Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 14 ވަނަ ބައި

aasi
May 3, 2016
12 Mins Read
52 Views
7 Comments

ޖަންނަތު ރަކިވެގެން އިސްޖަހާލި އެވެ. އަދި ހިމަ އަޑުން ދެން ނޫނެކޭ ބުނެލި އެވެ. “ތީ ދޮންތައަށް ހީވާ ގޮތް.” ޖަންނަތު ކަރު ކެހިލާފައި އަޑު ރަގަޅު ކޮށްލަން މަސައްކަތް ކުރަމުން ބުނެލި އެވެ. ޒީނަތު ހިނިތުން ވެލަމުން ދެން ނިދާށޭ ކިޔާފައި އެތަނުން ނިކުތެވެ.

 

އަބްޔާން ހެދުނު ވަޒީފާއަށް ދާން ނިކުތް އިރު ހިސާބަކަށް ހިމަފޮދު ވާރޭ ވެހެ އެވެ. އަބްޔާން އުޑު މައްޗަށް ބަލައިލި އެވެ. ވިލާ ބޯކޮށް އޮތީ ބަނަކޮންނެވެ. އަބްޔާން ގޮސް ގެސްޓް ހައުސްއަށް ވަންއިރު އަބްޔާން ވަނީ އެއްކޮން ނުތެމުނަސް ހިސާބަކަށް ތެމިފަ އެވެ. އަބްޔާން އައިސް ރިސެޕްޝަނާ ހަމައަށް އެރި ވަގުތު އެތާ ހުރި ހައިފާ އަބްޔާންއަށް ގޮވާލި އެވެ.

“އަބީ!” ހައިފާ ގޮވާލުމުން ޖީބަށް އަތް ޖަހާލައިގެން ހުރި އަބްޔާން ބަލައިލި އެވެ. “ޒައިދާން އެބަ އުޅުއްވާ މަތީ ރޫމްސް ތަކުގަ… އަބީ ގާތު ބުނާށޯ ރިނޮވޭޝަން ފައިލް ހިފައިގެން މައްޗަށް އަންނަން.”

“އަނެއްކާ ގެސްޓް ހައުސް ރިނޮވޭޓް ކުރަންތަ އުޅެނީ؟” އަބްޔާން ކުޑަކޮން ހައިރާން ވެފައި އަހާލި އެވެ.

“ނޭގެ.” ހައިފާ ބުނެލި އެވެ. އަބްޔާން ކެބިންއަށް ވަދެ އޭނަގެ މޭޒުމަތީގައި ހުރި ފައިލް ތަކުގެ އެންމެ ދަށުން ފައިލްއެއް ނެގި އެވެ. އަދި އޭގެ އެތެރެ ބަލައިލާފައި އެ ހިފައިގެން މައްޗަށް އެރި އެވެ. އޭރު ވިއްސާރަވެސް ބޯކޮށްލައިފި އެވެ. އަބްޔާން އެރިއިރު ޒައިދާން އާއި ޒައިދާން ކައިރީ ހުރި މީހަކު ވާހަކަ ދައްކަން ތިއްބެވެ.

“އަސްލު އެއްކޮން ބަންދު ކޮށްގެން މިކަން ކުރެވޭނީ… ފުރާޅު އެއްކޮން ނަގާކަށްނު ޖެހޭނީ.” އެމީހާ ބުނާ އަޑު އިވުނެވެ.

“އަބީ!” ޒައިދާންއަށް އަބްޔާން ފެނުމުން ގޮވާލި އެވެ. “ފައިލް ހިފައިންތަ ތި އައީ.” އަބްޔާން އަތުގައި އޮތް ފައިލް ޒައިދާންއަށް ދަށްކާލި އެވެ.

“އަބީ، މިހިރީ މާޒިދް، މާޒިދް މީ އަބްޔާން… އަހަރުމެންގެ އެކައުންޓެންޓް.” އަބްޔާން ދެމީހުން ތަޢާރަފްކޮށްދިނެވެ. މާޒިދް އަކީ ހެޔޮވަރުގެ އިސްކޮޅަކާއި އެކު މީހާއަށް ހެޔޮވަރުގެ ރީތި ކަމެއް ލިބިފައިވާ މީހެކެވެ. ކުރުކޮން އިސްތަށިގަނޑު ބަހައްޓާފައި ވާއިރު މުށިކުލައިގެ ލޮލުގައި އާދަޔާ ހިލާފު ވިދުމެއް ވެއެވެ. ރީތި ދަތްޕިލައެއް ލިބިފައި ވާއިރު ތުބުޅި ވަނީ އެއްކޮން ބާލާ އޮމާންކޮށްލާފަ އެވެ. ލައިގެން ހުރި ކުރީމް ކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓުލޫނާއި އެކު ކަރުގައި ގަދަ ރީނދޫ ކުލައަކަށްދާ ޓައީއެއް އަޅާފައި އޮތެވެ. ހެދުން އެޅުމުގައި ވެސް ވިސްނާފައި ހުރިކަން ފާހަގަ ވެއެވެ.

“އަބީ، ވަރަށް ސަކަރާތޭ.” ޒައިދާން ވާހަކަ ދައްކަން ފެށި އެވެ.

“ކިހިނެއްތޯ ވީ؟” އަބްޔާން އަހާލި އެވެ.

“މި ފުރާޅުން ފެން ފައިބަނީ… އަހަންނަށް ހީވަނީ މިތާނގެ ފުރާޅު އެއްކޮން ބަދަލުކުރަން ހެން ޖެހޭނީ… މިތަން އެއްކޮން ބަންދު ނުކޮށް މި ފުރާޅު ބަދަލުކޮށްލެވޭނެ ހިޔާލެއް ދީބަލަ…”

އަބްޔާން އައިސް އެތަނަށް ހުއްޓެމުން ބަލައިލި އެވެ. ތެދެކެވެ. ފުރާޅުން ފެން ފައިބައިގެން ސީލިން ވަނީ ތެމިފަ އެވެ.

“ކޮޓަރިތައް ކިހިނެއްތޯ؟” އަބްޔާން އަހާލި އެވެ.

“ކޮޓަރިތަކުން ބައެއް ކޮޓަރި ހަމަ އެއްކޮން ސީލިން ނަގާވަރު ވެފަ ހުރީ.”

“ކީއްވެތޯ އެހެން އެވީ؟ މިތަން ހަދައިގެން އަދި ނުވޭނޫންތޯ ތިން އަހަރުވެސް.”

“އާން، އަހަރުމެން އޭރު ވަރަށް އަވަސްކޮށްލާފަ ބެލީ އަވަހަށް މިތަން ހުޅުވޭތޯ… ދެން މިގެ ލިބުން އިރުވެސް މިގޭގަ ހުރި ފުރާޅުމީ. އޭރުވެސް ހުރީ ދަބަރު ޖަހާ ގޮތަށް ވެފަ މޫދާ މިހާ ކައިރި ވީމަ ލޮނުގެ އަސަރުވެސް ކުރާނެތާ.”

“ދެން ސީޒަން ނިމުނީމަ އަޅުގަނޑަށް ހީވަނީ ފުރާޅު އެއްކޮން ޗޭންޖް ކޮށްގެންހެން ތިކަން ވާނީ.” އަބްޔާން ބުނެލި އެވެ.

“އަބީއަށް ފެންނަނީ ސީޒަން ނިމުނީމަ ދޯ މިކަން ކުރަން.”

:”ލައްބަ… މިހާރު ކޮށްފިއްޔާ ޒައިދާންއަށް ލޮސް ވާނެ ވަރަށް ބޮޑަށް. ސީޒަން ދިޔައިމަ ގިނަ ދުވަސް ތަކުގަ ގެސްޓުން މިތާ ނުވެސް ތިބޭ ނޫންތޯ. އެހެންވީމަ.” އަބްޔާން ޖީބަށް އަތް ޖަހާލި އެވެ.

އަބްޔާން ބުނިގޮތަށް ހަދާނީ ކަމަށް ބުނަމުން އެތަނުން ތިރިއަށް ފައިބަމުން ވެސް ތިން މީހުން އައީ އެވާހަކަ ދައްކަމުންނެވެ.

މާޒިދްއާއި އެކު މަސައްކަތް ކުރަން އަބްޔާންއަކަށް އުނދަގުލެއް ނުވި އެވެ. މާޒިދުގެ ކުޑަކޮން ސަކަ މިޒާޖެއް ހުރުމުން އަބްޔާންއަށް ކަމުދިޔަ އެވެ.

އަބްޔާން މިސްކިތުން ފައިބައިގެން ގެއަށްދާން ދިޔަ އިރު ނޫރުއާ ދިމާވި އެވެ.

“ނޫރު! ކަލޭ ކޮންތާކު ތި އުޅެނީ؟” އަބްޔާން ނޫރު ކައިރިއަށް ސައިކަލު މަޑުކޮށްލަމުން އަހާލި އެވެ. “ވައިބަރ ގުރޫޕުން ވެސް އެކްޓިވްއެއް ނޫން… ކިހިނެއް ވެގެން ތި އުޅެނީ؟”

“އަހަރެންނަށް ކޮންމެ ރޯދަ މަހަކު ވެސް މިހިނޭ ވަނީ… ވަރުބަލި ވަނީ.”

“ދެން ރޭގަނޑުޔޯ؟ ރޭގަނޑު ވެސްތަ؟”

“އާން، ދުވާލު ރޯދަ ހިފީމަ ރޭގަނޑު ވަރުބަލި ވެގެން ނިދެނީ.”

“ތީ ނޫރުއަށް ހީވާގޮތް. ކަލޭ ތީ ނުލާހިކު ފިޓު މީހެއް… ތިހިން ވެގެން ނުވާނެ.”

“ދެން ކިހިނެއް ހަދާނީ؟ އެހެން ވަނީޔޭ.” ނޫރުގެ މޫނު މަތިން ވެސް ވަރުބަލިކަން ފާޅުވާން ހުއްޓެވެ. ދެމީހުން އެތާތިބެގެން ވާހަކަ ދައްކާލައިފައި އަބްޔާން ގޮސް ވަނީ ގެއަށެވެ. ރޯދަމަހު ލީކްސް ރެސްޓޯރެންޓް ބަންދު ކުރުމުން ރައްޓެހިންގެ ބައްދަލު ކުރުންތައް ވެސް ވަނީ މެދު ކެނޑިފަ އެވެ. އެހެން ނޫނަސް މޫސަ އާއި މުޒައްފަރު މިހާރު އަބަދު އެމީހުންގެ ބައިވެރިޔާ އާއިއެކު ގިނަ ވަގުތު ހޭދަކުރާތީ ވެސް އެމީހުނަށް ވަގުތު ނުވެ އެވެ.

އަސުރު ނަމާދުކޮށްލައިގެން އަބްޔާން ގޮސް ޖަންނަތުމެން ގެއަށް ވަނެވެ. އޭރު ޒީނަތު އާއި މޫސަ ގެއިން ނިކުންނަނީ އެވެ.

“އަބީ!” އަބްޔާން ފެނުމުން މޫސަ ގޮވާލި އެވެ. “މިރޭ ރަންކިޔަން މިއުޅެނީ… ކައިވެނިރޭ އަބީ ނުހުންނާނެތީ ހެކިވެރިއަކަށް މި ހެދީ މުޒޭއާ ތިމާގެ ކުއްޖަކާ.” މޫސަ ބުނެލި އެވެ.

“އާން، ރަނގަޅު. އަސްލު މަ ވަރަށް ދެރަވޭ ނުހުރެވޭތީ. ޓިކެޓް ކޮންފާރމް ނުކޮށް އޮތްނަމަ މަޑުކޮށްފަ ފުރާނީ.”

“ދެން އަޅާނުލާ ދޯ.” މޫސަ އެހެން ބުނެލާފައި އަބްޔާން ބުރަކަށީ ކުޑަކޮން ޖަހާލަމުން ޒީނަތުއާއި އެކު ބޭރަށް ނިކުތެވެ.

އަބްޔާން އެގެއަށް ވަން އިރު އާޔަތު ސޯފާގައި އިނީ ޓީވީ ހުޅުވައިގެން ގުޅަ ހަދާށެވެ.

“އާޔާ، ކޮބާ ތުއްތަ؟” އަބްޔާން އާޔަތު ފުރަގަހަތުގައި ހުރެފައި އަހާލި އެވެ.

“ބަދިގޭގަ އެބައުޅޭ.”

“މިހާރު ރަގަޅުވީތަ؟”

“އާން، އެހެން ތުއްތަ އެބަބުނޭ… އެކަމަކު އަދިވެސް އަޑު އެހާ ރަގަޅެއްނޫން. މިހާރު އެކަމު ވަރަށް ބޮޑުތަން ރަގަޅު.”

އަބްޔާން ގޮސް ބަދިގެއަށް ވަނެވެ. އޭރު ޖަންނަތު ހުރީ އެއްޗެއް ކޮށާށެވެ.

އަބްޔާންއައިސް މޭޒުކައިރީ އިށީންނަމުން ވާހަކަ ދައްކަން ފެށި އެވެ. އަބްޔާން ފެށީ އޮފީސް ވާހަކައިން ނެވެ.

“މާޒިދު ހުރީ ކިހިނެއް؟” މިއަދުވީ ކަންތައްތައް ކިޔައިދީ ނިމުމުން ޖަންނަތު އަހާލި އެވެ.

“ދެން އަހަރުމެންގެ އިސްކޮޅު ހުރި ބަލައިލަން ރީތި ފިރިހެނެއް. ހީވަނީ އަހަރުމެން ވަރުހެން ގާތްގަޑަކަށް ވާނީ… ދެން ވަރަށް ޑީސެންޓްކޮން ހުރީ… މަޖާ މިޒާޖެއް ވެސް ހުރޭ އޭނަގެ.

“މީހުނާ ގުޅޭ ދޯ؟”

“އާން، ވަރަށް ފްރެންޑްލީ… ފަހަރެއްގައި ޖަންނަ ހިތް ކިޔާވެސް ވާނެ.” އަބްޔާން ލާނެތް ފާޑަކަށް ހީލަމުން ބުނެލި އެވެ. ޖަންނަތު ލޯ އަޅާ ލުމުން ބާރަށް ހީލި އެވެ.

“މަމީ އަބީއެއް ނޫނޭ އިނގޭ… ފެންނަހާ ފިރިހެނަކަށް ހިތްކިޔަމުން ދާކަށް.” ޖަންނަތު އެހެން ބުނުމުން އަބްޔާންގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. އަބްޔާންއާއި ދޭތެރޭ ޖަންނަތު ދެކޭގޮތް އަދިވެސް ބަދަލުނުވާހެން އަބްޔާންއަށް ހީވި އެވެ.

“ޖަންނާ، އަހަރެން ކުރިއަކުން ވެސް އަދި މިހާރަކުވެސް މާގިނަ އަންހެން ކުދިންނަށް ހިތް ކިޔައިގެނެއް ނޫޅެމޭ. ކުރިން އެގޮތަށް އަންހެން ކުދިން މަޅީގައި ޖައްސައިގެން އެގޮތަށް އުޅެވުނީތީ އަހަރެން ވަރަށް ދެރަވޭ.”

“ހެހެހެ، އަބީ، ހާދަ ސީރިއަސް ތިވީ… އަހަރެން ސަމާސައަކަށް ބުނި އެއްޗެކޭ އެއީ… މަށަށް ފެނެޔޭ އަބީއަށް އައިސްފައިވާ ޗޭންޖް.”

 

އެތަކެއް އިރު އެގޭގައި ހޭދަކޮށްފައި އަބްޔާން ގެއަށް ދިޔައީ އިރުއޮއްސެން ކައިރިވީމަ އެވެ. ކޮންމެ ދުވަހަކު ވެސް ޖަންނަތު މެންގެއަށް ވަދެލުން މިހާރު އާދައަކަށް ވެއްޖެ އެވެ. ދުވާލު ނުވަދެ ވިއްޖެއްޔާ ރޭގަނޑު ވަދެލަ އެވެ. އީދުގެ ދުވަސްތައް ވެސް ނިންމާފައި އޮފީހަށް ނުކުތުމަށް ޒައިދާން ވަނީ ޖަންނަތުއަށް އަންގާފަ އެވެ. އެއީ ޒީނާގެ ކައިވެންޏާ އާޒަތުމެން ފުރަން އުޅޭ ޙަބަރު ޒައިދާންއަށް ލުބުނީމަ އެވެ. އެހެން ކަމުން ޖަންނަތު ނުފެނި އެންމެ ދުވަހެއް ވެސް ދާކަށް އަބްޔާން ބޭނުމެއް ނޫނެވެ. ދެމީހުންގެ ކައިރީ އުޅޭ އެންމެނަށް ވެސް އެދެމީހުންގެ ހިތުގެ ހާލަތު އިނގޭ ކަހަލަ އެވެ. އޭގެން މީހަކު އެވާހަކަ ދެއްކުމުން ދެމީހުން ވެސް އެކަމަށް ކުރަނީ އިންކާރެވެ. އެހެންކަމުން މިހާރު އެވާހަކަ މާބޮޑަކަށް ނުދައްކަ އެވެ. އެގޮތަށް އުޅޭތާ ގިނަދުވަސް ވާތީ އެންމެނަށް ވެސް ވިސްނުނީ އެއީ ރައްޓެހި ކަން ކަމުގަ އެވެ.

އާޒަތުގެ ކިޔެވުމުގެ ކަންތަކުގެ ހުރިހާ އެއްޗެއްގައި ވެސް އަބްޔާން ލައްވާ އާޒަތު ސޮއި ކުރުވި އެވެ. އާޒަތުއަށް ކަމެއް ވިޔަސް ގުޅާނެ މީހަކަށް އާޒަތު ލިޔުނީ އަބްޔާންގެ ނަމެވެ. އެއީ ކޮންމެ ތާކު ހުރެފަ ވެސް ދުވަމުން އަބްޔާން އަންނާނެކަން އާޒަތުއަށް އިނގޭތީ އެވެ. އަބްޔާންއަކީ ފެށުނީން ސުރެން ވެސް މީހުނަށް އެހީވާ މީހެކެވެ. ކޮންމެ ކަމެއްގައި ވިޔަސް އެހީވާން ހުންނާނީ ތައްޔާރަށެވެ.

 

އެގޮތުގައި ރޯދަމަސް ނިމި އީދު ދުވަސް ޖެހިއްޖެ އެވެ. ހުރިހާ ގެޔަކު ކައްކައިގެން އެކި ގޭގޭ މީހުނަށް ދައުވަތު ދީ އެންމެން އެކި ގޭގައިން ކަމުން އެގޮތުގައި އެދުވަސް ހޭދަވެގެން ދާން ފެށި އެވެ. އަބްޔާން މެންގޭގައި އެދުވަހު ނުކައްކަ އެވެ. އެމީހުން ދަތުރު ހަދަނީ އެވެ. ޖަންނަތު ގަސްތު ކުރީ ގްރީން ވިލާއަށް ކާއެއްޗިހި ގެންދާށެވެ. އެގޭގައި ނުކައްކާ ވާހަކަ އަބްޔާން ވަނީ ވައިބަރ އިން ވާހަކަ ދެއްކިއިރު ބުނެފަ އެވެ.

ތަށިބަރި ހިފައިގެން ޖަންނަތު ގޮސް ވަންއިރު އެންމެން ވެސް އުޅެނީ ދަތުރު ހެދުމުގަ އެވެ. ޖަންނަތު ކާއެއްޗިހި ގެން ދިއުމުން އެ ކެއީ ވެސް އަބްޔާންއާއި ނަސީރުއާއި އެކަންޏެވެ. އާލިޔާއާއި ހިދާޔާއަށް ކާނެ ފުރުސަތުވެސް ނުލިބެ އެވެ.

“ޖަންނާ، އަބީގެ އެއްޗިހި އިސްތިރިކޮށް ފޮށްޓަށް އަޅާލަ ދީބަލަ. އޭނަ ނޭގެ އަދި ފޮއްޓަށް އެއްޗިސް އެޅި ކަމެއް ވެސް.” ޖަންނަތު ގެއަށް ދާން ނިކުންނަން އުޅެނިކޮން ހިދާޔާ ބުނެލި އެވެ.

ޖަންނަތު އަބްޔާން ކޮޓަރިއަށް ވަންނަން ގޮސް ދޮރުގައި ޓަކި ޖަހާލި އެވެ. އަބްޔާން ވަންނާށޭ ބުނުމުން ޖަންނަތު ދޮރު ހުޅުވި އެވެ. އަބްޔާން ހުރީ ހަމައެކަނި ގޮޅިޖެހި ބޮކްސަރ އެއް ލައިގެން އަލަމާރި ހުޅުވައިގެނެވެ. ޖަންނަ ލަދުން އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ.

“ޖަންނަތަ؟ މަ ހީކުރީ މަންމަ ނޫނީ އާލިޔާ ކަމަށް.” އަބްޔާންއަށް ބޮކްސަރ ލައިގެން ގޭމީހުން ކުރިމަތީ އުޅުމަކީ މާބޮޑުކަމެއް ނޫނެވެ. ކޮޓަރީގައި ހުންނައިރު އަބަދުވެސް އަބްޔާން ބޭނުންވަނީ އެހެން ހުންނާށެވެ. އަބްޔާން ޖަންނަތުއަށް ބަލައިލި އިރު ޖަންނަތު ހުރީ ފުރަގަސް ދީގެނެވެ. އަބްޔާން ކައިރިއަށް ހިނިއަ އެވެ.

“ކިހިނެއްވެގެން ތިހިރީ ތިކޮޅަށް އެނބުރިގެން؟”

“އަބީ ދެން އެއްޗެއް ލާބަލަ. އަހަރެން މިއައީ ހިދާއްޔާއްތަ ބުނެގެން އަބީގެ އެއްޗިހި އިސްތިރި ކޮށްފަ ފޮށްޓަށް އަޅަން ވެގެން.”

އަބްޔާން މަޑުމަޑުން އައިސް ޖަންނަތުގެ ކުރިމައްޗަށް ހުއްޓުނެވެ. ޖަންނަތު ލޯ ބޮޑުކޮށްލާފައި އަނެއް ފަރާތައް އެނބުރުނެވެ.

“ދެން އަބީ ލަދެއް ނުގަނޭތަ؟”

“އަހަރެން މިހިން ހުންނަން ލަދެއް ނުގަނޭ… ބޭރުމީހެއް ނެތޭ މިތާކު.”

“އަބީގެ މަންމަ ކުރިމަތީވެސް ތިހިން ހުންނަން؟”

“އޮފްކޯސް.” އަބްޔާން ބުނެލާފައި އަނެއްކާވެސް އަލަމާރި ކައރިއަށް ޖެހިލަމުން ދެތިން ޓީ-ޝާރޓް ނެގި އެވެ. އަދި ދެ ސޯޓާއި ދެ ޖީންސް ވެސް ނަގާ އެނދުމައްޗަށް އެއްލި އެވެ.

“ޖަންނާ މީ އަހަރެން ގެންދާ އެއްޗިސް. ކޮންމެހެން އިސްތިރި ކުރާނެ ކަމެއްނެތް ހަމަ ފަތް ޖަހާލަދީފަ މިހިރަ ފޮށްޓަށް އަޅާ.” އަބްޔާން އެނދު ކައިރީ ހުރި ފޮށި ދައްކާލަމުން ބުނެލި އެވެ. އަދި ފާހާނާއަށް ގޮސް ވަނެވެ.

ޖަންނަތު އެއްޗިހި ފަތް ޖަހަމުން ފޮށްޓަށް އަޅަމުން ދަނިކޮން ހިދާޔާ އައިސް ކޮޓަރީގެ ހުޅުވާފައި ހުރި ދޮރުކައިރީ ހުއްޓިލި އެވެ.

“އިސްތިރި ނުކޮށް ފަތް ޖަހަނީ ތަ؟”

“އަބީ ބުނީ އިސްތިރި ނުކުރާށޭ.”

“ކޮބާ އޭނަ؟”

“ފާހާނައިގަ.”

ހިދާޔާ ނުކުންނަމުން ދޮރު ލައްޕާލި އެވެ. އެއީ ހިދާޔާއަށް އާދަވެފައި ވާ ގޮތެކެވެ. ކޮންމެ ކޮޓަރިއަކުން ނުކުތަސް ދޮރު ލެއްޕު މެވެ.

އަބްޔާން ފާހާނާއިން ނިކުމެ ތުވާލިން މޫނާ ތަންތަން ފޮހެލި އެވެ. އަދި ފާހާނާގައި ހުރި ޓޮއިލެޓް ބޭގް ގެނެސް ފޮށްޓަށް ވައްޓާލި އެވެ. ޖަންނަތު ހުރިހައި އެއްޗެއް ފަތްޖަހާ ނިމިގެން ތެދުވެއްޖެ އެވެ. އަބްޔާން މުޅި ގަޔަށް ބޮޑީ ސްޕްރޭ ބުުރުވާލި އެވެ. މުޅި ކޮޓަރިން ޖަންނަތުއަށް އަބްޔާން ގެ ވަސް ދުވަން ފެށި އެވެ. އެއީ އަބްޔާން އަބަދުވެސް ޖަހާ ބޮޑީ ސްޕްރޭ އެވެ. އަބްޔާން ރީތިވާ މޭޒު ކައިރީ ހުރެގެން ބޯމާން ކޮށްލި އެވެ.

“ނިމިއްޖެ. އަހަރެން ދަނީ.” ޖަންނަތު އަބްޔާންއަށް ބަލަން ހުރެލާފައި، ނުކުންނަން ހިގައި ގަތެވެ. އެވަގުތު އަބްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ.

“މަޑުކޮށްބަލަ، ކީއްވެތަ ތިހާ އަވަހަށް ތި ދަނީ؟”

“އަބީ، ދެން ނެތެއްނު ކަމެއް؟”

“ކަންތައް އެބަހުއްޓޭ.” ޖަންނަތު އެހާ އަވަހަށް ދާކަށް އަބްޔާން ބޭނުމެއް ނޫނެވެ. މިއަދަށް ފަހު ޖަންނަތު ފެންނާނީ ފަނަރަ ދުވަސް ފަހުންނެވެ. އެހެން ކަމުން މިއަދު ވާވަރަށް ޖަންނަތުއާއި ދިމާއަށް ބަލައިލަން އަބްޔާން ބޭނުން ވިއެވެ.

އަބްޔާން ޖަންނަތުގެ އަތުގައި ހިފަހައްޓައިގެން ބަލަން ހުރެފައި ކުއްލިއަކަށް މާ ބާރަށް އަބްޔާން ޖަންނަތު ދަމައިގަތެވެ. ޖަންނަތު އައިސް ތަތްވީ އަބްޔާންގެ ތަނަވަސް މޭމަތީއެވެ. ޖަންނަތު ލަދުން ދުރަށް ދާން އުޅުމުން އަބްޔާން ޖަންނަތުގެ އުނަގަޑާ ދިމާލުން އަތް ވަށާލި އެވެ. އަދި ކައިރިއަށް ދަމާލި އެވެ. ޖަންނަތުއަށް އަބްޔާންގެ މޫނަށް ބަލައިލެ ވުނެވެ. އޭރު އަބްޔާން ވެސް ހުރީ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެނެވެ. އެހާ ކައިރިން ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ އެވެ. ހިތް އަވަސްވެފައި ވިއެވެ. ހިތުގައިވާ ޖަޒުބާތުތައް ބަންޑުންދާން އުޅޭ ކަހަލަ އެވެ. އަބްޔާންއަށް މަޑުމަޑުން ޖަންނަތުގެ މޫނާއި މޫނު ކައިރި ކޮށްލެވުނެވެ. ޖަންނަތުއަށް ވެސް ލޯ މަރާލެވުނީ ބޭ އިހުތިޔާރު ގަ އެވެ. ހޫނުނޭވާ އެކަކު އަނެކެއްގެ މޫނަށް އަޅެމުންދިޔަ ވަގުތު ދެމީހުންގެ ހިތްވެސް ވަނީ އަވަސް ވެފަ އެވެ.

“އަބީބޭ! އަބީބޭ!” ބޭރުން އާލިޔާ ގޮވާއަޑަށް ދެމީހުން ސިއްސައިގެން ދިޔަ ވަގުތު ޖަންނަތު އަބީ ކޮށްޕާލާފައި ދުރަށް ދިޔަ އެވެ. އަދި އަވަހަށް އެކޮޓަރިން ނިކުމެގެން ހިގައްޖެ އެވެ.

“ޖަންނާ،” ޖަންނަތު ނުކުމެގެން އެގޭ ދޮރުކައިރިއަށް ނުދެވެނީސް ހިދާޔާ ގޮވާލި އެވެ. އޭރުވެސް ޖަންނަތުގެ ހިތް ބާރަށް ތެޅެނީ އެވެ. ކޮންމެސް ވަރަކަށް އަމިއްލަ ނަފްސައް ބާރުލަމުން ޖަންނަތު ބަލައިލި އެވެ. “މި ތަށިބަރި ހިފައިގެންދޭ… އާލިޔާ އާ މަށާވެސް ކައިފިން.”

ޖަންނަތު އައިސް ތަށިބަރި ހަމަޖައްސާލާފައި އެ ހިފައިގެން އަވަސްކޮށްލައިގެން ގެއަށް ދިޔައެވެ.

އަބްޔާން ވެސް ނަފްސު ކޮޓްރޯލް ކުރަމުން އެނދުމައްޗަށް އުއްޑުން ވެއްޓި ގަތެވެ. އަދި ވާން އުޅުން ގޮތާއި މެދު ވިސްނާލަމުން ހިނިތުން ވެލަމުން ބޮލުގައި އަތް ހާކާލި އެވެ.

“އަބީބޭ!” އާލިޔާ އެކޮޓަރިއަށް ވަންނަމުން ބުންޏެވެ.

“ކީއްކުރަންތަ އެހާ ބާރަށް ހަޅޭއް ލަވަނީ؟” އަބްޔާން ތެދުވަމުން އާލިޔާއަށް ބުނެލި އެވެ.

“ދީބަލަ ހަންރެޑް ރުފިޔާ!”

“ކީއްކުރަން؟”

“އެއީ ދަތުރުމައްޗަށް ބަބްލް ގަމެއް ގަންނަން.”

“ހަންރެޑް ރުފިޔާގެ؟”

“ދެން އެހެން އެއްޗެއް ވެސް ގަނެލާށާ އެއްކޮނޭ….” އާލިޔާ ބުންޏެވެ. އަބްޔާން އާލިޔާއަށް ފުރަގަސް ދިނެވެ. “ޕްލީސް އަބީބޭ… މިހާރު މަންމައެއް ލާރިއެއް ނުދެޔޭ. ޕްލީސް އަބީބޭ… ލާސްޓް ޓައިމް.”

އަބްޔާން ގޮސް އަޅުވާފައި އިން ޖީންސްގެ ޖީބު ތެރޭން ވޮލެޓު ނަގައިގެން އައިސް އައިސް އާލިޔާ އެބުނި ވަރަށް ލާރި ދިނެވެ. އާލިޔާ ދިއުމުން އަބްޔާން ފޯނު ނަގާ ޖަންނަތުއަށް މެސެޖު ކުރަން ހިތައް އެރި އެވެ. އެކަމަކު ބުނާނެ އެއްޗެއް ނޭގޭތީ ފޯނު އެނދުމައްޗަށް އެއްލާލި އެވެ. އަނެއްކާ ވެސް ފޯނު ނެގި އެވެ.

“ސޮރީ ބުނަންވީބާ؟” އަބްޔާން ހިތާ ހިތާ ބުނެލި އެވެ. “ނޫން… އަހަރެން ސޮރީ ބުނާ ވަރު ކަމެއް ނުކުރަން… އޭނަވެސް އެކަމަށް ފުރިހަމަ އިޖާބަ ދިން.. ދެން ކޮން ސޮރީއެއް.” އަބްޔާން ވިސްނާލަން ހުރެފައި އެންމެ ފަހުން ފޯނު އަނެއްކާވެސް އެނދުމައްޗަށް އެއްލާލި އެވެ.

“ޖަންނަ މެސެޖު ކުރީމަ އަހަރެން ވާހަކަ ދައްކާނީ.” އަބްޔާން ހިތައް އެރި އެވެ. އަދި އެންމެ ރަގަޅު ގޮތަކީ އެއީ ކަމުގައި އަބްޔާން ހިތައް އެރި އެވެ.

 

ޖަންނަތު މެސެޖެއް ނުކުރި އެވެ. ފުރަން އެއަރޕޯރޓަށް ދިޔަ އިރުވެސް ޖަންނަތުގެ ހަބަރެއް ނުވުމުން އެނެމެ ފަހުން ބޯޓަށް އެރުމުގެ ކުޑަ އިރުކޮޅަކަށް ވުމުން އަބްޔާން ވައިބަރ އިން މެސެޖެއް ފޮނުވާލި އެވެ.

“އާރ ޔޫ އެންގްރީ؟”

“ނޫން.” އަބްޔާން ހީކުރި ވަރަށް ވުރެން ވެސް އަވަހަށް ޖަވާބު އައިސްފި އެވެ. އަބްޔާންގެ ތުންފަތަށް ހިނިތުން ވުމެއް ގެނުވި އެވެ.

“މަށާ ސަލާމް ވެސް ނުކޮށެއްނު ދިޔައީ.” އަބްޔާން ފޮނުވާލި އެވެ.

“އަބީ އުޅޭ ގޮތުން ނެއްނު.”

“ޖަންނަ ވެސް އިޖާބަ ދިނީމެއްނު،” އަބްޔާން އެހެން ބުނުމުން ޖަވާބެއް ނައެވެ. “އަހަރެން އުޅުނީ ވަރަށް ހާއްސަ ސަލާމެއް ކުރަން ވެގެނޭ.”

“އެގޮތަށް ވެސް ސަލާމް ކުރޭތަ؟”

“ޖަންނަ ދުވަހަކު ވެސް ނުކުރަންތަ އެކަހަލަ ސަލާމެއް؟

“ހޫމް… އެއީ ސަލާމް ކުރުން ކަމެއް ނޭގޭ.”

“މަ އައިސްސަ ދެން ސަލާން ކުރާނީ… ވެއިޓް ފޮރ މީ.”

“ވެއިޓިން.”

“މޫސަ މެން ވެޑިންގެ ވާހަކަ ކިޔައިދޭތި.”

“އެކުވެރި ގުރޫޕުން ވެސް އެވާހަކަ ކިޔައިދޭނެނު.”

“ޖަންނަ ކިޔައިދިން ކަމަކަށް ނުވާނެނު..”

“އާން މަވެސް ކިޔައިދޭނަމޭ.”

“ބާއި ފޮރ ނައޮ… ދެން އެކޮޅަށް ދެވުނީމަ މެސެޖު ކުރާނަން…”

“އޯކޭ! ބާއި!”

 

މުޒައްފަރު ގެއަށް އައިސް ވަން އިރު ފަރުޒާނާ މުޒުނާގެ ބޮލުން އުކު ނަގަން ގޭގެ ގޯތިތެރޭ ޖޯލީގައި އިނެވެ. އަދިވެސް ފަރުޒާނާ މުޒައްފަރުއާއި ވާހަކައެއް ނުދައްކަ އެވެ. މުޒައްފަރުއަށް ވެސް ފަރުޒާނާއާއި އަނގައިން ބުނާކަށް ނުކެރެއެވެ. އެހެން ކަމުން މުޒައްފަރު އައިސް ގެއަށް ވަނުމާއި އެކު އަވަހަށް ނިކުމެގެން ދެވޭތޯ ބަލަ އެވެ. ރޭގަނޑު ނިދަން ނޫނީ ގޭގައި މަޑުކޮށްލުމެއް މިހާރު މުޒައްފަރުގެ ނެތެވެ. ގެއަކީ ހަމައެކަނި ނިދަން ވަންނަ ހާއްޔެވެ. އެކާމާ އެންމެ ބޮޑަށް ފިކުރު ބޮޑުވެފައި ހުންނަނީ އަލިމަނިކެވެ.

އަލިމަނިކު ފިކުރު ބޮޑުވަނީ ހަމައެކަނި އެދެމައިންގެ ކަންތަކުގައި އެކަންޏެއްވެސް ނޫނެވެ. ބަނގުރޫޓު ވަމުންދާ ފިހާރަޔާއި ހަލާކުވެ ވީރާނާ ވަމުންދާ ދެދޯޏަކީވެސް އަލިމަނިކުގެ ސިނކުޑީގައި ފިކުރު ތައް ގިނަވެފައިވާ ސަބަބެކެވެ. އަނެއްކޮޅުން މީހުން އަތުން އެކި ފަހަރު މަތިން ނަގާފައިވާ ފައިސާއާއި އެރަށު ފިހާރަތަކަށް ދައްކަން ޖެހިފައި ވާ ފައިސާއަކީ ވެސް އަލިމަނިކުގެ ސިނކުޑީގައި އެނބުރެމުން ދިޔަ ފިކުރު ތަކެވެ.

އެ ހުރިހާ ކަމެއް އަލިމަނިކު ފަރުޒާނާއަށް ކިޔައިދިނުމުން އެކަމަކަށް އެއްބާރު ލުމެއް ފަރުޒާނާ ނުދިނެވެ. މުޒައްފަރު ގާތު އެވާހަކަތައް ދައްކާނެހާ ހިތްވަރެއް އަލިމަނިކަށް ނުލިބުނެވެ. އެހުރިހާ ކަމެއް އެގޮތަށް އޮތް އިރު މިހާރު އަލިމަނިކަށް ކުރެވޭ އެންމެ ބޮޑު ހިތާމައަކީ ފިޔާތޮށިގޭ ކުދިންނަށް ދެވުނު ހިތާމަ އެވެ. އަލިމަނިކަށް އެކަން އިހުސާސް ވާން ފެށީ މުޒައްފަރުއަށް އަންނަމުން ދިޔަ ބަދަލު ފެނުމުންނެވެ. ބޭރުގަ އުޅޭ ވަގުތު ގިނަވެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވިޔާނުދާ ކުދިންނާ ގުޅިގެން މުޒައްފަރު އުޅޭތަން ފެނުމުންނެވެ. އަލިމަނިކު ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ އެވެ.

އަލިމަނިކު ހީކުރާ ގޮތުގައި މިހާރު މުޒައްފަރުގެ އުޅުން ރަގަޅު ވަމުން އަންނަނީ ސާރާއާއި ޖެހުނު ފަހުން ކަމުގަ އެވެ. އެހެން ކަމުން އަލިމަނިކު ބޭނުންވަނީ އެދެކުދިން އަވަހަށް ގުޅޭށެވެ. އަދި ޖަންނަތުމެނާ އެކު މުޒައްފަރު އުޅޭތަން ފެނުމުން ވެސް އަލިމަނިކުގެ ހިތަށް ހިތްހަމަ ޖެހުން ލިބެ އެވެ.

 

 

އަބްޔާން މެނަށް ސިންގަފޫރަށް ދެވުނު އިރު ފަތިސް ވަނީ އެވެ. އެމީހުން ބަލާ އަހްޔާން އައިސް އިނެވެ. އެއަރޕޯޓުން ނިކުމެވުމާއި އެކު އަބްޔާން ބެލީ އޭނަގެ ކުރީގެ ސިމް މަސައްކަތް ކުރޭތޯ އެވެ. އަބްޔާން ބޭނުންވީ ވީހާވެސް އަވަހަކަށް ޖަންނަތުއަށް މެސެޖެއް ކޮށްލާށެވެ. އެމީހުނަށް ސިންގަޕޫރަށް ދެވިއްޖެ ކަން އަންގާށެވެ. ސިމް އިނީ ސަސްޕެންޑް ވެފަ އެވެ. އެހެން ކަމުން އެކަމެއް ވާގޮތެއް ނުވި އެވެ.

އަބްޔާން އެޕާރޓްމެންޓަށް ވަންނަން ދަމުން ކުޑަކޮން މަޑުކޮށްލެވުނީ ޖެހިގެން ހުރި އެޕާރޓްމެންގެ ދޮރު ފެނުމުންނެވެ. ކުރީގެ ހަދާންތަކެއް އާވެގެން ދިޔަ އެވެ. އަބްޔާންއަށް ކުރި އިހުސާސް އިން ވީގޮތް އަހްޔާންއަށް ފެނުނެވެ. އެންމެން ގެއަށް ވަނުމާއި އެކު ބެލީ އަވަހަށް އަރާމު ކޮށްލަން ކޮޓަރިއަށް ވަދެވޭތޯ އެވެ. ކޮންމެ ދުވަހަކު އެގެ ސާފުރކުރަން އަންނަ މީހާ ލައްވާ އަހްޔާން ހުރީ ހުރިހާ ކޮޓަރިތަކެއް ތައްޔާރު ކޮށްފަ އެވެ. އާލިޔާ ކޮޓަރިއަށް އާލިޔާ ވަނެވެ. އަބްޔާން ކުރިން އުޅުން ކޮޓަރި ވަނީ ނަސީރުމެނަށް ތައްޔާރުކޮށްފަ އެވެ. އެހެން ކަމުން އަބްޔާންއަށް އޮންނަން ޖެހުނީ އަހްޔާންއާއި އެއް ކޮޓަރީގަ އެވެ. އެރޭ ކޮންމެ ގޮތެއް ވިޔަސް އަބްޔާންއަށް ނިދޭނީ ޖަންނަތުއަށް މެސެޖު ކޮށްފަ އެވެ. އެހެން ކަމުން ފޯނު ނެގި އެވެ. އޭރު ވައިބަރ އިން މެސެޖު ފަށެއް އައިސްފައި އޮތެވެ. މޫސައާއި ޒީނާގެ ކައިވެނީގެ ފޮޓޯތަކާއި އެކު އެންމެން މެސެޖުކޮށްފައި އޮތެވެ. ކައިވެނީގެ ވީޑިއޯ ކޮޅެއް ވެސް ޖަންނަތު ފޮނުވާފައި އިނެވެ.

އަހްޔާން ބޯ ހިއްލާލީ އަދިވެސް އަބްޔާން ނިދަން ނޫޅޭތީ އެވެ. ކުރަނީ ކީއްތޯ ބަލައިލާށެވެ.

“އަބީ ކީއްތަ ތި ކުރަނީ؟” އަހްޔާންއަށް އުނދަގޫ ވެގެން އަހާލި އެވެ.

“ބަލާ، މޫސަމެންގެ ކައިވެނި ފޮޓޯތައް އެހެރީ ގުރޫޕަށް ލާފަ.”

“ހޫން ދެން އެތަ ތި ބަލަނީ… އަބީއަށް އަދި ކިރިޔާދޯ ތި ފެނުނީ…”

“އާން، ގެއަށް އައިމަ ވިއްޔަ ވައިފައި މި ލިބުނީ،” އަބްޔާން އެހެން ބުނެލަމުން އަނެއްކާވެސް ހުރިހާ ފޮޓޯއެއް ބަލައިލި އެވެ. “ޖަންނަގެ އެންމެ ފޮޓޯއެއް ވެސް ނެތް ލާފަ އެއް.”

އަހްޔާން އަނެއްކާ ވެސް އަބްޔާންއަށް ބޯ ހިއްލާ ބަލައިލި އެވެ. އަދި ލާނެތް ފާޑާކަށް ހިނިތުން ވެލި އެވެ.

“ޖަންނަގެ ފޮޓޯ އެއް ނެތީމަ ތި ވަރަށް ސަކަރާތްވީ… ހެހެހެ އަބީ، ދެން މިހާރު ތިޔޮއް ދުލުން ވެސް ބޭރުވަނީޔޭ… އަދިވެސް އެއްބަސް ވާކަށް ނޫޅެންތަ؟”

އަބްޔާން އަހްޔާންއަށް ބަލައިލި އެވެ. އަދި ފޯނުން ޖަންނަތުއަށް މެސެޖެއް ފޮނުވާލާފައި ފޯނު ނިވާލި އެވެ.

“ޔާން، އަހަރެން އެއްބަސް ވާހަކަށް ނުޖެހޭ… އަހަރެންގެ އިހުސާސްތައް އެންމެނަށްވެސް ފެނޭ… އެންމެނަށްވެސް ހީވަނީ އަހަރެން ޖަންނައާ ރައްޓެހިވެގެން އުޅޭ ހެން. ދެން މަ ނުބުންޏަސް އަހަރުމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން އެންމެނަށް ވެސް އިނގެންޏާ ދެން ނުބުންޏަސް މައްސަލައެއް ނެތެއްނު.”

“އަބީ، ތި ބުނީ ތެދެއް. އަބީމެން ބުނާކަށް ނުޖެހޭ. އެންމެނަށް ވެސް އިނގޭ. އެހެނަސް އަހަރުމެން އެންމެން ވެސް ކެތްކޮށްލައިގެން މިތިބެނީ އަބީގެ ދުލުން ބުނަންދެން. ދެމީހުންގެ ލޮލުން ވެސް އެކަކު އަނެކަކަށް ވާ ލޯބިނޫން އެއްޗެއް ނުފެނޭ. އިހުސާސްތައް ބޭރު ނުކުރިއަސް އަމަލުން އަހަރުމެން ދެނެގަނެފިން ތި ދެމީހުންގެ ކަންތައް. ދެން ކޮން އިރަކުން ޖަންނައާ މެރީ ކުރާނީ؟”

“ޔާން.. ތިހިސާބަށް އަދިއެއް ނުދެޔޭ. އަހަރެން އަދި ޖަންނަ ކައިރީ ނާހަމޭ… މިބުނީ އަދި ކޮންފެސް ވެސް ނުކުރަމޭ…”

“އެކަމު އެކަކު އަނެކަކު ދެކެ ލޯބިވާކަން ދެމީހުނަށް ވެސް އިނގޭ؟”

“އާން.”

“ދެން ކިހިނެއްވެގެން…”

“ޔާން، އަހަންނަށް ގަބޫލު ނުކުރެވެނީ އަހަރެން ކަހަލަ މީހަކަށް ޖަންނަ ލިބިދާނެ ކަމަށް. އަހަރެން މީ ކިހިނެއް އުޅުން މީހެއް. އަހަންނާ ޖަންނައާ އެކަށީގެން ނުވާހެން އަހަންނަށް ފީލް ވަނީ.”

“އަބީ،” އަހްޔާން އަބްޔާންއާއި ދިމާއަށް އެނބުރުނެވެ. “އަބީއާއި އެންމެ އެކަށީގެން ވަނީ ޖަންނަ… އަބީއަށް ތި ހީކުރެވެނީ މުޅިން ނުބައިކޮން… މި ހުރިހާ ދުވަހު އަބީ އުޅުނީ އެކި ކުދިންނާއި ރައްޓެހިވެގެން އެކި ފަހަރު. އެވެސް ޖަންނަގެ ކުރިމަތީ… އަބީގެ ގޮތް އިނގިހުރެ އަބީދެކެ ލޯބިވެފައި ވާ ކުއްޖެއް އަބީ ތިބުނަނީ އަބީއާ އެކަށީގެން ނުވާ ވާހަކަ. ހެހެހެ.. މަށަށް ޔަގީން އަބީއަށް މިހާރު ޖަންނައާ ދުރުވާން އުނދަގޫ ވާނެކަން. ޔަގީން ދެންމެ ވައިބަރ ވެސް ހުޅުވީ ކޮންމެހެން އައިސްފައިވާ މެސެޖުތައް ބަލާކަށް ނޫންކަން… ބުނޭ އާނއެކޭ ޖަންނައަށް މެސެޖެއް ކުރަންށޭ.”

އަބްޔާން އަހްޔާންއާއި ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައި އޮތެވެ. އަހްޔާންއަށް އަބްޔާން އިނގޭ ވަރަކަށް އެކަކަށް ވެސް ނޭގޭނެ އެވެ. އެއްމާބަނޑު ދެބެންނަށް ވުމުން ބޭރަށް ނުފެންނަ އިހުސާސް ތައްވެސް އެކަކު އަނެކަކަށް ދެނެގަނެވެނީ ކަންނޭގެ އެވެ.

“އަބީ، އައި ނޯޔޫ މަޗް ބެޓަރ ދޭން އެނީ ވަން އެލްސް. މަށަށް އެއްވެސް ކަމެއް އޮޅުވާލަން ހިތައް ނާރުވާތި.” އަހްޔާން ގައިމަތީ އޮތް ރަޖާ ގަނޑު މޫނާ އެއްކޮން އަޅާލަމުން އަނެއްފަރާތައް އެނބުރުނެވެ. އަބްޔާން ވިސްނަން އޮތީ އަހްޔާން ދެއްކި ވާހަކަތަކާއި މެދު އެވެ.

 

އަދިވެސް އަބްޔާންއަށް ނުނިދިފައި އޮއްވައި ފޯނުން ބަންގިގޮވާއަޑު އިވެން ފެށި އެވެ. އަބްޔާން ފޯނުނަގާ އެރަށުގެ ނަމާދު ވަގުތުތައް ބަލައިލި އެވެ. އަދި އަވަހަށް ފާހާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ނުކުމެ ނަމާދަށް އެރި އެވެ.

 

ޖަންނަތު ނަމާދުކޮށްލައިގެން ބެލީ އަވަހަށް ބަދިގެއަށް ވަދެވޭތޯ އެވެ. އާޒަތުމެން ފުރަން ދެދުވަހަށް ވުމުން ޖަންނަތު ހުންނަނީ ހާސްވެފަ އެވެ. ހުރިހާ ކަމެއްގައި ވެސް ޒައީމާގެ އެހީ ޖަންނަތުއަށް ލިބެއެވެ. އީދުގެ ބަންދު ދެދުވަސް ނިމުމުން އޮފީހަށް ނިކުންނަން ޖެހޭތީ ޖަންނަތު ވަނީ ޒައިދާން ކައިރި ބުނެގެން އިތުރު ދެދުވަހުގެ ޗުއްޓީ ނަގާފަ އެވެ. އާޒަތުމެން ފުރުމުން ޖަންނަތުވެސް ޒައީމާ މެންގެއަށް ބަދަލުވުމުގެ ތައްޔާރީތައް ވާން ޖެހޭނެ އެވެ.

ބަދިގޭ ކަންތައް ނިންމާލާފައި ޖަންނަތު އައިސް އެއްޗިހި ދޮންނަން އަޅާފައި މަގުމަތި ކުނިކަހަން ނުކުތެވެ. އޭރު ޒައީމާ ވެސް އުޅެނީ ކުނިކަހަން ނުކުމެ އެވެ.

“ޖަންނާ… އަބީ ނެތީމަ ވަރަށް ފަޅު ދޯ. އިއްޔެ ޕާރޓީ ވެސް ފުރިހަމަ ހެން ހީނުވަނީ އަސްލު އަބީ ނެތީމަޔޭ.” ޒައީމާ ބުންޏެވެ. ޖަންނަތު ހިނިތުން ވެލާފައި އެއްޗެއް ނުބުނެ އެވެ. ޒައީމާއަށް ވެސް އެދެކުދިން ލޯބިން އުޅޭހެން ހީވެ އެވެ. ނަމަވެސް ކުޑައިރުން ފެށިގެން ވެސް އެއްކޮން އުޅޭތީ އެއީ އެކަހަލަ ކަމެކޭ ބުނާކަށް ނޭގެ އެވެ.

 

ކަންތައްތައް ނިންމާލައިފައި ކޮޓަރިއަށް ޖަންނަތު ވަދެ ފޯނު ބަލައިލި އެވެ. އަބްޔާން މެސެޖުކޮށްފައި އޮތްތަން ފެނުމުން ޖަންނަތު ހިނިތުން ވެލި އެވެ. ޖަންނަތު އަބްޔާންއަށް ޖަވާބެއް ފޮނުވަލި އެވެ. އަދި ނިކަން ހިތްހަމަ ޖެހިފައި ކޮޓަރިން ނިކުތީ ފޯނު ހިފައިގެނެވެ. އަބްޔާން އަނެއްކާ ވެސް މެސެޖު ކުރާނެ ކަމުގެ ޔަގީންކަމާއި އެކު އެވެ.

އާޔަތުއާއި އާޒަތު ފުރަން އުޅޭތީ ޒީނަތު ވެސް އައިސް އެހީވަމުން ދިޔަ އެވެ. ފުޅިއެއްގެ ރިހާކުރާ ދެދަޅު ފަތާ ޒީނަތު ތެއްލައިދިނީ އެމީހުން ދާއިރު ގެންދާށެވެ.

 

އަބްޔާން ހެދުނު ތެދުވެގެން އައިސް ކާމޭޒު ކައިރީ އިށީނީ ސައިބޯށެވެ. އޭރު އެތާ ސައި ހަދާފައި ހުއްޓެވެ. ނަސީރު އިނީ ސޯފާގައި ޓީވީ ބަލާށެވެ. ބަދިގެއިން އެވަގުތު ހިދާޔާ ނުކުތެވެ.

“މަންމާ، އާލިޔާއަށް ގޮވާބަލަ… ބުނޭ އެގާރަ ޖަހާއިރަށް ތައްޔާރުވާށޭ. އެ ސެލޫންއަށް ގޮސް އޮތްގޮތެއް ބަލަން.” އަބްޔާން ހިދާޔާ ގާތު ބުނެލި އެވެ.

“އަދި ރޭގަ މިއާދެވުނީ. ތިޔަހާ އަވަސް އަރުވާލައިގެން ނޫޅުނަސް ހަމަ ޖެހޭނެނު.”

“ނޫނޭ މަންމާ، އަހަރެން މިއައީ އެންމެ ފަނަރަ ދުވަހުގެ ޗުއްޓީއެއް ނަގައިގެން… މަންމަމެން ދެމަހު ތިބެފަ ދާން އަޔަސް އަހަރެން އަވަހަށް ދާން ޖެހޭ.”

“އެއީ ތެދެއް ހިދާޔާ. އަބީ އެއީ ވަޒީފާގަ އުޅޭ މީހެއް. އޭނައަށް ވަގުތު މަދުވާނެ. ދޭ އަވަހަށް އާލިޔާއަށް ގޮވަން.” ނަސީރު އިނދެފައި ބުންޏެވެ. ހިދާޔާ ކުޑަކޮން ހިތްހަމަ ނުޖެހިފައި ހުއްޓެއްކަމަކު ނަސީރު ބުނުމުން އާލިޔާއަށް ގޮވަން ދިޔަ އެވެ.

 

އަބްޔާން ކޮޓަރިއަށް އައިސް ވަދެވުމާއި އެކު ވައިބަރ އިން ޖަންނަތުއަށް ގުޅާލި އެވެ.

“ޖަންނާ،” ޖަންނަތު ފޯނު ނެގުމާއި އެކު އަބްޔާން ވާހަކަ ދައްކަން ފެށި އެވެ. “ބިޒީތަ؟ ކޮން އިރަކުން އާޒަތުމެން ފުރަނީ؟”

“އަބީ، ވަރަށް ބިޒީ… އެއްޗިހި ދޮވެގެން މި އުޅެނީ… މިހާރު ވިއްސާރަ ހަދާފަ އޮތީ. ނޭގެ މި ހިކޭނެ ކަމެއްވެސް. އާޒަތުމެން ފުރަނީ މާދަމާ ނޫން އަނެއް ދުވަހު. ދޮންތަ ވެސް އެބައުޅޭ ކަންތައް ކޮށްދޭން އައިސް.”

“އާޒަތުގެ ހުރިހާ ކަމެއް ހަމަ ޖެހުނު ދޯ.”

“އާން އޭނަ އެބަ ބުނޭ ހަމަ ޖެހުނޭ.. އަސްލު އޭނަ ހުންނަނީ ވަރަށް ބިރުންހެން ހީވަނީ. އެހާ ދުރަށް ރާއްޖޭން ބޭރަށް އަދި ދުވަހަކުވެސް ނުދޭނު… އެހެންވެ ކަންތައް ބޮޑުވެފަ ހުންނަހެން ހީވަނީ.”

“ޖަންނާ، ހާސްނުވޭ އެގޮތަށް އުޅެން ފެށީމަ އޯކޭ ވާނެ. ޖަންނަ ކިހިނެއް؟”

އެނދުގައި އޮތް އަހްޔާން އެވަގުތު ތެދުވެ އަބްޔާންއާއި ދިމާއަށް ބާލީސް އެއްލި އެވެ. އަދި ގޮސް ފާހާނާއަށް ވަނެވެ.

ޖަންނަތުއާއި ވާހަކަ ދައްކާލަން އަދިވެސް އިރުކޮޅަކު ހުރެފައި އަބްޔާން ބޭރަށް ނިކުތެވެ. އޭރު އާލިޔާ ސައިބޯން އިނެވެ. މޫނުމަތިން މޫޑު ރަގަޅު ނޫން ކަން އިނގެ އެވެ.

 

“އަބީބެ ކީއްކުރަންތަ އެހާ އަވަސް އަރުވާލަންވީ. ހަމަ ހެދުނު ނުދިޔައީ ވިއްޔާ ނުވާނެތަ؟ އެތަން ބަންދު ކުރާނީ ވެސް ރޭގަނޑު.”

“އާލިޔާ، އެތާނގެ ބޮޑެތި މީހުން ތިބޭނީ މިގަޑީގަޔޭ.” އަބްޔާން ބުނެލި އެވެ.

 

އަހްޔާންގެ ކާރު އަތުލައިގެން އާލިޔާ ގޮވައިގެން އަބްޔާން ސެލޫންއަށް ދިޔަ އެވެ. އެއީ ސިންގަޕޫރުގެ އެންމެ ބޮޑު އެއް ސެލޫން އެވެ. އެތަނުން ބޮޑު މީހަކާ އަބްޔާން ބައްދަލުކޮށް ވާހަކަ ދެއްކި އެވެ. އެއީ ލީ ޖޫން ކިޔާ ޗައިނާ ދަރިކޮޅުގެ މީހެކެވެ. ލީ ޖޫން އެންމެ ކުރިން ވެސް ބޭނުންވީ އާލިޔާ ޓެސްޓް ކޮށްލާށެވެ. އެހެން ކަމުން އެތާ މަސައްކަތް ކުރަން އުޅޭ މީހެއްގެ މޭކަޕް ކުރަން އާލިޔާއަށް ޖެއްސި އެވެ. އެމީހާގެ މޭކަޕް ކުރަމުން ދިޔަ އިރު އާލިޔާގެ މޭކަޕް ކުރުމުގެ ހުނަރު ހުރިކަން ފުރަތަމަ ފަހަރުން ވެސް ލީ ޖޫންއަށް ފާހަގަ ވި އެވެ. އަދި އެކަމާ އުފާ ކުރުމަށް އާލިޔާ ގާތު ބުންޏެވެ. އެތަނުގެ ކޯސް ފެށޭނީ ތިން ދުވަސް ފަހުން ކަމުގައި ލީ ޖޫން ބުންޏެވެ. އަދި އާލިޔާގެ ޕާސްޕޯރޓާއި ނަންބަރު އަތުލާ ރެގިސްޓަރ ކުރި އެވެ. ނިކަން އަވަހަށް އެހުރިހާ ކަމެއް ހަމަ ޖެހިއްޖެ އެވެ. އެއްދުވަހުން އެކަންތައް ހަމަ ޖެހޭނެ ކަމަކަށް އަބްޔާން ވެސް އަދި އާލިޔާ ވެސް ހިތަކަށް ނާރަ އެވެ. ކުރަން އައި ކަންތައް ނިމުމުން އަބްޔާން ހުރީ ނިކަން ހިތްހަމަ ޖެހިފަ އެވެ.

ދެމީހުން ކޮންޑޯއަށް ގޮސް ކާރު ޕާރކުކޮށްފައި އައިސް ލިފްޓް ކައިރީ ތިއްބެވެ.

ލިފްޓް އައިސް ހުއްޓުމާއި އެކު ދޮރު ހުޅުވުނެވެ. އެވަގުތު ލިފްޓުތެރޭން އެ ފެނުނު ކުއްޖާއާއި ދިމާއަށް އާލިޔާއާއި އަބްޔާން ވެސް ހައިރާން ވެފައި ބަލަހައްޓައިގެން ތިއްބެވެ.

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 38 ވަނަ ބައި

Next

ހާދަހާވޭ ކުރާހިތް ސަމާސާ 39 ވަނަ ބައި

Next
May 4, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 39 ވަނަ ބައި

Previews
May 3, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 38 ވަނަ ބައި

7 Comments

  1. Aisha says:
    May 3, 2016 at 9:07 pm

    Aashi avahah 16 vana part up koh dhyba… Neyge dhivaalehge mahcah kitahfaharu kameh vaahaka up vefa thow beleny eh… Ehaa dhigu inthizaareh kuran nujahsaa avahah up koh dhyba… Waiting waiting

  2. Shifu says:
    May 3, 2016 at 9:52 pm

    Haadha lahey up kuraaleh.. waiting waiting

  3. Rish says:
    May 3, 2016 at 11:08 pm

    Aslus v las

  4. Phy says:
    May 4, 2016 at 8:47 am

    Kurin ves in parteh dhw mee…readers ge comments ah rply kuranyyaa v hinhama jeheyne

  5. mooni says:
    May 4, 2016 at 8:52 am

    Di story is amazing….so creative…vvv nice….plx avahah up koddecchey

  6. aalaa says:
    May 4, 2016 at 9:50 am

    dhivehi vaahaka site ga ebain.15 vana part

  7. Appy says:
    May 5, 2016 at 7:33 am

    Kyve tha mihaa Las vany ….alhe thankolheh a avas kohdhybala …..nimendhen up kurahchey ???

Comments are closed.

All Right Reserved!