Skip to content
އެސްފިޔަ

އަސަރު 2

ރޭގަނޑު އަށް ގަޑިބައި ވެއްޖެެއެވެ. މިރޭ ވެސް ޝިކާ ޖޯލިފަތީގައި އެއިނީ އާޒިމް އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. އިރު އިރު ކޮޅާ އޭނާ އަށް މަގުގެ ކޮޅަށް ބަލައިލެވެއެވެ. އިރުކޮޅަކުން މީހަކު ރަތް ބައިސްކަލެއްގައި ދުއްވާލާފައި އަންނަތަން ފެނުމުން ޝިކާގެ ދަތްޕިލާ އެއްކޮށް ފެންނަ ވަރަށް ހީލިއެވެ. ޝިކާ އާއި އަރާ ހަމަވެފައި ބައިސްކަލުން ފޭބި އާޒިމް ޝިކާ ގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.

“ގެނޭ އަވަސް!” ޝިކާ އޭނާގެ އަތް ދިއްކޮއްލަމުން ބުނެލި އިރު އޭނާ ހުރީ ކެތް މަދުވެފައެވެ.

“ނެތް މި ރެއަކު.. ” ދެރަވެލާކަމަށް ހަދާފައި އާޒިމް ބުނެލިއެވެ.

“ނޫން.. އޮންނާނެ.. ގެނޭ ހަމަމިހާރު..” ޝިކާ ހަރުކަށިވެލާފައި ބުންޏެވެ.

“އަން މި އޮތީ..” އާޒިމް ހެވިލާފައި ދިއްކޮށްލި ގަނޑުކޮޅުގައި ޝިކާ ހިފީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. އަދި ދުވެލާފައި ގޮސް ކޮޓަރިއަށްވަދެ ތަންޑުލީ އޭގައިވާ އެއްޗެއް ހަމަޖެހިލައިގެން އިނދެ ކިޔާލުމަށެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ތާމިން ދޭ ސިޓީ ޝިކާގެ އަތަށް ގެނަސްދެނީ އާޒިމެވެ. ޝިކާގެ އަތުގައި ފޯނެއް ނޯންނާތީވެ، އެދެކުދިން ވާހަކަ ބަދަލުކުރަނީ ސިޓީ މެދުވެރިކޮށެވެ. ސަމީރު ދެކޭ ގޮތުގައި ކިޔަވާދުވަސްވަރު ކުދިން އަތަށް ފޯނު ދިނުމަކީ ކުދިންގެ ކިޔެވުން ހަލާކުވާ ކަމެކެވެ. އެނދުގައި ދެފައި ވަށްކޮށްލައިގެން އިނދެ ޝިކާ އެސިޓީ ހުޅުވާލިއެވެ. ސިޓީގައި ވަނީ ކުރު ބަސްކޮޅުތަކެއް ނަމަވެސް ޝިކާ ގެ ހިތަށް ލިބިގެން ދިއައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

“ޝިކާ.. އައި ލަވް ޔޫ އަ ލޮޓް.. އިނގޭ ޝިކާ ނެކްސް އިޔާގަ ކިޔަވަންދަނީ މަނަދޫއަށް ކަން.. ތާމް އަށް އޯކޭ ޝިކާ ދިޔަސް.. ތާމް ވެސް ބޭނުމީ ޝިކާ ކިޔަވައިގެން މޮޅުވުމަށް.. މަންމަ މެން ބުނާގޮތާ ދެކޮޅުނުހަދާ ދައްޗޭ އިނގޭ ދޫނިގަނޑާ.. ތާމް ޝިކާ އަށް ވެއިޓްކުރާނަން ކިތައްމެ ގިނަ ދުވަސް ވިޔަސް.. ވަރަށް ލޯބިވޭ…”

ޝިކާ އެ އިބާރާތްކޮޅު ދެތިންފަހަރު ކިޔާލިއެވެ. ޝިކާވެސް ތާމިން ދެކެ ވަރަށް ލޯބިވެެއެވެ. ތާމިން އަކީ ޝިކާ ގެ ފުރަތަމަ ލޯތްބެވެ. އަދި އޭނާ ބޭނުންވަނީ އެއީ އޭނާގެ އެންމެ ފަހު ލޯބިކަމުގައި ވެސް ވުމަށެވެ. ތާމިން އަކީ ވެލިދޫގައި ހުރި އެންމެ ރީތި ފިރިހެން ކުއްޖާއޭ ބުންޏަކަސް އެއީ ދޮގަކަށް ނުވާނެއެވެ. ގައިގެ ކުލަ ދޮނެވެ. ފަން ފަން އިސްތަށިގަނޑެކެވެ. އޭނާގެ އަސަރުގަދަ ދެލޮލުގައި އަންހެން ކުދިން މޮޔަކޮށްލާފަދަ ޖާދުވީ ބާރެއް ވެއެވެ. ތާމިން ގެ އެ ދެލޯ މަތިން ހަނދާންވުމުން ޝިކާ ގެ މޫނު މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ތާމިން ގެ ފަހަތުން ރީތި އެތައް އަންހެން ކުދިންނެއް އުޅޭހިނދުވެސް އޭނާ ލޯބިވީ ޝިކާ ދެކެއެވެ. ޝިކާ އަކީ ގައިގެ ކުލަ ފުދޭވަރަކަށް ކަޅު ކުއްޖެކެވެ. ހިމަތޮޅި ހަށިގަނޑެއް ލިބިފައިވިޔަސް އަޅައިގަންނަ ކަހަލަ ގޮތެއް ނުހުރެއެވެ. އެއީ އޭނާ ގަޔަށް ދޫ، ފައިތިލަ އާ ހަމައަށް އަރާ ވަރުގެ ކަޅު ހެދުން ލައި، ބުރުގާ އަޅާފައި ހުންނާތީ ކަމަށްވެސް ވެދާނެއެވެ. ރަށުގައި ޝިކާއަށް ވުރެ ރީތި، މާ ފުރިހަމަ ކުދިން އުޅޭއިރު ތާމިން ގެ ލޮލުގައި ޝިކާ އަޅައިގަތީ ކިހިނަކުންބާއޭ އޭނާ ހިތަށްއަރަަމުން ދިއައެވެ. ތާމިން ކަހަލަ ރީތި ކުއްޖަކަށް އޭނާ ކަހަލަ ކުއްޖަކު އެކަށީގެންވޭ ބާއޭވެސް އޭނާ ބައެއްފަހަރު ހިތަށް އަރައެވެ.

ނޯޓު ފޮތުން ގަނޑެއް ކަނޑާލުމަށްފަހު އަވަސް އަވަހަށް ސިޓީގެ ޖަވާބު ލިޔެލީ އާޒިމް މަޑުކޮއްގެން ހުންނާނެކަން އެނގޭތީއެވެ. ލިޔުމަށްފަހު ހިފައިގެން ދިޔައިރު އާޒިމް އިނީ ޖޯލިފަތީގައި ފޯނުން ވާހަކަ ދައްކާށެވެ.

“ހޫން… ބިޓަށް ގުޅައިގެން ދޯ…!” ޝިކާ އާޒިމް އާ ދިމާކޮށްލިއެވެ.

“އޭ ލޯބީ.. ދެން ބޭއްވިއްޔޭ އިނގޭ.. ލަވް ޔޫ.. މިރޭ ގުޅާނަން…” އާޒިމް އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

“ކޮންއިރަކުން މަށަށް އާޒިމް ގެ ބިޓު ދައްކާލާނީ..؟” ޝިކާ ޖޯލިފަތީގައި ޖައްސާލަމުން ބުނެލިއެވެ.

“ހެހެ… އޭނަ މިރަށަށް އައީމައެއްނު ދައްކާލެވޭނީ…” އާޒިމް ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ. “ތިއެެއްނޫނޭ.. ލަވް ލެޓާއެެއް ލިޔަންވިޔަސް ތަންކޮޅެއް ބޮޑުވަރު އިނގޭ.. މަ މިތާ އިނދެ އިނދެ ފޫހިވެގެން ހަލާކުވެއްޖެ.. މަ ހަމަ ރާނީ އަށް ގުޅާއިރަށް ތިއައީ..”

“ތި ރާނީއެއް މަށަށް ދައްކަންވެއްޖެއްނު ދޯ..” ޝިކާ ބުނެލިއެވެ.

“ދައްކާނަމޭ ވަގުތު އައިސް ޖެހުނީމަ.. ދެން ދަނީ އިނގޭ..ގެނޭ ލަވް ލެޓާ.. ތާމިން ހުންނާނެ މިހާރު ލަވް ލެޓާ ގެ އިންތިޒާރުގަ..” އާޒިމް ޖޯލިފަތިން ތެދުވަމުން ބުންޏެވެ.

ޝިކާ އޭނާގެ އަތުގައި އޮތް ގަނޑުކޮޅު އާޒިމް އަތަށް ދިއްކޮށްލިއެވެ. އެގަނޑުކޮޅު ޖީބަށްލުމަށްފަހު އާޒިމް ބައިސްކަލަށް އަރައި ހަމަޖެހިލިއެވެ.

“ހޫނ… ދެން އަވަހަށްދޭ.. ރާނީއަށް ސަލާމް ބުނާތި..” ޝިކާ ބުނެލިއެވެ.

“އާނ.. ބުނާނަން.. ” މިހެން ބުނުމަށްފަހު އާޒިމް ބައިސްކަލުގައި ނައްޓާލިއެވެ. ޝިކާ ވެސް ޖޯލިން ތެދުވެގެން އެތެރެއަށް ދިއުމަށް ހިނގައިގަތީ ބޭރުގައި ގިނައިރު އިނދެފިނަމަ މަންމަ ރުޅިއަންނާނެކަން އިނގޭތީއެވެ.

**********************************************************************************

ގޭގެ ފާރުގައި ލެނގިލައިގެން ހުރި ތާމިން އެއްފަހަރު ގަޑިއަށް އަނެއްފަހަރު މަގުގެ ކޮޅަށް ބަލައިލައެވެ. އިރުކޮޅަކުން ބައިސްކަލުގައި އާޒިމް އައިސް ތާމިނާއި އެއް ހަމައެއްގައި މަޑުކޮއްލިއެވެ.

“ތާމިން.. ރަނގަޅު ވާހަކައެއް ބުނަންތަ؟ ޝިކާ އެއީ މަގޭ ކޮއްކޮއެއްފަދަ ކުއްޖެއް.. އޭނަ އަށް ދެރަގޮތެއް ނަހަދާތި ތިހެން އުޅެމުން..” އާޒިމް ދުރު ބަލަހައްޓައިގެން ހުރެގެން ބުނެލިއެވެ.

“އާޒިމް ކުއްލިއަކަށް ކީކޭ ތި ކިޔަނީ ؟ އަހަރެން ޝިކާ ދެކެ ވަރަށް ލޯބިވޭ.. އަހަރެން ކީއްކުރަން އޭނަ އަށް ދެރަގޮތެއް ހަދަންވީ؟” ތާމިން ޔަގީންކަންދިނެވެ.

“ހަމަ ހީވަނީ ތާމިން ޝިކާއަށް ދެރައެއް ދީފާނެހެން….” އާޒިމް ބުނެލިއެވެ.

“ކީއްވެތަ؟ އަހަރެންމީ އެކަހަލަ މީހެއް ނޫނޭ..” ތާމިން ދެރަވެލާފައި ބުންޏެވެ.

“އާނ.. ދެން އަޅާނުލާ.. މިއޮތީ ލަވްލެޓާ.. ދެން ގޮސްލީ..” ޝިކާ ދިން ގަނޑުކޮޅު ތާމިން އަތަށް ދިނުމަށްފަހު އާޒިމް ބައިސްކަލުގައި ނައްޓާލިއެވެ.

**********************************************************************************

ދުވަހަކީ އަހަރުގެ ފަހު އިމްތިހާނު ތަކުގެ ނަތީޖާ ފާޅުކުރާ ދުވަސްކަމުން ހުރިހާ ކުދިންވެސް ޔުނީފޯމުގައި ސްކޫލު ދޮށަށް އައިސް ތިއްބެވެ. ޝިކާ ވެސް ސްކޫލް ދޮށުގައި ހުރެގެން ލީރާ އާ އެކީ ތަފާތު ވާހަކަތައް ދައްކަމުން ދިއައެވެ.

“މިއީ އަހަރެން މި ސްކޫލް ޔުނީފޯމު ލާ އެންމެ ފަހު ދުވަސް..” ޝިކާ ދެރަވެފައިހުރެ ބުނެލިއެވެ.

“ދެން އެހެން ރަށެއްގެ ސްކޫލަށް ދެވޭތީ ފޮނިވާނެކަމެއް ނެތް އިނގޭ..” ލީރާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ޝިކާ ތުންއަނބުރައިލިއެވެ. އެއާއެކު ލީރާ ބާރުބާރަށް ހޭން ފެށިއެވެ.

“އޭތް.. ބަލާބަލަ އެހުރީ ޝިކާ ގެ ތާމިން…” ތަންކޮޅެއް ދުރުގައި ހުރި ފިރިހެން ކުދިންތަކެއް ގާތު ތާމިން ހުރިތަން ލީރާ ޝިކާއަށް ދައްކާލިއެވެ. ޔުނީފޯމު ލައިގެން ހުރި އިރުވެސް ތާމިން ފެންނަނީ ނުލާހިކު “ސްމާޓް” ކޮށެވެ. ޝިކާ ތާމިން އަށް ބަލަން ހުރެ ބޭއިޚްތިޔާރުގައި ހީލެވުނެވެ. ހަމަ އެވަގުތު ތާމިންއަށް ވެސް ޝިކާއާ ދިމާ ބަލާލެވުނެވެ. ޝިކާ ވަގުތުން އިސްޖެހީ ލަދުންނެވެ.

ރަނގަބީލު އެޅުމުން ކުދިންތަށް ސްކޫލު ތެރެއަށް ވަންނަން ފެށިއެވެ. ޝިކާ ވެސް ލީރާ އާއެކު ހިނގައިގަތީ މިފަހަރުވެސް ރަނގަޅު ނަތީޖާއެއް ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ.

މިފަހަރުވެސް ގްރޭޑް ނުވައަކުން ހުރިހާ މާއްދާ އަކުން އެންމެ މަތި ލިބުނީ ޝިކާއަށެވެ. އެކަމާ ޝިކާ ހުރީ އުފަލުން ފޮޅިފައެވެ.

“ކޮބާ ދަރިފުޅާ.. ނަތީޖާ ކިހިނެއް؟” ޝިކާ ގެއަށް ވަނުމާއެކީ ސޯފާގައި ޓީވީ ބަލަން އިން ސަމީރު  އަހައިލިއެވެ.

“ބައްޕާ.. އަޅުގަނޑަށް ލިބުނު ހުރިހާ އެއްޗަކުން ވެސް އެންމެ މަތި..” ޝިކާ އެހެން ބުނި ގޮތުން ވެސް އޭނާ ހުރީ ވަރަށް އުފާވެފައިކަން އެނގެއެވެ.

“ވަރަށް ރަނގަޅު..” ސަމީރު ހީލައިފައި ބުނެލިއެވެ. ސަމީރަކީ ވަރަށް ބަސްމަދު މީހެކެވެ. ކޮންމެހެން ބުނަންޖެހޭ ވާހަކައެއް ނޫނީ ދައްކައެއް ނޫޅެއެވެ. އޭނާ އަކީ އެރަށުގެ ކައުންސިލުގެ ރައީސެވެ. އެހެންކަމުން އެރަށު އެންމެން ވެސް އޭނާއަށް ވަރަށް ޤަދަރުކުރެއެވެ. ޝިކާ ވެސް އޭނާގެ ބައްޕަ ދެކެ ނުލާހިކު ލޯބިވެއެވެ.

ޝިކާ ކޮޓަރިއަށް ގޮސް ޔުނީފޯމު ބަދަލުކޮށްލައިގެން އެނދުގައި ޖައްސާލީ ވަރުބަލިވެގެނެވެ. އެހެން އޮއްވާ އޭނާ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިއައެވެ.

ޝިކާ ހުރީ އުސް ފަރުބަދައެއްގެ އެންމެ ތިރީގައެވެ. ފަރުބަދަ އުސްކަމުން އޭގެ ކޮޅު ވަނީ ވިލާތަކުގެ މައްޗަށް ގޮސް ގެއްލިފައެވެ. ވަށައިގެންވާ މައުހޯލު ހީވަނީ ޝާހީ ގަނޑުވަރެއްގެ ބަގީޗާއެއްހެނެވެ. ތަފާތު މާމެލާމެލިން ފުރިފައިވާ އެތަނުގައި އެކި ކުލަ ކުލައިގެ ދޫނިތަކާއި ކޮކާތައް އުދުހި އުދުހިފައި އުޅޭތަން ބަލަން ޝިކާ އިނީ ހެވިފައެވެ. ” ޝިކާ…” ވަރަށް ލޯބިން މީހަކު އޭނާގެ ނަމުން ގޮވާލި އަޑަށް ޝިކާ ބަލައިލި އިރު އެއީ ތާމިން އެވެ. ތާމިން ހުރީ ފަރުބަދައިގެ ތަންކޮޅެއް މަތީގައެވެ. އަތުގެ އިޝާރާތުން އޭނާ ޝިކާގާތުގައި އަންނާށޭ ބުންޏެވެ. ތާމިން ދިއްކޮށްލި އަތުގައި ޝިކާ ހިފިއެވެ.

“ހިނގާ ދެކުދިން އެއްކޮށް މި ފަރުބަދައިގެ އެންމެ މައްޗަށް އަރަންދާން..” ލޯބިން ފުރިގެންވާ ރާގެއްގައި ތާމިން ބުނެލިއެވެ. ޝިކާ އަށް ބޭއިޚްތިޔާރުގައި ބޯޖަހާލެވުނެވެ. ދެކުދިން އަތުގުޅުވާލައިގެން މައްޗަށް އެރަމުން ގެންދިއައީ އެއްވެސް މީހަކަށް އެދެކުދިން ނުހުއްޓުވޭނެއޭ ބުނާ ފަދައިންނެވެ. ވަކި ހިސާބަކަށް އެރިތަނާ ވައި ބާރުކޮށްލައިފިއެވެ. ވަށައިގެން ހެދިފައިވާ މާގަސްތަށް ލުހެވިގެން ގޮސް ވައިގެ ތެރެއަށް ބުރަބުރައިގެން ދާންފެށިއެވެ. ހަތަރުއުދަރެސް އަނދިރިކޮށްލީ ބަސް ބުނާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

“ތާމް..” ޝިކާ ގެ އަޑުގައި މަޑު ތުރުތުރު އެޅުމެއްވެއެވެ. އޭނާ ހުރީ ވަރަށް ވެސް ބިރު ގަނެފައެވެ. ތާމިން ޖަވާބެއް ނުދިނުމުން ޝިކާ ތާމިން ގެ މޫނަށް ބަލައިލި އިރު އެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އެ މޫނު ފެނިފައި ޝިކާ ކުރިއަށްވުރެވެސް ބިރުގަތެވެ. ރަޙުމްކުޑަ ގޮތަކަށް ޝިކާ ގެ އަތުން އޭނާ ދޫކޮށްލުމަށްފަހު ކޮއްޕާލިއެވެ. ޝިކާ އެފަރުބަދައިގެ މަތިން ވެއްޓޭތަން ބަލަން ތާމިން ހުރީ ރަހުމްކުޑަ ގޮތަކަށް ހީލައިގެނެވެ.

“މަންމާ….!!” ޝިކާ ކަރުގެ ބުޑުން ހަޅޭއްލަވާ އަޑަށް ރަހީމާ ދުވެފައި ދިއައީ ޝިކާ ގެ ކޮޓަރިއަށެވެ.

“ދަރިފުޅާ.. ކިހިނެއްވީ؟؟” ރަހީމާ ޝިކާ އޮތް އެނދުގައި އިށީންނަމުން އަހާލިއެވެ. އޭރު ޝިކާ އޮތީ ދާހިއްލާ ފޯވެފައެވެ. ބާރު ބާރަށް ނޭވާލަމުން ގެންދިޔައިރު ހީވަނީ ބިރެއް ފެނިގެން އުޅޭހެނެވެ.

“ކަ..ކަމެއް ނުވެ މަންމާ.. ހު..ހުވަފެނެއް ފެނުނީ..” ޝިކާ އަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަ ގޮތަށެވެ.

“ހޫނ.. އެހެނެއްނު ވާނީ ޝަހާދަތް ނުކިޔާ ނިދަންޏާ.. ދެން ވެސް އާދެބަލަ ކާން.. ބައްޕަވެސް އެބައިން ކާން… ކައިގެން ޝަހާދަތް ކިޔައިގެން ނިދާނީ..” ރަހީމާ އެހެން ބުނުމަށްފަހު ބޭރަށް ދާން ހިނގައިގަތެވެ. ޝިކާ ވެސް މަންމަގެ ފަހަތުން ހިނގައިގަތީ ފެނުނު ހުވަފެނާ މެދު ފުންކޮށް ވިސްނާލަމުންނެވެ.

**********************************************************************************

ތާމިން އިނީ އެނދުމަތީގައި އށީންދެލައިގެން މުޅި ގައިގައި ރަޖާ އަޅައިގެނެވެ. އޭނާގެ މޫނު މަތިން ފާޅުވަމުން ގެންދިއައީ ބިރުވެރި ކަމެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައި މީހާ ފެނި އޭނާގެ ބިރުވެރިކަން އިތުރުވިއެވެ. އެމީހާ ތާމިން އާ ދިމާއަށް އަންނަމުން ގެންދިއައިރު އޭނާގެ ހިޔަނި ތާމިންގެ ގަޔަށް އެޅެމުން ދިއައެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (34)

  1. Liaa

    This is the second part. Hope u like it 🙂

  2. Appy

    Hyvany v rythi vaanehen. .when next part? ???

    1. Liaa
      Appy

      up kuraanan next part ves v avahah
      Thank u ^-^

  3. Appy

    M tha first ?

  4. Zaee

    Salhi Mibaives??.

  5. Mash edwards

    Woohoo varah salhi kamhah beylevey

  6. Liaa

    Thanks 🙂

  7. FrnDđ¥ÿýyyy

    Alheyyyyy,, Liaa kihineiy thihedhy….. e aee kaakuthoa balaalaa hithun indha thi ninmaaly?.. v v goas, e thanun ninmaalyma… hahaha,, eiy majaa?…
    Nxt part avahah up kohdhehchey… waiting. Waiting..??..
    Story hama habeyyssss?????
    Upload Soon.

    1. Liaa
      FrnDđ¥ÿýyyy

      awwn.. so sweet.. Hehe.. 😀 v avahah up kuraanan iraadha kurehviyyaa 🙂

  8. naee

    Awesome.. keep it up liaa.. when nxt part up kuraany???

    1. Liaa
      naee

      will update as soon as possible.. 🙂
      Thaankss..

  9. net

    Nice

  10. Marsha

    Nice..bi like this story n this writer.. gud work.. ???????

    1. Liaa
      Marsha

      Thanks Marsha. 🙂
      I love ur stories by the way <3
      I just hope i can improve more in the future -_-

  11. meesha

    vvv reethi.. shikaa ah dhera gothe nuhadhaathi…

  12. meesha

    vvv reethi.. shikaa ah dhera gothe nuhadhaathi…

  13. Liaa

    Thanks all.. 🙂

  14. Ihoo

    Varah thafaathu ..dhen ahvahah nunimiohbae ninmaafa upkohlabw..

    1. Liaa
      Ihoo

      v avaha up kuraanan iraadha kurevviya
      Thanks ihoo

  15. Ihoo

    Your most welcome,liaa

  16. Asurumaa

    Ur name is liaa so iam sure liyan varah molhuvaane mi story invess ekan ingey? story heskiyaafa koli hama habeys ingey… waiting for next part…. iam aslo writing stories for this site for help eh beynun vehjiyya angaalaanan help vaanan dhw???

    1. Liaa
      Asurumaa

      hehe.. Liyan molhu veema eh nooney Liaa kiyany.. 😀
      Yea. Help vevey gothakun help vaanan with pleasure 🙂

  17. Asurumaa

    Than…….Q………?MS LIAA if you dnt mind my fb page ah angaalaa eyrun dhw help eh beynunviyas buneveyny my face book id aky asurumaa

  18. Rix

    V salhi thankolheh avahah up jurahchey ingey

  19. naee

    Very nice :* when nxt part up kuraany??

  20. sam

    Varah reethi vaahaka eh waiting for next part

  21. net

    Hello within how manydays will u upload.I,m waiting.

  22. naaniio

    In irakun next part vvvvv nice keep it up

  23. loooseee

    Alhey enme kiyaahivvi hisaaba gengossa kihinei thi hedhy
    V v v v avaha dhen oi bai plx
    This story is gonna b wow
    Best of luck

  24. Phy

    Kn dhuvas dhuvahaku mivaahaka up kuranee…..v reethi vaane hen heevanee…

  25. Mariyam

    Avaha aney ba nerey

  26. asaru ge ekuveriyeh

    v salhi

  27. Xoya

    Varah reethi mivaahaka

  28. Rozy

    Vara reethi aneka thamin a kihinevi ba?.. mi kiyani 3 ves
    Nice story

Comments are closed.