވެސް އަހަރެން ހިތަށް ވިސްނައި ދިނިން އަހަރެން ދެކެ ޝާޝާ ލޯބިވާކަމަށް… އެކަމަކު” ޝާއިމަން ވިޝާލް އާއި ދިމާލަށް ބަލާލުމައްފަހު ހިނިތުންވެލީ ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތަށް ފޮރުވަމުންނެވެ. ވިޝާލްވެސް އިތުރު އެއްޗެއް ނުބުނެ ހުރީ ރަހުމަތްތެރިޔާގެ އިހްސާސްތަށް އެނގޭތީއެވެ.
**********
މުޅި މާލޭ މަގުމަތިން ފެންނަމުން ދަނީ އެކި ކުލަ ކުލައިގެ އައްޔެވެ. ދުއްވާ ތަކެއްޗާއި ހިނގައި ބިނގާ އުޅޭ މީހުންނެވެ. އަތޫޝާ އާއި ޝަމްހާ ރޭގަނޑުގެ ވަގުތުގައި ބޭރަށް ނިކުތީ ގަންނަންޖެހޭ ކުދި ސާމާނުކޮޅެއް ގަނެލުމަށެވެ.
“އަޅޭ ޝާޝާ ޝަމް ހާދަ ފޫހިވެއޭ ހޮސްޕިޓަލްތަކަށް ދާން… ދެން ކޮލެޖްގަވެސް ކިޔަވާ ދެވިދާނުދޯ” ޝަމްހާ ދިޔައީ ހުއްޓުމެއްނެތި ޝަކުވާ ކުރަމުންނެވެ. އިރު އިރުކޮޅާ އަތޫޝާ ހީލަނީ ޝަމްހާ ދައްކާ ވާހަކައިންނެވެ.
“އަނގަގަދަ މިތުރު އަނގަ ހުއްޓާނުލާ ދޯ… ކީކޭ ބުނާނީ މިހަރަ ގޯޅިން ފަށައިގެން ފަހަތުންނޭ މިއަންނަނީ” ޝާމްހާގެ ބޮލުގައި ކުޑަކޮށް ޖަހާލަމުން ޝައިމަން ބުންޏެވެ. އަތޫޝާގެ ހިނިތުންވުން ފިލައި ދިޔައީ ކުއްލިއަކަށެވެ. “ދޮންބެ ގަނޑު….” ޝަމްހާ ތުން އަނބުރާލަމުން ޝައިމަންއަށް ލޯއަޅާލިއެވެ. އަތޫޝާ ދެރަވިއެވެ. ޝައިމަން އަތޫޝާއާއި ދިމާލަށް ބަލާނުލަނީ ކީއްވެބާއެވެ. އަތޫޝާ ކައިރީގައި އުޅޭ ހުރިހާ އެންމެންނާ ސަކަރާތް ޖަހަމުން ދާއިރު ޝައިމަންއަށް އަތުޝާ ނުފެންނަނީ ބާއެވެ. އެކި ސުވާލުތަށް ހިތާ ސިކުނޑިއާއި ކުރަމުން އަތޫޝާ ޝާމްހާގެ ފަހަތުން ގެއަށް ވަނެވެ.
“މަންމާ” ފުންވިސްނުމެއްގައި ގޭތެރެއަށް ވަތް އަތޫޝާއަށް ތޫލި ހަޅޭކެއް ލެވުނީ އަތޫޝާ އަތުގައި މީހަކު ހިފުމުންނެވެ. “ހެހެހ ޝާޝާ އާދަވާންވެއްޖެއްނު… ” ޝައިމަން އަތޫޝާ އަތުން ދޫކޮއްލުމައަށްފަހު ދިމާކޮއްލިއެވެ. އަދި ޓެރަހާ ދިމާލަށް މިސްރާބު ޖެހީ އަތޫޝާ ކައިރީގައި އައުމަށް ބުނަމުންނެވެ.
“ޝައިމަން” އަތޫޝާ ޝައިމަންއަށް ގޮވާލީ ދައްކަންޖެހޭ ބައިވަރު ވާހަކަ ހުރުމުންނެވެ. “ވެއިޓް ޝާޝާ…. އިށީދެބަލަ ފުރަތަމަ” އަތޫޝާ ވާހަކަ ދައްކަން ފެށުމުން ޝައިމަން އެކަން މަނާކުރިއެވެ. އަދި އަތޫޝާގެ އަތުގައި ހިފައިގެން ގޮސް ޓެރަހުގައި އިން ބީޗް ޗެއާރގައި އަތޫޝާ ބޭންދިއެވެ. ޝައިމަން ކަންތަށް ކުރަމުންދާ ގޮތުން އަތޫޝާ އިނީ އަޖައިބުވެފައެވެ. އަނެއްކާ ޝައިމަން މޮޔަވީބާއެވެ. އަތޫޝާ ޝައިމަންއާއި ދިމާލަށް ބަލާލީ ދެލޯބޮޑުކުރަމުންނެވެ. “ތިވަރަށް ނުބަލާބަލަ…. ” ހީލަމުން ޝައިމަން އިށީނީ އަތޫޝާ ކުރިމައްޗަށް ވާގޮތަށެވެ.
“ޝާޝާ…. ޝާޝާ މަމްދޫހުއާއި މެރީ ކުރާވާހަކަ އަޑުއެހިން… ކޮންގރާ….” ހިފަހައްޓައިގެން އިން އަތޫޝާގެ އަތުން ޝައިމަން ދޫކޮއްލިއެވެ. “ޝައިމަންއަށް ކިހިނެއް” އަތޫޝާ ބޭނުންވީ ޝައިމަންއަށް އެކަހަލަ ހަބަރެއް ދިނ ކާކުތޯ ބަލަންށެވެ.
“ހެހެހ ކޮންމެ މީހެއްވިޔަސް… ޝާޝާ އަހަރެން ދެން އަންނަ ހަފްތާގަ ފުރާނަން… މަންމަ ބުނެގެން މިވީކްގަވެސް މަޑުކުރީ….ޝާޝާގެ ވެޑިންއަށް މަޑުކުރެވޭނެ ހެނެއްހިޔެއް ނުވޭ.. ބަޓް އައިއެމް ސޯހެޕީ…. އަސްލުވެސް….” ހިނިތުންވެލަމުން ޝައިމަން އަތޫޝާ އާއި ދިމާލަށް ބަލާލިއެވެ. ޝައިމަންއަށް ހުރެވުނީ އަތޫޝާގެ ދެލޮލަށް ބަލަންށެވެ. އެދެލޮލެކޭ ފުންކަނޑެކޭ އެއްގޮތެވެ. އެދެލޮލު ތެރޭގައި ފީނަ ފީނަވެސް މަންޒިލަށް ނުފޯރިއެވެ. އެނގެން ބޭނުންވާ އެންމެ ސުވާލެއްގެ ޖަވާބެއްވެސް ނުލިބުނެވެ. ޝައިމަން އަތޫޝާގެ ދެލޮލަށް ބަލަ ބަލަ ހުއްޓައި ފެނުނީ މުތީތަކެއްގެ ސިފައިގައި އެއްވަމުން ދިޔަ ކަރުނަތަކެވެ. “ޝާޝާ” އަތޫޝާގެ ކޮލުގައި ފިރުމާލަށް ޝައިމަން ނެގި އަތް ތިރިކޮއްލަން ޖެހުނީ އަތޫޝާ ތެދުވެ ފަސް އެނބުރުމުންނެވެ. ލައިގެން އިން ސޯޓުގެ ދެޖީބަށް އަތް ޖަހާލުމައްފަހު ޝައިމަން އަތޫޝާ ކައިރިއަށް ޖެހިލިއެވެ.
“ޝާޝާ” އެގޮވާލުމުގައިވެސް އެތަކެއް ވޭނަކާއި އިހްސާސްތަކެއްވިއެވެ. “ޝައިމަން ތިދަނީ އަހަރެންނާ ހެދިތަ….” ދެލޮލުން އަންނަމުންދިޔަ ކަރުނަތަށް އަތޫޝާ ސިއްރު ސިއްރުން ފޮހެލިއެވެ. މިވެސް އަޖައިބެކެވެ. އަބަދުވެސް ޝައިމަން ކުރިމަތީގައި ދެލޮލުން ކަރުނަ އަންނަނީ ކީއްވެހެއްޔެވެ.
“ނޫން ޝާޝާ އަހަރެންނަށް އެނގޭ ޝާޝާ ވެސް ބޭނުންވާނީ އެގޮތްކަން… އެންޑް އަހަރެންވެސް ހިތަށް ވިސްނަ ދޭންޖެހޭނު.. އެހެން ނޫނަސް މިހާރު އަހަރެންނަށް ޔަގީންކަން އެބައޮތް އަހަރެންނަށް ޝާޝާ މަތިން…… ޝާޝާ މަތިން ހަނދާން ނައްތާލެވޭނެ ކަމުގެ…” ވަރަށް އުނދަގުލުން ޝައިމަން ޖުލްމަ ފުރިހަމަ ކުރިއެވެ. އަތޫޝާ ޝައިމަންއާއި ދިމާލަށް ބަލާލީ ގަބޫލު ކުރަން ދަތިވުމުންނެވެ.
އެ ދެލޮލުން ޝައިމަންއާއި އެތަކެއް ސުވާލު ތަކެއް ކުރަމުން ދިޔައެވެ. ” ޝައިމަން އެވެ. ތިބުނީ އަހަރެން މަތިން ހަނދާން ނެތުނު ވާހަކަ ހެއްޔެވެ، ނޫނީ ހަނދާން ނައްތާލާނެ ވާހަކަ ހެއްޔެވެ. ޝައިމަން އެވެ. ޝައިމަން ދެކެ ވާ ލޯބި ޝައިމަންއަށް ހަމަ ނޭނގެނީހެއްޔެވެ. އަދި ކުޑަ ދުވަސްކޮޅަކަށް މަޑުކުރެވޭކަށް ނެތްހެއްޔެވެ. ” އަތޫޝާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ.
“ޝާޝާ ދެން ދޭ ނިދަން….. ” އަތޫޝާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެދޭން ޝައިމަން ބޭނުންވިއެވެ. ޝައިމަންގެ އަތުތެރޭގައި އަތޫޝާ ފޮރުވާލަދޭން ބޭނުންނެވިއެވެ. އުމުރަށް ލޯބިދޭނަމޭ ބުނަން ބޭނުންވިއެވެ. އެހެން ނަމަވެސް ފަސްޖެހެވެނީ އެހިތަކީ އެހެން މީހެއްގެ މިލްކެއްކަން އެނގޭތީއެވެ.
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ..
ބޭނުމީ ދާއިމީ ލޯތްބެއް ދިނުން ހަމަ ކަލާ
ބޭނުމީ ގާތުގާ ލޯބިން އުޅޭށޭ ކަލާ
ބީވެގެން ލޯމަތިންދާން މަނޭދެން ކަލާން
ހިތް އުފާވާނެހޭ ދެން ކަލާޔާނުލާ…
“ޝައިމަން” ފަސްދީ ހިނގައިގަތް ޝައިމަންއަށް އަތޫޝާ ގޮވާލިއެވެ. މަޑުކުރުމަށެވެ. ލޯބިވާވަރު ހާމަކުރުމަށެވެ. އެހެން ނަމަވެސް އެއަޑު ޝައިމަން އަށް ނީވުނުނެވެ. އަތޫޝާގެ މަޑު ގިސްލުމުގެ އަޑު ފަޒާގައި ގުގުމާލިއެވެ. އެހެންރޭތަކާ އެއްގޮތަށް މިރޭވެސް އަތޫޝާގެ ރުއިމުގެ އަޑު އަހަން ހުރި ހަމަ އެކައި ބައިވެރިންނަކީ ފެންނަމުން ދިޔަ ހަނދާއި ތަރިތަކެވެ.
***********
އިރު އޭގެ ވާޖިބު އަދާކުމަށް ދުނިޔެމައްޗަށް ފެތުރުމާއެކު އެބައެއް އެބައެއްގެ މަސައްކަތާއިގެން އުޅެންފެށިއެވެ. ފަތިސް ނަމާދަށްފަހު އަތޫޝާވެސް ސިޓިން ރޫމަށް ނިކުމެލީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ.
” ދަރިފުޅާ ޝާޝާ މަސްހުނި މޮޑޭ ދުވަހެއްތަ…” އަޅައިގެން އިން ބުރުގާ ރަގަޅު ކޮއްލަމުން ޒައިނަބު އައިސް އަތޫޝާއާއި ހަމަކުރިއެވެ. ” މަސްހުނި ނަހަދާތާ ދުވަސްވީމަ…” އަތޫޝާ ހިނިތުންވެލަމުން ބުންޏެވެ. “ކޮބާ ޝަމްހާ އަދި ހޭނުލާ ދޯ… ޝާޝާ ދާންވީނު ކޮލެޖްއަށް ދާން ރެޑީވާން މިހާރު އެއޮށް ހަތްގަޑި ބައިވީ….” ގަޑިއަށް ބަލާލަމުން ޒައިނަބު ބުންޏެވެ. “ދައްތާ އަޅުގަނޑު އައި ޖީ އެމް އެޗް އަށް ދާން ޖެހޭ މަސްމީ… ރޭގަނޑު ޑިއުޓީ އިނީ” އަތޫޝާ އޮޅުން ފިލުވައި ދިނެވެ.
“އަހަން ދަރިފުޅު ހޭލީތަ.. މަންމަ އަންނާނަން ބައްޕަ ގޮވައިގެން.. ދަރިފުޅު ޝާޝާ ސައި ހަދާލާ އަވަހަށް” ޓައި ރަނގަޅު ކުރަމުން އައި ޝައިމަން ފެނި ޒައިނަބު އަވަސްވެލީ ބާރީއަށް ގޮވާންށެވެ.
ޝައިމަން އާއި އަތޫޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި ޝުއޫރުތަކެވެ. އަތޫޝާގެ މޫނުމަތިން ވާހަކައެއް ބުނަން ބޭނުންވާކަން އެނގެއެވެ. އެހެން ނަމަވެސް އަތޫޝާ ދުލާ ހަމައަށް ބަސްތަކެއް ނާދެއެވެ. ޝައިމަން ވެސް އަތޫޝާއަށް ބަލާލުމައްފަހު އިސްޖަހާލަނީ ތެޅެމުން ދިޔަ ހިތަކާއެކުއެވެ. ޝައިމަންގެ ހިތުގެ ހާލު އަތޫޝާއަށް ފަޅައަރާފާނެތީ ޝައިމަން ޖެހިލުންވެއެވެ.
“ގުޑް މޯރނިންގ” ޝައިމަން އާއި އަތޫޝާއަށް އެއްފަހަރާ ބަލާލެވުނީ މޯޅިއަށް ދެމެމުން އައިސް ވަން ޝަމްހާ ފެނިއެވެ. “ކިހިނެއްވީ” ޝައިމަން އާއި އަތޫޝާ ބަލަން އިނުމުން ޝަމްހާ ދެލޯ ބޮޑުކޮއްލަމުން އަހާލިއެވެ. ޝައިމަން ދެފަރާތަށް ބޯ ތަޅުވާލަމުން ހީލީ ޝަމްހާ އިން ގޮތުންނެވެ. ޝައިމަންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައީ އެ ހަމަހިމޭންކަން ފިލާދިޔުމުންނެވެ. ޝައިމަން އާއި ހިލާފަ އަތޫޝާ ހިތް ނުތަނަވަސް ވިއެވެ. އަތޫޝާ ތުންފަތިގައި ދަތް އަޅާލެވުނީ ޝައިމަންއާއި ދައްކަން ބޭނުންވާ ވާހަކަތަށް ދެއްކުމުގެ ފުރުސަތު ނެތުމުންނެވެ.
…………………………
“ރާނީ ހާދަ ރުޅިއޭ… ކީއްވެ މިހާރު ނާންނަނީ” ޒެލޭހާގެ ފަހަތުން އައިސް އާދީގެއަށް ވަން ރާނިޔާ ފެނި އާޝީޔާ ބުންޏެވެ. “ނޫން ދައްތާ ހަމަ ނާދެވެނީ” ރާނިޔާ ވަށާ ހޯދާލީ މަމްދޫހު ހުރިތޯއެވެ. މަމްދޫހުގެ ހިލަމެއް ނެތުމުން ރާނިޔާ ހަމަޖެހިލިއެވެ.
“ކޮބާ އާޝިޔާ ކޮންކަމެއް އޮތީ.. ހިނގާބަލަ މިރޭ ބާޒާރަށް ގޮސްލަން…. ” ސޯފާގައި އިށިންނަމުން ޒުލޭހާ ބުންޏެވެ. “ހަމަ ދާންވީ…. އެކަމް މަމްދޫހުއޯ… އާދިލްވެސް ގެއަށް އަންނަނީ ވަރަށް ލަހުން…” މަމްދޫހުއާ މެދުގައި އާޝިޔާ ވިސްނާލިއެވެ. ” މިހިރީނު ރާނީ… ރާނީ މަމްދޫހު ކައިރީގައި މަޑުކުރަންވީނު”
“ކީކޭ.. އަޅުގަނޑޭ… ” ރާނިޔާއަށް ކުޑަވަރެއްގެ ޝޮކެއް ޖެހުނުކަހަލައެވެ. “ކިހިނެއްވީ ދަރިފުޅާ… ދަރިފުޅު ކަމެއް އޮތީތަ” ރާނިޔާއަށް ވީގޮތުން ޒުލޭހާ އަހާލިއެވެ. “ނޫން.. އަ” “އެހެންވީމަ ރާނީ މަޑުކުރާނެ… އާޝިޔާ ރެޑީ ވައްޗޭ…. ” ރާނިޔާގެ އަނގަ ބަންދުވީ ޒުލޭހާ އަމިއްލައަށް ހުރިހާ ކަމެއް ހަމަޖެއްސުމުންނެވެ.
………………………
“ޝަމް މަޑުކޮއްބަލަ… ޝާޝާ މިރޭ ދޯ ނިކުންނަން ޖެހެނީ..” ޔުނިވާރސިޓީގެ ދޮރުން ވަދެ ވަދެ އިން ޝަމްހާ އަށް ސަނާ ގޮވާލިއެވެ. “ޔަޕް…. ވަރަށް ފޫހިދޯ ޝާޝާ ނެތީމަ…ސަނާމެންނަށް އޮތީ ނެކްސްޓް މަންތްގަތަ” އަތޫޝާ އާއި ޝަމްހާ އެއްކުލާހެއްގައި ކިޔަވަމުން ދާއިރު ސަނާ ކިޔަވަނީ އެހެން ބެޗްއެއްގެއެވެ. “ޔާ އެހެން ކަންނޭގެ… ޝަމް ވާހަކައެއް އަހާލަންތަ.. ޝަމްއަށް އިނގިދާނެކަމަށް އެނގޭ… ޝައިމަން އާއި ޝާޝާގެ ގުޅުމެއް އޮވޭތަ” ޝަމްހާ އާއި ސަނާ ވާހަކަ ދެއްކުމަށް ބެންޗުގައި އިށީނެވެ. “ކީއްވެ ތިހެން ތިއެހީ” ޝަމްހާވެސް ކޮއްލީ ސުވާލެކެވެ.
“ޝަމް ދޮންބެ އާއި ޝާޝާ މެރީ ކުރަން ކަންނޭގެ އެއުޅެނީ… ” ސަނާ އަވަހަސް އަވަހަށް ބުނެލިއެވެ. “ސަނާ ޝާޝާގެ އަނގައިން އެއްޗެއް ހޯދުމަކީ އުދަގޫކަމެއް… ޝަމްގެ ހިތް ބުނަނީ ޝާޝާވެސް ސޮންބެ ދެކެ ލޯބިވެއޭ… ޝަމް މިހާރު އެވާހަކަވެސް ދައްކައިފިން.. އެނގޭތަ ޝާޝާ ބުނި އެއްޗެއް… މަމްދޫހުވެސް ލޯބިވެއޯ.. ދެން ނޭނގެ… ޝާޝާ ގޮތް ދޫނުކުރާތީ ދޯ ދެން ޝަމް މެންނަށްވެސް ކުރެވޭނީ ވަކި ކީއް” އަތޫޝާ އާއި މެދުގައި ވިސްނައި ޝަމްހާގެ ބޯގޮވަވަރު ވެއެވެ. “ޝަމް ވީ ނީޑް ޓު ޑޫ ސަމްތިން.. ޝާޝާގެ އަނގައިން ލޯބިވާ ވާހަކަ ބުނުވަން ޖެހޭނީ… ” ސަނާ ވިސްނާލިއެވެ. އެކުވެރިޔާއަށް ދެވަނަފަހަރަށް ދެރަގޮތެއް ވާކަށް ސަނާއެއްވެސް ނޭދެއެވެ. ހުދު އަމިއްލަ ބޭބެއަށް ދެރައެއް ލިބުނަސް މިފަހަރު ހެޔޮއެވެ.
މަގްރިބު ނަމާދު ކޮއްލުމައްފަހު އަތޫޝާ ލޯގަނޑު ކުރިމައްޗަށް ހުއްޓި ތައްޔާރުވެލިއެވެ. ދިގު ފަންއިސްތަށި ގަނޑު ހުޅިއެއްޖެހުމައްފަހު ބޮޑު ވޫލްގަނޑަކުން ފޮރުވާލިއެވެ. ހުދުކުލައިގެ ޔުނީފޯރގައި އަތުޝާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ.
“ދަރިފުޅާ ދޭބަލަ ޝާޝާ ހޮސްޕިޓަލްއަށް ލާން..” އޮފީހުން އައި ގޮތަށް ވަން ޝައިމަން ފެނި ޒައިނަބު ބުންޏެވެ. “ނޫނޭ ދައްތާ… އަޅުގަނޑު އެކަނި ހިނގައި ދާނަން އަދި ވަގުތުވެސް އެބައޮތް” އަތޫޝާ ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް ބޭރަށް ނިކުތް ޝައިމަން ފެނި ޖެހުނީ ބަހެއް ނުބުނެ ދާންށެވެ.
“ޝައިމަން” ޖީބަށް އަތް ޖަހައިގެން ހުރި ޝައިމަން ފެނި އަތޫޝާ ހައިރާންވިއެވެ. “އަހަން ޝާޝާ… ޝާޝާ ބަލާ އަންނާނެތީ ދޯ ނުދާން އުޅުނީ… ސޮރީ” ޝައިމަން އަތޫޝާ އާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. ޝައިމަން އެހެން ބުނުމުން އަތޫޝާ މަގުމައްޗަށް ބަލާލިއެވެ. ދޮރުމަތީގައި މަޑުކޮއްގެން އޮތް ކާރު އަތޫޝާގެ ސަމާލުކަން ހޯދީ އޭގެ ފަހަތު ސީޓުގެ ބިއްލޫރި ގަނޑު ހުޅުވާފައި ހުރުމުންނެވެ. “ޝާޝާ” އަތޫޝާގެ ދެލޯ ބޮޑުވިއެވެ. ކާރުތެރެއިން ބޯ ދިއްކޮއްލުމައްފަހު މަމްދޫހު އަތުން ހަނާއަޅާލިއެވެ. އަތޫޝާއަށް އިނދެވުނީ ހިނިތުންވާންވެސް ނޭނގިއެވެ. “ޝައިމަން” އަތޫޝާ ޝައިމަންއަށް ގޮވާލިއެވެ. އެހެން ނަމަވެސް އޭރު ޝައިމަން އަތޫޝާގެ ލޮލު ކުރިމަތިން ގެއްލިއްޖެއެވެ. މަޑު ހިނގުމެއްގައި ގޮސް އަތޫޝާ ކާރަށް އެރިއެވެ.
“ވާއުވް.. ޔޫ ލުކް ސޯ ޕްރިޓީ” މަމްދޫހު ލޯބިން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. އަތޫޝާ ހިނިތުންވުމެއް ރައްދުކުރުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. “ޝާޝާ އެއީ ކާކު.. ދެންމެ އެތާ ހުއްޓެއްނު” އަތޫޝާގެ މޫނަށް ބަލާލަމުން މަމްދޫހު އަހާލިއެވެ. “އެއީ އެއީ ގޭގަ އުޅޭ ކުއްޖެއް.. ޝަމް.. މީ ޝަމްގެ ދޮންބެ..” އަތޫޝާ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. އޭރުވެސް އަތޫޝާއަށް ވިސްނެމުން ދިޔައީ ޝައިމަން ހިތަށް އަރާނެ އެއްޗަކާ މެދުގައެވެ. “ކީކޭ” އަތޫޝާ ސިހުނީ މަމްދޫހު އަތޫޝާގެ އަތުގައި ހިފުމުމުންނެވެ. “ނުކިޔަން އެއްޗެކޭ.. ” މަމްދޫހު ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި އެތަކެއް މާނައެއް އެކުލެވިގެން ވިއެވެ.
ލޮލު ކުރިމަތިން ކާރު ގެއްލުމާއެކު ޝައިމަން މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ޝައިމަން ހިތަށް ވިސްނަ ދީ ދީ ވަރުބަލި ވެއްޖެއެވެ. އަތޫޝާ އަކީ މަމްދޫހުގެ ހައްގެކެވެ. އެހެން ނަމަވެސް ޝައިމަންގެ ހިތް އެކަމަށް އެއްބަސް ނުވަނީ ކީއްވެ ހެއްޔެވެ. ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ އުދާސްކަމެވެ. ހިތް ހަލާކު ވެފައިވާ މީހެއްގެ ޝުއޫރުތަކެވެ.
……………………………
“ދަރިފުޅު ތިއައީ ޝާޝާ ހޮސްޕިޓަލްއަށް ލައިދީފަ ދޯ….” ގެއަށް ވަން މަމްދޫހު ފެނުމުން އާދިލް އަހާލިއެވެ. “ލައްބަ.. ބައްޕާ އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން” އާދިލްގެ ކުރިމައްޗަށް އިން ސޯފާގައި އިށިންނަމުން މަމްދޫހު ވާހަކަ ދައްކަން ފެށިއެވެ.
“އާދިލް މިދަނީ ޒުލޭހާ އާއި އެކު ބާޒާރަށް… ރާނިޔާ އަންނާނެ އިރުކޮޅަކުން.. އަހަން މިއޮށް އައީ… ރާނީ މަމްދޫހަށް ބަލާލަށްޗޭ” އާޝިޔާ އެހެން ބުނެ މިސްރާބު ޖެހީ ބޭރަށެވެ. ރާނިޔާ މަމްދޫހުއާއި ދިމާލަށް ބަލާލުމައްފަހު އިސްޖަހާލިއެވެ.
“ދަރިފުޅާ ބައްޕަ ވަރަށް އުފާވެއްޖެ… ބައްޕަ ވެސް ގޮސްލީ….. އޮފީހަށް ވަދެލަން ޖެހޭ އަދި.. ދަރިފުޅުވެސް ވާނެ އޮފީހަށް ވަދެލަން.. އައި އެމް ޕްރައުޑް އޮފް ޔޫ..” އާދިލް ތެދުވެލަމުން މަމްދޫހުގެ ކޮނޑުގައި ޖާހާލިއެވެ.
އާދިލް ގޭން ދިޔުމާއެކު ރާނިޔާ ހާސްވިއެވެ. ބިރުން ދެއަތް ދެއަތާ މޮޑެން އިނދެވުނީ އިސްޖަހައިގެންނެވެ. “ރާނީ ހެލްޕް މީ ކޮޓަރިއާ ހިސާބަށް ދާން… ” ރާނިޔާ އިންގޮތުން މަމްދޫހް ކައިރަށް ހިނިވެސް އައެވެ. އެހެން ނަމަވެސް އެކަން ނުދައްކާ ވޭތޯ ބެލިއެވެ.
ރާނިޔާ މަމްދޫހު ކައިރިއަށް އައިސް ހުއްޓުމާއެކު މަމްދޫހު ތެދުވެ ރާނިޔާގެ ކޮނޑަށް އެއްއަތް ވައްޓާއެވެ. ރާނިޔާ ޖެހިލުންވެ އިނދެ މަމްދޫގެ އުނަގަނޑުގައި އެއްއަތުން ވަށާލިއެވެ. މަމްދޫހުއާ އެހާ ގާތުގައި ވުމުން ރާނިޔާގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. މަމްދޫހުގެ ގައިން ދުވި ލުއި މީރުވަހުން ހިތްފުރޭހާ ވިއެވެ.
“ރާނީ” މަމްދޫހު އެނދުމަތީގައި ބޭންދުމައްފަހު ރާނިޔާ ފަސްއެބުރުނެވެ. މަމްދޫހުއާއި ހަތަރު ކަޅިހަމަކުރަންވެސް މިހާރު ރާނިޔާ ލަދު ގަނެއެވެ. “ރާނީ އައި ރިމެމްބާރ އެވްރީތިން..” މަމްދޫހުގެ އަޑަށް ރާނިޔާ މަމްދޫހުއާއި ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮއްލަމުންނެވެ. “ތިބުނީ…” ރާނިޔާ ހާސްވިއެވެ. މަމްދޫހު ހަނދާންވީ ކޯއްޗެއް ބާއެވެ.
“ރާނީ ވައިޑިޑް ޔޫ ޑޫ ދެޓް… ” މަމްދޫހު ރާނިޔާ އާއި ހަތަރު ކަޅި ހަމަކޮއްލިއެވެ. ” މަމްދޫހު އައި އެމް ސޮރީ.. ރާނީ އަށް އެނގޭ މަމްދޫހު މައާފު ނުލިބޭނެކަން… ރާނީއަށް މާފުކޮއްދީ..” ރާނިޔާ ކުޑަކޮއް ދުވެލާފައި އައިސް ދެކަކޫ މައްޗަށް ތިރިވީ މަމްދޫހުގެ އަތުގައި ހިފަމުންނެވެ. “މަމްދޫހު އައި ވޯސް ސެލްފިޝް… އަމިއްލަ އެދުން އިސްކުރެވުނީ… މަމްދޫހު ” ރާނިޔާއަށް ދިޔައީ ގިސްލެވެމުންނެވެ. “ރާނީ އަހަރެން ދެކެ ވަރަށް ލޯބިވޭތަ” މަމްދޫހުގެ އެސުވާލުން ރާނިޔާގެ ދެލޯ ބޮޑުވިއެވެ. މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ރާނިޔާ ޖެހިލުންވީ މަމްދޫހުއަށް ހުރިހާއެއްޗެއް އެނގިދާނެތީއެވެ. “ހުރިހާއެއްޗެއްވެސް” ރާނިޔާގެ ހިތާ ކޮއްލި ސުވާލަށް މަމްދޫހު ޖަވާބުދިނެވެ.
“ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.




Storyy v nice… But v las up kuraalaeh vaahaka…….plxxx avahah up koh dhehcheyyy…. Mihaaru mi story kiyaa hithun hurevenyy kyy noon…..
Alheyy so sorryy thukko. ? Aslu kudakoh balikoh ulhunyma las vy. Thnk yu so much for waitinnnn. Liv ya??
Alhe kuru hen hyvany ………maa kiyaahithun inyma hehe …v rythi next part avas kohdhehchey ………???.kamana hun rangalhu v tha???
Thnk u thnku do much appyy. Yes kudakoh rangalhu. M so sorryy dhigu inthixaareh kuruvyma. So sorryy. Lov ya??
Hey love..vvv rythi stwry…love it…nw bali kihineh tha….lurv ya
Thnk u so much lov. Thnk u for waitinnn. Lov ya biiig koh???? n yes mihaaru i feel alot bttrr thnk u?
Vvvvvvvvvvv salhi…kamanaaaaaaa…..haadha dhuvahakah fahu up kohllyy thi..next part avas koh up kurache ?
Aewwwwn thnk u so much. Heheh yes mifaharu varah las vehje dhw. N m really sorryy for tht. Thnk yu guyxx for supprtn n waitinnn. Lov yu ??
Story Haadha lahun up kuranyy thi….Avas plzzzz
Oooh soo sorry xeena. Actually i was not feelin well ehnve. M reallii sorryyy. Thnk yu fir waitinnnn lov ya??
Wow v reethi nge
Keep it up.. …
Thnk u so much. Thnk u guyxx for alwayxx supprting. Lov ya??
Kamanaa hw hw?? Balikoh ulhemun ves up kohlladhineethee thankxx….haadha reethi vaahakaekey dhw…baeh faharu manzar sifa vaahen ves heevey hehe…nxt part ah hama waitting dear….:p
Heyy phy how r u? Insha allah muhaaru rangalhu. Thnk u so much phy. Thnk u for supprtng. Thnk u lov ya ??
I am fine…thnx..:p
Avahah up kohllaathi ingey heheh…lv ur story alott
Varah varah reethi mi prt vx.. Wen nxt prt?? Plx nxt prt avahah up koh dhechey.. Mihaaru vx dhn oi bai kiyaahithun hureveny eh noon.. Byeee. luv u ???
Thnk u so much misty. Insha allah will try to up as soon as i can. Thnkx alot. Lov ya??
This part is also awesome as usual. Cant wait to see what is going to happen next.. By the way, Thank you so much for uploading the story inspite of being sick.. Get well soon kamna!!!
???
Awwwwwnn thnk u so much kiyuntheriyaaa. Thnk u for waitinnn. Insha allah will try to up as soon as possible. Thnk u. Lov ya??
Mee nimen ves noolhunu vaahak ehtha!! Foohin maruvaa varuve huss loabeege vaahaka liyaathee.. Vaahakaige nan kiyaaliyas vaanuvaa ingey kahala.. Thafaatheh neh ehvaahakaiga ves
So sorryy jumbo. I will try ingey thafaathu vaahaka eh liyeveythoo. Thnkxx alot mivaahaka kiyaalythyve. Thnk u lov ya??
I havnt read it babe!! Cuz i hate stupid luv stories.. I said vaahakaige nan kiyaaliyas engeyneye vaanuvaa.. Aamukoh loabyge vaahaka v bodugulha vaane.. Ehenve i really hate it!!
Heii… Mi story mihaaru kiyaa hitheh nuveyy. Alhe kyhtha vaany shaashaa kommes myhakaa marry kohlihyaa
Alheyy varah dhera vehje kiyuntherin foohivaathy. Bt plxx adhi kiyaalahcheyyy. Hope this stry nimey iru kamudhaanr kamah. Thnk u all for yur support n for yur cmmntxxx i will improve ingeyy. Thnk u n lov ya??
Kudhin kudhin mihaaru kamana aa jahsaaly dhw. Kykeyy bunaaniii hama season season annaanii mi readers ah
Kamana haada lahay mehaaru up kuraaleh
Alhey kamanaaaa… dhn up kohdhybr puleeex..
kamanaa alhe plxxx up kohdheeebrrrr… ??????
Kurin kommedhuvaku up koffa mihaaru nukureveny keevve
Kamanaaa….koba nxt part…haadha inthizaarekey thi kuruvanee…adhives balivetha…haadha miss veye story…